33:1يَـٰٓأَيُّهَا ٱلنَّبِيُّ ٱتَّقِ ٱللَّهَ وَلَا تُطِعِ ٱلۡكَٰفِرِينَ وَٱلۡمُنَٰفِقِينَۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمٗا ﴿1﴾يَـٰٓأَيُّهَا ٱلنَّبِيُّ ٱتَّقِ ٱللَّهَ وَلَا تُطِعِ ٱلۡكَٰفِرِينَ وَٱلۡمُنَٰفِقِينَۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمٗا
Transliteration: Ya ayyuha alnnabiyyu ittaqi Allaha wala tutiAAi alkafireena waalmunafiqeena inna Allaha kana AAaleeman hakeeman
Translation: އޭނަބިއްޔާއެވެ! ތަޤުވާވެރިވުންމަތީ ކަލޭގެފާނު ދެމިހުންނަވާށެވެ! އަދި ކާފަރުންނާއި މުނާފިޤުންނަށް ކިޔަމަންތެރިވެވަޑައި ނުގަންނަވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ދެނެވޮޑިގެންވާ އަދި ޙިކުމަތްވަންތަ ކަލަކުކަމުގައެވެ.
33:2وَٱتَّبِعۡ مَا يُوحَىٰٓ إِلَيۡكَ مِن رَّبِّكَۚ إِنَّ ٱللَّهَ كَانَ بِمَا تَعۡمَلُونَ خَبِيرٗا ﴿2﴾وَٱتَّبِعۡ مَا يُوحَىٰٓ إِلَيۡكَ مِن رَّبِّكَۚ إِنَّ ٱللَّهَ كَانَ بِمَا تَعۡمَلُونَ خَبِيرٗا
Transliteration: WaittabiAA ma yooha ilayka min rabbika inna Allaha kana bima taAAmaloona khabeeran
Translation: އަދި ކަލޭގެފާނުންގެ رَبُّ ގެ ޙަޟްރަތުން ކަލޭގެފާނަށް ބާވައިލެއްވޭ ވަޙީއަށް ކަލޭގެފާނު ތަބަޢަ ވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކަލޭމެންކުރާ ކަންތަކުގެ ޚަބަރު މޮޅަށްދެނެވޮޑިގެންވާ ކަލަކުކަމުގައެވެ. (އެޚަބަރުތަށް ކަލޭމެންނަށް ޤިޔާމަތްދުވަހުން އެކަލާނގެ ދެއްވާނެއެވެ.)
33:3وَتَوَكَّلۡ عَلَى ٱللَّهِۚ وَكَفَىٰ بِٱللَّهِ وَكِيلٗا ﴿3﴾وَتَوَكَّلۡ عَلَى ٱللَّهِۚ وَكَفَىٰ بِٱللَّهِ وَكِيلٗا
Transliteration: Watawakkal AAala Allahi wakafa biAllahi wakeelan
Translation: އަދި ﷲ އަށް ވަކީލް ކުރައްވާށެވެ! އަދި ﷲ ވަކީލަކުކަމުގައި ފުދިވޮޑިގެންވެއެވެ.
33:4مَّا جَعَلَ ٱللَّهُ لِرَجُلٖ مِّن قَلۡبَيۡنِ فِي جَوۡفِهِۦۚ وَمَا جَعَلَ أَزۡوَٰجَكُمُ ٱلَّـٰٓـِٔي تُظَٰهِرُونَ مِنۡهُنَّ أُمَّهَٰتِكُمۡۚ وَمَا جَعَلَ أَدۡعِيَآءَكُمۡ أَبۡنَآءَكُمۡۚ ذَٰلِكُمۡ قَوۡلُكُم بِأَفۡوَٰهِكُمۡۖ وَٱللَّهُ يَقُولُ ٱلۡحَقَّ وَهُوَ يَهۡدِي ٱلسَّبِيلَ ﴿4﴾مَّا جَعَلَ ٱللَّهُ لِرَجُلٖ مِّن قَلۡبَيۡنِ فِي جَوۡفِهِۦۚ وَمَا جَعَلَ أَزۡوَٰجَكُمُ ٱلَّـٰٓـِٔي تُظَٰهِرُونَ مِنۡهُنَّ أُمَّهَٰتِكُمۡۚ وَمَا جَعَلَ أَدۡعِيَآءَكُمۡ أَبۡنَآءَكُمۡۚ ذَٰلِكُمۡ قَوۡلُكُم بِأَفۡوَٰهِكُمۡۖ وَٱللَّهُ يَقُولُ ٱلۡحَقَّ وَهُوَ يَهۡدِي ٱلسَّبِيلَ
Transliteration: Ma jaAAala Allahu lirajulin min qalbayni fee jawfihi wama jaAAala azwajakumu allaee tuthahiroona minhunna ommahatikum wama jaAAala adAAiyaakum abnaakum thalikum qawlukum biafwahikum waAllahu yaqoolu alhaqqa wahuwa yahdee alssabeela
Translation: الله تَعَالي އެއްވެސް މީހެއްގެ އެތެރެ ހަށީގައި ދެހިތްނުލައްވައެވެ. އަދި ކަލޭމެން އެކަނބަލުން މައެކޭ ހަމަކުރި ކަލޭމެންގެ އަނބީން އެއީ ކަލޭމެންގެ މައިންކަމުގައި ވެސް އެކަލާނގެ ނުލައްވައެވެ. އަދި އެހެންމީހެއްގެ ދަރިއެއް އެއީތިމާގެ ދަރިއެއް ކަމުގައި ކަލޭމެން އަމިއްލައަށް ހެދިޔަސް އެއީކަލޭމެންގެ އުފަންދަރިއެއް ކަމުގައި ﷲ ނުލައްވައެވެ. މިއިން ކޮންމެ ބަހަކީވެސް ހަމަކަލޭމެންގެ އަނގަތަކުން ނުކުންނަ (އެއްވެސް ޙަޤީޤަތެއްނެތް) ހުސްވާހަކަތަކެކެވެ. އަދި ﷲ އެ ވަޙީ ކުރައްވަނީ ޙައްޤު އެވެ. އަދި ސީދާ ތެދުމަގު ދައްކަވާނީވެސް ހަމަ އެކަލާނގެއެވެ.\n* ދަންނައެވެ. ހަތަރުވަނަ އާޔަތުގައި އެވާ ފުރަތަމަ ތިން ނުގުތާއަކީ ހަމަ ބާތިލު ތިންވާހަކައެވެ. އެއްވެސް މީހަކަށް ދެހިތެއްނުވެއެވެ. ﷲ އަށް ލޯބިވާ ހިތެއް އޮވެފައި ކާފަރުންނަށް ލޯބިވާ ހިތެއް ނުވަތަ އީމާންކަމަށް ލޯބިވާ ހިތެއްއޮވެފައި ކާފަރު ކަމަށް ލޯބިވާ ހިތެއް އޮތުމަކީ ވާނޭކަމެއް ނޫނެވެ. ހަމައެފަދައިން ތިމާގެ އަނބިމީހާ މަޔެކޭ ހަމަކުރިޔަސް އެހެންވާނީކިހިނެއްހެއްޔެވެ؟ މަންމައަކީ އެމީހެއްބަނޑުން ތިމާނުކުތް މީހާއެވެ. އެއީ އެންމެމީހެކެވެ. އެއީވެސް މުޅިން ދޮގު ބުނުމެކެވެ. ދެންއޮތީ ތިމާގެދަރި ނޫން އެހެން މީހެއްގެ ދަރިއެއް ތިމާގެ ދަރި އަކު ކަމުގައި ހަދައި ވާރުތަވެސް ކޮށްހެދުމެވެ. زَيْد بُن حَارثَة އަށް زَيْد بُن مُحَمَّد އޭ ކިޔައިގެން ދުވަސްގަނޑެއްގައި އުޅުނީވެސް އެގޮތުންނެވެ. އެ ކޮންމެ ވާހަކައަކީ ބާތިލު ވާހަކަ އެއްކަން ﷲ މިއާޔަތުން އެ ވަޙީ ކުރައްވަނީއެވެ. ޖާހިލިއްޔަ ޒަމާނުގައި އެބާވަތުގެ ބައެއް ކަންތަށް ހުރިނަމަވެސް އިސްލާމް ދީނުގައި އެކަންކަމުގެ ޙުކުމްތަށް ބާވައިލެއްވުމަށްފަހު އޭގެ ކުރީގެ ވާހަކަތަށް ބާތިލުވީއެވެ. ދެން ތިމާގެ ދަރިނޫން އެހެން ދަރިއެއްކަމުގައި ހަދައިގެން އުޅުނު މައްސަލާގައި ހަދަންވީގޮތް ﷲ ދެން މިއަންނަ އާޔަތުގައި އެއަންގަވަނީއެވެ.
33:5ٱدۡعُوهُمۡ لِأٓبَآئِهِمۡ هُوَ أَقۡسَطُ عِندَ ٱللَّهِۚ فَإِن لَّمۡ تَعۡلَمُوٓاْ ءَابَآءَهُمۡ فَإِخۡوَٰنُكُمۡ فِي ٱلدِّينِ وَمَوَٰلِيكُمۡۚ وَلَيۡسَ عَلَيۡكُمۡ جُنَاحٞ فِيمَآ أَخۡطَأۡتُم بِهِۦ وَلَٰكِن مَّا تَعَمَّدَتۡ قُلُوبُكُمۡۚ وَكَانَ ٱللَّهُ غَفُورٗا رَّحِيمًا ﴿5﴾ٱدۡعُوهُمۡ لِأٓبَآئِهِمۡ هُوَ أَقۡسَطُ عِندَ ٱللَّهِۚ فَإِن لَّمۡ تَعۡلَمُوٓاْ ءَابَآءَهُمۡ فَإِخۡوَٰنُكُمۡ فِي ٱلدِّينِ وَمَوَٰلِيكُمۡۚ وَلَيۡسَ عَلَيۡكُمۡ جُنَاحٞ فِيمَآ أَخۡطَأۡتُم بِهِۦ وَلَٰكِن مَّا تَعَمَّدَتۡ قُلُوبُكُمۡۚ وَكَانَ ٱللَّهُ غَفُورٗا رَّحِيمًا
Transliteration: OdAAoohum liabaihim huwa aqsatu AAinda Allahi fain lam taAAlamoo abaahum faikhwanukum fee alddeeni wamawaleekum walaysa AAalaykum junahun feema akhtatum bihi walakin ma taAAammadat quloobukum wakana Allahu ghafooran raheeman
Translation: އެފަދަކުދިން - އަދި މީހުންވެސް އެމީހުންގެ އަސްލުބައްޕައަށް ނިސްބަތް ކުރާށެވެ. (ކުއްޖާގެ ފަހަތަށް އަސްލު ބައްޕަގެ ނަންކިޔާށެވެ.) ﷲ ގެ ޙަޞްރަތުގައި ޢަދުލުވެރިކަން ބޮޑީއެގޮތެވެ. އަދި އެކުއްޖެއްގެ އަސްލު ބައްޕަ ނޭނގޭކަމުގައިވެފައި އަދި އެކުއްޖަކީ މުސްލިމެއްކަމުގައިވަންޏާ އެއީ ދީނީގޮތުން ކަލޭމެންގެ އަޚެކެވެ. (އެކުއްޖަކަށް އަޚުގެ ނަމުން ކިޔާށެވެ.) ދެންއެހެންޏާ مَوْلَي އެވެ ކިޔާށެވެ. އަދި ކަލޭމެނަށް ނޭނގިގެން އޮޅުމަކުން ވެފައިހުރި އެބާވަތުގެ ކަންކަމާއިމެދު ކަލޭމެންގެ މައްޗަށް އެކަމުގެ ކުށެއްނެތެވެ. އެކަމަކު ކުށަކަށް ވާނީ ހިތުގެ ޔަޤީން ކަމާއިއެކު ގަސްދުގައި ކުރާކަންތަކުންނެވެ. (އެބަހީ މިސާލަކަށް ކުއްޖާގެ ބައްޕަކަން ރަނގަޅަށް އެނގިހުރުމާއިއެކު ބައްޕަނޫން މީހަކަށް އެކުއްޖާ ނިސްބަތް ކުރުމުންނެވެ.) އަދި ﷲ ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ ރަޙުމަތް ލެއްވުން ބޮޑުވެގެންވާ ކަލަކުކަމުގައެވެ.
33:6ٱلنَّبِيُّ أَوۡلَىٰ بِٱلۡمُؤۡمِنِينَ مِنۡ أَنفُسِهِمۡۖ وَأَزۡوَٰجُهُۥٓ أُمَّهَٰتُهُمۡۗ وَأُوْلُواْ ٱلۡأَرۡحَامِ بَعۡضُهُمۡ أَوۡلَىٰ بِبَعۡضٖ فِي كِتَٰبِ ٱللَّهِ مِنَ ٱلۡمُؤۡمِنِينَ وَٱلۡمُهَٰجِرِينَ إِلَّآ أَن تَفۡعَلُوٓاْ إِلَىٰٓ أَوۡلِيَآئِكُم مَّعۡرُوفٗاۚ كَانَ ذَٰلِكَ فِي ٱلۡكِتَٰبِ مَسۡطُورٗا ﴿6﴾ٱلنَّبِيُّ أَوۡلَىٰ بِٱلۡمُؤۡمِنِينَ مِنۡ أَنفُسِهِمۡۖ وَأَزۡوَٰجُهُۥٓ أُمَّهَٰتُهُمۡۗ وَأُوْلُواْ ٱلۡأَرۡحَامِ بَعۡضُهُمۡ أَوۡلَىٰ بِبَعۡضٖ فِي كِتَٰبِ ٱللَّهِ مِنَ ٱلۡمُؤۡمِنِينَ وَٱلۡمُهَٰجِرِينَ إِلَّآ أَن تَفۡعَلُوٓاْ إِلَىٰٓ أَوۡلِيَآئِكُم مَّعۡرُوفٗاۚ كَانَ ذَٰلِكَ فِي ٱلۡكِتَٰبِ مَسۡطُورٗا
Transliteration: Alnnabiyyu awla bialmumineena min anfusihim waazwajuhu ommahatuhum waoloo alarhami baAAduhum awla bibaAAdin fee kitabi Allahi mina almumineena waalmuhajireena illa an tafAAaloo ila awliyaikum maAAroofan kana thalika fee alkitabi mastooran
Translation: މުއުމިނުންނަށް އެމީހުންގެ ނަފުސުތަކަށްވުރެވެސް ޙައްޤުކަންބޮޑީ މާތްވެގެންވާ ނަބިއްޔާއެވެ. (އެބަހީ ތިމާގެ އަމިއްލަ ނަފުސަށްވުރެވެސް ބޮޑަށް ތިމާ ދިފާއުކުރަންޖެހޭނީ އެކަލޭގެފާނުންގެ ނަފްސުފުޅެވެ. އަދި ތިމާގެ މަސްލަހަތަށްވުރެ ބޮޑަށް އިސްކަންކުރަންޖެހޭނީ އެކަލޭގެފާނުންގެ މަސްލަހަތަށެވެ. އެގޮތް ނެތްނަމަ އީމާންކަން ޞައްޙައެއް ނުވާނެއެވެ. އެގޮތުގެމައްޗަށް ދަލީލުކުރާ އެތަކެއް ޙަދީޘްވެސް ވެއެވެ.) އަދި އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނީ މުއުމިނުތަކުންގެ މައިންނެވެ. (އަބަދު تَعْظِيم ކުރުމުގެ ގޮތުން އުފަންމަންމަ ފަދައެވެ. އެކަނބަލުންނާއި ކާވެނިކުރުންވެސް އެހެން މައިންނެކޭއެއްފަދައިން ޙަރާމްވެގެންވެއެވެ.) އަދި ގާތްތިމާގެ މީހުން (މުދާވާރުތަވުމުގެ ގޮތުންވެސް) މާ ޙައްޤުކަންބޮޑެވެ. އެއީ ﷲ ގެ ފޮތުގައި އެކަންކަނޑައެޅިފައިފާގޮތެވެ. (އެއީ لَوْح المَحْفُوظ ގައި ނުވަތަ ޤުރުއާނުގައި ނުވަތަ ވާރުތަމުދާ ބަޔާންކުރެއްވި އާޔަތުގައި ބަޔާންވެގެންވާ ގޮތެވެ.) މުހާޖިރުންނާއި ދެންވެސް އެހެން ދުރު މުއުމިނުން އެއްބަޔަކުއަނެއްބަޔަކު ވާރުތަކުރުމަށްވުރެ ގާތް މީހުންވާރުތަވުން ޙައްޤުކަން ބޮޑެވެ. ނަމަވެސް ޞަދަޤާތް އެއްކުރުން ނުވަތަ ވަޞިއްޔަތުގެ ގޮތުން ދުރުމީހުންނަށް އެހީވެ ހެޔޮފޯރުކުރުން ހުއްދައެވެ. އެކަންތައްތައް لَوْح المَحْفُوظ ގައި ނުވަތަ ކީރިތި ޤުރުއާނުގައި ކަނޑައެޅި ބަޔާންވެގެންވެއެވެ.\n* ދަންނައެވެ. އިސްލާމްދީނުގެ ކުރީކޮޅުގައި ގާތްތިމާގެ މީހުން ފިޔަވައިވެސް ހިޖުރަ ކުރުމުގެ ގޮތުންނާއި ޢަހުދުގެ ގޮތުން މުދާވާރުތަ ވުމުގެ ޤަވާޢިދެއްއޮތެވެ. ނަމަވެސް ވާރުތަ މުދާބެހުމުގެ ޙުކުމްތަށް ބަޔާންވެގެންވާ އާޔަތްބާވައިލައްވުމުންނާއި އަދި މިފަދަ އާޔަތްތަކުން އެކަން މަންސޫޚުވެގެން ދިޔައީއެވެ. މިހާރުމުދާ ވާރުތަވަނީ ފަހުންބާވައިލެއްވި އާޔަތުގައިވާ ޤަވާޢިދުން ގާތްތިމާގެ މީހުންގެ މެދުގައެވެ. އެހެންނަމަވެސް ހެޔޮކަން ހިންގުމުގެ ގޮތުން ހެޔޮފޯރުކުރުމުގެ ދޮރު ހުޅުވިގެންވެއެވެ. وَالله أَعْلَم.....
33:7وَإِذۡ أَخَذۡنَا مِنَ ٱلنَّبِيِّـۧنَ مِيثَٰقَهُمۡ وَمِنكَ وَمِن نُّوحٖ وَإِبۡرَٰهِيمَ وَمُوسَىٰ وَعِيسَى ٱبۡنِ مَرۡيَمَۖ وَأَخَذۡنَا مِنۡهُم مِّيثَٰقًا غَلِيظٗا ﴿7﴾وَإِذۡ أَخَذۡنَا مِنَ ٱلنَّبِيِّـۧنَ مِيثَٰقَهُمۡ وَمِنكَ وَمِن نُّوحٖ وَإِبۡرَٰهِيمَ وَمُوسَىٰ وَعِيسَى ٱبۡنِ مَرۡيَمَۖ وَأَخَذۡنَا مِنۡهُم مِّيثَٰقًا غَلِيظٗا
Transliteration: Waith akhathna mina alnnabiyyeena meethaqahum waminka wamin noohin waibraheema wamoosa waAAeesa ibni maryama waakhathna minhum meethaqan ghaleethan
Translation: އަދި ތިމަން ރަސްކަލާނގެ نبي ބޭކަލުންގެ ކިބައިން عهد ކަށަވަރު ހިތްޕެވިހިނދުމަފުޅުކުރައްވާށެވެ. (އޭ رسول الله އެވެ!) އަދި ކަލޭގެފާނުންގެ ކިބައިންނާއި نوح ގެފާނާއި إبراهيم ގެފާނާއި موسى ގެފާނާއި އަދި مريم ގެ ދަރިކަލުން عيسى ގެފާނާއި (عليهِمُ السلام) މިއެންމެ ބޭކަލުންގެ ކިބައިން ميثاق ހިތްޕެވީމެވެ. އަދި އެބޭކަލުންގެ ކިބައިން ގަދަވެގެންވާ عهد ހިތްޕެވީމެވެ. * އެންމެހައި ނަބީބޭކަލުންގެ ކިބައިން ހިތްޕެވި عهد އަކީ -الله އަށް އަޅުކަން ކުރުމަށާއި- އަދި اللهފިޔަވައި އެހެންފަރާތަކަށް އަޅުކަން ކުރެއްވުން ދޫކުރެއްވުމަށާއި -އޭގެ އެއްބޭކަލަކު އަނެއްބޭކަލަކު ތެދު ކުރެއްވުމަށާއި- އަދި އެބޭކަލުންގެ قوم ތަކަށް نصيحة ދެއްވައި رسالة އިއްވެވުމަށެވެ. އަދި އާޔަތުގައި ނަންގަނެވިގެންވާ ފަސްބޭކަލުން خاص ގޮތެއްގައި ނަންގަނެވިގެން އެވަނީ أُولواْلعَزْمِ ގެ ފަސްބޭކަލުންކަމުގައިވެފައި ބޮޑެތި شريعةތަކުގެ ބޭކަލުން ކަމުގައި ވެފަޔާއި އަދި އެބޭކަލުންނަށްވާ ޝަރަފެއްގެ ގޮތުންނެވެ. އަދި محمد ﷺ އަކީ އެންމެ ފަހުގެ نبي އާކަމުގައި ވެފައި ލިސްޓްގެ އެންމެ ކުރީގައި އެނަންފުޅުވުމަކީ އެކަލޭގެފާނަށްވާ އިތުރު شرف އަކާއި މާތްކަމެކެވެ. والله أعلم - زُبْدَة التَّفْسِيْر.
33:8لِّيَسۡـَٔلَ ٱلصَّـٰدِقِينَ عَن صِدۡقِهِمۡۚ وَأَعَدَّ لِلۡكَٰفِرِينَ عَذَابًا أَلِيمٗا ﴿8﴾لِّيَسۡـَٔلَ ٱلصَّـٰدِقِينَ عَن صِدۡقِهِمۡۚ وَأَعَدَّ لِلۡكَٰفِرِينَ عَذَابًا أَلِيمٗا
Transliteration: Liyasala alssadiqeena AAan sidqihim waaAAadda lilkafireena AAathaban aleeman
Translation: އަދި އެފަދަ عهد ކަށަވަރު ކުރެއްވީ އެބޭކަލުންގެ ތެދުވެރިކަމާއިމެދު އެކަލާނގެ ސުވާލުކުރެއްވުމަށާއި އަދި ކާފަރުންގެ ކިބައިންވެސް އެބޭކަލުންނަށް ދެއްވި ޖަވާބަކާމެދު ސުވާލު ކުރެއްވުމަށެވެ. އަދި ކާފަރުންނަށް އެކަލާނގެ ތައްޔާރު ކުރައްވާފައިވަނީ ވޭންދެނިވި عذاب އެކެވެ.
33:9يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱذۡكُرُواْ نِعۡمَةَ ٱللَّهِ عَلَيۡكُمۡ إِذۡ جَآءَتۡكُمۡ جُنُودٞ فَأَرۡسَلۡنَا عَلَيۡهِمۡ رِيحٗا وَجُنُودٗا لَّمۡ تَرَوۡهَاۚ وَكَانَ ٱللَّهُ بِمَا تَعۡمَلُونَ بَصِيرًا ﴿9﴾يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱذۡكُرُواْ نِعۡمَةَ ٱللَّهِ عَلَيۡكُمۡ إِذۡ جَآءَتۡكُمۡ جُنُودٞ فَأَرۡسَلۡنَا عَلَيۡهِمۡ رِيحٗا وَجُنُودٗا لَّمۡ تَرَوۡهَاۚ وَكَانَ ٱللَّهُ بِمَا تَعۡمَلُونَ بَصِيرًا
Transliteration: Ya ayyuha allatheena amanoo othkuroo niAAmata Allahi AAalaykum ith jaatkum junoodun faarsalna AAalayhim reehan wajunoodan lam tarawha wakana Allahu bima taAAmaloona baseeran
Translation: އޭ إيمان ވެއްޖެ މީސްތަކުނޭވެ! ކަލޭމެންގެ ގާތަށް (لشكر ތައް އައި ހިނދު) ކަލޭމެންގެ މައްޗަށް ﷲ ލެއްވި އެކަލާނގެ نعمة ކަލޭމެންނިކަން ހަދާންކޮށްބަލާށެވެ! ފަހެ ތިމަންރަސްކަލާނގެ އެބައިމީހުންގެ މައްޗަށް އެބަހީ ކާފަރުންގެ މައްޗަށް ވަޔެއް ފޮނުއްވީމެވެ. އަދި ކަލޭމެންނަށް ނުފެންނަ އެހެން لشكر އެއް ފޮނުއްވީމެވެ. (އެއީ މަލާއިކަތްބޭކަލުންގެ لشكر އެކެވެ. އެބޭކަލުން ކާފަރުންގެ ފޭލިގެތަކުގެ ކަޑަތައް ލުއްސަވައި ފޭލިގޭގެ މެދުގައި ވިއްދާފައިވާ މެދު ތަނބު ވައްޓައިލައްވައި އަލިފާން ނިއްވައި ކަށްކަން އުދާފައިވާ ތެލިތައް ބަންޑުން ޖައްސަވައި އަސްތައް އެއްއަސް އަނެއް އަހަށްޖައްސުވައި ކާފަރުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަވައި ހެއްދެވިއެވެ.) އަދި ﷲ ވޮޑިގެންވަނީ ކަލޭމެންކުރާ އެންމެހައި ކަންތައް ދެނެވޮޑިގެންވާ ކަލަކުކަމުގައެވެ.
33:10إِذۡ جَآءُوكُم مِّن فَوۡقِكُمۡ وَمِنۡ أَسۡفَلَ مِنكُمۡ وَإِذۡ زَاغَتِ ٱلۡأَبۡصَٰرُ وَبَلَغَتِ ٱلۡقُلُوبُ ٱلۡحَنَاجِرَ وَتَظُنُّونَ بِٱللَّهِ ٱلظُّنُونَا۠ ﴿10﴾إِذۡ جَآءُوكُم مِّن فَوۡقِكُمۡ وَمِنۡ أَسۡفَلَ مِنكُمۡ وَإِذۡ زَاغَتِ ٱلۡأَبۡصَٰرُ وَبَلَغَتِ ٱلۡقُلُوبُ ٱلۡحَنَاجِرَ وَتَظُنُّونَ بِٱللَّهِ ٱلظُّنُونَا۠
Transliteration: Ith jaookum min fawqikum wamin asfala minkum waith zaghati alabsaru wabalaghati alquloobu alhanajira watathunnoona biAllahi alththunoona
Translation: އަދި އެބައިމީހުން - އެބަހީ أحزاب لشكر ތައް ކަލޭމެނެގެ އުސްފަރާތުންނާއި އަދި ތިރިފަރާތުން (އެބަހީ مدينة ގެ مشرق ފަރާތުގެ އުސްތަނުންނާއި އަދި مغرب ފަރާތުގެ ތިރިދިމާއިން) އައި ހިނދު ކަލޭމެން ހަދާންކޮށް ބަލާށެވެ! އެހިނދު مدينة ގެ ބައެއް މީހުން ބިރުން ސިހިގެންގޮސް ލޯތައް އެފުށް މިފުށަށް ލެނބި ހިތްތައް ލަގޮޑި ވަޅާ ހަމައަށް އަރައިގެން ދިޔައެވެ. އަދި ކަލޭމެން ﷲ އާއިމެދު އެތަކެއް ހީ ކުރީމެވެ.
33:11هُنَالِكَ ٱبۡتُلِيَ ٱلۡمُؤۡمِنُونَ وَزُلۡزِلُواْ زِلۡزَالٗا شَدِيدٗا ﴿11﴾هُنَالِكَ ٱبۡتُلِيَ ٱلۡمُؤۡمِنُونَ وَزُلۡزِلُواْ زِلۡزَالٗا شَدِيدٗا
Transliteration: Hunalika ibtuliya almuminoona wazulziloo zilzalan shadeedan
Translation: އަދި އެވަގުތު مؤمن ންގެ އީމާންކަން إمتحان ވެވުނެވެ. (ބިރުވެރިކަމާއި ހަނގުރާމަޔާއި ބަނޑުހައި ހޫނުކަމާއި حصار ވުމާއި ދެންވެސް އެބާވަތުގެ އެތައްކަމަކުން إمتحان ކުރެވުނެވެ. حقيحقى مؤمن ންނާއި منافق ން فرق ކޮށްލެވުނެވެ. އަދި މީސްތަކުންނަށް ގުޑުންއަރާވަރަށް އެމީހުންނަށް ހަމަނުޖެހުންއައެވެ.
33:12وَإِذۡ يَقُولُ ٱلۡمُنَٰفِقُونَ وَٱلَّذِينَ فِي قُلُوبِهِم مَّرَضٞ مَّا وَعَدَنَا ٱللَّهُ وَرَسُولُهُۥٓ إِلَّا غُرُورٗا ﴿12﴾وَإِذۡ يَقُولُ ٱلۡمُنَٰفِقُونَ وَٱلَّذِينَ فِي قُلُوبِهِم مَّرَضٞ مَّا وَعَدَنَا ٱللَّهُ وَرَسُولُهُۥٓ إِلَّا غُرُورٗا
Transliteration: Waith yaqoolu almunafiqoona waallatheena fee quloobihim maradun ma waAAadana Allahu warasooluhu illa ghurooran
Translation: އަދި منافق ންނާއި އެމީހުންގެ ހިތްތަކުގައި (ޝައްކާއި ވަހުމުގެ) ބަލިކަންވާ މީހުން ބުނިހިނދު ހަނދާންކޮށްބަލާށެވެ! (އެމީހުން ބުންޏެވެ.) ﷲ އާއި ރަސޫލާ އަހުރެމެންނަށް ހެއްލުމަކަށް މެނުވީ ވަޢުދު ކުރައްވާފައި ނުވެއެވެ.
33:13وَإِذۡ قَالَت طَّآئِفَةٞ مِّنۡهُمۡ يَـٰٓأَهۡلَ يَثۡرِبَ لَا مُقَامَ لَكُمۡ فَٱرۡجِعُواْۚ وَيَسۡتَـٔۡذِنُ فَرِيقٞ مِّنۡهُمُ ٱلنَّبِيَّ يَقُولُونَ إِنَّ بُيُوتَنَا عَوۡرَةٞ وَمَا هِيَ بِعَوۡرَةٍۖ إِن يُرِيدُونَ إِلَّا فِرَارٗا ﴿13﴾وَإِذۡ قَالَت طَّآئِفَةٞ مِّنۡهُمۡ يَـٰٓأَهۡلَ يَثۡرِبَ لَا مُقَامَ لَكُمۡ فَٱرۡجِعُواْۚ وَيَسۡتَـٔۡذِنُ فَرِيقٞ مِّنۡهُمُ ٱلنَّبِيَّ يَقُولُونَ إِنَّ بُيُوتَنَا عَوۡرَةٞ وَمَا هِيَ بِعَوۡرَةٍۖ إِن يُرِيدُونَ إِلَّا فِرَارٗا
Transliteration: Waith qalat taifatun minhum ya ahla yathriba la muqama lakum fairjiAAoo wayastathinu fareequn minhumu alnnabiyya yaqooloona inna buyootana AAawratun wama hiya biAAawratin in yureedoona illa firaran
Translation: އަދި އޭގެތެރެއިން އެއް ޖަމާޢަތެއްގެ މީހުން ބުންޏެވެ. އޭމަދީނާގެ އަހުލުވެރިންނޭވެ! ކަލޭމެނަށް އެތާ އެ ޚަންދަޤުގެ ކައިރިން އެއްވެސް ޖާގައެއްނެތެވެ. ކަލޭމެން އަވަހަށް އެނބުރި މަދީނާގެ ކަލޭމެންގެ ގެތަކަށް ދާށެވެ. އަދި އަނެއްބަޔަކު (އެނބުރި ދިއުމަށްޓަކައި) ނަބިއްޔާގެ އަރިހުން އިޒުނަ އެދެނީއެވެ. އެމީހުން ބުނަނީއެވެ. އަހުރެމެންގެ ގެތަކުގައި އެއްވެސް ނިވަޔެއް ނެތި ބަލިކަށިވެގެން ވެއެވެ. (އެތަން ހިމާޔަތްކޮށް ބަލަހައްޓާނެ މީހަކު ނެތެވެ. އެހެންވެ އަހުރެމެން އެތަނަށްދާން ބޭނުންނުވެއެވެ.) އޭގެ ޖަވާބުގައި ﷲ އެއަންގަވަނީ އެމީހުންގެ ގެތަށް ހާވެފައި އެހާބަލިކަށްޓެއްނޫންކަމެވެ. (އެމީހުންގެ އެވާހަކައިން) ހަމަފިލައިގެން ދިއުންނޫނީ ނޭދެއެވެ.
33:14وَلَوۡ دُخِلَتۡ عَلَيۡهِم مِّنۡ أَقۡطَارِهَا ثُمَّ سُئِلُواْ ٱلۡفِتۡنَةَ لَأٓتَوۡهَا وَمَا تَلَبَّثُواْ بِهَآ إِلَّا يَسِيرٗا ﴿14﴾وَلَوۡ دُخِلَتۡ عَلَيۡهِم مِّنۡ أَقۡطَارِهَا ثُمَّ سُئِلُواْ ٱلۡفِتۡنَةَ لَأٓتَوۡهَا وَمَا تَلَبَّثُواْ بِهَآ إِلَّا يَسِيرٗا
Transliteration: Walaw dukhilat AAalayhim min aqtariha thumma suiloo alfitnata laatawha wama talabbathoo biha illa yaseeran
Translation: އަދި ނުވަތަ މަދީނާގެ ހުރިހާ ފަރާތަކުން މުއުމިނުންގެ ޢަދުއްވުން ވަދެފައި ދެންއެމީހުންގާތު (މުއުމިނުންނާދެކޮޅަށް) ޢަދުއްވުންނަށް މަގުހުޅުވައިދީ ހަދާށޭ ބުނެވުނުނަމަ ނުވަތަ އަލުންވެސް ކާފަރުވެ ކާފަރުންނާ ގުޅޭށޭ ބުނެވުނުނަމަ ލަހެއްފަހެއްނެތި އެމީހުންއެކަމަށް އައީހެވެ.
33:15وَلَقَدۡ كَانُواْ عَٰهَدُواْ ٱللَّهَ مِن قَبۡلُ لَا يُوَلُّونَ ٱلۡأَدۡبَٰرَۚ وَكَانَ عَهۡدُ ٱللَّهِ مَسۡـُٔولٗا ﴿15﴾وَلَقَدۡ كَانُواْ عَٰهَدُواْ ٱللَّهَ مِن قَبۡلُ لَا يُوَلُّونَ ٱلۡأَدۡبَٰرَۚ وَكَانَ عَهۡدُ ٱللَّهِ مَسۡـُٔولٗا
Transliteration: Walaqad kanoo AAahadoo Allaha min qablu la yuwalloona aladbara wakana AAahdu Allahi masoolan
Translation: އަދި ހަމަކަށަވަރުން ހަނގުރާމައިގައި ފުރަގަސްދީފައިނުދިއުމަށް އެމީހުންވާނީ ﷲ އާއި ޢަހުދު ކަށަވަރުކޮށްފައެވެ. (އެއީ މި އަޙްޒާބު ހަނގުރާމައިގެ ކުރިން އުޙުދު ހަނގުރާމައިގެ ފަހުންނެވެ.) އަދި ﷲ އާއި މެދު ވެވިފައިވާ ޢަހުދާއި އެގްރިމެންޓު ތަކަކީ ސުވާލުވެވޭނެ އެއްޗެއްސެވެ. ޤިޔާމަތްދުވަހުން އެކަމާ ސުވާލުވެވޭނެއެވެ. އެކަމުގެ ޖަޒާ ލިބޭނެއެވެ.
33:16قُل لَّن يَنفَعَكُمُ ٱلۡفِرَارُ إِن فَرَرۡتُم مِّنَ ٱلۡمَوۡتِ أَوِ ٱلۡقَتۡلِ وَإِذٗا لَّا تُمَتَّعُونَ إِلَّا قَلِيلٗا ﴿16﴾قُل لَّن يَنفَعَكُمُ ٱلۡفِرَارُ إِن فَرَرۡتُم مِّنَ ٱلۡمَوۡتِ أَوِ ٱلۡقَتۡلِ وَإِذٗا لَّا تُمَتَّعُونَ إِلَّا قَلِيلٗا
Transliteration: Qul lan yanfaAAakumu alfiraru in farartum mina almawti awi alqatli waithan la tumattaAAoona illa qaleelan
Translation: (އޭ رسول الله އެވެ!) ކަލޭގެފާނު (އެ منافق ންނަށް) ވިދާޅުވާށެވެ! ކަލޭމެން މަރާ ފިލަން ދިއުމަކުން ނުވަތަ ޤަތުލުވުމުން ފިލަންދިއުމަކުން ކަލޭމެނަށް އެއްވެސް މަންފާއެއްނެތެވެ. ފިލަންގޮސްގެންވެސް ދާދިކުޑަ ދުވަސްކޮޅަކުމެނުވީ ކަލޭމެން ދުނިޔޭގައި މަޖާކޮށް އަރާމުކޮށް ނޫޅޭނެއެވެ. އެއީ ކަލޭމެނަށް ކަޑައެޅިފައިވާ އަޖަލު ހަމަވާންދެނެވެ.
33:17قُلۡ مَن ذَا ٱلَّذِي يَعۡصِمُكُم مِّنَ ٱللَّهِ إِنۡ أَرَادَ بِكُمۡ سُوٓءًا أَوۡ أَرَادَ بِكُمۡ رَحۡمَةٗۚ وَلَا يَجِدُونَ لَهُم مِّن دُونِ ٱللَّهِ وَلِيّٗا وَلَا نَصِيرٗا ﴿17﴾قُلۡ مَن ذَا ٱلَّذِي يَعۡصِمُكُم مِّنَ ٱللَّهِ إِنۡ أَرَادَ بِكُمۡ سُوٓءًا أَوۡ أَرَادَ بِكُمۡ رَحۡمَةٗۚ وَلَا يَجِدُونَ لَهُم مِّن دُونِ ٱللَّهِ وَلِيّٗا وَلَا نَصِيرٗا
Transliteration: Qul man tha allathee yaAAsimukum mina Allahi in arada bikum sooan aw arada bikum rahmatan wala yajidoona lahum min dooni Allahi waliyyan wala naseeran
Translation: ކަލޭގެފާނު އެމީހުނަށް ވިދާޅުވާށެވެ! ﷲ ކަލޭމެނަށް ނުބަޔަކަށް އިރާދަކުރައްވައިފިއްޔާ ނުވަތަ ކަލޭމެނަށް ރަޙުމަތަކަށް އިރާދަކުރައްވައިފިއްޔާވެސް ﷲ ގެ ޙަޟްރަތުން އަތުވެދާނެ ނުރައްކަލަކުން ކަލޭމެން ސަލާމަތްކޮށްދޭނީ ކާކުހެއްޔެވެ؟ އަދި ހަމަ ﷲ ފިޔަވައި ސަހަރޯވެރިއަކުވެސް އަދި ނަޞްރެއްދޭ މީހަކުވެސް
33:18قَدۡ يَعۡلَمُ ٱللَّهُ ٱلۡمُعَوِّقِينَ مِنكُمۡ وَٱلۡقَآئِلِينَ لِإِخۡوَٰنِهِمۡ هَلُمَّ إِلَيۡنَاۖ وَلَا يَأۡتُونَ ٱلۡبَأۡسَ إِلَّا قَلِيلًا ﴿18﴾۞قَدۡ يَعۡلَمُ ٱللَّهُ ٱلۡمُعَوِّقِينَ مِنكُمۡ وَٱلۡقَآئِلِينَ لِإِخۡوَٰنِهِمۡ هَلُمَّ إِلَيۡنَاۖ وَلَا يَأۡتُونَ ٱلۡبَأۡسَ إِلَّا قَلِيلًا
Transliteration: Qad yaAAlamu Allahu almuAAawwiqeena minkum waalqaileena liikhwanihim halumma ilayna wala yatoona albasa illa qaleelan
Translation: އަދި ހަމަކަށަވަރުން ކަލޭމެންގެ ތެރެއިން ހަނގުރާމައަށް ނުގޮސް ފަސްޖެހި ބަރުހެލިވެގެންވާ މީހުންނާއި އަދި އެބައިމީހުން އެކަހަލަ އަޚުންނަށް " مُحَمَّد ގެފާނު ދޫކޮށް އަހުރެމެންގެ ތެރެއަށް އައުމަށް އަވަސްވާށޭ" މިހެން ބުނާމީހުން ﷲ ދެނެވޮޑިގެންވެއެވެ. އަދި ދާދި މަދުންމެނުވީ އެމީހުން ހަނގުރާމައަށް ނުދާނެއެވެ.
33:19أَشِحَّةً عَلَيۡكُمۡۖ فَإِذَا جَآءَ ٱلۡخَوۡفُ رَأَيۡتَهُمۡ يَنظُرُونَ إِلَيۡكَ تَدُورُ أَعۡيُنُهُمۡ كَٱلَّذِي يُغۡشَىٰ عَلَيۡهِ مِنَ ٱلۡمَوۡتِۖ فَإِذَا ذَهَبَ ٱلۡخَوۡفُ سَلَقُوكُم بِأَلۡسِنَةٍ حِدَادٍ أَشِحَّةً عَلَى ٱلۡخَيۡرِۚ أُوْلَـٰٓئِكَ لَمۡ يُؤۡمِنُواْ فَأَحۡبَطَ ٱللَّهُ أَعۡمَٰلَهُمۡۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرٗا ﴿19﴾أَشِحَّةً عَلَيۡكُمۡۖ فَإِذَا جَآءَ ٱلۡخَوۡفُ رَأَيۡتَهُمۡ يَنظُرُونَ إِلَيۡكَ تَدُورُ أَعۡيُنُهُمۡ كَٱلَّذِي يُغۡشَىٰ عَلَيۡهِ مِنَ ٱلۡمَوۡتِۖ فَإِذَا ذَهَبَ ٱلۡخَوۡفُ سَلَقُوكُم بِأَلۡسِنَةٍ حِدَادٍ أَشِحَّةً عَلَى ٱلۡخَيۡرِۚ أُوْلَـٰٓئِكَ لَمۡ يُؤۡمِنُواْ فَأَحۡبَطَ ٱللَّهُ أَعۡمَٰلَهُمۡۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرٗا
Transliteration: Ashihhatan AAalaykum faitha jaa alkhawfu raaytahum yanthuroona ilayka tadooru aAAyunuhum kaallathee yughsha AAalayhi mina almawti faitha thahaba alkhawfu salaqookum bialsinatin hidadin ashihhatan AAala alkhayri olaika lam yuminoo faahbata Allahu aAAmalahum wakana thalika AAala Allahi yaseeran
Translation: އެއީ ކަލޭމެން މުއުމިނުންނާ އިދިކޮޅަށް ހުންނަ ދަހިވެތިކަމަކުންނެވެ. (ހަންދަޤު ކޮނުންކަހަލަ ހެޔޮކަންކަމުގައި ޚަރަދުކުރުމާމެދު ހުންނަ ދަހިވެތިކަމުންނެވެ.) ދެންފަހެ ހަނގުރާމައިގެ ބިރުވެރިކަން އަތުވެއްޖެއްޔާ އެމީހުންގެ ލޯތަށް މަރަށް ޙާޟިރުވެގެންވާ މީހަކު ހެޔަށްގޮތްވެފައި ވާފަދައިން ކަޅިޖަހައިނުލައި ފަރާތްފަރާތަށް އަނބުރާތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. ދެން ފަހެ ހަނގުރާމަ ނިމި ބިރުވެރިކަން ފިލައިގެން ހިނގައްޖެއްޔާ އެމީހުންގެ ތޫނު ދޫތަކުން ހުތުރު އެއްޗެތިކިޔައި ކަލޭމެނަށް އުނދަގޫތަށް ކުރާނެއެވެ. އެއީ ހެޔޮކަންތަކަށް ޚަރަދު ކުރުމަށް ބަޚީލްވެ ދަހިވެތިކަމުންނެވެ. ނުވަތަ ޣަނީމާ މުދަލަށް އެމީހުންވާ ދަހިވެތިކަމުންނެވެ. އެމީހުން އެއްގޮތަކަށްވެސް އީމާންނުވެއެވެ. އަދި ﷲ ތަޢާލާ އެމީހުންގެ ހެޔޮޢަމަލުތަށް بَاطِل ކުރެއްވީއެވެ. އަދި އެކަން އެފަދައިން ހެއްދެވުމަކީ ﷲ އަށް ދާދި ފަސޭހަ ކަމެކެވެ.
33:20يَحۡسَبُونَ ٱلۡأَحۡزَابَ لَمۡ يَذۡهَبُواْۖ وَإِن يَأۡتِ ٱلۡأَحۡزَابُ يَوَدُّواْ لَوۡ أَنَّهُم بَادُونَ فِي ٱلۡأَعۡرَابِ يَسۡـَٔلُونَ عَنۡ أَنۢبَآئِكُمۡۖ وَلَوۡ كَانُواْ فِيكُم مَّا قَٰتَلُوٓاْ إِلَّا قَلِيلٗا ﴿20﴾يَحۡسَبُونَ ٱلۡأَحۡزَابَ لَمۡ يَذۡهَبُواْۖ وَإِن يَأۡتِ ٱلۡأَحۡزَابُ يَوَدُّواْ لَوۡ أَنَّهُم بَادُونَ فِي ٱلۡأَعۡرَابِ يَسۡـَٔلُونَ عَنۡ أَنۢبَآئِكُمۡۖ وَلَوۡ كَانُواْ فِيكُم مَّا قَٰتَلُوٓاْ إِلَّا قَلِيلٗا
Transliteration: Yahsaboona alahzaba lam yathhaboo wain yati alahzabu yawaddoo law annahum badoona fee alaAArabi yasaloona AAan anbaikum walaw kanoo feekum ma qataloo illa qaleelan
Translation: އަދި އެމުނާފިގުންގެ މީހުން (އެމީހުންގެ ހުރި ފިނޑިކަމާއި ބިރުވެރިކަމުން) ހީކުރަނީ އަދިވެސް أحزاب ހަނގުރާމައިގެ لشكر ތައް އެނބުރި ނުދާކަމަށެވެ. އަދި ހަނގުރާމައިގެ لشكر ތައް ހަނގުރާމަޔަށް އަތުވެއްޖެއްޔާއި بادية ގައި (މީހުންނާއި ދުރުގައި) ބީރައްޓެހި ހިސާބުގައި أعراب ންނާއިއެކުގައިވުމަށް ހަމަކަށަވަރުން އެމުނާފިގުންގެ މީހުން އެދޭނެއެވެ. ދެން އެ ހިސާބު ދުރުގައި ތިބެގެން ކަލޭމެންގެ خبر ތައް (ހަނގުރާމައިގެ خبر ތައް) މީހުން ކުރެން އަހައި ހަދާނެއެވެ. އަދި މުނާފިގުން ކަލޭމެންނާއިއެކު ކަލޭމެންގެ ތެރޭގައި ތިބިނަމަވެސް ދާދި މަދުން މެނުވީ އެމީހުން ހަނގުރާމަ ނުކުރާނެއެވެ.
33:21لَّقَدۡ كَانَ لَكُمۡ فِي رَسُولِ ٱللَّهِ أُسۡوَةٌ حَسَنَةٞ لِّمَن كَانَ يَرۡجُواْ ٱللَّهَ وَٱلۡيَوۡمَ ٱلۡأٓخِرَ وَذَكَرَ ٱللَّهَ كَثِيرٗا ﴿21﴾لَّقَدۡ كَانَ لَكُمۡ فِي رَسُولِ ٱللَّهِ أُسۡوَةٌ حَسَنَةٞ لِّمَن كَانَ يَرۡجُواْ ٱللَّهَ وَٱلۡيَوۡمَ ٱلۡأٓخِرَ وَذَكَرَ ٱللَّهَ كَثِيرٗا
Transliteration: Laqad kana lakum fee rasooli Allahi oswatun hasanatun liman kana yarjoo Allaha waalyawma alakhira wathakara Allaha katheeran
Translation: ހަމަކަށަވަރުން رَسُوْلُ الله صَلَّي الله عَلَيْه وَسَلَّم ގެ ބަސްފުޅާއި ޢަމަލު ފުޅުގައި އެކަލޭގެ ފާނުންގެ ސީރަތުގައި ކަލޭމެންނަށް ރަނގަޅުވެގެންވާ ރިވެތި ނަމޫނާ ވެއެވެ. އެއީ ﷲ އާއި އާޚިރަތްދުވަސް އެދޭބަޔަކަށެވެ. އެދުވަހުގެ ޘަވާބަށް އެދޭ ބަޔަކަށެވެ. އަދި އެބައިމީހުން ގިނަގިނައިން ﷲ ހަނދާންކޮށް ذِكْر ކުރާބަޔަކަށެވެ.
33:22وَلَمَّا رَءَا ٱلۡمُؤۡمِنُونَ ٱلۡأَحۡزَابَ قَالُواْ هَٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥۚ وَمَا زَادَهُمۡ إِلَّآ إِيمَٰنٗا وَتَسۡلِيمٗا ﴿22﴾وَلَمَّا رَءَا ٱلۡمُؤۡمِنُونَ ٱلۡأَحۡزَابَ قَالُواْ هَٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥۚ وَمَا زَادَهُمۡ إِلَّآ إِيمَٰنٗا وَتَسۡلِيمٗا
Transliteration: Walamma raa almuminoona alahzaba qaloo hatha ma waAAadana Allahu warasooluhu wasadaqa Allahu warasooluhu wama zadahum illa eemanan watasleeman
Translation: އަދި މުއުމިނުންގެ މީހުންނަށް އަޙްޒާބު ހަނގުރާމައިގެ ލަޝްކަރުތައް ފެނުނު ހިންދުން އެމީހުން ބުންޏެވެ. މިއީﷲ އާއި އެކަލާނގެ ރަސޫލާ (صَلَّي الله عَلَيْه وَسَلَّم) އަހުރެމެންނަށް وَعْدُ ކުރެއްވި ކަންތަކެވެ. އަދި ﷲއާއި އެކަލާނގެ ރަސޫލާ ވިދާޅުވީ ހަމަތެދުފުޅެވެ. އަދި އީމާންކަމާއި ކިޔަމަންތެރިކަން މެނުވީ އެމީހުންނަށް އިތުރު ނުވެއެވެ.
33:23مِّنَ ٱلۡمُؤۡمِنِينَ رِجَالٞ صَدَقُواْ مَا عَٰهَدُواْ ٱللَّهَ عَلَيۡهِۖ فَمِنۡهُم مَّن قَضَىٰ نَحۡبَهُۥ وَمِنۡهُم مَّن يَنتَظِرُۖ وَمَا بَدَّلُواْ تَبۡدِيلٗا ﴿23﴾مِّنَ ٱلۡمُؤۡمِنِينَ رِجَالٞ صَدَقُواْ مَا عَٰهَدُواْ ٱللَّهَ عَلَيۡهِۖ فَمِنۡهُم مَّن قَضَىٰ نَحۡبَهُۥ وَمِنۡهُم مَّن يَنتَظِرُۖ وَمَا بَدَّلُواْ تَبۡدِيلٗا
Transliteration: Mina almumineena rijalun sadaqoo ma AAahadoo Allaha AAalayhi faminhum man qada nahbahu waminhum man yantathiru wama baddaloo tabdeelan
Translation: އަދި މުއުމިނުންގެ ތެރޭގައި އެމީހުން ﷲ އާއިމެދު ކުރި ވަޢުދާއި ގަތް نَذُر ތެދު އެއްޗެއްކަމުގައި ޢަމަލީ ގޮތުން ދެއްކެވި ބޭކަލުންވެއެވެ. އެމީހުންގެ ތެރޭގައި އެވަޢުދާއި އެއްގޮތަށް ހަނގުރާމަކޮށް ޝަހީދުވި ބޭކަލުންވެއެވެ. އަދި އެބޭކަލުންގެ ތެރޭގައި އެބޭކަލުންކުރެއްވި ހުވަޔާއެއްގޮތަށް ދަނޑިވަޅުނުލިބިގެން އިންތިޒާރު ކުރައްވާ ބޭކަލުންވެއެވެ. އަދި އެބޭކަލުންގެ ޢަހުދު އެއްގޮތަކަށްވެސް (މުނާފިޤުން ބަދަލުކޮށްލި ގޮތަށް) ބަދަލު ނުކޮށްލައެވެ. އެގޮތުގެމަތީގައި ޘާބިތުވެ ތިއްބަވައެވެ.
33:24لِّيَجۡزِيَ ٱللَّهُ ٱلصَّـٰدِقِينَ بِصِدۡقِهِمۡ وَيُعَذِّبَ ٱلۡمُنَٰفِقِينَ إِن شَآءَ أَوۡ يَتُوبَ عَلَيۡهِمۡۚ إِنَّ ٱللَّهَ كَانَ غَفُورٗا رَّحِيمٗا ﴿24﴾لِّيَجۡزِيَ ٱللَّهُ ٱلصَّـٰدِقِينَ بِصِدۡقِهِمۡ وَيُعَذِّبَ ٱلۡمُنَٰفِقِينَ إِن شَآءَ أَوۡ يَتُوبَ عَلَيۡهِمۡۚ إِنَّ ٱللَّهَ كَانَ غَفُورٗا رَّحِيمٗا
Transliteration: Liyajziya Allahu alssadiqeena bisidqihim wayuAAaththiba almunafiqeena in shaa aw yatooba AAalayhim inna Allaha kana ghafooran raheeman
Translation: ﷲ ތަޢާލާ އެފަދައިން ކަންތައްހިންގަވަނީ ތެދުވެރިންނަށް އެބައިމީހުންގެ ތެދުވެރިކަމުގެ ޖަޒާދެއްވުމަށެވެ. އަދި ﷲ ތަޢާލާ އެދިވޮޑިގެންފިއްޔާ މުނާފިޤުންނަށް ޢަޒާބުދެއްވުމަށެވެ. ނުވަތަ އެބައިމީހުންގެ މައްޗަށް تَوْبَة ލެއްވުމަށެވެ. ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ އަދި ރަޙުމަތް ލެއްވުން ބޮޑުކަލަކުކަމުގައެވެ.
33:25وَرَدَّ ٱللَّهُ ٱلَّذِينَ كَفَرُواْ بِغَيۡظِهِمۡ لَمۡ يَنَالُواْ خَيۡرٗاۚ وَكَفَى ٱللَّهُ ٱلۡمُؤۡمِنِينَ ٱلۡقِتَالَۚ وَكَانَ ٱللَّهُ قَوِيًّا عَزِيزٗا ﴿25﴾وَرَدَّ ٱللَّهُ ٱلَّذِينَ كَفَرُواْ بِغَيۡظِهِمۡ لَمۡ يَنَالُواْ خَيۡرٗاۚ وَكَفَى ٱللَّهُ ٱلۡمُؤۡمِنِينَ ٱلۡقِتَالَۚ وَكَانَ ٱللَّهُ قَوِيًّا عَزِيزٗا
Transliteration: Waradda Allahu allatheena kafaroo bighaythihim lam yanaloo khayran wakafa Allahu almumineena alqitala wakana Allahu qawiyyan AAazeezan
Translation: ކާފަރުވީ މީހުން - އެބަހީ އަޙްޒާބު ހަނގުރާމައަށް އައި ކާފަރުންގެ ލަޝްކަރުތައް - އެބައިމީހުންނަށް އެބައިމީހުން އެދޭ އެއްވެސް ހެޔޮކަމެއް حَاصِل ވިޔަނުދެއްވައި ﷲ تَعَالى އެބައިމީހުން ރުޅިވެރި ކަމާއި ހިތްދަތި ކަމުން ފުރިގެންވުމާއި އެކު އައިކޮޅަށް ރައްދުކުރައްވައިފިއެވެ. އެކޮޅަށް (ބޮޑުގެއްލުމާއެކު) ފޮނުވައިލެއްވިއެވެ. އަދި مُؤمِن ންގެ ފަރާތުން ﷲ تَعَالى ހަނގުރާމަ ފުއްދަވައިދެއްވައިފިއެވެ. (އެއީ އެކަލާނގެ މަލާއިކަތް ބޭކަލުންގެ ލަޝްކަރަކާއި ވައިގެ ލަޝްކަރެއްވެސް ފޮނުއްވައިގެންނެވެ.) އަދި ﷲ تَعَالى ވޮޑިގެންވަނީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ގަދަފަދަވަންތަ ކަލަކު ކަމުގައެވެ.
33:26وَأَنزَلَ ٱلَّذِينَ ظَٰهَرُوهُم مِّنۡ أَهۡلِ ٱلۡكِتَٰبِ مِن صَيَاصِيهِمۡ وَقَذَفَ فِي قُلُوبِهِمُ ٱلرُّعۡبَ فَرِيقٗا تَقۡتُلُونَ وَتَأۡسِرُونَ فَرِيقٗا ﴿26﴾وَأَنزَلَ ٱلَّذِينَ ظَٰهَرُوهُم مِّنۡ أَهۡلِ ٱلۡكِتَٰبِ مِن صَيَاصِيهِمۡ وَقَذَفَ فِي قُلُوبِهِمُ ٱلرُّعۡبَ فَرِيقٗا تَقۡتُلُونَ وَتَأۡسِرُونَ فَرِيقٗا
Transliteration: Waanzala allatheena thaharoohum min ahli alkitabi min sayaseehim waqathafa fee quloobihimu alrruAAba fareeqan taqtuloona watasiroona fareeqan
Translation: އަދި އެކާފަރު ލަޝްކަރު ތަކާއި އެހީވެ ވާގިވެރިވި أَهل كِتَاب ންގެ މީހުން (މަދީނާގައި ތިބި ޔަހޫދީންގެ بَنُو قُريضَة ވަންހައިގެ މީހުން) އެމީހުންގެ ކިއްލާތަކުން އެކަލާނގެ ނެރުއްވައިފިއެވެ. (އެއީ رَسُوْلُ الله صَلَّي الله عَلَيْه وَسَلَّم އާ ދެމެދުއޮތް ޢަހުދު އެމީހުން އުވައިލުމުގެ ސަބަބުންނެވެ.) ފަހެ އެބައިމީހުންގެ ހިތްތަކަށް ނުހަނު ބިރުވެރިކަން ވަދެ އޭގެތެރެއިން އެއްބަޔަކު މަރައި އަނެއްބަޔަކު ހިފައިހައްޔަރު ކޮށް أسيرން ކަމުގައި ކަލޭމެން މުއުމިނުން ހެދީމުއެވެ. (އެމީހުންގެ ތެރޭގައި ތިބި ބޮޑެތި ފިރިހެނުންމަރައި އަންހެނުންނާއި ކުޑަކުދިން أسير ކުރީމުއެވެ. (އެއީ އެމީހުންނާމެދު سَعْدُ بن مُعَاذ ކުރެއްވި ހުކުމެވެ. އެ ޙުކުމަކީ ހަތްވަނަ އުޑުގެ މަތީގެ ޙުކުމެއްކަމުގައި رَسُوْلُ الله صَلَّي الله عَلَيْه وَسَلَّم ޙަދީޘް ކުރެއްވިއެވެ.)
33:27وَأَوۡرَثَكُمۡ أَرۡضَهُمۡ وَدِيَٰرَهُمۡ وَأَمۡوَٰلَهُمۡ وَأَرۡضٗا لَّمۡ تَطَـُٔوهَاۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٗا ﴿27﴾وَأَوۡرَثَكُمۡ أَرۡضَهُمۡ وَدِيَٰرَهُمۡ وَأَمۡوَٰلَهُمۡ وَأَرۡضٗا لَّمۡ تَطَـُٔوهَاۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٗا
Transliteration: Waawrathakum ardahum wadiyarahum waamwalahum waardan lam tataooha wakana Allahu AAala kulli shayin qadeeran
Translation: އަދި އެބައިމީހުންގެ ގޮވަތި ގެދޮރާއި ބިންތަކާއި އަދި އެމީހުންގެ ދެންހުރި މުދަލެއްވެސް ތިމަންރަސްކަލާނގެ ކަލޭމެންނަށް ވާރުތަ ކޮށްދެއްވީމެވެ. އަދި މިހާތަނަށް ކަލޭމެން ފައިނުއަޅާއެހެން ބިމެއްވެސް ކަލޭމެނަށް ވާރުތަކޮށްދެއްވީމެވެ. (އެއީ އޭރު އަދި ފަތަޙަ ނުވެއޮތް ޚައިބަރުގެ ބިންކަމުގައި ބައެއް މުފައްސިރުން ލިޔުއްވައެވެ. އެތަންވެސް ފަތަޙަވާނެ ވަޢުދު ފުޅެއްކަމުގައި މިއިޝާރަތްވެއެވެ.) والله أعلم. އަދި ﷲ ތަޢާލާ ވޮޑިގެންވަނީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ވެވޮޑިގެންވާކަލަކު ކަމުގައެވެ.
33:28يَـٰٓأَيُّهَا ٱلنَّبِيُّ قُل لِّأَزۡوَٰجِكَ إِن كُنتُنَّ تُرِدۡنَ ٱلۡحَيَوٰةَ ٱلدُّنۡيَا وَزِينَتَهَا فَتَعَالَيۡنَ أُمَتِّعۡكُنَّ وَأُسَرِّحۡكُنَّ سَرَاحٗا جَمِيلٗا ﴿28﴾يَـٰٓأَيُّهَا ٱلنَّبِيُّ قُل لِّأَزۡوَٰجِكَ إِن كُنتُنَّ تُرِدۡنَ ٱلۡحَيَوٰةَ ٱلدُّنۡيَا وَزِينَتَهَا فَتَعَالَيۡنَ أُمَتِّعۡكُنَّ وَأُسَرِّحۡكُنَّ سَرَاحٗا جَمِيلٗا
Transliteration: Ya ayyuha alnnabiyyu qul liazwajika in kuntunna turidna alhayata alddunya wazeenataha fataAAalayna omattiAAkunna waosarrihkunna sarahan jameelan
Translation: އޭ ނަބިއްޔާއެވެ! (رَسُوَلُ الله صَلَّي الله عَلَيه وَسَلَّم އެވެ!) ކަލޭގެފާނު ކަލޭގެފާނުންގެ އަނބިއަނބި ކަނބަލުން ވިދާޅުވާށެވެ! ތިޔަކަނބަލުން ދުނިޔޭގެ ޙަޔާތާއި އެތާނގެ ޒީނަތްތެރިކަން އެދިވަޑައިގަންނަވަންޏާ ފަހެ ތިޔަކަނބަލުން ވަޑައިގަންނަވާށެވެ! ތިޔަކަނބަލުންނަށް ޙައްޤުވެގެންވާ އެއްޗެއް ދެއްވައިފައި ރިވެތިގޮތުގައި އެއްވެސް އުނދަގުލެއްނެތި ތިޔަކަނބަލުން ވަރިކުރައްވާހުށީމެވެ.
33:29وَإِن كُنتُنَّ تُرِدۡنَ ٱللَّهَ وَرَسُولَهُۥ وَٱلدَّارَ ٱلۡأٓخِرَةَ فَإِنَّ ٱللَّهَ أَعَدَّ لِلۡمُحۡسِنَٰتِ مِنكُنَّ أَجۡرًا عَظِيمٗا ﴿29﴾وَإِن كُنتُنَّ تُرِدۡنَ ٱللَّهَ وَرَسُولَهُۥ وَٱلدَّارَ ٱلۡأٓخِرَةَ فَإِنَّ ٱللَّهَ أَعَدَّ لِلۡمُحۡسِنَٰتِ مِنكُنَّ أَجۡرًا عَظِيمٗا
Transliteration: Wain kuntunna turidna Allaha warasoolahu waalddara alakhirata fainna Allaha aAAadda lilmuhsinati minkunna ajran AAatheeman
Translation: އަދި ތިޔަކަނބަލުން ﷲ އާއި އެކަލާނގެ ރަސޫލާއާއި އަދި ޢާޚިރަތުގެ ގޮވަތި އެދިވަޑައިގަންނަވާކަމުގައި ވަންޏާ (އެކަމަށް އެދިވަޑައިގަންނަވާށެވެ. އިޙްސާންތެރިވެވަޑައިގެން ޞާލިޙު ޢަމަލުކުރައްވާށެވެ!) ހަމަކަށަވަރުން ތިޔަކަނބަލުންކުރެ އިޙްސާންތެރިވެވަޑައިގެންނެވި ބޭކަނބަލުންނަށް ބޮޑުވެގެންވާ ދަރުމަޔާއި ޘަވާބު ﷲ ތައްޔާރުކުރެއްވިއެވެ.
33:30يَٰنِسَآءَ ٱلنَّبِيِّ مَن يَأۡتِ مِنكُنَّ بِفَٰحِشَةٖ مُّبَيِّنَةٖ يُضَٰعَفۡ لَهَا ٱلۡعَذَابُ ضِعۡفَيۡنِۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرٗا ﴿30﴾يَٰنِسَآءَ ٱلنَّبِيِّ مَن يَأۡتِ مِنكُنَّ بِفَٰحِشَةٖ مُّبَيِّنَةٖ يُضَٰعَفۡ لَهَا ٱلۡعَذَابُ ضِعۡفَيۡنِۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرٗا
Transliteration: Ya nisaa alnnabiyyi man yati minkunna bifahishatin mubayyinatin yudaAAaf laha alAAathabu diAAfayni wakana thalika AAala Allahi yaseeran
Translation: އޭ نبي އާގެ އަނބިއަނބިކަނބަލުންނޭވެ! ތިޔަކަނބަލުންކުރެ ކަނބަލަކު ބަޔާންވެ ފައުޅުވެގެންވާ فاحش ކަމެއް ގެނެސްގެންފި ކަމުގައިވަންޏާ އެކަނބަލަކަށް عذاب އޭގެ ދެގުނައަށް ދެއްވޭނެއެވެ. އަދި އެކަމަކީ ﷲ تعلى އަށް ދާދި ފަސޭހަވެގެންވާ ކަމެއްކަމުގައިވިއެވެ. (ނަމަވެސް އެކަލޭގެފާނުންގެ އެންމެހައި އަނބިއަނބިކަނބަލުން އެންމެހައި ހަޑިހުތުރު ކަންކަމުން ﷲ ރައްކާތެރިކުރައްވައި ބަރީއަކުރައްވައި طاهر ކުރެއްވިއެވެ.)
33:31وَمَن يَقۡنُتۡ مِنكُنَّ لِلَّهِ وَرَسُولِهِۦ وَتَعۡمَلۡ صَٰلِحٗا نُّؤۡتِهَآ أَجۡرَهَا مَرَّتَيۡنِ وَأَعۡتَدۡنَا لَهَا رِزۡقٗا كَرِيمٗا ﴿31﴾۞وَمَن يَقۡنُتۡ مِنكُنَّ لِلَّهِ وَرَسُولِهِۦ وَتَعۡمَلۡ صَٰلِحٗا نُّؤۡتِهَآ أَجۡرَهَا مَرَّتَيۡنِ وَأَعۡتَدۡنَا لَهَا رِزۡقٗا كَرِيمٗا
Transliteration: Waman yaqnut minkunna lillahi warasoolihi wataAAmal salihan nutiha ajraha marratayni waaAAtadna laha rizqan kareeman
Translation: އަދި ތިޔަކަނބަލުންކުރެ ﷲ އަށާއި އެކަލާނގެ رسول އާ އަށް ފުރިހަމައަށް ކިޔަމަންތެރިވެވަޑާއިގެން صالح عمل ކުރެއްވި ކޮންމެ ބޭކަނބަލަކަށް ތިމަންރަސްކަލާނގެ އެކަނބަލަކަށް އުޖޫރައާއި ދަރުމަ ދެގުނަ އަށް ދެއްވާހުށީމެވެ. އަދި އެކަނބަލަކަށް މާތްވެގެންވާ ރިޒުޤު ތިމަންރަސްކަލާނގެ ތައްޔާރު ކުރެއްވީމެވެ.
33:32يَٰنِسَآءَ ٱلنَّبِيِّ لَسۡتُنَّ كَأَحَدٖ مِّنَ ٱلنِّسَآءِ إِنِ ٱتَّقَيۡتُنَّۚ فَلَا تَخۡضَعۡنَ بِٱلۡقَوۡلِ فَيَطۡمَعَ ٱلَّذِي فِي قَلۡبِهِۦ مَرَضٞ وَقُلۡنَ قَوۡلٗا مَّعۡرُوفٗا ﴿32﴾يَٰنِسَآءَ ٱلنَّبِيِّ لَسۡتُنَّ كَأَحَدٖ مِّنَ ٱلنِّسَآءِ إِنِ ٱتَّقَيۡتُنَّۚ فَلَا تَخۡضَعۡنَ بِٱلۡقَوۡلِ فَيَطۡمَعَ ٱلَّذِي فِي قَلۡبِهِۦ مَرَضٞ وَقُلۡنَ قَوۡلٗا مَّعۡرُوفٗا
Transliteration: Ya nisaa alnnabiyyi lastunna kaahadin mina alnnisai ini ittaqaytunna fala takhdaAAna bialqawli fayatmaAAa allathee fee qalbihi maradun waqulna qawlan maAAroofan
Translation: އޭ نبي އާގެ އަނބިއަނބިކަނބަލުންނޭވެ! ތިޔަކަނބަލުން އެހެނިހެން އާދައިގެ އަންހެނުން ފަދައިން ނުވެއެވެ. ފަހެ ތިޔަކަނބަލުން تقوى ވެރިވެވަޑައިގެންވަންޏާ އާދައިގެ ހިލޭ ފިރިހެނުންނާއި އެއްޗެއް ވިދާޅުވާން ޖެހިއްޖެ ޙާލަތެއްގައި ތިޔަކަނބަލުންގެ ބަސްފުޅު ވިދާޅުވުމުގައި ތޫލިވުން ލޫޅާފަތިވުން (އާތްވުން) ފަދަ ގޮތްތައް ނުބަހައްޓަވާށެވެ! އެފަދައިން ބަސްފުޅު ލޫޅާފަތި ވެއްޖެއްޔާ ހިތުގައި (شهوة ތެރިކަމާއި فاجر ކަމުގެ) ބައްޔެއްވާ މީހުން ދަހިވެތިވެދާނެއެވެ. އަދި ތިޔަކަނބަލުން (ޝައްކާއި ދުރުވެގެންވާ) ހެޔޮރަނގަޅު ބަސްފުޅު ވިދާޅުވާށެވެ.
33:33وَقَرۡنَ فِي بُيُوتِكُنَّ وَلَا تَبَرَّجۡنَ تَبَرُّجَ ٱلۡجَٰهِلِيَّةِ ٱلۡأُولَىٰۖ وَأَقِمۡنَ ٱلصَّلَوٰةَ وَءَاتِينَ ٱلزَّكَوٰةَ وَأَطِعۡنَ ٱللَّهَ وَرَسُولَهُۥٓۚ إِنَّمَا يُرِيدُ ٱللَّهُ لِيُذۡهِبَ عَنكُمُ ٱلرِّجۡسَ أَهۡلَ ٱلۡبَيۡتِ وَيُطَهِّرَكُمۡ تَطۡهِيرٗا ﴿33﴾وَقَرۡنَ فِي بُيُوتِكُنَّ وَلَا تَبَرَّجۡنَ تَبَرُّجَ ٱلۡجَٰهِلِيَّةِ ٱلۡأُولَىٰۖ وَأَقِمۡنَ ٱلصَّلَوٰةَ وَءَاتِينَ ٱلزَّكَوٰةَ وَأَطِعۡنَ ٱللَّهَ وَرَسُولَهُۥٓۚ إِنَّمَا يُرِيدُ ٱللَّهُ لِيُذۡهِبَ عَنكُمُ ٱلرِّجۡسَ أَهۡلَ ٱلۡبَيۡتِ وَيُطَهِّرَكُمۡ تَطۡهِيرٗا
Transliteration: Waqarna fee buyootikunna wala tabarrajna tabarruja aljahiliyyati aloola waaqimna alssalata waateena alzzakata waatiAAna Allaha warasoolahu innama yureedu Allahu liyuthhiba AAankumu alrrijsa ahla albayti wayutahhirakum tatheeran
Translation: އަދި ތިޔަކަނބަލުން ތިޔަކަނބަލުންގެ ގެކޮޅުތަކުގައި قرار ވެތިއްބަވާށެވެ! އަދި ކުރީގެ جاهلية ޒަމާނުގައި އަންހެނުން ދައްކައި އުޅުނުގޮތަށް ޒީނަތްތެރިކަމާއި ރީތިކަމާއި ނަލަކަން ނުދައްކަވާށެވެ! އަދި ތިޔަކަނބަލުން ނަމާދު قائم ކުރައްވައި ޒަކާތްދެއްވައި ﷲ އާއި އެކަލާނގެ رسول އަށް ކިޔަމަންތެރިވެވަޑައިގަންނަވާށެވެ! ﷲ އެދިވޮޑިގަންނަވާކަންކަށަވަރީ އޭ ނަބިއްޔާގެ أهل بيت ންނޭވެ! ތިޔަބައިމީހުންގެ ކިބައިން ފާފަޔާއި ދެންވެސް ނުބައިކަންތައްތައް ދުރުރުކުރެއްވުމަށެވެ. އަދި ތިޔަބައި މީހުން އެކީއެކައްޗަކަށް طاهر ކުރެއްވުމަށެވެ.
33:34وَٱذۡكُرۡنَ مَا يُتۡلَىٰ فِي بُيُوتِكُنَّ مِنۡ ءَايَٰتِ ٱللَّهِ وَٱلۡحِكۡمَةِۚ إِنَّ ٱللَّهَ كَانَ لَطِيفًا خَبِيرًا ﴿34﴾وَٱذۡكُرۡنَ مَا يُتۡلَىٰ فِي بُيُوتِكُنَّ مِنۡ ءَايَٰتِ ٱللَّهِ وَٱلۡحِكۡمَةِۚ إِنَّ ٱللَّهَ كَانَ لَطِيفًا خَبِيرًا
Transliteration: Waothkurna ma yutla fee buyootikunna min ayati Allahi waalhikmati inna Allaha kana lateefan khabeeran
Translation: އަދި ތިޔަކަނބަލުން ތިޔަކަނބަލުންގެ ގެކޮޅުތަކުގައި ﷲ ބާވައިލެއްވި އާޔަތްތަކާއި އެބަހީ ކީރިތި ޤުރުއާނާއި އަދި ޙިކުމަތް (އެބަހީ ސުންނަތްވެސް) ކިޔަވާވިދާޅުވެ ހަދުމަފުޅުކުރައްވާށެވެ. ހަމަކަށަވަރުން ނުހަނު އޯގާވަންތައަދި ޚަބަރުތައް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.
33:35إِنَّ ٱلۡمُسۡلِمِينَ وَٱلۡمُسۡلِمَٰتِ وَٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ وَٱلۡقَٰنِتِينَ وَٱلۡقَٰنِتَٰتِ وَٱلصَّـٰدِقِينَ وَٱلصَّـٰدِقَٰتِ وَٱلصَّـٰبِرِينَ وَٱلصَّـٰبِرَٰتِ وَٱلۡخَٰشِعِينَ وَٱلۡخَٰشِعَٰتِ وَٱلۡمُتَصَدِّقِينَ وَٱلۡمُتَصَدِّقَٰتِ وَٱلصَّـٰٓئِمِينَ وَٱلصَّـٰٓئِمَٰتِ وَٱلۡحَٰفِظِينَ فُرُوجَهُمۡ وَٱلۡحَٰفِظَٰتِ وَٱلذَّـٰكِرِينَ ٱللَّهَ كَثِيرٗا وَٱلذَّـٰكِرَٰتِ أَعَدَّ ٱللَّهُ لَهُم مَّغۡفِرَةٗ وَأَجۡرًا عَظِيمٗا ﴿35﴾إِنَّ ٱلۡمُسۡلِمِينَ وَٱلۡمُسۡلِمَٰتِ وَٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ وَٱلۡقَٰنِتِينَ وَٱلۡقَٰنِتَٰتِ وَٱلصَّـٰدِقِينَ وَٱلصَّـٰدِقَٰتِ وَٱلصَّـٰبِرِينَ وَٱلصَّـٰبِرَٰتِ وَٱلۡخَٰشِعِينَ وَٱلۡخَٰشِعَٰتِ وَٱلۡمُتَصَدِّقِينَ وَٱلۡمُتَصَدِّقَٰتِ وَٱلصَّـٰٓئِمِينَ وَٱلصَّـٰٓئِمَٰتِ وَٱلۡحَٰفِظِينَ فُرُوجَهُمۡ وَٱلۡحَٰفِظَٰتِ وَٱلذَّـٰكِرِينَ ٱللَّهَ كَثِيرٗا وَٱلذَّـٰكِرَٰتِ أَعَدَّ ٱللَّهُ لَهُم مَّغۡفِرَةٗ وَأَجۡرًا عَظِيمٗا
Transliteration: Inna almuslimeena waalmuslimati waalmumineena waalmuminati waalqaniteena waalqanitati waalssadiqeena waalssadiqati waalssabireena waalssabirati waalkhashiAAeena waalkhashiAAati waalmutasaddiqeena waalmutasaddiqati waalssaimeena waalssaimati waalhafitheena furoojahum waalhafithati waalththakireena Allaha katheeran waalththakirati aAAadda Allahu lahum maghfiratan waajran AAatheeman
Translation: ހަމަކަށަވަރުން مُسْلِم ފިރިހެނުންނާއި مُسْلِم އަންހެނުން، مُؤمن ފިރިހެނުންނާއި مُؤمن އަންހެނުން، އަދި ކިޔަމަންތެރި ފިރިހެނުންނާއި ކިޔަމަންތެރި އަންހެނުން، އަދި ތެދުވެރި ފިރިހެނުންނާއި ތެދުވެރި އަންހެނުން، އަދި ކެތްތެރި ފިރިހެނުންނާއި ކެތްތެރި އަންހެނުން، އަދި ބިރުވެތި تَوَاضُع ވެރިވާ ފިރިހެނުންނާއި ބިރުވެތި تَوَاضُع ވެރިވާ އަންހެނުން، އަދި صَدَقَاة ދީ زَكَاة ދޭ ފިރިހެނުންނާއި صَدَقَاة ދީ زَكَاة ދޭ އަންހެނުން، އަދި ރޯދަހިފާ ފިރިހެނުންނާއި ރޯދަހިފާ އަންހެނުން، އަދި ތިމާމެންގެ ލަދުގުނަވަންތަކަށް ރައްކާތެރިވާ ފިރިހެނުންނާއި ރައްކާތެރިވާ އަންހެނުން، އަދި ގިނަގިނައިން ﷲ ހަނދާންކޮށް ذكر ކުރާ ފިރިހެނުންނާއި އަދި ގިނަގިނައިން ﷲ ހަނދާންކޮށް ذكر ކުރާ އަންހެނުން، މި މީސްމީހުން ދަންނައެވެ. ހަމަކަށަވަރުން ﷲ އެމީހުންނަށް ފާފަފުއްސެވުމާއި އަދި ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކޮށްދެއްވިއެވެ.
33:36وَمَا كَانَ لِمُؤۡمِنٖ وَلَا مُؤۡمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمۡرًا أَن يَكُونَ لَهُمُ ٱلۡخِيَرَةُ مِنۡ أَمۡرِهِمۡۗ وَمَن يَعۡصِ ٱللَّهَ وَرَسُولَهُۥ فَقَدۡ ضَلَّ ضَلَٰلٗا مُّبِينٗا ﴿36﴾وَمَا كَانَ لِمُؤۡمِنٖ وَلَا مُؤۡمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمۡرًا أَن يَكُونَ لَهُمُ ٱلۡخِيَرَةُ مِنۡ أَمۡرِهِمۡۗ وَمَن يَعۡصِ ٱللَّهَ وَرَسُولَهُۥ فَقَدۡ ضَلَّ ضَلَٰلٗا مُّبِينٗا
Transliteration: Wama kana limuminin wala muminatin itha qada Allahu warasooluhu amran an yakoona lahumu alkhiyaratu min amrihim waman yaAAsi Allaha warasoolahu faqad dalla dalalan mubeenan
Translation: އަދި مُؤمن ފިރިހެނަކަށްވިޔަސް އަދި مُؤمن އަންހެނަކަށްވިޔަސް ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާއާ އެބައިމީހުންގެ ކަމާއިމެދު ގޮތެއް ނިޔާކުރައްވައި ހަމަޖައްސަވައިފިއްޔާ ދެން އެބައިމީހުން އެކަމުގައި ގޮތްކިޔުމަކީ އެއްގޮތަކަށްވެސް އެމީހުންނަށް އިޚްތިޔާރެއް އޮތްކަމެއްނޫނެވެ. ހުއްދަކަމެއްނޫނެވެ. (ގޮތް ކިޔުމަކީ އެއީ ﷲ ތަޢާލާ އާއި ރަސޫލާއަށް އުރެދުމެކެވެ.) އަދި ﷲ ތަޢާލާ އާއި ރަސޫލާއަށް އުރެދޭ މީހާ ދަންނައެވެ. ހަމަކަށަވަރުން އެމީހާ ބަޔާންވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެއެވެ.
33:37وَإِذۡ تَقُولُ لِلَّذِيٓ أَنۡعَمَ ٱللَّهُ عَلَيۡهِ وَأَنۡعَمۡتَ عَلَيۡهِ أَمۡسِكۡ عَلَيۡكَ زَوۡجَكَ وَٱتَّقِ ٱللَّهَ وَتُخۡفِي فِي نَفۡسِكَ مَا ٱللَّهُ مُبۡدِيهِ وَتَخۡشَى ٱلنَّاسَ وَٱللَّهُ أَحَقُّ أَن تَخۡشَىٰهُۖ فَلَمَّا قَضَىٰ زَيۡدٞ مِّنۡهَا وَطَرٗا زَوَّجۡنَٰكَهَا لِكَيۡ لَا يَكُونَ عَلَى ٱلۡمُؤۡمِنِينَ حَرَجٞ فِيٓ أَزۡوَٰجِ أَدۡعِيَآئِهِمۡ إِذَا قَضَوۡاْ مِنۡهُنَّ وَطَرٗاۚ وَكَانَ أَمۡرُ ٱللَّهِ مَفۡعُولٗا ﴿37﴾وَإِذۡ تَقُولُ لِلَّذِيٓ أَنۡعَمَ ٱللَّهُ عَلَيۡهِ وَأَنۡعَمۡتَ عَلَيۡهِ أَمۡسِكۡ عَلَيۡكَ زَوۡجَكَ وَٱتَّقِ ٱللَّهَ وَتُخۡفِي فِي نَفۡسِكَ مَا ٱللَّهُ مُبۡدِيهِ وَتَخۡشَى ٱلنَّاسَ وَٱللَّهُ أَحَقُّ أَن تَخۡشَىٰهُۖ فَلَمَّا قَضَىٰ زَيۡدٞ مِّنۡهَا وَطَرٗا زَوَّجۡنَٰكَهَا لِكَيۡ لَا يَكُونَ عَلَى ٱلۡمُؤۡمِنِينَ حَرَجٞ فِيٓ أَزۡوَٰجِ أَدۡعِيَآئِهِمۡ إِذَا قَضَوۡاْ مِنۡهُنَّ وَطَرٗاۚ وَكَانَ أَمۡرُ ٱللَّهِ مَفۡعُولٗا
Transliteration: Waith taqoolu lillathee anAAama Allahu AAalayhi waanAAamta AAalayhi amsik AAalayka zawjaka waittaqi Allaha watukhfee fee nafsika ma Allahu mubdeehi watakhsha alnnasa waAllahu ahaqqu an takhshahu falamma qada zaydun minha wataran zawwajnakaha likay la yakoona AAala almumineena harajun fee azwaji adAAiyaihim itha qadaw minhunna wataran wakana amru Allahi mafAAoolan
Translation: (އޭ رسول الله އެވެ!) ﷲ އެމީހަކަށް نعمة ލެއްވި އަދި ކަލޭގެފާނުވެސް އެމީހަކަށް نعمة ލެއްވި މީހާއަށް "ކަލޭ ކަލޭގެ އަންހެނުން (ވަރިނުކޮށް) ހިފަހައްޓާށޭ" މިހެން ވިދާޅުވި ހިނދު ހަނދުމަފުޅުކުރައްވާށެވެ! (މިމީހަކީ زيد بن حارثة އެވެ. އެއީ إسلام دين އައުމުގެ ކުރިން رسول لله ﷺ ގެންގުޅުއްވާ އަޅެކެވެ. ފަހުން އެކަލޭގެފާނުންގެ ދަރިއަކަށް ހައްދަވައިގެން ގެންގުޅުވީއެވެ. ކުރީ އޮތް قواعد ން ވިއްޔާ އެގޮތަށް ދަރިއަކަށް ހެއްދެވީމާ އުފަންދަރިއެކޭ އެއްގޮތަށް ވާރުތަވެސްވާނެއެވެ. ދެން މިއާޔަތުގައި ﷲ އެމީހަކަށް نعمة ލެއްވިމީހާ އޮތީ އިސްލާމްދީންގެ هداية ﷲ އޭނާއަށް ދެއްވިވާހަކައެވެ. އަދި رسول الله ﷺ نعمة ލެއްވިކަމަށް އޮތް ބަސްފުޅުގެ މުރާދަކީ އެކަލޭގެފާނު އެ زيد މިނިވަން ކުރެއްވި ވާހަކައެވެ. ދެން މިއާޔަތުން ﷲ އެދިވޮޑިގެންފައިވަނީ އެގޮތަށް އެހެން މީހެއްގެ ދަރިއެއް ތިމާގެ ދަރިއެއްކަމުގައި ހަދައި ތިމާގެނަމަށް ނިސްބަތްކުރުމުގެ މައްސަލަ باطل ކުރެއްވުމެވެ. އެހެންވެ زيد ގެފާނު ކައިވެނި ބައްލަވައި ގެންނެވި زَيْنَبُ بِنْتِ جَحْشُ އާއި رسول الله ﷺ އާއި ﷲ ކާވެނިކޮށްދެއްވީއެވެ. އިސްލާލު ދީނުގައި ތިމާގެ އުފަންދަރިއަކު ކައިވެނިކުރި އަންހެނަކާ ބައްޕަ އިނުން ހުއްދައެއްނުވާނެއެވެ. زَيْنَبُ بِنْتِ جَحْشُ އާއި رسول الله ﷺ އާއި ﷲ ކާވެނިކޮށްދެއްވީމާ އެގޮތަށް ކުރާ ދަރިވަންތަކަން ކެންސަލްވީއެވެ. އަދި އެޔާބެހޭ ވާހަކަ އާޔަތުގެ ފަހުބައިގައިވެސް އެބައާދެއެވެ. والله أعلم) زيد ގެފާނު އެކަމަނާ ވަރިކުރެއްވުމުގެ ކުރިން ﷲ ވަނީ رسول الله ﷺ އަށް އެކަން އަންގަވައިދެއްވަފައެވެ. زيد އެކަމަނާ ވަރިކުރެއްވީމާ އެކަމަނާ ކަލޭގެފާނާ ދެވާނެކަން އަންގަވައިދެއްވިއެވެ. އެހެންވެ زيد ގެފާނު އެކަމަނާ ވަރިކުރައްވާނެ ވާހަކަ رسول الله ﷺ އަށް ދެންނެވީމާ زيد ގެފާނާ ދިމާއަށް އެކަމަނާ ވަރިނުކުރައްވައި ހިފަހައްޓަވާށޭ ވިދާޅުވިއެވެ. زيد ގެފާނު ވަރިކުރެއްވީމާ އެކަމަނާއާއި رسول الله ﷺ އާއި ކާވެނި ވާނެކަން އޮތީ وحي ذريعة އިން އެނގިވަޑައިގެންފައެވެ. އެހެންވެ محمد ގެފާނު އެކަލޭގެފާނުންގެ ދަރިއަކު އިދެވަރިކުރި މީހަކާއި އިދެފިއޭ ކިޔައި މީހުން ވާހަކަ ދައްކާނެތީ زيد ގެފާނަށް ވަރިނުކުރައްވާން އެންގެވިކަމުގައިވެއެވެ. އެހުރިހާ ކަމެއް ﷲ ފައުޅުކުރައްވައި وحي ކުރައްވަނީއެވެ. ކަލޭގެފާނުންގެ ހިތްޕުޅުގައި ފޮރުވާފައިވާކަންތައް ﷲ ފައުޅުކުރައްވާނެއެވެ. އަދި ކަލޭގެފާނު މީސްތަކުންނަށް ބިރުފުޅުގެން ވަޑައިގަންނަވަނީއެވެ. ނަމަވެސް ﷲ އަށް ބިރުވެތިވުން މާ حق ކަން ބޮޑެވެ. ދެންފަހެ زيد ގެފާނުން އެކަމަނާގެ ފަރާތްޕުޅުން ބޭނުންފުޅު ނިމުމުން ތިމަންރަސްކަލާނގެ އެކަމަނާއާއި ކަލޭގެފާނާއި ކައިވެނިކޮށްދެއްވީމެވެ. (އެއީ ކައިވެނި ރަނެއް ولى ވެރި ހެކިންނެއް ނެތި ހަމައެކަނި ﷲ ކޮށްދެއްވި ކައިވެންޏެކެވެ.) އެކަންއެގޮތަށް ތިމަންރަސްކަލާނގެ ހެއްދެވީ مؤمن ން އެބައިމީހުން އެގޮތަށް ތިބި ދަރިންގެ އަނބީންގެ ފަރާތުން އެދަރިން ބޭނުންފުއްދައި ނިމުމަށްފަހު ވަރިކުރީމާ އެއަންހެނުނާ އެފިރިހެންކުދިންގެ ބަފައެއްކަމުގައި ބަލައިގެންއުޅުނު ފިރިހެން މީހާ އިނުމާމެދު އެއްވެސް ކުށެއް އަދި ދަތިކަމެއް ނުބޭއްވުމަށްޓަކައެވެ. ފަހެ އެއީ حلال ހުއްދަކަމެކެވެ. އަދި ﷲ ގެ އެބާވަތުގެ امر ފުޅުތަކަކީ تنفيذ ވެވޭނެކަމެކެވެ.
33:38مَّا كَانَ عَلَى ٱلنَّبِيِّ مِنۡ حَرَجٖ فِيمَا فَرَضَ ٱللَّهُ لَهُۥۖ سُنَّةَ ٱللَّهِ فِي ٱلَّذِينَ خَلَوۡاْ مِن قَبۡلُۚ وَكَانَ أَمۡرُ ٱللَّهِ قَدَرٗا مَّقۡدُورًا ﴿38﴾مَّا كَانَ عَلَى ٱلنَّبِيِّ مِنۡ حَرَجٖ فِيمَا فَرَضَ ٱللَّهُ لَهُۥۖ سُنَّةَ ٱللَّهِ فِي ٱلَّذِينَ خَلَوۡاْ مِن قَبۡلُۚ وَكَانَ أَمۡرُ ٱللَّهِ قَدَرٗا مَّقۡدُورًا
Transliteration: Ma kana AAala alnnabiyyi min harajin feema farada Allahu lahu sunnata Allahi fee allatheena khalaw min qablu wakana amru Allahi qadaran maqdooran
Translation: އަދި نبي އާ އަށްޓަކައި ﷲ އެކަމެއް فرض ކުރައްވައި ނިޔާކުރެއްވިކަމެއް ކުރުމަކީ نبي الله ﷺ ގެ މައްޗަށް ކުށެއް އަދި مسألة އެއް އޮތްކަމެއްނޫނެވެ. އެބާވަތުގެ ކަންކަމަކީ نبي ބޭކަލުންނާއިމެދު ﷲ ކަންތައް ގެންދަވާ قواعد އެވެ. އެއީ އެކަލާނގެ سنة އެވެ. އަދި ﷲ ގެ أمر ފުޅުތަކަކީ لوح المحفوظ ގައި މިންވަރު ކުރެވި ލިޔެވި ނިމިގެންވާ ކަންތައްކަމުގައިވިއެވެ.
33:39ٱلَّذِينَ يُبَلِّغُونَ رِسَٰلَٰتِ ٱللَّهِ وَيَخۡشَوۡنَهُۥ وَلَا يَخۡشَوۡنَ أَحَدًا إِلَّا ٱللَّهَۗ وَكَفَىٰ بِٱللَّهِ حَسِيبٗا ﴿39﴾ٱلَّذِينَ يُبَلِّغُونَ رِسَٰلَٰتِ ٱللَّهِ وَيَخۡشَوۡنَهُۥ وَلَا يَخۡشَوۡنَ أَحَدًا إِلَّا ٱللَّهَۗ وَكَفَىٰ بِٱللَّهِ حَسِيبٗا
Transliteration: Allatheena yuballighoona risalati Allahi wayakhshawnahu wala yakhshawna ahadan illa Allaha wakafa biAllahi haseeban
Translation: ﷲ رسول ކަމާއިގެން ފޮނުއްވި މާތް رسول ބޭކަލުން ބިރުފުޅުގެންވަޑައިގަންނަވަނީ ހަމައެކަނި ﷲ އަށެވެ. އެކަލާނގެ ފިޔަވައި ހަމައެކަކަށްވެސް އެބޭކަލުން ބިރުފުޅުގެން ވަޑައިނުގަންނަވައެވެ. (އޭ رسول ﷲ އެވެ. ކަލޭގެފާނީވެސް އެފަދަ ބޭކަލެކެވެ. މީސްތަކުން ކިޔައިފާނޭ އެއްޗަކަށް ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމައެކަނި ﷲ އަށް ބިރުފުޅުގެ ވަޑައިގަންނަވާށެވެ.) އަދި ކަންތައްތައް ބަލަހައްޓަވާ ހިސާބުކުރައްވާ ފަރާތެއްކަމުގައި ﷲ ފުދިވޮޑިގެންވެއެވެ. * ދަންނައެވެ. زَيْنَبُ بِنْتِ جَحْشُ އާއި رسول الله ﷺ ކައިވެނި ކުރެއްވީމާ ބައެއް މީހުން ކިޔަންފެށީ محمد ގެ ފާނު އެކަލޭގެފާނުންގެ ދަރިއަކު އިން މީހަކާއި އިނދެފިއެވެ. މިކަމާގުޅިގެން މީގެ ފަހުގެ آية ބާވައިލެއްވިއެވެ. އެއާޔަތުގެ މާނައީ:
33:40مَّا كَانَ مُحَمَّدٌ أَبَآ أَحَدٖ مِّن رِّجَالِكُمۡ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّـۧنَۗ وَكَانَ ٱللَّهُ بِكُلِّ شَيۡءٍ عَلِيمٗا ﴿40﴾مَّا كَانَ مُحَمَّدٌ أَبَآ أَحَدٖ مِّن رِّجَالِكُمۡ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّـۧنَۗ وَكَانَ ٱللَّهُ بِكُلِّ شَيۡءٍ عَلِيمٗا
Transliteration: Ma kana muhammadun aba ahadin min rijalikum walakin rasoola Allahi wakhatama alnnabiyyeena wakana Allahu bikulli shayin AAaleeman
Translation: محمد ގެފާނީ ކަލޭމެން ބޮޑެތި ފިރިހެނުންކުރެ އެކެއްގެ ބައްޕަކަމުގައިވެސް ނުވެއެވެ. އަދި އެހެނެއްކަމަކު އެއީ ﷲ ގެ رسول އާއެވެ. އަދި نبي ކަން حتم ކުރެއްވިމާތް ކަލޭގެފާނެވެ. އަދި ހުރިހާއެޗެއް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.
33:41يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱذۡكُرُواْ ٱللَّهَ ذِكۡرٗا كَثِيرٗا ﴿41﴾يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱذۡكُرُواْ ٱللَّهَ ذِكۡرٗا كَثِيرٗا
Transliteration: Ya ayyuha allatheena amanoo othkuroo Allaha thikran katheeran
Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ﷲ އަށް ގިނަގިނައިން ذِكْر ކުރާށެވެ! ގިނަގިނައިން ކަލޭމެން ﷲ މަތިން ހަނދާންކުރާށެވެ!
33:42وَسَبِّحُوهُ بُكۡرَةٗ وَأَصِيلًا ﴿42﴾وَسَبِّحُوهُ بُكۡرَةٗ وَأَصِيلًا
Transliteration: Wasabbihoohu bukratan waaseelan
Translation: އަދި ހެނދުނާއި ހަވީރު އެކަލާނގެ ޙަޟްރަތަށް تَسْبِح ކިޔާށެވެ. އެކަލާނގެ ހުސްޠާހިރުވަންތަކުރާށެވެ!
33:43هُوَ ٱلَّذِي يُصَلِّي عَلَيۡكُمۡ وَمَلَـٰٓئِكَتُهُۥ لِيُخۡرِجَكُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِۚ وَكَانَ بِٱلۡمُؤۡمِنِينَ رَحِيمٗا ﴿43﴾هُوَ ٱلَّذِي يُصَلِّي عَلَيۡكُمۡ وَمَلَـٰٓئِكَتُهُۥ لِيُخۡرِجَكُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِۚ وَكَانَ بِٱلۡمُؤۡمِنِينَ رَحِيمٗا
Transliteration: Huwa allathee yusallee AAalaykum wamalaikatuhu liyukhrijakum mina alththulumati ila alnnoori wakana bialmumineena raheeman
Translation: އަދި ކަލޭމެންގެ މައްޗަށް ރަޙުމަތްލައްވާނީ ހަމަ އެކަލާނގެއެވެ. އަދި އެކަލާނގެ މަލާއިކަތްބޭކަލުން ކަލޭމެންގެ ފާފަފުއްސެވުމަށާއި ރަޙުމަތްލެއްވުމަށް ދުޢާ ކުރައްވައެވެ. އެއީ އުރެދުމާއި ޖާހިލުކަމުގެ އަނދިރީން ކަލޭމެންނެރެ ކިޔަމަންތެރިކަމާއި ތެދުމަގުގެ އަލިކަމުގެ ތެރެއަށް ކަލޭމެންވެއްދުމަށްޓަކައެވެ. އަދި މުއުމިނުންނާއި މެދު ﷲ ވޮޑިގެންވަނީ ރަޙުމަތްލައްވާ އޯގާވަންތަ ކަލަކުކަމުގައެވެ.
33:44تَحِيَّتُهُمۡ يَوۡمَ يَلۡقَوۡنَهُۥ سَلَٰمٞۚ وَأَعَدَّ لَهُمۡ أَجۡرٗا كَرِيمٗا ﴿44﴾تَحِيَّتُهُمۡ يَوۡمَ يَلۡقَوۡنَهُۥ سَلَٰمٞۚ وَأَعَدَّ لَهُمۡ أَجۡرٗا كَرِيمٗا
Transliteration: Tahiyyatuhum yawma yalqawnahu salamun waaAAadda lahum ajran kareeman
Translation: އަދި އެމީހުން - އެބަހީ مُؤمِنން އެކަލާނގެއާއި ބައްދަލުވާ ދުވަހުގެ تَحِيَّة އަކީ سلام އެވެ. (ﷲ تَعَا لى އެންމެހައި مُؤمِنންނަށް سلام وَحِي ކުރައްވައި އެންމެހައި ބިރުތަކުން ސަލާމަތް ވެގެންވާކަމުގެ خَبَرُ ދެއްވާނެކަމުގައިވެއެވެ. والله أعلم.) އަދި އެކަލާނގެ އެމީހުންޓަކައި މާތްވެގެންވާ ދަރުމައެއް ތައްޔާރުކުރެއްވިއެވެ. (އެއީ ސުވަރުގެއާއި އެތާނގެ نعمة ތަކެވެ.
33:45يَـٰٓأَيُّهَا ٱلنَّبِيُّ إِنَّآ أَرۡسَلۡنَٰكَ شَٰهِدٗا وَمُبَشِّرٗا وَنَذِيرٗا ﴿45﴾يَـٰٓأَيُّهَا ٱلنَّبِيُّ إِنَّآ أَرۡسَلۡنَٰكَ شَٰهِدٗا وَمُبَشِّرٗا وَنَذِيرٗا
Transliteration: Ya ayyuha alnnabiyyu inna arsalnaka shahidan wamubashshiran wanatheeran
Translation: އޭ نبيއާއެވެ! (ﷺ) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނު رسول ކަމައިގެން މިފޮނުއްވީ ހެކިވެވަޑައި ގަންނަވާ ބޭކަލަކުކަމުގައްޔާއި އަދި އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި އަދި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ. (އެކަލޭގެފާނު ހެކި ދެއްވާނީ އެކަލޭގެފާނުންގެ أمة ގެ ތެރެއިން އެކަލޭގެފާނު ތެދުކޮށް އެކަލޭގެފާނަށް إيمان ވި ކޮންމެ މީހަކަށެވެ. އަދި އެކަލޭގެފާނު ދޮގުކޮށް އެކަލޭގެފާނަށް ކާފަރުވި ކޮންމެ މީހެއްގެ މައްޗަށެވެ. އެބަހީ އެމީހަކާއި އިދިކޮޅަށެވެ.)
33:46وَدَاعِيًا إِلَى ٱللَّهِ بِإِذۡنِهِۦ وَسِرَاجٗا مُّنِيرٗا ﴿46﴾وَدَاعِيًا إِلَى ٱللَّهِ بِإِذۡنِهِۦ وَسِرَاجٗا مُّنِيرٗا
Transliteration: WadaAAiyan ila Allahi biithnihi wasirajan muneeran
Translation: އަދި ކަލޭގެފާނު ފޮނުއްވިގެންވަނީ ﷲ ގެ އަޅުތަކުންނަށް توحيد ގެ މަގަށާއި إيمان ކަމާއި ދެންވެސް دين އަށް ގޮވާލައްވާ ބޭކަލެއްގެ ގޮތުގައެވެ. އަދި އަލިކުރާ ބައްތިއެއްކަމުގައެވެ. (އެއީ މަގުފުރެދުމާ جاهل ކަމުގެ އަނދިރިކަމަށް އަލިކޮށްދޭ هَادِىއެއްގެ ގޮތުގައެވެ.)
33:47وَبَشِّرِ ٱلۡمُؤۡمِنِينَ بِأَنَّ لَهُم مِّنَ ٱللَّهِ فَضۡلٗا كَبِيرٗا ﴿47﴾وَبَشِّرِ ٱلۡمُؤۡمِنِينَ بِأَنَّ لَهُم مِّنَ ٱللَّهِ فَضۡلٗا كَبِيرٗا
Transliteration: Wabashshiri almumineena bianna lahum mina Allahi fadlan kabeeran
Translation: އަދި مؤمن ތަކުންނަށް ﷲ ގެ حضرة ގައި ބޮޑުވެގެންވާ މާތްކަމެއްވާ ކަމުގައި ކަލޭގެފާނު އެމީހުންނަށް خبر ދެއްވާށެވެ.
33:48وَلَا تُطِعِ ٱلۡكَٰفِرِينَ وَٱلۡمُنَٰفِقِينَ وَدَعۡ أَذَىٰهُمۡ وَتَوَكَّلۡ عَلَى ٱللَّهِۚ وَكَفَىٰ بِٱللَّهِ وَكِيلٗا ﴿48﴾وَلَا تُطِعِ ٱلۡكَٰفِرِينَ وَٱلۡمُنَٰفِقِينَ وَدَعۡ أَذَىٰهُمۡ وَتَوَكَّلۡ عَلَى ٱللَّهِۚ وَكَفَىٰ بِٱللَّهِ وَكِيلٗا
Transliteration: Wala tutiAAi alkafireena waalmunafiqeena wadaAA athahum watawakkal AAala Allahi wakafa biAllahi wakeelan
Translation: (އޭ رسول الله އެވެ!) އަދި ކާފަރުތަކުންނާއި منافق ންނަށް ކަލޭގެފާނު ކިޔަމަންތެރިވެ ވަޑައިނުގަންނަވާށެވެ. އަދި އެމީހުންގެ ފަރާތުން އަންނަ އުނދަގޫތަކަށް އަޅައިނުލާށެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓާށެވެ. އަދި الله އަށް وكيل ކުރައްވާށެވެ! އެކަލާނގެއަށް އިތުބާރުކުރައްވާށެވެ! އަދި وكيل ކުރެވޭ ފަރާތެއްކަމުގައި الله ފުދި ވޮޑިގެންވެއެވެ.
33:49يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا نَكَحۡتُمُ ٱلۡمُؤۡمِنَٰتِ ثُمَّ طَلَّقۡتُمُوهُنَّ مِن قَبۡلِ أَن تَمَسُّوهُنَّ فَمَا لَكُمۡ عَلَيۡهِنَّ مِنۡ عِدَّةٖ تَعۡتَدُّونَهَاۖ فَمَتِّعُوهُنَّ وَسَرِّحُوهُنَّ سَرَاحٗا جَمِيلٗا ﴿49﴾يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا نَكَحۡتُمُ ٱلۡمُؤۡمِنَٰتِ ثُمَّ طَلَّقۡتُمُوهُنَّ مِن قَبۡلِ أَن تَمَسُّوهُنَّ فَمَا لَكُمۡ عَلَيۡهِنَّ مِنۡ عِدَّةٖ تَعۡتَدُّونَهَاۖ فَمَتِّعُوهُنَّ وَسَرِّحُوهُنَّ سَرَاحٗا جَمِيلٗا
Transliteration: Ya ayyuha allatheena amanoo itha nakahtumu almuminati thumma tallaqtumoohunna min qabli an tamassoohunna fama lakum AAalayhinna min AAiddatin taAAtaddoonaha famattiAAoohunna wasarrihoohunna sarahan jameelan
Translation: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެން مؤمن އަންހެނުންނާ އިނދެފައި އެބަހީ - ކައިވެނި عقد ކޮށްފައި - އެކަނބަލުންނާއި جماع ވުމުގެ ކުރިން ވަރިކޮށްފިއްޔާ ކަލޭމެންނަށްޓަކައި ހަމަކުރާނެ عدة އެއް އެކަނބަލުންގެ މައްޗަކަށް ވާޖިބުވެގެންނުވެއެވެ. عدة ހަމަކުރުމެއްނެތެވެ. ދެން ކައިވެނި عقد ކުރިކަމަށްޓަކައި މުދަލުގެ ތެރެއިން ކޮންމެވެސް މިންވަރެއް އެކަނބަލުން ބޭނުން ކޮށްލަން ދޭށެވެ. (ބައެއް ބޭކަލުން ވިދާޅިވަނީ ކައިވެނި ރަން ކަނޑައެޅިފައި އޮތްނަމަ އޭގެ ދެބައިކުޅަ އެއްބައި ދިނުމަށެވެ. ރަން ކަނޑައެޅިފައި ނެތްނަމަ ކޮންމެވެސް މިންވަރެއްގެ މުދަލެއް ދިނުމެވެ. އަދި އެއީ ފިރިހެންމީހާގެ ފޯރުންތެރިކަން ހުރިވަރަކުން ދެވޭދިނުމެކެވެ. އެއީ واجب އެއްކަމުގައި ބައެއް مفسرން ވިދާޅުވެއެވެ. والله أعلم ދެން އެކަނބަލުން އެކަނބަލުންގެ އަހުލުވެރިން ގާތަށް ދިއުމަށް ރިވެތި ގޮތުގައި އުނދަގުލަކާ ނުލައި އިޒުނަދޭށެވެ.
33:50يَـٰٓأَيُّهَا ٱلنَّبِيُّ إِنَّآ أَحۡلَلۡنَا لَكَ أَزۡوَٰجَكَ ٱلَّـٰتِيٓ ءَاتَيۡتَ أُجُورَهُنَّ وَمَا مَلَكَتۡ يَمِينُكَ مِمَّآ أَفَآءَ ٱللَّهُ عَلَيۡكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّـٰتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَٰلَٰتِكَ ٱلَّـٰتِي هَاجَرۡنَ مَعَكَ وَٱمۡرَأَةٗ مُّؤۡمِنَةً إِن وَهَبَتۡ نَفۡسَهَا لِلنَّبِيِّ إِنۡ أَرَادَ ٱلنَّبِيُّ أَن يَسۡتَنكِحَهَا خَالِصَةٗ لَّكَ مِن دُونِ ٱلۡمُؤۡمِنِينَۗ قَدۡ عَلِمۡنَا مَا فَرَضۡنَا عَلَيۡهِمۡ فِيٓ أَزۡوَٰجِهِمۡ وَمَا مَلَكَتۡ أَيۡمَٰنُهُمۡ لِكَيۡلَا يَكُونَ عَلَيۡكَ حَرَجٞۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا ﴿50﴾يَـٰٓأَيُّهَا ٱلنَّبِيُّ إِنَّآ أَحۡلَلۡنَا لَكَ أَزۡوَٰجَكَ ٱلَّـٰتِيٓ ءَاتَيۡتَ أُجُورَهُنَّ وَمَا مَلَكَتۡ يَمِينُكَ مِمَّآ أَفَآءَ ٱللَّهُ عَلَيۡكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّـٰتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَٰلَٰتِكَ ٱلَّـٰتِي هَاجَرۡنَ مَعَكَ وَٱمۡرَأَةٗ مُّؤۡمِنَةً إِن وَهَبَتۡ نَفۡسَهَا لِلنَّبِيِّ إِنۡ أَرَادَ ٱلنَّبِيُّ أَن يَسۡتَنكِحَهَا خَالِصَةٗ لَّكَ مِن دُونِ ٱلۡمُؤۡمِنِينَۗ قَدۡ عَلِمۡنَا مَا فَرَضۡنَا عَلَيۡهِمۡ فِيٓ أَزۡوَٰجِهِمۡ وَمَا مَلَكَتۡ أَيۡمَٰنُهُمۡ لِكَيۡلَا يَكُونَ عَلَيۡكَ حَرَجٞۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا
Transliteration: Ya ayyuha alnnabiyyu inna ahlalna laka azwajaka allatee atayta ojoorahunna wama malakat yameenuka mimma afaa Allahu AAalayka wabanati AAammika wabanati AAammatika wabanati khalika wabanati khalatika allatee hajarna maAAaka waimraatan muminatan in wahabat nafsaha lilnnabiyyi in arada alnnabiyyu an yastankihaha khalisatan laka min dooni almumineena qad AAalimna ma faradna AAalayhim fee azwajihim wama malakat aymanuhum likayla yakoona AAalayka harajun wakana Allahu ghafooran raheeman
Translation: އޭ نبي އާއެވެ! (ﷺ) (1) ކަލޭގެފާނު އެކަނބަލުންނަށް ކައިވެނި ރަން ދެއްވައިގެން ކައިވެނި ކުރައްވާފައިވާ އަނބިއަނބިކަނބަލުން ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް حلال ކޮށްދެއްވައިފީމެވެ. (2) އަދި ކަލޭގެފާނުންގެ ކަނާތް ملك ކުރައްވާފައިވާ އަންހެނުންވެސް حلال ކުރައްވައިފިމެވެ. (އެއީ غنيمة ގެ ގޮތުން ކާފަރުންގެ އަތުން ކަލޭގެފާނަށް الله ރައްދުކޮށްދެއްވާފައިވާ އަންހެނުންނެވެ. އަޅުންނެވެ. (3) އަދިކަލޭގެފާނުންގެ ބަފައިފުށުގެ ބޮޑުބޭބެގެ އަންހެންދަރިންނާއި ބަފައިފުށުގެ ބޮޑުދައިތައިންގެ އަންހެންދަރިންނާއި އަދި މައިފުށުގެ ބޮޑުބޭބެއިންގެ އަންހެންދަރިންނާއި އަދި މައިފުށުގެ ބޮޑުދައިތައިންގެ އަންހެންދަރިންނާއި (މި އަންހެނުންގެ ތެރެއިން) ހިޖްރައަށް ދިޔަ ކޮންމެ އަންހެނަކާ ކަލޭގެފާނު އެ ދިވަޑައިގެންފިއްޔާ ކައިވެނި ކުރެއްވުން ހުއްދައެވެ. ނަމަވެސް ހިޖްރައަށް ނުދާ އަންހެނެއް ހުއްދައެއް ނުވާނެއެވެ. (4) އަދި މުއުމިނު އަންހެނަކު އޭނާގެ ނަފްސު (ނަބިއްޔާ އެދިވަޑައިގަންނަވަންޏާ) ނަބީޔާއަށް ހިބަކޮށްދެއްވި ކޮންމެ އަންހެނެއް ޙަލާލު ވެގެންވެއެވެ. (ނަފުސު ހިބަކޮށްދެއްވުމަކީ އެއްވެސް ކައިވެނި ރަނެއް ނެތި އެމީހެއްގެ ނަފްސު ނަބިއްޔާއަށް ހިބަކޮށްދެއްވުމެވެ.) އެފަދަ އަންހެނުންނާއިވެސް ކަލޭގެފާނު އެދިވަޑައިގެންފިއްޔާ ކައިވެނި ޙަލާލުވެގެންވެއެވެ. އެކަމަކު މިއީ ހަމައެކަނި ކަލޭގެފާނަށް ޚާއްސަ ވެގެންވާ ކަމެކެވެ. މުއުމިނު އެހެންމީހުންނަކަށް ނުވާނެއެވެ. (މުއުމިނު އެހެންމީހުންނަށް ކައިވެނި ކުރާއިރު އަންހެނާގެ ރަން ކަނޑައެޅިފައި އޮންނަންވާނެއެވެ.) އަދި ހަމަކަށަވަރުން މުއުމިނުންގެ މައްޗަށް އެބައިމީހުންގެ އަނބީންނާއިމެދު ކަނޑައެޅި ފަރުޟުވެގެންވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގަންނަވަނެވެ. (ދެ ހެކީންނާއި ވަލީވެރިއަކާ ކައިވެނީގެ ރަނާއިއޮވެގެންމެނުވީ އެމީހުންކާވެނި ކުރުމެއްނެތެވެ.) އަދި އެމީހުންގެ އަޅުންނާއިމެދު ފަރުޟު ވެގެންވާކަންތައްތައްވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.\nމިކަންތައްތައް މިގޮތުގެމަތީން ހަމަޖެއްސެވީ ކަލޭގެފާނުންގެ މައްޗަށް އެއްވެސް ދަތިކަމެއް ނުއޮތުމަށްޓަކައެވެ. އަދި ﷲ ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ ރަޙުމަތްލެއްވުން ބޮޑުކަލަކުކަމުގައެވެ.
33:51تُرۡجِي مَن تَشَآءُ مِنۡهُنَّ وَتُـٔۡوِيٓ إِلَيۡكَ مَن تَشَآءُۖ وَمَنِ ٱبۡتَغَيۡتَ مِمَّنۡ عَزَلۡتَ فَلَا جُنَاحَ عَلَيۡكَۚ ذَٰلِكَ أَدۡنَىٰٓ أَن تَقَرَّ أَعۡيُنُهُنَّ وَلَا يَحۡزَنَّ وَيَرۡضَيۡنَ بِمَآ ءَاتَيۡتَهُنَّ كُلُّهُنَّۚ وَٱللَّهُ يَعۡلَمُ مَا فِي قُلُوبِكُمۡۚ وَكَانَ ٱللَّهُ عَلِيمًا حَلِيمٗا ﴿51﴾۞تُرۡجِي مَن تَشَآءُ مِنۡهُنَّ وَتُـٔۡوِيٓ إِلَيۡكَ مَن تَشَآءُۖ وَمَنِ ٱبۡتَغَيۡتَ مِمَّنۡ عَزَلۡتَ فَلَا جُنَاحَ عَلَيۡكَۚ ذَٰلِكَ أَدۡنَىٰٓ أَن تَقَرَّ أَعۡيُنُهُنَّ وَلَا يَحۡزَنَّ وَيَرۡضَيۡنَ بِمَآ ءَاتَيۡتَهُنَّ كُلُّهُنَّۚ وَٱللَّهُ يَعۡلَمُ مَا فِي قُلُوبِكُمۡۚ وَكَانَ ٱللَّهُ عَلِيمًا حَلِيمٗا
Transliteration: Turjee man tashao minhunna watuwee ilayka man tashao wamani ibtaghayta mimman AAazalta fala junaha AAalayka thalika adna an taqarra aAAyunuhunna wala yahzanna wayardayna bima ataytahunna kulluhunna waAllahu yaAAlamu ma fee quloobikum wakana Allahu AAaleeman haleeman
Translation: ކަލޭގެފާނުންގެ އަނބިއަނބިކަނބަލުންގެ ތެރެއިން ކަލޭގެފާނު އެދިވަޑައަގަންނަވާ ބޭކަނބަލަކު ފަސް ކުރެއްވުމާއި އަދި އެދިވަޑައި ގަންނަވާ ބޭކަނބަލުން އަރިހަށް ގެންނެވުން ކަލޭގެފަނަށް إختيار ލިބިވަޑައި ގެންވެއެވެ. އަދި ރޭތަށް ބެއްސެވުމުގައި ކަލޭގެފާނު އެކަނބަލުން ވަކިކުރަށްވާ ދުރުކުރަށްވާފައި ކަނބަލުންގެ ތެރެއިން ކަނބަލުން އަލުންބެއްސެވުމުގެ ތެރެއަށް ލެށްވުންވެސް ކަލޭގެފާނުގެ މަށްޗަށް ކުށެއްނެތެވެ. އެގޮތްތަށް ކަލޭގެފާނު إختيار ކުރެއްވުން އެކަނބަލުންގެ ރުހިވަޑައިގަތުންމާ ގާތްވެގެންވެއެވެ. އެހެނީ إختيار އަކީ ތިމަންރަސްކަލާނގެ ދެއްވި إختيار އެއްކަން އެކަނބަލުންނަށް އެގިވަޑައިގަތީމާ އެކަނބަލުން އެކަމަކާ ހިތްޕުޅުތަށް ހަމަޖެހުން ގާތްވެގެންވެއެވެ. އަދި ކަލޭގެފާނު އެއްބޭކަނބަލަކަށްވުރެ ބޮޑަށް އަނެއްބޭކަނބަލަކު އިސްކުރެއްވުމަކުން އެކަނބަލުންގެ މެދުގައި ހިތާމަފުޅު ނުހުންނާނެއެވެ. އަދި އެއިން ކޮންމެ ބޭކަނބަލަކަށް ލިބިވަޑައިގެންނެވި ނަސީބަކަށް ރުހިވަޑައިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައި އަންހެނުންގެ ކަންތަކާމެދު ހިނގާ ހިޔާލުތައް ﷲ ދެނެވޮޑިގެންވެއެވެ. އަދި ﷲ ވޮޑިގެންވަނީ ހުރިހާއެއްޗެއް ދެނެވޮޑިގެންވާ އަދި عُقُوْبَة ދެއްވުން ލަސްވެގެންވާ ކަލަކުކަމުގައެވެ.
33:52لَّا يَحِلُّ لَكَ ٱلنِّسَآءُ مِنۢ بَعۡدُ وَلَآ أَن تَبَدَّلَ بِهِنَّ مِنۡ أَزۡوَٰجٖ وَلَوۡ أَعۡجَبَكَ حُسۡنُهُنَّ إِلَّا مَا مَلَكَتۡ يَمِينُكَۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ رَّقِيبٗا ﴿52﴾لَّا يَحِلُّ لَكَ ٱلنِّسَآءُ مِنۢ بَعۡدُ وَلَآ أَن تَبَدَّلَ بِهِنَّ مِنۡ أَزۡوَٰجٖ وَلَوۡ أَعۡجَبَكَ حُسۡنُهُنَّ إِلَّا مَا مَلَكَتۡ يَمِينُكَۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ رَّقِيبٗا
Transliteration: La yahillu laka alnnisao min baAAdu wala an tabaddala bihinna min azwajin walaw aAAjabaka husnuhunna illa ma malakat yameenuka wakana Allahu AAala kulli shayin raqeeban
Translation: (އޭ نبي الله ﷺ އެވެ!) މިއާޔަތް ބާވައިލެއްވުމަށްފަހު ދެން ކަލޭގެފާނު އިތުރު ކައިވެނި ކުރައްވައި މިހާރު ތިއްބެވި ވަރަށްވުރެ ގިނަ އަނބިން حلال ވެގެންނުވެއެވެ. އަދި ތިއްބެވި އަނބިން ބަދަލު ކުރެއްވުމެއްވެސް حلال ވެގެން ނުވެއެވެ. (އެބަހީ ތިއްބެވި ތަނުން އަނތްބަކު ވަރިކުރައްވާފައި އެހެން އަންހެނަކާ އިދެ ކުރީއޮތް عدد ހަމަކުރުމެއްވެސް ނެތެވެ.) ކައިވެނި ބައްލަވައިގަތުމަށް خيال ކުރައްވާ އަންހެނެއްގެ ރީތިކަމާއިމެދު عجائب ވެވަޑައިގެންނެވިނަމަވެސް އެކަން ދެން ހުއްދައެއްނޫނެވެ. އެހެންނަމަވެސް އަޅު އަންހެނުން އުނިއިތުރު ކުރެއްވުން ހުއްދައެވެ. އަދި ﷲ ވޮޑިގެންވަނީ ކޮންމެ ކަމެއްގެ މައްޗަށް ރައްކާތެރިވެވޮޑިގެން ރަނގަޅަށް ބައްލަވާ ކަލަކުކަމުގައެވެ.
33:53يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَدۡخُلُواْ بُيُوتَ ٱلنَّبِيِّ إِلَّآ أَن يُؤۡذَنَ لَكُمۡ إِلَىٰ طَعَامٍ غَيۡرَ نَٰظِرِينَ إِنَىٰهُ وَلَٰكِنۡ إِذَا دُعِيتُمۡ فَٱدۡخُلُواْ فَإِذَا طَعِمۡتُمۡ فَٱنتَشِرُواْ وَلَا مُسۡتَـٔۡنِسِينَ لِحَدِيثٍۚ إِنَّ ذَٰلِكُمۡ كَانَ يُؤۡذِي ٱلنَّبِيَّ فَيَسۡتَحۡيِۦ مِنكُمۡۖ وَٱللَّهُ لَا يَسۡتَحۡيِۦ مِنَ ٱلۡحَقِّۚ وَإِذَا سَأَلۡتُمُوهُنَّ مَتَٰعٗا فَسۡـَٔلُوهُنَّ مِن وَرَآءِ حِجَابٖۚ ذَٰلِكُمۡ أَطۡهَرُ لِقُلُوبِكُمۡ وَقُلُوبِهِنَّۚ وَمَا كَانَ لَكُمۡ أَن تُؤۡذُواْ رَسُولَ ٱللَّهِ وَلَآ أَن تَنكِحُوٓاْ أَزۡوَٰجَهُۥ مِنۢ بَعۡدِهِۦٓ أَبَدًاۚ إِنَّ ذَٰلِكُمۡ كَانَ عِندَ ٱللَّهِ عَظِيمًا ﴿53﴾يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَدۡخُلُواْ بُيُوتَ ٱلنَّبِيِّ إِلَّآ أَن يُؤۡذَنَ لَكُمۡ إِلَىٰ طَعَامٍ غَيۡرَ نَٰظِرِينَ إِنَىٰهُ وَلَٰكِنۡ إِذَا دُعِيتُمۡ فَٱدۡخُلُواْ فَإِذَا طَعِمۡتُمۡ فَٱنتَشِرُواْ وَلَا مُسۡتَـٔۡنِسِينَ لِحَدِيثٍۚ إِنَّ ذَٰلِكُمۡ كَانَ يُؤۡذِي ٱلنَّبِيَّ فَيَسۡتَحۡيِۦ مِنكُمۡۖ وَٱللَّهُ لَا يَسۡتَحۡيِۦ مِنَ ٱلۡحَقِّۚ وَإِذَا سَأَلۡتُمُوهُنَّ مَتَٰعٗا فَسۡـَٔلُوهُنَّ مِن وَرَآءِ حِجَابٖۚ ذَٰلِكُمۡ أَطۡهَرُ لِقُلُوبِكُمۡ وَقُلُوبِهِنَّۚ وَمَا كَانَ لَكُمۡ أَن تُؤۡذُواْ رَسُولَ ٱللَّهِ وَلَآ أَن تَنكِحُوٓاْ أَزۡوَٰجَهُۥ مِنۢ بَعۡدِهِۦٓ أَبَدًاۚ إِنَّ ذَٰلِكُمۡ كَانَ عِندَ ٱللَّهِ عَظِيمًا
Transliteration: Ya ayyuha allatheena amanoo la tadkhuloo buyoota alnnabiyyi illa an yuthana lakum ila taAAamin ghayra nathireena inahu walakin itha duAAeetum faodkhuloo faitha taAAimtum faintashiroo wala mustaniseena lihadeethin inna thalikum kana yuthee alnnabiyya fayastahyee minkum waAllahu la yastahyee mina alhaqqi waitha saaltumoohunna mataAAan faisaloohunna min warai hijabin thalikum atharu liquloobikum waquloobihinna wama kana lakum an tuthoo rasoola Allahi wala an tankihoo azwajahu min baAAdihi abadan inna thalikum kana AAinda Allahi AAatheeman
Translation: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކެއުމުގެ دعوة އަކަށް إذن ލިބިގެން މެނުވީ ކަލޭމެން نبي އާގެ ގެކޮޅުތަކަށް ނުވަންނާށެވެ. އަދި އެއެއްޗެއް ކެއުމުގެ ކުރިން ގޮސް ކެކެންދެން إنتظار ކުރުމަށް އެތަންތާ ނުތިބޭށެވެ! އަދި އެހެންނަމަވެސް އެފަދަ ޖާފަތަކަށް ކަލޭމެނަށް ގޮވައިލެވިއްޖެއްޔާ ދެން އެގެކޮޅުތަކަށް ވަންނާށެވެ! ދެން ކައި ނިމުނީމާ އަވަހަށް ނުކުމެ އެމީހަކު ބޭނުންތާކަށް ދިއުމަށް އަވަސްވެގަންނާށެވެ. ކައިނިމިގެން އަނގަތަޅަން (ކައިގެން ސަޅިކަނޑަން) އެތާ ނުތިބޭށެވެ. ހަމަކަށަވަރުން އެކަންތަކުން نبي އާއަށް ދަތިފުޅުވެއެވެ. ފަހެ އެކަލޭގެފާނު ލަދުފުޅުގެންވަޑައިގަންނަވާތީ ކަލޭމެންނާ ދިމާއަށް އެވާހަކަ ވިދާޅުނުވަނީއެވެ. އެހެންނަމަވެސް حق ކަމާއިމެދު ﷲ ލަދުވެތިވޮޑިގެންނުވެއެވެ.\nއަދި އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންކުރެ ބޭކަނބަލެއްގެ ފަރާތުން އެއްޗެއް ހޯއްދެވުމަށް އެދިގެން އެއްޗެއް ދަންނަވަން ވިޔަސް ފަރުދާގެ އަނެއްފަރާތުން ކަލޭމެން އެކަނބަލުންނާ ވާހަކަދައްކާށެވެ! އެގޮތް ކަލޭމެންގެ ހިތްތަކަށާއި އެކަނބަލުންގެ ހިތްތަކަށް طاهر ކަންބޮޑެވެ. އެއްވެސް ގޮތަކުން ﷲ ގެ رسول އާއަށް އުނދަގޫކުރުމަކީ ކަލޭމެންގެ މައްޗަށް ހުއްދަވެގެންވާ ކަމެއްނޫނެވެ. އަދި އެކަލޭގެފާނަށްފަހު އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނާއި ކައިވެނި ކުރުންވެސް ކަލޭމެނަށް ހުއްދަވެގެންނުވެއެވެ. އެއީ ދުވަހަކުވެސް حلال ކަމެއްނޫނެވެ. އެކަންކަމަކީ ﷲ حضرة ގައި ބޮޑެތިވެގެންވާ ކަންކަމެވެ.
33:54إِن تُبۡدُواْ شَيۡـًٔا أَوۡ تُخۡفُوهُ فَإِنَّ ٱللَّهَ كَانَ بِكُلِّ شَيۡءٍ عَلِيمٗا ﴿54﴾إِن تُبۡدُواْ شَيۡـًٔا أَوۡ تُخۡفُوهُ فَإِنَّ ٱللَّهَ كَانَ بِكُلِّ شَيۡءٍ عَلِيمٗا
Transliteration: In tubdoo shayan aw tukhfoohu fainna Allaha kana bikulli shayin AAaleeman
Translation: އަދި ކަލޭމެންގެ ހިތުގެ ތެރޭގައި ކަމެއް ވަންހަނާކުރިޔަސް އަދި ނުވަތަ އެކަމެއް ފައުޅުކުރިޔަސް ﷲ އެހުރިހާ ކަމެއް ދެނެވޮޑިގެންވާ ކަމުގައިވިއެވެ. (މި އާޔަތް ބާވައިލެއްވުނު ސަބަބެއްކަމުގައިވަނީ أصحاب ބޭކަލުންކުރެ ބައެއްބޭކަލުން ވިދާޅުވި ބަސްފުޅަކާއި ގުޅިގެންކަމުގައިވެއެވެ. އެއީ رسول الله ﷺ އަވަހާރަވުމުން އެކަލޭގެފާނުންގެ ބައެއް އަނބިއަނބިކަނބަލުންނާއި ބައެއް أصحاب ބޭކަލުން ކައިވެނިފުޅު ބައްލަވައި ގަތުމުގެ خيال ފުޅުވާކަމުގައި ވިދާޅުވެވުން ކަމުގައިވެއެވެ. والله أعلم.)
33:55لَّا جُنَاحَ عَلَيۡهِنَّ فِيٓ ءَابَآئِهِنَّ وَلَآ أَبۡنَآئِهِنَّ وَلَآ إِخۡوَٰنِهِنَّ وَلَآ أَبۡنَآءِ إِخۡوَٰنِهِنَّ وَلَآ أَبۡنَآءِ أَخَوَٰتِهِنَّ وَلَا نِسَآئِهِنَّ وَلَا مَا مَلَكَتۡ أَيۡمَٰنُهُنَّۗ وَٱتَّقِينَ ٱللَّهَۚ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَيۡءٖ شَهِيدًا ﴿55﴾لَّا جُنَاحَ عَلَيۡهِنَّ فِيٓ ءَابَآئِهِنَّ وَلَآ أَبۡنَآئِهِنَّ وَلَآ إِخۡوَٰنِهِنَّ وَلَآ أَبۡنَآءِ إِخۡوَٰنِهِنَّ وَلَآ أَبۡنَآءِ أَخَوَٰتِهِنَّ وَلَا نِسَآئِهِنَّ وَلَا مَا مَلَكَتۡ أَيۡمَٰنُهُنَّۗ وَٱتَّقِينَ ٱللَّهَۚ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَيۡءٖ شَهِيدًا
Transliteration: La junaha AAalayhinna fee abaihinna wala abnaihinna wala ikhwanihinna wala abnai ikhwanihinna wala abnai akhawatihinna wala nisaihinna wala ma malakat aymanuhunna waittaqeena Allaha inna Allaha kana AAala kulli shayin shaheedan
Translation: އަންނަނިވި މީސްމީހުންނާ حِجَاب އެއްނެތި - ހުރަހެއްނެތި - ބައްދަލުކޮށް ވާހަކަ ދައްކައި ހެދުމަކީ رَسُوْلُ الله صَلَّي الله عَلَيه وَسَلَّم ގެ އަނބިއަނބި ކަނބަލުންގެ މައްޗަށް ކުށެއް އޮތް ކަމެއް ނޫނެވެ. އެއީ (1) އެކަނބަލުންގެ ބަފައިން (2) އެކަނބަލުންގެ ފިރިހެން ދަރިން (3) އެކަނބަލުންގެ އަޚުން (4) އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިން (5) އެކަނބަލުންގެ އުޚްތުންގެ ފިރިހެންދަރިން (6) އާންމުކޮށް އަންހެނުން (7) އެކަނބަލުންގެ އަޅު ފިރިހެން ކުދިން މިމީސްމީހުންނާ حِجَاب އެއްނެތި ބައްދަލުކޮށް ވާހަކަ ދައްކައިހެދުން އެކަނބަލުންނަށް ހުއްދައެވެ. އަދި ކޮންމެ ކަމެއްގައިވެސް އެކަނބަލުން الله އަށް ތަޤުވާވެރިވުން ހުއްޓެވެ. ހަމަކަށަވަރުން ކޮންމެ އެއްޗެއްގެ މައްޗަށް الله ހެކިވެވޮޑިގެންވެއެވެ.
33:56إِنَّ ٱللَّهَ وَمَلَـٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِيِّۚ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ صَلُّواْ عَلَيۡهِ وَسَلِّمُواْ تَسۡلِيمًا ﴿56﴾إِنَّ ٱللَّهَ وَمَلَـٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِيِّۚ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ صَلُّواْ عَلَيۡهِ وَسَلِّمُواْ تَسۡلِيمًا
Transliteration: Inna Allaha wamalaikatahu yusalloona AAala alnnabiyyi ya ayyuha allatheena amanoo salloo AAalayhi wasallimoo tasleeman
Translation: ހަމަކަށަވަރުން الله އާއި އެކަލާނގެ މަލާއިކަތް ބޭކަލުން ނަބިއްޔާގެ މައްޗަށް صَلَواة ލައްވައެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ކަލޭމެންވެސް ނަބިއްޔާ صَلَّي الله عَلَيه وَسَلَّم ގެ މައްޗަށް صَلَواة ކިޔަވާށެވެ. އަދި އެކަލޭގެފާނުންގެ މައްޗަށް ކަލޭމެން ސަލާމްކިޔާށެވެ. (الصَّلاة وَالسَّلام عَلَي رَسُوْلِ الله......)
33:57إِنَّ ٱلَّذِينَ يُؤۡذُونَ ٱللَّهَ وَرَسُولَهُۥ لَعَنَهُمُ ٱللَّهُ فِي ٱلدُّنۡيَا وَٱلۡأٓخِرَةِ وَأَعَدَّ لَهُمۡ عَذَابٗا مُّهِينٗا ﴿57﴾إِنَّ ٱلَّذِينَ يُؤۡذُونَ ٱللَّهَ وَرَسُولَهُۥ لَعَنَهُمُ ٱللَّهُ فِي ٱلدُّنۡيَا وَٱلۡأٓخِرَةِ وَأَعَدَّ لَهُمۡ عَذَابٗا مُّهِينٗا
Transliteration: Inna allatheena yuthoona Allaha warasoolahu laAAanahumu Allahu fee alddunya waalakhirati waaAAadda lahum AAathaban muheenan
Translation: ހަމަކަށަވަރުން الله އަށާއި އެކަލާނގެ ރަސޫލާއަށް އުނދަގޫކުރާ މީހުން ދަންނައެވެ. ދުނިޔެއާއި އާޚިރަތުގައިވެސް الله އެމީހުންގެ މައްޗަށް لَعُنَة ލައްވާހުއްޓެވެ. އަދި އިހާނާތްތެރި ވެގެންވާ ޢަޒާބެއް އެމީހުންނަށް އެކަލާނގެ ތައްޔާރު ކުރެއްވިއެވެ.\n* ދަންނައެވެ. الله އަށް އުނދަގޫ ކުރުމަކީ އެކަލާނގެއަށް شَرِيك ކުރުމާއި އެކަލާނގެއަށް ދަރިން ނިސްބަތްކުރުމާއި ދެންވެސް އެބާވަތުގެ އެންމެހައި ކަންކަމެވެ.\nرَسُوْلُ الله صَلَّي الله عَلَيه وَسَلَّم އަށް އުނދަގޫ ކުރުމަކީ އެކަލޭގެފާނަށް އީމާންނުވުމާއި އެކަލޭގެފާނު އިސްތަށިފުޅު ފަޅައިލުމާއި ދަތްޕުޅު ބިންދައިލުމާއި އެކަޅޭގެފާނަކީ މޮޔައެކޭ ކިޔުމާއި ޅެންވެރިއެކޭ ކިޔުމާއި ދޮގުވެރިއެކޭ ކިޔުމާއި ސިހުރުވެރިއެކޭ ކިއުމާއި ދެންވެސް އެބާވަތުގެ އެއްޗެތި ކިއުމާއި އެބާވަތުގެ ކަންތައްތައް ކުރުމެވެ.
33:58وَٱلَّذِينَ يُؤۡذُونَ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ بِغَيۡرِ مَا ٱكۡتَسَبُواْ فَقَدِ ٱحۡتَمَلُواْ بُهۡتَٰنٗا وَإِثۡمٗا مُّبِينٗا ﴿58﴾وَٱلَّذِينَ يُؤۡذُونَ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ بِغَيۡرِ مَا ٱكۡتَسَبُواْ فَقَدِ ٱحۡتَمَلُواْ بُهۡتَٰنٗا وَإِثۡمٗا مُّبِينٗا
Transliteration: Waallatheena yuthoona almumineena waalmuminati bighayri ma iktasaboo faqadi ihtamaloo buhtanan waithman mubeenan
Translation: އަދި مُؤْمن ފިރިހެނުންނަށާއި مُؤْمن އަންހެނުންނަށް އެމީހުންކުރި އެއްވެސް ކަމަކާނުލައި އެއްވެސް ޙައްޤެއް ނެތި އުނދަގޫކުރާމީހުން ދަންނައެވެ. އެމީހުން އެބުނަނީ ބޮޑުވެގެންވާ ދޮގެކެވެ. އަދި އެކުރީ ބަޔާންވެގެންވާ ގޮތުގައި ފާފަވެރިވާނޭކަމެކެވެ.
33:59يَـٰٓأَيُّهَا ٱلنَّبِيُّ قُل لِّأَزۡوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلۡمُؤۡمِنِينَ يُدۡنِينَ عَلَيۡهِنَّ مِن جَلَٰبِيبِهِنَّۚ ذَٰلِكَ أَدۡنَىٰٓ أَن يُعۡرَفۡنَ فَلَا يُؤۡذَيۡنَۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا ﴿59﴾يَـٰٓأَيُّهَا ٱلنَّبِيُّ قُل لِّأَزۡوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلۡمُؤۡمِنِينَ يُدۡنِينَ عَلَيۡهِنَّ مِن جَلَٰبِيبِهِنَّۚ ذَٰلِكَ أَدۡنَىٰٓ أَن يُعۡرَفۡنَ فَلَا يُؤۡذَيۡنَۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا
Transliteration: Ya ayyuha alnnabiyyu qul liazwajika wabanatika wanisai almumineena yudneena AAalayhinna min jalabeebihinna thalika adna an yuAArafna fala yuthayna wakana Allahu ghafooran raheeman
Translation: އޭ ނަބިއްޔާ ﷺ އެވެ! ކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނަށާއި އަދި ކަލޭގެފާނުންގެ ދަރިދަރިކަނބަލުންނަށާއި އަދި މުއުމިނު އަންހެނުންތަކަށް އެކަނބަލުންގެ جِلْبَاب ތައް ގާތްކޮށް އެއްކޮށް ދަތިޖެހުމަށް ވިދާޅުވާށެވެ. (جِلْبَاب އަކީ މުޅިހަށިގަނޑު ނިވާވާގޮތަށް ހުންނަ ހެދުމެކެވެ. އެއީ މަގު ހިނގުމަށްޓަކައެވެ.)\nއަދި جِلْبَاب އެގޮތަށް ހަދާފައި ބެހެއްޓުމުން އަޅުއަންހެނުންނަށާއި މިނިވަން އަންހެނުންނާ ވަކިކޮށް ފަރަގުކުރުމަށް އެނގުން ގާތްވެގެންވެއެވެ. ދެންއޭރުން (އަޅު އަންހެނުންނާއި، ހިލޭފިރިހެނުން ދިމާކުރާގޮތަށް) މުއުމިނު އަންހެނުންނާއި ދިމާކޮށް އުނދަގޫ ނުކުރާނެއެވެ. އަދި الله ވޮޑިގެންވަނީ ގިނަގިނައިންފާފަފުއްސަވާ ރަޙުމަތްލެއްވުން ބޮޑުވެގެންވާ ކަލަކު ކަމުގައެވެ.
33:60لَّئِن لَّمۡ يَنتَهِ ٱلۡمُنَٰفِقُونَ وَٱلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡمُرۡجِفُونَ فِي ٱلۡمَدِينَةِ لَنُغۡرِيَنَّكَ بِهِمۡ ثُمَّ لَا يُجَاوِرُونَكَ فِيهَآ إِلَّا قَلِيلٗا ﴿60﴾۞لَّئِن لَّمۡ يَنتَهِ ٱلۡمُنَٰفِقُونَ وَٱلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡمُرۡجِفُونَ فِي ٱلۡمَدِينَةِ لَنُغۡرِيَنَّكَ بِهِمۡ ثُمَّ لَا يُجَاوِرُونَكَ فِيهَآ إِلَّا قَلِيلٗا
Transliteration: Lain lam yantahi almunafiqoona waallatheena fee quloobihim maradun waalmurjifoona fee almadeenati lanughriyannaka bihim thumma la yujawiroonaka feeha illa qaleelan
Translation: مُنَافِق ންނާއި އެބައިމީހުންގެ ހިތްތަކުގައި ޝައްކާއި ވަހުމުގެ ބަލިކަށިކަންވާ މީހުންނާއި މަދީނާގައި ތިބެގެން ދޮގު ޚަބަރުފަތުރާ މީހުންނާއި މިމީސްމީހުން އެމީހުންގެ އެނުބައި ޢަމަލުތަކުން ހުއްޓައިނުލައިފިއްޔާ ނިކަންހުރެ ތިމަންރަސްކަލާނގެ އެމީހުންގެ މައްޗަށް ކަލޭގެފާނު ގަދަކުރައްވައި ވެރިކުރައްވާ ހުށީމެވެ. ދެން އޭރުން އެމީހުން ކަލޭގެފާނާއި އަވައްޓެރިވެގެން (مدينة ގައި) ދާދި ކުޑަ ވަގުތުކޮޅަކު މެނުވީ ނުތިބޭނެއެވެ.
33:61مَّلۡعُونِينَۖ أَيۡنَمَا ثُقِفُوٓاْ أُخِذُواْ وَقُتِّلُواْ تَقۡتِيلٗا ﴿61﴾مَّلۡعُونِينَۖ أَيۡنَمَا ثُقِفُوٓاْ أُخِذُواْ وَقُتِّلُواْ تَقۡتِيلٗا
Transliteration: MalAAooneena aynama thuqifoo okhithoo waquttiloo taqteelan
Translation: އަދި އެމީހުން ފެނެވުނު ކޮންމެތާކުވެސް އެމީހުންނަށް لعنة ލެވިގެންވެއެވެ. އަދި ފެނެވުނު ކޮންމެ ތާކުން އެމީހުން ހިފައިގަނެވި ކަނޑައެޅިގެން މެރެވޭނެއެވެ.
33:62سُنَّةَ ٱللَّهِ فِي ٱلَّذِينَ خَلَوۡاْ مِن قَبۡلُۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبۡدِيلٗا ﴿62﴾سُنَّةَ ٱللَّهِ فِي ٱلَّذِينَ خَلَوۡاْ مِن قَبۡلُۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبۡدِيلٗا
Transliteration: Sunnata Allahi fee allatheena khalaw min qablu walan tajida lisunnati Allahi tabdeelan
Translation: އެއީ މީގެ ކުރިން އިސްވެދިޔަ އެބާވަތުގެ މީހުންނާ މެދުވެސް ﷲ ގެ سُنة ހުރިގޮތެވެ. އަދި ﷲގެ އެ أُصُول އައް އެއްވެސް ބަދަލު ވުމެއް ނުފެންނާނެއެވެ.
33:63يَسۡـَٔلُكَ ٱلنَّاسُ عَنِ ٱلسَّاعَةِۖ قُلۡ إِنَّمَا عِلۡمُهَا عِندَ ٱللَّهِۚ وَمَا يُدۡرِيكَ لَعَلَّ ٱلسَّاعَةَ تَكُونُ قَرِيبًا ﴿63﴾يَسۡـَٔلُكَ ٱلنَّاسُ عَنِ ٱلسَّاعَةِۖ قُلۡ إِنَّمَا عِلۡمُهَا عِندَ ٱللَّهِۚ وَمَا يُدۡرِيكَ لَعَلَّ ٱلسَّاعَةَ تَكُونُ قَرِيبًا
Transliteration: Yasaluka alnnasu AAani alssaAAati qul innama AAilmuha AAinda Allahi wama yudreeka laAAalla alssaAAata takoonu qareeban
Translation: (އޭ رَسُول ﷲ އެވެ.) قِيامة ވާނެ ވަގުތަކާއިމެދު މީސްތަކުން ކަލޭގެފާނާއި سُوَال ކުރެއެވެ. އޭގެ جَوَاب ގައި ކަލޭގެފާނު ވިދާޅުވާށެވެ. އޭގެ އެނގުންވަނީ ހަމަ އެކަނި ﷲގެ حَضْرة ގައެވެ. ކަލޭގެފާނަކަށް އެކަން އަންގަވައި ނުދެއްވައެވެ. قِيامة ވާ ވަގުތު ދާދި ގާތްވެގެންވުން أُمِّيْد ކުރެއެވެ.
33:64إِنَّ ٱللَّهَ لَعَنَ ٱلۡكَٰفِرِينَ وَأَعَدَّ لَهُمۡ سَعِيرًا ﴿64﴾إِنَّ ٱللَّهَ لَعَنَ ٱلۡكَٰفِرِينَ وَأَعَدَّ لَهُمۡ سَعِيرًا
Transliteration: Inna Allaha laAAana alkafireena waaAAadda lahum saAAeeran
Translation: ހަމަކަށަވަރުން ﷲ تَعَالى ކާފަރުންނަށް لَعْنَة ލެއްވިއެވެ. އެކަލާނގެ ރަޙުމަތުން ދުރުކުރެއްވިއެވެ. އަދި އެމީހުންނަށްޓަކައި އެކަލާނގެ އަލިފާނެއް ތައްޔާރުކުރެއްވިއެވެ. އެއީ ނަރަކައެވެ.
33:65خَٰلِدِينَ فِيهَآ أَبَدٗاۖ لَّا يَجِدُونَ وَلِيّٗا وَلَا نَصِيرٗا ﴿65﴾خَٰلِدِينَ فِيهَآ أَبَدٗاۖ لَّا يَجِدُونَ وَلِيّٗا وَلَا نَصِيرٗا
Transliteration: Khalideena feeha abadan la yajidoona waliyyan wala naseeran
Translation: އެމީހުން އެތާނގައި އަބަދާއަބަދު ދެމިތިބޭނެއެވެ. އަދި ސަހަރޯވެރިއަކު އަދި އެއްވެސް ނަޞްރުވެރިއެއް އެހީތެރިއެއް އެމީހުންނަކަށް ނުވާނެއެވެ.
33:66يَوۡمَ تُقَلَّبُ وُجُوهُهُمۡ فِي ٱلنَّارِ يَقُولُونَ يَٰلَيۡتَنَآ أَطَعۡنَا ٱللَّهَ وَأَطَعۡنَا ٱلرَّسُولَا۠ ﴿66﴾يَوۡمَ تُقَلَّبُ وُجُوهُهُمۡ فِي ٱلنَّارِ يَقُولُونَ يَٰلَيۡتَنَآ أَطَعۡنَا ٱللَّهَ وَأَطَعۡنَا ٱلرَّسُولَا۠
Transliteration: Yawma tuqallabu wujoohuhum fee alnnari yaqooloona ya laytana ataAAna Allaha waataAAna alrrasoola
Translation: އެބައިމީހުންގެ މޫނުތައް ނަރަކައިގައި ފިހެވި ފުރެޅުމުންދާ ދުވަހު އެކާފަރުންގެ މީހުންބުނާނެއެވެ. އަހަރެމެންވެސް ﷲ އަށާއި އަދި رَسُوَل އާ އަށް އީމާންވީނަމަ ކޮންފަދަ ރަނގަޅުވީސްހެއްޔެވެ؟
33:67وَقَالُواْ رَبَّنَآ إِنَّآ أَطَعۡنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠ ﴿67﴾وَقَالُواْ رَبَّنَآ إِنَّآ أَطَعۡنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠
Transliteration: Waqaloo rabbana inna ataAAna sadatana wakubaraana faadalloona alssabeela
Translation: އަދި އެމީހުން ބުނާނެއެވެ. އޭއަޅަމެންގެ رَبُّ އެވެ. އަޅަމެން ކިޔަމަންތެރި ވީ އަޅަމެންގެ ވެރިންނަށާއި ބޮޑެތިމީހުންނަށެވެ. (އަޅަމެންގެ މަތީ މީހުންނަށެވެ.) ފަހެ އަޅަމެން މަގުފުރެއްދީ އެމީހުންނެވެ.
33:68رَبَّنَآ ءَاتِهِمۡ ضِعۡفَيۡنِ مِنَ ٱلۡعَذَابِ وَٱلۡعَنۡهُمۡ لَعۡنٗا كَبِيرٗا ﴿68﴾رَبَّنَآ ءَاتِهِمۡ ضِعۡفَيۡنِ مِنَ ٱلۡعَذَابِ وَٱلۡعَنۡهُمۡ لَعۡنٗا كَبِيرٗا
Transliteration: Rabbana atihim diAAfayni mina alAAathabi wailAAanhum laAAnan kabeeran
Translation: އޭ އަޅަމެންގެ رَبُّ އެވެ. އެމީހުންނަށް ޑަބަލް عَذَاب ދެއްވާނދޭވެ. އަދި ބޮޑުވެގެންވާ لَعْنَة އަކުން އެމީހުންނަށް لَعْنَة ލައްވާނދޭވެ.
33:69يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَكُونُواْ كَٱلَّذِينَ ءَاذَوۡاْ مُوسَىٰ فَبَرَّأَهُ ٱللَّهُ مِمَّا قَالُواْۚ وَكَانَ عِندَ ٱللَّهِ وَجِيهٗا ﴿69﴾يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَكُونُواْ كَٱلَّذِينَ ءَاذَوۡاْ مُوسَىٰ فَبَرَّأَهُ ٱللَّهُ مِمَّا قَالُواْۚ وَكَانَ عِندَ ٱللَّهِ وَجِيهٗا
Transliteration: Ya ayyuha allatheena amanoo la takoonoo kaallatheena athaw moosa fabarraahu Allahu mimma qaloo wakana AAinda Allahi wajeehan
Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! مُوْسَى عَلَيه السَلام އަށް އުނދަގޫކުރި މީހުންފަދައިން ކަލޭމެން ނުވާށެވެ! ހަމަކަށަވަރުން އެމީހުން އެކަލޭގެފާނާމެދު ބުނި ވާހަކަތަކުން ﷲ تَعَالى އެކަލޭގެފާނު ބަރީއަ ކުރެއްވިއެވެ. ސަލާމަތްކުރެއްވިއެވެ. އަދި އެކަލޭގެފާނުވަނީ ﷲ ގެ ޙަޟްރަތުގައި قَدَرބޮޑު މާތްބޭކަލަކުކަމުގައެވެ.\n* ދަންނައެވެ؛ إبن عَبَّاس رَضِيَ الله عَنْهُمَا ގެ އަރިހުން ރިވާކުރައްވައި أَبُوشَيْبَة އާއި إِبْن جَرِيْر އާއި إِبْنُ المُنذِر މިބޭކަލުން ނެރުއްވި حَدِيْث ގެ މާނައިގައި ވެއެވެ. مُوْسَى عَلَيه السَلام އާއި ދިމާއަށް بني إِسْرَائيل ގެ ބަޔަކުބުންޏެވެ. އެކަލޭގެފާނީ އުރަވަޅި ބޮޑުމީހެކެވެ. ދެން مُوْسَى عَلَيه السَلام އެއްދުވަހަކު ނާނޭފުޅުފިއްލަވަން صَحْرَاء އަށް ނުކުމެވަޑައިގެން ފޭރާންކޮޅު ބާލުއްވައި ހިލައެއްގެ މަތީގައި ބޭއްވިއެވެ. ދެން ފަހެ އެހިލަ ހެދުންކޮޅު ހިފައިގެން ދާންފަށައިފިއެވެ. އޭގެފަހަތުން مُوْسَى عَلَيه السَلام ވަޑައިގަންނަވައެވެ. އެހިލަ ގޮސް بني إسرائيل ގެމީހުންގެ جماعة އެއް ތިބިހިސާބަށް ހިނގައްޖެއެވެ. އަދި އެމީހުން مُوْسَى ގެފާނު ޢުރިޔާނުން ހުންނެވިތަން ދެކެފިއެވެ. އެހިނދު އެކަލޭގެފާނު އުރަވަޅި ބޮޑުނޫންކަން އެމީހުންނަށް އެނގިއްޖެއެވެ. މިآية ގެ تفسير ގައި مفسرން މިވާހަކަ ލިޔުއްވާފައިވެއެވެ. والله أعلم. = زبة التفسير =
33:70يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَقُولُواْ قَوۡلٗا سَدِيدٗا ﴿70﴾يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَقُولُواْ قَوۡلٗا سَدِيدٗا
Transliteration: Ya ayyuha allatheena amanoo ittaqoo Allaha waqooloo qawlan sadeedan
Translation: އޭ إيمان ވެއްޖެ މީސްތަކުންނޭވެ. ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ. އެކަލާނގެއަށް تقوى ވެރިވާށެވެ. އަދި ސީދާ حق ތެދުބަސް ބުނާށެވެ.
33:71يُصۡلِحۡ لَكُمۡ أَعۡمَٰلَكُمۡ وَيَغۡفِرۡ لَكُمۡ ذُنُوبَكُمۡۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ فَقَدۡ فَازَ فَوۡزًا عَظِيمًا ﴿71﴾يُصۡلِحۡ لَكُمۡ أَعۡمَٰلَكُمۡ وَيَغۡفِرۡ لَكُمۡ ذُنُوبَكُمۡۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ فَقَدۡ فَازَ فَوۡزًا عَظِيمًا
Transliteration: Yuslih lakum aAAmalakum wayaghfir lakum thunoobakum waman yutiAAi Allaha warasoolahu faqad faza fawzan AAatheeman
Translation: އޭރުން ކަލޭމެންގެ عمل ތައް އެކަލާނގެ ރަނގަޅު صالح عمل ކަމުގައި ލައްވާނެތެވެ. އަދި އެކަލާނގެ ކަލޭމެންގެ ފާފަތައް ފުއްސަވާ ހުއްޓެވެ. އަދި ﷲ އާއި އެކަލާނގެ رسول އަށް ކިޔަމަންތެރިވެއްޖެ މީހާ (ދަންނައެވެ.) ހަމަކަށަވަރުން އޭނާ ބޮޑުވެގެންވާ نصيب ލިބިގެންފިކަން ކަށަވަރެވެ.
33:72إِنَّا عَرَضۡنَا ٱلۡأَمَانَةَ عَلَى ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱلۡجِبَالِ فَأَبَيۡنَ أَن يَحۡمِلۡنَهَا وَأَشۡفَقۡنَ مِنۡهَا وَحَمَلَهَا ٱلۡإِنسَٰنُۖ إِنَّهُۥ كَانَ ظَلُومٗا جَهُولٗا ﴿72﴾إِنَّا عَرَضۡنَا ٱلۡأَمَانَةَ عَلَى ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱلۡجِبَالِ فَأَبَيۡنَ أَن يَحۡمِلۡنَهَا وَأَشۡفَقۡنَ مِنۡهَا وَحَمَلَهَا ٱلۡإِنسَٰنُۖ إِنَّهُۥ كَانَ ظَلُومٗا جَهُولٗا
Transliteration: Inna AAaradna alamanata AAala alssamawati waalardi waaljibali faabayna an yahmilnaha waashfaqna minha wahamalaha alinsanu innahu kana thalooman jahoolan
Translation: أمانة އުފުލުމަށްޓަކައި ހަމަކަށަވަރުން އުޑުތަކާއި ބިމަށާއި އަދި ފަރުބަދަތަކަށް ތިމަންރަސްކަލާނގެ ހުށައެޅުއްވީމެވެ. ފަހެ އެތަކެތި އެ أمانة އުފުލުމުން منع ވެގެންފިއެވެ. އަދި އެކަމާމެދު ބިރުވެތިވެއްޖެއެވެ. އަދި އިންސާނާ އެ أمانة އުފުލިއެވެ. ހަމަކަށަވަރުން އޭނާވީ އަނިޔާވެރިކަން ބޮޑު އަދި جاهل ކަންވެސް ބޮޑު މީހަކުކަމުގައެވެ. * ދަންނައެވެ. މިއާޔަތުގައި މިވާ އަމާނަތުގެ މާނަ مفسر ން ތަފާތުކޮށް ވިދާޅުވެއެވެ. ބައެއްބޭކަލުން ވިދާޅުވަނީ- އެއީ طاعة يعني ކިޔަމަންތެރިކަން- ކަމަށެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވަނީ އެއީ شريعة ގެ فرض ތައްކަމަށެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވަނީ އެއީ شريعة ގެ އެންމެހައި تكليف ތައް- يعني ބުރަތައް- ކަމަށެވެ. އަދި މިނޫންގޮތް ގޮތަށްވެސް ކިޔާފައިވެއެވެ. * އުޑުތަކާއި ބިން އަދި ފަރުބަދަތައް އެކަމުން منع ވެގަތްކަމުގައިވިއެވެ. އަދި އެ أمانة އުފުލި މީހަކަށް ހުރިމާތްކަމާއި މަތިވެރިކަން ﷲ بيان ކޮށްދެއްވައި އަދި އެކަމާ حوال ވެފައި އެކަން ފުރިހަމައަށް އަދާ ނުކުރި މީހަކަށް ހުރި عذاب އާއި ކޯފާއެންގެވުމުން ފުރިހަމަގޮތުގައި އެ أمانة އަދާ ނުކުރެވިދާނެތީއެވެ. އެހެންވެ އެތަކެތި އެމާބިރުވެތިވީއެވެ. މިވާހަކަތަކާއި ބެހޭ حديث ތައް تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. މިފޮތް ކުޑަކަމުން އެވާހަކަތަކުގެ ތެރެއަށް ނުވަދެވުނީއެވެ. وبالله التوفيق
33:73لِّيُعَذِّبَ ٱللَّهُ ٱلۡمُنَٰفِقِينَ وَٱلۡمُنَٰفِقَٰتِ وَٱلۡمُشۡرِكِينَ وَٱلۡمُشۡرِكَٰتِ وَيَتُوبَ ٱللَّهُ عَلَى ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمَۢا ﴿73﴾لِّيُعَذِّبَ ٱللَّهُ ٱلۡمُنَٰفِقِينَ وَٱلۡمُنَٰفِقَٰتِ وَٱلۡمُشۡرِكِينَ وَٱلۡمُشۡرِكَٰتِ وَيَتُوبَ ٱللَّهُ عَلَى ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمَۢا
Transliteration: LiyuAAaththiba Allahu almunafiqeena waalmunafiqati waalmushrikeena waalmushrikati wayatooba Allahu AAala almumineena waalmuminati wakana Allahu ghafooran raheeman
Translation: (إنسان އާ އެ أمانة އުފުލީ) މުނާފިގު ފިރިހެނުންނަށާއި މުނާފިގު އަންހެނުންނަށް އަދި مشرك ފިރިހެނުންނަށާއި އަދި مشرك އަންހެނުންނަށް عذاب ދެއްވުމަށްޓަކައެވެ. އަދި مؤمن ފިރިހެނުންނަށާއި مؤمن އަންހެނުންގެ މައްޗަށް ﷲ توبة ލެއްވުމަށްޓަކައެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download