76:1هَلۡ أَتَىٰ عَلَى ٱلۡإِنسَٰنِ حِينٞ مِّنَ ٱلدَّهۡرِ لَمۡ يَكُن شَيۡـٔٗا مَّذۡكُورًا ﴿1﴾هَلۡ أَتَىٰ عَلَى ٱلۡإِنسَٰنِ حِينٞ مِّنَ ٱلدَّهۡرِ لَمۡ يَكُن شَيۡـٔٗا مَّذۡكُورًا
Transliteration: Hal ata AAala alinsani heenun mina alddahri lam yakun shayan mathkooran
Translation: ހަމަކަށަވަރުން ޒަމާނުގެ ތެރެއިން އިންސާނާގެ ނަންގަނެވިގެންނުވާ ވަގުތެއް އިންސާނާގެ މައްޗަށް އައިސްފައިވެއެވެ. (އެއީ އޭނާ ދުނިޔެއަށް އައުމުގެ ކުރިންނެވެ.)
76:2إِنَّا خَلَقۡنَا ٱلۡإِنسَٰنَ مِن نُّطۡفَةٍ أَمۡشَاجٖ نَّبۡتَلِيهِ فَجَعَلۡنَٰهُ سَمِيعَۢا بَصِيرًا ﴿2﴾إِنَّا خَلَقۡنَا ٱلۡإِنسَٰنَ مِن نُّطۡفَةٍ أَمۡشَاجٖ نَّبۡتَلِيهِ فَجَعَلۡنَٰهُ سَمِيعَۢا بَصِيرًا
Transliteration: Inna khalaqna alinsana min nutfatin amshajin nabtaleehi fajaAAalnahu sameeAAan baseeran
Translation: ހަމަކަށަވަރުން ތިމަންރަސްކަލާނގެ އިންސާނާ ހައްދަވާފައިވާނީ އެކުވެ މަސްހުނިވެފައިވާ نُطْفَة އަކުންނެވެ. މަނި ފޮދުވަރަކުންނެވެ. (އެއީ ފިރިހެންމީހާގެ نُطْفَة އާއި އަންހެންމީހާގެ نُطْفَة އެކުވެ މަސްހުނިވެގެންނެވެ.) ދެން ތިމަންރަސްކަލާނގެ އޭނާއަކީ އަޑުއިވޭ އަދި ފެންނަ މީހަކު ކަމުގައި ލެއްވީމެވެ.
76:3إِنَّا هَدَيۡنَٰهُ ٱلسَّبِيلَ إِمَّا شَاكِرٗا وَإِمَّا كَفُورًا ﴿3﴾إِنَّا هَدَيۡنَٰهُ ٱلسَّبِيلَ إِمَّا شَاكِرٗا وَإِمَّا كَفُورًا
Transliteration: Inna hadaynahu alssabeela imma shakiran waimma kafooran
Translation: ހަމަކަށަވަރުން ތިމަންރަސްކަލާނގެ އޭނާއަށް މަގުދެއްކީމެވެ. (އެއީ ރަނގަޅު މަގެވެ.) އެހެންޏާ އޭނާ ހެޔޮމަގުންގޮސް ޝުކުރުވެރިއަކުކަމުގައި ވުމަށެވެ. އެހެންޏާ އޭނާ ނުބައިމަގުންގޮސް ކާފަރު ވުމަށެވެ. (އެއީ އޭނާގެ އިޚްތިޔާރެވެ.)
76:4إِنَّآ أَعۡتَدۡنَا لِلۡكَٰفِرِينَ سَلَٰسِلَاْ وَأَغۡلَٰلٗا وَسَعِيرًا ﴿4﴾إِنَّآ أَعۡتَدۡنَا لِلۡكَٰفِرِينَ سَلَٰسِلَاْ وَأَغۡلَٰلٗا وَسَعِيرًا
Transliteration: Inna aAAtadna lilkafireena salasila waaghlalan wasaAAeeran
Translation: ހަމަކަށަވަރުން ކާފަރުންނަށް ކަސްތަޅުތަކާއި ހިލިހިލާތަކާއި އަދި އަނދަ އަނދާ ހުރި އަލިފާން ތިމަންރަސްކަލާގެތައްޔާރުކު ރެއްވީމެވެ (އެތަކެތި ޤިޔާމަތް ދުވަހުން އެމީހުންނަށް ހުންނަހުއްޓެވެ.)
76:5إِنَّ ٱلۡأَبۡرَارَ يَشۡرَبُونَ مِن كَأۡسٖ كَانَ مِزَاجُهَا كَافُورًا ﴿5﴾إِنَّ ٱلۡأَبۡرَارَ يَشۡرَبُونَ مِن كَأۡسٖ كَانَ مِزَاجُهَا كَافُورًا
Transliteration: Inna alabrara yashraboona min kasin kana mizajuha kafooran
Translation: (އަދި ޤިޔާމަތް ދުވަހުން) ކިޔަމަންތެރި ތެދުވެރި މާތް މީހުން އެބަހީ - أَبْرَار ން - ފުރިފައިވާ ރަލުގެ ތަށިތަކުން ބޯނެއެވެ. އޭގައި ކާފޫރު ތާސީރު އެކުލެވިގެންވާނެއެވެ. (އޭގެ މީރުކަމާއި ސާފުކަމުގެ މިންވަރު އިޙްސާސްކުރެވޭނީ ހަމައެކަނި ބުއީމައެވެ.)
76:6عَيۡنٗا يَشۡرَبُ بِهَا عِبَادُ ٱللَّهِ يُفَجِّرُونَهَا تَفۡجِيرٗا ﴿6﴾عَيۡنٗا يَشۡرَبُ بِهَا عِبَادُ ٱللَّهِ يُفَجِّرُونَهَا تَفۡجِيرٗا
Transliteration: AAaynan yashrabu biha AAibadu Allahi yufajjiroonaha tafjeeran
Translation: އެއީ ﷲ ގެ މާތް އަޅުތަކުން ބުއިމަށްވާއާރެކެވެ. (އެމީހުން ސުވަރުގޭގައި ވޭތިކުރާއިރު) އެއާރު އެވަގުތަކުއެމީހުން އެތިބިތާކުވާނެއެވެ. (ފަސޭހަކަމާއިއެކު އެއަޅުތަކުން އެއިން ބޯނެއެވެ. އެބައިމީހުން ދިޔަކޮންމެ ތަނަކަށް އެއާރު ދެމެމުންދާނެއެވެ.)
76:7يُوفُونَ بِٱلنَّذۡرِ وَيَخَافُونَ يَوۡمٗا كَانَ شَرُّهُۥ مُسۡتَطِيرٗا ﴿7﴾يُوفُونَ بِٱلنَّذۡرِ وَيَخَافُونَ يَوۡمٗا كَانَ شَرُّهُۥ مُسۡتَطِيرٗا
Transliteration: Yoofoona bialnnathri wayakhafoona yawman kana sharruhu mustateeran
Translation: އެމީހުންނަކީ އެމީހުން ދުނިޔޭގައި އުޅުނުއިރު ނަދުރެއްބުނެފިއްޔާ ފުއްދާ މީހުންނެވެ. އަދި އެމީހުންނަކީ ދުނިޔޭގައި އުޅުނުއިރު އެދުވަހެއްގެ ބިރުވެރިކަން ފެތުރިގެންވާ ދުވަހަކާއިމެދު ބިރުވެތިވީކަމުގައި ވީމީހުންނެވެ. އެދުވަހަކީ ޤިޔާމަތްދުވަހެވެ.
76:8وَيُطۡعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِۦ مِسۡكِينٗا وَيَتِيمٗا وَأَسِيرًا ﴿8﴾وَيُطۡعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِۦ مِسۡكِينٗا وَيَتِيمٗا وَأَسِيرًا
Transliteration: WayutAAimona alttaAAama AAala hubbihi miskeenan wayateeman waaseeran
Translation: އަދި އެމީހުންނަކީ އެމީހުން ދުނިޔޭގައި އެމީހުންކާއެތިކޮޅައް ލޯބި ހުރުމާއެކުވެސް މިސްކީނުންނަށާއި ޔަތީމުންނަށާއި އަދި ހައްޔަރުވެފައިވާ މީހުންނަށް އެކާއެތިކޮޅު ދޭމީހުންނެވެ. ނުވަތަ ﷲ ގެ ރުއްސެވުމުގެ ލޯބިން އެމީހުންނަށް ކާއެތިކޮޅު ދިން މީހުންނެވެ.
76:9إِنَّمَا نُطۡعِمُكُمۡ لِوَجۡهِ ٱللَّهِ لَا نُرِيدُ مِنكُمۡ جَزَآءٗ وَلَا شُكُورًا ﴿9﴾إِنَّمَا نُطۡعِمُكُمۡ لِوَجۡهِ ٱللَّهِ لَا نُرِيدُ مِنكُمۡ جَزَآءٗ وَلَا شُكُورًا
Transliteration: Innama nutAAimukum liwajhi Allahi la nureedu minkum jazaan wala shukooran
Translation: (އަދި އެކާއެތިކޮޅު ދެމުން އެމީހުން ބުނެއެވެ.) އަހުރެމެން ކަލޭމެންނަށް ކާއެތިކޮޅު މިދެނީ ﷲ ގެ ވަޖުހު ފުޅައްޓަކައެވެ. (އެކަލާނގެ ރުހިވޮޑިގަތުން ލިބުމަށްޓަކައެވެ.) ކަލޭމެންގެ ފަރާތުން މީގެ އެއްވެސް ބަދަލެއް އަދި ކަލޭމެންގެ ފަރާތުން އެއްވެސް ޝުކުރެއް އަދި ޘަނާއެއްއަހުރެމެން ނޭދެމެވެ.
76:10إِنَّا نَخَافُ مِن رَّبِّنَا يَوۡمًا عَبُوسٗا قَمۡطَرِيرٗا ﴿10﴾إِنَّا نَخَافُ مِن رَّبِّنَا يَوۡمًا عَبُوسٗا قَمۡطَرِيرٗا
Transliteration: Inna nakhafu min rabbina yawman AAaboosan qamtareeran
Translation: ހަމަކަށަވަރުން އަހުރެމެން ބިރުގަންނަނީ ކަންބޮޑުވެގެން މޫނުތަށް ހަޑިވެ އަދި ހިތްތަކަށް ބިރުވެރިކަންވަދެ ކަންބޮޑުވާދުވަހު އަހުރެމެންގެ رَبُّ ގެ ޙަޟްރަތުން އަތުވެދާނެ ބިރުވެރިކަމާއިމެދުގައެވެ.
76:11فَوَقَىٰهُمُ ٱللَّهُ شَرَّ ذَٰلِكَ ٱلۡيَوۡمِ وَلَقَّىٰهُمۡ نَضۡرَةٗ وَسُرُورٗا ﴿11﴾فَوَقَىٰهُمُ ٱللَّهُ شَرَّ ذَٰلِكَ ٱلۡيَوۡمِ وَلَقَّىٰهُمۡ نَضۡرَةٗ وَسُرُورٗا
Transliteration: Fawaqahumu Allahu sharra thalika alyawmi walaqqahum nadratan wasurooran
Translation: ފަހެ ﷲ ތަޢާލާ އެދުވަހުގެ ބިރުވެރިކަމުން އެމީހުން ސަލާމަތް ކުރެއްވިއެވެ. އަދި އެކަލާނގެ އެމީހުންގެ މޫނުތަކަށް ތާޒާކަމާއި އަލިކަންދެއްވައި އެމީހުންގެ ހިތްތަކަށް އުފާފާގަތިކަން ދެއްވައިފިއެވެ.
76:12وَجَزَىٰهُم بِمَا صَبَرُواْ جَنَّةٗ وَحَرِيرٗا ﴿12﴾وَجَزَىٰهُم بِمَا صَبَرُواْ جَنَّةٗ وَحَرِيرٗا
Transliteration: Wajazahum bima sabaroo jannatan wahareeran
Translation: އަދި އެމީހުން ދުނިޔޭގައި ކެތްތެރިވީ ކަމައްޓަކައި އެކަލާނގެ އެމީހުންނަށް މާތްވެގެންވާ ސުވަރުގެ ދެއްވައި އަދި ފަށުވިފޭރާން ދެއްވިއެވެ.
76:13مُّتَّكِـِٔينَ فِيهَا عَلَى ٱلۡأَرَآئِكِۖ لَا يَرَوۡنَ فِيهَا شَمۡسٗا وَلَا زَمۡهَرِيرٗا ﴿13﴾مُّتَّكِـِٔينَ فِيهَا عَلَى ٱلۡأَرَآئِكِۖ لَا يَرَوۡنَ فِيهَا شَمۡسٗا وَلَا زَمۡهَرِيرٗا
Transliteration: Muttakieena feeha AAala alaraiki la yarawna feeha shamsan wala zamhareeran
Translation: އެމީހުން ސުވަރުގޭގައިވާ ސޯފާތަކުގައި ލެނގިލައިގެން މަޖަލުގައި ތިބޭނެއެވެ. އަދި އެސުވަރުގޭގައި ތިބޭއިރު އަވީގެ ހޫނުކަމެއް އަދި ގަދަފިނިކަމެއްވިޔަސް އެމީހުންނުދެކޭނެއެވެ.
76:14وَدَانِيَةً عَلَيۡهِمۡ ظِلَٰلُهَا وَذُلِّلَتۡ قُطُوفُهَا تَذۡلِيلٗا ﴿14﴾وَدَانِيَةً عَلَيۡهِمۡ ظِلَٰلُهَا وَذُلِّلَتۡ قُطُوفُهَا تَذۡلِيلٗا
Transliteration: Wadaniyatan AAalayhim thilaluha wathullilat qutoofuha tathleelan
Translation: އަދި އެމީހުންގެ މައްޗަށް އެސުވަރުގޭގެ ގަސްގަހުގެ ހިޔާއެޅިގެންވެއެވެ. އަދި އެތާނގެ މޭވާތައް އެމީހުންނަށް ބިންނަންފަސޭހަވާނޭގޮތުން ގާތްވެ ކިޔަމަންވެގެންވެއެވެ. (ކޮޅަށް ތިބެގެންވެސް އިށީނދެ އިނދެގެންވެސް އަދި އޮށޯވެ އޮވެގެންވެސް ބިނދެވޭގޮތަށް ހަމަޖެހިގެންވެއެވެ.)
76:15وَيُطَافُ عَلَيۡهِم بِـَٔانِيَةٖ مِّن فِضَّةٖ وَأَكۡوَابٖ كَانَتۡ قَوَارِيرَا۠ ﴿15﴾وَيُطَافُ عَلَيۡهِم بِـَٔانِيَةٖ مِّن فِضَّةٖ وَأَكۡوَابٖ كَانَتۡ قَوَارِيرَا۠
Transliteration: Wayutafu AAalayhim bianiyatin min fiddatin waakwabin kanat qawareera
Translation: އަދި އެމީހުންގެ ގާތުގައި އެމީހުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ބޮވޭގޮތަށް ބިއްލޫރިފަދަ ސާފު ރިހީގެ ކަންވާރުތަށް ހިފައިގެން ޚާދިމުން ދައުރުކުރާނެއެވެ.
76:16قَوَارِيرَاْ مِن فِضَّةٖ قَدَّرُوهَا تَقۡدِيرٗا ﴿16﴾قَوَارِيرَاْ مِن فِضَّةٖ قَدَّرُوهَا تَقۡدِيرٗا
Transliteration: Qawareera min fiddatin qaddarooha taqdeeran
Translation: އެބިއްލޫރި ރިހި ފަދައެވެ. (އެބަހީ އެކަންވާރުގައި ރިހީގެހުދުކަމާއި ބިއްލޫރީގެ ސާފުކަން އެކުލެވިގެންވެއެވެ.) އަދި އެކަންވާރުން ބޯމީހާ ބޭނުންވާވަރަކައް ގިނަނުކޮށް މަދުވެސް ނުކޮށް ހުންނަންވާ މިންވަރައް ޚާދިމުން އެމިންވަރު ކުރައްވައެވެ.
76:17وَيُسۡقَوۡنَ فِيهَا كَأۡسٗا كَانَ مِزَاجُهَا زَنجَبِيلًا ﴿17﴾وَيُسۡقَوۡنَ فِيهَا كَأۡسٗا كَانَ مِزَاجُهَا زَنجَبِيلًا
Transliteration: Wayusqawna feeha kasan kana mizajuha zanjabeelan
Translation: އަދި ސުވަރުގޭގައި އެމީހުންނަށް ޒަންޖަބީލުގެ ތާސީރު އެކުލެވިގެންވާ ރާތަށި ބޯންދެވޭނެއެވެ.
76:18عَيۡنٗا فِيهَا تُسَمَّىٰ سَلۡسَبِيلٗا ﴿18﴾عَيۡنٗا فِيهَا تُسَمَّىٰ سَلۡسَبِيلٗا
Transliteration: AAaynan feeha tusamma salsabeelan
Translation: އެއީ ސުވަރުގޭގައިވާ سَلْسَبِيْل އެވެ ކިޔާ އާރެކެވެ. އެއީ އޭގެ މީރުކަން ނިހާޔަތަށް ގޮސްފައިވާ ދިރުވައިލަން އެހާ ފަސޭހަ އަދި ބޯމީހާ އެހާ ބޯހިތްވާ ބުއިމެކެވެ.
76:19وَيَطُوفُ عَلَيۡهِمۡ وِلۡدَٰنٞ مُّخَلَّدُونَ إِذَا رَأَيۡتَهُمۡ حَسِبۡتَهُمۡ لُؤۡلُؤٗا مَّنثُورٗا ﴿19﴾۞وَيَطُوفُ عَلَيۡهِمۡ وِلۡدَٰنٞ مُّخَلَّدُونَ إِذَا رَأَيۡتَهُمۡ حَسِبۡتَهُمۡ لُؤۡلُؤٗا مَّنثُورٗا
Transliteration: Wayatoofu AAalayhim wildanun mukhalladoona itha raaytahum hasibtahum luluan manthooran
Translation: އަދި ނުހަނު ރީތި މުސްކުޅިނުވާ ތަރޯ ތާޒާ ކުޑަކުދިން ސުވަރުގޭގެ އަހުލުވެރިންގެ ޚިދުމަތުގައި އެމީހުންގެ ވަށައިގެން ދައުރުކުރާނެއެވެ. އެކުދިން ކަލެއަށް ފެނިއްޖެއްޔާ އެކުދިންނާމެދު ކަލެޔަށް ހީވާނީ ފެތުރިފައިވާ ރީތި ރަން މުތްތަކެއް ހެންނެވެ.\n* ދަންނައެވެ. ސުވަރުގޭގައިވާކަމައް ނަންކިޔިގެންވާ ކޮންމެ މޭވާއެއް އަދި ކޮންމެ ކާއެއްޗެއް އެއީ ހަމަ އިންސާނާގެ ވިސްނުމަށް ގެނައުމަށް ފަސޭހަވުމައްޓަކައިވާނަމައެވެ. އޭގެ ރަހަޔާއި ތާސީރު އަދި ކުލަޔާވަސް ބުނަންނޭނގޭހާ ތަފާތުވާނެއެވެ. މީރުކަން ބަޔާން ނުކުރެވޭނެއެވެ. ދުލަކުން ބަޔާންނުކުރެވޭނެއެވެ. ލޮލަކުން ދެކިފައި ނުވާހާ ރީތިވާނެއެވެ. ކަންފަތަކުން އެފަދައެއްޗެއްގެ އަޑު އަހައިފައިނުވާނެއެވެ. ހިތުގައި އޭގެ ޙިޔާލުވެސް ހިނގާފައިނުވާނެއެވެ.
76:20وَإِذَا رَأَيۡتَ ثَمَّ رَأَيۡتَ نَعِيمٗا وَمُلۡكٗا كَبِيرًا ﴿20﴾وَإِذَا رَأَيۡتَ ثَمَّ رَأَيۡتَ نَعِيمٗا وَمُلۡكٗا كَبِيرًا
Transliteration: Waitha raayta thamma raayta naAAeeman wamulkan kabeeran
Translation: އަދި ކަލޭ ސުވަރުގެއަށް ލޯހިންގައި ބަލާލީމާ ސިފަނުކުރެވޭފަދަ ނިޢުމަތް ކަލޭ ދެކޭނެއެވެ. އަދި މިންވަރު ނުކުރެވޭފަދަ ބޮޑު ވެރިކަމާއި ޝަރަފު ދެކޭނެއެވެ.
76:21عَٰلِيَهُمۡ ثِيَابُ سُندُسٍ خُضۡرٞ وَإِسۡتَبۡرَقٞۖ وَحُلُّوٓاْ أَسَاوِرَ مِن فِضَّةٖ وَسَقَىٰهُمۡ رَبُّهُمۡ شَرَابٗا طَهُورًا ﴿21﴾عَٰلِيَهُمۡ ثِيَابُ سُندُسٍ خُضۡرٞ وَإِسۡتَبۡرَقٞۖ وَحُلُّوٓاْ أَسَاوِرَ مِن فِضَّةٖ وَسَقَىٰهُمۡ رَبُّهُمۡ شَرَابٗا طَهُورًا
Transliteration: AAaliyahum thiyabu sundusin khudrun waistabraqun wahulloo asawira min fiddatin wasaqahum rabbuhum sharaban tahooran
Translation: ސުވަރުގެވަންތަވެރިންގެ ފޭރާމުގެ މަތިންފެންނަ ފޭރާމަކީ ސުންދުސިފޭރާމަކާއި އިސްތަބުރަޤު ކިޔާ ވައްތަރެއްގެފޭރާމެކެވެ. އެއީ ފަށުވިފޮތީގެ ތުނިފޮއްޗާއި އޭގެބޯފޮއްޗެވެ. އަދި އެބައިމީހުންގައި ރިހީގެ އުޅާއެޅުވޭނެއެވެ. އަދި އެމީހުންނަށް شَرَابًا طَهُورًا އެވެ ކިޔާބުއިމެއް ބޯންދެވޭނެއެވެ.\nދަންނައެވެ. މިސޫރަތުގައިމިވަނީ ރިހީގެ އުޅާއެޅުވޭނެވާހަކައެވެ. فَاطِرُ ސޫރަތުގައިވަނީ ރަނުގެ އުޅާއެޅުވޭނެވާހަކައެވެ. ވީމާދެއާޔަތް ޖަމާކުރާއިރު ނަތީޖާއަކީ އެދެބާވަތުގެ އުޅާވެސް އެޅުވޭނެކަމެވެ. އަދި ދަންނައެވެ. شَرَابًا طَهُورًا އެވެ އޮތްބަސްފުޅުން އެނގެނީ ވަރަށް طَاهِرُ ބުއިމެއްދެއްވާނެކަމެވެ. އެއީ ﷲ ދެއްވާނެ خَاصَّ ބުއިމެކެވެ. أبُو قِلابَة އާއި إبْرَاهِيْمُ النَّخَعِيْ އާއި ދެބޭކަލުންވިދާޅުވިއެވެ. ސުވަރުގޭގެ އަހުލުވެރިންނަށް ކާތަކެތި ގެނެވޭނެއެވެ. އެތަކެތިކެއުމަށްފަހު ވަރަށްމީރު ވަރަށް طَاهِرُ ބުއިމެއްދެއްވާނެއެވެ. އެއީ ﷲގެ خَاصَّ ކަރާމަތެކެވެ. އެބުއިންބޮއިލީމާ ބަނޑުހިނދި ގައިން ގޮމަކަސްތޫރިވަސްދުވާ ދަލެއްހިއްލާނެއެވެ. އެބުއިމަކީ شَرَابًا طَهُورًا އެވެ. = فَتْحُ القَدِيْر =
76:22إِنَّ هَٰذَا كَانَ لَكُمۡ جَزَآءٗ وَكَانَ سَعۡيُكُم مَّشۡكُورًا ﴿22﴾إِنَّ هَٰذَا كَانَ لَكُمۡ جَزَآءٗ وَكَانَ سَعۡيُكُم مَّشۡكُورًا
Transliteration: Inna hatha kana lakum jazaan wakana saAAyukum mashkooran
Translation: (އަދި ސުވަރުގޭގެ އަހުލުވެރިންނަށް الله حَضْرة ން ނިދާއިއްވެވޭނެއެވެ.) މިހުރިހާ نِعْمَةُ އަކީ ކަލޭމެންކުރި ރަނގަޅު ޢަމަލުތަކުގެ ޖަޒާއެއްގެގޮތުން الله ދެއްވާދަރުމަކުރެއްވި فَضْلُ ވަންތަކަމެވެ. ހަމަކަށަވަރުން ކަލޭމެންގެ ޢަމަލުތައްވަނީ ޤަބޫލުވެވި ޝުކުރުވެރި ވެވިގެންނެވެ.
76:23إِنَّا نَحۡنُ نَزَّلۡنَا عَلَيۡكَ ٱلۡقُرۡءَانَ تَنزِيلٗا ﴿23﴾إِنَّا نَحۡنُ نَزَّلۡنَا عَلَيۡكَ ٱلۡقُرۡءَانَ تَنزِيلٗا
Transliteration: Inna nahnu nazzalna AAalayka alqurana tanzeelan
Translation: (އޭ رَسولُ الله އެވެ!) ހަމަކަށަވަރުން ކަނޑައެޅިގެން ކަލޭގެފާނުންގެ މައްޗަށް މި قُرْآنُ މިބާވާތްލައްވަނީ ހަމަތިމަން ރަސްކަލާނގެއެވެ.
76:24فَٱصۡبِرۡ لِحُكۡمِ رَبِّكَ وَلَا تُطِعۡ مِنۡهُمۡ ءَاثِمًا أَوۡ كَفُورٗا ﴿24﴾فَٱصۡبِرۡ لِحُكۡمِ رَبِّكَ وَلَا تُطِعۡ مِنۡهُمۡ ءَاثِمًا أَوۡ كَفُورٗا
Transliteration: Faisbir lihukmi rabbika wala tutiAA minhum athiman aw kafooran
Translation: (އޭ رَسولُ الله އެވެ!) އެހެންވެ ކަލޭގެފާނުންގެ رَبُّ ގެ حُكُم ފުޅަށް އަދި އެކަލާނގެ ނިޔާފުޅަށް ކެތްތެރިވެވަޑައި ގަންނަވާށެވެ! އަދި އެމީހުންގެތެރެއިން ފާފަވެރިއަކަށްވިޔަސް އަދި ކާފަރަކަށްވިޔަސް ކަލޭގެފާނު ކިޔަމަންވެ ވަޑައި ނުގަންނަވާށެވެ! (އެއީ مَكَّة ގެ مُشْرِك ންކުރެ عَتَبَة ابْنُ رَبِيْعَة އާއި الوَلِيْد بْنُ المُغِيْرَة އާއި ދެމީހުން ކަމުގައިވެސް ބުނެވުނެވެ.)
76:25وَٱذۡكُرِ ٱسۡمَ رَبِّكَ بُكۡرَةٗ وَأَصِيلٗا ﴿25﴾وَٱذۡكُرِ ٱسۡمَ رَبِّكَ بُكۡرَةٗ وَأَصِيلٗا
Transliteration: Waothkuri isma rabbika bukratan waaseelan
Translation: އަދި ކަލޭގެފާނުނެ ހެދުނާއި ހަވީރު އެކަލާނގެ ހަނދުމަކުރައްވާށެވެ!އެބަހީ އެކަލާނގެއަށް ذِكْرُ ކުރައްވާށެވެ!
76:26وَمِنَ ٱلَّيۡلِ فَٱسۡجُدۡ لَهُۥ وَسَبِّحۡهُ لَيۡلٗا طَوِيلًا ﴿26﴾وَمِنَ ٱلَّيۡلِ فَٱسۡجُدۡ لَهُۥ وَسَبِّحۡهُ لَيۡلٗا طَوِيلًا
Transliteration: Wamina allayli faosjud lahu wasabbihhu laylan taweelan
Translation: އަދި ރޭގަނޑު އެކަލާނގެއަށް ސަޖިދަކުރައްވައި އަޅުކަންކުރައްވާށެވެ! އަދި ރޭގަނޑުގެ ގިނަވަޤްތު އެކަލާނގެއަށް تَسْبِيْح ވިދާޅުވާށެވެ!
76:27إِنَّ هَـٰٓؤُلَآءِ يُحِبُّونَ ٱلۡعَاجِلَةَ وَيَذَرُونَ وَرَآءَهُمۡ يَوۡمٗا ثَقِيلٗا ﴿27﴾إِنَّ هَـٰٓؤُلَآءِ يُحِبُّونَ ٱلۡعَاجِلَةَ وَيَذَرُونَ وَرَآءَهُمۡ يَوۡمٗا ثَقِيلٗا
Transliteration: Inna haolai yuhibboona alAAajilata wayatharoona waraahum yawman thaqeelan
Translation: ހަމަކަށަވަރުން މިބައިމީހުން އެބަހީ މައްކާގެ ކާފަރުންނާއި ދެންވެސް އެބާވަތުގެ އެންމެންވެސް) މިފަނާވެދަނިވި އަވަސްދުނިޔެއަށް ލޯބިކުރަނީއެވެ. އަދިއެމީހުން އެމީހުންގެ ކުރިޔަށް ބުރަވެގެންވާ ދުވަހެއްދޫކުރަނީއެވެ. އެއީ އެދުވަހުގެ ކަންތައް ދަތިވެގެންވާ قِيَامَة ދުވަހެވެ.
76:28نَّحۡنُ خَلَقۡنَٰهُمۡ وَشَدَدۡنَآ أَسۡرَهُمۡۖ وَإِذَا شِئۡنَا بَدَّلۡنَآ أَمۡثَٰلَهُمۡ تَبۡدِيلًا ﴿28﴾نَّحۡنُ خَلَقۡنَٰهُمۡ وَشَدَدۡنَآ أَسۡرَهُمۡۖ وَإِذَا شِئۡنَا بَدَّلۡنَآ أَمۡثَٰلَهُمۡ تَبۡدِيلًا
Transliteration: Nahnu khalaqnahum washadadna asrahum waitha shina baddalna amthalahum tabdeelan
Translation: އެމީހުން ހެއްދެވީ ހަމަ ތިމަންރަސްކަލާނގެއެވެ. އަދި އެމީހުންގެ ހުޅުތަކާއި ނާރުތަކާއި ތިމަންރަސްކަލާނގެ ގަދަކޮށްދެއްވީމެވެ. ބަރާބަރުކޮށްދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެދިވޮޑި ގެންނެވިނަމަ އެމީހުންގެ ހެއްދެވުން ބަދަލުކުރައްވައި މާހުތުރުސިފައަކަށް އެމީހުން ހައްދަވައިފީހެވެ. ނުވަތައެމީހުން ހަލާކު ކުރައްވައި الله އަށް ކިޔަމަންތެރި އެހެންބަޔަކު ގެންނަވައިފީހެވެ.
76:29إِنَّ هَٰذِهِۦ تَذۡكِرَةٞۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلٗا ﴿29﴾إِنَّ هَٰذِهِۦ تَذۡكِرَةٞۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلٗا
Transliteration: Inna hathihi tathkiratun faman shaa ittakhatha ila rabbihi sabeelan
Translation: ހަމަކަށަވަރުން މިސޫރަތުގައި މިވަނީ وَعْظُ އާއި نَصِيْحَة އާއި عِبْرَة އެވެ. ފަހެ އެދޭމީހަކު އެމީހެއްގެ رَبُّ ގެ حَضْرة އަށް ވާސިވުމަށް މަގެއް އިޚްތިޔާރު ކުރާށެވެ. އެއީ އީމާންވެ ހެޔޮޢަމަލު ކޮށްގެންނެވެ.
76:30وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمٗا ﴿30﴾وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمٗا
Transliteration: Wama tashaoona illa an yashaa Allahu inna Allaha kana AAaleeman hakeeman
Translation: އަދި الله އިރާދަކުރެއްވިއްޔާމެނުވީ ކަލޭމެންނަށް އެސީދާމަގު އިޚްތިޔާރުވެސް ނުކުރެވޭނެއެވެ. ހަމަކަށަވަރުން الله ވޮޑިގެންވަނީ ދެނެވޮޑިގެންވާ حِكْمَة ވަންތަ ކަލަކު ކަމުގައެވެ.
76:31يُدۡخِلُ مَن يَشَآءُ فِي رَحۡمَتِهِۦۚ وَٱلظَّـٰلِمِينَ أَعَدَّ لَهُمۡ عَذَابًا أَلِيمَۢا ﴿31﴾يُدۡخِلُ مَن يَشَآءُ فِي رَحۡمَتِهِۦۚ وَٱلظَّـٰلِمِينَ أَعَدَّ لَهُمۡ عَذَابًا أَلِيمَۢا
Transliteration: Yudkhilu man yashao fee rahmatihi waalththalimeena aAAadda lahum AAathaban aleeman
Translation: އެކަލާނގެ އެދިވޮޑިގެންނެވި އަޅަކު އެކަލާނގެ رَحْمَةُ ގެތެރެއަށް ވައްދަވައެވެ. (އެއީ އެމީހެއްގެ ނިޔަތް ތެދުވެރިވެއްޖެމީހެކެވެ.) އަދި އަނިޔާވެރިންނަށް އެކަލާނގެ ތައްޔާރުކުރައްވާފައިވަނީ ވޭންދެނިވި عَذَابُ އެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download