quranm◉

Surah At-Tin transliteration

◉ ސޫރަ · ∞

95:1

وَٱلتِّينِ وَٱلزَّيۡتُونِ ﴿1﴾

Transliteration: Waaltteeni waalzzaytooni

Translation: ވައްތީނި އާއި ޒައިތޫނި ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ. (މިދެއެއްޗަކީ އިންސާނުންނަށް ނުހަނު ފައިދާހުރި ދެއެއްޗެވެ. ވަރަށްގިނަ حَكِيْمُ ންބުނާގޮތުގައި ތީނަކީ ހަށިގަޑަށް އެންމެ ފައިދާކުރާމޭވޭއެވެ. އަދި ޒައިތޫންޏަކީ ވަރަށްގިނަބައެއްގެ ކެއުމަށްބޭނުންކުރާ ބަރަކާތްތެރި އެކައްޗެވެ. އަދި އޭގެތެލަކީ އެންމެ ފައިދާބޮޑު ތެލެވެ.)

95:2

وَطُورِ سِينِينَ ﴿2﴾

Transliteration: Watoori seeneena

Translation: އަދި طُوْرُ ފަރުބަދަ ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.

95:3

وَهَٰذَا ٱلۡبَلَدِ ٱلۡأَمِينِ ﴿3﴾

Transliteration: Wahatha albaladi alameeni

Translation: އަދި އަމާންވެގެންވާ މިރަށް (އެބަހީ މައްކާ) ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.

95:4

لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِيٓ أَحۡسَنِ تَقۡوِيمٖ ﴿4﴾

Transliteration: Laqad khalaqna alinsana fee ahsani taqweemin

Translation: ހަމަކަށަވަރުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީ އެންމެރީތި ސޫރައިގައެވެ. އެންމެރީތި ތައްގަޑަށެވެ. ގުނަވަންތައް މުނާސިބުކޮށް ރަނގަޅަށް ކޮޅަށް ހުރެވޭ ގޮތަށެވެ.

95:5

ثُمَّ رَدَدۡنَٰهُ أَسۡفَلَ سَٰفِلِينَ ﴿5﴾

Transliteration: Thumma radadnahu asfala safileena

Translation: ދެން އަދި އެންމެ ދަށުދަރަޖައަށް ތިމަންރަސްކަލާނގެ އެނާފޮނުވީމެވެ. (أرْزَلُ العُمْر) އަށް އޭނާ ފޮނުވީމެވެ. އެބަހީ މުސްކުޅިވެވާނުވާނޭގޭ ދަރަޖައަށްއޭނާ ފޮނުވަމެވެ. ނުވަތަ އެނާނުކިޔަމަންތެރިވެއްޖެއްޔާ އޭނާ ނަރަކައަށްފޮނުވަމެވެ. މިދެތަރުޖަމާވެއެވެ.

95:6

إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ فَلَهُمۡ أَجۡرٌ غَيۡرُ مَمۡنُونٖ ﴿6﴾

Transliteration: Illa allatheena amanoo waAAamiloo alssalihati falahum ajrun ghayru mamnoonin

Translation: މީގެތެރެއިން އީމާންވެގެން صَالِحُ عَمِلُ ކުރިމީހުން މެނެވީ އެވެ. ފަހެ އެމީހުންނަށް ޤިޔާމަތްދުވަހުން މެދުކެޑުމެއްނުވާ ދަރުމަޔާއި ސަވާބު ހުންނަ ހުއްޓެވެ.

95:7

فَمَا يُكَذِّبُكَ بَعۡدُ بِٱلدِّينِ ﴿7﴾

Transliteration: Fama yukaththibuka baAAdu bialddeeni

Translation: (އޭ ނުކިޔަމަންތެރި އިންސާނާއެވެ.) މިހުރިހާ ޙަޤީޤަތަކަށްފަހު ދެވަނަފަހަރަށް ދިރުއްވައި ހިސާބު ބެއްލެވުމަށާއި ޖަޒާދެއްވުމަށް ފޮނުއްވުން ކަލޭދޮގުކުރަނީ ކޮންގޮތަކުން ހެއްޔެވެ؟

95:8

أَلَيۡسَ ٱللَّهُ بِأَحۡكَمِ ٱلۡحَٰكِمِينَ ﴿8﴾

Transliteration: Alaysa Allahu biahkami alhakimeena

Translation: އަޅެފަހެ އެންމެ عَدْلُ ވެރިކޮށް حُكُمْ ކުރައްވާ ފަރާތެއްކަމުގައި الله ނުވޭހެއްޔެވެ؟ ޝައްކެއްނެތެވެ. އެކަލާނގެއީ އެނމެ عَدْلُ ވެރިކޮށް حُكُمْ ކުރައްވާ ކަލާނގެއެވެ. ދެވަނަފަހަރު ދިރުއްވައި ޢަމަލުތަކުގެ ހިސާބު ބައްލަވައި ފުރިހަމަ ޖަޒާދެއްވުމަކީ އެކަލާނގެ عَدْلُ ވެރިކަމުގެތެރެއިންވާކަމެކެވެ.\nދަންނައެވެ. الله ހުވައި وَحِي ކުރައްވާފައިމިވާ މުހިއްމުތިންއެއްޗަކީ ތިންރަސޫލުބޭކަލުންގެ ރަސޫލުކަމަށް ކުރައްވާފައިވާ އިޝާރާތްކަމަށްވެސް މުފައްސިރުންގެ ބައެއްބޭކަލުން ވިދާޅުވެއެވެ. ތީނާއި ޒައިތޫނިގެ މަޙައްލަކީ بَيْتُ المَقْدِ س އެވެ. އެއިން އިޝާރާތްވަނީعِيْسَى عَلَيْه السلام ގެ ރަސޫލުކަމަށެވެ. އެކަލޭގެފާނުފޮނުއްވުނީ އެހިސާބަށެވެ. طُورسِيْنَا އިންދަލީލުކުރަނި مُوسَى عَلَيْه السلام ގެރަސޫލުކަމަށެވެ. އެއީ އެކަލޭގެފާނު އެތާހުންނަވަނިކޮށް وَحِي ބާވާތްލެއްވުނު ފަރުބަދައެވެ. މައްކާއެއީ مُحَمد صَلَى الله عَلَيْه وسَلم އަށް وَحِي ބާވާތްލެއްވެން ފެއްޓެވުނުތަނެވެ. = ابْنُ كَثِيْر =

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download