طسٓمٓ ﴿1﴾طسٓمٓ
Transliteration: Taseenmeem
Translation: طسم މިއަކުރުތަކަކީ މިބާވަތުގެ އެހެނިހެން އަކުރުތަކެކޭ އެއްފަދައިން އޭގެ މާނަ އަދި އެއިން އެދެވޭ مُرَاد އެއް ހަމައެކަނި ﷲ ގެ ދެނެވޮޑިގަތުމަށްخَاصَّ ވެގެންވާ އަކުރުތަކެކެވެ.
طسٓمٓ ﴿1﴾طسٓمٓ
Transliteration: Taseenmeem
Translation: طسم މިއަކުރުތަކަކީ މިބާވަތުގެ އެހެނިހެން އަކުރުތަކެކޭ އެއްފަދައިން އޭގެ މާނަ އަދި އެއިން އެދެވޭ مُرَاد އެއް ހަމައެކަނި ﷲ ގެ ދެނެވޮޑިގަތުމަށްخَاصَّ ވެގެންވާ އަކުރުތަކެކެވެ.
تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡمُبِينِ ﴿2﴾تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡمُبِينِ
Transliteration: Tilka ayatu alkitabi almubeeni
Translation: މިއީ بيَان ކުރައްވާ ފޮތުގެ އާޔަތްތަކެވެ. (އެބަހީ: އެފޮތަށް ވިސްނާ فكر ކޮށް تَدْبِير ކޮށްފި މީހަކަށް މިފޮތަކީ ގަދަކީރިތިވަންތަ ﷲ ގެ حضرة ން ބާވައިލައްވާފައިވާ ފޮތެއްކަން بيان ކޮށްދޭ ފޮތެކެވެ. محمّد ﷺ އަމިއްލަފުޅަށް ގެންނެވި އެއްޗެއް ނޫންކަން އަންގައިދޭ ފޮތެކެވެ.)
لَعَلَّكَ بَٰخِعٞ نَّفۡسَكَ أَلَّا يَكُونُواْ مُؤۡمِنِينَ ﴿3﴾لَعَلَّكَ بَٰخِعٞ نَّفۡسَكَ أَلَّا يَكُونُواْ مُؤۡمِنِينَ
Transliteration: LaAAallaka bakhiAAun nafsaka alla yakoonoo mumineena
Translation: (އޭ رسول ﷲ އެވެ.) އެ مشرك ންގެމީހުން إيمان ނުވުމުގެ ސަބަބުން އެކަމާމެދު ދެރަފުޅުވެގެން ކަލޭގެފާނުންގެ نفس ފުޅު ހަލާކުކުރައްވާކަހަލައެވެ. (އެކަމާ ދެރަފުޅުނުވާށެވެ. ކަލޭގެފާނުންގެ واجب އަކީ އިއްވައިދެއްވުމެވެ.)
إِن نَّشَأۡ نُنَزِّلۡ عَلَيۡهِم مِّنَ ٱلسَّمَآءِ ءَايَةٗ فَظَلَّتۡ أَعۡنَٰقُهُمۡ لَهَا خَٰضِعِينَ ﴿4﴾إِن نَّشَأۡ نُنَزِّلۡ عَلَيۡهِم مِّنَ ٱلسَّمَآءِ ءَايَةٗ فَظَلَّتۡ أَعۡنَٰقُهُمۡ لَهَا خَٰضِعِينَ
Transliteration: In nasha nunazzil AAalayhim mina alssamai ayatan fathallat aAAnaquhum laha khadiAAeena
Translation: ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް އުޑުން معجزة އެއް ބާވައިލެއްވިނަމަ އެމީހުންގެ ކަނދުރާތައް އެއަށް ކިޔަމަންވެ ނިކަމެތިވެއްޖައީހެވެ. ނުވަތަ އެމީހުންކުރެ ބޮޑެތި މީހުން އެ معجزة އަށް ނިކަމެތިވެ ދެރަވެއްޖައީހެވެ. މިބަސްފުޅުގެ މުރާދަކީ ނުރުހިތިބެވެސް އެމީހުން އެ معجزة އަށް ކިޔަމަންވީހެވެ. (ނަމަވެސް އެހެންނުހެއްދެވީ ފައިދާކުރާނެ އީމާންކަމަކީ غَيْبُ ގެކަންކަމަށް إخْتِيَارُ ގައިވާއީމާންކަމަކަށްވާތީއެވެ.)
وَمَا يَأۡتِيهِم مِّن ذِكۡرٖ مِّنَ ٱلرَّحۡمَٰنِ مُحۡدَثٍ إِلَّا كَانُواْ عَنۡهُ مُعۡرِضِينَ ﴿5﴾وَمَا يَأۡتِيهِم مِّن ذِكۡرٖ مِّنَ ٱلرَّحۡمَٰنِ مُحۡدَثٍ إِلَّا كَانُواْ عَنۡهُ مُعۡرِضِينَ
Transliteration: Wama yateehim min thikrin mina alrrahmani muhdathin illa kanoo AAanhu muAArideena
Translation: އަދި رحمن ވަންތަ ﷲ ގެ حضرة ން ބާވައިލައްވައިގެން އެއްވެސް نصيحة އެއް - އަދި تَنْبِيْه އެއް އަތުވެއްޖެއްޔާ އެމީހުން އެއަށް ފުރަގަސްދީގެންވާބަޔަކު ކަމުގައިވާ މެނުވީ އެމީހުންގާތަށް ނާދެއެވެ. އެބަހީ: ކޮންމެ نصيحة އެއް ކޮންމެ وعظ އެއް އެމީހުންގާތަށް އައިނަމަވެސް އެމީހުން އެއަށް ފުރަގަސްދެއެވެ.
فَقَدۡ كَذَّبُواْ فَسَيَأۡتِيهِمۡ أَنۢبَـٰٓؤُاْ مَا كَانُواْ بِهِۦ يَسۡتَهۡزِءُونَ ﴿6﴾فَقَدۡ كَذَّبُواْ فَسَيَأۡتِيهِمۡ أَنۢبَـٰٓؤُاْ مَا كَانُواْ بِهِۦ يَسۡتَهۡزِءُونَ
Transliteration: Faqad kaththaboo fasayateehim anbao ma kanoo bihi yastahzioona
Translation: ފަހެ ހަމަކަށަވަރުން އެމީހުން - އެބަހީ: مشرك ންގެމީހުން - (ﷲ ގެ حضرة ން އެމީހުންގާތަށް އައި ذِكر އާއި نصيحة) އެމީހުން ދޮގުކޮށްފިއެވެ. ދެންފަހެ ނިކަންހުރެ އެމީހުން އެކަމަކާމެދު މަލާމާތްކޮށް ފުރައްސާރަކުރާ ކަމުގައިވި ކަންތަކުގެ (ﷲ ގެ عذاب ގެ) خبر ތައް އެމީހުންގާތަށް އަންނަހުއްޓެވެ.
أَوَلَمۡ يَرَوۡاْ إِلَى ٱلۡأَرۡضِ كَمۡ أَنۢبَتۡنَا فِيهَا مِن كُلِّ زَوۡجٖ كَرِيمٍ ﴿7﴾أَوَلَمۡ يَرَوۡاْ إِلَى ٱلۡأَرۡضِ كَمۡ أَنۢبَتۡنَا فِيهَا مِن كُلِّ زَوۡجٖ كَرِيمٍ
Transliteration: Awalam yaraw ila alardi kam anbatna feeha min kulli zawjin kareemin
Translation: އަދި (آخرة އާއި محشر އަށް ފޮނުއްވުން ދޮގުކުރާ) އެމީހުން ފަހެ ބިންގަނޑު ނުދެކެނީބާވައެވެ؟ ބިމަށްނުބަލަނީބާވައެވެ؟ މާތްވެގެންވާ ގަސްގަހުގެ ކިތައްކިތައް ޖޯޑު ތިމަންރަސްކަލާނގެ އެބިމުގައި ފެޅުއްވީންހެއްޔެވެ؟ އެބަހީ: ވަރަށްގިނަ ގަސް ފެޅުއްވީމެވެ.
إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ ﴿8﴾إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ
Transliteration: Inna fee thalika laayatan wama kana aktharuhum mumineena
Translation: ހަމަކަށަވަރުން އެކަންތަކުގައި ކަނޑައެޅި ބަޔާންވެގެންވާ دليل ވެއެވެ. (އެބަހީ: މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި محشرއަށް ފޮނުއްވުމަށް ފުދޭވަރުގެ دليل ވެއެވެ. އެހެނީ މަރުވެފައިވާ ބިމަށް ވާރޭ ވެއްސަވައިގެން ދިރުއްވާ ގަސް ފެޅުއްވި ފަރާތަކަށް މަރުވެފައިވާ މީސްތަކުން ދިރުއްވުމަށް އެއްވެސް އުނދަގުލެއް ނުވާނޭކަން ސަލާމަތް ބުއްދިޔަކަށްވިއްޔާ އެނގޭނެއެވެ.) އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ.
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ﴿9﴾وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ
Transliteration: Wainna rabbaka lahuwa alAAazeezu alrraheemu
Translation: އަދި ހަމަކަށަވަރުން ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުންބޮޑުވެގެންވާ ކަލާނގެއެވެ.
وَإِذۡ نَادَىٰ رَبُّكَ مُوسَىٰٓ أَنِ ٱئۡتِ ٱلۡقَوۡمَ ٱلظَّـٰلِمِينَ ﴿10﴾وَإِذۡ نَادَىٰ رَبُّكَ مُوسَىٰٓ أَنِ ٱئۡتِ ٱلۡقَوۡمَ ٱلظَّـٰلِمِينَ
Transliteration: Waith nada rabbuka moosa ani iti alqawma alththalimeena
Translation: އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ موسى عليه السّلام އަށް ނިދާއިއްވެވިހިނދު ހަނދުމަފުޅުކުރައްވާށެވެ! އެއީ އަނިޔާވެރި قوم އަށް (رسول ކަމާއިގެން) ވަޑައިގެންނެވުމަށެވެ.
قَوۡمَ فِرۡعَوۡنَۚ أَلَا يَتَّقُونَ ﴿11﴾قَوۡمَ فِرۡعَوۡنَۚ أَلَا يَتَّقُونَ
Transliteration: Qawma firAAawna ala yattaqoona
Translation: އެއީ فرعون ގެ قوم އެވެ. އެމީހުން تقوى ވެރިނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ؟
قَالَ رَبِّ إِنِّيٓ أَخَافُ أَن يُكَذِّبُونِ ﴿12﴾قَالَ رَبِّ إِنِّيٓ أَخَافُ أَن يُكَذِّبُونِ
Transliteration: Qala rabbi innee akhafu an yukaththibooni
Translation: އެކަލޭގެފާނު يعني: موسى عليه السّلام - ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! އެމީހުން މިއަޅާ ދޮގުކޮށްފާނެތީ މިއަޅާ ބިރުގަންނަމެވެ.
وَيَضِيقُ صَدۡرِي وَلَا يَنطَلِقُ لِسَانِي فَأَرۡسِلۡ إِلَىٰ هَٰرُونَ ﴿13﴾وَيَضِيقُ صَدۡرِي وَلَا يَنطَلِقُ لِسَانِي فَأَرۡسِلۡ إِلَىٰ هَٰرُونَ
Transliteration: Wayadeequ sadree wala yantaliqu lisanee faarsil ila haroona
Translation: (އެމީހުން މިއަޅާ ދޮގުކޮށްފިއްޔާ) މިއަޅާގެ ހިތްދަތިވާނެއެވެ. (އަދި ހިތްދަތިވެއްޖެއްޔާ) މިއަޅާގެ ދޫ ނުހިނގާނެއެވެ. ފަހެ އެހެންވެ މިއަޅާގެ أخ هارون މިއަޅާއާއިއެކު رسول ކަމާއިގެން ފޮނުއްވައިދެއްވާދޭނވެ!
وَلَهُمۡ عَلَيَّ ذَنۢبٞ فَأَخَافُ أَن يَقۡتُلُونِ ﴿14﴾وَلَهُمۡ عَلَيَّ ذَنۢبٞ فَأَخَافُ أَن يَقۡتُلُونِ
Transliteration: Walahum AAalayya thanbun faakhafu an yaqtulooni
Translation: އަދި އެމީހުންގެ نسبة ގައި މިއަޅާގެމައްޗަށްވާ ފާފައެއްވެއެވެ. (އެއީ މިއަޅާ އެމީހުންގެ މީހަކު މަރާފައިވުމެވެ.)
قَالَ كَلَّاۖ فَٱذۡهَبَا بِـَٔايَٰتِنَآۖ إِنَّا مَعَكُم مُّسۡتَمِعُونَ ﴿15﴾قَالَ كَلَّاۖ فَٱذۡهَبَا بِـَٔايَٰتِنَآۖ إِنَّا مَعَكُم مُّسۡتَمِعُونَ
Transliteration: Qala kalla faithhaba biayatina inna maAAakum mustamiAAoona
Translation: އެކަލާނގެ وحي ކުރެއްވިއެވެ. އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. (فرعون قوم ގެމީހުންނަކަށް ކަލޭގެފާނު ނުމެރޭނެއެވެ.) އަދި ތިމަންރަސްކަލާނގެ دليل ތަކާއި حجّة ތަކާއިގެން ތިޔަދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ވަނީ ތިޔަބޭކަލުންނާއިއެކު އައްސަވާވޮޑިގެންވާ ކަލަކުކަމުގައެވެ.
فَأۡتِيَا فِرۡعَوۡنَ فَقُولَآ إِنَّا رَسُولُ رَبِّ ٱلۡعَٰلَمِينَ ﴿16﴾فَأۡتِيَا فِرۡعَوۡنَ فَقُولَآ إِنَّا رَسُولُ رَبِّ ٱلۡعَٰلَمِينَ
Transliteration: Fatiya firAAawna faqoola inna rasoolu rabbi alAAalameena
Translation: ފަހެ ތިޔައިގެ ދެކަލުން فرعون ކައިރިޔަށް ވަޑައިގަންނަވާށެވެ! އަދި އޭނާގެ ގާތު ތިމަންނާމެންނީ عالم ތަކުގެ ވެރި ربّ ފޮނުއްވި رسول ންނީމުއެވެ. ވިދާޅުވާށެވެ!
أَنۡ أَرۡسِلۡ مَعَنَا بَنِيٓ إِسۡرَـٰٓءِيلَ ﴿17﴾أَنۡ أَرۡسِلۡ مَعَنَا بَنِيٓ إِسۡرَـٰٓءِيلَ
Transliteration: An arsil maAAana banee israeela
Translation: އަދި ބަނީއިސްރާއީލުން އަހުރެމެންނާއެކު ފޮނުއްވައިދެއްވާށެވެ!
قَالَ أَلَمۡ نُرَبِّكَ فِينَا وَلِيدٗا وَلَبِثۡتَ فِينَا مِنۡ عُمُرِكَ سِنِينَ ﴿18﴾قَالَ أَلَمۡ نُرَبِّكَ فِينَا وَلِيدٗا وَلَبِثۡتَ فِينَا مِنۡ عُمُرِكَ سِنِينَ
Transliteration: Qala alam nurabbika feena waleedan walabithta feena min AAumurika sineena
Translation: އޭނާ يعني: فرعون ވިދާޅުވިއެވެ. (އޭ موسى އެވެ!) ކަލޭ ކުޑަކުއްޖެއްކަމުގައިވީ حال ކަލޭ އަހުރެމެންގެ ތެރޭގައިހުރެ އަހުރެން ކަލޭ تربيّة ނުކުރަންހެއްޔެވެ؟ (ކަލޭ ބަލާބޮޑުކުރީ އަހުރެންނޫންހެއްޔެވެ؟) އަދި ކަލޭގެ عمر ން ދުވަސްތަކެއްވާންދެން އެތައް އަހަރެއްވާންދެން އަހުރެމެންގެތެރޭގައި ކަލޭ ހުރީމުނޫންހެއްޔެވެ؟
وَفَعَلۡتَ فَعۡلَتَكَ ٱلَّتِي فَعَلۡتَ وَأَنتَ مِنَ ٱلۡكَٰفِرِينَ ﴿19﴾وَفَعَلۡتَ فَعۡلَتَكَ ٱلَّتِي فَعَلۡتَ وَأَنتَ مِنَ ٱلۡكَٰفِرِينَ
Transliteration: WafaAAalta faAAlataka allatee faAAalta waanta mina alkafireena
Translation: ދެން ކަލޭ އެކުރިކަންތައް ކަލޭ ކުރީއެވެ. (އެބަހީ: އަހުރެމެންގެ ތެރެއިން މީހަކުމެރީމެއްނޫންހެއްޔެވެ؟ އަދި ކަލޭވަނީ (نعمة އަށް) ކާފަރުވާމީހުންގެތެރެއިންނެވެ.
قَالَ فَعَلۡتُهَآ إِذٗا وَأَنَا۠ مِنَ ٱلضَّآلِّينَ ﴿20﴾قَالَ فَعَلۡتُهَآ إِذٗا وَأَنَا۠ مِنَ ٱلضَّآلِّينَ
Transliteration: Qala faAAaltuha ithan waana mina alddalleena
Translation: އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. ތިޔަބުނާ ކަންތައް އަހުރެންކުރީމެވެ. އޭރު އަހުރެންވަނީ جاهل ންގެތެރެއިންނެވެ. (ނޭނގޭމީހުންގެތެރެއިންނެވެ. މަގުފުރެދިގެންވާމީހުންގެ ތެރެއިންނެވެ. މީހުން މެރުމަކީ حرام ކަމެއްކަންވެސް ނޭނގެއެވެ.)
فَفَرَرۡتُ مِنكُمۡ لَمَّا خِفۡتُكُمۡ فَوَهَبَ لِي رَبِّي حُكۡمٗا وَجَعَلَنِي مِنَ ٱلۡمُرۡسَلِينَ ﴿21﴾فَفَرَرۡتُ مِنكُمۡ لَمَّا خِفۡتُكُمۡ فَوَهَبَ لِي رَبِّي حُكۡمٗا وَجَعَلَنِي مِنَ ٱلۡمُرۡسَلِينَ
Transliteration: Fafarartu minkum lamma khiftukum fawahaba lee rabbee hukman wajaAAalanee mina almursaleena
Translation: ދެން އަހުރެން މަނިކުފާނުމެންގެ ފަރާތުން ބިރުވެތިވުމުން ފިލައިގެން ދިޔައީއެވެ. ދެން އެޔަށްފަހު އަހުރެންގެ ربّ އަހުރެންނަށް نبي ކަން އަދި علم އާއި ހެޔޮވިސްނުން ދެއްވައިފިއެވެ. އަދި އަހުރެން رسول ބޭކަލުންގެތެރެއިން ލައްވައިފިއެވެ.
وَتِلۡكَ نِعۡمَةٞ تَمُنُّهَا عَلَيَّ أَنۡ عَبَّدتَّ بَنِيٓ إِسۡرَـٰٓءِيلَ ﴿22﴾وَتِلۡكَ نِعۡمَةٞ تَمُنُّهَا عَلَيَّ أَنۡ عَبَّدتَّ بَنِيٓ إِسۡرَـٰٓءِيلَ
Transliteration: Watilka niAAmatun tamunnuha AAalayya an AAabbadta banee israeela
Translation: އަދި މަނިކުފާނު އަހުރެންގެމައްޗަށް ތިޔަކުރިކަމަށް ވިދާޅުވާ خدمة އެއީ بَنُو اسرائيل އަޅުވެތިކުރުމަށް މަނިކުފާނު ކުރެއްވިކަމެއްތޯއެވެ؟
قَالَ فِرۡعَوۡنُ وَمَا رَبُّ ٱلۡعَٰلَمِينَ ﴿23﴾قَالَ فِرۡعَوۡنُ وَمَا رَبُّ ٱلۡعَٰلَمِينَ
Transliteration: Qala firAAawnu wama rabbu alAAalameena
Translation: فرعون ވިދާޅުވިއެވެ. عَالَم ތަކުގެ ވެރި ربّ (ނުވަތަ رَبّ العالمين) އަކީ ކާކުހެއްޔެވެ؟
قَالَ رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَآۖ إِن كُنتُم مُّوقِنِينَ ﴿24﴾قَالَ رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَآۖ إِن كُنتُم مُّوقِنِينَ
Transliteration: Qala rabbu alssamawati waalardi wama baynahuma in kuntum mooqineena
Translation: އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. އެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާ ތަކެތި ހައްދަވާބޮޑުކުރައްވާ އަދި ބަލަހައްޓަވާ އެތަކެތީގެ ވެރި ربّ އެވެ. ކަލާނގެއެވެ. ކަލޭމެންނަކީ يقين ކުރާ ބަޔަކު ކަމުގައި ވަންޏާއެވެ. (އެބަހީ: يقين ކުރާބަޔަކުކަމުގައި ވަންޏާ އެގޮތް އެނގޭނެއެވެ.)
قَالَ لِمَنۡ حَوۡلَهُۥٓ أَلَا تَسۡتَمِعُونَ ﴿25﴾قَالَ لِمَنۡ حَوۡلَهُۥٓ أَلَا تَسۡتَمِعُونَ
Transliteration: Qala liman hawlahu ala tastamiAAoona
Translation: فرعون އޭނާގެ ވަށައިގެންވާ މީހުންނަށް ބުންޏެވެ. ކަލޭމެން ފަހެ އޭނާ އެދައްކާ ވާހަކައެއް ނާހަމުހެއްޔެވެ؟ (މިހެން އޭނާ އެބުނަނީ عجائب ވާފަދަގޮތަކަށް މަލާމާތު ރާގަކަށެވެ.)
قَالَ رَبُّكُمۡ وَرَبُّ ءَابَآئِكُمُ ٱلۡأَوَّلِينَ ﴿26﴾قَالَ رَبُّكُمۡ وَرَبُّ ءَابَآئِكُمُ ٱلۡأَوَّلِينَ
Transliteration: Qala rabbukum warabbu abaikumu alawwaleena
Translation: އެކަލޭގެފާނު އެބަހީ: موسى عليه السّلام - ވިދާޅުވިއެވެ. އެއީ ކަލޭމެންނާއި އަދި ކަލޭމެންގެ އިސްވެދިޔަ ކާބަފައިންގެވެސް ربّ އެވެ.
قَالَ إِنَّ رَسُولَكُمُ ٱلَّذِيٓ أُرۡسِلَ إِلَيۡكُمۡ لَمَجۡنُونٞ ﴿27﴾قَالَ إِنَّ رَسُولَكُمُ ٱلَّذِيٓ أُرۡسِلَ إِلَيۡكُمۡ لَمَجۡنُونٞ
Transliteration: Qala inna rasoolakumu allathee orsila ilaykum lamajnoonun
Translation: އޭނާ އެބަހީ: فرعون ބުންޏެވެ. (އޭ މީސްތަކުންނޭވެ!) ކަލޭމެންގެގާތަށް ފޮނުއްވިގެން ތިޔަވާ رسول އަކީ ހަމަކަށަވަރުންވެސް މޮޔައެކެވެ. مَجْنُون އެކެވެ.
قَالَ رَبُّ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ وَمَا بَيۡنَهُمَآۖ إِن كُنتُمۡ تَعۡقِلُونَ ﴿28﴾قَالَ رَبُّ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ وَمَا بَيۡنَهُمَآۖ إِن كُنتُمۡ تَعۡقِلُونَ
Transliteration: Qala rabbu almashriqi waalmaghribi wama baynahuma in kuntum taAAqiloona
Translation: އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. އެކަލާނގެއީ مشرق އާއި مَغْرب އާއި އަދި އެދެމެދުގައިވާހާތަކެތީގެވެސް ربّ އެވެ. ކަލޭމެންނަކީ އެއްޗެއްވިސްނޭ ބަޔަކު ނަމަ ރަނގަޅަށް އެނގޭނެއެވެ.
قَالَ لَئِنِ ٱتَّخَذۡتَ إِلَٰهًا غَيۡرِي لَأَجۡعَلَنَّكَ مِنَ ٱلۡمَسۡجُونِينَ ﴿29﴾قَالَ لَئِنِ ٱتَّخَذۡتَ إِلَٰهًا غَيۡرِي لَأَجۡعَلَنَّكَ مِنَ ٱلۡمَسۡجُونِينَ
Transliteration: Qala laini ittakhathta ilahan ghayree laajAAalannaka mina almasjooneena
Translation: އޭނާ ބުންޏެވެ. އެބަހީ: فرعون ބުންޏެވެ. (އޭ موسى އެވެ!) ކަލޭ އަހުރެންނޫން އެހެންއެއްވެސް ފަރާތެއް -އެހެން އެއްވެސް މީހެއް إله އަކުކަމުގައި إختيار ކުރަންޏާ ހަމަކަށަވަރުން ޖަލަށްލެވިފައިވާ މީހުންގެތެރެއިން އަހުރެން ކަލޭލާހުށީމެވެ. އެބަހީ: ޖަލަށްލައި ހައްޔަރުކުރާނަމެވެ.
قَالَ أَوَلَوۡ جِئۡتُكَ بِشَيۡءٖ مُّبِينٖ ﴿30﴾قَالَ أَوَلَوۡ جِئۡتُكَ بِشَيۡءٖ مُّبِينٖ
Transliteration: Qala awalaw jituka bishayin mubeenin
Translation: އެކަލޭގެފާނު އެބަހީ: موسى عليه السّلام ވިދާޅުވިއެވެ. (އަހުރެން މިބުނާ އެއްޗެއްގެ ތެދުކަން) ބަޔާންކޮށްދޭނޭ އެއްޗަކާއިގެން އަހުރެން ކަލޭގެގާތަށް އައިނަމަވެސް ހެޔޮހެއްޔެވެ؟ އެބަހީ: ހައްޔަރުކުރާނަން ހެއްޔެވެ؟
قَالَ فَأۡتِ بِهِۦٓ إِن كُنتَ مِنَ ٱلصَّـٰدِقِينَ ﴿31﴾قَالَ فَأۡتِ بِهِۦٓ إِن كُنتَ مِنَ ٱلصَّـٰدِقِينَ
Transliteration: Qala fati bihi in kunta mina alssadiqeena
Translation: އޭނާ يعني: فرعون ބުންޏެވެ. ފަހެ ތިޔައެއްޗެއް ގެނަސްބަލާށެވެ! ކަލެޔަކީ ތެދުވެރިންގެތެރެއިންވާ މީހަކުކަމުގައި ވަންޏާއެވެ.
فَأَلۡقَىٰ عَصَاهُ فَإِذَا هِيَ ثُعۡبَانٞ مُّبِينٞ ﴿32﴾فَأَلۡقَىٰ عَصَاهُ فَإِذَا هِيَ ثُعۡبَانٞ مُّبِينٞ
Transliteration: Faalqa AAasahu faitha hiya thuAAbanun mubeenun
Translation: ފަހެ އެކަލޭގެފާނު يعني: موسى عليه السّلام އެކަލޭގެފާނުންގެ އަސާކޮޅު އެއްލަވާލައްވައިފިއެވެ. އެހައިރުން އޭތި بيان ވެގެންވާ ހަރުފައަކަށް ވެއްޖެއެވެ.
وَنَزَعَ يَدَهُۥ فَإِذَا هِيَ بَيۡضَآءُ لِلنَّـٰظِرِينَ ﴿33﴾وَنَزَعَ يَدَهُۥ فَإِذَا هِيَ بَيۡضَآءُ لِلنَّـٰظِرِينَ
Transliteration: WanazaAAa yadahu faitha hiya baydao lilnnathireena
Translation: އަދި އެކަލޭގެފާނުންގެ އަތްޕުޅު (ޖީބުތެރެއިން) ނެރުއްވައިފިއެވެ. އެހައިރުން އޭތި ބަލާމީހުންނަށް ހުދުއެއްޗަކަށްވެއްޖެއެވެ.
قَالَ لِلۡمَلَإِ حَوۡلَهُۥٓ إِنَّ هَٰذَا لَسَٰحِرٌ عَلِيمٞ ﴿34﴾قَالَ لِلۡمَلَإِ حَوۡلَهُۥٓ إِنَّ هَٰذَا لَسَٰحِرٌ عَلِيمٞ
Transliteration: Qala lilmalai hawlahu inna hatha lasahirun AAaleemun
Translation: އޭނާ އެބަހީ: فرعون އޭނާގެ ވަށައިގެންވާ މާތްބޮޑުންނަށް ބުންޏެވެ. ހަމަކަށަވަރުން މިއީ سحر ގެ عمل ރަނގަޅަށް ދަންނަ سحر ވެރިއެއްކަން يقين އެވެ.
يُرِيدُ أَن يُخۡرِجَكُم مِّنۡ أَرۡضِكُم بِسِحۡرِهِۦ فَمَاذَا تَأۡمُرُونَ ﴿35﴾يُرِيدُ أَن يُخۡرِجَكُم مِّنۡ أَرۡضِكُم بِسِحۡرِهِۦ فَمَاذَا تَأۡمُرُونَ
Transliteration: Yureedu an yukhrijakum min ardikum bisihrihi famatha tamuroona
Translation: އޭނާ އެއެދެނީ އޭނާގެ سحر ގެ ބާރުން ކަލޭމެން ކަލޭމެންގެރަށުން ނެރެލާށެވެ. ފަހެ އެހެންވެ (އޭނާޔާ ބެހޭގޮތުން) ކަލޭމެން އަހުރެންނަށް ދޭނޭ مشورة އަކީ ކޮބައިހެއްޔެވެ؟
قَالُوٓاْ أَرۡجِهۡ وَأَخَاهُ وَٱبۡعَثۡ فِي ٱلۡمَدَآئِنِ حَٰشِرِينَ ﴿36﴾قَالُوٓاْ أَرۡجِهۡ وَأَخَاهُ وَٱبۡعَثۡ فِي ٱلۡمَدَآئِنِ حَٰشِرِينَ
Transliteration: Qaloo arjih waakhahu waibAAath fee almadaini hashireena
Translation: އެމީހުން އޭނާއަށް ދެންނެވިއެވެ. އޭނާޔާއި އޭނާގެ أخ ގެ (އެބަހީ: موسى عليه السّلام އާއި އެކަލޭގެފާނުންގެ أخ هارون عليه السّلام އާއި ދެކަލުންގެ) ކަންތައް އިހަށް ފަސްކޮށްލައްވާށެވެ! سحر ވެރިން އެއްކުރުމަށް މަނިކުފާނު ރަށްތަކަށް މީހުން ފޮނުއްވާށެވެ! އަދި سحر ވެރިން އެއްކުރައްވާށެވެ!
يَأۡتُوكَ بِكُلِّ سَحَّارٍ عَلِيمٖ ﴿37﴾يَأۡتُوكَ بِكُلِّ سَحَّارٍ عَلِيمٖ
Transliteration: Yatooka bikulli sahharin AAaleemin
Translation: سحر ދަންނަ - سحر އަށް ކުޅަދާނަ ކޮންމެ މީހަކާއިގެން އެމީހުން މަނިކުފާނުންގެގާތަށް އަތުވެދާނެއެވެ.
فَجُمِعَ ٱلسَّحَرَةُ لِمِيقَٰتِ يَوۡمٖ مَّعۡلُومٖ ﴿38﴾فَجُمِعَ ٱلسَّحَرَةُ لِمِيقَٰتِ يَوۡمٖ مَّعۡلُومٖ
Transliteration: FajumiAAa alssaharatu limeeqati yawmin maAAloomin
Translation: ފަހެ ކަނޑައެޅި عيّن ވެގެންވާ ދުވަހެއްގެ ކަނޑައެޅި އެނގިގެންވާ ތަނަކަށް سحر ވެރިންތައް ޖަމާކުރެވިއްޖެއެވެ.
وَقِيلَ لِلنَّاسِ هَلۡ أَنتُم مُّجۡتَمِعُونَ ﴿39﴾وَقِيلَ لِلنَّاسِ هَلۡ أَنتُم مُّجۡتَمِعُونَ
Transliteration: Waqeela lilnnasi hal antum mujtamiAAoona
Translation: އަދި މީސްތަކުންނަށް އެންގެވުނެވެ. ކަލޭމެން جمع ނުވާނޭހެއްޔެވެ؟ (ކަލޭމެން އެތަނަށް އެއްނުވާނެހެއްޔެވެ؟)
لَعَلَّنَا نَتَّبِعُ ٱلسَّحَرَةَ إِن كَانُواْ هُمُ ٱلۡغَٰلِبِينَ ﴿40﴾لَعَلَّنَا نَتَّبِعُ ٱلسَّحَرَةَ إِن كَانُواْ هُمُ ٱلۡغَٰلِبِينَ
Transliteration: LaAAallana nattabiAAu alssaharata in kanoo humu alghalibeena
Translation: އެއީ سحر ވެރިން މޮޅުވެއްޖެނަމަ އަހަރެމެން سحر ވެރިންނާއި تبع ވުމަށްޓަކައެވެ.
فَلَمَّا جَآءَ ٱلسَّحَرَةُ قَالُواْ لِفِرۡعَوۡنَ أَئِنَّ لَنَا لَأَجۡرًا إِن كُنَّا نَحۡنُ ٱلۡغَٰلِبِينَ ﴿41﴾فَلَمَّا جَآءَ ٱلسَّحَرَةُ قَالُواْ لِفِرۡعَوۡنَ أَئِنَّ لَنَا لَأَجۡرًا إِن كُنَّا نَحۡنُ ٱلۡغَٰلِبِينَ
Transliteration: Falamma jaa alssaharatu qaloo lifirAAawna ainna lana laajran in kunna nahnu alghalibeena
Translation: ދެންފަހެ سحر ވެރިން فرعون ގެގާތަށް އައިހިނދުން އެމީހުން فرعون އަށް ދެންނެވިއެވެ. ކަނޑައެޅިގެން އަހުރެމެން މިކަމުގައި ގަދަވެ މޮޅުވެއްޖެނަމަ އަހުރެމެންނަށް އެއްވެސް އުޖޫރައެއް އޮންނާނޭހެއްޔެވެ؟
قَالَ نَعَمۡ وَإِنَّكُمۡ إِذٗا لَّمِنَ ٱلۡمُقَرَّبِينَ ﴿42﴾قَالَ نَعَمۡ وَإِنَّكُمۡ إِذٗا لَّمِنَ ٱلۡمُقَرَّبِينَ
Transliteration: Qala naAAam wainnakum ithan lamina almuqarrabeena
Translation: فرعون ބުންޏެވެ. އާނއެކެވެ. އޭރުން ކަލޭމެންވާނީ އަހުރެންގެ އެންމެ އަރިސް އެންމެ ކުއްތަންވެގެންވާ މީހުންގެތެރެއިންނެވެ.
قَالَ لَهُم مُّوسَىٰٓ أَلۡقُواْ مَآ أَنتُم مُّلۡقُونَ ﴿43﴾قَالَ لَهُم مُّوسَىٰٓ أَلۡقُواْ مَآ أَنتُم مُّلۡقُونَ
Transliteration: Qala lahum moosa alqoo ma antum mulqoona
Translation: ދެންފަހެ موسى عليه السّلام އެ سحر ވެރިންނަށް ވިދާޅުވިއެވެ. ކަލޭމެން އެއްލާނެ އެއްޗެއް އެއްލާށެވެ. އުކާނެ އެއްޗެއް އުކާށެވެ. އޭރު ميدان އޮތީ މީހުންނާއިގެން ތޮއްޖެހިފައެވެ.
فَأَلۡقَوۡاْ حِبَالَهُمۡ وَعِصِيَّهُمۡ وَقَالُواْ بِعِزَّةِ فِرۡعَوۡنَ إِنَّا لَنَحۡنُ ٱلۡغَٰلِبُونَ ﴿44﴾فَأَلۡقَوۡاْ حِبَالَهُمۡ وَعِصِيَّهُمۡ وَقَالُواْ بِعِزَّةِ فِرۡعَوۡنَ إِنَّا لَنَحۡنُ ٱلۡغَٰلِبُونَ
Transliteration: Faalqaw hibalahum waAAisiyyahum waqaloo biAAizzati firAAawna inna lanahnu alghaliboona
Translation: ދެންފަހެ އެމީހުން އެމީހުންގެ ވާބުރިތަކާއި އަސާތައް ميدان އަށް އުކާލައިފިއެވެ. (އެއީ سحر ހަދާފައެވެ.) އަދި فرعون ގެ عزّة ތެރިކަމާއި ބާރު ގަންދީހުވާކޮށްފައި އެމީހުން ބުންޏެވެ. ހަމަކަށަވަރުން އަހުރެމެންނީ ގަދަވާނެ މީހުންނެވެ. މޮޅުވާނެ މީހުންނެވެ.
فَأَلۡقَىٰ مُوسَىٰ عَصَاهُ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ ﴿45﴾فَأَلۡقَىٰ مُوسَىٰ عَصَاهُ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ
Transliteration: Faalqa moosa AAasahu faitha hiya talqafu ma yafikoona
Translation: ފަހެ موسى عليه السّلام އެކަލޭގެފާނުންގެ عَصَا ކޮޅު (އެ ميدان އަށް) އެއްލަވާލައްވައިފިއެވެ. އެހައިރުން އޭތި (ހަރުފަޔަކަށްވެ އެމީހުން ހެދި سحر ން ميدان ގައި حركاة ކުރަމުންދިޔަ އެންމެހައި ހަރުފަޔާއި ދިރޭތަކެތި) އެމީހުން ދޮގުހަދާ ކަމުގައިވި އެންމެހައިތަކެތި އެއަސާކޮޅުގެ ހަރުފަ ކައި ދިރުވައިފިއެވެ.
فَأُلۡقِيَ ٱلسَّحَرَةُ سَٰجِدِينَ ﴿46﴾فَأُلۡقِيَ ٱلسَّحَرَةُ سَٰجِدِينَ
Transliteration: Faolqiya alssaharatu sajideena
Translation: (އެހިނދު موسى عليه السّلام އެގެންނެވިކަމަކީ سحر ނޫން ކަމުގައި سحر ވެރިންނަށް ރަނގަޅަށް އެނގި بَيَان ވެ إيمان ވެއްޖެއެވެ.) ފަހެ އެހުރިހާ سحر ވެރިން سَجِدَة އަށް ތިރިވެއްޖެއެވެ.
قَالُوٓاْ ءَامَنَّا بِرَبِّ ٱلۡعَٰلَمِينَ ﴿47﴾قَالُوٓاْ ءَامَنَّا بِرَبِّ ٱلۡعَٰلَمِينَ
Transliteration: Qaloo amanna birabbi alAAalameena
Translation: އަދި އެމީހުން ބުންޏެވެ. عالم ތަކުގެވެރި ربّ އަށް އަހުރެމެން إيمان ވެއްޖައީމެވެ.
رَبِّ مُوسَىٰ وَهَٰرُونَ ﴿48﴾رَبِّ مُوسَىٰ وَهَٰرُونَ
Transliteration: Rabbi moosa waharoona
Translation: އެއީ موسى އާއި هارون ގެ ربّ އެވެ.
قَالَ ءَامَنتُمۡ لَهُۥ قَبۡلَ أَنۡ ءَاذَنَ لَكُمۡۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِي عَلَّمَكُمُ ٱلسِّحۡرَ فَلَسَوۡفَ تَعۡلَمُونَۚ لَأُقَطِّعَنَّ أَيۡدِيَكُمۡ وَأَرۡجُلَكُم مِّنۡ خِلَٰفٖ وَلَأُصَلِّبَنَّكُمۡ أَجۡمَعِينَ ﴿49﴾قَالَ ءَامَنتُمۡ لَهُۥ قَبۡلَ أَنۡ ءَاذَنَ لَكُمۡۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِي عَلَّمَكُمُ ٱلسِّحۡرَ فَلَسَوۡفَ تَعۡلَمُونَۚ لَأُقَطِّعَنَّ أَيۡدِيَكُمۡ وَأَرۡجُلَكُم مِّنۡ خِلَٰفٖ وَلَأُصَلِّبَنَّكُمۡ أَجۡمَعِينَ
Transliteration: Qala amantum lahu qabla an athana lakum innahu lakabeerukumu allathee AAallamakumu alssihra falasawfa taAAlamoona laoqattiAAanna aydiyakum waarjulakum min khilafin walaosallibannakum ajmaAAeena
Translation: އޭނާ އެބަހީ: فرعون ބުންޏެވެ. އަހުރެން ކަލޭމެނަށް ހުއްދަ ނުދެނީސް އިޒުނަ ނުދެނީސް ކަލޭމެން އޭނާއަށް إيمان ވީހެއްޔެވެ؟ ހަމަކަށަވަރުން އޭނާއަކީ يعني: موسى އަކީ - ކަލޭމެނަށް سحر އުގަންނައިދިން ކަލޭމެންގެ ބޮޑުމީހާއެވެ. ފަހެ ނިކަންހުރެ (އަހުރެންގެފަރާތުން ކަލޭމެންނަށް ހުރި عقوبة) ކަލޭމެންނަށް އެނގިދާނެއެވެ. ހަމަކަށަވަރުން يقين ންވެސް އަހުރެން ކަލޭމެންގެ އަތްތަކާއި އަދި ފައިތައް ކަންކުއްޗަށް (އެބަހީ: ކަނާތާއި ވައަތުފައި) ކަނޑާހުށީމެވެ! އަދި ކަލޭމެން އެންމެން ސޮލީބަށް އަރުވާހުށީމެވެ!
قَالُواْ لَا ضَيۡرَۖ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ ﴿50﴾قَالُواْ لَا ضَيۡرَۖ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ
Transliteration: Qaloo la dayra inna ila rabbina munqaliboona
Translation: އެމީހުން އެބަހީ: سحر ވެރިން ބުންޏެވެ. އަހުރެމެންނަށް އެއްވެސް ގެއްލުމެއްނެތެވެ. ހަމަކަށަވަރުން އަހުރެމެންނަކީ އަހުރެމެންގެ ربّ ގެ حضرة އަށް އެނބުރިދާނެ ބަޔަކީމެވެ.
إِنَّا نَطۡمَعُ أَن يَغۡفِرَ لَنَا رَبُّنَا خَطَٰيَٰنَآ أَن كُنَّآ أَوَّلَ ٱلۡمُؤۡمِنِينَ ﴿51﴾إِنَّا نَطۡمَعُ أَن يَغۡفِرَ لَنَا رَبُّنَا خَطَٰيَٰنَآ أَن كُنَّآ أَوَّلَ ٱلۡمُؤۡمِنِينَ
Transliteration: Inna natmaAAu an yaghfira lana rabbuna khatayana an kunna awwala almumineena
Translation: ހަމަކަށަވަރުން އަހުރެމެން ދަހިވެތިކަމާއިއެކު އެދެނީ އަހުރެމެންގެ ربّ އަހުރެމެންގެ ކުށްތަކާއި ފާފަތައް ފުއްސަވައިދެއްވުމެވެ. އެއީ އަހުރެމެން (މި أمّة ން) އެންމެ ފުރަތަމަ مؤمن ންކަމުގައި ވުމުންނެވެ.
وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَسۡرِ بِعِبَادِيٓ إِنَّكُم مُّتَّبَعُونَ ﴿52﴾۞وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَسۡرِ بِعِبَادِيٓ إِنَّكُم مُّتَّبَعُونَ
Transliteration: Waawhayna ila moosa an asri biAAibadee innakum muttabaAAoona
Translation: އަދި ތިމަންރަސްކަލާނގެ موسى عليه السّلام އަށް وحي ކުރެއްވީމެވެ. ކަލޭގެފާނު ތިމަންރަސްކަލާނގެ އަޅުތަކުންނާއިގެން އެބަހީ: بَنِي إسْرَائيل ންނާއިގެން (ރޭގަނޑުގެ ވަގުތެއްގައި) ހިންގަވާފައި ނުކުމެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންނަކީ تبع ވެވިގެންވާ ބައެކެވެ. (އެބަހީ: فرعون އާއި އޭނާގެ މީހުން ކަލޭމެންގެ ފަހަތުން އަޅުވައިލާނެއެވެ. ފަހަތުން އަންނާނެއެވެ.)
فَأَرۡسَلَ فِرۡعَوۡنُ فِي ٱلۡمَدَآئِنِ حَٰشِرِينَ ﴿53﴾فَأَرۡسَلَ فِرۡعَوۡنُ فِي ٱلۡمَدَآئِنِ حَٰشِرِينَ
Transliteration: Faarsala firAAawnu fee almadaini hashireena
Translation: ފަހެ فرعون، ރަށްތަކުން لشكر އެއްކުރުމަށް ފޮނުވައިފިއެވެ.
إِنَّ هَـٰٓؤُلَآءِ لَشِرۡذِمَةٞ قَلِيلُونَ ﴿54﴾إِنَّ هَـٰٓؤُلَآءِ لَشِرۡذِمَةٞ قَلِيلُونَ
Transliteration: Inna haolai lashirthimatun qaleeloona
Translation: (އަދި އޭނާ އެމީހުންނަށް ބުންޏެވެ.) މިމީހުންނަކީ ދާދި މަދުމީސްކޮޅެކެވެ. އެބަހީ: بَنُو اسْرائيل އަކީ މަދުބައެކެވެ.)
وَإِنَّهُمۡ لَنَا لَغَآئِظُونَ ﴿55﴾وَإِنَّهُمۡ لَنَا لَغَآئِظُونَ
Transliteration: Wainnahum lana laghaithoona
Translation: އަދި ހަމަކަށަވަރުން އެމީހުންނަކީ އަހުރެމެން ރުޅިއަރުވާ ބައެކެވެ.
وَإِنَّا لَجَمِيعٌ حَٰذِرُونَ ﴿56﴾وَإِنَّا لَجَمِيعٌ حَٰذِرُونَ
Transliteration: Wainna lajameeAAun hathiroona
Translation: އަދި ހަމަކަށަވަރުން އަހުރެމެން މިވަނީ ހަތިޔާރާއެކު އެންމެން ތައްޔާރުވެގެންނެވެ.
فَأَخۡرَجۡنَٰهُم مِّن جَنَّـٰتٖ وَعُيُونٖ ﴿57﴾فَأَخۡرَجۡنَٰهُم مِّن جَنَّـٰتٖ وَعُيُونٖ
Transliteration: Faakhrajnahum min jannatin waAAuyoonin
Translation: ،(58) ފަހެ ބަގީޗާތަކުންނާއި ކޯރުތަކުންނާއި އަދި އެކިބާވަތުގެ خَزَانَة ތަކުންނާއި އަދި މާތްވެގެންވާ ތަންތަނުން ތިމަންރަސްކަލާނގެ އެމީހުން ނެރުއްވީމެވެ.
وَكُنُوزٖ وَمَقَامٖ كَرِيمٖ ﴿58﴾وَكُنُوزٖ وَمَقَامٖ كَرِيمٖ
Transliteration: Wakunoozin wamaqamin kareemin
Translation: ،(58) ފަހެ ބަގީޗާތަކުންނާއި ކޯރުތަކުންނާއި އަދި އެކިބާވަތުގެ خَزَانَة ތަކުންނާއި އަދި މާތްވެގެންވާ ތަންތަނުން ތިމަންރަސްކަލާނގެ އެމީހުން ނެރުއްވީމެވެ.
كَذَٰلِكَۖ وَأَوۡرَثۡنَٰهَا بَنِيٓ إِسۡرَـٰٓءِيلَ ﴿59﴾كَذَٰلِكَۖ وَأَوۡرَثۡنَٰهَا بَنِيٓ إِسۡرَـٰٓءِيلَ
Transliteration: Kathalika waawrathnaha banee israeela
Translation: ތިމަންރަސްކަލާނގެ އެމީހުން އެތަންތަނުން ނެރުނީ އެފަދައިންނެވެ. އަދި އެތަންތަން ތިމަންރަސްކަލާނގެ بَنِي اسْرائيل ންނަށް ވާރުތަކޮށްދިނީމެވެ.
فَأَتۡبَعُوهُم مُّشۡرِقِينَ ﴿60﴾فَأَتۡبَعُوهُم مُّشۡرِقِينَ
Transliteration: FaatbaAAoohum mushriqeena
Translation: ދެންފަހެ މިމީހުން އެމީހުންނާއި އިރުއަރާ ވަގުތު تبع ކުރިއެވެ. ގާތްކުރިއެވެ. (އެބަހީ: فرعون އާއި އޭނާގެ لشكر موسى عليه السّلام އާއި އެކަލޭގެފާނުންގެ އަރިހުގައިވާ މީހުންނާއި ގާތްކުރިއެވެ.
فَلَمَّا تَرَـٰٓءَا ٱلۡجَمۡعَانِ قَالَ أَصۡحَٰبُ مُوسَىٰٓ إِنَّا لَمُدۡرَكُونَ ﴿61﴾فَلَمَّا تَرَـٰٓءَا ٱلۡجَمۡعَانِ قَالَ أَصۡحَٰبُ مُوسَىٰٓ إِنَّا لَمُدۡرَكُونَ
Transliteration: Falamma taraa aljamAAani qala ashabu moosa inna lamudrakoona
Translation: ދެންފަހެ ދެ لشكر އެއްބަޔަކު އަނެއްބަޔަކަށް ފެންނަފަށަށް އައިހިނދުން موسى عليه السّلام ގެ އަރިހުގައި ތިބި އެކަލޭގެފާނުންގެ أصحاب ދެންނެވިއެވެ. ހަމަކަށަވަރުން އަހުރެމެންނަކީ އަތުލައި ގަނެވިފައިވާ ބައެކެވެ. (އެބަހީ: فرعون އާއި އޭނާގެ لشكر އަހުރެމެން އަތުލާނެއެވެ. މިއީ موسى عليه السّلام އަށް އީމާންވެގެން ތިބިމީހުންގެ ބިރުވެރިކަން ހުރިވަރެވެ.)
قَالَ كَلَّآۖ إِنَّ مَعِيَ رَبِّي سَيَهۡدِينِ ﴿62﴾قَالَ كَلَّآۖ إِنَّ مَعِيَ رَبِّي سَيَهۡدِينِ
Transliteration: Qala kalla inna maAAiya rabbee sayahdeeni
Translation: އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. އެއްގޮތަކަށްވެސް ތިޔަހެން ނުވާނެއެވެ. އަހުރެންގެ ربّ އަހުރެންނާއެކު ވެއެވެ. އެކަލާނގެ އަހުރެންނަށް މަގުދައްކަވާނެއެވެ.\n(އޭ މީސްތަކުންނޭވެ! موسى عليه السّلام ގެ ހުރި إيمان ކަމާއި ސާބިތުކަމާއި ﷲ އަށް وكيل ކުރެއްވުންހުރި ފެންވަރު ނިކަން ދެކިބަލާށެވެ. އެކަލޭގެފާނުންގެ އަރިހު އީމާންވެގެންތިބިމީހުންވެސް އެތިބީ ޝައްކުވެފައެވެ. ނަމަވެސް موسى عليه السّلام ގެ ހުރި إيمان ކަމާއި ސާބިތުކަމަށް އެއްވެސް ބުރުލެއްނާރައެވެ. އެއީ ﷲ އަށް وكيل ކޮށް އީމާންވާންވީ ފެންވަރެވެ. އަހުރެމެންގައި މިހުރީ ކޮންކަހަލަ إيمان ކަމެއް ބާވައެވެ؟؟؟
فَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنِ ٱضۡرِب بِّعَصَاكَ ٱلۡبَحۡرَۖ فَٱنفَلَقَ فَكَانَ كُلُّ فِرۡقٖ كَٱلطَّوۡدِ ٱلۡعَظِيمِ ﴿63﴾فَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنِ ٱضۡرِب بِّعَصَاكَ ٱلۡبَحۡرَۖ فَٱنفَلَقَ فَكَانَ كُلُّ فِرۡقٖ كَٱلطَّوۡدِ ٱلۡعَظِيمِ
Transliteration: Faawhayna ila moosa ani idrib biAAasaka albahra fainfalaqa fakana kullu firqin kaalttawdi alAAatheemi
Translation: ފަހެ موسى - عليه السّلام - އަށް ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. ކަލޭގެފާނު ކަލޭގެފާނުންގެ އަސާކޮޅުން ކަނޑުގައި ޖައްސަވާށެވެ. (ދެން އެކަލޭގެފާނު އަސާކޮޅުން ކަނޑުގައި ޖެއްސެވީއެވެ. އަދި ޖެއްސެވުމުން) ފަހެ އެކަނޑު ފަޅަފަޅައިގެން ހިނގައްޖެއެވެ. ބާރަބަޔަށް ކަނޑުބައިވެގޮސް ބާރަމަގު ހެދި ކޮންމެ ދެމަގެއްދެމެދު ފެންގަނޑު ހިފެހެއްޓި މައްޗަށްއަރާފައިވިއެވެ. އެއިން ކޮންމެ ބައެއް ބޮޑުފަރުބަދައެއްފަދައިން ވެއްޖެއެވެ.
وَأَزۡلَفۡنَا ثَمَّ ٱلۡأٓخَرِينَ ﴿64﴾وَأَزۡلَفۡنَا ثَمَّ ٱلۡأٓخَرِينَ
Transliteration: Waazlafna thamma alakhareena
Translation: އަދި އެތަނަށް ތިމަންރަސްކަލާނގެ އަނެއްބައިމީހުން ގެންނަވާ ގާތްކުރެއްވީމެވެ. (އެބަހީ: އެތަނަށް فرعون އާއި އޭނާގެ لشكر ގެންނެވީމެވެ. ދެންފަހެ موسى عليه السّلام އާއި އެކަލޭގެފާނުންގެ އަރިހުގައިވާ މީހުން ކަނޑުގެ އެމަގުތަކުން ދަތުރުކޮށްފައިގޮސް ކަނޑުގެ އަނެއްފަރާތު އެއްގަމަށް އެރިއިރު فرعون އާއި އޭނާގެ لشكر ވަނީ އެމަގުތަކުގެތެރޭގައެވެ. އެވަގުތު ﷲ تعالى ކަނޑު ކުރީގޮތަށް ހައްދަވައިލައްވާ އެކަނޑުތެރޭގައި فرعون އާއި އޭނާގެ لشكر غرق ކުރެއްވީއެވެ. އެވާހަކަ އަންނަނިވި އާޔަތުގައި އެވަނީއެވެ.)
وَأَنجَيۡنَا مُوسَىٰ وَمَن مَّعَهُۥٓ أَجۡمَعِينَ ﴿65﴾وَأَنجَيۡنَا مُوسَىٰ وَمَن مَّعَهُۥٓ أَجۡمَعِينَ
Transliteration: Waanjayna moosa waman maAAahu ajmaAAeena
Translation: އަދި ތިމަންރަސްކަލާނގެ موسى عليه السّلام އާއި އެކަލޭގެފާނާއި އެކުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ.
ثُمَّ أَغۡرَقۡنَا ٱلۡأٓخَرِينَ ﴿66﴾ثُمَّ أَغۡرَقۡنَا ٱلۡأٓخَرِينَ
Transliteration: Thumma aghraqna alakhareena
Translation: އަދި ތިމަންރަސްކަލާނގެ އަނެއްބައިމީހުން އެބަހީ: فرعون އާއި އޭނާގެ لشكر غرق ކުރެއްވީމެވެ.
إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ ﴿67﴾إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ
Transliteration: Inna fee thalika laayatan wama kana aktharuhum mumineena
Translation: ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: موسى عليه السّلام ސަލާމަތްކުރެއްވުމާއި ސަލާމަތްކުރައްވަން ދިމާވި ސަބަބާއި އަދި فرعون غرق ކުރެއްވުމާއި އަދި އޭނާ غرق ވާން ދިމާވި ސަބަބާއި މިމިކަންތަކުގައި) ކަނޑައެޅި بيان ވެގެންވާ دليل ވެއެވެ. (އެއީ ތިމަންރަސްކަލާނގެ ކަންތައް ހިންގަވާގޮތުގެ އަދި ހިންގަވާނެގޮތުގެ دليل އެވެ. عبرة އާއި ފިލާވަޅެވެ.) އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ.
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ﴿68﴾وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ
Transliteration: Wainna rabbaka lahuwa alAAazeezu alrraheemu
Translation: އަދި ހަމަކަށަވަރުން ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
وَٱتۡلُ عَلَيۡهِمۡ نَبَأَ إِبۡرَٰهِيمَ ﴿69﴾وَٱتۡلُ عَلَيۡهِمۡ نَبَأَ إِبۡرَٰهِيمَ
Transliteration: Waotlu AAalayhim nabaa ibraheema
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް إبراهيم عليه السّلام ގެ خبر ތައް ވިދާޅުވެދެވާށެވެ!
إِذۡ قَالَ لِأَبِيهِ وَقَوۡمِهِۦ مَا تَعۡبُدُونَ ﴿70﴾إِذۡ قَالَ لِأَبِيهِ وَقَوۡمِهِۦ مَا تَعۡبُدُونَ
Transliteration: Ith qala liabeehi waqawmihi ma taAAbudoona
Translation: އެއީ އެކަލޭގެފާނުންގެ ބައްޕައަށާއި އަދި އެކަލޭގެފާނުންގެ قوم ގެމީހުންނަށް ވިދާޅުވިހިނދުގައެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) ކަލޭމެން ތިޔަ އަޅުކަންކުރަނީ ކޮންއެއްޗަކަށްހެއްޔެވެ؟
قَالُواْ نَعۡبُدُ أَصۡنَامٗا فَنَظَلُّ لَهَا عَٰكِفِينَ ﴿71﴾قَالُواْ نَعۡبُدُ أَصۡنَامٗا فَنَظَلُّ لَهَا عَٰكِفِينَ
Transliteration: Qaloo naAAbudu asnaman fanathallu laha AAakifeena
Translation: އެމީހުން ދެންނެވިއެވެ. އަހުރެމެން މިއަޅުކަންކުރަނީ ބުދުތަކަށެވެ. އަދި އަހުރެމެން އެއަށް އަޅުކަންކުރުމުގައި ނުވަތަ އެއަށް خدمة ކުރުމުގައި قائم ވެތިބެނީއެވެ.
قَالَ هَلۡ يَسۡمَعُونَكُمۡ إِذۡ تَدۡعُونَ ﴿72﴾قَالَ هَلۡ يَسۡمَعُونَكُمۡ إِذۡ تَدۡعُونَ
Transliteration: Qala hal yasmaAAoonakum ith tadAAoona
Translation: އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން އެތަކެއްޗަށް ގޮވާއިރު އެތަކެތި ކަލޭމެންގެ އަޑުއަހައިހެއްޔެވެ؟
أَوۡ يَنفَعُونَكُمۡ أَوۡ يَضُرُّونَ ﴿73﴾أَوۡ يَنفَعُونَكُمۡ أَوۡ يَضُرُّونَ
Transliteration: Aw yanfaAAoonakum aw yadurroona
Translation: ނުވަތަ އެތަކެތި ކަލޭމެނަށް منفع އެއްކޮށްދޭހެއްޔެވެ؟ ނުވަތަ ގެއްލުމެއްދޭހެއްޔެވެ؟
قَالُواْ بَلۡ وَجَدۡنَآ ءَابَآءَنَا كَذَٰلِكَ يَفۡعَلُونَ ﴿74﴾قَالُواْ بَلۡ وَجَدۡنَآ ءَابَآءَنَا كَذَٰلِكَ يَفۡعَلُونَ
Transliteration: Qaloo bal wajadna abaana kathalika yafAAaloona
Translation: އެމީހުން ދެންނެވިއެވެ. އެހެންނަކުން ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އަހުރެމެން ދުށީ އަހުރެމެންގެ ކާބަފައިން އެފަދައިން ކަންތައް ކުރާތަނެވެ. (އަހަރެމެންވެސް އެގޮތަށް ކަންތައް ކުރަނީއެވެ.)
قَالَ أَفَرَءَيۡتُم مَّا كُنتُمۡ تَعۡبُدُونَ ﴿75﴾قَالَ أَفَرَءَيۡتُم مَّا كُنتُمۡ تَعۡبُدُونَ
Transliteration: Qala afaraaytum ma kuntum taAAbudoona
Translation: އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ތިޔައަޅުކަންކުރާތަކެތި ކަލޭމެން ނިކަން ދެކިބަލާށެވެ.
أَنتُمۡ وَءَابَآؤُكُمُ ٱلۡأَقۡدَمُونَ ﴿76﴾أَنتُمۡ وَءَابَآؤُكُمُ ٱلۡأَقۡدَمُونَ
Transliteration: Antum waabaokumu alaqdamoona
Translation: ކަލޭމެންނާއި ކަލޭމެންގެ އިސްވެދިޔަ އިހުގެ ކާބަފައިން އަޅުކަން އެކުރި ތަކެތި ނިކަން ދެކެބަލާށެވެ.
فَإِنَّهُمۡ عَدُوّٞ لِّيٓ إِلَّا رَبَّ ٱلۡعَٰلَمِينَ ﴿77﴾فَإِنَّهُمۡ عَدُوّٞ لِّيٓ إِلَّا رَبَّ ٱلۡعَٰلَمِينَ
Transliteration: Fainnahum AAaduwwun lee illa rabba alAAalameena
Translation: ފަހެ ހަމަކަށަވަރުން عَالم ތައް ހައްދަވާބޮޑުކުރައްވާ އެތަކެތި ބަލަހައްޓަވާ އެތަކެތީގެ رَبُّ ފިޔަވައި ދެން އެއީ ހައްތާވެސް އަހުރެންގެ عَدُوّ ންނެވެ.
ٱلَّذِي خَلَقَنِي فَهُوَ يَهۡدِينِ ﴿78﴾ٱلَّذِي خَلَقَنِي فَهُوَ يَهۡدِينِ
Transliteration: Allathee khalaqanee fahuwa yahdeeni
Translation: އެކަލާނގެއީ އަހުރެން ހެއްދެވި ކަލާނގެއެވެ. ފަހެ އަހުރެންނަށް ތެދުމަގު ދައްކަވާނީ ހަމަ އެކަލާނގެއެވެ.
وَٱلَّذِي هُوَ يُطۡعِمُنِي وَيَسۡقِينِ ﴿79﴾وَٱلَّذِي هُوَ يُطۡعِمُنِي وَيَسۡقِينِ
Transliteration: Waallathee huwa yutAAimunee wayasqeeni
Translation: އަދި އަހުރެންނަށް ކާންދެއްވައި އަހުރެންނަށް ބޯންދެއްވަނީވެސް ހަމަ އެކަލާނގެއެވެ.
وَإِذَا مَرِضۡتُ فَهُوَ يَشۡفِينِ ﴿80﴾وَإِذَا مَرِضۡتُ فَهُوَ يَشۡفِينِ
Transliteration: Waitha maridtu fahuwa yashfeeni
Translation: އަދި އަހުރެން ބަލިވެއްޖެއްޔާ އަހުރެންނަށް شِفَاء ދެއްވާނީވެސް ހަމަ އެކަލާނގެއެވެ.
وَٱلَّذِي يُمِيتُنِي ثُمَّ يُحۡيِينِ ﴿81﴾وَٱلَّذِي يُمِيتُنِي ثُمَّ يُحۡيِينِ
Transliteration: Waallathee yumeetunee thumma yuhyeeni
Translation: އަދި އަހުރެން މަރުއްވާނީ އެކަލާނގެއެވެ. ދެން އަހުރެން ދިރުއްވާނީވެސް ހަމަ އެކަލާނގެއެވެ.
وَٱلَّذِيٓ أَطۡمَعُ أَن يَغۡفِرَ لِي خَطِيٓـَٔتِي يَوۡمَ ٱلدِّينِ ﴿82﴾وَٱلَّذِيٓ أَطۡمَعُ أَن يَغۡفِرَ لِي خَطِيٓـَٔتِي يَوۡمَ ٱلدِّينِ
Transliteration: Waallathee atmaAAu an yaghfira lee khateeatee yawma alddeeni
Translation: އަދި قيامة ދުވަހުން އަހުރެންގެ ކުށްފާފަތައް ފުއްސަވައިދެއްވުން އެދި އެކަމަށް ދަހިވެތިވަނީވެސް ހަމަ އެކަލާނގެ حضرة ގައެވެ.
رَبِّ هَبۡ لِي حُكۡمٗا وَأَلۡحِقۡنِي بِٱلصَّـٰلِحِينَ ﴿83﴾رَبِّ هَبۡ لِي حُكۡمٗا وَأَلۡحِقۡنِي بِٱلصَّـٰلِحِينَ
Transliteration: Rabbi hab lee hukman waalhiqnee bialssaliheena
Translation: އޭއަޅުގެ ربّ އެވެ. މިއަޅާއަށް حكم އެއްދެއްވައި - (އެބަހީ: نبي ކަންދެއްވައި) މާތްވެގެންވާ صالح ންނާއި މިއަޅާ ގުޅުއްވާނދޭވެ! (އެބަހީ: رسول ބޭކަލުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!)
وَٱجۡعَل لِّي لِسَانَ صِدۡقٖ فِي ٱلۡأٓخِرِينَ ﴿84﴾وَٱجۡعَل لِّي لِسَانَ صِدۡقٖ فِي ٱلۡأٓخِرِينَ
Transliteration: WaijAAal lee lisana sidqin fee alakhireena
Translation: އަދި އެހެނިހެން މީސްތަކުންގެ ތެރޭގައި ރިވެތިވެގެންވާ ثناء އާއި تعريف މިއަޅާއަށް ލައްވާނދޭވެ!
وَٱجۡعَلۡنِي مِن وَرَثَةِ جَنَّةِ ٱلنَّعِيمِ ﴿85﴾وَٱجۡعَلۡنِي مِن وَرَثَةِ جَنَّةِ ٱلنَّعِيمِ
Transliteration: WaijAAalnee min warathati jannati alnnaAAeemi
Translation: އަދި جَنَّةُ النَّعِيم އެވެ ކިޔާ ސުވަރުގޭގެ ވާރުތަވެރިންގެތެރެއިން މިއަޅާ ލައްވާނދޭވެ!
وَٱغۡفِرۡ لِأَبِيٓ إِنَّهُۥ كَانَ مِنَ ٱلضَّآلِّينَ ﴿86﴾وَٱغۡفِرۡ لِأَبِيٓ إِنَّهُۥ كَانَ مِنَ ٱلضَّآلِّينَ
Transliteration: Waighfir liabee innahu kana mina alddalleena
Translation: އަދި މިއަޅާގެ ބައްޕައަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން އޭނާ ވަނީ ތެދުމަގުގެއްލި މަގުފުރެދިގެންވާ މީހުންގެތެރެއިންނެވެ.
وَلَا تُخۡزِنِي يَوۡمَ يُبۡعَثُونَ ﴿87﴾وَلَا تُخۡزِنِي يَوۡمَ يُبۡعَثُونَ
Transliteration: Wala tukhzinee yawma yubAAathoona
Translation: އަދި މީސްތަކުން محشر އަށް ފޮނުއްވާދުވަހު މިއަޅާ ގެއްލެނި ނުކުރައްވާނދޭވެ! ދެރަނުކުރައްވާނދޭވެ!
يَوۡمَ لَا يَنفَعُ مَالٞ وَلَا بَنُونَ ﴿88﴾يَوۡمَ لَا يَنفَعُ مَالٞ وَلَا بَنُونَ
Transliteration: Yawma la yanfaAAu malun wala banoona
Translation: އެދުވަހަކީ މުދަލަކުންވިޔަސް އަދި ދަރިއަކުގެ ފަރާތަކުންވިޔަސް منفع އެއް ނުކުރާނޭދުވަހެވެ.
إِلَّا مَنۡ أَتَى ٱللَّهَ بِقَلۡبٖ سَلِيمٖ ﴿89﴾إِلَّا مَنۡ أَتَى ٱللَّهَ بِقَلۡبٖ سَلِيمٖ
Transliteration: Illa man ata Allaha biqalbin saleemin
Translation: ހަމައެކަނި ސަލާމަތްވެގެންވާ ހިތަކާއިގެން ﷲ ގެ حضرة އަށްދެވުނު މީހަކު މެނުވީއެވެ. (އެބަހީ: ﷲ ގެ އެއްކައުވަންތަކަމާމެދު އެއްވެސް ޝައްކެއްނެތި ޝައްކުތަކުން ސަލާމަތްވެގެންވާ ހިތަކާއިގެން ދެވުނު މީހެކެވެ.)
وَأُزۡلِفَتِ ٱلۡجَنَّةُ لِلۡمُتَّقِينَ ﴿90﴾وَأُزۡلِفَتِ ٱلۡجَنَّةُ لِلۡمُتَّقِينَ
Transliteration: Waozlifati aljannatu lilmuttaqeena
Translation: އަދި (قيامة ދުވަހުން) تقوى ވެރިންނަށް ސުވަރުގެ ގާތް ކުރެވޭނެއެވެ.
وَبُرِّزَتِ ٱلۡجَحِيمُ لِلۡغَاوِينَ ﴿91﴾وَبُرِّزَتِ ٱلۡجَحِيمُ لِلۡغَاوِينَ
Transliteration: Waburrizati aljaheemu lilghaweena
Translation: އަދި ތެދުމަގު ގެއްލި މަގުފުރެދުނު މީހުންނަށް ނުވަތަ شيطان ންނަށް ނަރަކަ ފައުޅުކުރެވޭނެއެވެ.
وَقِيلَ لَهُمۡ أَيۡنَ مَا كُنتُمۡ تَعۡبُدُونَ ﴿92﴾وَقِيلَ لَهُمۡ أَيۡنَ مَا كُنتُمۡ تَعۡبُدُونَ
Transliteration: Waqeela lahum ayna ma kuntum taAAbudoona
Translation: އަދި އެމީހުންނަށް ބުނެވޭނެއެވެ. ކަލޭމެން އަޅުކަންކުރާކަމުގައިވީ ތަކެތި ކޮބައިހެއްޔެވެ؟
مِن دُونِ ٱللَّهِ هَلۡ يَنصُرُونَكُمۡ أَوۡ يَنتَصِرُونَ ﴿93﴾مِن دُونِ ٱللَّهِ هَلۡ يَنصُرُونَكُمۡ أَوۡ يَنتَصِرُونَ
Transliteration: Min dooni Allahi hal yansuroonakum aw yantasiroona
Translation: އެއީ ﷲ ފިޔަވައި ކަލޭމެން އަޅުކަންކުރި ތަކެއްޗެވެ. އެތަކެތި ކަލޭމެނަށް نصر ދޭހެއްޔެވެ؟ (ﷲ ގެ عذاب ން ކަލޭމެން ސަލާމަތްކޮށްދޭހެއްޔެވެ؟) ނުވަތަ އެތަކެތީގެ އަމިއްލަ نفس އަށް نصر ލިބޭހެއްޔެވެ؟
فَكُبۡكِبُواْ فِيهَا هُمۡ وَٱلۡغَاوُۥنَ ﴿94﴾فَكُبۡكِبُواْ فِيهَا هُمۡ وَٱلۡغَاوُۥنَ
Transliteration: Fakubkiboo feeha hum waalghawoona
Translation: އެތަކެތި އެތަނަށް (އެބަހީ: ﷲ ފިޔަވައި އަޅުކަން ވެވުނުތަކެތި ނުވަތަ مشرك ން އެނަރަކައަށް) މޫނުވަތަށް އަޅާލެވޭނެއެވެ. އަދި شيطان ން ވެސް އެތަނަށް އަޅައިލެވޭނެއެވެ.
وَجُنُودُ إِبۡلِيسَ أَجۡمَعُونَ ﴿95﴾وَجُنُودُ إِبۡلِيسَ أَجۡمَعُونَ
Transliteration: Wajunoodu ibleesa ajmaAAoona
Translation: އަދި إبْليس ގެ އެންމެހައި ސިފައިންނާއި މިއެންމެންވެސް އެތަނަށް އަޅައިލެވޭނެއެވެ.
قَالُواْ وَهُمۡ فِيهَا يَخۡتَصِمُونَ ﴿96﴾قَالُواْ وَهُمۡ فِيهَا يَخۡتَصِمُونَ
Transliteration: Qaloo wahum feeha yakhtasimoona
Translation: އަދި އެމީހުން (އެބަހީ: شيطان ންނާއި ބުދުތަކާއި އަދި إبليس ގެ ސިފައިންނާއި) މިހުރިހާ މީހުން ނަރަކައިގައިތިބެ އަރައިރުންވާ حال ބުނާނެއެވެ.
تَٱللَّهِ إِن كُنَّا لَفِي ضَلَٰلٖ مُّبِينٍ ﴿97﴾تَٱللَّهِ إِن كُنَّا لَفِي ضَلَٰلٖ مُّبِينٍ
Transliteration: TaAllahi in kunna lafee dalalin mubeenin
Translation: ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން އަހުރެމެން މިވީ ކަނޑައެޅި بيان ވެގެންވާ މަގުފުރެއްދުމެއްގައެވެ.
إِذۡ نُسَوِّيكُم بِرَبِّ ٱلۡعَٰلَمِينَ ﴿98﴾إِذۡ نُسَوِّيكُم بِرَبِّ ٱلۡعَٰلَمِينَ
Transliteration: Ith nusawweekum birabbi alAAalameena
Translation: އެއީ عَالم ތަކުގެ ވެރި ربّ އާއި އަހުރެމެން ކަލޭމެން ހަމަކުރިހިނދުންނެވެ.
وَمَآ أَضَلَّنَآ إِلَّا ٱلۡمُجۡرِمُونَ ﴿99﴾وَمَآ أَضَلَّنَآ إِلَّا ٱلۡمُجۡرِمُونَ
Transliteration: Wama adallana illa almujrimoona
Translation: އަދި مجرم ން މެނުވީ އަހުރެމެން މަގުނުފުރައްދައެވެ. (އެބަހީ: އަހުރެމެން މަގުފުރެއްދި ބަޔަކީ ނުބައި ނުލަފާ ބައެކެވެ.)
فَمَا لَنَا مِن شَٰفِعِينَ ﴿100﴾فَمَا لَنَا مِن شَٰفِعِينَ
Transliteration: Fama lana min shafiAAeena
Translation: ފަހެ އަހުރެމެންނަކަށް އެއްވެސް شَفَاعة ތެރިއަކު ނުވެއެވެ.
وَلَا صَدِيقٍ حَمِيمٖ ﴿101﴾وَلَا صَدِيقٍ حَمِيمٖ
Transliteration: Wala sadeeqin hameemin
Translation: އަދި އެއްވެސް ގާތް އެކުވެރިއަކުވެސް ނުވެއެވެ.
فَلَوۡ أَنَّ لَنَا كَرَّةٗ فَنَكُونَ مِنَ ٱلۡمُؤۡمِنِينَ ﴿102﴾فَلَوۡ أَنَّ لَنَا كَرَّةٗ فَنَكُونَ مِنَ ٱلۡمُؤۡمِنِينَ
Transliteration: Falaw anna lana karratan fanakoona mina almumineena
Translation: ފަހެ އަހުރެމެންނަށް އެނބުރި ދުނިޔެއަށް رجوع ވުމެއް ވާނެނަމަ އަހުރެމެން مؤمن ންކަމުގައިވާހުށީމެވެ.
إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ ﴿103﴾إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ
Transliteration: Inna fee thalika laayatan wama kana aktharuhum mumineena
Translation: ހަމަކަށަވަރުން އެކަންތަކުގައި ކަނޑައެޅި بيان ވެގެންވާ دليل ވެއެވެ. (އެބަހީ: إبراهيم عليه السّلام އެކަލޭގެފާނުންގެ قوم ގެ މައްޗަށް އެ قائم ކުރެއްވި حجّة ތަކާއި قوم ގެމީހުންގެ ފަރާތުން ލިބުނު جواب އާއި މިކަންކަމުގައި ވިސްނާ ބަޔަކަށް ހުރި عبرة އާއި ރަނގަޅު دليل ވެއެވެ.) އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ. ތެދުކުރި މީހުންކަމުގައި ނުވިއެވެ.
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ﴿104﴾وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ
Transliteration: Wainna rabbaka lahuwa alAAazeezu alrraheemu
Translation: އަދި ހަމަކަށަވަރުން ކަލޭގެފާނުން ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
كَذَّبَتۡ قَوۡمُ نُوحٍ ٱلۡمُرۡسَلِينَ ﴿105﴾كَذَّبَتۡ قَوۡمُ نُوحٍ ٱلۡمُرۡسَلِينَ
Transliteration: Kaththabat qawmu noohin almursaleena
Translation: އަދި نوح عليه السّلام ގެ قوم ގެ މީހުން ފޮނުވުނު رسول ބޭކަލުން ދޮގުކުރިއެވެ.
إِذۡ قَالَ لَهُمۡ أَخُوهُمۡ نُوحٌ أَلَا تَتَّقُونَ ﴿106﴾إِذۡ قَالَ لَهُمۡ أَخُوهُمۡ نُوحٌ أَلَا تَتَّقُونَ
Transliteration: Ith qala lahum akhoohum noohun ala tattaqoona
Translation: އެއީ އެމީހުންގެ أخ نوح عليه السّلام އެމީހުންނަށް ވިދާޅުވިހިނދުގައެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) ކަލޭމެން تقوى ވެރިނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ.
إِنِّي لَكُمۡ رَسُولٌ أَمِينٞ ﴿107﴾إِنِّي لَكُمۡ رَسُولٌ أَمِينٞ
Transliteration: Innee lakum rasoolun ameenun
Translation: ތިމަންކަލޭގެފާނީ ހަމަކަށަވަރުން ކަލޭމެންނަށްވާ أمانة ތެރި رسول އަކީމެވެ.
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ﴿108﴾فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
Transliteration: Faittaqoo Allaha waateeAAooni
Translation: ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ. އަދި ތިމަންކަލޭގެފާނަށް ކަލޭމެން ކިޔަމަންތެރިވާށެވެ.
وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ ﴿109﴾وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ
Transliteration: Wama asalukum AAalayhi min ajrin in ajriya illa AAala rabbi alAAalameena
Translation: އަދި އެކަންތަކުގެމައްޗަށް (އެބަހީ: އަހުރެން رسول ކަން ކަލޭމެންނަށް އިއްވަވާ تَبْلِيْغُ ކުރެއްވުމުގެ މައްޗަށް) އަހުރެން ކަލޭމެންގެ ފަރާތުން އެއްވެސް އުޖޫރައަކަށް ނޭދެމެވެ. ޓެކްހަކަށް ނޭދެމެވެ. އަހުރެންގެ ދަރުމަ ހަމައެކަނި عَالم ތަކުގެ ވެރި ربّ ގެ حضرة ން މެނުވީ ނުވެއެވެ. (އެބަހީ: އަހުރެންނަށް ދަރުމަދެއްވާނީ އެކަލާނގެއެވެ.)
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ﴿110﴾فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
Transliteration: Faittaqoo Allaha waateeAAooni
Translation: ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އަދި ކަލޭމެން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
قَالُوٓاْ أَنُؤۡمِنُ لَكَ وَٱتَّبَعَكَ ٱلۡأَرۡذَلُونَ ﴿111﴾۞قَالُوٓاْ أَنُؤۡمِنُ لَكَ وَٱتَّبَعَكَ ٱلۡأَرۡذَلُونَ
Transliteration: Qaloo anuminu laka waittabaAAaka alarthaloona
Translation: އެމީހުން ދެންނެވިއެވެ. (އެބަހީ: قوم ގެ ބޮޑެތި ކަމުވޮށިވެގެންވާ މީހުން ދެންނެވިއެވެ.) އަހުރެމެން ކަލޭގެފާނަށް تبع ވާންވީހެއްޔެވެ؟ ކަލޭގެފާނަށް تبع ވަމުންތިޔަ ދަނީ ރަށުގައިތިބި ދެރަނިކަމެތިންނެވެ. (އެބަހީ: ދެރަނިކަމެތިންނާ އަހުރެމެންނާ އެއްވަރު ނުވެވޭނެއެވެ.)
قَالَ وَمَا عِلۡمِي بِمَا كَانُواْ يَعۡمَلُونَ ﴿112﴾قَالَ وَمَا عِلۡمِي بِمَا كَانُواْ يَعۡمَلُونَ
Transliteration: Qala wama AAilmee bima kanoo yaAAmaloona
Translation: އެކަލޭގެފާނު يعني: نُوح عليه السّلام ވިދާޅުވިއެވެ. އެމީހުން ކުރަމުންދާކަމެއް އަހުރެންނަކަށް އެނގިގެން ނުވެއެވެ. އެމީހުން ކުރަނީ ﷲ قبول ކުރައްވާ عمل އެއްކަމެއް ނުވަތަ ނޫންކަމެއް އަހުރެންނަކަށް ނޭނގެއެވެ.
إِنۡ حِسَابُهُمۡ إِلَّا عَلَىٰ رَبِّيۖ لَوۡ تَشۡعُرُونَ ﴿113﴾إِنۡ حِسَابُهُمۡ إِلَّا عَلَىٰ رَبِّيۖ لَوۡ تَشۡعُرُونَ
Transliteration: In hisabuhum illa AAala rabbee law tashAAuroona
Translation: އެމީހުންގެ حِسَاب އަހުރެންގެ ربّ ގެ حضرة ގައި މެނުވީ ނުވެއެވެ. (އެބަހީ: އެމީހުން ކުރާ عمل ތަކަށް حساب ކުރައްވައި އޭގެ ޖަޒާދެއްވާނީ ހަމަ އެކަލާނގެއެވެ.) ކަލޭމެންނަށް އެކަން އެނގޭނެ ނަމައެވެ.
وَمَآ أَنَا۠ بِطَارِدِ ٱلۡمُؤۡمِنِينَ ﴿114﴾وَمَآ أَنَا۠ بِطَارِدِ ٱلۡمُؤۡمِنِينَ
Transliteration: Wama ana bitaridi almumineena
Translation: އަދި إيمان ވެގެންވާމީހުން ފައްސާލައި ދުރަށްލާނެ މީހަކުކަމުގައި އަހުރެން ނުވެއެވެ.
إِنۡ أَنَا۠ إِلَّا نَذِيرٞ مُّبِينٞ ﴿115﴾إِنۡ أَنَا۠ إِلَّا نَذِيرٞ مُّبِينٞ
Transliteration: In ana illa natheerun mubeenun
Translation: ބަޔާންވެގެންވާ نَذِيْر އަކު ކަމުގައި މެނުވީ އަހުރެން ނުވެއެވެ. (އެބަހީ: އަހުރެންނަކީ އަތުވެދާނޭ عذاب އަކަށް ބިރުގަންނަވާ إنْذَار ކުރައްވާ ބޭކަލެކެވެ.)
قَالُواْ لَئِن لَّمۡ تَنتَهِ يَٰنُوحُ لَتَكُونَنَّ مِنَ ٱلۡمَرۡجُومِينَ ﴿116﴾قَالُواْ لَئِن لَّمۡ تَنتَهِ يَٰنُوحُ لَتَكُونَنَّ مِنَ ٱلۡمَرۡجُومِينَ
Transliteration: Qaloo lain lam tantahi ya noohu latakoonanna mina almarjoomeena
Translation: އެމީހުން يعني: ކާފަރުންގެމީހުން ދެންނެވިއެވެ. އޭ نوح އެވެ. ކަލޭގެފާނު ތިޔަވިދާޅުވާ ވާހަކަ ހުއްޓަވައިނުލިއްޔާ ހަމަކަށަވަރުން ކަލޭގެފާނަކީ رَجم ވެވިގެންވާ މީހުންގެ ތެރެއިންވާ މީހަކުކަމުގައި ލާހުށީމެވެ. އެބަހީ: ކަލޭގެފާނު رَجَم ކޮށް މަރައިފާނަމެވެ.
قَالَ رَبِّ إِنَّ قَوۡمِي كَذَّبُونِ ﴿117﴾قَالَ رَبِّ إِنَّ قَوۡمِي كَذَّبُونِ
Transliteration: Qala rabbi inna qawmee kaththabooni
Translation: އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާގެ قوم ގެ މީހުން މިއަޅާ ދޮގުކޮށްފިއެވެ.
فَٱفۡتَحۡ بَيۡنِي وَبَيۡنَهُمۡ فَتۡحٗا وَنَجِّنِي وَمَن مَّعِيَ مِنَ ٱلۡمُؤۡمِنِينَ ﴿118﴾فَٱفۡتَحۡ بَيۡنِي وَبَيۡنَهُمۡ فَتۡحٗا وَنَجِّنِي وَمَن مَّعِيَ مِنَ ٱلۡمُؤۡمِنِينَ
Transliteration: Faiftah baynee wabaynahum fathan wanajjinee waman maAAiya mina almumineena
Translation: ފަހެ މިއަޅާއާއި އެމީހުންނާދެމެދު حكم އެއްކުރައްވައި ނިޔާއެއްކުރައްވާނދޭވެ! އަދި މިއަޅާއާއި މިއަޅާއާއިއެކުގައިވާ مؤمن ން ސަލާމަތްކުރައްވާނދޭވެ!
فَأَنجَيۡنَٰهُ وَمَن مَّعَهُۥ فِي ٱلۡفُلۡكِ ٱلۡمَشۡحُونِ ﴿119﴾فَأَنجَيۡنَٰهُ وَمَن مَّعَهُۥ فِي ٱلۡفُلۡكِ ٱلۡمَشۡحُونِ
Transliteration: Faanjaynahu waman maAAahu fee alfulki almashhooni
Translation: ދެންފަހެ އެކަލޭގެފާނާއި އަދި އެކަލޭގެފާނާއި އެކުގައިވާ މީހުން ފުރިބާރުވެފައިވާ ނަވުގައި ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ.
ثُمَّ أَغۡرَقۡنَا بَعۡدُ ٱلۡبَاقِينَ ﴿120﴾ثُمَّ أَغۡرَقۡنَا بَعۡدُ ٱلۡبَاقِينَ
Transliteration: Thumma aghraqna baAAdu albaqeena
Translation: ދެން އޭގެފަހުގައި ބާކީތިބި މީހުން ތިމަންރަސްކަލާނގެ غَرَق ކުރެއްވީމެވެ. ހަލާކު ކުރެއްވީމެވެ.
إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ ﴿121﴾إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ
Transliteration: Inna fee thalika laayatan wama kana aktharuhum mumineena
Translation: ހަމަކަށަވަރުން އެކަންކަމުގައި (އެބަހީ: نوح عليه السّلام އާ އެކަލޭގެފާނާއި އެކުގައިވާ مؤمن ން ނަވުގައި ސަލާމަތްކުރެއްވުމާއި ކާފަރުން غرق ކުރައްވައި އެހިންގެވި ކަންކަމުގައި) بيان ވެގެންވާ دليل އާއި عبرة ވެއެވެ. އަދި އޭގެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ.
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ﴿122﴾وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ
Transliteration: Wainna rabbaka lahuwa alAAazeezu alrraheemu
Translation: އަދި ހަމަކަށަވަރުން ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
كَذَّبَتۡ عَادٌ ٱلۡمُرۡسَلِينَ ﴿123﴾كَذَّبَتۡ عَادٌ ٱلۡمُرۡسَلِينَ
Transliteration: Kaththabat AAadun almursaleena
Translation: عَاد ބާގައިގެމީހުން އެމީހުންގާތަށް ފޮނުއްވެވުނު رسول ދޮގުކުރިއެވެ. އެއީ هُوْدُ عليه السّلام އެވެ.
إِذۡ قَالَ لَهُمۡ أَخُوهُمۡ هُودٌ أَلَا تَتَّقُونَ ﴿124﴾إِذۡ قَالَ لَهُمۡ أَخُوهُمۡ هُودٌ أَلَا تَتَّقُونَ
Transliteration: Ith qala lahum akhoohum hoodun ala tattaqoona
Translation: އެމީހުންގެ أخ هود عليه السّلام އެމީހުންނަށް ވިދާޅުވިއެވެ. ކަލޭމެން ފަހެ تقوى ވެރި ނުވާނޭހެއްޔެވެ؟ (ﷲ އަށް ބިރުވެތިނުވާނޭހެއްޔެވެ؟)
إِنِّي لَكُمۡ رَسُولٌ أَمِينٞ ﴿125﴾إِنِّي لَكُمۡ رَسُولٌ أَمِينٞ
Transliteration: Innee lakum rasoolun ameenun
Translation: ހަމަކަށަވަރުން އަހުރެންނަކީ ކަލޭމެންނަށްވާ أمانة ތެރި رسول އަކީމެއެވެ.
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ﴿126﴾فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
Transliteration: Faittaqoo Allaha waateeAAooni
Translation: ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އަދި ކަލޭމެން ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ!
وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ ﴿127﴾وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ
Transliteration: Wama asalukum AAalayhi min ajrin in ajriya illa AAala rabbi alAAalameena
Translation: އަދި އެކަންތަކުގެމައްޗަށް (އެބަހީ: رسول ކަން އިއްވަވައި ކަލޭމެންނަށް نصيحة ތެރިވުމުގެ މައްޗަށް) އަހުރެން ކަލޭމެންގެ ކިބައިން އެއްވެސް އުޖޫރައަކަށް ނޭދެމެވެ. އަހުރެންގެ ދަރުމަ ހަމައެކަނި عالم ތައް ހައްދަވާބޮޑުކުރައްވާ އެތަކެތީގެ ވެރި ربّ ގެ حضرة ންމެނުވީ ނުވެއެވެ.
أَتَبۡنُونَ بِكُلِّ رِيعٍ ءَايَةٗ تَعۡبَثُونَ ﴿128﴾أَتَبۡنُونَ بِكُلِّ رِيعٍ ءَايَةٗ تَعۡبَثُونَ
Transliteration: Atabnoona bikulli reeAAin ayatan taAAbathoona
Translation: (ރަށުގެ) އުސް ކޮންމެތަނެއްގައި ނުވަތަ ކޮންމެ މަގެއްގައި ކަލޭމެން ކުޅެ ވިޔާނުދާ ކަންތައްކުރުމަށް އުސްބިނާއެއް ހަދަނީހެއްޔެވެ؟ ހަދަނީއެވެ.
وَتَتَّخِذُونَ مَصَانِعَ لَعَلَّكُمۡ تَخۡلُدُونَ ﴿129﴾وَتَتَّخِذُونَ مَصَانِعَ لَعَلَّكُمۡ تَخۡلُدُونَ
Transliteration: Watattakhithoona masaniAAa laAAallakum takhludoona
Translation: އަދި ކަލޭމެން (ދުނިޔޭގައި މަރުނުވެ) ދެމިތިބުމަށްޓަކައި ނުވަތަ ތިބޭނޭކަމަށް - ބޮޑެތި ކިއްލާތަކާއި ފެކްޓަރީތަކާއި ގަނޑުވަރުތައް ހަދަނީއެވެ. ބިނާކުރަނީއެވެ.
وَإِذَا بَطَشۡتُم بَطَشۡتُمۡ جَبَّارِينَ ﴿130﴾وَإِذَا بَطَشۡتُم بَطَشۡتُمۡ جَبَّارِينَ
Transliteration: Waitha batashtum batashtum jabbareena
Translation: އަދި ކަލޭމެން މީހަކަށް އަދަބެއްދީ عقوبة އެއްދެންޏާ ކަލޭމެން އެކަންކުރަނީ ނުބައި جبّار ން ކުރިގޮތަށް ނު حقّ ންނެވެ. އަނިޔާވެރިގޮތުގައެވެ.
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ﴿131﴾فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
Transliteration: Faittaqoo Allaha waateeAAooni
Translation: ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އަދި ތިމަންކަލޭގެފާނަށް ކަލޭމެން ކިޔަމަންވާށެވެ!
وَٱتَّقُواْ ٱلَّذِيٓ أَمَدَّكُم بِمَا تَعۡلَمُونَ ﴿132﴾وَٱتَّقُواْ ٱلَّذِيٓ أَمَدَّكُم بِمَا تَعۡلَمُونَ
Transliteration: Waittaqoo allathee amaddakum bima taAAlamoona
Translation: އަދި ކަލޭމެން ދަންނަ ކަލޭމެންނަށް އެނގޭތަކެތިން ކަލޭމެންނަށް މަދަދުކުރެއްވި ކަލާނގެއަށް ކަލޭމެން ބިރުވެތިވާށެވެ! تقوى ވެރިވާށެވެ!
أَمَدَّكُم بِأَنۡعَٰمٖ وَبَنِينَ ﴿133﴾أَمَدَّكُم بِأَنۡعَٰمٖ وَبَنِينَ
Transliteration: Amaddakum bianAAamin wabaneena
Translation: އަދި ކަލޭމެން ދަންނަ ކަލޭމެންނަށް އެނގޭތަކެތިން ކަލޭމެންނަށް މަދަދުކުރެއްވި ކަލާނގެއަށް ކަލޭމެން ބިރުވެތިވާށެވެ! تقوى ވެރިވާށެވެ!
وَجَنَّـٰتٖ وَعُيُونٍ ﴿134﴾وَجَنَّـٰتٖ وَعُيُونٍ
Transliteration: Wajannatin waAAuyoonin
Translation: އަދި ބަގީޗާތަކާއި އާރުތަކުން ކޯރުތަކުން އެކަލާނގެ ކަލޭމެނަށް މަދަދުކޮށްދެއްވިއެވެ.
إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ عَظِيمٖ ﴿135﴾إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ عَظِيمٖ
Transliteration: Innee akhafu AAalaykum AAathaba yawmin AAatheemin
Translation: ހަމަކަށަވަރުން ބޮޑުވެގެންވާ ދުވަހެއްގެ عذاب ކަލޭމެންގެމައްޗަށް އަދުވެދާނެކަމަށް އަހުރެން ބިރުގަންނަމެވެ.
قَالُواْ سَوَآءٌ عَلَيۡنَآ أَوَعَظۡتَ أَمۡ لَمۡ تَكُن مِّنَ ٱلۡوَٰعِظِينَ ﴿136﴾قَالُواْ سَوَآءٌ عَلَيۡنَآ أَوَعَظۡتَ أَمۡ لَمۡ تَكُن مِّنَ ٱلۡوَٰعِظِينَ
Transliteration: Qaloo sawaon AAalayna awaAAathta am lam takun mina alwaAAitheena
Translation: އެމީހުން يعني: އެ قوم ގެ ކާފަރުން އެކަލޭގެފާނަށް ދެންނެވިއެވެ. ކަލޭގެފާނު އަހުރެމެންގެ މައްޗަށް وعظ އާއި نصيحة ދެއްވުމެކޭ ނުވަތަ ކަލޭގެފާނު وعظ އާއި نصيحة ނުދެއްވުމެކޭ) ހަމަހަމައެވެ. (އަހުރެމެން إيمان ނުވާހުށީމެވެ.)
إِنۡ هَٰذَآ إِلَّا خُلُقُ ٱلۡأَوَّلِينَ ﴿137﴾إِنۡ هَٰذَآ إِلَّا خُلُقُ ٱلۡأَوَّلِينَ
Transliteration: In hatha illa khuluqu alawwaleena
Translation: ތިޔަވާހަކަތަކަކީ ހަމަ އިސްވެދިޔަ މީހުންގެ ދޮގުވާހަކަތައް ކަމުގައި މެނުވީނުވެއެވެ.
وَمَا نَحۡنُ بِمُعَذَّبِينَ ﴿138﴾وَمَا نَحۡنُ بِمُعَذَّبِينَ
Transliteration: Wama nahnu bimuAAaththabeena
Translation: އަދި އަހުރެމެންނަކީ عذاب ލިބެވޭނޭ ބަޔަކުކަމުގައި ނުވެއެވެ.
فَكَذَّبُوهُ فَأَهۡلَكۡنَٰهُمۡۚ إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ ﴿139﴾فَكَذَّبُوهُ فَأَهۡلَكۡنَٰهُمۡۚ إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ
Transliteration: Fakaththaboohu faahlaknahum inna fee thalika laayatan wama kana aktharuhum mumineena
Translation: ފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެންފަހެ ތިމަންރަސްކަލާނގެ އެމީހުން ހަލާކުކުރެއްވީމެވެ. ހަމަކަށަވަރުން އެކަންތައްތަކުގައި (އެބަހީ: هود ގެފާނުންގެ قوم ގެމީހުން އެމީހުންގެ رسول ދޮގުކުރުމުގެ ސަބަބުން އެމީހުން ހަލާކުކުރެއްވުމުގައި ކަލޭގެފާނުންގެ قوم ގެމީހުންނަށްވާ) ދަލީލެއްވެއެވެ. عبرة އެއްވެއެވެ. އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ. ތެދުކުރި މީހުންކަމުގައި ނުވިއެވެ.
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ﴿140﴾وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ
Transliteration: Wainna rabbaka lahuwa alAAazeezu alrraheemu
Translation: އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެއީ عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުކަލާނގެއެވެ.
كَذَّبَتۡ ثَمُودُ ٱلۡمُرۡسَلِينَ ﴿141﴾كَذَّبَتۡ ثَمُودُ ٱلۡمُرۡسَلِينَ
Transliteration: Kaththabat thamoodu almursaleena
Translation: އަދި ثَمود ބާގައިގެމީހުން ފޮނުއްވުނު ر سول ން ދޮގުކުރިއެވެ.
إِذۡ قَالَ لَهُمۡ أَخُوهُمۡ صَٰلِحٌ أَلَا تَتَّقُونَ ﴿142﴾إِذۡ قَالَ لَهُمۡ أَخُوهُمۡ صَٰلِحٌ أَلَا تَتَّقُونَ
Transliteration: Ith qala lahum akhoohum salihun ala tattaqoona
Translation: އެއީ އެމީހުންގެ أخ (صَالح ގެފާނު) صالح عليه السّلام - ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން تقوى ވެރިނުވާނޭ ހެއްޔެވެ؟ ބިރުވެތި ނުވާނޭހެއްޔެވެ؟
إِنِّي لَكُمۡ رَسُولٌ أَمِينٞ ﴿143﴾إِنِّي لَكُمۡ رَسُولٌ أَمِينٞ
Transliteration: Innee lakum rasoolun ameenun
Translation: ހަމަކަށަވަރުން އަހުރެންނަކީ ކަލޭމެންނަށްވާ އަމާނާތްތެރި رسول އަކީމެވެ.
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ﴿144﴾فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
Transliteration: Faittaqoo Allaha waateeAAooni
Translation: ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އަދި ކަލޭމެން ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ!
وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ ﴿145﴾وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ
Transliteration: Wama asalukum AAalayhi min ajrin in ajriya illa AAala rabbi alAAalameena
Translation: އަދި އެކަމުގެމައްޗަށް (އެބަހީ: رسول ކަން އިއްވަވައި ކަލޭމެންނަށް نصيحة ތެރިވުމުގެ މައްޗަށް) އަހުރެން ކަލޭމެންގެ ކިބައިން އެއްވެސް އުޖޫރައަކަށް ނޭދެމެވެ. އަދި އަހުރެންގެ ދަރުމަ عَالم ތަކުގެ ވެރި ربّ ގެ حضرة ގައި މެނުވީ ނުވެއެވެ.
أَتُتۡرَكُونَ فِي مَا هَٰهُنَآ ءَامِنِينَ ﴿146﴾أَتُتۡرَكُونَ فِي مَا هَٰهُنَآ ءَامِنِينَ
Transliteration: Atutrakoona fee ma hahuna amineena
Translation: މިތާ މިދުނިޔޭގައިވާ ތަކެތީގެ ތެރެއަށް އަމާންކަމާއިއެކު އުޅުމަށް ކަލޭމެން ދޫކުރެވޭނޭހެއްޔެވެ؟
فِي جَنَّـٰتٖ وَعُيُونٖ ﴿147﴾فِي جَنَّـٰتٖ وَعُيُونٖ
Transliteration: Fee jannatin waAAuyoonin
Translation: ،(148) އެތާވާ ބަގީޗާތަކާއި ކޯރުތަކާއި ދަނޑުތަކާއި އަދި އޭގެ އިހާގަނޑު ދޮންވެ ފައްކާވެފައިވާ ކަދުރު ރުއްތަކުގެ ތެރޭގައި (މަޖާނަގަން ދޫކޮށްފައިތިބެވޭނެ ހެއްޔެވެ؟)
وَزُرُوعٖ وَنَخۡلٖ طَلۡعُهَا هَضِيمٞ ﴿148﴾وَزُرُوعٖ وَنَخۡلٖ طَلۡعُهَا هَضِيمٞ
Transliteration: WazurooAAin wanakhlin talAAuha hadeemun
Translation: ،(148) އެތާވާ ބަގީޗާތަކާއި ކޯރުތަކާއި ދަނޑުތަކާއި އަދި އޭގެ އިހާގަނޑު ދޮންވެ ފައްކާވެފައިވާ ކަދުރު ރުއްތަކުގެ ތެރޭގައި (މަޖާނަގަން ދޫކޮށްފައިތިބެވޭނެ ހެއްޔެވެ؟)
وَتَنۡحِتُونَ مِنَ ٱلۡجِبَالِ بُيُوتٗا فَٰرِهِينَ ﴿149﴾وَتَنۡحِتُونَ مِنَ ٱلۡجِبَالِ بُيُوتٗا فَٰرِهِينَ
Transliteration: Watanhitoona mina aljibali buyootan fariheena
Translation: އަދި ކަލޭމެން ފަރުބަދަތައް ކޮށައި ފޮފަނަގައިގެން ރަނގަޅު މޮޅުގެތައް ހަދަނީއެވެ.
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ﴿150﴾فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
Transliteration: Faittaqoo Allaha waateeAAooni
Translation: ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ. އަދި ކަލޭމެން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
وَلَا تُطِيعُوٓاْ أَمۡرَ ٱلۡمُسۡرِفِينَ ﴿151﴾وَلَا تُطِيعُوٓاْ أَمۡرَ ٱلۡمُسۡرِفِينَ
Transliteration: Wala tuteeAAoo amra almusrifeena
Translation: އަދި ނުބައިކަންތަކުގައި ދެމިތިބޭ مُسْرِف ންގެ أمر އަށް ކަލޭމެން ކިޔަމަންތެރިނުވާށެވެ!
ٱلَّذِينَ يُفۡسِدُونَ فِي ٱلۡأَرۡضِ وَلَا يُصۡلِحُونَ ﴿152﴾ٱلَّذِينَ يُفۡسِدُونَ فِي ٱلۡأَرۡضِ وَلَا يُصۡلِحُونَ
Transliteration: Allatheena yufsidoona fee alardi wala yuslihoona
Translation: މިބުނާ مُسْرِف ންނަކީ ބިމުގައި ފަސާދަކުރާ މީހުންނެވެ. އަދި إصلاح ނުކުރާ މީހުންނެވެ.
قَالُوٓاْ إِنَّمَآ أَنتَ مِنَ ٱلۡمُسَحَّرِينَ ﴿153﴾قَالُوٓاْ إِنَّمَآ أَنتَ مِنَ ٱلۡمُسَحَّرِينَ
Transliteration: Qaloo innama anta mina almusahhareena
Translation: އެމީހުން - އެބަހީ: ثمود ބާގައިގެ ކާފަރުން ދެންނެވިއެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ مخلوق ންގެ ތެރެއިންވާ ބޭކަލެކެވެ. ކަލޭގެފާނަކީ سِحْرُ ޖެހިފައިވާ މީހުންގެތެރެއިންވާ ބޭކަލެކެވެ.
مَآ أَنتَ إِلَّا بَشَرٞ مِّثۡلُنَا فَأۡتِ بِـَٔايَةٍ إِن كُنتَ مِنَ ٱلصَّـٰدِقِينَ ﴿154﴾مَآ أَنتَ إِلَّا بَشَرٞ مِّثۡلُنَا فَأۡتِ بِـَٔايَةٍ إِن كُنتَ مِنَ ٱلصَّـٰدِقِينَ
Transliteration: Ma anta illa basharun mithluna fati biayatin in kunta mina alssadiqeena
Translation: އަހުރެމެންކަހަލަ آدم ގެދަރިއަކު ކަމުގައި މެނުވީ ކަލޭގެފާނު ނުވެއެވެ. ކަލޭގެފާނަކީ (ތިޔަދައްކަވާ ވާހަކަފުޅުގައި) ތެދުވެރިބޭކަލަކު ކަމުގައި ވަންޏާ ފަހެ ކަލޭގެފާނު ނިކަން مُعْجِزَة އެއް ގެނަސްބަލާށެވެ. رسول އަކުކަމުގައި ބެލެވޭނީ އޭރުންނެވެ.
قَالَ هَٰذِهِۦ نَاقَةٞ لَّهَا شِرۡبٞ وَلَكُمۡ شِرۡبُ يَوۡمٖ مَّعۡلُومٖ ﴿155﴾قَالَ هَٰذِهِۦ نَاقَةٞ لَّهَا شِرۡبٞ وَلَكُمۡ شِرۡبُ يَوۡمٖ مَّعۡلُومٖ
Transliteration: Qala hathihi naqatun laha shirbun walakum shirbu yawmin maAAloomin
Translation: އެކަލޭގެފާނު يعني: صالح عليه السّلام ވިދާޅުވިއެވެ. މިއޮތީ ޖަމަލެކެވެ. (ﷲ ގެ جمل ފުޅެވެ.) (ރަށުގެ) ފެން އެއްދުވަހު އެޖަމަލަށެވެ. (އެދުވަހު ކަލޭމެން ފެންބޭނުން ނުކުރާށެވެ!) އަދި ކަނޑައެޅި އެނގިގެންވާ އަނެއްދުވަހުގެ ފެން ކަލޭމެނަށެވެ. (އެދުވަހު އެޖަމަލު ފެން ނުބޯނެއެވެ.)
وَلَا تَمَسُّوهَا بِسُوٓءٖ فَيَأۡخُذَكُمۡ عَذَابُ يَوۡمٍ عَظِيمٖ ﴿156﴾وَلَا تَمَسُّوهَا بِسُوٓءٖ فَيَأۡخُذَكُمۡ عَذَابُ يَوۡمٍ عَظِيمٖ
Transliteration: Wala tamassooha bisooin fayakhuthakum AAathabu yawmin AAatheemin
Translation: އަދި ނުބައެއް ހެދުމުގެ ގޮތުން ކަލޭމެން އެޖަމަލުގައި ނުބީހޭށެވެ! (ކޮންމެސްކޮންމެސް ގޯނާއެއް ނުކުރާށެވެ. އޭތި އުޅޭގޮތަކަށް އޭތިއުޅޭން ދޫކޮށްލާށެވެ!) އެފަދަ ގޯނާއެއް އެއަށް ކޮށްފިނަމަ ކަލޭމެނަށް ބޮޑުވެގެންވާ ދުވަހެއްގެ عذاب އަތުވެދާނެއެވެ.
فَعَقَرُوهَا فَأَصۡبَحُواْ نَٰدِمِينَ ﴿157﴾فَعَقَرُوهَا فَأَصۡبَحُواْ نَٰدِمِينَ
Transliteration: FaAAaqarooha faasbahoo nadimeena
Translation: ފަހެ އެމީހުން އެއެތި މަރައިފިއެވެ. އެހެންވެ އެމީހުން ހިތާމަކުރާ حال ފަތިސްކޮށްފިއެވެ. އެމީހުންނީ ހިތާމަކުރާ ބަޔަކުކަމުގައި ވެއްޖެއެވެ.
فَأَخَذَهُمُ ٱلۡعَذَابُۚ إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ ﴿158﴾فَأَخَذَهُمُ ٱلۡعَذَابُۚ إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ
Transliteration: Faakhathahumu alAAathabu inna fee thalika laayatan wama kana aktharuhum mumineena
Translation: ފަހެ އެމީހުންނަށް عذاب އަތުވެއްޖެއެވެ. (އެއީ ގަދައަޑުފަށަކާއިއެކު زَلْزَلَة އެކެވެ.) ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: ثمود ބާގައިގެމީހުން އެމީހުންގެ رسول އާ صالح عليه السّلام ދޮގުކުރުމުގެ ސަބަބުން އެމީހުން ހަލާކު ކުރެއްވުމުގައި ކަލޭގެފާނުންގެ أمّة ގެމީހުންނަށްވާ) عِبْرة އާއި نصيحة ވެއެވެ. އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ. ތެދުކުރިމީހުންކަމުގައި ނުވިއެވެ.
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ﴿159﴾وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ
Transliteration: Wainna rabbaka lahuwa alAAazeezu alrraheemu
Translation: އަދި ހަމަކަށަވަރުން ކަލޭގެފާނުން ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
كَذَّبَتۡ قَوۡمُ لُوطٍ ٱلۡمُرۡسَلِينَ ﴿160﴾كَذَّبَتۡ قَوۡمُ لُوطٍ ٱلۡمُرۡسَلِينَ
Transliteration: Kaththabat qawmu lootin almursaleena
Translation: އަދި لُوط قوم ގެ މީހުން ފޮނުއްވުނު رَسُول ބޭކަލުން ދޮގުކުރިއެވެ.
إِذۡ قَالَ لَهُمۡ أَخُوهُمۡ لُوطٌ أَلَا تَتَّقُونَ ﴿161﴾إِذۡ قَالَ لَهُمۡ أَخُوهُمۡ لُوطٌ أَلَا تَتَّقُونَ
Transliteration: Ith qala lahum akhoohum lootun ala tattaqoona
Translation: އެއީ އެމީހުންގެ أَخ لُوط عليه السّلام ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން تقوى ވެރި ނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ؟
إِنِّي لَكُمۡ رَسُولٌ أَمِينٞ ﴿162﴾إِنِّي لَكُمۡ رَسُولٌ أَمِينٞ
Transliteration: Innee lakum rasoolun ameenun
Translation: ހަމަކަށަވަރުން ތިމަންކަލޭގެފާނަކީ ކަލޭމެންނަށްވާ އަމާނާތްތެރި رسول އަކީމެވެ.
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ﴿163﴾فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
Transliteration: Faittaqoo Allaha waateeAAooni
Translation: ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އަދި ކަލޭމެން ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ!
وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ ﴿164﴾وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ
Transliteration: Wama asalukum AAalayhi min ajrin in ajriya illa AAala rabbi alAAalameena
Translation: އަދި އެކަމުގެ މައްޗަށް - އެބަހީ: رسول ކަން އިއްވެވުމުގެމައްޗަށް) ކަލޭމެންގެ ކިބައިން ތިމަންކަލޭގެފާނު އެއްވެސް އުޖޫރައަކަށް ނޭދެމެވެ. އަދި ތިމަންކަލޭގެފާނުންގެ އުޖޫރަ عَالم ތަކުގެ ވެރި ﷲ ގެ حضرة ގައި މެނުވީ ނުވެއެވެ.
أَتَأۡتُونَ ٱلذُّكۡرَانَ مِنَ ٱلۡعَٰلَمِينَ ﴿165﴾أَتَأۡتُونَ ٱلذُّكۡرَانَ مِنَ ٱلۡعَٰلَمِينَ
Transliteration: Atatoona alththukrana mina alAAalameena
Translation: އަދި މީސްތަކުންކުރެ ފިރިހެނުން ކަލޭމެން ގެނަސްގަންނަނީހެއްޔެވެ؟ (އެބަހީ: އަންހެނުންގެ ބަދަލުގައި ކަލޭމެން ފިރިހެނުންނާ جماع ވަނީއެވެ. ފިރިހެނުންނާ އެޅެނީއެވެ.)
وَتَذَرُونَ مَا خَلَقَ لَكُمۡ رَبُّكُم مِّنۡ أَزۡوَٰجِكُمۚ بَلۡ أَنتُمۡ قَوۡمٌ عَادُونَ ﴿166﴾وَتَذَرُونَ مَا خَلَقَ لَكُمۡ رَبُّكُم مِّنۡ أَزۡوَٰجِكُمۚ بَلۡ أَنتُمۡ قَوۡمٌ عَادُونَ
Transliteration: Watatharoona ma khalaqa lakum rabbukum min azwajikum bal antum qawmun AAadoona
Translation: އަދި ކަލޭމެންގެ رَبُّ ކަލޭމެނަށްޓަކައި ހައްދަވާފައިވާ އަންހެނުންތައް ކަލޭމެން ދޫކުރަނީއެވެ. ބޭނުން ނުކުރަނީއެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންނަކީ - ފާފަކުރުމާއި ނުބައިކަންތަކުގައި ހައްދުފަހަނަޅާފައިވާ ބައެކެވެ.
قَالُواْ لَئِن لَّمۡ تَنتَهِ يَٰلُوطُ لَتَكُونَنَّ مِنَ ٱلۡمُخۡرَجِينَ ﴿167﴾قَالُواْ لَئِن لَّمۡ تَنتَهِ يَٰلُوطُ لَتَكُونَنَّ مِنَ ٱلۡمُخۡرَجِينَ
Transliteration: Qaloo lain lam tantahi ya lootu latakoonanna mina almukhrajeena
Translation: އެމީހުން ދެންނެވިއެވެ. އޭ لوط އެވެ. ކަލޭގެފާނު ތިޔަދައްކަވާ ވާހަކަ ހުއްޓަވައި ނުލެއްވިއްޔާ ކަލޭގެފާނުވާހުށީ (ރަށުން) ނެރެވިގެންވާ މީހުންގެތެރެއިންނެވެ. (އެބަހީ: ރަށުން ނެރެލާހުށީމެވެ.)
قَالَ إِنِّي لِعَمَلِكُم مِّنَ ٱلۡقَالِينَ ﴿168﴾قَالَ إِنِّي لِعَمَلِكُم مِّنَ ٱلۡقَالِينَ
Transliteration: Qala innee liAAamalikum mina alqaleena
Translation: އެކަލޭގެފާނުން ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު މިވަނީ ކަލޭމެންގެ ތިޔަ عمل ތަކަށް ރުޅިއަރާ މީހުންގެތެރެއިންނެވެ.
رَبِّ نَجِّنِي وَأَهۡلِي مِمَّا يَعۡمَلُونَ ﴿169﴾رَبِّ نَجِّنِي وَأَهۡلِي مِمَّا يَعۡمَلُونَ
Transliteration: Rabbi najjinee waahlee mimma yaAAmaloona
Translation: އޭއަޅުގެ ربّ އެވެ. މިއަޅާއާއި މިއަޅާގެ أهل ވެރިން އެމީހުން އެކުރާ ކަންތަކުން ސަލާމަތްކުރައްވާނދޭވެ!
فَنَجَّيۡنَٰهُ وَأَهۡلَهُۥٓ أَجۡمَعِينَ ﴿170﴾فَنَجَّيۡنَٰهُ وَأَهۡلَهُۥٓ أَجۡمَعِينَ
Transliteration: Fanajjaynahu waahlahu ajmaAAeena
Translation: ފަހެ އެކަލޭގެފާނާއި އެކަލޭގެފާނުންގެ އެންމެހައި أهل ވެރިން ތިމަންރަސްކަލާނގެ ސަލާމަތްކުރައްވައި ނަޖާކުރެއްވީމެވެ.
إِلَّا عَجُوزٗا فِي ٱلۡغَٰبِرِينَ ﴿171﴾إِلَّا عَجُوزٗا فِي ٱلۡغَٰبِرِينَ
Transliteration: Illa AAajoozan fee alghabireena
Translation: ބާކީވެތިބި މީހުންގެތެރޭގައި ވި އެންމެ عَجُوز އަކު މެނުވީއެވެ. (މުސްކުޅި އެންމެ އަންހެނަކު މެނުވީއެވެ. އެއީ لُوط عليه السّلام ގެ އަނބިކަނބަލުން ކަމުގައިވިއެވެ. އެކަމަނާވީ ހަލާކުވީ މީހުންގެތެރެއިންނެވެ.)
ثُمَّ دَمَّرۡنَا ٱلۡأٓخَرِينَ ﴿172﴾ثُمَّ دَمَّرۡنَا ٱلۡأٓخَرِينَ
Transliteration: Thumma dammarna alakhareena
Translation: ދެންތިބި އަނެއް މީސްތަކުން (އެބަހީ: لُوط عليه السّلام އާއި އެކަލޭގެފާނުންގެ أهل ވެރިން ފިޔަވައި) ދެންތިބިމީހުން ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ.
وَأَمۡطَرۡنَا عَلَيۡهِم مَّطَرٗاۖ فَسَآءَ مَطَرُ ٱلۡمُنذَرِينَ ﴿173﴾وَأَمۡطَرۡنَا عَلَيۡهِم مَّطَرٗاۖ فَسَآءَ مَطَرُ ٱلۡمُنذَرِينَ
Transliteration: Waamtarna AAalayhim mataran fasaa mataru almunthareena
Translation: އަދި އެމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ (ހިލައިގެ) ވާރޭއެއް ވެއްސެވީމެވެ. ފަހެ إنْذَار ކުރެވުނުމީހުންނަށް ވެހެވުނު ވާރޭ ނުބައިވެގެންވެއެވެ.
إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ ﴿174﴾إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ
Transliteration: Inna fee thalika laayatan wama kana aktharuhum mumineena
Translation: ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: لُوط عليه السّلام ގެ قوم ގެ މީހުން އެމީހުންގެ رسول ދޮގުކުރުމުގެ ސަބަބުން އެމީހުން ހަލާކު ކުރެއްވުމުގައި) ކަލޭގެފާނުންގެ قوم ގެ މީހުންނަށްވާ دليل އާއި عبرة ވެއެވެ. އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ.
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ﴿175﴾وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ
Transliteration: Wainna rabbaka lahuwa alAAazeezu alrraheemu
Translation: އަދި ހަމަކަށަވަރުން ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ربّ އެއީ عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
كَذَّبَ أَصۡحَٰبُ لۡـَٔيۡكَةِ ٱلۡمُرۡسَلِينَ ﴿176﴾كَذَّبَ أَصۡحَٰبُ لۡـَٔيۡكَةِ ٱلۡمُرۡسَلِينَ
Transliteration: Kaththaba ashabu alaykati almursaleena
Translation: أَيْكَةُ ގެ އެކުވެރިން - އެރަށުގެ أهل ވެރިން - އެމީހުންގާތަށް ފޮނުއްވެވުނު رسول ބޭކަލުން ދޮގުކުރިއެވެ.\n• ދަންނައެވެ. أَيْكَةُ އަކީ أصل ގައި ބޮނޑިބޮނޑިވެފައިވާ ބޯގަސްތަކެވެ. އެއީ އެރަށުގެ ނަމެވެ. އެހެންވީމާ شُعَيْبُ عليه السّلام ފޮނުއްވާފައި މިވަނީ ދެރަށަކަށެވެ. އެއީ مَدْيَنُ އާއި أَيْكَة އެވެ. قُرُطبى ގެ تفسير ގައި އެވާހަކަ އެގޮތަށްވެއެވެ. والله أعلم.
إِذۡ قَالَ لَهُمۡ شُعَيۡبٌ أَلَا تَتَّقُونَ ﴿177﴾إِذۡ قَالَ لَهُمۡ شُعَيۡبٌ أَلَا تَتَّقُونَ
Transliteration: Ith qala lahum shuAAaybun ala tattaqoona
Translation: އެއީ شُعَيْبُ عليه السّلام ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު އެމީހުނަށް ވިދާޅުވިއެވެ. ކަލޭމެން تقوى ވެރި ނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ؟
إِنِّي لَكُمۡ رَسُولٌ أَمِينٞ ﴿178﴾إِنِّي لَكُمۡ رَسُولٌ أَمِينٞ
Transliteration: Innee lakum rasoolun ameenun
Translation: ހަމަކަށަވަރުން ތިމަންކަލޭގެފާނީ ކަލޭމެނަށްވާ އަމާނާތްތެރި رسول އަކީމެވެ.
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ﴿179﴾فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
Transliteration: Faittaqoo Allaha waateeAAooni
Translation: ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އަދި ކަލޭމެން ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ!
وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ ﴿180﴾وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ
Transliteration: Wama asalukum AAalayhi min ajrin in ajriya illa AAala rabbi alAAalameena
Translation: އަދި އެކަމުގެ މައްޗަށް (އެބަހީ: رسول ކަން އިއްވެވުމުގެމައްޗަށް) ކަލޭމެންގެ ކިބައިން އެއްވެސް أُجُور އަކަށް ތިމަންކަލޭގެފާނު އެދިވަޑައިނުގަންނަމެވެ. ތިމަންކަލޭގެފާނުންގެ أجور ހަމައެކަނި عَالم ތަކުގެ ވެރި ربّ ގެ حضرة ގައި މެނުވީ ނުވެއެވެ.
أَوۡفُواْ ٱلۡكَيۡلَ وَلَا تَكُونُواْ مِنَ ٱلۡمُخۡسِرِينَ ﴿181﴾۞أَوۡفُواْ ٱلۡكَيۡلَ وَلَا تَكُونُواْ مِنَ ٱلۡمُخۡسِرِينَ
Transliteration: Awfoo alkayla wala takoonoo mina almukhsireena
Translation: ކަލޭމެން މިނުން ހަމަހަމަކުރާށެވެ! ފުރިހަމަކުރާށެވެ. އަދި އުނިކުރާ މީހުންގެތެރެއިން ކަލޭމެން ނުވާށެވެ!
وَزِنُواْ بِٱلۡقِسۡطَاسِ ٱلۡمُسۡتَقِيمِ ﴿182﴾وَزِنُواْ بِٱلۡقِسۡطَاسِ ٱلۡمُسۡتَقِيمِ
Transliteration: Wazinoo bialqistasi almustaqeemi
Translation: އަދި ސީދާވެގެންވާ ތިލަފަތުން (مِيْزَان ން) ކަލޭމެން ވަޒަންކުރާށެވެ!
وَلَا تَبۡخَسُواْ ٱلنَّاسَ أَشۡيَآءَهُمۡ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ ﴿183﴾وَلَا تَبۡخَسُواْ ٱلنَّاسَ أَشۡيَآءَهُمۡ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ
Transliteration: Wala tabkhasoo alnnasa ashyaahum wala taAAthaw fee alardi mufsideena
Translation: އަދި މީސްތަކުންނަށް އެމީހުންގެ ތަކެތި މަދުނުކުރާށެވެ! އުނި ނުކުރާށެވެ! އަދި ބިމުގައި ފަސާދަކުރާ حال ބަރުބާދުކޮށް ނުބައިކޮށް ފަސާދަކުރާ މީހުންކަމުގައި ނުވާށެވެ!
وَٱتَّقُواْ ٱلَّذِي خَلَقَكُمۡ وَٱلۡجِبِلَّةَ ٱلۡأَوَّلِينَ ﴿184﴾وَٱتَّقُواْ ٱلَّذِي خَلَقَكُمۡ وَٱلۡجِبِلَّةَ ٱلۡأَوَّلِينَ
Transliteration: Waittaqoo allathee khalaqakum waaljibillata alawwaleena
Translation: އަދި ކަލޭމެންނާއި އަދި އިސްވެދިޔަ خَلْق ތަކުން ހެއްދެވި ކަލާނގެއަށް، (ﷲ އަށް) ބިރުވެތިވާށެވެ!
قَالُوٓاْ إِنَّمَآ أَنتَ مِنَ ٱلۡمُسَحَّرِينَ ﴿185﴾قَالُوٓاْ إِنَّمَآ أَنتَ مِنَ ٱلۡمُسَحَّرِينَ
Transliteration: Qaloo innama anta mina almusahhareena
Translation: އެމީހުން ދެންނެވިއެވެ. ކަލޭގެފާނު ވާކަން ކަށަވަރީ سحر ޖެހިފައިވާ މީހުންގެތެރެއިންނެވެ.
وَمَآ أَنتَ إِلَّا بَشَرٞ مِّثۡلُنَا وَإِن نَّظُنُّكَ لَمِنَ ٱلۡكَٰذِبِينَ ﴿186﴾وَمَآ أَنتَ إِلَّا بَشَرٞ مِّثۡلُنَا وَإِن نَّظُنُّكَ لَمِنَ ٱلۡكَٰذِبِينَ
Transliteration: Wama anta illa basharun mithluna wain nathunnuka lamina alkathibeena
Translation: އަދި ހަމަ އަހުރެމެންފަދަ آدم ގެދަރިއަކު ކަމުގައި މެނުވީ ކަލޭގެފާނު ނުވެއެވެ. އަދި އަހުރެމެންނަށް ހީވާގޮތުގައި ކަލޭގެފާނު ވަނީ ދޮގުވެރިންގެތެރެއިންނެވެ.
فَأَسۡقِطۡ عَلَيۡنَا كِسَفٗا مِّنَ ٱلسَّمَآءِ إِن كُنتَ مِنَ ٱلصَّـٰدِقِينَ ﴿187﴾فَأَسۡقِطۡ عَلَيۡنَا كِسَفٗا مِّنَ ٱلسَّمَآءِ إِن كُنتَ مِنَ ٱلصَّـٰدِقِينَ
Transliteration: Faasqit AAalayna kisafan mina alssamai in kunta mina alssadiqeena
Translation: ފަހެ ކަލޭގެފާނަކީ ތެދުވެރިންގެ ތެރެއިންވާ ބޭކަލަކު ކަމުގައިވަންޏާ އަހުރެމެންގެ މައްޗަށް އުޑުން އެތިއެތިގަނޑު ނިކަން ވަރައިބަލާށެވެ!
قَالَ رَبِّيٓ أَعۡلَمُ بِمَا تَعۡمَلُونَ ﴿188﴾قَالَ رَبِّيٓ أَعۡلَمُ بِمَا تَعۡمَلُونَ
Transliteration: Qala rabbee aAAlamu bima taAAmaloona
Translation: އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ތިޔަކުރަމުންދާ ކަންތައްތައް ތިމަންކަލޭގެފާނުންގެ ربّ ދެނެވޮޑިގެންވެއެވެ. (އެކަލާނގެ އެކަންކަމަށް ޖަޒާދެއްވާހުއްޓެވެ.)
فَكَذَّبُوهُ فَأَخَذَهُمۡ عَذَابُ يَوۡمِ ٱلظُّلَّةِۚ إِنَّهُۥ كَانَ عَذَابَ يَوۡمٍ عَظِيمٍ ﴿189﴾فَكَذَّبُوهُ فَأَخَذَهُمۡ عَذَابُ يَوۡمِ ٱلظُّلَّةِۚ إِنَّهُۥ كَانَ عَذَابَ يَوۡمٍ عَظِيمٍ
Transliteration: Fakaththaboohu faakhathahum AAathabu yawmi alththullati innahu kana AAathaba yawmin AAatheemin
Translation: ދެންފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެން ހިޔާގަނޑުގެ ދުވަހުގެ عذاب އެމީހުންނަށް ޖެހިއްޖެއެވެ. ހަމަކަށަވަރުން އެ عذاب ވީ ބޮޑުވެގެންވާ ދުވަހެއްގެ عذاب ކަމުގައެވެ. • ދަންނައެވެ. ހިޔާގަނޑުގެ ދުވަހަކީ އެމީހުންނަށް عذاب އައި ދުވަހެވެ. އެކަންވީގޮތެއްކަމަށް އެތައް ބޭކަލެއްގެ އަރިހުން ރިވާކުރައްވައި تفسير الطبري އާއި އެހެނިހެން نفسير ތަކުގައިވެއެވެ. އެރަށުގެމީހުންގެ މައްޗަށް ﷲ تعالى ބޮޑުވިލާގަނޑެއް ފޮނުއްވިއެވެ. ދެން އެރަށުގެ މީސްތަކުން ފިނިކުރުމަށްޓަކައި އެވިލާގަނޑުގެ ހިޔަލަށް ޖަމާވީއެވެ. އެންމެން އެއްވެ جمع ވުމުން އެއްރިވާޔަތެއްގައިވާގޮތުން އެމީހުންގެމައްޗަށް އަލިފާނުގެ ވާރޭއެއް ވެއްސަވައި ހަލާކުކުރެއްވީއެވެ. އަދި އަނެއް ރިވާޔަތެއްގައިވާގޮތުން އެމީހުންނަށް ގަދައަޑުފަށަކާއި ބިންހެލުމެއް އައިސް މީސްތަކުން މަރުވީއެވެ. والله أعلم - = تفسير الطبري =
إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ ﴿190﴾إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ
Transliteration: Inna fee thalika laayatan wama kana aktharuhum mumineena
Translation: ހަމަކަށަވަރުން އެކަންކަމުގައި ކަނޑައެޅި بَيَان ވެގެންވާ دليل އާއި عبرة ވެއެވެ. އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ. ތެދުކުރާ މީހުންކަމުގައި ނުވިއެވެ.
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ﴿191﴾وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ
Transliteration: Wainna rabbaka lahuwa alAAazeezu alrraheemu
Translation: އަދި ހަމަކަށަވަރުން ކަލޭގެފާނުން ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
وَإِنَّهُۥ لَتَنزِيلُ رَبِّ ٱلۡعَٰلَمِينَ ﴿192﴾وَإِنَّهُۥ لَتَنزِيلُ رَبِّ ٱلۡعَٰلَمِينَ
Transliteration: Wainnahu latanzeelu rabbi alAAalameena
Translation: ހަމަކަށަވަރުން މި قرآن އަކީ عَالم ތައް ހައްދަވާ ބޮޑުކުރައްވާ ربّ ގެ ބާވައިލެއްވުމެކެވެ.
نَزَلَ بِهِ ٱلرُّوحُ ٱلۡأَمِينُ ﴿193﴾نَزَلَ بِهِ ٱلرُّوحُ ٱلۡأَمِينُ
Transliteration: Nazala bihi alrroohu alameenu
Translation: އެ قرآن އާއިގެން (ﷲ ގެ حضرة ން) ފައިބާވަޑައިގެންނެވީ މާތްވެގެންވާ جِبْريل الأمين އެވެ.
عَلَىٰ قَلۡبِكَ لِتَكُونَ مِنَ ٱلۡمُنذِرِينَ ﴿194﴾عَلَىٰ قَلۡبِكَ لِتَكُونَ مِنَ ٱلۡمُنذِرِينَ
Transliteration: AAala qalbika litakoona mina almunthireena
Translation: ކަލޭގެފާނުންގެ ހިތްޕުޅަށް އެފޮތް ގެންނެވީ إنذار ކުރައްވާ ބޭކަލުންގެތެރެއިން ކަލޭގެފާނު ވުމަށްޓަކައެވެ.
بِلِسَانٍ عَرَبِيّٖ مُّبِينٖ ﴿195﴾بِلِسَانٍ عَرَبِيّٖ مُّبِينٖ
Transliteration: Bilisanin AAarabiyyin mubeenin
Translation: އެއީ بيان ވެ ސާފުވެގެންވާ عرب ބަހުންނެވެ.
وَإِنَّهُۥ لَفِي زُبُرِ ٱلۡأَوَّلِينَ ﴿196﴾وَإِنَّهُۥ لَفِي زُبُرِ ٱلۡأَوَّلِينَ
Transliteration: Wainnahu lafee zuburi alawwaleena
Translation: އަދި ހަމަކަށަވަރުން އިސްވެދިޔަ ބައެއް سَمَاوِي ފޮތްތަކުގައި އެ قرآن ގެ خبر ތައްވެއެވެ.
أَوَلَمۡ يَكُن لَّهُمۡ ءَايَةً أَن يَعۡلَمَهُۥ عُلَمَـٰٓؤُاْ بَنِيٓ إِسۡرَـٰٓءِيلَ ﴿197﴾أَوَلَمۡ يَكُن لَّهُمۡ ءَايَةً أَن يَعۡلَمَهُۥ عُلَمَـٰٓؤُاْ بَنِيٓ إِسۡرَـٰٓءِيلَ
Transliteration: Awalam yakun lahum ayatan an yaAAlamahu AAulamao banee israeela
Translation: އަޅެފަހެ بَنِي إسرائيلން ގެ عَالِم ންނަށް އެފޮތުގެ خبر ތައް އެނގޭކަން އެއީ އެމީހުންނަށް يعني: قرآن އަށް إنكار ކުރާ މީހުންނަށްވާ دليل އަކަށް ނުފުދޭބާވައެވެ؟ (އެބަހީ: قرآن ބާވައިލެއްވުމުގެ މާކުރީ ދުނިޔޭގައި އުޅޭ عالم ންނަށް އެފޮތުގެ خبر ތައް އެނގޭކަމީ އެފޮތް ތެދުކަމުގެ دليل އެކެވެ.)
وَلَوۡ نَزَّلۡنَٰهُ عَلَىٰ بَعۡضِ ٱلۡأَعۡجَمِينَ ﴿198﴾وَلَوۡ نَزَّلۡنَٰهُ عَلَىٰ بَعۡضِ ٱلۡأَعۡجَمِينَ
Transliteration: Walaw nazzalnahu AAala baAAdi alaAAjameena
Translation: ،(199) އަދި ތިމަންރަސްކަލާނގެ އެފޮތް عرب ބަހުން ވާހަކަނުދެއްކޭ މީހެއްގެމައްޗަށް ބާވައިލައްވައި ދެން އެމީހާ އެމީހުންގެ މައްޗަށް (މައްކާގެމީހުންގެ މައްޗަށް) އެފޮތް ކިޔައިދިންނަމަ އެމީހުން އެފޮތަށް إيمان ނުވީހެވެ.
فَقَرَأَهُۥ عَلَيۡهِم مَّا كَانُواْ بِهِۦ مُؤۡمِنِينَ ﴿199﴾فَقَرَأَهُۥ عَلَيۡهِم مَّا كَانُواْ بِهِۦ مُؤۡمِنِينَ
Transliteration: Faqaraahu AAalayhim ma kanoo bihi mumineena
Translation: ،(199) އަދި ތިމަންރަސްކަލާނގެ އެފޮތް عرب ބަހުން ވާހަކަނުދެއްކޭ މީހެއްގެމައްޗަށް ބާވައިލައްވައި ދެން އެމީހާ އެމީހުންގެ މައްޗަށް (މައްކާގެމީހުންގެ މައްޗަށް) އެފޮތް ކިޔައިދިންނަމަ އެމީހުން އެފޮތަށް إيمان ނުވީހެވެ.
كَذَٰلِكَ سَلَكۡنَٰهُ فِي قُلُوبِ ٱلۡمُجۡرِمِينَ ﴿200﴾كَذَٰلِكَ سَلَكۡنَٰهُ فِي قُلُوبِ ٱلۡمُجۡرِمِينَ
Transliteration: Kathalika salaknahu fee quloobi almujrimeena
Translation: ނުބައިވެގެންވާ مجرم ންގެ ހިތްތަކުގައި ތިމަންރަސްކަލާނގެ (إيمان ނުވުން) ވައްދަވައި ހަރުކުރެއްވީ އެފަދައިންނެވެ.
لَا يُؤۡمِنُونَ بِهِۦ حَتَّىٰ يَرَوُاْ ٱلۡعَذَابَ ٱلۡأَلِيمَ ﴿201﴾لَا يُؤۡمِنُونَ بِهِۦ حَتَّىٰ يَرَوُاْ ٱلۡعَذَابَ ٱلۡأَلِيمَ
Transliteration: La yuminoona bihi hatta yarawoo alAAathaba alaleema
Translation: އެމީހުންނަށް ވޭންދެނިވި عذاب ފެންނަންދެން އެމީހުން އެފޮތަށް إيمان ނުވާނެއެވެ.
فَيَأۡتِيَهُم بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ ﴿202﴾فَيَأۡتِيَهُم بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ
Transliteration: Fayatiyahum baghtatan wahum la yashAAuroona
Translation: އެމީހުންނަށް އެ عذاب އަންނާނީ ހަމަކުއްލިއަކަށެވެ. އެމީހުންނަށް إحساس ވެސްވުމަކާއި ނުލައެވެ.
فَيَقُولُواْ هَلۡ نَحۡنُ مُنظَرُونَ ﴿203﴾فَيَقُولُواْ هَلۡ نَحۡنُ مُنظَرُونَ
Transliteration: Fayaqooloo hal nahnu muntharoona
Translation: ފަހެ އެމީހުން ބުނާނެއެވެ. އެބަހީ: قرآن އަށް إنكار ކުރާމީހުން ބުނާނެއެވެ. އަހުރެމެން ފަސްކުރެވޭނެ ހެއްޔެވެ؟ މުހުލަތު ދެވޭނޭހެއްޔެވެ. (އެބަހީ: އަލުން ދުނިޔެއަށްގޮސް ހެޔޮ عمل ކުރުމަށް ތަންވަޅުދެވޭނޭހެއްޔެވެ؟)
أَفَبِعَذَابِنَا يَسۡتَعۡجِلُونَ ﴿204﴾أَفَبِعَذَابِنَا يَسۡتَعۡجِلُونَ
Transliteration: AfabiAAathabina yastaAAjiloona
Translation: އެމީހުން ފަހެ ތިމަންރަސްކަލާނގެ عذاب އަވަސްވުމަށް އެދެނީހެއްޔެވެ؟ (އެމީހުން އެފަދަ ބަސްތައް ބުނެހެއްޖެވެ.)
أَفَرَءَيۡتَ إِن مَّتَّعۡنَٰهُمۡ سِنِينَ ﴿205﴾أَفَرَءَيۡتَ إِن مَّتَّعۡنَٰهُمۡ سِنِينَ
Transliteration: Afaraayta in mattaAAnahum sineena
Translation: ކަލޭގެފާނު ނިކަން خبر ދެއްވައިބައްލަވާށެވެ. ތިމަންރަސްކަލާނގެ އެމީހުންނަށް އެތައްއަހަރުތަކެއްގެ އަރާމާއި މުހުލަތު ދިންނަމަވެސް
ثُمَّ جَآءَهُم مَّا كَانُواْ يُوعَدُونَ ﴿206﴾ثُمَّ جَآءَهُم مَّا كَانُواْ يُوعَدُونَ
Transliteration: Thumma jaahum ma kanoo yooAAadoona
Translation: ދެން އޭގެފަހުގައި އެމީހުންނަށް وَعْدُ ވެގެންވާ عذاب އެމީހުންނަށް އައިނަމަވެސް
مَآ أَغۡنَىٰ عَنۡهُم مَّا كَانُواْ يُمَتَّعُونَ ﴿207﴾مَآ أَغۡنَىٰ عَنۡهُم مَّا كَانُواْ يُمَتَّعُونَ
Transliteration: Ma aghna AAanhum ma kanoo yumattaAAoona
Translation: އެދިން މުހުލަތާއި ތިބިތިބުމުން އެއްވެސްކަމެއް އެމީހުންނަށް ނުފުދޭނެއެވެ. (އެމީހުންގެ شرك ން ދުރުވެ توبة ނުވާނެއެވެ.) އެހެންވެ އެމީހުންގެ عذاب ވެސް ލުއިނުކުރެވޭނެއެވެ.
وَمَآ أَهۡلَكۡنَا مِن قَرۡيَةٍ إِلَّا لَهَا مُنذِرُونَ ﴿208﴾وَمَآ أَهۡلَكۡنَا مِن قَرۡيَةٍ إِلَّا لَهَا مُنذِرُونَ
Transliteration: Wama ahlakna min qaryatin illa laha munthiroona
Translation: އަދި ތިމަންރަސްކަލާނގެ އެއްވެސް ރަށަކަށް إنذار ކުރައްވާނޭ رسول ބޭކަލުން ފޮނުއްވާފައިމެނުވީ އެރަށެއް ހަލާކު ނުކުރައްވަމެވެ. (އެބަހީ: ކޮންމެރަށެއްވެސް ތިމަންރަސްކަލާނގެ ހަލާކުކުރައްވަނީ އެރަށަކަށް رسول ބޭކަލަކު ފޮނުއްވައި އެމީހުންނަށް إنذار ކުރެއްވުމަށްފަހު އެމީހުން إيمان ނުވީމައެވެ.
ذِكۡرَىٰ وَمَا كُنَّا ظَٰلِمِينَ ﴿209﴾ذِكۡرَىٰ وَمَا كُنَّا ظَٰلِمِينَ
Transliteration: Thikra wama kunna thalimeena
Translation: އެއީ އެމީހުންނަށްވާ ހަނދާންކޮށްދެއްވުމެކެވެ. އަދި ތިމަންރަސްކަލާނގެއީ އަނިޔާވެރިވެވޮޑިގަންނަވާ ކަލަކުކަމުގައި ނުވެއެވެ.
وَمَا تَنَزَّلَتۡ بِهِ ٱلشَّيَٰطِينُ ﴿210﴾وَمَا تَنَزَّلَتۡ بِهِ ٱلشَّيَٰطِينُ
Transliteration: Wama tanazzalat bihi alshshayateenu
Translation: އަދި އެ قرآن އާއިގެން (އުޑުން ބިމަށް) ފޭބީ ޝައިތާނުންނެއް ނޫނެވެ.
وَمَا يَنۢبَغِي لَهُمۡ وَمَا يَسۡتَطِيعُونَ ﴿211﴾وَمَا يَنۢبَغِي لَهُمۡ وَمَا يَسۡتَطِيعُونَ
Transliteration: Wama yanbaghee lahum wama yastateeAAoona
Translation: އަދި އެއީ އެސޮރުމެނަށް އެކަށީގެންވާކަމެއް ނޫނެވެ. އަދި އެއީ އެސޮރުމެނަށް ކުޅަދާނަވެގެންވާކަމެއްވެސް ނޫނެވެ.
إِنَّهُمۡ عَنِ ٱلسَّمۡعِ لَمَعۡزُولُونَ ﴿212﴾إِنَّهُمۡ عَنِ ٱلسَّمۡعِ لَمَعۡزُولُونَ
Transliteration: Innahum AAani alssamAAi lamaAAzooloona
Translation: ހަމަކަށަވަރުން އެސޮރުމެންވަނީ (އުޑުގެ خبر ތައް އެހުމުން) މުޅިން ދުރުކުރެވިގެންނެވެ. (އެހެންވީއިރު އެ قرآن އާއިގެން އެސޮރުމެން ފައިބާނީ ކޮންފަދައަކުންހެއްޔެވެ؟)
فَلَا تَدۡعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَتَكُونَ مِنَ ٱلۡمُعَذَّبِينَ ﴿213﴾فَلَا تَدۡعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَتَكُونَ مِنَ ٱلۡمُعَذَّبِينَ
Transliteration: Fala tadAAu maAAa Allahi ilahan akhara fatakoona mina almuAAaththabeena
Translation: ފަހެ ކަލޭގެފާނު ﷲ އާއިއެކު އެހެން إله އަކަށް ގޮވާ دعاء ކުރައްވާ ނުހައްދަވާށެވެ! އެހެން ހައްދަވައިފިނަމަ عذاب ލިބިގެންވާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގެންފާނެއެވެ.
وَأَنذِرۡ عَشِيرَتَكَ ٱلۡأَقۡرَبِينَ ﴿214﴾وَأَنذِرۡ عَشِيرَتَكَ ٱلۡأَقۡرَبِينَ
Transliteration: Waanthir AAasheerataka alaqrabeena
Translation: އަދި ކަލޭގެފާނުންގެ ގާތްތިމާގެ މީހުންނަށް إنذار ކުރައްވާށެވެ!
وَٱخۡفِضۡ جَنَاحَكَ لِمَنِ ٱتَّبَعَكَ مِنَ ٱلۡمُؤۡمِنِينَ ﴿215﴾وَٱخۡفِضۡ جَنَاحَكَ لِمَنِ ٱتَّبَعَكَ مِنَ ٱلۡمُؤۡمِنِينَ
Transliteration: Waikhfid janahaka limani ittabaAAaka mina almumineena
Translation: އަދި مؤمن ންކުރެ ކަލޭގެފާނަށް تبع ވާ މީހަކަށްވިއްޔާ އޯގާވެރިވެވަޑައިގަންނަވާށެވެ!
فَإِنۡ عَصَوۡكَ فَقُلۡ إِنِّي بَرِيٓءٞ مِّمَّا تَعۡمَلُونَ ﴿216﴾فَإِنۡ عَصَوۡكَ فَقُلۡ إِنِّي بَرِيٓءٞ مِّمَّا تَعۡمَلُونَ
Transliteration: Fain AAasawka faqul innee bareeon mimma taAAmaloona
Translation: ފަހެ އެމީހުން ކަލޭގެފާނަށް އުރެދިއްޖެއްޔާ އެމީހުނަށް ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު މިވަނީ ކަލޭމެންކުރާ ކަންތަކުން މުޅިން ބަރީއަވެގެންނެވެ.
وَتَوَكَّلۡ عَلَى ٱلۡعَزِيزِ ٱلرَّحِيمِ ﴿217﴾وَتَوَكَّلۡ عَلَى ٱلۡعَزِيزِ ٱلرَّحِيمِ
Transliteration: Watawakkal AAala alAAazeezi alrraheemi
Translation: އަދި عزّة ވަންތަ ގިނަގިނައިން رحمة ލައްވާ ކަލާނގެ حضرة އަށް ކަލޭގެފާނު وكيل ކުރައްވާށެވެ! (އެފަރާތަށް އިތުބާރު ކުރައްވައި ކަންތައްތައް އެފަރާތާއި حوال ކުރައްވާށެވެ!)
ٱلَّذِي يَرَىٰكَ حِينَ تَقُومُ ﴿218﴾ٱلَّذِي يَرَىٰكَ حِينَ تَقُومُ
Transliteration: Allathee yaraka heena taqoomu
Translation: އެކަލާނގެއީ ކަލޭގެފާނު (ނަމާދުފުޅަށް) ތެދުވެވަޑައިގަންނަވާހިނދު ދެނެވޮޑިގެންވާ ކަލާނގެއެވެ.
وَتَقَلُّبَكَ فِي ٱلسَّـٰجِدِينَ ﴿219﴾وَتَقَلُّبَكَ فِي ٱلسَّـٰجِدِينَ
Transliteration: Wataqallubaka fee alssajideena
Translation: އަދި ކަލޭގެފާނު رُكُوع ކުރައްވާ سجدة ކުރައްވާއިރުވެސް އެކަލާނގެ ދެކެވޮޑިގެންވެއެވެ.
إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ ﴿220﴾إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ
Transliteration: Innahu huwa alssameeAAu alAAaleemu
Translation: ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.
هَلۡ أُنَبِّئُكُمۡ عَلَىٰ مَن تَنَزَّلُ ٱلشَّيَٰطِينُ ﴿221﴾هَلۡ أُنَبِّئُكُمۡ عَلَىٰ مَن تَنَزَّلُ ٱلشَّيَٰطِينُ
Transliteration: Hal onabbiokum AAala man tanazzalu alshshayateenu
Translation: އެމީހެއްގެ މައްޗަށް شيطان ން ފައިބާ މީހެއްގެ خبر ތިމަންރަސްކަލާނގެ ކަލޭމެނަށް ދެއްވަންހެއްޔެވެ؟
تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٖ ﴿222﴾تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٖ
Transliteration: Tanazzalu AAala kulli affakin atheemin
Translation: އެސޮރުމެން ފައިބަނީ ގިނަގިނައިން ދޮގުހަދާ އަދި ފާފަކުރުންގިނަ މީހުންގެ މައްޗަށެވެ.
يُلۡقُونَ ٱلسَّمۡعَ وَأَكۡثَرُهُمۡ كَٰذِبُونَ ﴿223﴾يُلۡقُونَ ٱلسَّمۡعَ وَأَكۡثَرُهُمۡ كَٰذِبُونَ
Transliteration: Yulqoona alssamAAa waaktharuhum kathiboona
Translation: އެސޮރުމެން (އުޑުންއަހާ خبر ތައް) ކަހީނުންނަށް ބުނެދެއެވެ. އަދި އެމީހުންކުރެ ގިނަމީހުންނަކީ يعني: ކަހީނުންކުރެ ގިނަމީހުންނަކީ ދޮގުވެރިންނެވެ. އެމީހުންގެ ގިނަވާހަކައަކީ ދޮގެވެ.
وَٱلشُّعَرَآءُ يَتَّبِعُهُمُ ٱلۡغَاوُۥنَ ﴿224﴾وَٱلشُّعَرَآءُ يَتَّبِعُهُمُ ٱلۡغَاوُۥنَ
Transliteration: WaalshshuAAarao yattabiAAuhumu alghawoona
Translation: އަދި شاعر ން އެބަހީ: ޅެންވެރިން ދަންނައެވެ. އެމީހުންނާއި غَاوِى އިން تبع ވެއެވެ. (غَاوى އަކީ شيطان އެވެ. ނުވަތަ މަގުފުރައްދާ ކޮންމެ މީހެކެވެ. آدم ގެދަރިޔަކަސް ޖިންނިޔަކަސް ހަމަހަމައެވެ.)
أَلَمۡ تَرَ أَنَّهُمۡ فِي كُلِّ وَادٖ يَهِيمُونَ ﴿225﴾أَلَمۡ تَرَ أَنَّهُمۡ فِي كُلِّ وَادٖ يَهِيمُونَ
Transliteration: Alam tara annahum fee kulli wadin yaheemoona
Translation: އަދި އެމީހުން ކޮންމެ وادى އެއްގައިވެސް ހިނގާ އަދި ފީނާހަދާތަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ. (އެބަހީ: އެމީހުން ކޮންމެ ފަންނެއްގައިވެސް ޅެންތައް ކިޔައެވެ.)
وَأَنَّهُمۡ يَقُولُونَ مَا لَا يَفۡعَلُونَ ﴿226﴾وَأَنَّهُمۡ يَقُولُونَ مَا لَا يَفۡعَلُونَ
Transliteration: Waannahum yaqooloona ma la yafAAaloona
Translation: އަދި އެމީހުން ނުކުރާ ކަންތަކުގެ ވާހަކަ އެމީހުން ބުނާނެއެވެ.
إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ وَذَكَرُواْ ٱللَّهَ كَثِيرٗا وَٱنتَصَرُواْ مِنۢ بَعۡدِ مَا ظُلِمُواْۗ وَسَيَعۡلَمُ ٱلَّذِينَ ظَلَمُوٓاْ أَيَّ مُنقَلَبٖ يَنقَلِبُونَ ﴿227﴾إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ وَذَكَرُواْ ٱللَّهَ كَثِيرٗا وَٱنتَصَرُواْ مِنۢ بَعۡدِ مَا ظُلِمُواْۗ وَسَيَعۡلَمُ ٱلَّذِينَ ظَلَمُوٓاْ أَيَّ مُنقَلَبٖ يَنقَلِبُونَ
Transliteration: Illa allatheena amanoo waAAamiloo alssalihati wathakaroo Allaha katheeran waintasaroo min baAAdi ma thulimoo wasayaAAlamu allatheena thalamoo ayya munqalabin yanqaliboona
Translation: އެމީހުންގެތެރެއިން އީމާންވެގެން صالح ކޮށް އަދި ގިނަގިނައިން ﷲ އަށް ذِكر ކޮށް ﷲ ހަނދާންކުރާމީހުން މެނުވީއެވެ. އަދި އެމީހުންނަށް އަނިޔާލިބެވުމަށްފަހު نصر ލިބުނު މީހުން މެނުވީއެވެ. (އެއީ: مؤمن ންގެ ތެރޭގައި ތިބި ޅެންވެރިންނެވެ. حَسَّان بن ثابت ކަހަލަ ބޭކަލުންނެވެ. އެފަދަމީހުންނަކީ ޅެމުން ކާފަރުންގެ މައްޗަށް نصر ލިބުނުމީހުންނެވެ.) އަދި އަނިޔާވެރިވީ މީސްތަކުންނަށް ނުވަތަ مشرك ންނަށް ތިމާމެން ފުރޮޅިގެންދާނޭ ތަނަކީ ކޮންތަނެއްކަން ނިކަންހުރެ އެނގިދާނެއެވެ. (އެތަނަކީ އެއީ ނަރަކައެވެ. والله أعلم)
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download