quranm◉

Surah Al-Jumu'ah transliteration

◉ ސޫރަ · ∞

62:1

يُسَبِّحُ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ ٱلۡمَلِكِ ٱلۡقُدُّوسِ ٱلۡعَزِيزِ ٱلۡحَكِيمِ ﴿1﴾

Transliteration: Yusabbihu lillahi ma fee alssamawati wama fee alardi almaliki alquddoosi alAAazeezi alhakeemi

Translation: އުޑުތަކާއި، ބިމުގައި ވާހައި ތަކެތި ﷲ އަށް تَسْبِيح ކިޔައެވެ. ﷲ ހުސް طاهِر ވަންތަ ކުރެއެވެ. (ދުލުން ބުނެވޭ ތަކެތި ދުލުންނެވެ. ދުލުން ނުބުނެވޭ ތަކެތި އަދި އެހެން ގޮތަކުންނެވެ. حال ގެ ދުލުންނެވެ. އިންސާނުންނަކަށް އެ ތަކެތީގެ تَسْبِيح ނުވިސްނޭނެއެވެ. އެއްވެސް އެއްޗެއް ﷲ އަށް تَسْبِيح ކިޔާ ކަމުގައި މެނުވީ ނުވެއެވެ. އެކަމަކު އިންސާނުންނަކަށް އެ تَسْبِيح ނުވިސްނޭނެއެވެ: (وَإِن مِّن شَيْءٍ إِلَّا يُسَبِّحُ بِحَمْدِهِ وَلَـٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ الآية - بَنِيْ إِسْرَائِيْل ٤٤) ﷲ އީ އެންމެހައި ތަކެތީގެ ވެރި ކަލާނގެއެވެ. އަދި އެންމެހައި عَيْب އަކުން ދުރުވެ ހުސް طاهِر ވެގެންވާ ކަލާނގެއެވެ. އެއީ عِزَّة ވަންތަ، حَكِيم ވަންތަ ކަލާނގެއެވެ.

62:2

هُوَ ٱلَّذِي بَعَثَ فِي ٱلۡأُمِّيِّـۧنَ رَسُولٗا مِّنۡهُمۡ يَتۡلُواْ عَلَيۡهِمۡ ءَايَٰتِهِۦ وَيُزَكِّيهِمۡ وَيُعَلِّمُهُمُ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَإِن كَانُواْ مِن قَبۡلُ لَفِي ضَلَٰلٖ مُّبِينٖ ﴿2﴾

Transliteration: Huwa allathee baAAatha fee alommiyyeena rasoolan minhum yatloo AAalayhim ayatihi wayuzakkeehim wayuAAallimuhumu alkitaba waalhikmata wain kanoo min qablu lafee dalalin mubeenin

Translation: އެކަލާނގެއީ ލިޔެކިޔާން ނުދަންނަ [أُمِّيّ] މީހުންގެ ތެރެއަށް ހަމަ އެމީހުންގެ ތެރެއިން އެބަހީ [أُمِّيّ] އިން މީހަކު رَسُوْل ކަމާއިގެން ފޮނުއްވި ކަލާނގެއެވެ. (އެބަހީ سَماوِى އެއްވެސް ފޮތެއްގެ أهْل ވެރި ބަޔަކު ކަމުގައި ނުވާ عَرَبِى ންގެ ތެރެއަށް عَرَبِى ންގެ ތެރެއިން رَسُوْل އަކު ފޮނުއްވި ކަލާނގެއެވެ. އެއީ مُحَمَّدٌ ﷺ އެވެ. އަދި އެހެން ނޫނަސް [أُمِّيّ] މި لَفْظ ގެ މާނައީ ލިޔެކިޔާން ނުދަންނަ މީހާއެވެ. އެ ދުވަސްވަރު عَرَبِى ންގެ މަދު މީހަކަށް ލިޔެކިޔާން އެނގުނަސް، ގިނަ މީހުންނަކީ عَامّ ކޮށް ލިޔެކިޔާން ނުދަންނަ މީހުންނެވެ.) ދެންފަހެ އެ ރަސޫލާ ވަޑައިގަތީ އެބައިމީހުންނަށް އެކަލާނގެ آيَة ތައް ކިޔަވައިދެއްވުމަށާއި، كُفْر އާއި، شِرْك ން އެބައިމީހުން طاهِر ކުރެއްވުމަށާއި ށާއި، އަދި ކީރިތި قُرْآن އާއި، سُنَّة އެބައިމީހުންނަށް އުނގަންނަވައިދެއްވުމަށެވެ. އަދި އޭގެ ކުރީގައި، އެބަހީ رَسُوْل އާ ފޮނުއްވުމުގެ ކުރީގައި، ކަނޑައެޅިގެން بَيان ވެގެންވާ މަގުފުރެދުމެއްގައި އެމީހުން ތިބިނަމަވެސް މެއެވެ.

62:3

وَءَاخَرِينَ مِنۡهُمۡ لَمَّا يَلۡحَقُواْ بِهِمۡۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ﴿3﴾

Transliteration: Waakhareena minhum lamma yalhaqoo bihim wahuwa alAAazeezu alhakeemu

Translation: އަދި އެކަލޭގެފާނު رَسُوْل ކަމާއިގެން ފޮނުއްވެވީ އެހާތަނަށް އެބައިމީހުންގެ ތެރޭގައި ނެތް ބަޔަކަށްވެސް (އެބަހީ އެކަލޭގެފާނުގެ أصْحاب ބޭކަލުންނަށްފަހު قِيامَة އާ ޖެހޭންދެން ދުނިޔެއަށް އަންނާނޭ ބަޔަކަށް) ވެސް رَسُوْل ބޭކަލަކު ކަމުގައެވެ. އަދި އެކަލާނގެއީ عِزَّة ވަންތަ، حَكِيم ވަންތަ ކަލާނގެއެވެ.

62:4

ذَٰلِكَ فَضۡلُ ٱللَّهِ يُؤۡتِيهِ مَن يَشَآءُۚ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ ﴿4﴾

Transliteration: Thalika fadlu Allahi yuteehi man yashao waAllahu thoo alfadli alAAatheemi

Translation: އެއީ - އެބަހީ نَبِى ކަމާއި، رَسُوْل ކަމަކީ - ﷲ ގެ فَضْل ވަންތަވެރި ކަމެވެ. އެކަލާނގެ އެދިވޮޑިގެންނެވި ފަރާތަކަށް އެ فَضْل ވަންތަކަން ދެއްވައެވެ. އަދި ﷲ އީ فَضْل ވަންތަކަމުގެ ވެރި، ނުހަނު ހައިބަ ވަންތަކަމުގެވެރި ކަލާނގެއެވެ.

62:5

مَثَلُ ٱلَّذِينَ حُمِّلُواْ ٱلتَّوۡرَىٰةَ ثُمَّ لَمۡ يَحۡمِلُوهَا كَمَثَلِ ٱلۡحِمَارِ يَحۡمِلُ أَسۡفَارَۢاۚ بِئۡسَ مَثَلُ ٱلۡقَوۡمِ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِ ٱللَّهِۚ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلظَّـٰلِمِينَ ﴿5﴾

Transliteration: Mathalu allatheena hummiloo alttawrata thumma lam yahmilooha kamathali alhimari yahmilu asfaran bisa mathalu alqawmi allatheena kaththaboo biayati Allahi waAllahu la yahdee alqawma alththalimeena

Translation: تَوْرَاة އަށް عَمَل ކުރަން ޖެހިފައި ދެން އެ ފޮތުގައިވާ ގޮތަށް عَمَل ނުކުރި މީހުންގެ މިސާލަކީ ބުރިކަށިމަތީގައި ބޮޑެތި ބަރު ފޮތްތަކެއް އުފުލާ حِمار ގެ މިސާލެވެ. (ބުރިކަށިމަތީގައި ވަނީ ފޮތެއް ކަމެއްވެސް ނަޖިހެއްވެސް ކަމެއް އެ حِمار އަށްވެސް ނޭނގެއެވެ.) ﷲ ގެ އާޔަތްތައް ދޮގުކުރި މި މީހުންގެ މިސާލުގެ ނުބައިކަން ވަރަށްވެސް ބޮޑެވެ. އަދި އަނިޔާވެރި ވެއްޖެ ބަޔަކަށް ﷲ ތެދުމަގު ނުދައްކަވާނެއެވެ. (މި އާޔަތުގައި އިޝާރާތްވެގެން މިވާ މީހުންނަކީ يَهُودِي ންނެވެ.)

62:6

قُلۡ يَـٰٓأَيُّهَا ٱلَّذِينَ هَادُوٓاْ إِن زَعَمۡتُمۡ أَنَّكُمۡ أَوۡلِيَآءُ لِلَّهِ مِن دُونِ ٱلنَّاسِ فَتَمَنَّوُاْ ٱلۡمَوۡتَ إِن كُنتُمۡ صَٰدِقِينَ ﴿6﴾

Transliteration: Qul ya ayyuha allatheena hadoo in zaAAamtum annakum awliyao lillahi min dooni alnnasi fatamannawoo almawta in kuntum sadiqeena

Translation: (އޭ رَسُوْل ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އޭ يَهُودِي ވެގަތް މީހުންނޭވެ! ކަލޭމެންނީ އެހެން މީސްތަކުން ފިޔަވައި ﷲ ގެ وَلِيّ ން ކަމުގައި - އަދި އެކަލާނގެ އެންމެ ލޯބިވެވޮޑިގެންވާ މީހުން ކަމުގައި ދެކޭނަމަ - އެހެންކަމަށް ހީކުރަންޏާ ފަހެ ކަލޭމެން މަރުވާން އެދޭށެވެ. (އެއިރުން ހަމަ ސީދާ ދެން ސުވަރުގެ ދާންވީއެވެ. ކަލޭމެން ހީކުރާ ގޮތުގައި، އަދި ކަލޭމެން ބުނާ ގޮތުގައި يَهُودِي އަކު ނުވަތަ نَصارَى އަކު މެނުވީ ސުވަރުގެ ނުވަންނާނެއެވެ.) ކަލޭމެންގެ ބަހުގައި ކަލޭމެން ތެދުބުނާ ކަމުގައި ވާނަމަ އަވަހަށް މަރުވާން އެދޭށެވެ. (އެމީހުންގެ އެބަހާއި، އެ ހީކުރުން އެއީ ދޮގެއްކަން އަންގަވައި ﷲ އެ وَحِي ކުރައްވަނީ މިފަދައިންނެވެ.)

62:7

وَلَا يَتَمَنَّوۡنَهُۥٓ أَبَدَۢا بِمَا قَدَّمَتۡ أَيۡدِيهِمۡۚ وَٱللَّهُ عَلِيمُۢ بِٱلظَّـٰلِمِينَ ﴿7﴾

Transliteration: Wala yatamannawnahu abadan bima qaddamat aydeehim waAllahu AAaleemun bialththalimeena

Translation: ދުވަހަކުވެސް އެމީހުން އެ މަރަކަށް ނޭދޭނެއެވެ. އެއީ އެމީހުން ކޮށްފައިވާ ފާފަތަކުގެ ސަބަބުންނެވެ. އެމީހުންނީ އަނިޔާވެރީންނެވެ. އަދި އަނިޔާވެރީންނާމެދު ﷲ ދެނެވޮޑިގެން ވެއެވެ.

62:8

قُلۡ إِنَّ ٱلۡمَوۡتَ ٱلَّذِي تَفِرُّونَ مِنۡهُ فَإِنَّهُۥ مُلَٰقِيكُمۡۖ ثُمَّ تُرَدُّونَ إِلَىٰ عَٰلِمِ ٱلۡغَيۡبِ وَٱلشَّهَٰدَةِ فَيُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ ﴿8﴾

Transliteration: Qul inna almawta allathee tafirroona minhu fainnahu mulaqeekum thumma turaddoona ila AAalimi alghaybi waalshshahadati fayunabbiokum bima kuntum taAAmaloona

Translation: (އޭ رَسُوْل ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. އެޔަކާމެދު ކަލޭމެން ބިރުން ތިޔަ ފިލައިގަންނަ މަރު ހަމަކަށަވަރުން ކަލޭމެންނާ ބައްދަލުކުރާނެއެވެ. ކަލޭމެން މަރުވާނެއެވެ. ސިއްރާއި، ފައުޅު ދެނެވޮޑިގެންވާ ކަލާނގެ حَضْرَة އަށް - ﷲ ގެ حَضْرَة އަށް - ދެން ކަލޭމެން ފޮނުވޭނެއެވެ. ދެންފަހެ ދުނިޔޭގައި ތިބެގެން ކަލޭމެން ކުރިހައި ކަމެއްގެ خَبَر އެކަލާނގެ ކަލޭމެންނަށް ދެއްވާނެއެވެ. (އަދި އޭގެ جَزَاء ވެސް ދެއްވާނެއެވެ.)

62:9

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا نُودِيَ لِلصَّلَوٰةِ مِن يَوۡمِ ٱلۡجُمُعَةِ فَٱسۡعَوۡاْ إِلَىٰ ذِكۡرِ ٱللَّهِ وَذَرُواْ ٱلۡبَيۡعَۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ ﴿9﴾

Transliteration: Ya ayyuha allatheena amanoo itha noodiya lilssalati min yawmi aljumuAAati faisAAaw ila thikri Allahi watharoo albayAAa thalikum khayrun lakum in kuntum taAAlamoona

Translation: އޭ إيمان ވެއްޖެ މީސްތަކުންނޭވެ. ހުކުރު ދުވަހު ހުކުރު ނަމާދަށް ގޮވައިލެވިއްޖެއްޔާ ﷲ ގެ ذِكْر ކުރުމަށް ކަލޭމެން އަވަސްވެގަންނާށެވެ. އަދި ކަލޭމެން ގަނެވިއްކުން ދޫކޮށްލާށެވެ. (ހުކުރު ވަގުތު ކަލޭމެން ވިޔަފާރި ނުކުރާށެވެ.) ކަލޭމެންނަށް އެނގޭ ކަމުގައި ވަންޏާ އެގޮތް (އެކަން) ކަލޭމެންނަށް މާ ހެޔޮވެގެން ވެއެވެ.\n(ނޯޓް: [ހުކުރު ދުވަހު ހުކުރު ނަމާދަށް ގޮވައިލެވިއްޖެއްޔާ] އޭ އޮތް ބަސްފުޅުގެ މުރާދަކީ إمام މީހާ خُطْبَة ކިޔުމަށް މިންބަރަށް އެރީމާ ދެން އެ ގޮވާ ބަންގި ގޮވުމެވެ. އެ ވަގުތުން ފެށިގެން ހުކުރު ނަމާދު ނިމޭންދެން، ވިޔަފާރިކުރުން މުޅީން حَرام ވާނެއެވެ. މަނާ ވާނެއެވެ.) رَسُولُ الله ﷺ ޒަމާނުގައި خُطْبَة ފައްޓަވަނީ މެންދުރު ބަންގިއާއި ވިދިގެންނެވެ. 12.35ގައެއްނޫނެވެ.

62:10

فَإِذَا قُضِيَتِ ٱلصَّلَوٰةُ فَٱنتَشِرُواْ فِي ٱلۡأَرۡضِ وَٱبۡتَغُواْ مِن فَضۡلِ ٱللَّهِ وَٱذۡكُرُواْ ٱللَّهَ كَثِيرٗا لَّعَلَّكُمۡ تُفۡلِحُونَ ﴿10﴾

Transliteration: Faitha qudiyati alssalatu faintashiroo fee alardi waibtaghoo min fadli Allahi waothkuroo Allaha katheeran laAAallakum tuflihoona

Translation: ދެންފަހެ ހުކުރު ނަމާދު ނިމިއްޖެއްޔާ ދެން ކަލޭމެންގެ މަސައްކަތާއިގެން (ގަނެވިއްކުމާއި، އެހެނިހެންވެސް ކަންކަމާއިގެން) އުޅޭށެވެ. ބިމުގައި ފެތުރިގަންނާށެވެ. ދާން ބޭނުން ހުއްދަ ދިއުމަކަށް ދާށެވެ. ދިއުން ހުއްދަވީއެވެ. އަދި ﷲ ގެ حَضْرَة ން فَضْل ވަންތަކަން އެދޭށެވެ! ރިޒުގު އެދޭށެވެ! އަދި ދަރުމަޔާއި، ثَواب ވެސް އެދޭށެވެ! އަދި ގިނަގިނައިން ﷲ އަށް ذِكْر ކުރާށެވެ! ﷲ ހަނދާންކުރާށެވެ. އެއީ ކަލޭމެންނަށް ކާމިޔާބު ވޭތޯއެވެ. އެކަމުގެ أُمِّيد ގައެވެ.

62:11

وَإِذَا رَأَوۡاْ تِجَٰرَةً أَوۡ لَهۡوًا ٱنفَضُّوٓاْ إِلَيۡهَا وَتَرَكُوكَ قَآئِمٗاۚ قُلۡ مَا عِندَ ٱللَّهِ خَيۡرٞ مِّنَ ٱللَّهۡوِ وَمِنَ ٱلتِّجَٰرَةِۚ وَٱللَّهُ خَيۡرُ ٱلرَّـٰزِقِينَ ﴿11﴾

Transliteration: Waitha raaw tijaratan aw lahwan infaddoo ilayha watarakooka qaiman qul ma AAinda Allahi khayrun mina allahwi wamina alttijarati waAllahu khayru alrraziqeena

Translation: އަދި رَسُولُ الله އެމީހުންނަށް ވިޔަފާރިއެއް ފެނިއްޖެއްޔާ، ނުވަތަ ކުޅިވަރެއް ފެނިއްޖެއްޔާ އެދިމާއަކަށް އެބައިމީހުން ވަކިވަކިވެގެން ދަނީއެވެ. ކަލޭގެފާނު (މިންބަރުގައި خُطْبَة ވިދާޅުވާން) ދޫކޮށްލައިފައި އެމީހުން ނުކުމެގެން އެ ދަނީއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކުޅިވަރާއި، ވިޔަފާރިއަށްވުރެ ﷲ ގެ حَضْرَة ގައި ވާ ތަކެތި (ثَواب އާއި، ދަރުމަ) މާ ހެޔޮކަން ބޮޑެވެ. އަދި ﷲ އީ ތަކެތި ދެއްވާ ފަރާތްތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ފަރާތެވެ.\n(ނޯޓް: މި އާޔަތް ބާވައިލެއްވި ސަބަބެއް تَفْسِير عِلْم ވެރީން ލިޔުއްވާފައި ވެއެވެ. އެ ވާހަކައިގެ خُلاصَة އަކީ: مَدِينَة ގެ أهْل ވެރީންނަށް ބަނޑުހައިހޫނުކަމެއް ދިމާވެފައިވީ ދުވަސްވަރެއްގައި އެމީހުންގެ ވިޔަފާރި ގާފިލާ شام ކަރައިން އައިސް ލެފި ވަގުތަކީ ހުކުރު ދުވަހު رَسُوْل ﷲ ﷺ މިމްބަރުގައި خُطْبَة ވިދާޅުވާން ހުންނެވި ވަގުތެވެ. ވިޔަފާރި ގާފިލާ އަންނަ އަޑު އިވުމުން މިސްކިތުގައި ހުކުރަށް ގޮސް ތިބި މީހުންވެސް އެންމެ ބާރަ މީހުން ފިޔަވައި އެންމެން ވިޔަފާރި ގާފިލާއާ ދިމާއަށް ދެމިގަނެވުނީއެވެ. رَسُوْل ﷲ ﷺ ހުންނެވީ خُطْبَة ވިދާޅުވާށެވެ. އެކަމާ ގުޅިގެން މި އާޔަތް ބާވައިލެއްވި އެވެ. وَاللَّهُ أَعْلَمُ. = فَتْحُ الْقَدِير =

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download