21:1ٱقۡتَرَبَ لِلنَّاسِ حِسَابُهُمۡ وَهُمۡ فِي غَفۡلَةٖ مُّعۡرِضُونَ ﴿1﴾ٱقۡتَرَبَ لِلنَّاسِ حِسَابُهُمۡ وَهُمۡ فِي غَفۡلَةٖ مُّعۡرِضُونَ
Transliteration: Iqtaraba lilnnasi hisabuhum wahum fee ghaflatin muAAridoona
Translation: މީސްތަކުންނަށް އެމީހުންގެ ހިސާބުބެއްލެވުން ގާތްވެއްޖެއެވެ. (އެބަހީ: ހިސާބުބައްލަވާ قيامة ދުވަސް ގާތްވެއްޖެއެވެ. އެއީ މީސްތަކުން (އެދުވަހާއިމެދު) غافل ވެގެންވާ حال ގައެވެ. އެމީހުންވަނީ ފުރަގަސްދީގެންނެވެ.
21:2مَا يَأۡتِيهِم مِّن ذِكۡرٖ مِّن رَّبِّهِم مُّحۡدَثٍ إِلَّا ٱسۡتَمَعُوهُ وَهُمۡ يَلۡعَبُونَ ﴿2﴾مَا يَأۡتِيهِم مِّن ذِكۡرٖ مِّن رَّبِّهِم مُّحۡدَثٍ إِلَّا ٱسۡتَمَعُوهُ وَهُمۡ يَلۡعَبُونَ
Transliteration: Ma yateehim min thikrin min rabbihim muhdathin illa istamaAAoohu wahum yalAAaboona
Translation: (އަދި މީސްތަކުންގެގާތަށް) އެމީހުންގެ ربّ ގެ حضرة ން އެއްވެސް ذِكر އެއް އައިސް (އެބަހީ: قرآن ގެ އެއްވެސް އާޔަތެއް އައިސް) އެމީހުން އެއަހައިފިއްޔާ އެޔާމެދު ކުޅޭކުޅޭ ގޮތެއްގައި މެނުވީ އެމީހުން عمل ނުކުރެއެވެ. (އެބަހީ: އާޔަތެއް ބާވައިލެއްވި ކޮންމެހިނދެއްގައި އެމީހުން އެއާޔަތަކާމެދު ކުޅިވަރުގޮތެއްގައި ހަދައިލައެވެ.)
21:3لَاهِيَةٗ قُلُوبُهُمۡۗ وَأَسَرُّواْ ٱلنَّجۡوَى ٱلَّذِينَ ظَلَمُواْ هَلۡ هَٰذَآ إِلَّا بَشَرٞ مِّثۡلُكُمۡۖ أَفَتَأۡتُونَ ٱلسِّحۡرَ وَأَنتُمۡ تُبۡصِرُونَ ﴿3﴾لَاهِيَةٗ قُلُوبُهُمۡۗ وَأَسَرُّواْ ٱلنَّجۡوَى ٱلَّذِينَ ظَلَمُواْ هَلۡ هَٰذَآ إِلَّا بَشَرٞ مِّثۡلُكُمۡۖ أَفَتَأۡتُونَ ٱلسِّحۡرَ وَأَنتُمۡ تُبۡصِرُونَ
Transliteration: Lahiyatan quloobuhum waasarroo alnnajwa allatheena thalamoo hal hatha illa basharun mithlukum afatatoona alssihra waantum tubsiroona
Translation: އެމީހުންގެ ހިތްތައްވަނީ މުޅިން غافل ވެގެންނެވެ. އަދި (އެއާޔަތެއް ދޮގުކުރުމަށް) އެމީހުން ސިއްރު ޖަލްސާކޮށްހަދައެވެ. އެބަހީ: އެ مشرك ން ނުބައިގޮތްތައް ރާވާ ސިއްރު ޖަލްސާ ކުރިއެވެ. އަދި އެމީހުން ބުނެއެވެ. މި رسول އަކީ މިއީ ހަމަ ކަލޭމެންފަދަ آدم ގެ ދަރިއެއްކަމުގައިމެނުވީ ނުވެއެވެ. އެހެންކަމަށްވާއިރު އެކަލޭގެފާނު ގެނަސްގެން އެއުޅޭ އެއްޗަކީ سحر އެކެވެ. ކަލޭމެން ތަންދޮރު އެނގޭ حال އެ سحر އާ ދިމާއަށް ދަނީހެއްޔެވެ؟ އެޔާ تبع ވަނީހެއްޔެވެ؟ (މިއީ މިމީހުން އެއްބަޔަކު އަނެއްބަޔަކަށް ބުނާބުނުމެވެ. އެމީހުން އެބުނަނީ قرآن އަކީ سحر އެއްކަމުގައެވެ.)
21:4قَالَ رَبِّي يَعۡلَمُ ٱلۡقَوۡلَ فِي ٱلسَّمَآءِ وَٱلۡأَرۡضِۖ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ ﴿4﴾قَالَ رَبِّي يَعۡلَمُ ٱلۡقَوۡلَ فِي ٱلسَّمَآءِ وَٱلۡأَرۡضِۖ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ
Transliteration: Qala rabbee yaAAlamu alqawla fee alssamai waalardi wahuwa alssameeAAu alAAaleemu
Translation: އެކަލޭގެފާނު يعني: محمّد ﷺ ވިދާޅުވިއެވެ. ތިމަންކަލޭގެފާނުންގެ ربّ އުޑާއި ބިމުގައިވެސް (ކޮންމެތާކު ކޮންމެބަހަކުން ކޮންމެމީހަކު) ބުނާ ކޮންމެބަހެއްވެސް ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
21:5بَلۡ قَالُوٓاْ أَضۡغَٰثُ أَحۡلَٰمِۭ بَلِ ٱفۡتَرَىٰهُ بَلۡ هُوَ شَاعِرٞ فَلۡيَأۡتِنَا بِـَٔايَةٖ كَمَآ أُرۡسِلَ ٱلۡأَوَّلُونَ ﴿5﴾بَلۡ قَالُوٓاْ أَضۡغَٰثُ أَحۡلَٰمِۭ بَلِ ٱفۡتَرَىٰهُ بَلۡ هُوَ شَاعِرٞ فَلۡيَأۡتِنَا بِـَٔايَةٖ كَمَآ أُرۡسِلَ ٱلۡأَوَّلُونَ
Transliteration: Bal qaloo adghathu ahlamin bali iftarahu bal huwa shaAAirun falyatina biayatin kama orsila alawwaloona
Translation: އަދި ކިޔެއްހެއްޔެވެ؟ އެ مشرك ންގެ މީހުން ބުންޏެވެ. محمّد ގެފާނު އެދައްކަވާ ވާހަކައަކީ އެބަހީ: ކީރިތި قرآن އަކީ - އެއްވެސް އަސްލެއްވަސްލެއްނެތް - تفسير ނުކުރެވޭޒާތުގެ ބޭކާރު ހުވަފެނުގެ ވާހަކަތަކެކެވެ. އަދި ކިއެއްހެއްޔެވެ؟ އޭގެތެރެއިން އަނެއްބަޔަކު ބުނީ އެ قرآن އަކީ އެކަލޭގެފާނު އަމިއްލަފުޅަށް ހައްދަވައިގެން އުޅުއްވާ ދޮގުވާހަކަތަކެކެވެ. އަދި އަނެއްބަޔަކު ބުނީ އަދި ކިއެއްހެއްޔެވެ؟ އެއީ ޅެމެކެވެ. އެކަލޭގެފާނަކީ ޅެންވެރިއެކެވެ. (އަދި މިނޫންވެސް ގޮތްގޮތަށް އެމީހުން ކިޔެވެ....) އަދި އެމީހުން ބުންޏެވެ. އިހުޒަމާނުގެ رَسُول ން ގެންނެވިކަހަލަ معجزة އެއް އެކަލޭގެފާނު އަހުރެމެންނަށް ގެނަސްނުދެއްވީ ކީއްވެގެންބާވައެވެ؟ އެފަދަ معجزة އެއް ގެނެސްދެއްވި ނަމައެވެ. (އެއީ موسى ގެފާނުންގެ އަސާކޮޅު - صالح ގެފާނުންގެ جمل ކޮޅު - އަދި عيسى ގެފާނުން މަރުވިމީހުން ދިރުއްވުންކަހަލަ معجزة އެވެ. ދެންފަހެ މިބައިމީހުންގެ މިބަހުގެ جواب ގައި ﷲ އެ އަންގަވަނީ....)
21:6مَآ ءَامَنَتۡ قَبۡلَهُم مِّن قَرۡيَةٍ أَهۡلَكۡنَٰهَآۖ أَفَهُمۡ يُؤۡمِنُونَ ﴿6﴾مَآ ءَامَنَتۡ قَبۡلَهُم مِّن قَرۡيَةٍ أَهۡلَكۡنَٰهَآۖ أَفَهُمۡ يُؤۡمِنُونَ
Transliteration: Ma amanat qablahum min qaryatin ahlaknaha afahum yuminoona
Translation: (އެފަދަ معجزة އަށް އެދި އެ معجزة ގެންނަވައި އީމާންނުވެގެން ތިމަންރަސްކަލާނގެ ހަލާކުކުރެއްވި އިހުގެ އެއްވެސް أمّة އެއްގެމީހުން އެ معجزة ގެންނެވުމަކުން ވަކި إيمان އެއްނުވިއެވެ. މި أمّة ގެ މީހުން ފަހެ إيمان ވާނޭހެއްޔެވެ؟
21:7وَمَآ أَرۡسَلۡنَا قَبۡلَكَ إِلَّا رِجَالٗا نُّوحِيٓ إِلَيۡهِمۡۖ فَسۡـَٔلُوٓاْ أَهۡلَ ٱلذِّكۡرِ إِن كُنتُمۡ لَا تَعۡلَمُونَ ﴿7﴾وَمَآ أَرۡسَلۡنَا قَبۡلَكَ إِلَّا رِجَالٗا نُّوحِيٓ إِلَيۡهِمۡۖ فَسۡـَٔلُوٓاْ أَهۡلَ ٱلذِّكۡرِ إِن كُنتُمۡ لَا تَعۡلَمُونَ
Transliteration: Wama arsalna qablaka illa rijalan noohee ilayhim faisaloo ahla alththikri in kuntum la taAAlamoona
Translation: (އަދި އޭ رسول ﷲ އެވެ.) ކަލޭގެފާނުންގެ ކުރީގައިވެސް ހަމަ ފިރިހެނުން މެނުވީ ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވާފައި ނުވާނެއެވެ. ތިމަންރަސްކަލާނގެ އެބޭކަލުންނަށް ބަސްފުޅު وحي ކުރެއްވީއެވެ. އޭމިތިބަ مشرك ންނޭވެ. ތިޔަބައިމީހުންނަށް ނޭނގެންޏާ ذِكْرُ ގެ أهل ވެރިންކުރެން ނިކަން އަހައިބަލާށެވެ. (އެބަހީ: އިހުގެ ފޮތްފޮތްކަމުގައިވާ توراة އާއި إنْجِيل ގެ أهل ވެރިންކުރެން އަހައިބަލާށެވެ. އެމީހުންގެ ފޮތްތަކުގައިވެސް އެވާހަކަ ވާނެއެވެ.)
21:8وَمَا جَعَلۡنَٰهُمۡ جَسَدٗا لَّا يَأۡكُلُونَ ٱلطَّعَامَ وَمَا كَانُواْ خَٰلِدِينَ ﴿8﴾وَمَا جَعَلۡنَٰهُمۡ جَسَدٗا لَّا يَأۡكُلُونَ ٱلطَّعَامَ وَمَا كَانُواْ خَٰلِدِينَ
Transliteration: Wama jaAAalnahum jasadan la yakuloona alttaAAama wama kanoo khalideena
Translation: އަދި އެބޭބޭކަލުންނަކީ ކާއެއްޗެއް ފަރީނުކުޅުއްވާ ހަމަ ހުސްހަށިގަނޑުތަކެއްކަމުގައި ތިމަންރަސްކަލާނގެ ނުލައްވަމެވެ. (އެބަހީ: އެބޭކަލުންނަކީ ހަމަ ކައިބޮއިހައްދަވާ ފިރިހެނުންނެވެ.) އަދި އެބޭކަލުންނަކީ އަވަހާރަނުވެ ދެމިތިއްބަވާ ބޭކަލުންކަމުގައިވެސް ތިމަންރަސްކަލާނގެ އެބޭކަލުން ނުލައްވަމެވެ. (އެބަހީ: އެބޭކަލުންނަކީ ހަމަ އަވަހާރަވެސްވާ ބޭކަލުންނެވެ.)
21:9ثُمَّ صَدَقۡنَٰهُمُ ٱلۡوَعۡدَ فَأَنجَيۡنَٰهُمۡ وَمَن نَّشَآءُ وَأَهۡلَكۡنَا ٱلۡمُسۡرِفِينَ ﴿9﴾ثُمَّ صَدَقۡنَٰهُمُ ٱلۡوَعۡدَ فَأَنجَيۡنَٰهُمۡ وَمَن نَّشَآءُ وَأَهۡلَكۡنَا ٱلۡمُسۡرِفِينَ
Transliteration: Thumma sadaqnahumu alwaAAda faanjaynahum waman nashao waahlakna almusrifeena
Translation: ދެން ތިމަންރަސްކަލާނގެ އެބޭކަލުންނަށް ކުރެއްވި وَعْدُ ފުޅު އެބޭކަލުންނަށް ތެދުކޮށް ދެއްވީމެވެ. (އެއީ إيمان ނުވި މީހުން ހަލާކުކުރައްވައި އެބޭކަލުންނަށް نصر ދެއްވުމުގެ وعد ފުޅެވެ.) ފަހެ ތިމަންރަސްކަލާނގެ އެބޭކަލުން ސަލާމަތްކުރެއްވީމެވެ. އަދިވެސް ތިމަންރަސްކަލާނގެ އެދިވޮޑިގެންނެވިބަޔަކު ސަލާމަތްކުރެއްވީމެވެ. އެއަށްފަހު (ކާފަރުކަމާ އުރެދުމުގައި) ހައްދުފަހަނައަޅާފައިވާ މީހުން ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ. (ކޮންމެ أمّة އަކަށްވެސް ވީ ހަމަ އެހެންނެވެ.)
21:10لَقَدۡ أَنزَلۡنَآ إِلَيۡكُمۡ كِتَٰبٗا فِيهِ ذِكۡرُكُمۡۚ أَفَلَا تَعۡقِلُونَ ﴿10﴾لَقَدۡ أَنزَلۡنَآ إِلَيۡكُمۡ كِتَٰبٗا فِيهِ ذِكۡرُكُمۡۚ أَفَلَا تَعۡقِلُونَ
Transliteration: Laqad anzalna ilaykum kitaban feehi thikrukum afala taAAqiloona
Translation: އަދި ހަމަކަށަވަރުން (އޭ قريش ންނޭވެ.) ތިޔަބައިމީހުންގެ ذِكْرُ ބަޔާންވެގެންވާ ފޮތެއް ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބާވައިލެއްވީމެވެ. (މިއާޔަތުގައި މިވާ ذكر އަކީ މާތްކަމާއި شرف ވެރިކަމާއި أخلاق ގެ މާތްކަމާއި مَحَاسِنُ އެވެ. ބާވައިލެއްވިފޮތަކީ އެއީ ކީރިތި قرآن އެވެ.) މިކަންކަމާއިމެދު ތިޔަބައިމީހުން ފަހެ ވިސްނާ فكر ނުކުރާނޭހެއްޔެވެ؟ ވިސްނާ فكر ކުރަންވާނެއެވެ.
21:11وَكَمۡ قَصَمۡنَا مِن قَرۡيَةٖ كَانَتۡ ظَالِمَةٗ وَأَنشَأۡنَا بَعۡدَهَا قَوۡمًا ءَاخَرِينَ ﴿11﴾وَكَمۡ قَصَمۡنَا مِن قَرۡيَةٖ كَانَتۡ ظَالِمَةٗ وَأَنشَأۡنَا بَعۡدَهَا قَوۡمًا ءَاخَرِينَ
Transliteration: Wakam qasamna min qaryatin kanat thalimatan waanshana baAAdaha qawman akhareena
Translation: އަދި އަނިޔާވެރިންކަމުގައި އެރަށްރަށުގެ أَهْلُ ވެރިންވުމުން (އެބަހީ: ކާފަރުންކަމުގައިވުމުން) ތިމަންރަސްކަލާނގެ ވަރަށްގިނަ ރަށްރަށް ހަލާކު ކުރައްވައި ބަރުބާދުކުރެއްވީމެވެ. އަދި އެރަށްރަށް ހަލާކުކުރެއްވުމަށްފަހު ދެން ތިމަންރަސްކަލާނގެ އެހެން قوم އެއް އުފެއްދެވީމެވެ.
21:12فَلَمَّآ أَحَسُّواْ بَأۡسَنَآ إِذَا هُم مِّنۡهَا يَرۡكُضُونَ ﴿12﴾فَلَمَّآ أَحَسُّواْ بَأۡسَنَآ إِذَا هُم مِّنۡهَا يَرۡكُضُونَ
Transliteration: Falamma ahassoo basana itha hum minha yarkudoona
Translation: ދެންފަހެ އެމީހުންނަށް (އެބަހީ: رَسُولُ ބޭކަލުން ދޮގުކޮށް ﷲ އަށް إيمان ނުވިމީހުންނަށް) ތިމަންރަސްކަލާނގެ عَذَاب ގެ إحْسَاس ވީހިނދުން / (އެނގުނުހިނދުން) އެމީހުން އެރަށުން ދުވެފިލަން ދާންފަށައިފިއެވެ.
21:13لَا تَرۡكُضُواْ وَٱرۡجِعُوٓاْ إِلَىٰ مَآ أُتۡرِفۡتُمۡ فِيهِ وَمَسَٰكِنِكُمۡ لَعَلَّكُمۡ تُسۡـَٔلُونَ ﴿13﴾لَا تَرۡكُضُواْ وَٱرۡجِعُوٓاْ إِلَىٰ مَآ أُتۡرِفۡتُمۡ فِيهِ وَمَسَٰكِنِكُمۡ لَعَلَّكُمۡ تُسۡـَٔلُونَ
Transliteration: La tarkudoo wairjiAAoo ila ma otriftum feehi wamasakinikum laAAallakum tusaloona
Translation: (އެހިނދު އެމީހުންނަށް އެންގެވުނެވެ.) ކަލޭމެން ފިލަން ނުދުވާށެވެ. އަދި އެ އެއްޗެއްގައި ކަލޭމެން ބޮޑާވެ ކާފަރުވީ އެއްޗަށް އެބަހީ: އެ نعمة ތަކަށް ކަލޭމެން رجوع ވާށެވެ. (އޭގައި މަޖާނަގާށެވެ.) އަދި ކަލޭމެންގެ ގޯތިގެދޮރުތަކަށްދާށެވެ. ކަލޭމެންނަށް ސުވާލުކުރެވުމުގެ مقصد ގައެވެ.
21:14قَالُواْ يَٰوَيۡلَنَآ إِنَّا كُنَّا ظَٰلِمِينَ ﴿14﴾قَالُواْ يَٰوَيۡلَنَآ إِنَّا كُنَّا ظَٰلِمِينَ
Transliteration: Qaloo ya waylana inna kunna thalimeena
Translation: އެމީހުން ދަންނަވައެވެ. އޭ އަހުރެމެންގެ މައްޗަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ. ހަމަކަށަވަރުން އަހުރެމެން ވީ އަނިޔާވެރިންކަމުގައެވެ. مشرك ންކަމުގައެވެ.
21:15فَمَا زَالَت تِّلۡكَ دَعۡوَىٰهُمۡ حَتَّىٰ جَعَلۡنَٰهُمۡ حَصِيدًا خَٰمِدِينَ ﴿15﴾فَمَا زَالَت تِّلۡكَ دَعۡوَىٰهُمۡ حَتَّىٰ جَعَلۡنَٰهُمۡ حَصِيدًا خَٰمِدِينَ
Transliteration: Fama zalat tilka daAAwahum hatta jaAAalnahum haseedan khamideena
Translation: ފަހެ އެމީހުންގެ އެގޮވުން يعني: " އޭ އަހުރެމެންގެ މައްޗަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ." މިހެން ގޮވާގޮވުން ތިމަންރަސްކަލާނގެ އެމީހުން މަރުވެ ތަންޑާވެގެންވާ ބަޔަކުކަމުގައި ލައްވައިފުމަށް ދާނދެން ފިލައިނުދާނެއެވެ. އެބަހީ: އެމީހުން އެ عَذَاب ގައި މަރުވެއްޖައުމަށް ދާންދެން އެހެން ގޮވަގޮވަތިބޭނެއެވެ.
21:16وَمَا خَلَقۡنَا ٱلسَّمَآءَ وَٱلۡأَرۡضَ وَمَا بَيۡنَهُمَا لَٰعِبِينَ ﴿16﴾وَمَا خَلَقۡنَا ٱلسَّمَآءَ وَٱلۡأَرۡضَ وَمَا بَيۡنَهُمَا لَٰعِبِينَ
Transliteration: Wama khalaqna alssamaa waalarda wama baynahuma laAAibeena
Translation: އަދި އުޑާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެތި ބޭކާރު އަދި ކުޅިވަރުގޮތެއްގައި ނުވަތަ باطل ގޮތެއްގައި ތިމަންރަސްކަލާނގެ ނުހައްދަވަމެވެ. (އެބަހީ: އެތަކެތި ހެއްދެވުމުގައި ވަރަށްބޮޑެތި حكمة ތަކެއް އެކަލާނގެ ލައްވާފައިވެއެވެ.)
21:17لَوۡ أَرَدۡنَآ أَن نَّتَّخِذَ لَهۡوٗا لَّٱتَّخَذۡنَٰهُ مِن لَّدُنَّآ إِن كُنَّا فَٰعِلِينَ ﴿17﴾لَوۡ أَرَدۡنَآ أَن نَّتَّخِذَ لَهۡوٗا لَّٱتَّخَذۡنَٰهُ مِن لَّدُنَّآ إِن كُنَّا فَٰعِلِينَ
Transliteration: Law aradna an nattakhitha lahwan laittakhathnahu min ladunna in kunna faAAileena
Translation: ތިމަންރަސްކަލާނގެ އަނބިކަނބަލަކު ނުވަތަ ދަރިކަލަކު إختيار ކުރެއްވުމަށް އިރާދަކުރައްވަނީނަމަ ތިމަންރަސްކަލާނގެ حضرة ން އަނބިކަނބަލަކު އަދި ދަރިކަލަކު إختيار ކުރައްވައިފީހެވެ. ތިމަންރަސްކަލާނގެއީ އެފަދަކަމެއް ކުރައްވާނޭ ކަލަކުކަމުގައި ނުވެއެވެ.
21:18بَلۡ نَقۡذِفُ بِٱلۡحَقِّ عَلَى ٱلۡبَٰطِلِ فَيَدۡمَغُهُۥ فَإِذَا هُوَ زَاهِقٞۚ وَلَكُمُ ٱلۡوَيۡلُ مِمَّا تَصِفُونَ ﴿18﴾بَلۡ نَقۡذِفُ بِٱلۡحَقِّ عَلَى ٱلۡبَٰطِلِ فَيَدۡمَغُهُۥ فَإِذَا هُوَ زَاهِقٞۚ وَلَكُمُ ٱلۡوَيۡلُ مِمَّا تَصِفُونَ
Transliteration: Bal naqthifu bialhaqqi AAala albatili fayadmaghuhu faitha huwa zahiqun walakumu alwaylu mimma tasifoona
Translation: އަދި ކިއެއްހެއްޔެވެ؟ ތިމަންރަސްކަލާނގެ بَاطل ގެމައްޗަށް حقّ އެއްލަމެވެ. (އެބަހީ: ތިމަންރަސްކަލާނގެ حقّ ފޮތް ކީރިތި قرآن كافر ކަމާއި އެކަމުގެ أهل ވެރިންގެމައްޗަށް ބާވައިލައްވަމެވެ.) ދެންފަހެ އެ باطل ކަން މުޅިން އެކަށް ހަލާކުވެގެންދެއެވެ. (އެއީ ކަނޑިއެތިފަހަރަކުން ބޮލުގައިޖެހީމާ ބޯފަޅައިގެންގޮސް ސިކުނޑިޔާއެކު ކެފިގެންދާފަދަ ގޮތަށެވެ.) އެހައިރުން ދެން އެ باطل މުޅިން ފިލައިގެން ނެތިވެދެއެވެ. އަދިކަލޭމެން ﷲ އަށް ތިޔަ ސިފަކުރާ ކަންތައްތަކުން ކަލޭމެންނަށް ނަރަކައިގެ ގަދަ عذاب ހުއްޓެވެ. މިއާޔަތުން މިރައްދުކުރައްވަނީ ބުދުތަކަކީ ނުވަތަ މަލާއިކަތް ބޭކަލުންނަކީ ﷲ ގެ ދަރިންކަމުގައި ބުނާބައެއްގެމައްޗަށެވެ. تَعالَ ﷲُ عَنْ ذالِكَ علوًا كَبِيْرًا.
21:19وَلَهُۥ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَمَنۡ عِندَهُۥ لَا يَسۡتَكۡبِرُونَ عَنۡ عِبَادَتِهِۦ وَلَا يَسۡتَحۡسِرُونَ ﴿19﴾وَلَهُۥ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَمَنۡ عِندَهُۥ لَا يَسۡتَكۡبِرُونَ عَنۡ عِبَادَتِهِۦ وَلَا يَسۡتَحۡسِرُونَ
Transliteration: Walahu man fee alssamawati waalardi waman AAindahu la yastakbiroona AAan AAibadatihi wala yastahsiroona
Translation: އަދި އުޑުތަކާއި ބިމުގައިވާހާބަޔަކު مِلْكُ ވެ خاصّ ވެގެންވަނީ ހަމައެކަލާނގެއަށެވެ. އަދި އެކަލާނގެ حضرة ގައިވާ ބޭކަލުން - އެބަހީ: مَلَكُوتِيَّ عَالَمْ ގައިވާ ބޭކަލުން - يعني: ملائكة ބޭކަލުން އެކަލާނގެއަށް އަޅުކަންކުރެއްވުމުން ބޮޑާވެ كبر ވެރިވެވަޑައި ނުގަންނަވައެވެ. އަދި އެބޭކަލުން ވަރުބަލިފުޅުވެވަޑައި ނުގަންނަވައެވެ.
21:20يُسَبِّحُونَ ٱلَّيۡلَ وَٱلنَّهَارَ لَا يَفۡتُرُونَ ﴿20﴾يُسَبِّحُونَ ٱلَّيۡلَ وَٱلنَّهَارَ لَا يَفۡتُرُونَ
Transliteration: Yusabbihoona allayla waalnnahara la yafturoona
Translation: ރޭގަނޑާއި ދުވާލު އެބޭކަލުން (ﷲ އަށް) تَسْبِيْحَ ވިދާޅުވެ އެކަލާނގެ ހުސް طاهر ވަންތަ ކުރައްވައެވެ. އަދި އެބޭކަލުން އެކަމުގައި ބަލިކަށިވެ ފޫހިފުޅު ނުވެއެވެ.
21:21أَمِ ٱتَّخَذُوٓاْ ءَالِهَةٗ مِّنَ ٱلۡأَرۡضِ هُمۡ يُنشِرُونَ ﴿21﴾أَمِ ٱتَّخَذُوٓاْ ءَالِهَةٗ مِّنَ ٱلۡأَرۡضِ هُمۡ يُنشِرُونَ
Transliteration: Ami ittakhathoo alihatan mina alardi hum yunshiroona
Translation: އަދި ކިއެއްހެއްޔެވެ؟ އެ مشرك ންގެމީހުން މީސްތަކުން މަރުވުމަށްފަހު އަލުން ދިރުވައިގެން محشر އަށް ފޮނުވާނޭ إله ންތަކެއް ބިމުން ހިފާ إختيار ކުރީހެއްޔެވެ؟ (އެހުރީއަކީ ވާނޭ ކަންތަކެއްނޫނެވެ.)
21:22لَوۡ كَانَ فِيهِمَآ ءَالِهَةٌ إِلَّا ٱللَّهُ لَفَسَدَتَاۚ فَسُبۡحَٰنَ ٱللَّهِ رَبِّ ٱلۡعَرۡشِ عَمَّا يَصِفُونَ ﴿22﴾لَوۡ كَانَ فِيهِمَآ ءَالِهَةٌ إِلَّا ٱللَّهُ لَفَسَدَتَاۚ فَسُبۡحَٰنَ ٱللَّهِ رَبِّ ٱلۡعَرۡشِ عَمَّا يَصِفُونَ
Transliteration: Law kana feehima alihatun illa Allahu lafasadata fasubhana Allahi rabbi alAAarshi AAamma yasifoona
Translation: އުޑުތަކާއި ބިމުގައި ﷲ ފިޔަވައި އެހެން إله އެއްވާނަމަ ހަމަކަށަވަރުން އެދެތަން ފާސިދުވެއްޖައީހެވެ. (އެގޮތަކީ އެއް إله އަކު އުޑާއި ބިމުގައި ކަންތައް ހިންގަވަން އެދޭގޮތަށް އަނެއް إله އަކު ނޭދޭނެއެވެ. އެއް إله އަކު އިރުމަތިފަރާތުން އިރުއަރުވާއިރަށް އަނެއް إله އަކަށް އެގޮތް ކަމުނުގޮސްގެން ހުޅަނގު ފަރާތުން އިރުއަރުވައިފާނެއެވެ. ދެން އޭގެ نظام ން ނެއްޓި ފާސިދުވެދާނެއެވެ. މިވެސް މިސާލެކެވެ.) އަދި އެމީހުން يعني: އެ مشرك ން އެސިފަކުރާ ކަންތައްތައް ފިޔަވައި ﷲ ހުސް طاهر ވެގެންވެއެވެ. އެއީ عرشى ގެ ވެރި ربّ އެވެ.
21:23لَا يُسۡـَٔلُ عَمَّا يَفۡعَلُ وَهُمۡ يُسۡـَٔلُونَ ﴿23﴾لَا يُسۡـَٔلُ عَمَّا يَفۡعَلُ وَهُمۡ يُسۡـَٔلُونَ
Transliteration: La yusalu AAamma yafAAalu wahum yusaloona
Translation: އެކަލާނގެ ހިންގަވާ އެއްވެސްކަމަކާމެދު އެކަލާނގެއާއި ސުވާލު ނުވެވޭނެއެވެ. (ސުވާލުކުރާނީ ކާކުހެއްޔެވެ؟ އެއީ خود مختار رَبّ العالمين އެވެ.) އެކަމަކު އެމީހުން އެބަހީ: އަޅުތަކުން - ކުރާކަންތަކާއިމެދު ސުވާލުވެވޭނެއެވެ. (ﷲ ސުވާލުކުރައްވާނެއެވެ.)
21:24أَمِ ٱتَّخَذُواْ مِن دُونِهِۦٓ ءَالِهَةٗۖ قُلۡ هَاتُواْ بُرۡهَٰنَكُمۡۖ هَٰذَا ذِكۡرُ مَن مَّعِيَ وَذِكۡرُ مَن قَبۡلِيۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ ٱلۡحَقَّۖ فَهُم مُّعۡرِضُونَ ﴿24﴾أَمِ ٱتَّخَذُواْ مِن دُونِهِۦٓ ءَالِهَةٗۖ قُلۡ هَاتُواْ بُرۡهَٰنَكُمۡۖ هَٰذَا ذِكۡرُ مَن مَّعِيَ وَذِكۡرُ مَن قَبۡلِيۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ ٱلۡحَقَّۖ فَهُم مُّعۡرِضُونَ
Transliteration: Ami ittakhathoo min doonihi alihatan qul hatoo burhanakum hatha thikru man maAAiya wathikru man qablee bal aktharuhum la yaAAlamoona alhaqqa fahum muAAridoona
Translation: ނުވަތަ އެކަލާނގެ ފިޔަވައި އެމީހުން އެބަހީ: مشرك ން - إله ންތަކެއް ހިފާ إختيار ކުރީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެން ނިކަން އެކަމުގެމައްޗަށް - އެބަހީ: ﷲ ފިޔަވައި إله އަކު إختيار ކުރުން ހުއްދަވާނެކަމުގެމައްޗަށް - حجّة އާއި دليل ގެނަސްބަލާށެވެ. މި ކީރިތި قرآن އަކީ ތިމަންކަލޭގެފާނާއިއެކުގައިވާ މީހުންގެ ذكر ތަކަކާއި (يعني: خبر ތަކާއި) އަދި ތިމަންކަލޭގެފާނުންގެ ކުރީގެ މީހުންގެ خبر ތަކެވެ. (އެއިން އެއްވެސް أمّة އަކަށް ﷲ ފިޔަވައި އެހެން إله އަކު إختيار ކުރުމަށް ﷲ އެންގެވިތޯ ނިކަން އަހައިބަލާށެވެ. އެކަހަލަ އެންގެވުމެއް ނޯންނާނެއެވެ.) އަދި ކިއެއްހެއްޔެވެ؟ އެމީހުންކުރެ ގިނަމީހުންނަށް حقّ އެއް ނޭނގެއެވެ. ފަހެ އެމީހުން އެތިބެނީ (حقّ قبول ކުރުމަށް) ފުރަގަސްދީގެނެވެ.
21:25وَمَآ أَرۡسَلۡنَا مِن قَبۡلِكَ مِن رَّسُولٍ إِلَّا نُوحِيٓ إِلَيۡهِ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعۡبُدُونِ ﴿25﴾وَمَآ أَرۡسَلۡنَا مِن قَبۡلِكَ مِن رَّسُولٍ إِلَّا نُوحِيٓ إِلَيۡهِ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعۡبُدُونِ
Transliteration: Wama arsalna min qablika min rasoolin illa noohee ilayhi annahu la ilaha illa ana faoAAbudooni
Translation: އަދި "ތިމަންރަސްކަލާނގެ ފިޔަވައި އަޅުކަންވެވުން حقّ إله އަކު ނުވެއޭ އެހެންވެ ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އެކަނި އަޅުކަންކުރާށޭ" މިހެން ނާންގަވާ އެއްވެސް رسول ބޭކަލެއް ކަލޭގެފާނުންގެ ކުރީގައިވެސް رسول ކަމާއިގެން ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ.
21:26وَقَالُواْ ٱتَّخَذَ ٱلرَّحۡمَٰنُ وَلَدٗاۗ سُبۡحَٰنَهُۥۚ بَلۡ عِبَادٞ مُّكۡرَمُونَ ﴿26﴾وَقَالُواْ ٱتَّخَذَ ٱلرَّحۡمَٰنُ وَلَدٗاۗ سُبۡحَٰنَهُۥۚ بَلۡ عِبَادٞ مُّكۡرَمُونَ
Transliteration: Waqaloo ittakhatha alrrahmanu waladan subhanahu bal AAibadun mukramoona
Translation: އަދި އެމީހުން ބުންޏެވެ. رحمن ވަންތަ ﷲ ދަރިކަލަކު ހިތްޕަވައިފިއެވެ. إختيار ކުރައްވައިފިއެވެ. (އެމީހުން ބުނީ އެއީ ملائكة ބޭކަލުން ކަމަށެވެ. އޭގެ جواب ގައި ﷲ އެ އަންގަވަނީ) އެކަލާނގެ ހުސް طاهر ވަންތައެވެ. އަދި ކިއެއްހެއްޔެވެ؟ އެބޭކަލުންނަކީ މާތްކުރެވިގެންވާ ﷲ ގެ އަޅުންތަކެކެވެ. (ﷲ ގެ ދަރިންނެއް ނޫނެވެ.)
21:27لَا يَسۡبِقُونَهُۥ بِٱلۡقَوۡلِ وَهُم بِأَمۡرِهِۦ يَعۡمَلُونَ ﴿27﴾لَا يَسۡبِقُونَهُۥ بِٱلۡقَوۡلِ وَهُم بِأَمۡرِهِۦ يَعۡمَلُونَ
Transliteration: La yasbiqoonahu bialqawli wahum biamrihi yaAAmaloona
Translation: އެބޭކަލުން (އެބަހީ: ملائكة ބޭކަލުން) އެކަލާނގެއަށްވުރެ ކުރިން ބަސްފުޅު އިސްނުކުރައްވައެވެ. (އެބަހީ: ބަސްފުޅެއް وحي ކުރެއްވުމުގެ ކުރިން އިސްވެ ބަސްފުޅެއް ނުދަންނަވައެވެ.) އަދި އެބޭކަލުން ކަންތައްކުރައްވަނީ އެކަލާނގެ أمر ފުޅަށެވެ.
21:28يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡ وَلَا يَشۡفَعُونَ إِلَّا لِمَنِ ٱرۡتَضَىٰ وَهُم مِّنۡ خَشۡيَتِهِۦ مُشۡفِقُونَ ﴿28﴾يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡ وَلَا يَشۡفَعُونَ إِلَّا لِمَنِ ٱرۡتَضَىٰ وَهُم مِّنۡ خَشۡيَتِهِۦ مُشۡفِقُونَ
Transliteration: YaAAlamu ma bayna aydeehim wama khalfahum wala yashfaAAoona illa limani irtada wahum min khashyatihi mushfiqoona
Translation: އެބޭކަލުންގެ ކުރިމަތީގައިވާ ކަންތަކާއި އެބޭކަލުންގެ ފަހަތުގައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ. (އެބަހީ: އެބޭކަލުން ކުރައްވާ ފަހަތަށް ދޫކުރެއްވި ކަންތަކާއި އަދި ކުރައްވާނެ ކަންތައްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.) އަދި އެކަލާނގެ ރުހިވޮޑިގެންވާ އަޅަކަށް މެނުވީ އެބޭކަލުން شَفَاعة ތެރިވެވަޑައި ނުގަންނަވާނެއެވެ. އަދި އެބޭކަލުން ތިއްބަވަނީ އެކަލާނގެއަށް ބިރުން މުޅިން ފެންކަޅިވެގެންނެވެ.
21:29وَمَن يَقُلۡ مِنۡهُمۡ إِنِّيٓ إِلَٰهٞ مِّن دُونِهِۦ فَذَٰلِكَ نَجۡزِيهِ جَهَنَّمَۚ كَذَٰلِكَ نَجۡزِي ٱلظَّـٰلِمِينَ ﴿29﴾۞وَمَن يَقُلۡ مِنۡهُمۡ إِنِّيٓ إِلَٰهٞ مِّن دُونِهِۦ فَذَٰلِكَ نَجۡزِيهِ جَهَنَّمَۚ كَذَٰلِكَ نَجۡزِي ٱلظَّـٰلِمِينَ
Transliteration: Waman yaqul minhum innee ilahun min doonihi fathalika najzeehi jahannama kathalika najzee alththalimeena
Translation: އަދި ތިމަންނާއީ ﷲ ފިޔަވައި إله އެކޭ ވިދާޅުވީ އޭގެތެރެއިން ކޮންބޭކަލެއްހެއްޔެވެ؟ (އެއްބޭކަލަކުވެސް އެހެން ވިދާޅުނުވެއެވެ.) އަދި އެއްވެސް ބޭކަލަކު އެހެން ވިދާޅުވިނަމަ އެބޭކަލަކަށް ނަރަކައިގެ އަލިފާނުގެ ޖަޒާ ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަނިޔާވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
21:30أَوَلَمۡ يَرَ ٱلَّذِينَ كَفَرُوٓاْ أَنَّ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ كَانَتَا رَتۡقٗا فَفَتَقۡنَٰهُمَاۖ وَجَعَلۡنَا مِنَ ٱلۡمَآءِ كُلَّ شَيۡءٍ حَيٍّۚ أَفَلَا يُؤۡمِنُونَ ﴿30﴾أَوَلَمۡ يَرَ ٱلَّذِينَ كَفَرُوٓاْ أَنَّ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ كَانَتَا رَتۡقٗا فَفَتَقۡنَٰهُمَاۖ وَجَعَلۡنَا مِنَ ٱلۡمَآءِ كُلَّ شَيۡءٍ حَيٍّۚ أَفَلَا يُؤۡمِنُونَ
Transliteration: Awalam yara allatheena kafaroo anna alssamawati waalarda kanata ratqan fafataqnahuma wajaAAalna mina almai kulla shayin hayyin afala yuminoona
Translation: އަދި އުޑުތަކާއި ބިން ވަކިނުވެ އެކަތިގަނޑަކަށް އޮތްކަން އެކާފަރުންގެ މީހުންނަކަށް ނޭނގޭބާވައެވެ. ދެންފަހެ ތިމަންރަސްކަލާނގެ އެދެއެތި ވަކިކުރައްވާ ދުރުކުރެއްވީމެވެ. (އުޑުއުފުއްލަވާ ބިން ތިރިކުރެއްވީމެވެ.) އަދި ފުރާނަހުރި ކޮންމެއެއްޗެއް - ބިމުގައި ދިރިއުޅޭ ކޮންމެއެއްޗެއް - ފެނުން ތިމަންރަސްކަލާނގެ ހެއްދެވީމެވެ. އެމީހުން ފަހެ ތެދުކޮށް إيمان ނުވާނޭ ބާވައެވެ. (އެބަހީ: ތިމަންރަސްކަލާނގެ إلهيّ ވަންތަކަން ތެދުކޮށް އެކަމަށް إيمان ނުވާނޭ ބާވައެވެ.
21:31وَجَعَلۡنَا فِي ٱلۡأَرۡضِ رَوَٰسِيَ أَن تَمِيدَ بِهِمۡ وَجَعَلۡنَا فِيهَا فِجَاجٗا سُبُلٗا لَّعَلَّهُمۡ يَهۡتَدُونَ ﴿31﴾وَجَعَلۡنَا فِي ٱلۡأَرۡضِ رَوَٰسِيَ أَن تَمِيدَ بِهِمۡ وَجَعَلۡنَا فِيهَا فِجَاجٗا سُبُلٗا لَّعَلَّهُمۡ يَهۡتَدُونَ
Transliteration: WajaAAalna fee alardi rawasiya an tameeda bihim wajaAAalna feeha fijajan subulan laAAallahum yahtadoona
Translation: އަދި ބިމުގައި ތިމަންރަސްކަލާނގެ ފަރުބަދަތައް ލެއްވީމެވެ. އެއީ މީސްތަކުންނާއިގެން އެބިންގަނޑު حركاة ކޮށް ތެޅިގަނެފާނެތީއެވެ. (ނުތެޅުމަށްޓަކައެވެ.) އަދި އެބިމުގައި ތިމަންރަސްކަލާނގެ علامة ތަކާއި މަގުތައްލެއްވީމެވެ. އެއީ މަގުހިނގާ އުޅުމުގައި ތެދުމަގު ލިބުމުގެ أمّيد ގައެވެ.
21:32وَجَعَلۡنَا ٱلسَّمَآءَ سَقۡفٗا مَّحۡفُوظٗاۖ وَهُمۡ عَنۡ ءَايَٰتِهَا مُعۡرِضُونَ ﴿32﴾وَجَعَلۡنَا ٱلسَّمَآءَ سَقۡفٗا مَّحۡفُوظٗاۖ وَهُمۡ عَنۡ ءَايَٰتِهَا مُعۡرِضُونَ
Transliteration: WajaAAalna alssamaa saqfan mahfoothan wahum AAan ayatiha muAAridoona
Translation: އަދި އުޑު އެއީ (ބިންގަނޑަށްވާ) ރައްކާތެރި ފުރާޅެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި އެމީހުން އެވަނީ އުޑުގެ އެކިއެކި علامة ތަކާއިމެދު (يعني: އިރުހަނދާއި ތަރިތަކާއި މިބާވަތުގެ ތަކެއްޗާއިމެދު غافلވެ ފުރަގަސްދީގެންނެވެ.
21:33وَهُوَ ٱلَّذِي خَلَقَ ٱلَّيۡلَ وَٱلنَّهَارَ وَٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ فِي فَلَكٖ يَسۡبَحُونَ ﴿33﴾وَهُوَ ٱلَّذِي خَلَقَ ٱلَّيۡلَ وَٱلنَّهَارَ وَٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ فِي فَلَكٖ يَسۡبَحُونَ
Transliteration: Wahuwa allathee khalaqa allayla waalnnahara waalshshamsa waalqamara kullun fee falakin yasbahoona
Translation: އަދި ރޭގަނޑާއި ދުވާލު ހެއްދެވީވެސް ހަމަ އެކަލާނގެއެވެ. އަދި އިރާއި ހަނދާއި މިހުރިހާ އެއްޗެއް ހެއްދެވީ ހަމަ އެކަލާނގެއެވެ. އެ ކޮންމެ އެއްޗެއް فَلَك އެއްގައި ފަތައެވެ. އެބަހީ: مَنْزِل އެއްގައި ދަތުރުކުރެއެވެ. (މިހުރީ ހައްތާވެސް ﷲ ގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމުގެ ދަލީލެވެ.)
21:34وَمَا جَعَلۡنَا لِبَشَرٖ مِّن قَبۡلِكَ ٱلۡخُلۡدَۖ أَفَإِيْن مِّتَّ فَهُمُ ٱلۡخَٰلِدُونَ ﴿34﴾وَمَا جَعَلۡنَا لِبَشَرٖ مِّن قَبۡلِكَ ٱلۡخُلۡدَۖ أَفَإِيْن مِّتَّ فَهُمُ ٱلۡخَٰلِدُونَ
Transliteration: Wama jaAAalna libasharin min qablika alkhulda afain mitta fahumu alkhalidoona
Translation: އަދި އެއްވެސް އާދަމުގެދަރިއަކަށް ކަލޭގެފާނުންގެ ކުރީގައިވެސް (މިދުނިޔޭގައި މަރުނުވެ) ދެމިހުރުމެއް ތިމަންރަސްކަލާނގެ ނުލައްވަމެވެ. އަޅެފަހެ ކަލޭގެފާނު އަވަހާރަވެއްޖެއްޔާ އެމީހުން ފަހެ މަރުނުވެ ތިބޭނޭހެއްޔެވެ؟ (އެމީހުންވެސް މަރުވާނެއެވެ.)
21:35كُلُّ نَفۡسٖ ذَآئِقَةُ ٱلۡمَوۡتِۗ وَنَبۡلُوكُم بِٱلشَّرِّ وَٱلۡخَيۡرِ فِتۡنَةٗۖ وَإِلَيۡنَا تُرۡجَعُونَ ﴿35﴾كُلُّ نَفۡسٖ ذَآئِقَةُ ٱلۡمَوۡتِۗ وَنَبۡلُوكُم بِٱلشَّرِّ وَٱلۡخَيۡرِ فِتۡنَةٗۖ وَإِلَيۡنَا تُرۡجَعُونَ
Transliteration: Kullu nafsin thaiqatu almawti wanablookum bialshsharri waalkhayri fitnatan wailayna turjaAAoona
Translation: ކޮންމެ نفس އަކީވެސް މަރުގެރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި ހެޔޮކަންތަކުންނާއި އަދި ނުބައި ކަންތަކުން ތިމަންރަސްކަލާނގެ ކަލޭމެން إمتحان ކުރައްވާހުށީމެވެ. (އެބަހީ: ތަދުމަޑުކަން ޖައްސަވައިގެންނާއި އަދި ތިޔާގެކަން ޖައްސަވައިގެން إمتحان ކުރައްވާހުށީމެވެ.) އަދި ކަލޭމެން އެނބުރި رُجُوع ވާހުށީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ.
21:36وَإِذَا رَءَاكَ ٱلَّذِينَ كَفَرُوٓاْ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَٰذَا ٱلَّذِي يَذۡكُرُ ءَالِهَتَكُمۡ وَهُم بِذِكۡرِ ٱلرَّحۡمَٰنِ هُمۡ كَٰفِرُونَ ﴿36﴾وَإِذَا رَءَاكَ ٱلَّذِينَ كَفَرُوٓاْ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَٰذَا ٱلَّذِي يَذۡكُرُ ءَالِهَتَكُمۡ وَهُم بِذِكۡرِ ٱلرَّحۡمَٰنِ هُمۡ كَٰفِرُونَ
Transliteration: Waitha raaka allatheena kafaroo in yattakhithoonaka illa huzuwan ahatha allathee yathkuru alihatakum wahum bithikri alrrahmani hum kafiroona
Translation: (އޭ رسول ﷲ އެވެ!) އެކާފަރުންގެ މީހުންނަށް ކަލޭގެފާނު ފެނިއްޖެއްޔާ އެމީހުން ކަލޭގެފާނަށް މަލާމާތް ނޫނީ ނުކުރެއެވެ. (އަދި އެމީހުން ބުނެއެވެ.) އަހުރެމެންގެ إله ންތަކަށް ހުތުރު އެއްޗެތި ކިޔާ މީހާއަކީ މިއީހެއްޔެވެ؟ އަދި އެމީހުން އެވަނީ رحمن ވަންތަ ﷲ ގެ ނަންފުޅު ގަނެވިއްޖެއްޔާ ކާފަރުވެގެންވާ حال ގައެވެ. އެކަލާނގެއަށް ކާފަރުވެގެންނެވެ.
21:37خُلِقَ ٱلۡإِنسَٰنُ مِنۡ عَجَلٖۚ سَأُوْرِيكُمۡ ءَايَٰتِي فَلَا تَسۡتَعۡجِلُونِ ﴿37﴾خُلِقَ ٱلۡإِنسَٰنُ مِنۡ عَجَلٖۚ سَأُوْرِيكُمۡ ءَايَٰتِي فَلَا تَسۡتَعۡجِلُونِ
Transliteration: Khuliqa alinsanu min AAajalin saoreekum ayatee fala tastaAAjiloona
Translation: އިންސާނާ ހެއްދެވިގެންވަނީ އަވަސްކަމުގެތެރެއިންނެވެ. (قُرِيْش ންވެސް އެމީހުންނަށް عذاب އަވަސްވުމަށް އެދުނީ ހަމަ އެބާބުގެތެރެއިންނެވެ.) ނިކަންހުރެ ތިމަންރަސްކަލާނގެ (عذاب އާއި ކޯފާ) ގެއާޔަތްތައް ކަލޭމެނަށް ދައްކަވާހުށީމެވެ. ފަހެ ކަލޭމެން އެކަން އަވަސްވުމަށް ނޭދޭ ހުށިކަމެވެ.
21:38وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ ﴿38﴾وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ
Transliteration: Wayaqooloona mata hatha alwaAAdu in kuntum sadiqeena
Translation: އަދި އެމީހުން ބުނެއެވެ. ކަލޭމެން ތިޔަބުނާ ކަމެއް ތިޔަކުރާ وعد އެއްވާނީ ކޮންއިރަކުންހެއްޔެވެ. ކަލޭމެން (مؤمن ން) ތިޔަބުނަނީ ތެދެއްކަމުގައިވަންޏާ ނިކަން ބުނެބަލާށެވެ.
21:39لَوۡ يَعۡلَمُ ٱلَّذِينَ كَفَرُواْ حِينَ لَا يَكُفُّونَ عَن وُجُوهِهِمُ ٱلنَّارَ وَلَا عَن ظُهُورِهِمۡ وَلَا هُمۡ يُنصَرُونَ ﴿39﴾لَوۡ يَعۡلَمُ ٱلَّذِينَ كَفَرُواْ حِينَ لَا يَكُفُّونَ عَن وُجُوهِهِمُ ٱلنَّارَ وَلَا عَن ظُهُورِهِمۡ وَلَا هُمۡ يُنصَرُونَ
Transliteration: Law yaAAlamu allatheena kafaroo heena la yakuffoona AAan wujoohihimu alnnara wala AAan thuhoorihim wala hum yunsaroona
Translation: ކާފަރުންގެމީހުންނަށް އެމީހުންގެ މޫނުންނާއި އެމީހުންގެ ބުރަކަށިތަކުން ނަރަކައިގެ އަލިފާން ވަކިނުވެ ހިފާފައިވާތަން އެމީހުންނަށް ފެންނާނެނަމަ އެކަން އެނގޭނެނަމަ (އެމީހުން توبة ވެ إيمان ވުމަށް އަވަސްވީހެވެ.) (ނަމަވެސް ދެން އެދުވަހުން) އެމީހުންނަކީ نصر ލިބޭނެ ބަޔަކުކަމުގައި ނުވެއެވެ. އެއަލިފާން އެދުވަހުން އެމީހުންގައި ހިފާނެއެވެ.
21:40بَلۡ تَأۡتِيهِم بَغۡتَةٗ فَتَبۡهَتُهُمۡ فَلَا يَسۡتَطِيعُونَ رَدَّهَا وَلَا هُمۡ يُنظَرُونَ ﴿40﴾بَلۡ تَأۡتِيهِم بَغۡتَةٗ فَتَبۡهَتُهُمۡ فَلَا يَسۡتَطِيعُونَ رَدَّهَا وَلَا هُمۡ يُنظَرُونَ
Transliteration: Bal tateehim baghtatan fatabhatuhum fala yastateeAAoona raddaha wala hum yuntharoona
Translation: އަދި ކިއެއްހެއްޔެވެ؟ އެމީހުންގެ ގާތަށް އެކަން އަންނާނީ (އެބަހީ: އެނަރަކައިގެ އަލިފާން / ނުވަތަ قيامة ވުން އަންނާނީ) ހަމަ ކުއްލިއަކަށެވެ. އެހައިރުން އެމީހުން އެއަލިފާނުން ނިވައިކޮށްލާހުއްޓެވެ. ނުވަތަ حيران ކޮށްލާހުއްޓެވެ. ފަހެ އެމީހުންނަށް އެއަލިފާން ދުރުކޮށް ރައްދުކޮށްލާކަށް ކުޅަދާނަވެގެން ނުވާނެއެވެ. އަދި އެމީހުންނަށް މުހުލަތު ނުދެވޭހުއްޓެވެ. ތަންވަޅު ނުލިބޭހުއްޓެވެ.
21:41وَلَقَدِ ٱسۡتُهۡزِئَ بِرُسُلٖ مِّن قَبۡلِكَ فَحَاقَ بِٱلَّذِينَ سَخِرُواْ مِنۡهُم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ﴿41﴾وَلَقَدِ ٱسۡتُهۡزِئَ بِرُسُلٖ مِّن قَبۡلِكَ فَحَاقَ بِٱلَّذِينَ سَخِرُواْ مِنۡهُم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ
Transliteration: Walaqadi istuhzia birusulin min qablika fahaqa biallatheena sakhiroo minhum ma kanoo bihi yastahzioona
Translation: (އޭ رسول ﷲ އެވެ!) އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ ކުރީގައި ފޮނުވުނު رَسُول ބޭކަލުންނާއި މެދުވެސް މަލާމާތްކުރެވި ފުރައްސާރަ ކުރެވުނެވެ. ދެންފަހެ އެމީހުންކުރެ އެބަހީ: އެ مشرك ންކުރެ އެ رسول ބޭކަލުންނަށް މަލާމާތްކޮށް ފުރައްސާރަކުރި މީހުންނަށް އެމީހުން އެމަލާމާތްކޮށް ފުރައްސާރަކުރި ކަންތައް ވަށައިލައިފިއެވެ. އެބަހީ: އެ عذاب އެމީހުން ވަށައިލައިފިއެވެ. ދުނިޔެމަތީގައިވެސް އެމީހުން އީމާން ނުވުމުގެ ސަބަބުން އެ أمّة ތަކުގެ ކާފަރުން ހަލާކުވެދިޔައީއެވެ. (މި أمّة ގެމީހުން އެކަންކަމުން عبرة حاصل ކުރާހުށިކަމެވެ.)
21:42قُلۡ مَن يَكۡلَؤُكُم بِٱلَّيۡلِ وَٱلنَّهَارِ مِنَ ٱلرَّحۡمَٰنِۚ بَلۡ هُمۡ عَن ذِكۡرِ رَبِّهِم مُّعۡرِضُونَ ﴿42﴾قُلۡ مَن يَكۡلَؤُكُم بِٱلَّيۡلِ وَٱلنَّهَارِ مِنَ ٱلرَّحۡمَٰنِۚ بَلۡ هُمۡ عَن ذِكۡرِ رَبِّهِم مُّعۡرِضُونَ
Transliteration: Qul man yaklaokum biallayli waalnnahari mina alrrahmani bal hum AAan thikri rabbihim muAAridoona
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. رحمن ވަންތަ ﷲ ގެ حضرة ން (عذاب އެއް އަތުވެއްޖެއްޔާ) ރޭގަނޑާއި ދުވާލުގެ ވަގުތުތަކުގައި (އަދި ހުރިހާ ވަގުތެއްގައިވެސް) ކަލޭމެން ރައްކާތެރިކޮށް ބަލަހައްޓާނީ ކާކުހެއްޔެވެ؟ އަދި ކިއެއްހެއްޔެވެ؟ އެމީހުން އެވަނީ رحمن ވަންތަ ﷲ ގެوعظ އާއި نصيحة ން މޫނު އަނބުރާލައި ފުރަގަސްދީގެންނެވެ.
21:43أَمۡ لَهُمۡ ءَالِهَةٞ تَمۡنَعُهُم مِّن دُونِنَاۚ لَا يَسۡتَطِيعُونَ نَصۡرَ أَنفُسِهِمۡ وَلَا هُم مِّنَّا يُصۡحَبُونَ ﴿43﴾أَمۡ لَهُمۡ ءَالِهَةٞ تَمۡنَعُهُم مِّن دُونِنَاۚ لَا يَسۡتَطِيعُونَ نَصۡرَ أَنفُسِهِمۡ وَلَا هُم مِّنَّا يُصۡحَبُونَ
Transliteration: Am lahum alihatun tamnaAAuhum min doonina la yastateeAAoona nasra anfusihim wala hum minna yushaboona
Translation: ތިމަންރަސްކަލާނގެ ފިޔަވައި ތިމަންރަސްކަލާނގެ عذاب ން އެމީހުން މަނާކޮށް ސަލާމަތްކުރާނޭ إله ންތަކެއް އެމީހުންނަށް (އެ مشرك ންނަށް) ފަހެ ވަނީހެއްޔެވެ؟ (ނުވެއެވެ.) އަދި ކިއެއްހެއްޔެވެ؟ އެތަކެތީގެ އަމިއްލަ نفس ތަކަށް نصر އެއް ދިނުމަށް ވިޔަސް އެތަކެއްޗަށް ކުޅަދާނަ ނުވެއެވެ. އަދި ތިމަންރަސްކަލާނގެ ރަސްކަންފުޅުގެ ފަރާތުން نصر އެއް ލިބި ރައްކާތެރިކަމެއް ލިބޭނޭ ތަކެތިކަމުގައި އެތަކެތި ނުވެއެވެ.
21:44بَلۡ مَتَّعۡنَا هَـٰٓؤُلَآءِ وَءَابَآءَهُمۡ حَتَّىٰ طَالَ عَلَيۡهِمُ ٱلۡعُمُرُۗ أَفَلَا يَرَوۡنَ أَنَّا نَأۡتِي ٱلۡأَرۡضَ نَنقُصُهَا مِنۡ أَطۡرَافِهَآۚ أَفَهُمُ ٱلۡغَٰلِبُونَ ﴿44﴾بَلۡ مَتَّعۡنَا هَـٰٓؤُلَآءِ وَءَابَآءَهُمۡ حَتَّىٰ طَالَ عَلَيۡهِمُ ٱلۡعُمُرُۗ أَفَلَا يَرَوۡنَ أَنَّا نَأۡتِي ٱلۡأَرۡضَ نَنقُصُهَا مِنۡ أَطۡرَافِهَآۚ أَفَهُمُ ٱلۡغَٰلِبُونَ
Transliteration: Bal mattaAAna haolai waabaahum hatta tala AAalayhimu alAAumuru afala yarawna anna natee alarda nanqusuha min atrafiha afahumu alghaliboona
Translation: އަދި ކިޔެއްހެއްޔެވެ؟ މި مكّة ގެ أهلم ވެރިންނަށާއި އަދި އެމީހުންގެ އިސްވެދިޔަ ކާބަފައިންނަށް ތިމަންރަސްކަލާނގެ ތަންވަޅުދެއްވާ އަދި ދުނިޔޭގައި އުޅެވޭނެގޮތުގެ نعمة ދެއްވާހެއްދެވީމެވެ. އެއީ އެމީހުންގެ عمر ދިގުވެ مُدّة ދިގުވެއްޖައުމަށްދާންދެންނެވެ. ބިންގަނޑުގެ އެކިއެކި ފަރާތްފަރާތުން ތިމަންރަސްކަލާނގެ މަދުކުރައްވާ އުނިކުރައްވާކަން އެމީހުންނަށް ފަހެ ނޭނގޭބާވައެވެ؟ އެމީހުން ފަހެ (ތިމަންރަސްކަލާނގެއަށްވުރެ ނުވަތަ محمّد ﷺ އަށްވުރެ) ވަކިން ގަދަވާނޭ ބަޔަކުކަމުގައި ވާނޭހެއްޔެވެ؟ (ނުވާނެއެވެ.)
21:45قُلۡ إِنَّمَآ أُنذِرُكُم بِٱلۡوَحۡيِۚ وَلَا يَسۡمَعُ ٱلصُّمُّ ٱلدُّعَآءَ إِذَا مَا يُنذَرُونَ ﴿45﴾قُلۡ إِنَّمَآ أُنذِرُكُم بِٱلۡوَحۡيِۚ وَلَا يَسۡمَعُ ٱلصُّمُّ ٱلدُّعَآءَ إِذَا مَا يُنذَرُونَ
Transliteration: Qul innama onthirukum bialwahyi wala yasmaAAu alssummu aldduAAaa itha ma yuntharoona
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެނަށް މި إنذار ކުރައްވަނީ وحي އިންނެވެ. މި قرآن ންނެވެ. އަދި މިގޮވާލުމުގެ އަޑު ބީރުމީހުން ނުއަހައެވެ. އެމީހުންނަކަށް ނީވޭނެއެވެ. (އެބަހީ: ކާފަރުކަމުން ހިތުގެއިވުން ބީރުވެފައިވާ ބަޔަކަށް نصيحة އާއި وعظ ދިނަސް) އެމީހުންނަށް އިންޒާރުކުރެވުނަސް އޭގެ މަންފާ ނުކުރާނެއެވެ. އޭގެ އަޑުނުއަހާނެއެވެ.
21:46وَلَئِن مَّسَّتۡهُمۡ نَفۡحَةٞ مِّنۡ عَذَابِ رَبِّكَ لَيَقُولُنَّ يَٰوَيۡلَنَآ إِنَّا كُنَّا ظَٰلِمِينَ ﴿46﴾وَلَئِن مَّسَّتۡهُمۡ نَفۡحَةٞ مِّنۡ عَذَابِ رَبِّكَ لَيَقُولُنَّ يَٰوَيۡلَنَآ إِنَّا كُنَّا ظَٰلِمِينَ
Transliteration: Walain massathum nafhatun min AAathabi rabbika layaqoolunna ya waylana inna kunna thalimeena
Translation: (އޭ ر سول ﷲ އެވެ!) ކަލޭގެފާނުންގެ رَبُّ ގެ عذاب ގެ މިންވަރެއް އެމީހުންނަށް ދިމާވެއްޖެއްޔާ ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އޭ އަހުރެމެންގެމައްޗަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން އަހުރެމެން މިވަނީ އަނިޔާވެރިންކަމުގައެވެ.
21:47وَنَضَعُ ٱلۡمَوَٰزِينَ ٱلۡقِسۡطَ لِيَوۡمِ ٱلۡقِيَٰمَةِ فَلَا تُظۡلَمُ نَفۡسٞ شَيۡـٔٗاۖ وَإِن كَانَ مِثۡقَالَ حَبَّةٖ مِّنۡ خَرۡدَلٍ أَتَيۡنَا بِهَاۗ وَكَفَىٰ بِنَا حَٰسِبِينَ ﴿47﴾وَنَضَعُ ٱلۡمَوَٰزِينَ ٱلۡقِسۡطَ لِيَوۡمِ ٱلۡقِيَٰمَةِ فَلَا تُظۡلَمُ نَفۡسٞ شَيۡـٔٗاۖ وَإِن كَانَ مِثۡقَالَ حَبَّةٖ مِّنۡ خَرۡدَلٍ أَتَيۡنَا بِهَاۗ وَكَفَىٰ بِنَا حَٰسِبِينَ
Transliteration: WanadaAAu almawazeena alqista liyawmi alqiyamati fala tuthlamu nafsun shayan wain kana mithqala habbatin min khardalin atayna biha wakafa bina hasibeena
Translation: އަދި قيامة ދުވަހުން ތިމަންރަސްކަލާނގެ عدل ވެރިކަމުގެ مِيْزَان ބަހައްޓަވާ ހުށީމެވެ. ފަހެ އެއްވެސް نفس އަކަށް އެއްވެސް މިންވަރެއްގެ އަނިޔާއެއް ނުލިބޭނެއެވެ. (އަދި ކޮށްފައިވާ عمل އަކީ) ރެވިއޮއްޓަރެއްގެ ބަރުދަނުގެ މިންވަރެއްކަމުގައިވިޔަސް (ހެވަސް ނުބަޔަސް) ތިމަންރަސްކަލާނގެ އެއެއްޗެއް ގެންނަވާ ހިސާބުކުރައްވާހުށީމެވެ. އަދި ހިސާބުކުރައްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ފުދިވޮޑިގެންވެއެވެ.
21:48وَلَقَدۡ ءَاتَيۡنَا مُوسَىٰ وَهَٰرُونَ ٱلۡفُرۡقَانَ وَضِيَآءٗ وَذِكۡرٗا لِّلۡمُتَّقِينَ ﴿48﴾وَلَقَدۡ ءَاتَيۡنَا مُوسَىٰ وَهَٰرُونَ ٱلۡفُرۡقَانَ وَضِيَآءٗ وَذِكۡرٗا لِّلۡمُتَّقِينَ
Transliteration: Walaqad atayna moosa waharoona alfurqana wadiyaan wathikran lilmuttaqeena
Translation: އަދި ހަމަކަށަވަރުން موسى އާއި هَارُون އާއި (عليهما السّلام) ދެކަލުންނަށް حَقُّ ވަކިކުރާނެ حجّة އާއި دليل ތިމަންރަސްކަލާނގެ ދެއްވީމެވެ. (އެއީ عَداوة ތެރިންގެމައްޗަށް ގަދަވެގަތުމުގެ حقّ ދަލީލެވެ.) އަދި ދީނުގެ حكم ތަކަށް އަލިކޮށްދޭ ފޮތް توراة އާއި އަދި تقوى ވެރިންނަށް وعظ އާއި نصيحة ވެސް ތިމަންރަސްކަލާނގެ އެދެކަލުންނަށް ދެއްވީމެވެ.
21:49ٱلَّذِينَ يَخۡشَوۡنَ رَبَّهُم بِٱلۡغَيۡبِ وَهُم مِّنَ ٱلسَّاعَةِ مُشۡفِقُونَ ﴿49﴾ٱلَّذِينَ يَخۡشَوۡنَ رَبَّهُم بِٱلۡغَيۡبِ وَهُم مِّنَ ٱلسَّاعَةِ مُشۡفِقُونَ
Transliteration: Allatheena yakhshawna rabbahum bialghaybi wahum mina alssaAAati mushfiqoona
Translation: އެމީހުންނަކީ - އެބަހީ: އެ تقوى ވެރިންނަކީ - غَيْبُ ގައިވާ އެބައިމީހުންގެ رَبّ އަށް ބިރުވެތިވާ މީހުންނެވެ. އަދި ކަނޑައެޅިގެން އެބައިމީހުންނަކީ آخرة ދުވަހަށް ބިރުވެތިވެ ފެންކަޅިވެގެންވާ މީހުންނެވެ.
21:50وَهَٰذَا ذِكۡرٞ مُّبَارَكٌ أَنزَلۡنَٰهُۚ أَفَأَنتُمۡ لَهُۥ مُنكِرُونَ ﴿50﴾وَهَٰذَا ذِكۡرٞ مُّبَارَكٌ أَنزَلۡنَٰهُۚ أَفَأَنتُمۡ لَهُۥ مُنكِرُونَ
Transliteration: Wahatha thikrun mubarakun anzalnahu afaantum lahu munkiroona
Translation: އަދި މި قرآن އަކީ بَرَكاَة ތެރިވެގެންވާ ذِكْرُ އެކެވެ. وعظ އާއި نصيحة އެކެވެ. ހަނދާންކޮށްދިނުމެކެވެ. އެފޮތް (محمّد ﷺ ގެ މައްޗަށް) ބާވައިލެއްވީ ތިމަންރަސްކަލާނގެއެވެ. އަޅެފަހެ ކަލޭމެން ތިޔަވަނީ އެފޮތަށް ނުރުހިގެންހެއްޔެވެ؟ إنكار ކޮށްކޮށް ހެއްޔެވެ؟
21:51وَلَقَدۡ ءَاتَيۡنَآ إِبۡرَٰهِيمَ رُشۡدَهُۥ مِن قَبۡلُ وَكُنَّا بِهِۦ عَٰلِمِينَ ﴿51﴾۞وَلَقَدۡ ءَاتَيۡنَآ إِبۡرَٰهِيمَ رُشۡدَهُۥ مِن قَبۡلُ وَكُنَّا بِهِۦ عَٰلِمِينَ
Transliteration: Walaqad atayna ibraheema rushdahu min qablu wakunna bihi AAalimeena
Translation: އަދި ހަމަކަށަވަރުން إبراهيم عليه السّلام އަށް نبي ކަމުގެކުރިން ތިމަންރަސްކަލާނގެ އެކަލޭގެފާނުންގެ ދެނެގަތުން (ތެދުމަގުގެ توفيق) ދެއްވީމެވެ. އަދި އެކަލޭގެފާނަކީ إبمان ކަމާއި توحيد ގެ أهل ވެރިއެއްކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވީމުއެވެ.
21:52إِذۡ قَالَ لِأَبِيهِ وَقَوۡمِهِۦ مَا هَٰذِهِ ٱلتَّمَاثِيلُ ٱلَّتِيٓ أَنتُمۡ لَهَا عَٰكِفُونَ ﴿52﴾إِذۡ قَالَ لِأَبِيهِ وَقَوۡمِهِۦ مَا هَٰذِهِ ٱلتَّمَاثِيلُ ٱلَّتِيٓ أَنتُمۡ لَهَا عَٰكِفُونَ
Transliteration: Ith qala liabeehi waqawmihi ma hathihi alttamatheelu allatee antum laha AAakifoona
Translation: އެއީ އެކަލޭގެފާނު ބައްޕައަށާއި އަދި އެކަލޭގެފާނުންގެ قوم ގެމީހުންނަށް ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ قوم ގެމީހުންނޭވެ. ކަލޭމެން އެތަކެއްޗަށް އަޅުކަންކުރުން މަތީ قائم ވެ ތިޔަތިބޭ މިސޫރަތަކަކީ - މިބުދުތަކަކީ ކޮންއެއްޗެތިތަކެއްހެއްޔެވެ؟ ކީއްކުރާ އެއްޗެތިތަކެއް ހެއްޔެވެ؟
21:53قَالُواْ وَجَدۡنَآ ءَابَآءَنَا لَهَا عَٰبِدِينَ ﴿53﴾قَالُواْ وَجَدۡنَآ ءَابَآءَنَا لَهَا عَٰبِدِينَ
Transliteration: Qaloo wajadna abaana laha AAabideena
Translation: އެމީހުން ދެންނެވިއެވެ. އަހުރެމެން ދުށީއަހުރެމެންގެ ކާބަފައިން ހަމަ އެއަށް - އެތަކެއްޗަށް އަޅުކަންކުރާތީއެވެ. (އެހެންވެ އަހުރެމެންވެސް އަޅުކަންކުރަނީއެވެ.)
21:54قَالَ لَقَدۡ كُنتُمۡ أَنتُمۡ وَءَابَآؤُكُمۡ فِي ضَلَٰلٖ مُّبِينٖ ﴿54﴾قَالَ لَقَدۡ كُنتُمۡ أَنتُمۡ وَءَابَآؤُكُمۡ فِي ضَلَٰلٖ مُّبِينٖ
Transliteration: Qala laqad kuntum antum waabaokum fee dalalin mubeenin
Translation: އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ކަލޭމެންނާއި ކަލޭމެންގެ ކާބަފައިންވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގައެވެ.
21:55قَالُوٓاْ أَجِئۡتَنَا بِٱلۡحَقِّ أَمۡ أَنتَ مِنَ ٱللَّـٰعِبِينَ ﴿55﴾قَالُوٓاْ أَجِئۡتَنَا بِٱلۡحَقِّ أَمۡ أَنتَ مِنَ ٱللَّـٰعِبِينَ
Transliteration: Qaloo ajitana bialhaqqi am anta mina allaAAibeena
Translation: އެބައިމީހުން ދެންނެވިއެވެ. އަހުރެމެންގެ ގާތަށް ކަލޭގެފާނު ތިޔަވަޑައިގެންނެވީ حقّ އާއިގެންތޯއެވެ. ނުވަތަ ހަމަކުޅޭކުޅޭ މީހެއްގެގޮތުގައި (ސަމާސާކުރައްވަނީތޯއެވެ.)
21:56قَالَ بَل رَّبُّكُمۡ رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ ٱلَّذِي فَطَرَهُنَّ وَأَنَا۠ عَلَىٰ ذَٰلِكُم مِّنَ ٱلشَّـٰهِدِينَ ﴿56﴾قَالَ بَل رَّبُّكُمۡ رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ ٱلَّذِي فَطَرَهُنَّ وَأَنَا۠ عَلَىٰ ذَٰلِكُم مِّنَ ٱلشَّـٰهِدِينَ
Transliteration: Qala bal rabbukum rabbu alssamawati waalardi allathee fatarahunna waana AAala thalikum mina alshshahideena
Translation: އެކަލޭގެފާނު يعني: إبراهيم ގެފާނު ވިދާޅުވިއެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންގެ ربّ އަކީ އުޑުތަކާއި ބިން ނެތުމުގެ ތެރެއިން ހެއްދެވި އަދި އެތަކެތި ބަލަހައްޓަވާ ކަލާނގެއެވެ. އަދި އަހުރެން މިވަނީ އެގޮތުގެ މައްޗަށް ކަލޭމެނަށް ހެކިދޭމީހުންގެ ތެރެއިންނެވެ.
21:57وَتَٱللَّهِ لَأَكِيدَنَّ أَصۡنَٰمَكُم بَعۡدَ أَن تُوَلُّواْ مُدۡبِرِينَ ﴿57﴾وَتَٱللَّهِ لَأَكِيدَنَّ أَصۡنَٰمَكُم بَعۡدَ أَن تُوَلُّواْ مُدۡبِرِينَ
Transliteration: WataAllahi laakeedanna asnamakum baAAda an tuwalloo mudbireena
Translation: ﷲ ގަންދީ ބުނަމެވެ. ކަލޭމެން އެނބުރިދިއުމަށްފަހު (عيد ގެ حفلة އަށް ދިއުމަށްފަހު) އަހުރެން ކަލޭމެންގެ ބުދުތައް ހަލާކުކޮށް ކުދިކުދިކުރާނަމެވެ. ނޯޓް: މިބަސްފުޅު އެކަލޭގެފާނު ވިދާޅުވިކަމަށްވަނީ ގިނަމީހުންނަށް ނީވޭ ވަރަށެވެ. އިވުނުކަމަށްވަނީ އެންމެ މީހަކަށެވެ.
21:58فَجَعَلَهُمۡ جُذَٰذًا إِلَّا كَبِيرٗا لَّهُمۡ لَعَلَّهُمۡ إِلَيۡهِ يَرۡجِعُونَ ﴿58﴾فَجَعَلَهُمۡ جُذَٰذًا إِلَّا كَبِيرٗا لَّهُمۡ لَعَلَّهُمۡ إِلَيۡهِ يَرۡجِعُونَ
Transliteration: FajaAAalahum juthathan illa kabeeran lahum laAAallahum ilayhi yarjiAAoona
Translation: ދެންފަހެ (އެމީހުން عيد ގެ ކަންތަކަށް ނުކުމެގެންދިއުމުން) އެކަލޭގެފާނުން އެމީހުންގެ ބުދުތައް އެންމެބޮޑު ބުދުމެނުވީ ތަޅާ ކުދިކުދިކޮށްލައިފިއެވެ. (އަދިތަޅުއްވަން ގެންގުޅުއްވި ހަތިޔާރު އެބޮޑު ބުދުގެ ކަރުގައި އެލުވިކަމަށްވިއެވެ.) އެހެން އެހެއްދެވީ އެމީހުންނަށް ވިސްނިގެން އެކަލޭގެފާނުންގެމަގަށް رُجوعَ ވޭތޯއެވެ. (ނުވަތަ އެބޮޑު ބުދުކުރެން އަހައި އެސޮރަށް رجوع ވޭތޯއެވެ.)
21:59قَالُواْ مَن فَعَلَ هَٰذَا بِـَٔالِهَتِنَآ إِنَّهُۥ لَمِنَ ٱلظَّـٰلِمِينَ ﴿59﴾قَالُواْ مَن فَعَلَ هَٰذَا بِـَٔالِهَتِنَآ إِنَّهُۥ لَمِنَ ٱلظَّـٰلِمِينَ
Transliteration: Qaloo man faAAala hatha bialihatina innahu lamina alththalimeena
Translation: (އެމީހުންގެ عيد ނިންމާފައި ބުދުތަކުގެ ގާތަށް އައިއިރު އެތަކެއްޗަށްވެފައި ހުރި ގޮތް ދެކެފައި އެކަމާ عجائب ވެގެންނެވެ.) އެމީހުން ބުންޏެވެ. އަހުރެމެންގެ إله ންތަކަށް މިހެން ހެދީ ކާކުބާވައެވެ؟ ހަމަކަށަވަރުން އެމީހަކު އެއީ ކަނޑައެޅިގެން އަނިޔާވެރިންގެތެރެއިންވާ މީހެކެވެ.
21:60قَالُواْ سَمِعۡنَا فَتٗى يَذۡكُرُهُمۡ يُقَالُ لَهُۥٓ إِبۡرَٰهِيمُ ﴿60﴾قَالُواْ سَمِعۡنَا فَتٗى يَذۡكُرُهُمۡ يُقَالُ لَهُۥٓ إِبۡرَٰهِيمُ
Transliteration: Qaloo samiAAna fatan yathkuruhum yuqalu lahu ibraheemu
Translation: އެމީހުން ބުންޏެވެ. އެތަކެއްޗަށް ހުތުރުބަސްބުނެ عَيْبُ ކިޔާ ޒުވާނަކުގެ ވާހަކަ އަހުރެމެން އެހީމެވެ. އޭނާއަށް ކިޔެނީ إبراهيم އެވެ. (މިހެން މިބުނިކަމުގައިވަނީ إبراهيم ގެފާނު އަހުރެން ކަލޭމެންގެ ބުދުތައް ހަލާކުކުރާނަމޭ ވިދާޅުވިހިނދު އެއަޑުފުޅު އެހިމީހާކަމުގައި ބުނެވުނެވެ.) والله أعلم.
21:61قَالُواْ فَأۡتُواْ بِهِۦ عَلَىٰٓ أَعۡيُنِ ٱلنَّاسِ لَعَلَّهُمۡ يَشۡهَدُونَ ﴿61﴾قَالُواْ فَأۡتُواْ بِهِۦ عَلَىٰٓ أَعۡيُنِ ٱلنَّاسِ لَعَلَّهُمۡ يَشۡهَدُونَ
Transliteration: Qaloo fatoo bihi AAala aAAyuni alnnasi laAAallahum yashhadoona
Translation: އެމީހުން އެމީހުނަށް ބުންޏެވެ. މީސްތަކުންގެ ލޯތަކަށް ފެންނަފަށަށް އޭނާ ކަލޭމެން ގެންނާށެވެ. އެއީ މީސްތަކުން حاضر ވޭތޯއެވެ؟ ނުވަތަ އެމީހުން ހެކިދިނުމަށްޓަކައެވެ.
21:62قَالُوٓاْ ءَأَنتَ فَعَلۡتَ هَٰذَا بِـَٔالِهَتِنَا يَـٰٓإِبۡرَٰهِيمُ ﴿62﴾قَالُوٓاْ ءَأَنتَ فَعَلۡتَ هَٰذَا بِـَٔالِهَتِنَا يَـٰٓإِبۡرَٰهِيمُ
Transliteration: Qaloo aanta faAAalta hatha bialihatina ya ibraheemu
Translation: (ދެންފަހެ އެމީހުން إبراهيم ގެފާނު ހޯދައިގެން ގެނެސް އެމީހުން އެކަލޭގެފާނުންކުރެން އަހައިފިއެވެ.) އޭ إبراهيم އެވެ. އަހުރެމެންގެ إله ންތަކަށް މިހެން ހެދީ ހަމަކަލޭހެއްޔެވެ؟
21:63قَالَ بَلۡ فَعَلَهُۥ كَبِيرُهُمۡ هَٰذَا فَسۡـَٔلُوهُمۡ إِن كَانُواْ يَنطِقُونَ ﴿63﴾قَالَ بَلۡ فَعَلَهُۥ كَبِيرُهُمۡ هَٰذَا فَسۡـَٔلُوهُمۡ إِن كَانُواْ يَنطِقُونَ
Transliteration: Qala bal faAAalahu kabeeruhum hatha faisaloohum in kanoo yantiqoona
Translation: އެކަލޭގެފާނު ވިދާޅުވިއެވެ. އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެކަންކުރީ އޭގެތެރެއިން މީނދަ ބޮޑުބުދެވެ. އެތަކެތި އެއީ ބަސްބުނެއުޅޭ ތަކެތިކަމުގައިވަންޏާ ކަލޭމެން ނިކަން އޭތިކުރެން އަހައި ސުވާލުކޮށްބަލާށެވެ!
21:64فَرَجَعُوٓاْ إِلَىٰٓ أَنفُسِهِمۡ فَقَالُوٓاْ إِنَّكُمۡ أَنتُمُ ٱلظَّـٰلِمُونَ ﴿64﴾فَرَجَعُوٓاْ إِلَىٰٓ أَنفُسِهِمۡ فَقَالُوٓاْ إِنَّكُمۡ أَنتُمُ ٱلظَّـٰلِمُونَ
Transliteration: FarajaAAoo ila anfusihim faqaloo innakum antumu alththalimoona
Translation: ދެންފަހެ އެމީހުން އެމީހުންގެ ބުއްދިތަކަށް رُجُوع ވެ އެކަކު އަނެކަކަށް ބަލަބަލާފައި ވިސްނަންފަށައިފިއެވެ. އަދި ބުނެފިއެވެ. ހަމަކަށަވަރުން ކަލޭމެންނީ ހަމަ ކަނޑައެޅިގެން އަނިޔާވެރިންނެވެ. އެހެން އެވީ އެއްވެސްކަހަލަ އާރެއްބާރެއްނެތް ތަކެއްޗަށް އަޅުކަންކުރުމުގެ ސަބަބުންނެވެ. / ނުވަތަ إبراهيم ގެފާނަށް ތުހުމަތުކުރުމުގެ ސަބަބުންނެވެ.)
21:65ثُمَّ نُكِسُواْ عَلَىٰ رُءُوسِهِمۡ لَقَدۡ عَلِمۡتَ مَا هَـٰٓؤُلَآءِ يَنطِقُونَ ﴿65﴾ثُمَّ نُكِسُواْ عَلَىٰ رُءُوسِهِمۡ لَقَدۡ عَلِمۡتَ مَا هَـٰٓؤُلَآءِ يَنطِقُونَ
Transliteration: Thumma nukisoo AAala ruoosihim laqad AAalimta ma haolai yantiqoona
Translation: ދެން އެމީހުން އަލުންވެސް އެމީހުންގެ ޖާހިލުކަމަށް رُجُوع ވެއްޖެއެވެ. (އެމީހުން إبراهيم ގެފާނަށް ބުނެފިއެވެ.) މިތަކެއްޗަކީ މިއީ ބަސްބުނެ ވާހަކަދައްކާ ތަކެތި ނޫންކަން ކަލެއަށް ރަނގަޅަށް އެނގޭނެއެވެ.
21:66قَالَ أَفَتَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُكُمۡ شَيۡـٔٗا وَلَا يَضُرُّكُمۡ ﴿66﴾قَالَ أَفَتَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُكُمۡ شَيۡـٔٗا وَلَا يَضُرُّكُمۡ
Transliteration: Qala afataAAbudoona min dooni Allahi ma la yanfaAAukum shayan wala yadurrukum
Translation: إبراهيم ގެފާނުން ވިދާޅުވިއެވެ. ކަލޭމެނަށް އެއްވެސް مَنفع އެއް ނުދޭ އަދި ގެއްލުމެއްވެސް ނުދޭ އެއްޗެހިތަކަކަށް ﷲ ފިޔަވައި ކަލޭމެން އަޅުކަންކުރަނީހެއްޔެވެ؟
21:67أُفّٖ لَّكُمۡ وَلِمَا تَعۡبُدُونَ مِن دُونِ ٱللَّهِۚ أَفَلَا تَعۡقِلُونَ ﴿67﴾أُفّٖ لَّكُمۡ وَلِمَا تَعۡبُدُونَ مِن دُونِ ٱللَّهِۚ أَفَلَا تَعۡقِلُونَ
Transliteration: Offin lakum walima taAAbudoona min dooni Allahi afala taAAqiloona
Translation: ކަލޭމެންނާއި ކަލޭމެން ﷲ ފިޔަވައި އެތަކެއްޗަށް ތިޔަ އަޅުކަންކުރާ ތަކެތީގެ ދެރަކަމާއި ހުތުރުކަމާއެވެ! ކަލޭމެން ފަހެ އެއްޗެއް ނުވިސްނަމުހެއްޔެވެ؟ (ކަލޭމެންނަކީ ތަންދޮރު ނޭނގޭ ބީތާތަކެއްހެއްޔެވެ؟)
21:68قَالُواْ حَرِّقُوهُ وَٱنصُرُوٓاْ ءَالِهَتَكُمۡ إِن كُنتُمۡ فَٰعِلِينَ ﴿68﴾قَالُواْ حَرِّقُوهُ وَٱنصُرُوٓاْ ءَالِهَتَكُمۡ إِن كُنتُمۡ فَٰعِلِينَ
Transliteration: Qaloo harriqoohu waonsuroo alihatakum in kuntum faAAileena
Translation: (ދެންފަހެ إبراهيم ގެފާނުންގެ حجّة ގަދަވެ އެމީހުންގެ އަނގަ ބެދުނީމާ ދެން އެމީހުން އެއްބަޔަކު އަނެއްބަޔަކަށް ބުނީ) ކަލޭމެން އޭނާ އަންދައިލާށެވެ! އަދި ކަލޭމެންގެ إله ންތަކަށް نصر ދޭށެވެ! ކަލޭމެން ކަމެއްކުރަންޏާ އެހެން ހަދާށެވެ! (މިއީ عامّ ކޮށް ގިނަމީހުންގެ قواعد އެވެ. ތިމާގެ دليل އެއް ނެތުނީމާ ދެންފަށާނީ އަނިޔާކުރާށެވެ.)
21:69قُلۡنَا يَٰنَارُ كُونِي بَرۡدٗا وَسَلَٰمًا عَلَىٰٓ إِبۡرَٰهِيمَ ﴿69﴾قُلۡنَا يَٰنَارُ كُونِي بَرۡدٗا وَسَلَٰمًا عَلَىٰٓ إِبۡرَٰهِيمَ
Transliteration: Qulna ya naru koonee bardan wasalaman AAala ibraheema
Translation: (ދެން އެމީހުން ބޮޑު އަލިފާންގަނޑެއްޖަހައި އެކަލޭގެފާނު އެއަށް އެއްލައިލިވަގުތު އެއަލިފާންގަނޑަށް ﷲ އެންގެވީ إبراهيم ގެފާނުންގެމައްޗަށް ފިނި އަދި ސަލާމަތްކަންދޭ އެއްޗަކަށް ވުމަށެވެ. އެކަލާނގެ އެ އަންގަވަނީ) ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. އޭ އަލިފާނާއެވެ. إبراهيم ގެފާނުންގެ މައްޗަށް ފިނި އަދި ސަލާމަތްކަން ދޭ އެއްޗަކަށް ކަލޭވާށެވެ. (އެކަން އެގޮތަށްވެ ހަމަޖެހުނީއެވެ.)
21:70وَأَرَادُواْ بِهِۦ كَيۡدٗا فَجَعَلۡنَٰهُمُ ٱلۡأَخۡسَرِينَ ﴿70﴾وَأَرَادُواْ بِهِۦ كَيۡدٗا فَجَعَلۡنَٰهُمُ ٱلۡأَخۡسَرِينَ
Transliteration: Waaradoo bihi kaydan fajaAAalnahumu alakhsareena
Translation: އެކާފަރުންގެ މީހުން އެކަލޭގެފާނަށް ނުބައިގޮތަށް ހެދުމަށް ހީކުރީއެވެ. ތިމަންރަސްކަލާނގެ އެމީހުންނާއި އެމީހުންގެ ކަންތައްލެއްވީ އެންމެދަށް އަދި އެންމެ ގެއްލުން ބޮޑުވެގެންވާ އެއްޗެއްކަމުގައެވެ.
21:71وَنَجَّيۡنَٰهُ وَلُوطًا إِلَى ٱلۡأَرۡضِ ٱلَّتِي بَٰرَكۡنَا فِيهَا لِلۡعَٰلَمِينَ ﴿71﴾وَنَجَّيۡنَٰهُ وَلُوطًا إِلَى ٱلۡأَرۡضِ ٱلَّتِي بَٰرَكۡنَا فِيهَا لِلۡعَٰلَمِينَ
Transliteration: Wanajjaynahu walootan ila alardi allatee barakna feeha lilAAalameena
Translation: އަދި ތިމަންރަސްކަލާނގެ (عراق ކަރައިގެބިމުން - ނުވަތަ އެމީހުންގެ عذاب ން) އެކަލޭގެފާނާއި لوط ގެފާނު (عليهما السّلام) ސަލާމަތްކުރައްވައި އެންމެހައި عالم ތަކަށް ތިމަންރަސްކަލާނގެ އެތާނގައި بركاة ލައްވާފައިވާ ބިމަށް (شام ކަރައިގެބިމަށް) އެބޭކަލުން ފޮނުއްވީމެވެ.
21:72وَوَهَبۡنَا لَهُۥٓ إِسۡحَٰقَ وَيَعۡقُوبَ نَافِلَةٗۖ وَكُلّٗا جَعَلۡنَا صَٰلِحِينَ ﴿72﴾وَوَهَبۡنَا لَهُۥٓ إِسۡحَٰقَ وَيَعۡقُوبَ نَافِلَةٗۖ وَكُلّٗا جَعَلۡنَا صَٰلِحِينَ
Transliteration: Wawahabna lahu ishaqa wayaAAqooba nafilatan wakullan jaAAalna saliheena
Translation: އަދި އެކަލޭގެފާނަށް އެބަހީ: إبراهيم عليه السّلام އަށް ތިމަންރަސްކަލާނގެ إسحاق ގެފާނު ދެއްވީމެވެ. އަދި ކާފަދަރިކަލެއްގެގޮތުން يعقوب ގެފާނު ދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކު ތިމަންރަސްކަލާނގެ صالح ންކަމުގައި ލެއްވީމެވެ. (ﷲ އަށް ކިޔަމަންތެރި އަޅުންކަމުގައި ލެއްވީމެވެ.)
21:73وَجَعَلۡنَٰهُمۡ أَئِمَّةٗ يَهۡدُونَ بِأَمۡرِنَا وَأَوۡحَيۡنَآ إِلَيۡهِمۡ فِعۡلَ ٱلۡخَيۡرَٰتِ وَإِقَامَ ٱلصَّلَوٰةِ وَإِيتَآءَ ٱلزَّكَوٰةِۖ وَكَانُواْ لَنَا عَٰبِدِينَ ﴿73﴾وَجَعَلۡنَٰهُمۡ أَئِمَّةٗ يَهۡدُونَ بِأَمۡرِنَا وَأَوۡحَيۡنَآ إِلَيۡهِمۡ فِعۡلَ ٱلۡخَيۡرَٰتِ وَإِقَامَ ٱلصَّلَوٰةِ وَإِيتَآءَ ٱلزَّكَوٰةِۖ وَكَانُواْ لَنَا عَٰبِدِينَ
Transliteration: WajaAAalnahum aimmatan yahdoona biamrina waawhayna ilayhim fiAAla alkhayrati waiqama alssalati waeetaa alzzakati wakanoo lana AAabideena
Translation: އަދި ތިމަންރަސްކަލާނގެ އަމުރުފުޅަށް (މީސްތަކުންނަށް) ތެދުމަގު ދައްކަވާ إمام ންކަމުގައި ތިމަންރަސްކަލާނގެ އެބޭކަލުން ލެއްވީމެވެ. އަދި ހެޔޮކަންތައްތައް ކުރުމަށާއި ނަމާދު قائم ކުރުމަށާއި ޒަކާތްދިނުމަށާއި މިކަންކަމަށް އެބޭކަލުންނަށް އަންގަވައި وحي ކުރެއްވީމެވެ. އަދި އެބޭކަލުންވީ ކަނޑައެޅިގެން ތިމަންރަސްކަލާނގެއަށް އެކަނި އަޅުކަންކުރައްވާ އަޅުންކަމުގައެވެ. (عليهم السّلام)
21:74وَلُوطًا ءَاتَيۡنَٰهُ حُكۡمٗا وَعِلۡمٗا وَنَجَّيۡنَٰهُ مِنَ ٱلۡقَرۡيَةِ ٱلَّتِي كَانَت تَّعۡمَلُ ٱلۡخَبَـٰٓئِثَۚ إِنَّهُمۡ كَانُواْ قَوۡمَ سَوۡءٖ فَٰسِقِينَ ﴿74﴾وَلُوطًا ءَاتَيۡنَٰهُ حُكۡمٗا وَعِلۡمٗا وَنَجَّيۡنَٰهُ مِنَ ٱلۡقَرۡيَةِ ٱلَّتِي كَانَت تَّعۡمَلُ ٱلۡخَبَـٰٓئِثَۚ إِنَّهُمۡ كَانُواْ قَوۡمَ سَوۡءٖ فَٰسِقِينَ
Transliteration: Walootan ataynahu hukman waAAilman wanajjaynahu mina alqaryati allatee kanat taAAmalu alkhabaitha innahum kanoo qawma sawin fasiqeena
Translation: އަދި لوط عليه السلام އަށް ތިމަންރަސްކަލާނގެ نبي ކަމާއި علم ވެރިކަން ދެއްވީމެވެ. (މި އާޔަތުގައިމިވާ حكم ގެ މާނައަކީ نبي ކަމުގައި ނުވަތަ ކަންކަން ނިމުމުގެ حكمކަމުގައިވި އެވެ.) އަދި ހަޑި ހުތުރު ކަންތައްތައް ކުރާމީހުން އުޅޭ ރަށުން (އެއީ ފިރިހެން ކުޅިކުޅުނު سَدُوْم އެވެކިޔުނު ރަށެވެ.) ތިމަންރަސްކަލާނގެ އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން އެރަށުގެ މީހުންވީ ނުބައިބަޔަކުކަމުގައެވެ.
21:75وَأَدۡخَلۡنَٰهُ فِي رَحۡمَتِنَآۖ إِنَّهُۥ مِنَ ٱلصَّـٰلِحِينَ ﴿75﴾وَأَدۡخَلۡنَٰهُ فِي رَحۡمَتِنَآۖ إِنَّهُۥ مِنَ ٱلصَّـٰلِحِينَ
Transliteration: Waadkhalnahu fee rahmatina innahu mina alssaliheena
Translation: އަދި ތިމަންރަސްކަލާނގެ رحمة ގެ ތެރެއަށް ތިމަންރަސްކަލާނގެ އެކަލޭގެފާނު ލެއްވީމެވެ. ހަމަކަށަވަރުން އެކަލޭގެފާނުވަނީ صالح ންގެ ތެރެއިންނެވެ.
21:76وَنُوحًا إِذۡ نَادَىٰ مِن قَبۡلُ فَٱسۡتَجَبۡنَا لَهُۥ فَنَجَّيۡنَٰهُ وَأَهۡلَهُۥ مِنَ ٱلۡكَرۡبِ ٱلۡعَظِيمِ ﴿76﴾وَنُوحًا إِذۡ نَادَىٰ مِن قَبۡلُ فَٱسۡتَجَبۡنَا لَهُۥ فَنَجَّيۡنَٰهُ وَأَهۡلَهُۥ مِنَ ٱلۡكَرۡبِ ٱلۡعَظِيمِ
Transliteration: Wanoohan ith nada min qablu faistajabna lahu fanajjaynahu waahlahu mina alkarbi alAAatheemi
Translation: އަދި نوح عليه السلام ހަނދުމަފުޅުކުރައްވާށެވެ! (އެއީ إبراهيم عليه السلام އާއި އަދި لوط عليه السلام ގެ ވާހަކައިގެ) ކުރިންނެވެ. އެކަލޭގެފާނު ﷲ އަށް ދަންނަވާ دعاء ކުރެއްވި ހިނދުގައެވެ. ފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް إجابة ކުރައްވައި އެކަލޭގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން (ކިޔަމަންތެރި مؤمن ން) ބޮޑުވެގެންވާ ހިތާމަޔާއި ނުރައްކަލުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އެއީ ބޮޑުވެގެންވާ طوفان އެވެ.
21:77وَنَصَرۡنَٰهُ مِنَ ٱلۡقَوۡمِ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَآۚ إِنَّهُمۡ كَانُواْ قَوۡمَ سَوۡءٖ فَأَغۡرَقۡنَٰهُمۡ أَجۡمَعِينَ ﴿77﴾وَنَصَرۡنَٰهُ مِنَ ٱلۡقَوۡمِ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَآۚ إِنَّهُمۡ كَانُواْ قَوۡمَ سَوۡءٖ فَأَغۡرَقۡنَٰهُمۡ أَجۡمَعِينَ
Transliteration: Wanasarnahu mina alqawmi allatheena kaththaboo biayatina innahum kanoo qawma sawin faaghraqnahum ajmaAAeena
Translation: އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުންގެ މައްޗަށް ތިމަންރަސްކަލާނގެ އެކަލޭގެފާނަށް نصر ދެއްވީމެވެ. ހަމަކަށަވަރުން އެމީހުންވީ ނުބައި ބަޔަކު ކަމުގައެވެ. އަދި ތިމަންރަސްކަލާނގެ އެހުރިހާ މީހުން غرق ކުރެއްވީމެވެ. (طوفان ގައި غرق ކުރައްވައި މެރުއްވީމެވެ.)
21:78وَدَاوُۥدَ وَسُلَيۡمَٰنَ إِذۡ يَحۡكُمَانِ فِي ٱلۡحَرۡثِ إِذۡ نَفَشَتۡ فِيهِ غَنَمُ ٱلۡقَوۡمِ وَكُنَّا لِحُكۡمِهِمۡ شَٰهِدِينَ ﴿78﴾وَدَاوُۥدَ وَسُلَيۡمَٰنَ إِذۡ يَحۡكُمَانِ فِي ٱلۡحَرۡثِ إِذۡ نَفَشَتۡ فِيهِ غَنَمُ ٱلۡقَوۡمِ وَكُنَّا لِحُكۡمِهِمۡ شَٰهِدِينَ
Transliteration: Wadawooda wasulaymana ith yahkumani fee alharthi ith nafashat feehi ghanamu alqawmi wakunna lihukmihim shahideena
Translation: (އޭ رسول الله އެވެ. އަދި داوُد އާއި سليمان (عليه السلام) ހަނދުމަފުޅުކުރައްވާށެވެ! އެއީ އޭގެ ދެބޭކަލުން ދަނޑާއިމެދު حكم ކުރައްވަމުން ދިޔަވަގުތެވެ. އެދަނޑަށް އެދަނޑުގެ މީހުން ނޫންއެހެން ބައެއްގެ ބަކަރި ތަކެއް ރޭގަޑުގެ ވަގުތެއްގައި ވަދެ ދަނޑު ހަލާކު ކޮށްލުމާއި ގުޅިގެންނެވެ. އަދި އެދެބޭކަލުންގެ حكم އަށް ތިމަންރަސްކަލާނގެ حاضر ވެވޮޑިގެންވީމުއެވެ. ނުވަތަ ހެކިވެ ވޮޑިގެންވީމެވެ.
21:79فَفَهَّمۡنَٰهَا سُلَيۡمَٰنَۚ وَكُلًّا ءَاتَيۡنَا حُكۡمٗا وَعِلۡمٗاۚ وَسَخَّرۡنَا مَعَ دَاوُۥدَ ٱلۡجِبَالَ يُسَبِّحۡنَ وَٱلطَّيۡرَۚ وَكُنَّا فَٰعِلِينَ ﴿79﴾فَفَهَّمۡنَٰهَا سُلَيۡمَٰنَۚ وَكُلًّا ءَاتَيۡنَا حُكۡمٗا وَعِلۡمٗاۚ وَسَخَّرۡنَا مَعَ دَاوُۥدَ ٱلۡجِبَالَ يُسَبِّحۡنَ وَٱلطَّيۡرَۚ وَكُنَّا فَٰعِلِينَ
Transliteration: Fafahhamnaha sulaymana wakullan atayna hukman waAAilman wasakhkharna maAAa dawooda aljibala yusabbihna waalttayra wakunna faAAileena
Translation: ފަހެ އެقَضِيَّة ތިމަންރަސްކަލާނގެ سليمان ގެފާނަށް ވިސްނައި ދެއްވީމެވެ. (އެބަހީ އޭގެ މޮޅު حكم އާއި علم ދެއްވީމެވެ.) އަދި داوُد (عليه السلام) އަށް ފަރުބަދަތައް ކިޔަމަންކުރެއްވީމެވެ. އެއީ އެކަލޭގެފާނު تسبيح ވިދާޅުވާއިރު ފަރުބަދަތައް تسبيح ކިޔުމާއި އަދި ދޫނިތައްވެސް އެކަލޭގެފާނުން تسبيح ވިދާޅުވާއިރު تسبيح ކިޔާ ގޮތަށް ތިމަންރަސްކަލާނގެ ކިޔަމަންކުރެއްވީމެވެ. މިއެންމެހައި ކަންކަން މިހިންގަވަނީ ހަމަ ތިމަންރަސްކަލާނގެއެވެ.\n• ދަންނައެވެ. داودُ ގެފާނާއި سليمان ގެފާނާއި عَلَيْهمَا السّلام ދެބޭކަލުންގެ މެދުގައި حكم ކުރަން ދިމާވި قَضِيَّة އަކީ، ބަޔަކުމީހުންގެ މޭބިސްކަދުރު ދަނޑަކަށް އެހެންބައެއްގެ ބަކަރިތަކެއް ރޭގަނޑުގެ ވަގުތުގައި ވަދެ ދަނޑު މުޅިން ހަލާކުކޮށްލައިގެން އެކަމުގެ قَضِيَّة އެވެ. داوُد عليه السّلام ނިޔާކުރެއްވީ އެބަކަރިތައް ދަނޑުވެރިޔާއަށް ދިނުމަށެވެ. ބަކަރިތަކުގެ ވެރިޔާއަށް އެއްޗެއްނެތެވެ. އެ މަޖްލީހުގައި سليمان ގެފާނު އިންނެވި އެވެ. سليمان ގެފާނު ވިދާޅުވިއެވެ. އޭ نَبِى ﷲ އެވެ. އެހެންގޮތެކެވެ. އެގޮތަކީ:-\nދަނޑުގެ ވެރިޔާ ބަކަރިތައް ގެންގޮސް އެއިން ފައިދާނަގާނީއެވެ. އަދި ބަކަރިތަކުގެވެރިޔާ ދަނޑު إصلاح ކޮށް ބަކަރިތައް ވަންއިރު ހުރިވަރުވީމާ ބަކަރީގެ ވެރިޔާއަށް ބަކަރިއެވެ. ދަނޑުވެރިޔަށް ދަނޑެވެ. ކުރީހުރިގޮތަށް ބަދަލުކޮށްލާނީއެވެ. މިއީ سليمان عليه السَّلام ގެ ނިޔާއެވެ. داود عليه السَّلام ވިދާޅުވިއެވެ. ނިޔާއަކީ ކަލޭގެފާނު ތިޔަކުރެއްވި ނިޔާއެވެ. އެގޮތް ރަނގަޅެވެ. سليمان عليه السَّلام އަށް ﷲ تعالى އެގޮތް ވިސްނަވައިދެއްވީއެވެ. ދެންފަހެ މި أمّة ގައި އެ قضيّة ގެ حكم އޮންނަގޮތަކީ، ދުވާލު ވަގުތު ދަނޑުވެރިޔާ ރަނގަޅަށް ދަނޑު ބެލެހެއްޓުމެވެ. ރޭގަނޑުގެ ވަގުތު ބަކަރި ދަނޑަށް ވަދެ ގެއްލުމެއްދީފިނަމަ އޭގެ އަގުކޮށް ބަކަރީގެ ވެރިޔާ ޖޫރިމަނާކުރުމެވެ. ރޭގަނޑުގައި ބަކަރީގެ ވެރިޔާ ބަކަރިތަކަށް مسؤل ވާންޖެހޭނެއެވެ. ދުވާލު ވަގުތު ދަނޑުވެރިޔާ ދަނޑަށް مسئول ވުމެވެ. وﷲ اعلم. މިއީ ތިން نبي ންގެ ތިން ނިޔާއެވެ. ކޮންމެ ބޭކަލަކަށްވެސް ﷲ حكم އާއި علم ދެއްވިއެވެ. މިހުރިހާ ކަމެއް ބައްލަވާވޮޑިގެންވާ ﷲ ގެ حِكْمَة ވަންތަކަމުގެ ބޮޑުކަމާއެވެ!
21:80وَعَلَّمۡنَٰهُ صَنۡعَةَ لَبُوسٖ لَّكُمۡ لِتُحۡصِنَكُم مِّنۢ بَأۡسِكُمۡۖ فَهَلۡ أَنتُمۡ شَٰكِرُونَ ﴿80﴾وَعَلَّمۡنَٰهُ صَنۡعَةَ لَبُوسٖ لَّكُمۡ لِتُحۡصِنَكُم مِّنۢ بَأۡسِكُمۡۖ فَهَلۡ أَنتُمۡ شَٰكِرُونَ
Transliteration: WaAAallamnahu sanAAata laboosin lakum lituhsinakum min basikum fahal antum shakiroona
Translation: އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް - އެބަހީ: داود عليه السَّلام އަށް ކަލޭމެން ހަނގުރާމައިގައި ބޭނުންކުރާނޭ (ދަގަނޑުދަހަނާ) ލިބާސް ހައްދަވާނޭގޮތް ދަސްކޮށްދެއްވީމެވެ. (ނުވަތަ ހަނގުރާމައިގެ ހަތިޔާރު ހައްދަވާނެގޮތް ދަސްކޮށްދެއްވީމެވެ.) އެއީ ކަލޭމެން ކަލޭމެންގެ ހަނގުރާމައިގައި ރައްކާތެރިވެ ސަލާމަތްވުމަށެވެ. ފަހެ ކަލޭމެންނަކީ شكر ކުރާނެ ބަޔަކީމުހެއްޔެވެ؟
21:81وَلِسُلَيۡمَٰنَ ٱلرِّيحَ عَاصِفَةٗ تَجۡرِي بِأَمۡرِهِۦٓ إِلَى ٱلۡأَرۡضِ ٱلَّتِي بَٰرَكۡنَا فِيهَاۚ وَكُنَّا بِكُلِّ شَيۡءٍ عَٰلِمِينَ ﴿81﴾وَلِسُلَيۡمَٰنَ ٱلرِّيحَ عَاصِفَةٗ تَجۡرِي بِأَمۡرِهِۦٓ إِلَى ٱلۡأَرۡضِ ٱلَّتِي بَٰرَكۡنَا فِيهَاۚ وَكُنَّا بِكُلِّ شَيۡءٍ عَٰلِمِينَ
Transliteration: Walisulaymana alrreeha AAasifatan tajree biamrihi ila alardi allatee barakna feeha wakunna bikulli shayin AAalimeena
Translation: އަދި سليمان عليه السَّلام އަށް ގަދަޔަށްޖެހޭ ވައި ތިމަންރަސްކަލާނގެ ކިޔަމަންކޮށްދެއްވީމެވެ. އެކަލޭގެފާނުންގެ އަމުރުފުޅަށް އެވައި އެތާނގައި ތިމަންރަސްކަލާނގެ ބަރަކާތްލައްވާފައިވާ ބިމަށް (شام ކަރައިގެބިމަށް) ދަތުރުކޮށްދެއެވެ. (ހެނދުނުން ފަށައިގެން މެންދުރަށް މަސްދުވަހުގެ ރާސްތާއަށް އަދި މެންދުރުފަހުން އިރުއޮއްސޭއިރަށް މަސްދުވަހުގެ ރާސްތާއަށް ދަތުރުކޮށްލައެވެ.) އަދި މިހުރިހާ ކަމަކާއި މިހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވީމެވެ.
21:82وَمِنَ ٱلشَّيَٰطِينِ مَن يَغُوصُونَ لَهُۥ وَيَعۡمَلُونَ عَمَلٗا دُونَ ذَٰلِكَۖ وَكُنَّا لَهُمۡ حَٰفِظِينَ ﴿82﴾وَمِنَ ٱلشَّيَٰطِينِ مَن يَغُوصُونَ لَهُۥ وَيَعۡمَلُونَ عَمَلٗا دُونَ ذَٰلِكَۖ وَكُنَّا لَهُمۡ حَٰفِظِينَ
Transliteration: Wamina alshshayateeni man yaghoosoona lahu wayaAAmaloona AAamalan doona thalika wakunna lahum hafitheena
Translation: އަދި شيطان ންގެތެރޭގައި سليمان عليه السَّلام އަށް ކަނޑުގެއަޑިޔަށް ފީނައިދޭ شيطان ވެއެވެ. (އެބައިމީހުން ރަންމުތާއި އެހެނިހެންވެސް ބޭނުންފުޅުވާ ތަކެތި ނަގައިދެއެވެ.) އަދި ބިނާކުރުމާއި صُورة ތައް ހެދުމާއި އަދި އެހެނިހެން ކަންތައްވެސް އެސޮރުމެން ކޮށްދެއެވެ. އަދި އެބައިމީހުންނާއި އެބައިމީހުން ކުރާހާ ކަމެއް ރައްކާތެރިކޮށްދެއްވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވީމުއެވެ.
21:83وَأَيُّوبَ إِذۡ نَادَىٰ رَبَّهُۥٓ أَنِّي مَسَّنِيَ ٱلضُّرُّ وَأَنتَ أَرۡحَمُ ٱلرَّـٰحِمِينَ ﴿83﴾۞وَأَيُّوبَ إِذۡ نَادَىٰ رَبَّهُۥٓ أَنِّي مَسَّنِيَ ٱلضُّرُّ وَأَنتَ أَرۡحَمُ ٱلرَّـٰحِمِينَ
Transliteration: Waayyooba ith nada rabbahu annee massaniya alddurru waanta arhamu alrrahimeena
Translation: (އޭ رسول ﷲ އެވެ!) އަދި أيُّوبُ عليه السَّلام ގެ ވާހަކަ ހަނދުމަފުޅުކުރައްވާށެވެ! އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާއަށް އުނދަގޫޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ رحمة އެންމެބޮޑުވެގެންވާ ކަލާނގެއެވެ.
21:84فَٱسۡتَجَبۡنَا لَهُۥ فَكَشَفۡنَا مَا بِهِۦ مِن ضُرّٖۖ وَءَاتَيۡنَٰهُ أَهۡلَهُۥ وَمِثۡلَهُم مَّعَهُمۡ رَحۡمَةٗ مِّنۡ عِندِنَا وَذِكۡرَىٰ لِلۡعَٰبِدِينَ ﴿84﴾فَٱسۡتَجَبۡنَا لَهُۥ فَكَشَفۡنَا مَا بِهِۦ مِن ضُرّٖۖ وَءَاتَيۡنَٰهُ أَهۡلَهُۥ وَمِثۡلَهُم مَّعَهُمۡ رَحۡمَةٗ مِّنۡ عِندِنَا وَذِكۡرَىٰ لِلۡعَٰبِدِينَ
Transliteration: Faistajabna lahu fakashafna ma bihi min durrin waataynahu ahlahu wamithlahum maAAahum rahmatan min AAindina wathikra lilAAabideena
Translation: ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަކުރައްވައި އެކަލޭގެފާނަށް ޖެހިވަޑައިގެންފައިވާހާ އުނދަގުލަކާއި ބަލިކަމެއް ދުރުކުރައްވައި كشف ކުރެއްވީމެވެ. އަދި އެކަލޭގެފާނުންގެ (ކުރީގެ) އެންމެހައި أهل ވެރިންނާއި އަދި އެޔާއެކު އޭގެއިތުރަށް އެހާވަރު ދެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ حضرة ންވާ رحمة އެއްގެގޮތުންނެވެ. އަދި تقوى ވެރި މާތް އަޅުވެރިންނަށްވާ عبرة އަކާއި وعظ އެއްގެގޮތުންނެވެ.
21:85وَإِسۡمَٰعِيلَ وَإِدۡرِيسَ وَذَا ٱلۡكِفۡلِۖ كُلّٞ مِّنَ ٱلصَّـٰبِرِينَ ﴿85﴾وَإِسۡمَٰعِيلَ وَإِدۡرِيسَ وَذَا ٱلۡكِفۡلِۖ كُلّٞ مِّنَ ٱلصَّـٰبِرِينَ
Transliteration: WaismaAAeela waidreesa watha alkifli kullun mina alssabireena
Translation: އަދި إسْمَاعِيْل ގެފާނާއި إدْرِيْسُ ގެފާނާއި އަދި ذُوالْكِفْلِ (عليهم السَّلام) މިބޭބޭކަލުންގެ ވާހަކަ ހަނދުމަފުޅުކުރައްވާށެވެ! މިހުރިހާ ބޭކަލުންވެސް ވެވަޑައިގެންނެވީ ކެތްތެރި މާތްބޭކަލުންކަމުގައެވެ.
21:86وَأَدۡخَلۡنَٰهُمۡ فِي رَحۡمَتِنَآۖ إِنَّهُم مِّنَ ٱلصَّـٰلِحِينَ ﴿86﴾وَأَدۡخَلۡنَٰهُمۡ فِي رَحۡمَتِنَآۖ إِنَّهُم مِّنَ ٱلصَّـٰلِحِينَ
Transliteration: Waadkhalnahum fee rahmatina innahum mina alssaliheena
Translation: އަދި އެހުރިހާ ބޭކަލުން ތިމަންރަސްކަލާނގެ رحمة ގެތެރެއަށް ތިމަންރަސްކަލާނގެ ވެއްދެވީމެވެ. ހަމަކަށަވަރުން އެބޭކަލުން ވެވަޑައިގެންނެވީ صالح ންގެތެރެއިންނެވެ. رَسُول ބޭކަލުންގެ ތެރެއިނެވެ.
21:87وَذَا ٱلنُّونِ إِذ ذَّهَبَ مُغَٰضِبٗا فَظَنَّ أَن لَّن نَّقۡدِرَ عَلَيۡهِ فَنَادَىٰ فِي ٱلظُّلُمَٰتِ أَن لَّآ إِلَٰهَ إِلَّآ أَنتَ سُبۡحَٰنَكَ إِنِّي كُنتُ مِنَ ٱلظَّـٰلِمِينَ ﴿87﴾وَذَا ٱلنُّونِ إِذ ذَّهَبَ مُغَٰضِبٗا فَظَنَّ أَن لَّن نَّقۡدِرَ عَلَيۡهِ فَنَادَىٰ فِي ٱلظُّلُمَٰتِ أَن لَّآ إِلَٰهَ إِلَّآ أَنتَ سُبۡحَٰنَكَ إِنِّي كُنتُ مِنَ ٱلظَّـٰلِمِينَ
Transliteration: Watha alnnooni ith thahaba mughadiban fathanna an lan naqdira AAalayhi fanada fee alththulumati an la ilaha illa anta subhanaka innee kuntu mina alththalimeena
Translation: އަދި މަހުގެވެރި ކަލޭގެފާނު يعني: يُونُسُ عليه السَّلام ހަނދުމަފުޅުކުރައްވާށެވެ! އެކަލޭގެފާނު ކޯފާވެވަޑައިގެން ވަޑައިގެންނެވިހިނދު އެކަލޭގެފާނު ހީފުޅުކުރެއްވީ ތިމަންރަސްކަލާނގެއަށް އެކަލޭގެފާނުންގެ މައްޗަށް ކުޅަދުންވަންތަވެވޮޑި ނުގަންނަވާނެކަމަށެވެ. ދެންފަހެ އަނދިރިތަކުގެ ތެރޭގައި (މަހުބަނޑުގެ އަނދިރިޔާ ރޭގަނޑުގެ އަނދިރިޔާ ކަނޑުގެ އަނދިރިޔާމިހުރިހާއަދިރީ ގައި އޮންނަވައިގެން) އެކަލޭގެފާނު އެކަލޭގެފާނުންގެ ربّ އަށް دعاء ދަންނަވައި توبة ވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ދެންނެވިއެވެ. އިބަރަސްކަލާނގެ މެނުވީ އަޅުކަންވެވުން حقّ އެހެން އެއްވެސް إله އަކުނުވެއެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތައެވެ. ހަމަކަށަވަރުން މިއަޅާމިވަނީ އަނިޔާވެރިންގެތެރެއިންނެވެ.
21:88فَٱسۡتَجَبۡنَا لَهُۥ وَنَجَّيۡنَٰهُ مِنَ ٱلۡغَمِّۚ وَكَذَٰلِكَ نُـۨجِي ٱلۡمُؤۡمِنِينَ ﴿88﴾فَٱسۡتَجَبۡنَا لَهُۥ وَنَجَّيۡنَٰهُ مِنَ ٱلۡغَمِّۚ وَكَذَٰلِكَ نُـۨجِي ٱلۡمُؤۡمِنِينَ
Transliteration: Faistajabna lahu wanajjaynahu mina alghammi wakathalika nunjee almumineena
Translation: ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަކުރައްވައި އަދި ހިތާމަޔާއި މޮޅިން ތިމަންރަސްކަލާނގެ އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. مؤمن ން ތިމަންރަސްކަލާނގެ ސަލާމަތް ކުރައްވަނީ އެފަދައިންނެވެ. • ދަންނައެވެ. يُونُسُ عليه السَّلام ގެ ވާހަކައިގައި ވަރަށްގިނަ إختلاف ވެއެވެ. އެހެންވެ އެވާހަކަ ހަނދާންކޮށްދެމެވެ. އަދި އެ إختلاف ގެތެރެއަށް ވަންނާކަށް މިފޮތުގައި ތަނެއްނެތެވެ.
21:89وَزَكَرِيَّآ إِذۡ نَادَىٰ رَبَّهُۥ رَبِّ لَا تَذَرۡنِي فَرۡدٗا وَأَنتَ خَيۡرُ ٱلۡوَٰرِثِينَ ﴿89﴾وَزَكَرِيَّآ إِذۡ نَادَىٰ رَبَّهُۥ رَبِّ لَا تَذَرۡنِي فَرۡدٗا وَأَنتَ خَيۡرُ ٱلۡوَٰرِثِينَ
Transliteration: Wazakariyya ith nada rabbahu rabbi la tatharnee fardan waanta khayru alwaritheena
Translation: އަދި زَكَرِيَّا عليه السَّلام ހަނދުމަފުޅުކުރައްވާށެވެ. އެއީ އެކަލޭގެފާނުންގެ ربّ އަށް دعاء ދެންނެވިހިނދުގައެވެ. އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. ދަރިއަކުނެތް ހަމައެކަނި فَرْد އަކު ކަމުގައި މިއަޅާނުލައްވާންދޭވެ. (މިއަޅާއަށް ދަރިއަކުލައްވާންދޭވެ.) އަދި އިބަރަސްކަލާނގެއީ އެންމެހެޔޮގޮތުގައި ވާރުތަކުރައްވާ ކަލާނގެއެވެ.
21:90فَٱسۡتَجَبۡنَا لَهُۥ وَوَهَبۡنَا لَهُۥ يَحۡيَىٰ وَأَصۡلَحۡنَا لَهُۥ زَوۡجَهُۥٓۚ إِنَّهُمۡ كَانُواْ يُسَٰرِعُونَ فِي ٱلۡخَيۡرَٰتِ وَيَدۡعُونَنَا رَغَبٗا وَرَهَبٗاۖ وَكَانُواْ لَنَا خَٰشِعِينَ ﴿90﴾فَٱسۡتَجَبۡنَا لَهُۥ وَوَهَبۡنَا لَهُۥ يَحۡيَىٰ وَأَصۡلَحۡنَا لَهُۥ زَوۡجَهُۥٓۚ إِنَّهُمۡ كَانُواْ يُسَٰرِعُونَ فِي ٱلۡخَيۡرَٰتِ وَيَدۡعُونَنَا رَغَبٗا وَرَهَبٗاۖ وَكَانُواْ لَنَا خَٰشِعِينَ
Transliteration: Faistajabna lahu wawahabna lahu yahya waaslahna lahu zawjahu innahum kanoo yusariAAoona fee alkhayrati wayadAAoonana raghaban warahaban wakanoo lana khashiAAeena
Translation: ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް يَحْيَى (عليه السَّلام) ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލޭގެފާނުންގެ އަނބިކަނބަލުން صلح ކޮށްދެއްވައި ރަނގަޅުކޮށްދެއްވީމެވެ. (ދަރިންނުލިބޭ މީހަކުކަމުގައި އިންނެވުމަށްފަހު ދަރިންލިބޭ މީހަކުކަމުގައި ހެއްދެވީމެވެ.) ހަމަކަށަވަރުން އިސްވެދިޔަ ބޭބޭކަލުންވީ ހެޔޮކަންތަކުގައި އަވަސްވެވަޑައިގަންނަވާ ބޭކަލުންކަމުގައެވެ. އަދި ތިމަންރަސްކަލާނގެ رحمة އަށް އެދިވަޑައިގަންނަވައިގެންނާއި އަދި ތިމަންރަސްކަލާނގެ عذاب އާއި ކޯފާއަށް ބިރުން އެބޭކަލުން ތިމަންރަސްކަލާނގެއަށް دعاء ކުރައްވައެވެ. އަދި އެބޭކަލުންވީ ތިމަންރަސްކަލާނގެއަށް ބިރުވެތިވެ މަޑުމޮޅިވެވަޑައިގަންނަވާ ބޭކަލުންކަމުގައެވެ.
21:91وَٱلَّتِيٓ أَحۡصَنَتۡ فَرۡجَهَا فَنَفَخۡنَا فِيهَا مِن رُّوحِنَا وَجَعَلۡنَٰهَا وَٱبۡنَهَآ ءَايَةٗ لِّلۡعَٰلَمِينَ ﴿91﴾وَٱلَّتِيٓ أَحۡصَنَتۡ فَرۡجَهَا فَنَفَخۡنَا فِيهَا مِن رُّوحِنَا وَجَعَلۡنَٰهَا وَٱبۡنَهَآ ءَايَةٗ لِّلۡعَٰلَمِينَ
Transliteration: Waallatee ahsanat farjaha fanafakhna feeha min roohina wajaAAalnaha waibnaha ayatan lilAAalameena
Translation: އަދި އެކަމަނާގެ ލަދުގުނަވަން އެކަމަނާ ރައްކާތެރިކުރެއްވި ކަމަނާގެ ވާހަކަ ކަލޭގެފާނު ހަނދުމަފުޅުކުރައްވާށެވެ! (އެއީ عِمْرَان ގެ ދަރިކަނބަލުން مَرْيَم ގެފާނެވެ.) ފަހެ އެކަމަނާގެ ލިބާހުގެ ޖީބަށް (ނުވަތަ ކަރުވަޅުތެރެއަށް) ތިމަންރަސްކަލާނގެ ފުމެލެއްވީމެވެ. (އެއީ جبريل عليه السَّلام އަށް އަމުރުކުރައްވައި އެކަލޭގެފާނުންގެ އަނގަފުޅުންނެވެ.) އަދި އެކަމަނާއާއި އަދި އެކަމަނާގެ ދަރިކަލުން (عيسى عليه السّلام) ތިމަންރަސްކަލާނގެ ލެއްވީ އެންމެހައި عالم ތަކަށްވާ دليل އެއްކަމުގައެވެ. (އެއީ ބަފަޔަކާއި ނުލައި عيسى عليه السّلام ދުނިޔެއަށް ފޮނުއްވުމަކީ يقين ންވެސް ތިމަންރަސްކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ دليل ގެތެރެއިންވާ ކަމެކެވެ.)
21:92إِنَّ هَٰذِهِۦٓ أُمَّتُكُمۡ أُمَّةٗ وَٰحِدَةٗ وَأَنَا۠ رَبُّكُمۡ فَٱعۡبُدُونِ ﴿92﴾إِنَّ هَٰذِهِۦٓ أُمَّتُكُمۡ أُمَّةٗ وَٰحِدَةٗ وَأَنَا۠ رَبُّكُمۡ فَٱعۡبُدُونِ
Transliteration: Inna hathihi ommatukum ommatan wahidatan waana rabbukum faoAAbudooni
Translation: ހަމަކަށަވަރުން ކަލޭމެންމުއުމިންގެ أُمَّة އަކީ ހަމަ އެއް أُمَّة އެކެވެ. އަދި ތިމަންރަސްކަލާނގެއީ ކަލޭމެންގެ ربّ އެވެ. ފަހެ އެހެންވެ ކަލޭމެން ތިމަންރަސްކަލާނގެއަށް އެކަނި އަޅުކަންކުރާށެވެ. (ބުދުތަކާއި ޒާތްޒާތުގެ إله ންތަކަށް އަޅުކަން ނުކުރާށެވެ!)
21:93وَتَقَطَّعُوٓاْ أَمۡرَهُم بَيۡنَهُمۡۖ كُلٌّ إِلَيۡنَا رَٰجِعُونَ ﴿93﴾وَتَقَطَّعُوٓاْ أَمۡرَهُم بَيۡنَهُمۡۖ كُلٌّ إِلَيۡنَا رَٰجِعُونَ
Transliteration: WataqattaAAoo amrahum baynahum kullun ilayna rajiAAoona
Translation: އަދި މީސްތަކުން އެމީހުންގެ دين ގެ ކަންތައްތައް އެމީހުންގެމެދުގައި ކުދިކުދިކޮށް ބައިބައިކޮށް إختلاف ތައް އުފައްދައިފިއެވެ. (ކޮންމެބަޔަކު އެބައެއްގެ ގޮތުގައި ހިފަހައްޓައިގެން ތިބެނީއެވެ.) އަދި އެހުރިހާ މީހުން އެންމެފަހުން އެނބުރި رجوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. (ދެން އެމީހަކަށް حقّ ޖަޒާއެއް ދެއްވާހުށީމެވެ.)
21:94فَمَن يَعۡمَلۡ مِنَ ٱلصَّـٰلِحَٰتِ وَهُوَ مُؤۡمِنٞ فَلَا كُفۡرَانَ لِسَعۡيِهِۦ وَإِنَّا لَهُۥ كَٰتِبُونَ ﴿94﴾فَمَن يَعۡمَلۡ مِنَ ٱلصَّـٰلِحَٰتِ وَهُوَ مُؤۡمِنٞ فَلَا كُفۡرَانَ لِسَعۡيِهِۦ وَإِنَّا لَهُۥ كَٰتِبُونَ
Transliteration: Faman yaAAmal mina alssalihati wahuwa muminun fala kufrana lisaAAyihi wainna lahu katiboona
Translation: ފަހެ إيمان ވެގެންވާحال صالح عمل ކޮށްފިމީހާ (ދަންނައެވެ.) ފަހެ އޭނާގެ ހެޔޮ عمل ގެ ދަރުމަޔާއި ثواب އަށް ގެއްލުމެއްނެތެވެ. އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ އޭނާގެ عمل ތައް ލިއުއްވައި ބަލަހައްޓަވާ ކަލަކީމެވެ.
21:95وَحَرَٰمٌ عَلَىٰ قَرۡيَةٍ أَهۡلَكۡنَٰهَآ أَنَّهُمۡ لَا يَرۡجِعُونَ ﴿95﴾وَحَرَٰمٌ عَلَىٰ قَرۡيَةٍ أَهۡلَكۡنَٰهَآ أَنَّهُمۡ لَا يَرۡجِعُونَ
Transliteration: Waharamun AAala qaryatin ahlaknaha annahum la yarjiAAoona
Translation: އަދި ތިމަންރަސްކަލާނގެ އެރަށެއްގެ أهل ވެރިން މަރުއްވައި ހަލާކުކުރެއްވި އެއްވެސް ރަށެއްގެ أهل ވެރިއަކު ދުނިޔެއަށް އަލުން އަނބުރާ رجوع ވުމަކީ حَرَام ކަމެކެވެ. އެބަހީ ވާނޭކަމެއްނޫނެވެ.
21:96حَتَّىٰٓ إِذَا فُتِحَتۡ يَأۡجُوجُ وَمَأۡجُوجُ وَهُم مِّن كُلِّ حَدَبٖ يَنسِلُونَ ﴿96﴾حَتَّىٰٓ إِذَا فُتِحَتۡ يَأۡجُوجُ وَمَأۡجُوجُ وَهُم مِّن كُلِّ حَدَبٖ يَنسِلُونَ
Transliteration: Hatta itha futihat yajooju wamajooju wahum min kulli hadabin yansiloona
Translation: يَأْجُوْجُ وَمَأْجُوْجُ ގެ މީހުންގެ ހުރަސް ހުޅުވިއްޖައުމަށްދާންދެނެވެ. ދެން އެހައިރުން އެމީހުންގަނޑު ކޮންމެ އުސްތާކުން އަވަސްއަވަހަށް އޮހިގަންނާނެއެވެ. (ބާރުބާރުކޮށް ދުނިޔޭގެ ތެރެއަށް ދެމިގަންނާނެއެވެ. - އެބައިމީހުންނަކީ قيامة ވުމާއި ގާތުގައި ދުނިޔެއަށް ﷲ ފޮނުއްވާނޭ ބައެކެވެ. عُمر ދިގު ދަރިންގިނަ ބައެކެވެ. އެމީހުންނާބެހޭ تفصيل صَحَّ حَدِيث ތަކުން ސާބިތުވެ އެނގެން އެބައޮތެވެ. އެވާހަކަ އަދި އެހެން فرصة އަކުން ބަޔާންކުރުމުގެ أمّيد ގައި ކުރުކޮށްލަމެވެ.)
21:97وَٱقۡتَرَبَ ٱلۡوَعۡدُ ٱلۡحَقُّ فَإِذَا هِيَ شَٰخِصَةٌ أَبۡصَٰرُ ٱلَّذِينَ كَفَرُواْ يَٰوَيۡلَنَا قَدۡ كُنَّا فِي غَفۡلَةٖ مِّنۡ هَٰذَا بَلۡ كُنَّا ظَٰلِمِينَ ﴿97﴾وَٱقۡتَرَبَ ٱلۡوَعۡدُ ٱلۡحَقُّ فَإِذَا هِيَ شَٰخِصَةٌ أَبۡصَٰرُ ٱلَّذِينَ كَفَرُواْ يَٰوَيۡلَنَا قَدۡ كُنَّا فِي غَفۡلَةٖ مِّنۡ هَٰذَا بَلۡ كُنَّا ظَٰلِمِينَ
Transliteration: Waiqtaraba alwaAAdu alhaqqu faitha hiya shakhisatun absaru allatheena kafaroo ya waylana qad kunna fee ghaflatin min hatha bal kunna thalimeena
Translation: އަދި حَقُّ وَعُدْ ފުޅު ގާތްވެއްޖެއެވެ. އެބަހީ: قيامة ވުމަށް ގާތްވެގެންވެއެވެ. (ފަހެ قيامة ވެއްޖެއްޔާ) ކާފަރުވީ މީސްތަކުންގެ ލޯތައް ހުޅުވި ފެންކަޅިވެގެން ބޮޑުވެގެންވާހުއްޓެވެ. (އަދި އެމީހުން ބުނާނެއެވެ.) އޭ އަހުރެމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. ހަމަކަށަވަރުން އަހުރެމެން މިވަނީ މިކަމުން - އެބަހީ: محشر އަށް ފޮނުއްވައި حِسَاب ބައްލަވައި ޖަޒާދެއްވުމާއިމެދު - غَافِل ވެގެންނެވެ. އަދި ކިއެއްހެއްޔެވެ؟ އަހުރެމެން މިވަނީ އަނިޔާވެރިންކަމުގައެވެ.
21:98إِنَّكُمۡ وَمَا تَعۡبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمۡ لَهَا وَٰرِدُونَ ﴿98﴾إِنَّكُمۡ وَمَا تَعۡبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمۡ لَهَا وَٰرِدُونَ
Transliteration: Innakum wama taAAbudoona min dooni Allahi hasabu jahannama antum laha waridoona
Translation: (އޭ مُشْرِك ންނޭވެ!) ކަލޭމެންނާއި އަދި ﷲ ފިޔަވައި ކަލޭމެން އެތަކެއްޗަށް ތިޔައަޅުކަންކުރާ ތަކެއްޗަކީ ނަރަކައިގެ ދަރެވެ. (އެތާ އަނދާނެ ތަކެއްޗެވެ.) ކަނޑައެޅިގެން ކަލޭމެން އެތަނަށް ވަންނާނެއެވެ.
21:99لَوۡ كَانَ هَـٰٓؤُلَآءِ ءَالِهَةٗ مَّا وَرَدُوهَاۖ وَكُلّٞ فِيهَا خَٰلِدُونَ ﴿99﴾لَوۡ كَانَ هَـٰٓؤُلَآءِ ءَالِهَةٗ مَّا وَرَدُوهَاۖ وَكُلّٞ فِيهَا خَٰلِدُونَ
Transliteration: Law kana haolai alihatan ma waradooha wakullun feeha khalidoona
Translation: އެބުދުތަކަކީ إله ންތަކެއް ކަމުގައިވީނަމަ އެތަކެތިނަރަކައަށް ނުލެވުނީހެވެ. (އެތާ އަނދާކަށް ނުޖެހުނީއެވެ.) އެތަކެއްޗަށް އަޅުކަންކުރި އެންމެންނާއި އަދި އެތަކެއްޗާއި އެންމެން އެނަރަކައިގައި ދެމިތިބޭހުއްޓެވެ.
21:100لَهُمۡ فِيهَا زَفِيرٞ وَهُمۡ فِيهَا لَا يَسۡمَعُونَ ﴿100﴾لَهُمۡ فِيهَا زَفِيرٞ وَهُمۡ فِيهَا لَا يَسۡمَعُونَ
Transliteration: Lahum feeha zafeerun wahum feeha la yasmaAAoona
Translation: އެމީހުންނަށް އެތާވަނީ ހިތާމައިގެ ނޭވައިގެ އަޑެވެ. (ނުވަތަ ނަރަކައިގެ ނޭވައިގެ އަޑެވެ.) އެތާނގައި ތިބޭއިރު އެމީހުންނަށް އެހެން އެއްވެސް އަޑެއް ނުއިވޭނެއެވެ. (تفسير الطَّبَرى އާއި އަދި އެހެނިހެން ބައެއް تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. ނަރަކައިގައި ދެމިތިބޭ މީހުންކުރެ މީހަކު ނަރަކައަށް ލެވިއްޖެއްޔާ ނަރަކައިގެ ބޮޑުފޮށްޓަކަށް ލެވޭނެއެވެ. ދެން އެފޮށި އެހެން ފޮށްޓަކަށް ލެވޭނެއެވެ. ދެން އެފޮށި އެހެން ފޮށްޓަކަށް ލެވޭނެއެވެ. އޭނާ އޮންނާނީ އެކަންޏެވެ. އެއްވެސްއަޑެއް ނުއިވޭނެއެވެ. އޭނާއަށް ހީވާނީ عَذَاب ލިބެނީ އޭނާއަށް އެކަނިހެންނެވެ.)
21:101إِنَّ ٱلَّذِينَ سَبَقَتۡ لَهُم مِّنَّا ٱلۡحُسۡنَىٰٓ أُوْلَـٰٓئِكَ عَنۡهَا مُبۡعَدُونَ ﴿101﴾إِنَّ ٱلَّذِينَ سَبَقَتۡ لَهُم مِّنَّا ٱلۡحُسۡنَىٰٓ أُوْلَـٰٓئِكَ عَنۡهَا مُبۡعَدُونَ
Transliteration: Inna allatheena sabaqat lahum minna alhusna olaika AAanha mubAAadoona
Translation: ހަމަކަށަވަރުން ތިމަންރަސްކަލާނގެ حضرة ން އެބަޔަކަށް ބާއްޖަވެރިކަން އިސްވެގޮސްފައިވާ މީހުން (ސުވަރުގެވަންތަވެރިން) އެނަރަކައާއި ދުރުކުރެވިގެންވެއެވެ. އެމީހުން އެތަނަށް ނުވަންނާނެއެވެ.
21:102لَا يَسۡمَعُونَ حَسِيسَهَاۖ وَهُمۡ فِي مَا ٱشۡتَهَتۡ أَنفُسُهُمۡ خَٰلِدُونَ ﴿102﴾لَا يَسۡمَعُونَ حَسِيسَهَاۖ وَهُمۡ فِي مَا ٱشۡتَهَتۡ أَنفُسُهُمۡ خَٰلِدُونَ
Transliteration: La yasmaAAoona haseesaha wahum fee ma ishtahat anfusuhum khalidoona
Translation: އެމީހުން އެރަނަކައިގެ އެއްވެސް حركاة އެއްގެ އެއްވެސް ހިރުމެއް إحساس އެއްގެ އަޑެއް ނުއަހާނެއެވެ. އަދި އެމީހުން ތިބޭނީ އެމީހުންގެ نفس ތައް އެދޭހާ نعمة އާއި މަޖަލުގައި ދެމިތިބޭގޮތުގައެވެ. ކޮޅުނެތްކޮޅަށް އަރާމުގައެވެ.
21:103لَا يَحۡزُنُهُمُ ٱلۡفَزَعُ ٱلۡأَكۡبَرُ وَتَتَلَقَّىٰهُمُ ٱلۡمَلَـٰٓئِكَةُ هَٰذَا يَوۡمُكُمُ ٱلَّذِي كُنتُمۡ تُوعَدُونَ ﴿103﴾لَا يَحۡزُنُهُمُ ٱلۡفَزَعُ ٱلۡأَكۡبَرُ وَتَتَلَقَّىٰهُمُ ٱلۡمَلَـٰٓئِكَةُ هَٰذَا يَوۡمُكُمُ ٱلَّذِي كُنتُمۡ تُوعَدُونَ
Transliteration: La yahzunuhumu alfazaAAu alakbaru watatalaqqahumu almalaikatu hatha yawmukumu allathee kuntum tooAAadoona
Translation: قيامة ދުވަހުގެ ބޮޑުވެގެންވާ ސިހުމާއި ބިރުވެރިކަން އަދި އެދުވަހުގެ ހިތާމަ އެމީހުންނަކަށް ނުޖެހޭނެއެވެ. (ނުވަތަ ނަރަކައިގެ ނުރައްކައު އެމީހުންނަށް ނުޖެހޭނެއެވެ.) އަދި ملائكة ބޭކަލުން އެމީހުންނާއި ބައްދަލުކުރައްވައި އުފާވެރި ބަސްފުޅުތައް ވިދާޅުވާނެއެވެ. އެބޭކަލުން ވިދާޅުވާނެއެވެ. ކަލޭމެނަށް وعد ވެވުނު ދުވަހަކީ މިއީއެވެ.
21:104يَوۡمَ نَطۡوِي ٱلسَّمَآءَ كَطَيِّ ٱلسِّجِلِّ لِلۡكُتُبِۚ كَمَا بَدَأۡنَآ أَوَّلَ خَلۡقٖ نُّعِيدُهُۥۚ وَعۡدًا عَلَيۡنَآۚ إِنَّا كُنَّا فَٰعِلِينَ ﴿104﴾يَوۡمَ نَطۡوِي ٱلسَّمَآءَ كَطَيِّ ٱلسِّجِلِّ لِلۡكُتُبِۚ كَمَا بَدَأۡنَآ أَوَّلَ خَلۡقٖ نُّعِيدُهُۥۚ وَعۡدًا عَلَيۡنَآۚ إِنَّا كُنَّا فَٰعِلِينَ
Transliteration: Yawma natwee alssamaa katayyi alssijlli lilkutubi kama badana awwala khalqin nuAAeeduhu waAAdan AAalayna inna kunna faAAileena
Translation: ފޮތަށް ކަރުދާސްގަނޑު ފަތްޖަހާލާފަދައިން ތިމަންރަސްކަލާނގެ އުޑު ފަށްފަށްޖައްސަވާލާދުވަސް ހަނދާންކުރާށެވެ! (އެއީ قيامة ދުވަހެވެ.) އެދުވަހުން خَلْقُ ތަކުން އެމީހުން ފުރަތަމަ ދުނިޔެއަށް އައިއިރު ތިބިގޮތަށް (އޮރިޔާމުން އަދި ފައިވާނެއްވެސްނެތި) ހަމައެގޮތަށް އެމީހުން ހައްދަވައި إعَاد ކުރައްވާހުށީމެވެ.
21:105وَلَقَدۡ كَتَبۡنَا فِي ٱلزَّبُورِ مِنۢ بَعۡدِ ٱلذِّكۡرِ أَنَّ ٱلۡأَرۡضَ يَرِثُهَا عِبَادِيَ ٱلصَّـٰلِحُونَ ﴿105﴾وَلَقَدۡ كَتَبۡنَا فِي ٱلزَّبُورِ مِنۢ بَعۡدِ ٱلذِّكۡرِ أَنَّ ٱلۡأَرۡضَ يَرِثُهَا عِبَادِيَ ٱلصَّـٰلِحُونَ
Transliteration: Walaqad katabna fee alzzaboori min baAAdi alththikri anna alarda yarithuha AAibadiya alssalihoona
Translation: އަދި ހަމަކަށަވަރުން تَورَاة އަށްފަހު ބާވައިލެއްވި ފޮތްތަކުގައިވާ (زَبُور ގައި) ނުވަތަ لَوحُ المَحْفُوظ ތިމަންރަސްކަލާނގެ ލިއުއްވާފައިވާނެއެވެ. ހަމަކަށަވަރުން ސުވަރުގޭގެ ބިން ވާރުތަކުރައްވާނީ ތިމަންރަސްކަލާނގެ صالح އަޅުތަކުންނެވެ. • ދަންނައެވެ. މިއާޔަތުގައި މިވާ زَبُور އާއިމެދު مُفَسِّر ންގެ ބަސްތަފާތެވެ. އަޅުގަނޑު ލިޔެފައި އެވަނީ އޭގެ އެއްގޮތެވެ. އެއީ ابن جَرِيرُ الطَّبرى ވެސް ބުރަވެވަޑައިގަންނަވާގޮތެވެ. والله أعلم.
21:106إِنَّ فِي هَٰذَا لَبَلَٰغٗا لِّقَوۡمٍ عَٰبِدِينَ ﴿106﴾إِنَّ فِي هَٰذَا لَبَلَٰغٗا لِّقَوۡمٍ عَٰبِدِينَ
Transliteration: Inna fee hatha labalaghan liqawmin AAabideena
Translation: ހަމަކަށަވަރުން މި قرآن ގައި ނުވަތަ މިސޫރަތުގައި، ﷲ ގެ އަޅުކަމާއިގެން مَشْغُولُ ވެ އުޅޭ އަޅުވެރިންނަށް ކަނޑައެޅި بيان ވެގެންވާ وعظ އާއި نصيحة އަދި فَرَائِض ތައް އަދި އެދެވޭ އެދުންތައްވެއެވެ.
21:107وَمَآ أَرۡسَلۡنَٰكَ إِلَّا رَحۡمَةٗ لِّلۡعَٰلَمِينَ ﴿107﴾وَمَآ أَرۡسَلۡنَٰكَ إِلَّا رَحۡمَةٗ لِّلۡعَٰلَمِينَ
Transliteration: Wama arsalnaka illa rahmatan lilAAalameena
Translation: (އޭ رسول ﷲ އެވެ!) عَالَمُ ތަކަށްވާ رحمة އެއްކަމުގައި މެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު رَسول ކަމާއިގެން ނުފޮނުއްވަމުއެވެ. އެބަހީ: ކަލޭގެފާނު ފޮނުއްވުމަކީ عالم ތަކަށްވާ رحمة އެކެވެ.
21:108قُلۡ إِنَّمَا يُوحَىٰٓ إِلَيَّ أَنَّمَآ إِلَٰهُكُمۡ إِلَٰهٞ وَٰحِدٞۖ فَهَلۡ أَنتُم مُّسۡلِمُونَ ﴿108﴾قُلۡ إِنَّمَا يُوحَىٰٓ إِلَيَّ أَنَّمَآ إِلَٰهُكُمۡ إِلَٰهٞ وَٰحِدٞۖ فَهَلۡ أَنتُم مُّسۡلِمُونَ
Transliteration: Qul innama yooha ilayya annama ilahukum ilahun wahidun fahal antum muslimoona
Translation: ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނަށް وحي އިއްވެވިގެންވަނީ ކަލޭމެންގެ إله ވާކަން ކަށަވަރީ ހަމައެންމެ إله އަކުކަމުގައެވެ. (އެއީ އެންމެހައި ތަކެތީގެ ربّ ކަމުގައިވާ ﷲ تعالى އެވެ.) ކަލޭމެން ފަހެ (އެކަލާނގެ އެއްކައުވަންތަ ކުރުމާއި އެކަލާނގެއަށް އަޅުކަން إخلاص ތެރިކުރުމުގައި) އެކަލާނގެއަށް ކިޔަމަންވެ ބޯލަނބާނޫހެއްޔެވެ؟ އެބަހީ: ބޯލަނބައި ކިޔަމަންވާށެވެ.
21:109فَإِن تَوَلَّوۡاْ فَقُلۡ ءَاذَنتُكُمۡ عَلَىٰ سَوَآءٖۖ وَإِنۡ أَدۡرِيٓ أَقَرِيبٌ أَم بَعِيدٞ مَّا تُوعَدُونَ ﴿109﴾فَإِن تَوَلَّوۡاْ فَقُلۡ ءَاذَنتُكُمۡ عَلَىٰ سَوَآءٖۖ وَإِنۡ أَدۡرِيٓ أَقَرِيبٌ أَم بَعِيدٞ مَّا تُوعَدُونَ
Transliteration: Fain tawallaw faqul athantukum AAala sawain wain adree aqareebun am baAAeedun ma tooAAadoona
Translation: ދެންފަހެ އެމީހުން - އެބަހީ: އެ مشرك ން - إسلام دين ން އެނބުރި ފުރަގަސްދީފިނަމަ ދެން ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނާއި ކަލޭމެންނާ ދެފަރާތް ހަމަހަމަ ވާގޮތަށް ތިމަންކަލޭގެފާނު (ހަނގުރާމަ) މި إعلان ކުރީއެވެ. އަދި ކަލޭމެންނަށް وعد ވެވިގެންވާ ކަންތައް - (އެބަހީ: ކޯފާޔާއި عذاب - ނުވަތަ ކާފަރުވީ މީސްތަކުން ދެރަވުމާއި ތިމަންކަލޭގެފާނާއި إسلام دين ގަދަވެގަތުން - ނުވަތަ قيامة ގެ عذاب) ގާތްވެގެންވާ ކަމެއް ނުވަތަ ދުރުގައިވާ ކަމެއް ތިމަންކަލޭގެފާނަކަށް އެގިވަޑައި ނުގަންނަވައެވެ.
21:110إِنَّهُۥ يَعۡلَمُ ٱلۡجَهۡرَ مِنَ ٱلۡقَوۡلِ وَيَعۡلَمُ مَا تَكۡتُمُونَ ﴿110﴾إِنَّهُۥ يَعۡلَمُ ٱلۡجَهۡرَ مِنَ ٱلۡقَوۡلِ وَيَعۡلَمُ مَا تَكۡتُمُونَ
Transliteration: Innahu yaAAlamu aljahra mina alqawli wayaAAlamu ma taktumoona
Translation: (އިސްލާމްދީނާ އިދިކޮޅަށް) ކަލޭމެން ބުނާހާ ބަސްތައް އަޑުހަރުކޮށް ބުންޏަސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ކަލޭމެން ވަންހަނާކުރާ ކަންތައްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.
21:111وَإِنۡ أَدۡرِي لَعَلَّهُۥ فِتۡنَةٞ لَّكُمۡ وَمَتَٰعٌ إِلَىٰ حِينٖ ﴿111﴾وَإِنۡ أَدۡرِي لَعَلَّهُۥ فِتۡنَةٞ لَّكُمۡ وَمَتَٰعٌ إِلَىٰ حِينٖ
Transliteration: Wain adree laAAallahu fitnatun lakum wamataAAun ila heenin
Translation: (111-112) އަދި ކަލޭމެންނަށް މުހުލަތުދެއްވާފައިވަނީ ކަލޭމެންނަށްވާ إمتحان އެއްކަމުގައިވެސް ވެދާނެއެވެ. އެއީ ދުވަސްކޮޅަކު ކަލޭމެން ދުނިޔޭގައި އަރާމުކޮށްލުމަށްކަމުގައިވެސް ވެދާނެއެވެ. އެއިން އެއްވެސްކަމެއް ތިމަންކަލޭގެފާނަކަށް އެގިވަޑައި ނުގަންނަވައެވެ. އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. (މިއަޅާއާއި މިބައިމީހުންނާއި ދެމެދު) حقّ ގޮތުގައި حكم ކުރައްވާނދޭވެ! އަދި އޭ އެންމެހައި مشرك ންނޭވެ. ކަލޭމެން ތިޔަބުނާ ދޮގުތަކާއި ތިޔަ ސިފަކުރާ ސިފަކުރުންތަކާއިމެދު ވާގިއެދެވޭ ފަރާތަކީ އަޅަމެންގެ ربّ ކަމުގައިވާ رحمن ވަންތަ ﷲ އެވެ.
21:112قَٰلَ رَبِّ ٱحۡكُم بِٱلۡحَقِّۗ وَرَبُّنَا ٱلرَّحۡمَٰنُ ٱلۡمُسۡتَعَانُ عَلَىٰ مَا تَصِفُونَ ﴿112﴾قَٰلَ رَبِّ ٱحۡكُم بِٱلۡحَقِّۗ وَرَبُّنَا ٱلرَّحۡمَٰنُ ٱلۡمُسۡتَعَانُ عَلَىٰ مَا تَصِفُونَ
Transliteration: Qala rabbi ohkum bialhaqqi warabbuna alrrahmanu almustaAAanu AAala ma tasifoona
Translation: (111-112) އަދި ކަލޭމެންނަށް މުހުލަތުދެއްވާފައިވަނީ ކަލޭމެންނަށްވާ إمتحان އެއްކަމުގައިވެސް ވެދާނެއެވެ. އެއީ ދުވަސްކޮޅަކު ކަލޭމެން ދުނިޔޭގައި އަރާމުކޮށްލުމަށްކަމުގައިވެސް ވެދާނެއެވެ. އެއިން އެއްވެސްކަމެއް ތިމަންކަލޭގެފާނަކަށް އެގިވަޑައި ނުގަންނަވައެވެ. އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. (މިއަޅާއާއި މިބައިމީހުންނާއި ދެމެދު) حقّ ގޮތުގައި حكم ކުރައްވާނދޭވެ! އަދި އޭ އެންމެހައި مشرك ންނޭވެ. ކަލޭމެން ތިޔަބުނާ ދޮގުތަކާއި ތިޔަ ސިފަކުރާ ސިފަކުރުންތަކާއިމެދު ވާގިއެދެވޭ ފަރާތަކީ އަޅަމެންގެ ربّ ކަމުގައިވާ رحمن ވަންތަ ﷲ އެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download