quranm◉

Surah Al-Qalam transliteration

◉ ސޫރަ · ∞

68:1

نٓۚ وَٱلۡقَلَمِ وَمَا يَسۡطُرُونَ ﴿1﴾

Transliteration: Noon waalqalami wama yasturoona

Translation: ن: މިއަކުރަކީ ޤުރްއާނުގެ ބައެއް ސޫރަތް ފެށޭ ތަންތާ ހުންނަފަދަ ވަކި އަކުރުތަކުގެތެރެއިންވާ އަކުރެކެވެ. އެ އަކުރުގެ ފުރިހަމަ މުރާދު ދެނެވޮޑިގެންވަނީ ހަމައެކަނި الله އެވެ. ޤަލަމް އާއި ޤަލަމުން ލިއުއްވާ ބޭކަލުން ލިއުއްވާ ތަކެތި ގަންދެއްވައި الله ހުވައި وحي ކުރައްވައެވެ.

68:2

مَآ أَنتَ بِنِعۡمَةِ رَبِّكَ بِمَجۡنُونٖ ﴿2﴾

Transliteration: Ma anta biniAAmati rabbika bimajnoonin

Translation: (އޭ ރަސޫލު ﷲ އެވެ!) ކަލޭގެފާނުންގެ رب ދެއްވި ނިޢްމަތުގެ ސަބަބުން ކަލޭގެފާނަކީ މޮޔައަކު ކަމުގައި ނުވެއެވެ. (އެބަހީ ނަބީކަމުގެ ނިޢްމަތާއި އަދި ރިޔާސަތު ކަލޭގެފާނަށް ދެއްވުމުގެ ސަބަބުން ކަލޭގެފާނު މޮޔަބޭކަލަކު ކަމުގައި ނުވެއެވެ. މިއީ މައްކާގެ ކާފަރުން އެކަލޭގެފާނު އެހުރީ وحي ގެ ސަބަބުން މޮޔަވެފައޭ ނުވަތަ ޖިންނި ބަލިޖެހިގެން މޮޔަވެފައޭ ކިޔަންފެށުމުން އޭގެ ރައްދުގައި ބާވައި ލެއްވި ބަސްފުޅެކެވެ. އެކަލޭގެފާނު އެހުންނެވީ މޮޔަވެފައިނޫންކަން އެންމެންނަށް އެންގެވީއެވެ.)

68:3

وَإِنَّ لَكَ لَأَجۡرًا غَيۡرَ مَمۡنُونٖ ﴿3﴾

Transliteration: Wainna laka laajran ghayra mamnoonin

Translation: އަދި ހަމަކަށަވަރުން ކަލޭގެފާނަށް ކެނޑިގެން ނުދާފަދަ ބޮޑު ނިޢްމަތެއްވެއެވެ.

68:4

وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٖ ﴿4﴾

Transliteration: Wainnaka laAAala khuluqin AAatheemin

Translation: އަދި ހަމަކަށަވަރުން ކަލޭގެފާނު ވަނީ ކަނޑައެޅިގެން ބޮޑުވެގެންވާ މާތް ޚުލްޤު ފުޅެއްގައެވެ.

68:5

فَسَتُبۡصِرُ وَيُبۡصِرُونَ ﴿5﴾

Transliteration: Fasatubsiru wayubsiroona

Translation: ،(6) (އޭ މުޙައްމަދުގެފާނެވެ!) ކަންތައްތައް ރަނގަޅަށް ސާފުކޮށް އެނގޭހިނދުން ދުނިޔޭން މޮޔަވެފައިވަނީ ކާކުކަން އެމީހުންނަށް ރަނގަޅަށް އެނގިދާނެއެވެ. މޮޔަވެފައި ވަނީ އެމީހުންތޯ ނުވަތަ ކަލޭގެފާނުތޯ އެނގިދާނެއެވެ. ނިކަންހުރެ ކަލޭގެފާނު އެތަން ދެކެވަޑައިގަންނަވާނެއެވެ. އަދި އެމީހުންވެސް ނިކަންހުރެ އެތަން ދެކޭނެއެވެ.

68:6

بِأَييِّكُمُ ٱلۡمَفۡتُونُ ﴿6﴾

Transliteration: Biayyikumu almaftoonu

Translation: ،(6) (އޭ މުޙައްމަދުގެފާނެވެ!) ކަންތައްތައް ރަނގަޅަށް ސާފުކޮށް އެނގޭހިނދުން ދުނިޔޭން މޮޔަވެފައިވަނީ ކާކުކަން އެމީހުންނަށް ރަނގަޅަށް އެނގިދާނެއެވެ. މޮޔަވެފައި ވަނީ އެމީހުންތޯ ނުވަތަ ކަލޭގެފާނުތޯ އެނގިދާނެއެވެ. ނިކަންހުރެ ކަލޭގެފާނު އެތަން ދެކެވަޑައިގަންނަވާނެއެވެ. އަދި އެމީހުންވެސް ނިކަންހުރެ އެތަން ދެކޭނެއެވެ.

68:7

إِنَّ رَبَّكَ هُوَ أَعۡلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ ﴿7﴾

Transliteration: Inna rabbaka huwa aAAlamu biman dalla AAan sabeelihi wahuwa aAAlamu bialmuhtadeena

Translation: ތިމާ ސީދާ މަގުންނެއްޓި މަގުފުރެދިފަވަނީ ކާކުކަން ކަލޭގެފާނުންގެ رب މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ސީދާ ތެދުމަގުގައި ވަނީ ކާކުކަންވެސް އެކަލާނގެ މޮޅަށް ދެނެވޮޑިގެން ވެއެވެ.

68:8

فَلَا تُطِعِ ٱلۡمُكَذِّبِينَ ﴿8﴾

Transliteration: Fala tutiAAi almukaththibeena

Translation: ފަހެ ކަލޭގެފާނު ދޮގުހަދާމީހުންނަށް ކިޔަމަންތެރިވެވަޑައި ނުގަންނަވާށެވެ.

68:9

وَدُّواْ لَوۡ تُدۡهِنُ فَيُدۡهِنُونَ ﴿9﴾

Transliteration: Waddoo law tudhinu fayudhinoona

Translation: އެމީހުން އެބަހީ މައްކާގެ މުޝްރިކުން އެދެނީ ކަލޭގެފާނު އެމީހުންނަށް ދޫދީ މަޑުމައިތިރިގޮތް ބެހެއްޓުމަށެވެ. އޭރުން އެމީހުންވެސް ކަލޭގެފާނަށް ދޫދީ މަޑުމައިތިރިވުމަށެވެ. - އެމީހުންގެ ބޭނުމަކީ ކަލޭގެފާނު އެމީހުންގެ ބުދުތަކަށް ހުތުރުބަސް ނުބުނެ އެމީހުން އަޅުކަންކުރާގޮތަކަށް ކުރުމަށްދޫކުރެއްވުމެވެ. އޭރުން އެމީހުންވެސް ކަލޭގެފާނު އަޅުކަންކުރާގޮތާއި ނުބެހުމެވެ. -

68:10

وَلَا تُطِعۡ كُلَّ حَلَّافٖ مَّهِينٍ ﴿10﴾

Transliteration: Wala tutiAA kulla hallafin maheenin

Translation: އަދި އެމީހަކު ނިކަމެތި އަދި ދެރަ އަދި ގިނަގިނައިން ހުވައިކުރާ ކޮންމެ މީހަކަށް (އެއްވެސް މީހަކަށް) ކަލޭގެފާނު ކިޔަމަންތެރިވެ ވަޑައިނުގަންނަވާށެވެ.

68:11

هَمَّازٖ مَّشَّآءِۭ بِنَمِيمٖ ﴿11﴾

Transliteration: Hammazin mashshain binameemin

Translation: އަދި މީސްތަކުންނަށް ހުތުރު އެއްޗެތިކިޔާ އަދި غِيْبَ ބުނާ އަދި ދޭދޭ ދެމީހުންގެ ދޭތެރެ ފާސިދުކުރުމަށް ދެބައޮޑުވަމުން ހިނގާ (އެއްވެސްމީހަކަށް ކަލޭގެފާނު ކިޔަމަންތެރިވެ ވަޑައިނުގަންނަވާށެވެ.

68:12

مَّنَّاعٖ لِّلۡخَيۡرِ مُعۡتَدٍ أَثِيمٍ ﴿12﴾

Transliteration: MannaAAin lilkhayri muAAtadin atheemin

Translation: އަދި އެމީހަކު ހެޔޮކަންތައްތައްމަނާކުރާ އަދި އަނިޔާވެރިކަމުގައި ހައްދު ފަހަނައަޅާފައިވާ އަދި ފާފަކުރުންގިނަ (އެއްވެސްމީހަކަށް ކަލޭގެފާނު ކިޔަމަންތެރިވެ ވަޑައި ނުގަންނަވާށެވެ.)

68:13

عُتُلِّۭ بَعۡدَ ذَٰلِكَ زَنِيمٍ ﴿13﴾

Transliteration: AAutullin baAAda thalika zaneemin

Translation: އަދި އެމީހާ އަޚްލާޤު ނުބައި ހަރުކަށި އަދި މިބަޔާންވެދިޔަ ހުތުރު ހުރިހާސިފަސިފަޔަކަށްފަހު އަދި އެމީހާ އެމީހާގެ ނަސަބާއިމެދު ތުހުމަތު ކުރެވޭ ނުވަތަ މީހުންގެތެރޭ ނުބައިކަމަށް މަޝްހޫރުވެގެންވާ މީހަކު ކަމުގައި އެމީހާވާނެއެވެ.

68:14

أَن كَانَ ذَا مَالٖ وَبَنِينَ ﴿14﴾

Transliteration: An kana tha malin wabaneena

Translation: އެމީހާ މުދާވެރިއަކަށްވީތީ ނުވަތަ ދަރިންގިނަމީހަކަށްވީތީ (އެމީހާއަށް ކިޔަމަންތެރިވެވަޑައި ނުގަންނަވާށެވެ.)

68:15

إِذَا تُتۡلَىٰ عَلَيۡهِ ءَايَٰتُنَا قَالَ أَسَٰطِيرُ ٱلۡأَوَّلِينَ ﴿15﴾

Transliteration: Itha tutla AAalayhi ayatuna qala asateeru alawwaleena

Translation: ތިމަންރަސްކަލާނގެ އާޔަތްތައް އެމީހަގެ މައްޗަށް ކިޔެވިއްޖެއްޔާ ވެސް އޭނާބުނާނީ ތިޔައީ އިސްވެދިމީހުން ދައްކާފައިވާ ދޮގު ފުލޯކު ވާހަކަތަކެއް ކަމުގައެވެ.

68:16

سَنَسِمُهُۥ عَلَى ٱلۡخُرۡطُومِ ﴿16﴾

Transliteration: Sanasimuhu AAala alkhurtoomi

Translation: ނިކަން ހުރެ ތިމަންރަސްކަލާނގެ އޭނާގެމޫނުމަތީގައި ނުވަތަ ނޭފަތްމަތީގައި ޢަލާމާތެއް ލައްވާ ހުށީމެވެ.

68:17

إِنَّا بَلَوۡنَٰهُمۡ كَمَا بَلَوۡنَآ أَصۡحَٰبَ ٱلۡجَنَّةِ إِذۡ أَقۡسَمُواْ لَيَصۡرِمُنَّهَا مُصۡبِحِينَ ﴿17﴾

Transliteration: Inna balawnahum kama balawna ashaba aljannati ith aqsamoo layasrimunnaha musbiheena

Translation: ހަމަކަށަވަރުން ބަގީޗާގެ އެކުވެރިންނަށް ބަލާޖައްސަވައި إمْتِحَانُ ކުރެއްވިފަދައިން އެމީހުންނަށްވެސް - އެބަހީ މައްކާގެ އަހުލުވެރިންނަށްވެސް- ބަލާޖައްސަވައި إمْتِحَانُ ކުރައްވާހުށީމެވެ. އެއީ އެބަގީޗާގެ އެކުވެރިން ފަތިސްފަތިހާގޮސް އެތާގެ މޭވަތައް ކަނޑާނެކަމުގައިބުނެ ހުވައިކުރިހިދުންނެވެ.

68:18

وَلَا يَسۡتَثۡنُونَ ﴿18﴾

Transliteration: Wala yastathnoona

Translation: އެމީން އެހެންބުނިއިރު އެމީހުން الله އިރާދަކުރެއްވިއްޔަކާއެކޭ - މިހެން ނުބުނެ އިސްތިސްނާއެއްނުކުރެއެވެ.

68:19

فَطَافَ عَلَيۡهَا طَآئِفٞ مِّن رَّبِّكَ وَهُمۡ نَآئِمُونَ ﴿19﴾

Transliteration: Fatafa AAalayha taifun min rabbika wahum naimoona

Translation: ދެންފަހެ އެމީހުން އެގޮތުގެ މައްޗަށް އެއްބަސްވެ ނިދާފައިތިއްބާ އެބަގީޗާއަށް الله ބަލާއެއް ފޮނުއްވައިފިއެވެ.

68:20

فَأَصۡبَحَتۡ كَٱلصَّرِيمِ ﴿20﴾

Transliteration: Faasbahat kaalssareemi

Translation: ދެންފަހެ ކަޅު އަދިރި ރެއެއްފަދައިން ނުވަތަ ގޮވާންކަޑައިނިމި ހިކިގެން ގޮސްފައިވާ ދަޑެއްފަދައިން އެބަގީޗާ ވެއްޖެއެވެ.

68:21

فَتَنَادَوۡاْ مُصۡبِحِينَ ﴿21﴾

Transliteration: Fatanadaw musbiheena

Translation: ދެން އެމީހުން ފަތިހާ ތެދުވެ ކުރިންރާވައިފާވާގޮތަށް އެއްބަޔަކު އަނެއްބަޔަކަށްގޮވަފިއެވެ.

68:22

أَنِ ٱغۡدُواْ عَلَىٰ حَرۡثِكُمۡ إِن كُنتُمۡ صَٰرِمِينَ ﴿22﴾

Transliteration: Ani ighdoo AAala harthikum in kuntum sarimeena

Translation: އަދި އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ކަލޭމެން ދަނޑުކަޑައި މޭވާކަޑަން ގަސްދު ކުރަންޏާ އަވަސްއަވަހަށް ދަނޑަށްހިނގާށެވެ.

68:23

فَٱنطَلَقُواْ وَهُمۡ يَتَخَٰفَتُونَ ﴿23﴾

Transliteration: Faintalaqoo wahum yatakhafatoona

Translation: ދެން އެމީހުން ދަނޑަށް ދަމުން އެކަކު އަނެކަކަށް ސިއްރުން ބުންޏެވެ.

68:24

أَن لَّا يَدۡخُلَنَّهَا ٱلۡيَوۡمَ عَلَيۡكُم مِّسۡكِينٞ ﴿24﴾

Transliteration: An la yadkhulannaha alyawma AAalaykum miskeenun

Translation: މިއަދު އެއްވެސް މިސްކީނަކު ކަލޭމެންގެ ދަނޑަށް ވަނަދީގެން ނުވާނެއެވެ.

68:25

وَغَدَوۡاْ عَلَىٰ حَرۡدٖ قَٰدِرِينَ ﴿25﴾

Transliteration: Waghadaw AAala hardin qadireena

Translation: ދެންއެމީހުން އެގަސްދު ކުރިގޮތަށް ފިސާރި ކެރިގެންތިބެގެން ގަދަފަދަކަމާއި އެކު ދަނޑަށް ހިގައްޖެއެވެ.

68:26

فَلَمَّا رَأَوۡهَا قَالُوٓاْ إِنَّا لَضَآلُّونَ ﴿26﴾

Transliteration: Falamma raawha qaloo inna ladalloona

Translation: ދެންފަހެ އެމީހުން ގޮސް ބަގީޗާ ދުއްހިނދުން އެތަން އޮތް ވީރާނާ ގޮތް ފެނިފައި އެމީހުންބުނީ އަހުރެމެން މިތިބީ މަގުއޮޅިފައެވެ. މިއީ އެހެންތަނެކެވެ.

68:27

بَلۡ نَحۡنُ مَحۡرُومُونَ ﴿27﴾

Transliteration: Bal nahnu mahroomoona

Translation: އެހެންނަމަވެސް ރަނގަޅަށް حَقِيْقَة ސާފުވިހިނދުން އެމީހުންބުނީ ނޫނެކެވެ. އަހުރެމެން މިތިބީ ބަގީޗާއިން مَحْرُوْم ވެފައެވެ. (އެތާނގެ ހެޔޮކަން އަހުރެމެންނަށް ގެއްލުނީއެވެ. އަހުރެމެންނަށް ކުށް ކުރެވުނީއެވެ.)

68:28

قَالَ أَوۡسَطُهُمۡ أَلَمۡ أَقُل لَّكُمۡ لَوۡلَا تُسَبِّحُونَ ﴿28﴾

Transliteration: Qala awsatuhum alam aqul lakum lawla tusabbihoona

Translation: އެމީހުންގެ ތެރޭގައި ހުރި އެންމެ عَدْلُ ވެރި ހެޔޮލަފާމީހާ ބުންޏެވެ. ކަލޭމެން الله އަށް تَسْبِيْح ނުކީ ކިއްވެގެން ހެއްޔެވެ؟ ނުވަތަ الله އިރާދަކުރެއްވިއްޔާއޭ ނުބުނީ ކީއްވެގެންހެއްޔެވެ؟ (ނުވަތަ الله އިރާދަކުރެއްވިއްޔާއޭ ބުނިނަމައެވެ.) މިހެންއަހުރެން ކަލޭމެންކައިރީ ނުބުނަން ހެއްޔެވެ؟ އެބަހީ ބުނީމެވެ.

68:29

قَالُواْ سُبۡحَٰنَ رَبِّنَآ إِنَّا كُنَّا ظَٰلِمِينَ ﴿29﴾

Transliteration: Qaloo subhana rabbina inna kunna thalimeena

Translation: އެމީހުން ދެނެނެވިއެވެ. އަޅަމެން ހައްދަވާ ބޮޑުކުރައްވާ ކަލާނގެ ހުސްطَاهِرُ ވަންތައެވެ. (سُبْحَانَ الله އެވެ.) = ހަމަކަށަވަރުން އަނިޔާވެރިން ކަމުގައި އަހުރެމެން ވެއްޖައީމެވެ.

68:30

فَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٖ يَتَلَٰوَمُونَ ﴿30﴾

Transliteration: Faaqbala baAAduhum AAala baAAdin yatalawamoona

Translation: ދެންފަހެ އޭގެ އެއްބަޔަކު އަނެއްބަޔަކާއި އެމީހުން އެމީހުންނަށް މަލާމާތް ކުރާޙާލު ކުރިމަތިލައިފިއެވެ.

68:31

قَالُواْ يَٰوَيۡلَنَآ إِنَّا كُنَّا طَٰغِينَ ﴿31﴾

Transliteration: Qaloo ya waylana inna kunna tagheena

Translation: އެމީހުން ބުންޏެވެ. އަހުރެމެންނަށްވާ ހަލާކެއްގެ ބޮޑުކަމާއެ! ހަމަކަށަވަރުން އަހުރެމެންމިވީ ނުކިޔަމަންތެރިން ކަމުގައެވެ.

68:32

عَسَىٰ رَبُّنَآ أَن يُبۡدِلَنَا خَيۡرٗا مِّنۡهَآ إِنَّآ إِلَىٰ رَبِّنَا رَٰغِبُونَ ﴿32﴾

Transliteration: AAasa rabbuna an yubdilana khayran minha inna ila rabbina raghiboona

Translation: (އަދިއެމީހުން ބުންޏެވެ.) އަޅަމެންގެ رَبُّ އަޅަމެންނަށް އެއަށްވުރެންމާ ހެޔޮތަނެއް އޭގެބަދަލުގައި ދެއްވުން އުއްމީދު ކުރެވެއެވެ. (އެކަލާނގެ އަޅަމެނަށް ދެއްވާ ދަރުމަކުރައްވާށިއެވެ.) ހަމަކަށަވަރުން އަޅަމެންނީ އަޅަމެންގެ رَبُّ ގެحَضْرَةُ ގައި އެދިދަންނަވާ ބަޔަކީމެވެ.

68:33

كَذَٰلِكَ ٱلۡعَذَابُۖ وَلَعَذَابُ ٱلۡأٓخِرَةِ أَكۡبَرُۚ لَوۡ كَانُواْ يَعۡلَمُونَ ﴿33﴾

Transliteration: Kathalika alAAathabu walaAAathabu alakhirati akbaru law kanoo yaAAlamoona

Translation: (ދުނިޔޭގައިވެސް ތިމަން ރަސްކަލާނގެ) ޢަޒާބު އެފަދައެވެ. އަދި آخِرَةُ ގެ ޢަޒާބު މާބޮޑުވެގެންވެއެވެ. އެމީހުންނަށް އެގޮތް އެނގޭނޭ ނަމައެވެ.

68:34

إِنَّ لِلۡمُتَّقِينَ عِندَ رَبِّهِمۡ جَنَّـٰتِ ٱلنَّعِيمِ ﴿34﴾

Transliteration: Inna lilmuttaqeena AAinda rabbihim jannati alnnaAAeemi

Translation: ހަމަކަށަވަރުން تَقْوَى ވެރިންނަށް އެމީހުންގެ رَبُّ ގެحَضْرَةُ ގައި نِعْمَة ތަކުގެވެރި ސުވަރުގެ ވެއެވެ.

68:35

أَفَنَجۡعَلُ ٱلۡمُسۡلِمِينَ كَٱلۡمُجۡرِمِينَ ﴿35﴾

Transliteration: AfanajAAalu almuslimeena kaalmujrimeena

Translation: އަޅެފަހެ ނުބަ ނުލަފާމީހުން ފަދައިން ރަނގަޅު މުސްލިމުން ތިމަންރަސްކަލާނގެ ލައްވާނޭހެއްޔެވެ؟ (އެބަހީ އެފަދައިން ތިމަންރަސްކަލާނގެ ނުލައްވާނަމެވެ.)

68:36

مَا لَكُمۡ كَيۡفَ تَحۡكُمُونَ ﴿36﴾

Transliteration: Ma lakum kayfa tahkumoona

Translation: ކަލޭމެނަށް ތިޔަތިބީ ކީއްވެފައިހެއްޔެވެ؟ ކަލޭމެން ތިޔަ حُكُم ކުރަނީކޮންފަދައަކުން ހެއްޔެވެ؟ (ނުލަފާމީހުންނާއި تَقْوَى ވެރިމާތް މީހުންނާއި ތިމަންރަސްކަލާނގެ ހަމަހަމަ ނުކުރައްވާހުށީމެވެ.)\nދަންނައެވެ. މިތާގެ މިފަހުގެ ދެއާޔަތާއި ދެން އަންނަންއޮތް ދެތިން އާޔަތުގައި އެވަނީ މައްކާގެ ކާފަރުންނަށް އެމީހުންބުނި ބުނުމަކަށް ކުރައްވާފައިވާ ރައްދެކެވެ. އެމީހުން ބުނަނީ مُحَمَّد ގެފާނު އެހީފުޅުކުރައްވާގޮތް އެއީ ރަނގަޅު ގޮތެއްކަމުގައިވާނަމަވެސް، އެމުސްލިމުންގެ ޙާލާއި އަހުރެމެންގެ ޙާލު قِيَامَة ދުވަހުންވެސްވާނީ ހަމަދުނިޔޭގައިވެސް މިވާގޮތަށެވެ. އެއީ މުސްލިމުން ފަޤީރު ދެރަބަޔަކު ކަމުގައިވެފައި އަހުރެމެން މުއްސަދި އަދި މަތީ ބަޔަކު ކަމުގައިވާނެއެވެ. މިއެވެ. މިއީ މައްކާގެ ބޮޑެތި މުޝްރިކުން ލަފާކުރާގޮތެވެ. ފަހެ މިއާޔަތްތަކުގައި الله އެމީހުންނަށް ރައްދުކުރައްވައި އެމީހުން އެހީކުރާގޮތަށް ނުވާނެކަން އަންގަވަނީއެވެ. والله أعلم.

68:37

أَمۡ لَكُمۡ كِتَٰبٞ فِيهِ تَدۡرُسُونَ ﴿37﴾

Transliteration: Am lakum kitabun feehi tadrusoona

Translation: ނުވަތަ (މުސްލިމުންނާއި މުޖުރިމުން ހަމަހަމަވެ އެއްވަރުވާނެ ކަމުގައި ބަޔާންވެގެންވާ) ފޮތެއް ފަހެ ކަލޭމެންނަށްވަނީ ހެއްޔެވެ؟

68:38

إِنَّ لَكُمۡ فِيهِ لَمَا تَخَيَّرُونَ ﴿38﴾

Transliteration: Inna lakum feehi lama takhayyaroona

Translation: އެފޮތުން (އެފަދަބަޔާނެއް) ކަލޭމެނަށް ފެނުނިހެއްޔެވެ؟ ކަލޭމެން ތިޔަ إخْتِيَار ކުރާން ގަސްދުކުރާގޮތަށް ފޮޅުވަތް އެޅިގެންވަނީހެއްޔެ؟

68:39

أَمۡ لَكُمۡ أَيۡمَٰنٌ عَلَيۡنَا بَٰلِغَةٌ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ إِنَّ لَكُمۡ لَمَا تَحۡكُمُونَ ﴿39﴾

Transliteration: Am lakum aymanun AAalayna balighatun ila yawmi alqiyamati inna lakum lama tahkumoona

Translation: ނުވަތަ ކަލޭމެން ތިޔަ حُكُم ކުރާގޮތަށް ކަންތައްތައްވާނެ ކަމުގައި ތިމަންރަސްކަލާނގެحَضْرَةُ ގައި قِيَامَة ދުވަހާއި ހަމައަށްދާންދެން ގަދަ عَهْدُ ކަށަވަރެއް ކަލޭމެން ހިފައިފާވަނީ ހެއްޔެވެ؟

68:40

سَلۡهُمۡ أَيُّهُم بِذَٰلِكَ زَعِيمٌ ﴿40﴾

Transliteration: Salhum ayyuhum bithalika zaAAeemun

Translation: (އޭ رَسول الله އެވެ!) އެފަދަކަންތައްތަކާއި ކަލޭމެންގެ ތެރެއިން ޙަވާލުވެ ޖާމިނުވަނީ ކާކުތޯ އެމީހުން ކުރެން ކަލޭގެފާނު އައްސަވައި ބައްލަވާށެވެ!

68:41

أَمۡ لَهُمۡ شُرَكَآءُ فَلۡيَأۡتُواْ بِشُرَكَآئِهِمۡ إِن كَانُواْ صَٰدِقِينَ ﴿41﴾

Transliteration: Am lahum shurakao falyatoo bishurakaihim in kanoo sadiqeena

Translation: ނުވަތަ އެބައިމީހުންނަށް އެކަމުގައި އެހީވާނޭ ބައިވެރިންތަކެއް ވަނީހެއްޔެވެ؟ އަދިއެމީހުން އެބުނަނީ ތެދެއްކަމުގައި ވަންޏާ އެމީހުންގެ އެ އެހީތެރިންތަކަށް ގޮވާގެނަ ސްބަލާށެވެ. އެބަހީ މުސްލިމުންނާއި މުޖްރިމުނުބައިމީހުން آخِرَة ދުވަހުން އެއްހަމައެއްގައި ބެއިތިއްބުމަށް ކުޅަދާނަވެގެންވާވަރުގެ އެހީތެރިންތަކެއް އެކާފަރުންނަށް ވާނަމަ އެބަޔަކު ނިކަން ގެނެސްބަލާށެވެ. ނުގެނެވޭނެއެވެ.

68:42

يَوۡمَ يُكۡشَفُ عَن سَاقٖ وَيُدۡعَوۡنَ إِلَى ٱلسُّجُودِ فَلَا يَسۡتَطِيعُونَ ﴿42﴾

Transliteration: Yawma yukshafu AAan saqin wayudAAawna ila alssujoodi fala yastateeAAoona

Translation: އަދި ކަށިމަތި ކަޝްފުވާދުވަހުން (ކަންތައް ބޮޑުވާދުވަހުން) ސަޖިދަކުރުމަށް އެމީހުންނަށް ގޮވޭނެއެވެ. ދެން އެބައި މީހުންނަށް އެކަމަށް ކުޅަދާނަ ނުވާނެއެވެ.

68:43

خَٰشِعَةً أَبۡصَٰرُهُمۡ تَرۡهَقُهُمۡ ذِلَّةٞۖ وَقَدۡ كَانُواْ يُدۡعَوۡنَ إِلَى ٱلسُّجُودِ وَهُمۡ سَٰلِمُونَ ﴿43﴾

Transliteration: KhashiAAatan absaruhum tarhaquhum thillatun waqad kanoo yudAAawna ila alssujoodi wahum salimoona

Translation: އެމީހުންގެ ލޯތައް ބިރުން ފެންކަޅިވެގެންވާ ޙާލު އެމީހުންގެ މައްޗަށް ވެރިވެގެންވާނީ ހިތާމަޔާއި ނުހަނު ނިކަމެތި ދެރަކަމެވެ. އަދި ހަމަކަށަވަރުން އެމީހުން (ދުނިޔޭގައި) ސަލާމަތުންތިބި ޙާލު ސަޖިދަ ކުރުމަށް އެމީހުންނަށް ގޮވުނެވެ. (އެއިރު އެކަމަށް އިޖާބަނުދިނީއެވެ. ދެން މިއަދު އެމީހުންނަށް އެކަމަށް ކުޅަދާނަ ވެގެން ނުވާނެއެވެ.) * تفسير علم ވެރިންގެ ބައެއް ބޭކަލުން ވިދާޅުވެފައިވަނީ: މި އާޔަތުން އެ އިޝާރަތް ވަނީ ދުނިޔޭގައި އުޅުނުއިރު ބަންގި އަޑުއަހާފައި ނަމާދަށް ޙާޟިރު ނުވި މީހުންނާއި މެދު އޮތް ބަސްފުޅެއްކަމަށެވެ. ޤިޔާމަތް ދުވަހުން ﷲ ގެ ކަށިމަތިފުޅު ކަޝްފުކުރަށްވައި އެންމެހާމީހުންނަށް ސަޖިދަކުރަން އަންގަވާނެއެވެ. ދެން އެންމެހާ މުއުމިނުން ސަޖިދަ ކުރާނެއެވެ. އަދި ދުނިޔޭގައި އުޅުނުއިރު ސަޖިދަނުކުރާމީހުންނާއި އަދި ދެއްކުމަށާއި އިއްވުމަށް ސަޖިދަކުރި މީހުން (މުނާފިޤުން) ނަށް އެދުވަހުން ސަޖިދަނުކުރެވޭނެއެވެ. އެމީހުންގެ ބުރަކަށިތައް ހުންނާނީ އެކީ އެކައްޗަކަށް ފިލައިގަޑެއްހެން ހަރުވެ ފަންވަރުވެފައެވެ. އެމީހުންނަކަށް ސަޖިދައެއްނުކުރެވޭނެއެވެ. = زُبْدَةُ التَّفْسِيْر =

68:44

فَذَرۡنِي وَمَن يُكَذِّبُ بِهَٰذَا ٱلۡحَدِيثِۖ سَنَسۡتَدۡرِجُهُم مِّنۡ حَيۡثُ لَا يَعۡلَمُونَ ﴿44﴾

Transliteration: Fatharnee waman yukaththibu bihatha alhadeethi sanastadrijuhum min haythu la yaAAlamoona

Translation: (އޭ ރަސޫލު ﷲ އެވެ!) ފަހެ މިވާހަކަ: އެބަހީ މި قُرآن ދޮގުކުރާ މީހާ ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ! (ތިމަންރަސްކަލާނގެ އޭނާއަށް ފުދޭނެއެވެ.) ނިކަންހުރެ ތިމަނަރަސްކަލާނގެ އެމީހުންނަށް ނުވެސް އެނގޭފަދައަކުންއެމީހުން ހިއްޕަވަމުން ހިއްޕަވާހުށީމެވެ.

68:45

وَأُمۡلِي لَهُمۡۚ إِنَّ كَيۡدِي مَتِينٌ ﴿45﴾

Transliteration: Waomlee lahum inna kaydee mateenun

Translation: އަދި ތިމަންރަސްކަލާނގެ އެމީހުންނަށް މުއްދަތު ދެއްވާހުށީމެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ރޭވުން ގަދަފަދަވެގެންވެއެވެ.

68:46

أَمۡ تَسۡـَٔلُهُمۡ أَجۡرٗا فَهُم مِّن مَّغۡرَمٖ مُّثۡقَلُونَ ﴿46﴾

Transliteration: Am tasaluhum ajran fahum min maghramin muthqaloona

Translation: (އޭ ރަސޫލު ﷲ އެވެ!) ނުވަތަ ކަލޭގެފާނު އެމީހުން ނަށް ބަރުވެގެން ނުދެއްކިގެން ދަރަނިވެރިވާވަރުގެ أجُور އަކަށް އެމީހުންގެ ކިބައިން އެދިވަޑައިގަންނަވަނީތޯއެވެ؟

68:47

أَمۡ عِندَهُمُ ٱلۡغَيۡبُ فَهُمۡ يَكۡتُبُونَ ﴿47﴾

Transliteration: Am AAindahumu alghaybu fahum yaktuboona

Translation: ނުވަތަ އެމީހުންގެ އަތުގައި އެމީހުން އެއިން ލިޔެނޯޓުކުރާނެ ޣައިބު ގެ مَعْلُومَاة ވަނީހެއްޔެވެ؟

68:48

فَٱصۡبِرۡ لِحُكۡمِ رَبِّكَ وَلَا تَكُن كَصَاحِبِ ٱلۡحُوتِ إِذۡ نَادَىٰ وَهُوَ مَكۡظُومٞ ﴿48﴾

Transliteration: Faisbir lihukmi rabbika wala takun kasahibi alhooti ith nada wahuwa makthoomun

Translation: (އޭ ރަސޫލު ﷲ އެވެ!) ކަލޭގެފާނު ކަލޭގެފާނުންގެ رب ގެ ޙުކުމްފުޅަށް އަދި އެކަލާނގެ އަމުރު ފުޅަށް ކެއްތެރިވެ ވަޑައިގަންނަވާށެވެ. އަދި މަހުގެ އެކުވެރިޔާފަދައިން ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ. (މަހުގެ އެކުވެރިޔާގެ މުރާދަކީ މިތާގައި ސަލާމްލެއްވި ޔޫނުސްގެފާނެވެ.) ފަހެ އެކަލޭގެފާނު ހިތާމަފުޅާއި މޮޅިވެރިކަމުން ފުރިގެންވާ ޙާލު އެކަލޭގެފާނުންގެ رب އަށް ނިދާ ދެންނެވިހިނދު (ދުޢާ ދެންނެވިހިނދު) ހަނދުމަފުޅު ކުރަށްވާށެވެ.

68:49

لَّوۡلَآ أَن تَدَٰرَكَهُۥ نِعۡمَةٞ مِّن رَّبِّهِۦ لَنُبِذَ بِٱلۡعَرَآءِ وَهُوَ مَذۡمُومٞ ﴿49﴾

Transliteration: Lawla an tadarakahu niAAmatun min rabbihi lanubitha bialAAarai wahuwa mathmoomun

Translation: އެކަލޭގެ ފާނުންގެ رب ގެ حضرة ން އެކަލޭގެފާނަށް ނިޢްމަތެއްލިބި ވަޑައި ނުގެންނެވި ނަމަ އެކަލޭގެފާނު އެއްވެސް ގަހެއް ނެތް ޞަޙަރާ ބިމަކަށް ނިކަމެތިކަމާއެކު މަލާމާތް ލިބިގެންވާ ޙާލު އެއްލައިލެވިއްޖައީހެވެ. * ފަހެ އެކަލޭގެފާނުންގެ رب ގެ حضرة ން އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ނިޢްމަތަކީ އެކަލޭގެފާނު ތައުބާވެ ވަޑައިގަތުމުގެ ތައުފީޤު އެކަލޭގެފާނަށް ދެއްވުމެވެ. އެއީ އަސްލު ނިޢްމަތެވެ.

68:50

فَٱجۡتَبَٰهُ رَبُّهُۥ فَجَعَلَهُۥ مِنَ ٱلصَّـٰلِحِينَ ﴿50﴾

Transliteration: Faijtabahu rabbuhu fajaAAalahu mina alssaliheena

Translation: ދެންފަހެ އެކަލޭގެފާނުންގެ رَبُّ އެކަލޭގެފާނު އިޚްތިޔާރު ކުރަށްވައި ޚާއްޞަ ކުރަށްވައިފިއެވެ. އަދި އެކަލޭގެފާނު ޞާލިޙް މާތްބޭކަލުންގެ ތެރެއިން ލައްވައިފިއެވެ. ރަސޫލުބޭކަލުންގެ ލިސްޓުގައި ހިމަނުއްވައިފިއެވެ. (މިވާހަކަ ބައެއްސޫރަތުގައި ތަންކޮޅެއްދިގުކޮއްވެއެވެ.)

68:51

وَإِن يَكَادُ ٱلَّذِينَ كَفَرُواْ لَيُزۡلِقُونَكَ بِأَبۡصَٰرِهِمۡ لَمَّا سَمِعُواْ ٱلذِّكۡرَ وَيَقُولُونَ إِنَّهُۥ لَمَجۡنُونٞ ﴿51﴾

Transliteration: Wain yakadu allatheena kafaroo layuzliqoonaka biabsarihim lamma samiAAoo alththikra wayaqooloona innahu lamajnoonun

Translation: (އަދި އޭރަސޫލު ﷲ އެވެ!) ކަލޭގެފާނު ޤުރްއާން ވިދާޅުވާ އަޑު ކާފަރުންނަށް އިވުމުން އެމީހުންގެ ރުޅިވެރިކަމާއި ޢަދާވާތްތެރިކަމުން ކަލޭގެފާނަށް އެމީހުން އެބަލާބެލުމުން ކަލޭގެފާނު ކައްސުވައިލަން ގާތްވެގެންވެއެވެ. ކަލޭގެފާނުން ހަލާކުކޮއްލަން ގާތްވެގެން ވެއެވެ. އެބަހީއެމީހުން އެހާވެސްރުޅިއާދެއެވެ. އަދި އެމީހުން ބުނެއެވެ. އެކަލޭގެފާނަކީ ދުނިޔޭން މޮޔަވެފައިވާމީހެކެވެ. ހަމަކަށަވަރުން އެއީ މަޖުނޫންއެކެވެ.

68:52

وَمَا هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ ﴿52﴾

Transliteration: Wama huwa illa thikrun lilAAalameena

Translation: އެކަމަކު އެކަލޭގެފާނު އެކިޔަވާ ވިދާޅުވާ ޤުރުއާން އެއީ ކަޑައެޅިގެން އެންމެހާ އާލަމުތަކަށްވާ ޒިކުރެއް ކަމުގައި މެނުވީ ނުވެއެވެ. މީސްތަކުންނަށް ބޭނުންވާ ހުރިހާކަމެއްގެ ބަޔާނެއް ކަމުގައި މެނުވީނުވެއެވެ. والله أعلم.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download