15:1الٓرۚ تِلۡكَ ءَايَٰتُ ٱلۡكِتَٰبِ وَقُرۡءَانٖ مُّبِينٖ ﴿1﴾الٓرۚ تِلۡكَ ءَايَٰتُ ٱلۡكِتَٰبِ وَقُرۡءَانٖ مُّبِينٖ
Transliteration: Aliflamra tilka ayatu alkitabi waquranin mubeenin
Translation: ބައެއް ސޫރަތް ފެށޭތާނގައިވާ الر ފަދަ ވަކިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. އެއީ إلهى ސިއްރުތަކެކެވެ. ދަންނަބޭކަލުން ފައުޅުކޮށްފައިވަނީ خيال ތަކެކެވެ.\nމިއީ ފޮތުގެ އާޔަތްތަކެވެ. (މިތާ މިވާ ފޮތުގެ މުރާދަކީ قرآن ގެ ކުރިން ބާވައިލައްވާފައިވާ توراة، إنجيل ފަދަ ފޮތްފޮތްކަމުގައި ބައެއް مفسّر ން ވިދާޅުވިއެވެ. އޭގެތެރޭގައި أبوجعفر الطبري ވެއެވެ. އަދި އެއީ ހަމަ ސީދާ قرآن ކަމުގައި ވިދާޅުވާ ބޭކަލުންވެއެވެ. އޭގެތެރޭގައި إلإمام الشوكانى ވެއެވެ.) އަދި މިއީ ތެދުމަގާއި هداية ބަޔާންކޮށްދޭ قرآن އެވެ.
15:2رُّبَمَا يَوَدُّ ٱلَّذِينَ كَفَرُواْ لَوۡ كَانُواْ مُسۡلِمِينَ ﴿2﴾رُّبَمَا يَوَدُّ ٱلَّذِينَ كَفَرُواْ لَوۡ كَانُواْ مُسۡلِمِينَ
Transliteration: Rubama yawaddu allatheena kafaroo law kanoo muslimeena
Translation: ކާފަރުވީ މީސްތަކުންވެސް އެމީހުން مسلم ން ކަމުގައި ވުމަށް ލޯބިކުރެއެވެ. • ދަންނައެވެ! قيامة ދުވަހުން - قبلة ގެ أهل ވެރިންނަށް ކުރެވިފައިވާ ބައެއް ކުށުގެ ސަބަބުން ނަރަކައަށް ވެއްދެވީމާ ނަރަކައިގައި ތިބި ކާފަރުން އެމީހުންނާ ދިމާކޮށް إسلام ވުމުން ވީފައިދާއަކީ ކޮބައިތޯ އަހައި ދިމާކުރުމުން ﷲ تعالى އެ إسلام ން ނަރަކައިން ނެރުއްވާ ވަގުތު ކާފަރުންވެސް مسلم ންކަމުގައި ވީނަމަ ރަނގަޅޭ ހިތަށް އަރާނެއެވެ. އިސްވެދިޔަ އާޔަތުން އެ އިޝާރާތްވަނި އެކަމަށެވެ. والله أعلم.
15:3ذَرۡهُمۡ يَأۡكُلُواْ وَيَتَمَتَّعُواْ وَيُلۡهِهِمُ ٱلۡأَمَلُۖ فَسَوۡفَ يَعۡلَمُونَ ﴿3﴾ذَرۡهُمۡ يَأۡكُلُواْ وَيَتَمَتَّعُواْ وَيُلۡهِهِمُ ٱلۡأَمَلُۖ فَسَوۡفَ يَعۡلَمُونَ
Transliteration: Tharhum yakuloo wayatamattaAAoo wayulhihimu alamalu fasawfa yaAAlamoona
Translation: (އޭ رسول ﷲ އެވެ!) އެ مشرك ންގެމީހުން ކައިބޮއިހަދާ މަޖާނަގައި އަދި އެމީހުންގެ أمّيد ތަކާއި އަދި خيال ތައް ކުރުމަށް ކަލޭގެފާނު އެމީހުން ދޫކޮށްލައްވާށެވެ! ނިކަންހުރެ އެކަމުގެ (ނަތީޖާ) އެމީހުންނަށް އެނގިދާނެއެވެ.
15:4وَمَآ أَهۡلَكۡنَا مِن قَرۡيَةٍ إِلَّا وَلَهَا كِتَابٞ مَّعۡلُومٞ ﴿4﴾وَمَآ أَهۡلَكۡنَا مِن قَرۡيَةٍ إِلَّا وَلَهَا كِتَابٞ مَّعۡلُومٞ
Transliteration: Wama ahlakna min qaryatin illa walaha kitabun maAAloomun
Translation: އަދި ތިމަންރަސްކަލާނގެ ހަލާކު ކުރެއްވި އެއްވެސް أمّة އެއް އެ أمّة އެއް ހަލާކު ކުރެއްވުމަށް ކަނޑައެޅި عَيّن ވެގެންވާ ވަކި ވަގުތެއް ލައްވާފައިމެނުވީ ނުވެއެވެ. (އެބަހީ: ކޮންމެ أمّة އެއް ހަލާކު ކުރެއްވުމަށްވެސް ތިމަންރަސްކަލާނގެ ވަގުތެއް ކަނޑައެޅުއްވީމެވެ.)
15:5مَّا تَسۡبِقُ مِنۡ أُمَّةٍ أَجَلَهَا وَمَا يَسۡتَـٔۡخِرُونَ ﴿5﴾مَّا تَسۡبِقُ مِنۡ أُمَّةٍ أَجَلَهَا وَمَا يَسۡتَـٔۡخِرُونَ
Transliteration: Ma tasbiqu min ommatin ajalaha wama yastakhiroona
Translation: އަދި އެއްވެސް أمّة އެއް އެ أمّة އަކަށް ކަނޑައެޅިފައިވާ ވަގުތަށްވުރެ އިސްނުވެއެވެ. އަދި ފަސްވެސް ނުވެއެވެ.
15:6وَقَالُواْ يَـٰٓأَيُّهَا ٱلَّذِي نُزِّلَ عَلَيۡهِ ٱلذِّكۡرُ إِنَّكَ لَمَجۡنُونٞ ﴿6﴾وَقَالُواْ يَـٰٓأَيُّهَا ٱلَّذِي نُزِّلَ عَلَيۡهِ ٱلذِّكۡرُ إِنَّكَ لَمَجۡنُونٞ
Transliteration: Waqaloo ya ayyuha allathee nuzzila AAalayhi alththikru innaka lamajnoonun
Translation: އަދި مكّة ގެ مشرك ން (رسول ﷲ ﷺ އަށް) ދެންނެވިއެވެ. އޭ قرآن އެބޭކަލެއްގެ މައްޗަށް ބާވައިލެއްވި ކަލޭގެފާނެވެ! ހަމަކަށަވަރުން ކަލޭގެފާނަކީ މޮޔައެކެވެ. مَجْنُون އެކެވެ.
15:7لَّوۡمَا تَأۡتِينَا بِٱلۡمَلَـٰٓئِكَةِ إِن كُنتَ مِنَ ٱلصَّـٰدِقِينَ ﴿7﴾لَّوۡمَا تَأۡتِينَا بِٱلۡمَلَـٰٓئِكَةِ إِن كُنتَ مِنَ ٱلصَّـٰدِقِينَ
Transliteration: Law ma tateena bialmalaikati in kunta mina alssadiqeena
Translation: ކަލޭގެފާނު އަހުރެމެންގެގާތަށް މަލާއިކަތްބޭކަލަކާ އެކު ވަޑައިގެންނެވިނަމައެވެ. (ނުވަތަ ކަލޭގެފާނުންގެ رسول ކަން ތެދުކަމުގެ މައްޗަށް دليل އެއްގެގޮތުން ملائكة އާ ނުގެންނެވީ ކީއްވެތޯއެވެ؟) ކަލޭގެފާނު ތިޔައީ ތެދުވެރިއެއްކަމުގައިވަންޏާ އެހެން ނުހެއްދެވީ ކީއްވެތޯއެވެ؟
15:8مَا نُنَزِّلُ ٱلۡمَلَـٰٓئِكَةَ إِلَّا بِٱلۡحَقِّ وَمَا كَانُوٓاْ إِذٗا مُّنظَرِينَ ﴿8﴾مَا نُنَزِّلُ ٱلۡمَلَـٰٓئِكَةَ إِلَّا بِٱلۡحَقِّ وَمَا كَانُوٓاْ إِذٗا مُّنظَرِينَ
Transliteration: Ma nunazzilu almalaikata illa bialhaqqi wama kanoo ithan munthareena
Translation: (އޭގެ جواب ގައި ﷲ އެ އަންގަވަނީ) حقّ ގޮތުގައިމެނުވީ ތިމަންރަސްކަލާނގެ ملائكة އާ ނުފޮނުއްވަމެވެ. ދެން ملائكة އާ ފޮނުއްވައިފިއްޔާ ދެން އެބަޔަކަށް ތަންވަޅެއް ނުވާނެއެވެ. (ހަލާކުވެ ނިމިދާނެއެވެ.)
15:9إِنَّا نَحۡنُ نَزَّلۡنَا ٱلذِّكۡرَ وَإِنَّا لَهُۥ لَحَٰفِظُونَ ﴿9﴾إِنَّا نَحۡنُ نَزَّلۡنَا ٱلذِّكۡرَ وَإِنَّا لَهُۥ لَحَٰفِظُونَ
Transliteration: Inna nahnu nazzalna alththikra wainna lahu lahafithoona
Translation: ހަމަކަށަވަރުން قرآن ބާވައިލެއްވީ ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުންވެސް ތިމަންރަސްކަލާނގެ އެ قرآن ރައްކާތެރިކުރައްވާހުށީމެވެ.
15:10وَلَقَدۡ أَرۡسَلۡنَا مِن قَبۡلِكَ فِي شِيَعِ ٱلۡأَوَّلِينَ ﴿10﴾وَلَقَدۡ أَرۡسَلۡنَا مِن قَبۡلِكَ فِي شِيَعِ ٱلۡأَوَّلِينَ
Transliteration: Walaqad arsalna min qablika fee shiyaAAi alawwaleena
Translation: (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނުންގެ ކުރީ أمّة ތަކަށްވެސް ތިމަންރަސްކަލާނގެ رسول ބޭކަލުން ފޮނުއްވީމެވެ.
15:11وَمَا يَأۡتِيهِم مِّن رَّسُولٍ إِلَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ﴿11﴾وَمَا يَأۡتِيهِم مِّن رَّسُولٍ إِلَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ
Transliteration: Wama yateehim min rasoolin illa kanoo bihi yastahzioona
Translation: އަދި އެއިން އެއްވެސް أمّة އަކަށް رسول ބޭކަލަކު ވަޑައިގެންފިއްޔާ އެމީހުން އެބޭކަލަކަށް މަލާމާތްކޮށް ގޮއްވާހަދާފައި މެނުވީ ނުވެއެވެ. (އެބަހީ: ކޮންމެ ބޭކަލަކާމެދުވެސް އެ أمّة ތަކުގެ ބަޔަކު މަލާމާތްކޮށް ހަދައެވެ.)
15:12كَذَٰلِكَ نَسۡلُكُهُۥ فِي قُلُوبِ ٱلۡمُجۡرِمِينَ ﴿12﴾كَذَٰلِكَ نَسۡلُكُهُۥ فِي قُلُوبِ ٱلۡمُجۡرِمِينَ
Transliteration: Kathalika naslukuhu fee quloobi almujrimeena
Translation: مجرم ންގެ ހިތްތަކުގައި (ނުބައިނުލަފާ މީހުންގެ ހިތްތަކުގައި) ތިމަންރަސްކަލާނގެ (މަގުފުރެދުން) ލައްވަނީ އެފަދައިންނެވެ.
15:13لَا يُؤۡمِنُونَ بِهِۦ وَقَدۡ خَلَتۡ سُنَّةُ ٱلۡأَوَّلِينَ ﴿13﴾لَا يُؤۡمِنُونَ بِهِۦ وَقَدۡ خَلَتۡ سُنَّةُ ٱلۡأَوَّلِينَ
Transliteration: La yuminoona bihi waqad khalat sunnatu alawwaleena
Translation: އެމީހުން އެ قرآن ތެދު ނުކުރެއެވެ. އެފޮތަށް އީމާން ނުވެއެވެ. އަދި ހަމަކަށަވަރުން އެފަދަ މީސްތަކުން އިސްވެދިޔަ أمّة ތަކުގައި އިސްވެހިނގައްޖެއެވެ.
15:14وَلَوۡ فَتَحۡنَا عَلَيۡهِم بَابٗا مِّنَ ٱلسَّمَآءِ فَظَلُّواْ فِيهِ يَعۡرُجُونَ ﴿14﴾وَلَوۡ فَتَحۡنَا عَلَيۡهِم بَابٗا مِّنَ ٱلسَّمَآءِ فَظَلُّواْ فِيهِ يَعۡرُجُونَ
Transliteration: Walaw fatahna AAalayhim baban mina alssamai fathalloo feehi yaAArujoona
Translation: އަދި ތިމަންރަސްކަލާނގެ އެމީހުންނަށް އުޑުން ދޮރެއް ހުޅުއްވައިލައްވައިފި ނަމަ އަދި އެދޮރުން އެމީހުން މައްޗަށް އަރާކަމުގައިވެފައި އެމީހުން އެތަން ދުއްނަމަވެސް އެމީހުން ބުނާނެއެވެ.
15:15لَقَالُوٓاْ إِنَّمَا سُكِّرَتۡ أَبۡصَٰرُنَا بَلۡ نَحۡنُ قَوۡمٞ مَّسۡحُورُونَ ﴿15﴾لَقَالُوٓاْ إِنَّمَا سُكِّرَتۡ أَبۡصَٰرُنَا بَلۡ نَحۡنُ قَوۡمٞ مَّسۡحُورُونَ
Transliteration: Laqaloo innama sukkirat absaruna bal nahnu qawmun mashooroona
Translation: "އަހުރެމެންގެ ލޯތައް މިވަނީ ފެނުން ނުބައިވެ މަސްތުވެފައެވެ. އަދި ކިއެއްހެއްޔެވެ؟ އަހުރެމެންނަކީ سِحْرُ ޖެހިފައިވާ ބައެކެވެ. (މިފެންނަ ފެނުމަކީ حقّ އެއްނޫނެވެ.) "
15:16وَلَقَدۡ جَعَلۡنَا فِي ٱلسَّمَآءِ بُرُوجٗا وَزَيَّنَّـٰهَا لِلنَّـٰظِرِينَ ﴿16﴾وَلَقَدۡ جَعَلۡنَا فِي ٱلسَّمَآءِ بُرُوجٗا وَزَيَّنَّـٰهَا لِلنَّـٰظِرِينَ
Transliteration: Walaqad jaAAalna fee alssamai buroojan wazayyannaha lilnnathireena
Translation: އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އުޑުގައި بُرُجُ ތަކެއްލެއްވީމެވެ. (އެއީ އިރުހަނދާއި ތަރިތައް އަރާއޮއްސުމަށާއި އެތަކެތި ދަތުރުކުރުމަށްވާ މަންޒިލްތަކެވެ. ދަނޑިތަކެވެ.) އަދި ބަލާމީހުންނަށް ރީތިވާގޮތަށް އެއުޑު ތިމަންރަސްކަލާނގެ ޒީނަތްތެރިކުރެއްވީމެވެ.
15:17وَحَفِظۡنَٰهَا مِن كُلِّ شَيۡطَٰنٖ رَّجِيمٍ ﴿17﴾وَحَفِظۡنَٰهَا مِن كُلِّ شَيۡطَٰنٖ رَّجِيمٍ
Transliteration: Wahafithnaha min kulli shaytanin rajeemin
Translation: އަދި رحمة ން ބޭރުކުރެވި لعنة ލެއްވިފައިވާ ކޮންމެ شيطان އެއްގެފަރާތުން ތިމަންރަސްކަލާނގެ އެއުޑު ސަލާމަތްކުރެއްވީމެވެ.
15:18إِلَّا مَنِ ٱسۡتَرَقَ ٱلسَّمۡعَ فَأَتۡبَعَهُۥ شِهَابٞ مُّبِينٞ ﴿18﴾إِلَّا مَنِ ٱسۡتَرَقَ ٱلسَّمۡعَ فَأَتۡبَعَهُۥ شِهَابٞ مُّبِينٞ
Transliteration: Illa mani istaraqa alssamAAa faatbaAAahu shihabun mubeenun
Translation: އެހުމުން ވައްކަންކުރި شيطان އެއްމެނުވީއެވެ. ފަހެ އެފަދަ شيطان އަކާއި ދިމާއަށް އޭގެއަސަރު ނުފިލާވަރުގެ އަސަރުގަދަ ގިނިހިލައެއް ފޮނުއްވައިލައްވަމެވެ. (އޭތީގެ ގައިގާ ގިނިހިލައިން ޖަހާ އެސޮރު ހަލާކުކޮށްލައްވައެވެ.)
15:19وَٱلۡأَرۡضَ مَدَدۡنَٰهَا وَأَلۡقَيۡنَا فِيهَا رَوَٰسِيَ وَأَنۢبَتۡنَا فِيهَا مِن كُلِّ شَيۡءٖ مَّوۡزُونٖ ﴿19﴾وَٱلۡأَرۡضَ مَدَدۡنَٰهَا وَأَلۡقَيۡنَا فِيهَا رَوَٰسِيَ وَأَنۢبَتۡنَا فِيهَا مِن كُلِّ شَيۡءٖ مَّوۡزُونٖ
Transliteration: Waalarda madadnaha waalqayna feeha rawasiya waanbatna feeha min kulli shayin mawzoonin
Translation: އަދި ބިންގަނޑު (ދަންނައެވެ!) ތިމަންރަސްކަލާނގެ އެބިންގަނޑު ދައްމަވާ ފެތުރުއްވީމެވެ. އަދި އެބިންގަނޑުގައި ތިމަންރަސްކަލާނގެ ފަރުބަދަތައް ޖައްސަވައި ހަރުކުރެއްވީމެވެ. އަދި އެބިންގަނޑުގައި ކޮންމެއެއްޗެއް ކަނޑައެޅި عَيَّن ވެގެންވާ ވަކި މިންވަރަކަށް ވަކި قواعد އަކުން ލެއްވީމެވެ.
15:20وَجَعَلۡنَا لَكُمۡ فِيهَا مَعَٰيِشَ وَمَن لَّسۡتُمۡ لَهُۥ بِرَٰزِقِينَ ﴿20﴾وَجَعَلۡنَا لَكُمۡ فِيهَا مَعَٰيِشَ وَمَن لَّسۡتُمۡ لَهُۥ بِرَٰزِقِينَ
Transliteration: WajaAAalna lakum feeha maAAayisha waman lastum lahu biraziqeena
Translation: އަދި ތިމަންރަސްކަލާނގެ އެބިމުގައި ކަލޭމެންގެ ދިރިއުޅުން ލެއްވީމެވެ. އަދި އެމީހުންނާ އެތަކެއްޗަށް ކަލޭމެން ރިޒުގުދޭން ނުޖެހޭތަކެތީގެ އަދި މީހުންގެ ދިރިއުޅުންވެސް އެތާނގައި ލެއްވީމެވެ. (އެއީ އެންމެހައި ތަކެތީގެ ދިރިއުޅުން އެތާ ލެއްވި ވާހަކައެވެ.) والله أعلم.
15:21وَإِن مِّن شَيۡءٍ إِلَّا عِندَنَا خَزَآئِنُهُۥ وَمَا نُنَزِّلُهُۥٓ إِلَّا بِقَدَرٖ مَّعۡلُومٖ ﴿21﴾وَإِن مِّن شَيۡءٍ إِلَّا عِندَنَا خَزَآئِنُهُۥ وَمَا نُنَزِّلُهُۥٓ إِلَّا بِقَدَرٖ مَّعۡلُومٖ
Transliteration: Wain min shayin illa AAindana khazainuhu wama nunazziluhu illa biqadarin maAAloomin
Translation: އަދި އެއްވެސްއެއްޗެއް އެއެއްޗެއްގެ خزانة ތިމަންރަސްކަލާނގެ حضرة ގައިވާ މެނުވީ ނުވެއެވެ. އެބަހީ: ކޮންމެ އެއްޗެއްގެ خزانة ވެސް ތިމަންރަސްކަލާނގެ حضرة ގައިވެއެވެ. އަދި ކަނޑައެޅި އެނގިގެންވާ މިންވަރަކަށްމެނުވީ ތިމަންރަސްކަލާނގެ އެތަކެތި ބާވައިނުލައްވަމެވެ. (ވާރޭވެސް ހަމައެފަދައެވެ.)
15:22وَأَرۡسَلۡنَا ٱلرِّيَٰحَ لَوَٰقِحَ فَأَنزَلۡنَا مِنَ ٱلسَّمَآءِ مَآءٗ فَأَسۡقَيۡنَٰكُمُوهُ وَمَآ أَنتُمۡ لَهُۥ بِخَٰزِنِينَ ﴿22﴾وَأَرۡسَلۡنَا ٱلرِّيَٰحَ لَوَٰقِحَ فَأَنزَلۡنَا مِنَ ٱلسَّمَآءِ مَآءٗ فَأَسۡقَيۡنَٰكُمُوهُ وَمَآ أَنتُمۡ لَهُۥ بِخَٰزِنِينَ
Transliteration: Waarsalna alrriyaha lawaqiha faanzalna mina alssamai maan faasqaynakumoohu wama antum lahu bikhazineena
Translation: އަދި ވިލާގަނޑުގެ ފެނާއި ގަސްގަހުގެ މޭވާ تَلْقِيْحُ ކޮށް ފައްކާކުރާ ވައި ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. ދެން ތިމަންރަސްކަލާނގެ އުޑުން (މަތިން) ވާރޭފެން ބާވައިލައްވަމެވެ. ދެން އެފެން ތިމަންރަސްކަލާނގެ ކަލޭމެނަށް ބޯންދެއްވަމެވެ. އަދި އެފެން ބިމުގައި خزانة ކޮށް ޖަމާކުރެވޭނެބަޔަކު ކަމުގައި ކަލޭމެން ނުވެއެވެ. ނުވަތަ އެވާރޭފެން އަޔަނުދީ ހިފެހެއްޓޭނެ ބަޔަކު ކަމުގައި ކަލޭމެން ނުވެއެވެ. މިދެތަރުޖަމާވެއެވެ.
15:23وَإِنَّا لَنَحۡنُ نُحۡيِۦ وَنُمِيتُ وَنَحۡنُ ٱلۡوَٰرِثُونَ ﴿23﴾وَإِنَّا لَنَحۡنُ نُحۡيِۦ وَنُمِيتُ وَنَحۡنُ ٱلۡوَٰرِثُونَ
Transliteration: Wainna lanahnu nuhyee wanumeetu wanahnu alwarithoona
Translation: އަދި ހަމަކަށަވަރުން ތަކެތި ދިރުއްވާ މަރުއްވަނީ ހަމަ ތިމަންރަސްކަލާނގެއެވެ. އަދި ހުރިހާތަކެތި ވާރުތަކުރައްވާނީ ހަމަ ތިމަންރަސްކަލާނގެއެވެ.
15:24وَلَقَدۡ عَلِمۡنَا ٱلۡمُسۡتَقۡدِمِينَ مِنكُمۡ وَلَقَدۡ عَلِمۡنَا ٱلۡمُسۡتَـٔۡخِرِينَ ﴿24﴾وَلَقَدۡ عَلِمۡنَا ٱلۡمُسۡتَقۡدِمِينَ مِنكُمۡ وَلَقَدۡ عَلِمۡنَا ٱلۡمُسۡتَـٔۡخِرِينَ
Transliteration: Walaqad AAalimna almustaqdimeena minkum walaqad AAalimna almustakhireena
Translation: އަދި ކަލޭމެން ކުރެން ކުރިން މަރުވެ ހަލާކުވެގެންދިޔަމީހުން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި ކަލޭމެންކުރެ ފަހުން އައިސް މަރުވާނެމީހުންވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.
15:25وَإِنَّ رَبَّكَ هُوَ يَحۡشُرُهُمۡۚ إِنَّهُۥ حَكِيمٌ عَلِيمٞ ﴿25﴾وَإِنَّ رَبَّكَ هُوَ يَحۡشُرُهُمۡۚ إِنَّهُۥ حَكِيمٌ عَلِيمٞ
Transliteration: Wainna rabbaka huwa yahshuruhum innahu hakeemun AAaleemun
Translation: (އޭ رسول ﷲ އެވެ!) އެހުރިހާ މީހުން قيامة ދުވަހުން އެއްކުރައްވާނީ، محشر ކުރައްވާނީ ހަމަ ކަލޭގެފާނުންގެ ربّ އެވެ. ހަމަކަށަވަރުން އެކަލާނގެއީ حكمة ވަންތަ އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.
15:26وَلَقَدۡ خَلَقۡنَا ٱلۡإِنسَٰنَ مِن صَلۡصَٰلٖ مِّنۡ حَمَإٖ مَّسۡنُونٖ ﴿26﴾وَلَقَدۡ خَلَقۡنَا ٱلۡإِنسَٰنَ مِن صَلۡصَٰلٖ مِّنۡ حَمَإٖ مَّسۡنُونٖ
Transliteration: Walaqad khalaqna alinsana min salsalin min hamain masnoonin
Translation: އަދި تَغَيَّرُ ވެ ނުބައިވަސްދުވާ ކަޅުމަށީގެތެރެއިން ޖަހައިލީމާ އެއިން އަޑުއިވޭ ހަރުމަށިން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. • ދަންނައެވެ! آدم عليه السّلام ހެއްދެވުނު މައްޓާ ބެހޭގޮތުން އައިސްފައިވާ لفظ ތައް ތަފާތުކޮށް އައިސްފައިވެއެވެ. تُرَابُ - طِيْن - حمإ مَسْنُوْن - صَلْصال - މި لفظ ތައް އައިސްފައިވަނީ އެކި ސޫރަތުގައެވެ. ދެންފަހެ މި لفظ ތައް ترجمة ކުރެއްވި ބޭކަލުންގެ ވާހަކަތަކުން އެނގެނީ تُرَاب (ނުވަތަވެލި) ފެނާއެކުވީމާ ކިޔަނީ طِيْن އެވެ. (އެއީ މަށްޓެވެ.) ދެން އެމަށި ގިނައިރުވެ މުޅަވެ ވަސްނުބައިވީމާ އެއީ، حَمإ مَسْنُون އެވެ. (ނުބައިވަސްދުވާ ކަޅުމަށި) ދެން އެހެންހުރެ ގިނައިރު ހުރެ ހަރުވެ ގަދަވީމާ އެއީ صَلْصال އެވެ. މިއީ އެކަލޭގެފާނު ހެއްދެވުނު މަށްޓަށް އައި އެކިއެކި ދައުރެވެ. والله أعلم = زُبْدَة التّفسير =
15:27وَٱلۡجَآنَّ خَلَقۡنَٰهُ مِن قَبۡلُ مِن نَّارِ ٱلسَّمُومِ ﴿27﴾وَٱلۡجَآنَّ خَلَقۡنَٰهُ مِن قَبۡلُ مِن نَّارِ ٱلسَّمُومِ
Transliteration: Waaljanna khalaqnahu min qablu min nari alssamoomi
Translation: އަދި އެކަލޭގެފާނުން ހެއްދެވުމުގެކުރިން ތިމަންރަސްކަލާނގެ ޖިންނީންގެ ބައްޕަ جَانُّ އަލިފާނުގެ ހޫނުވައިން ނުވަތަ އަލިފާނުގެ ސާފު ހުޅުގަނޑުން ހެއްދެވީމެވެ.
15:28وَإِذۡ قَالَ رَبُّكَ لِلۡمَلَـٰٓئِكَةِ إِنِّي خَٰلِقُۢ بَشَرٗا مِّن صَلۡصَٰلٖ مِّنۡ حَمَإٖ مَّسۡنُونٖ ﴿28﴾وَإِذۡ قَالَ رَبُّكَ لِلۡمَلَـٰٓئِكَةِ إِنِّي خَٰلِقُۢ بَشَرٗا مِّن صَلۡصَٰلٖ مِّنۡ حَمَإٖ مَّسۡنُونٖ
Transliteration: Waith qala rabbuka lilmalaikati innee khaliqun basharan min salsalin min hamain masnoonin
Translation: (އޭ رسول ﷲ އެވެ!) ملائكة ބޭކަލުންނަށް ކަލޭގެފާނުންގެ ربّ وحي ކުރެއްވި ހިނދު ހަނދުމަފުޅުކުރައްވާށެވެ! (އެކަލާނގެ وحي ކުރެއްވިއެވެ.) تَغَيَّر ވެ ވަސްނުބައިވެފައިވާ މަށީގެ ހަރުމަށިން ތިމަންރަސްކަލާނގެ އިންސާނަކު ހައްދަވާހުށީމެވެ.
15:29فَإِذَا سَوَّيۡتُهُۥ وَنَفَخۡتُ فِيهِ مِن رُّوحِي فَقَعُواْ لَهُۥ سَٰجِدِينَ ﴿29﴾فَإِذَا سَوَّيۡتُهُۥ وَنَفَخۡتُ فِيهِ مِن رُّوحِي فَقَعُواْ لَهُۥ سَٰجِدِينَ
Transliteration: Faitha sawwaytuhu wanafakhtu feehi min roohee faqaAAoo lahu sajideena
Translation: ދެންފަހެ ތިމަންރަސްކަލާނގެ އެއިންސާނާ ހައްދަވައި ފުރިހަމަކުރައްވައި އަދި ތިމަންރަސްކަލާނގެ رُوحُ ން އެއަށް ފުމެލައްވައި ފުރާނައަޅުއްވައިފިއްޔާ ތިޔަބޭކަލުން އެކަލޭގެފާނަށް سجدة ކުރުމަށް ތިރިވާށެވެ! (އޭނާޔަށް إحترام ކުރުމުގެގޮތުން سجدة ކުރާށެވެ!) ދެން އެކަލާނގެ އެކަލޭގެފާނު ހައްދަވާ ފުރިހަމަކުރެއްވުމުން.
15:30فَسَجَدَ ٱلۡمَلَـٰٓئِكَةُ كُلُّهُمۡ أَجۡمَعُونَ ﴿30﴾فَسَجَدَ ٱلۡمَلَـٰٓئِكَةُ كُلُّهُمۡ أَجۡمَعُونَ
Transliteration: Fasajada almalaikatu kulluhum ajmaAAoona
Translation: ދެންފަހެ އެހުރިހާ ملائكة ބޭކަލުން އެކަލޭގެފާނަށް سجدة ކުރެއްވިއެވެ.
15:31إِلَّآ إِبۡلِيسَ أَبَىٰٓ أَن يَكُونَ مَعَ ٱلسَّـٰجِدِينَ ﴿31﴾إِلَّآ إِبۡلِيسَ أَبَىٰٓ أَن يَكُونَ مَعَ ٱلسَّـٰجِدِينَ
Transliteration: Illa ibleesa aba an yakoona maAAa alssajideena
Translation: إبليس މެނުވީއެވެ. سجدة ކުރިމީހުންގެތެރޭވުމަށް އޭނާ މަނާވެގެންފިއެވެ. އެބަހީ: އޭނާ سجدة ނުކުރިއެވެ.
15:32قَالَ يَـٰٓإِبۡلِيسُ مَا لَكَ أَلَّا تَكُونَ مَعَ ٱلسَّـٰجِدِينَ ﴿32﴾قَالَ يَـٰٓإِبۡلِيسُ مَا لَكَ أَلَّا تَكُونَ مَعَ ٱلسَّـٰجِدِينَ
Transliteration: Qala ya ibleesu ma laka alla takoona maAAa alssajideena
Translation: ﷲ تعالى وحي ކުރެއްވިއެވެ. "އޭ إبليس އެވެ! سجدة ކުރެއްވި ބޭކަލުންގެތެރެއިން ކަލޭ ނުވާންވީ ކީއްވެގެންހެއްޔެވެ؟ ކަލޭ سجدة ނުކުރާންވީ ކޮންކަމަކާހެދިހެއްޔެވެ؟"
15:33قَالَ لَمۡ أَكُن لِّأَسۡجُدَ لِبَشَرٍ خَلَقۡتَهُۥ مِن صَلۡصَٰلٖ مِّنۡ حَمَإٖ مَّسۡنُونٖ ﴿33﴾قَالَ لَمۡ أَكُن لِّأَسۡجُدَ لِبَشَرٍ خَلَقۡتَهُۥ مِن صَلۡصَٰلٖ مِّنۡ حَمَإٖ مَّسۡنُونٖ
Transliteration: Qala lam akun liasjuda libasharin khalaqtahu min salsalin min hamain masnoonin
Translation: އޭނާ ދެންނެވިއެވެ. "މުޅަވެ ނުބައިވަސްދުވާ މަށީގެ މަށިގަނޑަކުން އިބަރަސްކަލާނގެ ހައްދަވާފައިވާ مخلوق އަކަށް سجدة ކުރާނެ މީހަކުކަމުގައި މިއަޅާ ނުވެއެވެ."
15:34قَالَ فَٱخۡرُجۡ مِنۡهَا فَإِنَّكَ رَجِيمٞ ﴿34﴾قَالَ فَٱخۡرُجۡ مِنۡهَا فَإِنَّكَ رَجِيمٞ
Transliteration: Qala faokhruj minha fainnaka rajeemun
Translation: އެކަލާނގެ وحي ކުރެއްވިއެވެ. "ފަހެ ކަލޭ އެސުވަރުގެއިން ނުކުންނާށެވެ! ހަމަކަށަވަރުން ކަލެއަކީ رَجِيْمُ އެވެ." އެބަހީ: رحمة ން ބޭރުވެ لعنة ލެއްވިގެންވާ شيطان އެވެ.
15:35وَإِنَّ عَلَيۡكَ ٱللَّعۡنَةَ إِلَىٰ يَوۡمِ ٱلدِّينِ ﴿35﴾وَإِنَّ عَلَيۡكَ ٱللَّعۡنَةَ إِلَىٰ يَوۡمِ ٱلدِّينِ
Transliteration: Wainna AAalayka allaAAnata ila yawmi alddeeni
Translation: "އަދި ހަމަކަށަވަރުން قيامة ދުވަހާއި ހަމައަށް ކަލެއަށް لعنة ލެއްވިގެންވެއެވެ."
15:36قَالَ رَبِّ فَأَنظِرۡنِيٓ إِلَىٰ يَوۡمِ يُبۡعَثُونَ ﴿36﴾قَالَ رَبِّ فَأَنظِرۡنِيٓ إِلَىٰ يَوۡمِ يُبۡعَثُونَ
Transliteration: Qala rabbi faanthirnee ila yawmi yubAAathoona
Translation: އެސޮރު ދެންނެވިއެވެ. "އޭއަޅުގެ ربّ އެވެ! ފަހެ މީސްތަކުން محشر އަށް ފޮނުވޭދުވަހާ ހަމައަށް މިއަޅާއަށް مُهْلَة ދެއްވާނދޭވެ!"
15:37قَالَ فَإِنَّكَ مِنَ ٱلۡمُنظَرِينَ ﴿37﴾قَالَ فَإِنَّكَ مِنَ ٱلۡمُنظَرِينَ
Transliteration: Qala fainnaka mina almunthareena
Translation: އެކަލާނގެ وحي ކުރެއްވިއެވެ. ހަމަކަށަވަރުން ކަލޭވަނީ مهلة ދެވިގެންވާ މީހުންގެތެރޭންނެވެ. އެހާ އަވަހަށް ކަލޭ މަރުނުވާނެއެވެ.
15:38إِلَىٰ يَوۡمِ ٱلۡوَقۡتِ ٱلۡمَعۡلُومِ ﴿38﴾إِلَىٰ يَوۡمِ ٱلۡوَقۡتِ ٱلۡمَعۡلُومِ
Transliteration: Ila yawmi alwaqti almaAAloomi
Translation: އެއީ ކަނޑައެޅި عيّن ވެގެންވާ ވަގުތާއި ހަމައަށެވެ. އެއީ قيامة ދުވަހާއި ހަމައަށެވެ.
15:39قَالَ رَبِّ بِمَآ أَغۡوَيۡتَنِي لَأُزَيِّنَنَّ لَهُمۡ فِي ٱلۡأَرۡضِ وَلَأُغۡوِيَنَّهُمۡ أَجۡمَعِينَ ﴿39﴾قَالَ رَبِّ بِمَآ أَغۡوَيۡتَنِي لَأُزَيِّنَنَّ لَهُمۡ فِي ٱلۡأَرۡضِ وَلَأُغۡوِيَنَّهُمۡ أَجۡمَعِينَ
Transliteration: Qala rabbi bima aghwaytanee laozayyinanna lahum fee alardi walaoghwiyannahum ajmaAAeena
Translation: އޭނާ ދެންނެވިއެވެ. "އޭއަޅުގެ ربّ އެވެ! އިބަރަސްކަލާނގެ މިއަޅާ މަގުފުރައްދަވާ رحمة ން ދުރުކުރެއްވިކަމަށްޓަކައި ހަމަކަށަވަރުން އެމީހުންނަށް ބިމުގައި (އުރެދުންތައް) ޒީނަތްތެރިކޮށްދޭ ހުށީމެވެ. އަދި އެހުރިހާ މީހުން އެކުގައި އަހުރެން މަގުފުރައްދާލާހުށީމެވެ.
15:40إِلَّا عِبَادَكَ مِنۡهُمُ ٱلۡمُخۡلَصِينَ ﴿40﴾إِلَّا عِبَادَكَ مِنۡهُمُ ٱلۡمُخۡلَصِينَ
Transliteration: Illa AAibadaka minhumu almukhlaseena
Translation: އެމީހުންކުރެ އިބަރަސްކަލާނގެއަށް إخلاص ތެރި ތެދުވެރި އަޅުންމެނުވީއެވެ."
15:41قَالَ هَٰذَا صِرَٰطٌ عَلَيَّ مُسۡتَقِيمٌ ﴿41﴾قَالَ هَٰذَا صِرَٰطٌ عَلَيَّ مُسۡتَقِيمٌ
Transliteration: Qala hatha siratun AAalayya mustaqeemun
Translation: ﷲ وحي ކުރެއްވިއެވެ. "އެއީ ތިމަންރަސްކަލާނގެ މައްޗަށްވާ حقّ ސީދާމަގެވެ.
15:42إِنَّ عِبَادِي لَيۡسَ لَكَ عَلَيۡهِمۡ سُلۡطَٰنٌ إِلَّا مَنِ ٱتَّبَعَكَ مِنَ ٱلۡغَاوِينَ ﴿42﴾إِنَّ عِبَادِي لَيۡسَ لَكَ عَلَيۡهِمۡ سُلۡطَٰنٌ إِلَّا مَنِ ٱتَّبَعَكَ مِنَ ٱلۡغَاوِينَ
Transliteration: Inna AAibadee laysa laka AAalayhim sultanun illa mani ittabaAAaka mina alghaweena
Translation: ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް إخلاص ތެރި ތެދުވެރި އަޅުންގެމައްޗަށް ކަލެއަށް އެއްވެސް ބާރެއް ނުވެއެވެ. ހަމައެކަނި حقّ މަގުންނެއްޓި މަގުފުރެދިގެންވާމީހުންކުރެ ކަލެޔާ تبع ވާ މީހެއްގެ މައްޗަށް މެނުވީ ކަލެއަށް ބާރެއް ނުވެއެވެ. (އެފަދަމީހުން ކަލެޔާ نبع ވާނެއެވެ.) "
15:43وَإِنَّ جَهَنَّمَ لَمَوۡعِدُهُمۡ أَجۡمَعِينَ ﴿43﴾وَإِنَّ جَهَنَّمَ لَمَوۡعِدُهُمۡ أَجۡمَعِينَ
Transliteration: Wainna jahannama lamawAAiduhum ajmaAAeena
Translation: އެހުރިހާމީހުންގެ مَوْعِدُ އަކީ އެމީހުންނަށް وَعْدُ ވެވިގެންވާ ތަނަކީ قيامة ދުވަހުން ހަމަ ނަރަކައެވެ.
15:44لَهَا سَبۡعَةُ أَبۡوَٰبٖ لِّكُلِّ بَابٖ مِّنۡهُمۡ جُزۡءٞ مَّقۡسُومٌ ﴿44﴾لَهَا سَبۡعَةُ أَبۡوَٰبٖ لِّكُلِّ بَابٖ مِّنۡهُمۡ جُزۡءٞ مَّقۡسُومٌ
Transliteration: Laha sabAAatu abwabin likulli babin minhum juzon maqsoomun
Translation: އެނަރަކައަށް ހަތްދޮރުވެއެވެ. ހަތްބަތާނަވެއެވެ. އެއިން ކޮންމެ ބަތާނަޔަކަށް އެމީހުންކުރެ ބެހެވި ކަނޑައެޅިގެންވާ ބަޔަކުވެއެވެ. (އެއީ އެމީސްމީހުންގެ عمل ތަކާއި ފާފައިގެ ތަރުތީބުންނެވެ.)
15:45إِنَّ ٱلۡمُتَّقِينَ فِي جَنَّـٰتٖ وَعُيُونٍ ﴿45﴾إِنَّ ٱلۡمُتَّقِينَ فِي جَنَّـٰتٖ وَعُيُونٍ
Transliteration: Inna almuttaqeena fee jannatin waAAuyoonin
Translation: ހަމަކަށަވަރުން تقوى ވެރި މާތްމީހުންނަށް قيامة ދުވަހުން ބަގީޗާތަކާއި އާރުތައްވެއެވެ. (ސުވަރުގެތަކާއި އެތަންތާނގައިވާ އެކިއެކި އާރުތަކެވެ.)
15:46ٱدۡخُلُوهَا بِسَلَٰمٍ ءَامِنِينَ ﴿46﴾ٱدۡخُلُوهَا بِسَلَٰمٍ ءَامِنِينَ
Transliteration: Odkhulooha bisalamin amineena
Translation: (އެދުވަހުން އެމީހުންނަށް އެންގެވޭނެއެވެ.) ސަލާމަތްކަމާއި އަމާންކަމާ އެކު ކަލޭމެން އެސުވަރުގެތަކަށް ވަންނާށެވެ!
15:47وَنَزَعۡنَا مَا فِي صُدُورِهِم مِّنۡ غِلٍّ إِخۡوَٰنًا عَلَىٰ سُرُرٖ مُّتَقَٰبِلِينَ ﴿47﴾وَنَزَعۡنَا مَا فِي صُدُورِهِم مِّنۡ غِلٍّ إِخۡوَٰنًا عَلَىٰ سُرُرٖ مُّتَقَٰبِلِينَ
Transliteration: WanazaAAna ma fee sudoorihim min ghillin ikhwanan AAala sururin mutaqabileena
Translation: (އަދި ދުނިޔޭގައި އުޅުނުއިރު އޭގެތެރެއިން އެކަކުގެމައްޗަށް އަނެކެއްގެ ކިބައިގައިވާ) ރުޅިވެރިކަމާއި حسد ވެރިކަން އެމީހުންގެ ހިތްތަކުން ތިމަންރަސްކަލާނގެ ނަންގަވައި ދުރުކުރެއްވީމެވެ. އަދި އެނދުދާންކޮޅުތަކުގެ މަތީގައި އެއްބަޔަކު އަނެއްބަޔަކަށް ކުރިމަތިލައި އެމީހުން ތިބޭނީ أخ ން ކަމުގައިވާ حال ގައެވެ.
15:48لَا يَمَسُّهُمۡ فِيهَا نَصَبٞ وَمَا هُم مِّنۡهَا بِمُخۡرَجِينَ ﴿48﴾لَا يَمَسُّهُمۡ فِيهَا نَصَبٞ وَمَا هُم مِّنۡهَا بِمُخۡرَجِينَ
Transliteration: La yamassuhum feeha nasabun wama hum minha bimukhrajeena
Translation: އެމީހުންނަށް އެސުވަރުގޭގައި އެއްވެސް ވަރުބަލިކަމެއް ނުޖެހޭނެއެވެ. އަދި އެމީހުންއެސުވަރުގެއިން ނުކުންނާނޭ ބަޔަކުކަމުގައި ނުވެއެވެ. (އަދި ކިއެއްހެއްޔެވެ؟ دائمى ގޮތެއްގައި އަބަދާއަބަދު އެމީހުން އެސުވަރުގޭގައި އެ نعمة ގައި ދެމިތިބޭހުއްޓެވެ.)
15:49نَبِّئۡ عِبَادِيٓ أَنِّيٓ أَنَا ٱلۡغَفُورُ ٱلرَّحِيمُ ﴿49﴾۞نَبِّئۡ عِبَادِيٓ أَنِّيٓ أَنَا ٱلۡغَفُورُ ٱلرَّحِيمُ
Transliteration: Nabbi AAibadee annee ana alghafooru alrraheemu
Translation: (އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު خبر ދެއްވާށެވެ! ތިމަންރަސްކަލާނގެއީ ހަމަކަނޑައެޅިގެން ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެކަން (އެއީ ތިމަންރަސްކަލާނގެއަށް توبة ވެ ވެވުނު ފާފައިގެމަތީ ދެމިނުތިބޭ މީހުންނަށެވެ.)
15:50وَأَنَّ عَذَابِي هُوَ ٱلۡعَذَابُ ٱلۡأَلِيمُ ﴿50﴾وَأَنَّ عَذَابِي هُوَ ٱلۡعَذَابُ ٱلۡأَلِيمُ
Transliteration: Wa anna AAathabee huwa alAAathabu alaleemu
Translation: އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ عذاب އެއީ ގަދަފަދަ އަދި ވޭންދެނިވި އެއްޗެއްކަމާއި (އެއީ ފާފަކުރުންމަތީ توبة ނުވެ ދެމިތިބޭމީހުންނަށެވެ.)
15:51وَنَبِّئۡهُمۡ عَن ضَيۡفِ إِبۡرَٰهِيمَ ﴿51﴾وَنَبِّئۡهُمۡ عَن ضَيۡفِ إِبۡرَٰهِيمَ
Transliteration: Wanabbihum AAan dayfi ibraheema
Translation: އަދި ކަލޭގެފާނު އެމީހުންނަށް إبراهيم (عليه السّلام) ގެ މެހުމާނުންގެ خبر ދެއްވާށެވެ! (އެއީ އެކަލޭގެފާނުގެ އަރިހަށް ﷲ ފޮނުއްވި ملائكة ބޭކަލުންނެވެ.)
15:52إِذۡ دَخَلُواْ عَلَيۡهِ فَقَالُواْ سَلَٰمٗا قَالَ إِنَّا مِنكُمۡ وَجِلُونَ ﴿52﴾إِذۡ دَخَلُواْ عَلَيۡهِ فَقَالُواْ سَلَٰمٗا قَالَ إِنَّا مِنكُمۡ وَجِلُونَ
Transliteration: Ith dakhaloo AAalayhi faqaloo salaman qala inna minkum wajiloona
Translation: އެބޭކަލުން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވިހިނދުން އެބޭކަލުން سلام ވިދާޅުވިއެވެ. އަދި އެކަލޭގެފާނު (سلام ރައްދުކުރައްވާފައި) ވިދާޅުވިއެވެ. "ހަމަކަށަވަރުން އަހުރެމެން މިވަނީ ތިޔަބޭކަލުންގެ ފަރާތުން ބިރުންނެވެ." (އެކަލޭގެފާނު އެހެން ވިދާޅުވީ އެއީ ކޮންބައެއްކަން އެނގިވަޑައިނުގެންނެވިހިނދުންނެވެ.)
15:53قَالُواْ لَا تَوۡجَلۡ إِنَّا نُبَشِّرُكَ بِغُلَٰمٍ عَلِيمٖ ﴿53﴾قَالُواْ لَا تَوۡجَلۡ إِنَّا نُبَشِّرُكَ بِغُلَٰمٍ عَلِيمٖ
Transliteration: Qaloo la tawjal inna nubashshiruka bighulamin AAaleemin
Translation: އެބޭކަލުން ވިދާޅުވިއެވެ. "ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން ތިމަންބޭކަލުން ކަލޭގެފާނަށް علم ވެރި ދަރިކަލަކު ލިބިވަޑައިގަންނަވާނޭކަމުގެ އުފާވެރި خبر ދެއްވަމެވެ!"
15:54قَالَ أَبَشَّرۡتُمُونِي عَلَىٰٓ أَن مَّسَّنِيَ ٱلۡكِبَرُ فَبِمَ تُبَشِّرُونَ ﴿54﴾قَالَ أَبَشَّرۡتُمُونِي عَلَىٰٓ أَن مَّسَّنِيَ ٱلۡكِبَرُ فَبِمَ تُبَشِّرُونَ
Transliteration: Qala abashshartumoonee AAala an massaniya alkibaru fabima tubashshirooni
Translation: އެކަލޭގެފާނު ވިދާޅުވިއެވެ. "އަހުރެންނަށް މުސްކުޅިކަން އައުމަށްފަހު ތިޔަބޭކަލުން އެކަމުގެ خبر އަހުރެންނަށް ދެއްވަނީތޯއެވެ؟ ތިޔަބޭކަލުން އަހުރެންނަށް ތިޔަ خبر ދެއްވަނީ ކޮންކަމަކުންތޯއެވެ؟"
15:55قَالُواْ بَشَّرۡنَٰكَ بِٱلۡحَقِّ فَلَا تَكُن مِّنَ ٱلۡقَٰنِطِينَ ﴿55﴾قَالُواْ بَشَّرۡنَٰكَ بِٱلۡحَقِّ فَلَا تَكُن مِّنَ ٱلۡقَٰنِطِينَ
Transliteration: Qaloo bashsharnaka bialhaqqi fala takun mina alqaniteena
Translation: އެބޭކަލުން ވިދާޅުވިއެވެ. "ތިމަންބޭކަލުން ކަލޭގެފާނަށް މި خبر ދެއްވަނީ ހަމަ حقّ ގޮތުގައެވެ. ފަހެ ﷲ ގެ رحمة ން أمّيد ކަނޑާމީހުންގެތެރެއިން ކަލޭގެފާނުވެވަޑައި ނުގަންނަވާހުށިކަމެވެ.
15:56قَالَ وَمَن يَقۡنَطُ مِن رَّحۡمَةِ رَبِّهِۦٓ إِلَّا ٱلضَّآلُّونَ ﴿56﴾قَالَ وَمَن يَقۡنَطُ مِن رَّحۡمَةِ رَبِّهِۦٓ إِلَّا ٱلضَّآلُّونَ
Transliteration: Qala waman yaqnatu min rahmati rabbihi illa alddalloona
Translation: އެކަލޭގެފާނު ވިދާޅުވިއެވެ. "މަގުފުރެދިފައިވާ މީހުން މެނުވީ އެމީހެއްގެ ربّ ގެ رحمة ން أمّيد ކަނޑައިލާ މާޔޫސްނުވާނެއެވެ."
15:57قَالَ فَمَا خَطۡبُكُمۡ أَيُّهَا ٱلۡمُرۡسَلُونَ ﴿57﴾قَالَ فَمَا خَطۡبُكُمۡ أَيُّهَا ٱلۡمُرۡسَلُونَ
Transliteration: Qala fama khatbukum ayyuha almursaloona
Translation: އެކަލޭގެފާނު يعني: إبراهيم عليه السّلام ވިދާޅުވިއެވެ. "އޭ ފޮނުއްވިގެންވާ ބޭކަލުންނޭވެ! ތިޔަބޭކަލުން ވަޑައިގަތުމުގެ ބޭނުންފުޅަކީ އަދި مقصد އަކީ ކޮބައިތޯއެވެ؟" (މިހެން އެކަލޭގެފާނު ވިދާޅުވީ އެއީ ملائكة ބޭކަލުންކަން އެނގިވަޑައިގަތުމަށްފަހުގައެވެ.)
15:58قَالُوٓاْ إِنَّآ أُرۡسِلۡنَآ إِلَىٰ قَوۡمٖ مُّجۡرِمِينَ ﴿58﴾قَالُوٓاْ إِنَّآ أُرۡسِلۡنَآ إِلَىٰ قَوۡمٖ مُّجۡرِمِينَ
Transliteration: Qaloo inna orsilna ila qawmin mujrimeena
Translation: އެބޭކަލުން ވިދާޅުވިއެވެ. "ހަމަކަށަވަރުން ތިމަންބޭކަލުން ފޮނުއްވިގެންވަނީ ނުބައިވެގެންވާ قوم އަކަށެވެ. مجرم ބަޔަކުއުޅޭ قوم އެއް ހަލާކުކުރެއްވުމަށެވެ." (އެއީ لوط عليه السّلام ގެ قوم އެވެ.)
15:59إِلَّآ ءَالَ لُوطٍ إِنَّا لَمُنَجُّوهُمۡ أَجۡمَعِينَ ﴿59﴾إِلَّآ ءَالَ لُوطٍ إِنَّا لَمُنَجُّوهُمۡ أَجۡمَعِينَ
Transliteration: Illa ala lootin inna lamunajjoohum ajmaAAeena
Translation: "لوط عليه السّلام އާއި އެކަލޭގެފާނުންގެ آل ން މެނުވީއެވެ. އެކަލޭގެފާނާއި تبع ވެ إيمان ވީމީހުން މެނުވީއެވެ. ހަމަކަށަވަރުން ތިމަންބޭކަލުން އެ އެންމެން ސަލާމަތްކުރައްވާހުށީމެވެ.
15:60إِلَّا ٱمۡرَأَتَهُۥ قَدَّرۡنَآ إِنَّهَا لَمِنَ ٱلۡغَٰبِرِينَ ﴿60﴾إِلَّا ٱمۡرَأَتَهُۥ قَدَّرۡنَآ إِنَّهَا لَمِنَ ٱلۡغَٰبِرِينَ
Transliteration: Illa imraatahu qaddarna innaha lamina alghabireena
Translation: އެކަލޭގެފާނުންގެ އަނބިކަނބަލުން މެނުވީއެވެ. އެކަމަނާޔާމެދު ނިޔާކުރެވިގެންވަނީ ހަމަކަށަވަރުން އެކަމަނާ ވާނީ ބާކީވެތިބި މީހުންގެ ތެރެއިންކަމަށެވެ. ހަލާކުވާމީހުންގެތެރެއިންވާނޭކަމަށެވެ."
15:61فَلَمَّا جَآءَ ءَالَ لُوطٍ ٱلۡمُرۡسَلُونَ ﴿61﴾فَلَمَّا جَآءَ ءَالَ لُوطٍ ٱلۡمُرۡسَلُونَ
Transliteration: Falamma jaa ala lootin almursaloona
Translation: ،(62) ދެންފަހެ ފޮނުއްވިގެންވާ ملائكة ބޭކަލުން لوط عليه السّلام ގެ آل ންގެއަރިހަށް ވަޑައިގެންނެވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. "ހަމަކަށަވަރުން ތިޔަބޭކަލުންނަކީ إنكار ވެވިގެންވާ ބައެކެވެ. ނޭނގޭ ބައެކެވެ."
15:62قَالَ إِنَّكُمۡ قَوۡمٞ مُّنكَرُونَ ﴿62﴾قَالَ إِنَّكُمۡ قَوۡمٞ مُّنكَرُونَ
Transliteration: Qala innakum qawmun munkaroona
Translation: ،(62) ދެންފަހެ ފޮނުއްވިގެންވާ ملائكة ބޭކަލުން لوط عليه السّلام ގެ آل ންގެއަރިހަށް ވަޑައިގެންނެވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. "ހަމަކަށަވަރުން ތިޔަބޭކަލުންނަކީ إنكار ވެވިގެންވާ ބައެކެވެ. ނޭނގޭ ބައެކެވެ."
15:63قَالُواْ بَلۡ جِئۡنَٰكَ بِمَا كَانُواْ فِيهِ يَمۡتَرُونَ ﴿63﴾قَالُواْ بَلۡ جِئۡنَٰكَ بِمَا كَانُواْ فِيهِ يَمۡتَرُونَ
Transliteration: Qaloo bal jinaka bima kanoo feehi yamtaroona
Translation: އެބޭކަލުން ވިދާޅުވިއެވެ. "އަދި ކިއެއްހެއްޔެވެ. ތިމަންބޭކަލުން ކަލޭގެފާނުންގެ އަރިހަށް މިއައީ ކަލޭގެފާނުންގެ قوم ގެމީހުން އެކަމަކާއިމެދު ޝައްކުކުރާ ކަންތަކާއިމެދުގައެވެ. عذاب އާއިގެންނެވެ.
15:64وَأَتَيۡنَٰكَ بِٱلۡحَقِّ وَإِنَّا لَصَٰدِقُونَ ﴿64﴾وَأَتَيۡنَٰكَ بِٱلۡحَقِّ وَإِنَّا لَصَٰدِقُونَ
Transliteration: Waataynaka bialhaqqi wainna lasadiqoona
Translation: އަދި ތިމަންބޭކަލުން ކަލޭގެފާނުންގެ އަރިހަށް މިވަޑައިގެންނެވީ حقّ އާއިގެންނެވެ. (އެ حقّ އަކީ عذاب އެވެ.) އަދި ހަމަކަށަވަރުން ތިމަންބޭކަލުންނީ ހަމަ ތެދުވެރީންނީމުއެވެ.
15:65فَأَسۡرِ بِأَهۡلِكَ بِقِطۡعٖ مِّنَ ٱلَّيۡلِ وَٱتَّبِعۡ أَدۡبَٰرَهُمۡ وَلَا يَلۡتَفِتۡ مِنكُمۡ أَحَدٞ وَٱمۡضُواْ حَيۡثُ تُؤۡمَرُونَ ﴿65﴾فَأَسۡرِ بِأَهۡلِكَ بِقِطۡعٖ مِّنَ ٱلَّيۡلِ وَٱتَّبِعۡ أَدۡبَٰرَهُمۡ وَلَا يَلۡتَفِتۡ مِنكُمۡ أَحَدٞ وَٱمۡضُواْ حَيۡثُ تُؤۡمَرُونَ
Transliteration: Faasri biahlika biqitAAin mina allayli waittabiAA adbarahum wala yaltafit minkum ahadun waimdoo haythu tumaroona
Translation: ފަހެ ރޭގަނޑުގެ (އަނދިރިކަންގަދަ) ވަގުތެއްގައި ކަލޭގެފާނު ކަލޭގެފާނުންގެ أهل ވެރިންނާއިގެން (މިރަށުން ނުކުމެވަޑައިގެން) ހިންގަވާފައި ވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނު އެމީހުންގެ يعني: أهل ވެރިންގެ ފަހަތުގައި تبع ވެވަޑައިގެން ހުންނަވާށެވެ. އަދި ކަލޭމެންކުރެ އެކަކުވެސް އެނބުރި ފަހަތަށް ނުބައްލަވާށެވެ! އަދި ކަލޭމެނަށް أمر ވެވުނުފަދައަކުން އަމުރުވެވުނުތަނަށް އަވަސްއަވަހަށްވަޑައިގަންނަވާށެވެ!
15:66وَقَضَيۡنَآ إِلَيۡهِ ذَٰلِكَ ٱلۡأَمۡرَ أَنَّ دَابِرَ هَـٰٓؤُلَآءِ مَقۡطُوعٞ مُّصۡبِحِينَ ﴿66﴾وَقَضَيۡنَآ إِلَيۡهِ ذَٰلِكَ ٱلۡأَمۡرَ أَنَّ دَابِرَ هَـٰٓؤُلَآءِ مَقۡطُوعٞ مُّصۡبِحِينَ
Transliteration: Waqadayna ilayhi thalika alamra anna dabira haolai maqtooAAun musbiheena
Translation: އަދި ތިމަންރަސްކަލާނގެ އެކަން އެކަލޭގެފާނަށް އަންގަވާ وحي ކުރެއްވީމެވެ. އެކަމަކީ ހަމަކަށަވަރުން މިބައިމީހުން - (لوط قوم ގެ ކާފަރުން) ފަތިސްކުރާ حال މަރުވެ ހަލާކުވެގެންދާނެއެވެ.
15:67وَجَآءَ أَهۡلُ ٱلۡمَدِينَةِ يَسۡتَبۡشِرُونَ ﴿67﴾وَجَآءَ أَهۡلُ ٱلۡمَدِينَةِ يَسۡتَبۡشِرُونَ
Transliteration: Wajaa ahlu almadeenati yastabshiroona
Translation: އަދި އެރަށުގެ أهل ވެރިން އުފާކުރާ حال (لوط ގެފާނުންގެ އަރިހަށް) އަތުވެއްޖެއެވެ. (އެއީ އެކަލޭގެފާނު އަރިހަށް ވަޑައިގެންނެވި ملائكة ބޭކަލުން ރީތި ފިރިހެނުންގެ صورة ގައިވާތީ އެމީހުންގެ ގަޔަށް އަރާ فاحش ކަންތައް ކުރަންވެގެންނެވެ. އެރަށުގެ މީހުންނަކީ عامّ ކޮށް ފިރިހެނުންނާ އެޅޭ މީހުންނެވެ. އަންހެނުންގެ ބޭނުން ނުކުރެއެވެ. އެމީހުން ހަލާކުވެގެންދިޔައީ އެކަމުގެ ސަބަބުންނެވެ. މި ملائكة ބޭކަލުންނަކީ އެމީހުންނަށް عذاب އާއިގެން ވަޑައިގެންނެވި ބޭކަލުންނެވެ. އެއީ ملائكة ންކަމެއް އަދި އޭރު لوط ގެފާނަށްވެސް އެނގިވަޑައިނުގަންނަވައެވެ.)
15:68قَالَ إِنَّ هَـٰٓؤُلَآءِ ضَيۡفِي فَلَا تَفۡضَحُونِ ﴿68﴾قَالَ إِنَّ هَـٰٓؤُلَآءِ ضَيۡفِي فَلَا تَفۡضَحُونِ
Transliteration: Qala inna haolai dayfee fala tafdahooni
Translation: ދެންފަހެ لوط عليه السّلام (އެމީހުންނަށް) ވިދާޅުވިއެވެ. "ހަމަކަށަވަރުން މިބޭކަލުންނަކީ ތިމަންކަލޭގެފާނުންގެ މެހްމާނުންނެވެ. ފަހެ ކަލޭމެން ތިމަންކަލޭގެފާނު فضيحة ނުކުރާށެވެ! (އެމީހުން ގަޔަށް އަރަން ނުއުޅޭށެވެ!)
15:69وَٱتَّقُواْ ٱللَّهَ وَلَا تُخۡزُونِ ﴿69﴾وَٱتَّقُواْ ٱللَّهَ وَلَا تُخۡزُونِ
Transliteration: Waittaqoo Allaha wala tukhzooni
Translation: "އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! އަދި ތިމަންކަލޭގެފާނު ދެރަކޮށް ނިކަމެތިކޮށް ނުހަދާށެވެ!"
15:70قَالُوٓاْ أَوَلَمۡ نَنۡهَكَ عَنِ ٱلۡعَٰلَمِينَ ﴿70﴾قَالُوٓاْ أَوَلَمۡ نَنۡهَكَ عَنِ ٱلۡعَٰلَمِينَ
Transliteration: Qaloo awalam nanhaka AAani alAAalameena
Translation: އެމީހުން (އެކަލޭގެފާނަށް) ދެންނެވިއެވެ. "ދުނިޔޭގެ މީސްތަކުން މެހްމާނުން ކަމުގައި ހެއްދެވުން އަހުރެމެން ކަލޭގެފާނަށް މަނާ ނުކުރަންތޯއެވެ؟" (އެބަހީ: އެކަން އޮންނާނީ ކަލޭގެފާނަށް މަނާކޮށްފައެވެ.)
15:71قَالَ هَـٰٓؤُلَآءِ بَنَاتِيٓ إِن كُنتُمۡ فَٰعِلِينَ ﴿71﴾قَالَ هَـٰٓؤُلَآءِ بَنَاتِيٓ إِن كُنتُمۡ فَٰعِلِينَ
Transliteration: Qala haolai banatee in kuntum faAAileena
Translation: އެކަލޭގެފާނު ވިދާޅުވިއެވެ. "މިތިބީ އަހުރެންގެ އަންހެންދަރިންނެވެ. ކަލޭމެން އަހުރެންގެ أمر އަށް ކިޔަމަންވަންޏާ އެކަންކުރާށެވެ." (އެކުދިންނާ އިންނާށެވެ.)
15:72لَعَمۡرُكَ إِنَّهُمۡ لَفِي سَكۡرَتِهِمۡ يَعۡمَهُونَ ﴿72﴾لَعَمۡرُكَ إِنَّهُمۡ لَفِي سَكۡرَتِهِمۡ يَعۡمَهُونَ
Transliteration: LaAAamruka innahum lafee sakratihim yaAAmahoona
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ عُمُرُ ފުޅު (حياة ޕުޅު) ގަންދެއްވައި ހުވައި وحي ކުރައްވަމެވެ. ހަމަކަށަވަރުން އެމީހުން އެވަނީ އެމީހުންގެ މަސްތުގައި / އަދި އެމީހުންގެ މަގުފުރެދުމުގައި ދެފުށުއެޅިއެޅިއެވެ. އަދިރިވެފައެވެ.
15:73فَأَخَذَتۡهُمُ ٱلصَّيۡحَةُ مُشۡرِقِينَ ﴿73﴾فَأَخَذَتۡهُمُ ٱلصَّيۡحَةُ مُشۡرِقِينَ
Transliteration: Faakhathathumu alssayhatu mushriqeena
Translation: އަދި އިރުއަރާވަގުތު އެމީހުންނަށް عذاب ގެ އަޑުފަށްގަނޑު އައިސް ޖެހިއްޖެއެވެ
15:74فَجَعَلۡنَا عَٰلِيَهَا سَافِلَهَا وَأَمۡطَرۡنَا عَلَيۡهِمۡ حِجَارَةٗ مِّن سِجِّيلٍ ﴿74﴾فَجَعَلۡنَا عَٰلِيَهَا سَافِلَهَا وَأَمۡطَرۡنَا عَلَيۡهِمۡ حِجَارَةٗ مِّن سِجِّيلٍ
Transliteration: FajaAAalna AAaliyaha safilaha waamtarna AAalayhim hijaratan min sijjeelin
Translation: ފަހެ އެރަށުގެ މަތީފުށް ދަށްފުށަށް ތިމަންރަސްކަލާނގެ ޖެއްސެވީމެވެ. (جبريل عليه السّلام ގެ ފިޔަފުޅުން އެރަށް އުފުއްލަވައި އުޑާ ހަމައަށް ނަންގަވައި އަނެއްފުށަށް ޖެއްސެވިކަމުގައިވިއެވެ.) އަދި މަށިހިލައިގެ ވާރޭ އެރަށުގެމައްޗަށް ތިމަންރަސްކަލާނގެ ވެއްސެވީމެވެ.
15:75إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّلۡمُتَوَسِّمِينَ ﴿75﴾إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّلۡمُتَوَسِّمِينَ
Transliteration: Inna fee thalika laayatin lilmutawassimeena
Translation: ހަމަކަށަވަރުން ވިސްނާ ފިކުރުކޮށް ކަންކަމުން عبرة حاصل ކުރާމީހުންނަށް އެކަންތަކުގައި ކަނޑައެޅި بيان ވެގެންވާ ދަލީލުވެއެވެ.
15:76وَإِنَّهَا لَبِسَبِيلٖ مُّقِيمٍ ﴿76﴾وَإِنَّهَا لَبِسَبِيلٖ مُّقِيمٍ
Transliteration: Wainnaha labisabeelin muqeemin
Translation: އަދި ހަމަކަށަވަރުން އެރަށްވަނީ އެބަހީ: لوط عليه السّلام ގެ قوم ގެމީހުން އުޅުނުރަށް سَدُوْمُ ވަނީ ކަނޑައެޅި ބަޔާންވެގެންވާ މަގެއްގައެވެ. (އެއީ قريش ން شام ކަރަޔަށްދާމަގެވެ. އަދި މިވާހަކަވެސް قرآن ގެ ކިތަންމެތާކު ތަފާތު عبارة ން އައިސްފައިވެއެވެ.)
15:77إِنَّ فِي ذَٰلِكَ لَأٓيَةٗ لِّلۡمُؤۡمِنِينَ ﴿77﴾إِنَّ فِي ذَٰلِكَ لَأٓيَةٗ لِّلۡمُؤۡمِنِينَ
Transliteration: Inna fee thalika laayatan lilmumineena
Translation: ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: لوط قوم ގެމީހުންނާމެދު ތިމަންރަސްކަލާނގެ މިކަންތައް ގެންދެވިގޮތުގައި) مؤمن ންނަށް بيان ވެގެންވާ دليل އާއި حجّة ވެއެވެ. عبرة ވެއެވެ.
15:78وَإِن كَانَ أَصۡحَٰبُ ٱلۡأَيۡكَةِ لَظَٰلِمِينَ ﴿78﴾وَإِن كَانَ أَصۡحَٰبُ ٱلۡأَيۡكَةِ لَظَٰلِمِينَ
Transliteration: Wain kana ashabu alaykati lathalimeena
Translation: އަދި ހަމަކަށަވަރުން أَيْكَة ގެ އެކުވެރިންވީ އަނިޔާވެރިންކަމުގައެވެ. (أَيْكَة އަކީ ގަސްބޮނޑިއެވެ. ބޯގަސްތަކެވެ. އެރަށަކީވެސް شُعَيْبُ عليه السّلام رسول ކަމާއިގެން ފޮނުއްވި ރަށެއްކަމުގައިވިއެވެ. އެހެންވީއިރު شُعَيْبُ عليه السّلام رسول ކަމާއިގެން ފޮނުއްވިފައިވަނީ ދެރަށަށްކަމުގައިވިއެވެ. އެއީ مَدْيَن އާއި أَيْكَة އެވެ. އެވާހަކަ تفسير الطبري ގައި بيان ވެގެންވެއެވެ.)
15:79فَٱنتَقَمۡنَا مِنۡهُمۡ وَإِنَّهُمَا لَبِإِمَامٖ مُّبِينٖ ﴿79﴾فَٱنتَقَمۡنَا مِنۡهُمۡ وَإِنَّهُمَا لَبِإِمَامٖ مُّبِينٖ
Transliteration: Faintaqamna minhum wainnahuma labiimamin mubeenin
Translation: ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެ ކިބައިން ބަދަލުހިއްޕެވީމެވެ. (އެއީ އެމީހުން ކާފަރުވުމުގެ ސަބަބުން عذاب ފޮނުއްވައި ހަލާކު ކުރެއްވުމެވެ.) އަދި ހަމަކަށަވަރުން އެދެރަށް ވަނީ بيان ވެގެންވާ މަގެއްގެމަތީގައެވެ. (އެބަހީ: މި أَيْكَة ކިޔަރަށާއި لوط قوم ގެމީހުން އުޅުނު ރަށާއި ދެރަށްވަނީ މީސްތަކުން عامّ ކޮށް ދަތުރުފަތުރުކޮށްއުޅޭ މަގެއްގައެވެ. މަގަށް إمام ކިޔާފައިވަނީ إمام އަކީވެސް މީހުން އޭނާޔާ تبع ވާމީހެކެވެ. މަގަކީވެސް އޭގެމަތީގައި މީހުން تبع ވެގެން ހިނގާއެއްޗެއްކަމުގައިވާތީއެވެ. والله أعلم)
15:80وَلَقَدۡ كَذَّبَ أَصۡحَٰبُ ٱلۡحِجۡرِ ٱلۡمُرۡسَلِينَ ﴿80﴾وَلَقَدۡ كَذَّبَ أَصۡحَٰبُ ٱلۡحِجۡرِ ٱلۡمُرۡسَلِينَ
Transliteration: Walaqad kaththaba ashabu alhijri almursaleena
Translation: އަދި الحِجْرُ ގެ أهل ވެރިން އެމީހުންގެގާތަށް ﷲ ފޮނުއްވި رسول އެމީހުން ދޮގުކޮށްފިއެވެ. (އެއީ صالح عليه السّلام އެވެ. الحِجْرُ އަކީ صالح ގެފާނުން ފޮނުއްވުނު ރަށަށް ކިޔާނަމެކެވެ.)
15:81وَءَاتَيۡنَٰهُمۡ ءَايَٰتِنَا فَكَانُواْ عَنۡهَا مُعۡرِضِينَ ﴿81﴾وَءَاتَيۡنَٰهُمۡ ءَايَٰتِنَا فَكَانُواْ عَنۡهَا مُعۡرِضِينَ
Transliteration: Waataynahum ayatina fakanoo AAanha muAArideena
Translation: އަދި ތިމަންރަސްކަލާނގެ دليل ތައް އެމީހުންނަށް ދެއްވީމެވެ. (އެއީ صالح ގެފާނުންގެ رسول ކަމުގެ ތެދުކަމުގެމައްޗަށް دليل ކުރާ معجزة ތަކާއި حجّة ތަކެވެ.) އަދި އެމީހުންވީ އެ އެންމެހައި دليل ތަކުން އެނބުރި ފުރަގަސްދިން ބަޔަކުކަމުގައެވެ. އެ دليل ތައް ދޮގުކުރި ބަޔަކު ކަމުގައެވެ.
15:82وَكَانُواْ يَنۡحِتُونَ مِنَ ٱلۡجِبَالِ بُيُوتًا ءَامِنِينَ ﴿82﴾وَكَانُواْ يَنۡحِتُونَ مِنَ ٱلۡجِبَالِ بُيُوتًا ءَامِنِينَ
Transliteration: Wakanoo yanhitoona mina aljibali buyootan amineena
Translation: އަދި އެމީހުންވީ ފަރުބަދަތައް ކަނޑައި ކޮށައިގެން އަމާންވަނޭ ގެތައް ހެދިބަޔަކު ކަމުގައެވެ. (އެމީހުން ހީކުރީ އެގެތައް ﷲ ގެ عذاب ން ނުވަތަ މަރުވުމުން އެމީހުން އަމާންކޮށްދީ ސަލާމަތްކޮށްދޭނޭ ކަމަށެވެ. އެކަމަކު ﷲ ގެ عذاب އައިހިނދުން އެއިން އެއްވެސް ފައިދާއެއް ނުކުރިއެވެ.)
15:83فَأَخَذَتۡهُمُ ٱلصَّيۡحَةُ مُصۡبِحِينَ ﴿83﴾فَأَخَذَتۡهُمُ ٱلصَّيۡحَةُ مُصۡبِحِينَ
Transliteration: Faakhathathumu alssayhatu musbiheena
Translation: ފަހެ ފަތިސްވަގުތު އެމީހުންނަށް ހަލާކުގެ އަޑުފަށްގަނޑު އައިސްޖެހިއްޖެއެވެ.
15:84فَمَآ أَغۡنَىٰ عَنۡهُم مَّا كَانُواْ يَكۡسِبُونَ ﴿84﴾فَمَآ أَغۡنَىٰ عَنۡهُم مَّا كَانُواْ يَكۡسِبُونَ
Transliteration: Fama aghna AAanhum ma kanoo yaksiboona
Translation: ފަހެ އެމީހުންކުރި (ނުބައި عمل ތައް) އެމީހުން عذاب ން ސަލާމަތްކޮށް ނުދިނެވެ. އެ عمل ތަކުން އެމީހުންނަށް އެއްވެސް ކަމެއް ނުފުދުނެވެ.
15:85وَمَا خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَآ إِلَّا بِٱلۡحَقِّۗ وَإِنَّ ٱلسَّاعَةَ لَأٓتِيَةٞۖ فَٱصۡفَحِ ٱلصَّفۡحَ ٱلۡجَمِيلَ ﴿85﴾وَمَا خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَآ إِلَّا بِٱلۡحَقِّۗ وَإِنَّ ٱلسَّاعَةَ لَأٓتِيَةٞۖ فَٱصۡفَحِ ٱلصَّفۡحَ ٱلۡجَمِيلَ
Transliteration: Wama khalaqna alssamawati waalarda wama baynahuma illa bialhaqqi wainna alssaAAata laatiyatun faisfahi alssafha aljameela
Translation: އަދި އުޑުތަކާއި ބިން އަދި އެދެމެދުގައިވާހާ ތަކެތިވެސް ހަމަ حقّ ގޮތުގައި މެނުވީ ތިމަންރަސްކަލާނގެ ނުހައްދަވަމެވެ. عدل ވެރިގޮތުގައި މެނުވީ ނުހައްދަވަމެވެ. (އެބަހީ: ތިމަންރަސްކަލާނގެ އެ ހަލާކުކުރެއްވި أمّة ތައް ހަލާކު ކުރައްވާފައިވާނީ ހަމަ عدل ވެރިގޮތުގައެވެ.) އަދި ހަމަކަށަވަރުންވެސް قيامة ދުވަހަކީ އަންނާނެ ދުވަހެއްކަން ކަށަވަރެވެ. ފަހެ ކަލޭގެފާނު ރަނގަޅު ރިވެތިގޮތުން އެމީސްތަކުންނަށް معاف ކުރާށެވެ! عفو ކުރައްވާށެވެ! އެ مشرك ންގެފަރާތުން އެނބުރިވަޑައިގަންނަވާށެވެ! (އެބަހީ: އެމީހުންގެ ހަލާކަށް އެދިވަޑައި ނުގަންނަވާށެވެ!)
15:86إِنَّ رَبَّكَ هُوَ ٱلۡخَلَّـٰقُ ٱلۡعَلِيمُ ﴿86﴾إِنَّ رَبَّكَ هُوَ ٱلۡخَلَّـٰقُ ٱلۡعَلِيمُ
Transliteration: Inna rabbaka huwa alkhallaqu alAAaleemu
Translation: ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެއީ ހުރިހާތަކެތި ހައްދަވައި އަދި އެންމެހައިކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.
15:87وَلَقَدۡ ءَاتَيۡنَٰكَ سَبۡعٗا مِّنَ ٱلۡمَثَانِي وَٱلۡقُرۡءَانَ ٱلۡعَظِيمَ ﴿87﴾وَلَقَدۡ ءَاتَيۡنَٰكَ سَبۡعٗا مِّنَ ٱلۡمَثَانِي وَٱلۡقُرۡءَانَ ٱلۡعَظِيمَ
Transliteration: Walaqad ataynaka sabAAan mina almathanee waalqurana alAAatheema
Translation: އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް السَّبْعُ اْلمَثَانِى އާއި ބޮޑުވެގެންވާ މާތް قرآن ދެއްވީމެވެ. • ދަންނައެވެ. السَّبْعُ اْلمَثَانِى އާއިމެދު تفسير علم ވެރިންގެ ބަސް ތަފާތެވެ. އެތަނުން ބުރަވެވޭބަހަކީ راحِجُ • ބަހަކީ އެއީ سورة الفاتحة އެވެ. الحمد އެވެ.
15:88لَا تَمُدَّنَّ عَيۡنَيۡكَ إِلَىٰ مَا مَتَّعۡنَا بِهِۦٓ أَزۡوَٰجٗا مِّنۡهُمۡ وَلَا تَحۡزَنۡ عَلَيۡهِمۡ وَٱخۡفِضۡ جَنَاحَكَ لِلۡمُؤۡمِنِينَ ﴿88﴾لَا تَمُدَّنَّ عَيۡنَيۡكَ إِلَىٰ مَا مَتَّعۡنَا بِهِۦٓ أَزۡوَٰجٗا مِّنۡهُمۡ وَلَا تَحۡزَنۡ عَلَيۡهِمۡ وَٱخۡفِضۡ جَنَاحَكَ لِلۡمُؤۡمِنِينَ
Transliteration: La tamuddanna AAaynayka ila ma mattaAAna bihi azwajan minhum wala tahzan AAalayhim waikhfid janahaka lilmumineena
Translation: އަދި އެމީހުންކުރެ މުދާވެރި މުއްސަނދި މީހުންނަށް ތިމަންރަސްކަލާނގެ ދެއްވާފައިވާ ތަކެއްޗަށް ކަލޭގެފާނުންގެ ލޯފުޅު ނުދައްމަވާށެވެ! އެއަށް ނުބައްލަވާށެވެ! އަދި އެމީހުންގެ މައްޗަށް ކަލޭގެފާނު ހިތާމަފުޅު ނުކުރައްވާށެވެ! އަދި مؤمن ންނަށްޓަކައި ކަލޭގެފާނުންގެ ފިޔަފުޅު ތިރިކުރައްވާށެވެ! (އެމީހުންނަށް އޯގާވެރިވެވަޑައިގަންނަވާށެވެ! އެމީހުންނާމެދު ހަރުކަށިވެވަޑައި ނުގަންނަވާށެވެ!)
15:89وَقُلۡ إِنِّيٓ أَنَا ٱلنَّذِيرُ ٱلۡمُبِينُ ﴿89﴾وَقُلۡ إِنِّيٓ أَنَا ٱلنَّذِيرُ ٱلۡمُبِينُ
Transliteration: Waqul innee ana alnnatheeru almubeenu
Translation: (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު މިއީ بيان ވެގެންވާ نَذير އެވެ. (ﷲ އަށް ނުކިޔަމަންތެރިވީމީހުންނަށް އެކަލާނގެ ކޯފާއާއި عذاب ހުރިކަމުގެ ބިރުވެރި خبر ދޭ މީހާއެވެ.)
15:90كَمَآ أَنزَلۡنَا عَلَى ٱلۡمُقۡتَسِمِينَ ﴿90﴾كَمَآ أَنزَلۡنَا عَلَى ٱلۡمُقۡتَسِمِينَ
Transliteration: Kama anzalna AAala almuqtasimeena
Translation: އެއީ مُقْتَسِمُ ންގެ މައްޗަށްވެސް ތިމަންރަސްކަލާނގެ عذاب ފޮނުއްވި ފަދައިންނެވެ.
15:91ٱلَّذِينَ جَعَلُواْ ٱلۡقُرۡءَانَ عِضِينَ ﴿91﴾ٱلَّذِينَ جَعَلُواْ ٱلۡقُرۡءَانَ عِضِينَ
Transliteration: Allatheena jaAAaloo alqurana AAideena
Translation: އެމީހުންނަކީ قرآن ބައިބަޔަށް (އީމާންވާބަޔަކަށާއި އީމާންނުވެވޭނެ ބަޔަކަށް) ބައިބައިކޮށް ބެހިމީހުންނެވެ. • ދަންނައެވެ. مُقْتَسِمُ ގެ لفظ ގެ ترجمة އަކީ ބައިބަޔަށް ބަހާމީހާއެވެ. ދެންފަހެ އެ لفظ ން މުރާދުކުރެވޭ ބަޔަކާއިމެދު مفسّر ންގެ ބަސްތަފާތެވެ. އެއީ (1) يهودي ންނާއި نصارى އިން ކަމުގައި ވިދާޅުވި ބޭކަލުންވެއެވެ. އެމީހުންވެސް އެ قرآن ގެ އެއްބަޔަށް إيمان ވެ އަނެއްބަޔަށް ކާފަރުވީއެވެ. އަދި އެމީހުން އެމީހުންގެ ފޮތްވެސް ބެހީއެވެ. ބައިބައިކޮށް އެއްބަޔަށް إيمان ވެ އަނެއްބަޔަށް ކާފަރުވީއެވެ. އަދި އެއީ (2) قريش ންގެ ބަޔަކުކަމުގައިވެސް ބުނެވުނެވެ. އެމީހުންވެސް އެއްބަޔަށް އީމާންވެ އަނެއްބަޔަށް ކާފަރު ވީކަމުގައި ވިއެވެ. އަދި އެއީ (3) صالح عليه السّلام ގެ قوم ގެ ބައެއްކަމުގައިވެސް ބުނެވުނެވެ. އަދިވެސް ކިތައްމެގޮތަކަށް ބުނެވިފައިވެއެވެ. ފަހެ ކީރިތި قرآن ގެ އެއްބައި ތެދުކޮށް އަނެއްބައި ދޮގުކުރި ކޮންމެބަޔަކުވެސް މީގެތެރެއަށް ވަންނާނެކަމުގައި مفسّر أبو حَعْفَرُ الطّبرى އެކަލޭގެފާނުންގެ تفسير ގައި ވިދާޅުވެފައިވެއެވެ. (ދެން އަޅުގަޑުމެން ދިވެހިންނޯ؟؟؟ ބައެއް އަޅުކަން އޭގައިވާގޮތަށް ކުރަންކަމުގޮސްފައި ބައެއް ޙުކުމް އޭގައިވާގޮތަށްކުރާކަށް ކަމަކުނުދިޔައެވެ. މަރަށް މަރުހިފުން - ވައްކަންކުރީމާ އަތްކެޑުން ޒިނޭގެ ޙައްދު ޤަވާޢިދުން ޤާއިމުކުރުން މަގުފޭރޭމީހުންގެ ކަންތައް ދެންމިހެންގޮސް......والله أعلم)
15:92فَوَرَبِّكَ لَنَسۡـَٔلَنَّهُمۡ أَجۡمَعِينَ ﴿92﴾فَوَرَبِّكَ لَنَسۡـَٔلَنَّهُمۡ أَجۡمَعِينَ
Transliteration: Fawarabbika lanasalannahum ajmaAAeena
Translation: ،(93) ފަހެ ކަލޭގެފާނުންގެ ربّ ގަންދެއްވައި ހުވައި وحي ކުރައްވަމެވެ. ނިކަންހުރެ ހަމަކަށަވަރުން އެމީހުންނާ (يعني: قرآن ބައިބަޔަށް ހެދިމީހުންނާ) آخرة ދުވަހުން ތިމަންރަސްކަލާނގެ ސުވާލުކުރާ ހުށީމެވެ. އެއީ ދުނިޔޭގައި ތިބެގެން އެމީހުން އެކުރަމުންދާ ކަންތަކާއި ބެހޭގޮތުންނެވެ.
15:93عَمَّا كَانُواْ يَعۡمَلُونَ ﴿93﴾عَمَّا كَانُواْ يَعۡمَلُونَ
Transliteration: AAamma kanoo yaAAmaloona
Translation: ،(93) ފަހެ ކަލޭގެފާނުންގެ ربّ ގަންދެއްވައި ހުވައި وحي ކުރައްވަމެވެ. ނިކަންހުރެ ހަމަކަށަވަރުން އެމީހުންނާ (يعني: قرآن ބައިބަޔަށް ހެދިމީހުންނާ) آخرة ދުވަހުން ތިމަންރަސްކަލާނގެ ސުވާލުކުރާ ހުށީމެވެ. އެއީ ދުނިޔޭގައި ތިބެގެން އެމީހުން އެކުރަމުންދާ ކަންތަކާއި ބެހޭގޮތުންނެވެ.
15:94فَٱصۡدَعۡ بِمَا تُؤۡمَرُ وَأَعۡرِضۡ عَنِ ٱلۡمُشۡرِكِينَ ﴿94﴾فَٱصۡدَعۡ بِمَا تُؤۡمَرُ وَأَعۡرِضۡ عَنِ ٱلۡمُشۡرِكِينَ
Transliteration: FaisdaAA bima tumaru waaAArid AAani almushrikeena
Translation: ފަހެ ކަލޭގެފާނު ކަލޭގެފާނަށް أمر ވެވުނު ކަންތައްކުރައްވާށެވެ! އަދި مشرك ންގެކިބައިން އެނބުރި ދުރުވެވަޑައިގަންނަވާށެވެ! • ދަންނައެވެ! މިއާޔަތަކީ نبي ކަމުގެ ކުރީކޮޅުގެ آية އެއްކަމުން މިބާވަތުގެ މާނައިގައިވާ އެންމެހައި އާޔަތެއްގެ حكم ހަނގުރާމައިގެ އާޔަތް ބާވައިލެއްވުމުން منسوخ ވެގެންވެއެވެ. މިހާރުއޮތީ مشرك ންނާ ދިމާކުރާ حكم އެވެ. توبة ސޫރަތުގެ އާޔަތްތަކުން އެގޮތް ރަނގަޅަށް ހާމަވެއެވެ. والله أعلم.
15:95إِنَّا كَفَيۡنَٰكَ ٱلۡمُسۡتَهۡزِءِينَ ﴿95﴾إِنَّا كَفَيۡنَٰكَ ٱلۡمُسۡتَهۡزِءِينَ
Transliteration: Inna kafaynaka almustahzieena
Translation: ހަމަކަށަވަރުން ކަލޭގެފާނަށާއި، އަދި އިސްލާމްދީނަށް މަލާމާތްކުރާމީހުންގެ ފަރާތުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފުއްދަވާދެއްވާހުށީމެވެ.
15:96ٱلَّذِينَ يَجۡعَلُونَ مَعَ ٱللَّهِ إِلَٰهًا ءَاخَرَۚ فَسَوۡفَ يَعۡلَمُونَ ﴿96﴾ٱلَّذِينَ يَجۡعَلُونَ مَعَ ٱللَّهِ إِلَٰهًا ءَاخَرَۚ فَسَوۡفَ يَعۡلَمُونَ
Transliteration: Allatheena yajAAaloona maAAa Allahi ilahan akhara fasawfa yaAAlamoona
Translation: އެމީހުންނަކީ ﷲ އާ އެކު އެހެން إله އެއްވެސް ހިފާ إختيار ކުރާމީހުންނެވެ. ފަހެ ނިކަންހުރެ އެމީހުން އެކުރާ ކަންތަކުގެ (ނުބައިކަން) آخرة ދުވަހުން އެމީހުންނަށް އެނގޭނެއެވެ.
15:97وَلَقَدۡ نَعۡلَمُ أَنَّكَ يَضِيقُ صَدۡرُكَ بِمَا يَقُولُونَ ﴿97﴾وَلَقَدۡ نَعۡلَمُ أَنَّكَ يَضِيقُ صَدۡرُكَ بِمَا يَقُولُونَ
Transliteration: Walaqad naAAlamu annaka yadeequ sadruka bima yaqooloona
Translation: (އޭ رسول ﷲ އެވެ!) އެމީހުން އެބުނާ ތަކެތީން ކަލޭގެފާނުންގެ ހިތްޕުޅު ނުތަނަވަސްވާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.
15:98فَسَبِّحۡ بِحَمۡدِ رَبِّكَ وَكُن مِّنَ ٱلسَّـٰجِدِينَ ﴿98﴾فَسَبِّحۡ بِحَمۡدِ رَبِّكَ وَكُن مِّنَ ٱلسَّـٰجِدِينَ
Transliteration: Fasabbih bihamdi rabbika wakun mina alssajideena
Translation: ފަހެ ކަލޭގެފާނު ކަލޭގެފާނުންގެ ربّ އަށް حمد ކުރުމާ އެކު تسبيح ވިދާޅުވާށެވެ! އަދި سجدة ކުރާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!
15:99وَٱعۡبُدۡ رَبَّكَ حَتَّىٰ يَأۡتِيَكَ ٱلۡيَقِينُ ﴿99﴾وَٱعۡبُدۡ رَبَّكَ حَتَّىٰ يَأۡتِيَكَ ٱلۡيَقِينُ
Transliteration: WaoAAbud rabbaka hatta yatiyaka alyaqeenu
Translation: އަދި ކަލޭގެފާނަށް يقين އަތުވެއްޖައުމަށްދާންދެން އެބަހީ: ކަލޭގެފާނު އަވަހާރަވެއްޖައުމަށްދާންދެން ކަލޭގެފާނު ކަލޭގެފާނުންގެ ربّ އަށް އަޅުކަންކުރައްވާށެވެ!
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download