44:1حمٓ ﴿1﴾حمٓ
Transliteration: Hameem
Translation: حم މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ.\n• ދަންނައެވެ. قرآن ގެ ބައެއް ސޫރަތް ފެށޭ ތަންތާ ހުންނަ މިބާވަތުގެ ވަކި އަކުރުތަކާމެދު مفسّر ންގެ މެދުގައި ތަފާތު ވާހަކަ ދެކެވިފައި ވެއެވެ. އެވާހަކަތަކުގެ خلاصة އިން مهمّ ދެ ފައިދާއެއް ކުރެވެއެވެ.\n1- އެއްކަމަކީ رسول الله ﷺ އަށް قرآن ބާވައިލެއްވުނު ވަގުތުގައި ތިބި ކާފަރުންނާއި، مشرك ންވެސް قرآن އަޑުއެހުމުން މަނާވެގަނެއެވެ. އެއީ އެއިން އަސަރެއްކޮށް، إيمان ވެވިދާނޭތީއެވެ. އެހެންވެ އެމީހުންގެ ތެރޭގައި مشهور ވެގެން ނުވާ صيغة ތަކަކުން - عبارة ތަކަކުން - އައީމާ ދެން އެ كلمة ތައް ބާރު އަޑުން އަޑުދަމާލާފައި ކީމާ އަހައިފި މީހާ އެޔާ ދިމާއަށް ކަންފަތް ދިއްކޮށްލުމުގެ شوق ވެރިކަން ބޮޑަށް އުފެދި ކޮންމެ ގޮތަކުންވެސް އަހައިލާ ހިތްވުމަކީ ގާތްކަމެކެވެ. އަދި އަހައިލައިފިއްޔާ ހިތަށް އަސަރުކޮށް، ތެދުމަގަށް واصل ވުން ގާތެވެ. މިއީ އެއް ފައިދާއެވެ.\n2- ދެވަނަ ފައިދާއަކީ، އެވަގުތު عربى ންގެ مشرك ންގެ دعوى އަކީ، قرآن އަކީ إلهى وحي އެއް ނޫންކަމެވެ. އަދި ކިޔެއްހެއްޔެވެ؟ އެއީ ޅެމެކެވެ. ނުވަތަ سحر އެކެވެ. ނުވަތަ كهين އެއްގެ ބަހެކެވެ. ނުވަތަ އިސްވެދިޔަ މީހުންގެ ބޭކާރު ވާހަކަތަކެކެވެ. އެހެންވެ ﷲ تعالى އެމީހުންނަށް ގޮންޖެއްސެވީއެވެ. އެފަދަ އެންމެ އާޔަތެއް ނުވަތަ ދިހަ ސޫރަތް، ނުވަތަ އެފަދަ قرآن އެއް އެމީހުންވެސް އެކުލެވުމަށް ގޮންޖެއްސެވީއެވެ. وحي ކުރައްވާ ކަހަލައެވެ. ކަލޭމެން ތިޔަ ބުނަނީ ތެދެއް ވިއްޔާ އެފަދަ قرآن އެއް ނިކަން ގެނަސްބަލާށެވެ. އެ ފޮތް އެވަނީ ހަމަ ކަލޭމެން ދަންނަ އަކުރުތައް ކަމުގައިވާ الم ފަދަ، حم ފަދަ، طس ފަދަ، ق ފަދަ މިފަދަ އަކުރުންނެވެ. ކަލޭމެންނަކީ ހަމަ ބަހަށް މޮޅު މާހިރުންނެވެ. މިއެވެ. މި އަކުރުތަކުގެ އެއް مَقْصَد އެއީކަމުގައި ވުންވެސް އެކަށީގެން ވެއެވެ. والله أعلم = تفسير أيسرالتّفاسير =
44:2وَٱلۡكِتَٰبِ ٱلۡمُبِينِ ﴿2﴾وَٱلۡكِتَٰبِ ٱلۡمُبِينِ
Transliteration: Waalkitabi almubeeni
Translation: حكم ތައް ބަޔާންކޮށްދެއްވާ ފޮތް ގަންދެއްވައި ހުވައި وحي ކުރައްވަމެވެ.
44:3إِنَّآ أَنزَلۡنَٰهُ فِي لَيۡلَةٖ مُّبَٰرَكَةٍۚ إِنَّا كُنَّا مُنذِرِينَ ﴿3﴾إِنَّآ أَنزَلۡنَٰهُ فِي لَيۡلَةٖ مُّبَٰرَكَةٍۚ إِنَّا كُنَّا مُنذِرِينَ
Transliteration: Inna anzalnahu fee laylatin mubarakatin inna kunna munthireena
Translation: ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެ ފޮތް، يعني ކީރިތި قرآن ބާވައިލެއްވީ بركاة ތެރިވެގެންވާ ރެއެއްގައެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެއީ إنذار ކުރައްވާ ކަލަކީމެވެ. (އެހެންވެ ފޮތް ބާވައިލައްވައި، رسول ބޭކަލުން ފޮނުއްވައި، އަދި މިނޫންވެސް ގޮތްގޮތަށް إنذار ކުރައްވަމެވެ. އެއީ ނުކިޔަމަންތެރީންނަށް ދުނިޔެއާއި، آخرة ގައިވެސް ނުރައްކަލާއި، عذاب ހުރިކަމުގެ ވާހަކައިންނެވެ.
44:4فِيهَا يُفۡرَقُ كُلُّ أَمۡرٍ حَكِيمٍ ﴿4﴾فِيهَا يُفۡرَقُ كُلُّ أَمۡرٍ حَكِيمٍ
Transliteration: Feeha yufraqu kullu amrin hakeemin
Translation: އަދި އެރޭ ކަނޑައެޅޭ ކޮންމެ حكم އެއް ތިމަން ރަސްކަލާނގެ تفصيل ކުރައްވައި، بيان ކުރައްވަމެވެ. ދަންނައެވެ. އެރެއަކީ ليلة القدر ވިލޭރެއެވެ. މިންވަރު ކުރައްވާ ރެއެވެ. އެރޭ އެކަލާނގެ އަންނަ އަހަރުގެ މަރުވާ މީހުންނާއި، ދިރުއްވާ މީހުން ހިމަނުއްވައި ރިޒުގުގެ ނިޔާތަކާއި، ހެވާއި، ނުބަޔާއި، ދެންވެސް އެކަލާނގެ އިރާދަކުރެއްވި ކޮންމެ ކަމެއް އެރޭ تفصيل ކުރައްވައި بيان ކުރައްވައެވެ. އެރެއަކީ رمضان މަހުގެ ރެއެއް ކަމަށް قرآن ގެ نصّ ން ސާބިތުވެއެވެ. شعبان މަހުގެ 15 ވިލޭރޭ ކަމަށް ބުނާ ރިވާޔަތެއްވެސް ވެއެވެ. އެހެން ނަމަވެސް އެއީ ضعيف ރިވާޔަތެކެވެ. = تفسير إبن كثير =
44:5أَمۡرٗا مِّنۡ عِندِنَآۚ إِنَّا كُنَّا مُرۡسِلِينَ ﴿5﴾أَمۡرٗا مِّنۡ عِندِنَآۚ إِنَّا كُنَّا مُرۡسِلِينَ
Transliteration: Amran min AAindina inna kunna mursileena
Translation: އެކަމަކީ ތިމަން ރަސްކަލާނގެ حضرة ން ވާ أمر އެކެވެ. އެބަހީ قرآن ބާވައިލެއްވުމަކީ ތިމަން ރަސްކަލާނގެ حضرة ން ވާ ކަމެކެވެ. އަދި އެރޭ، ކަންތައްތައް بيان ކުރައްވައި، تفصيل ކުރެއްވުމަކީ ތިމަން ރަސްކަލާނގެ حضرة ން ހިންގަވާ ކަމެކެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެ رسول ބޭކަލުންނާއި، نبي ބޭކަލުން ފޮނުއްވަމެވެ.
44:6رَحۡمَةٗ مِّن رَّبِّكَۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ ﴿6﴾رَحۡمَةٗ مِّن رَّبِّكَۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ
Transliteration: Rahmatan min rabbika innahu huwa alssameeAAu alAAaleemu
Translation: އޭ رسول الله އެވެ. އެކަމަކީ ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ربّ ގެ رحمة އެކެވެ. (އެބަހީ ءادم ގެ ދަރީންގެ ގާތަށް رسول ބޭކަލުންނާއި، نبي ބޭކަލުން ފޮނުއްވައި، އަދި ފޮތްތައް ބާވައިލައްވަނީ އެއީ ތިމަން ރަސްކަލާނގެ رحمة އެވެ.) ހަމަކަށަވަރުން އެކަލާނގެއީ އަޅުތަކުންގެ އެންމެހައި އަޑުތަކެއް އައްސަވާވޮޑިގެން، އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.
44:7رَبِّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَآۖ إِن كُنتُم مُّوقِنِينَ ﴿7﴾رَبِّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَآۖ إِن كُنتُم مُّوقِنِينَ
Transliteration: Rabbi alssamawati waalardi wama baynahuma in kuntum mooqineena
Translation: އެކަލާނގެއީ އުޑުތަކާއި، ބިމާއި، އަދި އެ ދެމެދުގައި ވާހައި ތަކެތީގެ ވެރި ކަލާނގެއެވެ. ربّ އެވެ. އެކަން ތިޔަބައިމީހުން يقين ކުރާނަމަ، ތިޔަބައިމީހުންނަށް ރަނގަޅަށް އެނގޭނެއެވެ. އެހެންވެ އެކަލާނގެއަށް އަޅުކަން ކުރާށެވެ.
44:8لَآ إِلَٰهَ إِلَّا هُوَ يُحۡيِۦ وَيُمِيتُۖ رَبُّكُمۡ وَرَبُّ ءَابَآئِكُمُ ٱلۡأَوَّلِينَ ﴿8﴾لَآ إِلَٰهَ إِلَّا هُوَ يُحۡيِۦ وَيُمِيتُۖ رَبُّكُمۡ وَرَبُّ ءَابَآئِكُمُ ٱلۡأَوَّلِينَ
Transliteration: La ilaha illa huwa yuhyee wayumeetu rabbukum warabbu abaikumu alawwaleena
Translation: އެކަލާނގެ ފިޔަވައި އަޅުކަންވެވުން حقّ އެއްވެސް إله އެއް ނުވެއެވެ. އެކަލާނގެއީ ތަކެތި ދިރުއްވާ، މަރުއްވާ ކަލާނގެއެވެ. އެކަލާނގެއީ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެވެސް ربّ އެވެ.
44:9بَلۡ هُمۡ فِي شَكّٖ يَلۡعَبُونَ ﴿9﴾بَلۡ هُمۡ فِي شَكّٖ يَلۡعَبُونَ
Transliteration: Bal hum fee shakkin yalAAaboona
Translation: އަދި ކިޔެއްހެއްޔެވެ؟ އެމީހުން އެވަނި ޝައްކެއްގައެވެ. (ﷲ ގެ އެއްކައުވަންތަ ކަމާއި، محشر އަށް ފޮނުއްވުމާއި، މިފަދަ ކަންކަމާމެދު އެމީހުން އެވަނީ شكّ އެއްގައެވެ. يقين އެއް ނުވެއެވެ.) އެމީހުން ކުޅެނީއެވެ. އެބަހީ ﷲ އީ އެމީހުން ހެއްދެވި ކަލާނގެ ކަމުގައިވެސް އެމީހުން إقرار ވެއެވެ. އުޑުތަކާއި، ބިން ހެއްދެވީ ކާކުތޯ އަހައިފިއްޔާވެސް އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. މިފަދަ إقرار ތަކުގައި އެމީހުން يقين އެއް ނޫނެވެ. يقين ނަމަ އެކަލާނގެއަށް އަޅުކަން ކުރުމަކަށް އިންކާރު ނުކުރީހެވެ. އެމީހުން ހަމަ ކުޅެނީއެވެ.
44:10فَٱرۡتَقِبۡ يَوۡمَ تَأۡتِي ٱلسَّمَآءُ بِدُخَانٖ مُّبِينٖ ﴿10﴾فَٱرۡتَقِبۡ يَوۡمَ تَأۡتِي ٱلسَّمَآءُ بِدُخَانٖ مُّبِينٖ
Transliteration: Fairtaqib yawma tatee alssamao bidukhanin mubeenin
Translation: އޭ رسول الله އެވެ. އުޑު ދުންގަނޑެއްގެ ސިފައިގައި ފެންނަ ދުވަހަށް ކަލޭގެފާނު إنتظار ކުރައްވާށެވެ.
44:11يَغۡشَى ٱلنَّاسَۖ هَٰذَا عَذَابٌ أَلِيمٞ ﴿11﴾يَغۡشَى ٱلنَّاسَۖ هَٰذَا عَذَابٌ أَلِيمٞ
Transliteration: Yaghsha alnnasa hatha AAathabun aleemun
Translation: އެދުވަހުން އޭގައި މީސްތަކުން ނިވައިވެގެން ވެއެވެ. އަދި މީސްތަކުން ބުނާނެއެވެ. ނުވަތަ ﷲ އަންގަވާނެއެވެ. މިއީ ވޭންދެނިވި عذاب އެކެވެ.\n• ދަންނައެވެ. މި އާޔަތްތަކުގައި މި بيان ވެގެންވާ ދުމާ ދޭތެރޭ ދަންނަ ބޭކަލުންގެ مشهور ދެބަހެއް ވެއެވެ.\nފުރަތަމަ ބަހަކީ އެ ދުމަކީ އެއީ قيامة ވުމުގެ ތަންކޮޅެއް ކުރީން ދުނިޔެއަށް ފެތުރޭ ދުމެކެވެ. قيامة ގެ علامة އެކެވެ. ސާޅީސް ދުވަސް ވާނދެން އެ ދުންގަނޑު ބިންމަތީގައި ފެތުރިފައި ވާނޭކަމަށް ވެއެވެ.\nދެވަނަ ބަހަކީ މި އާޔަތުގައި މި بيان ކުރައްވާ ދުން مكّة ގެ قريش ންނަށް ދިމާވި ކަމަށެވެ. އެޒަމާނުގައި އެބަހީ رسول الله ﷺ دين އަށް ގޮވައިލައްވައި، އެމީހުން إيمان ނުވުމުން އެކަލޭގެފާނު އެމީހުންގެ މައްޗަށް ބަދު دعاء އެއް ކުރެއްވިއެވެ. އޭގެ ފަހުން އެމީހުންނަށް ތަދުމަޑުކަމެއް ދިމާވީއެވެ. ބަނޑުހައިވެގެންގޮސް ޖަނަވާރުގެ ކަށިވެސް ކާ ހިސާބަށް ދިޔައެވެ. އަދި ބައެއް مفسّر ން ލިޔުއްވާފައި ވަނީ ބައެއް މީހުން ކެހެރި ނުވަތަ ކަފަ ކައި، ލެއިބޮއި ހެދި ކަމުގައެވެ. އުޑާދިމާ މައްޗަށް ބަލައިލީމާ ފެންނަނީ ދުންގަނޑެއް ހެންނެވެ. އެއީ ބަނޑުހައިވެގެން ގޮސް ވާނުވާގޮތް ނޭނގިގެންނެވެ. ދެން އަލުންވެސް އެމީހުން رسول الله ﷺ އަރިހަށް ގޮސް އެމީހުން إيمان ވުމުގެ شرط ގެ މައްޗަށް އެކަން ލުއިކޮށްދެއްވައި، كشف ކޮށްދެއްވުން އެދުނެވެ. އެވާހަކަ ބާރަވަނަ އާޔަތާއި، ތޭރަވަނަ އާޔަތާއި، އޭގެ ފަހުގެ ދެ އާޔަތުގައި އެވަނީއެވެ. = أيسر التّفاسير - زبدة التّفسير =
44:12رَّبَّنَا ٱكۡشِفۡ عَنَّا ٱلۡعَذَابَ إِنَّا مُؤۡمِنُونَ ﴿12﴾رَّبَّنَا ٱكۡشِفۡ عَنَّا ٱلۡعَذَابَ إِنَّا مُؤۡمِنُونَ
Transliteration: Rabbana ikshif AAanna alAAathaba inna muminoona
Translation: (އެމީހުން رسول الله ﷺ މެދުވެރިކޮށް، ދެންނެވި ކަމުގައި ވެއެވެ.) އޭ އަޅަމެންގެ ربّ އެވެ. އަޅަމެންގެ ކިބައިން މި عذاب ނަންގަވައި، كشف ކުރައްވާނދޭވެ. ހަމަކަށަވަރުން مؤمن ން ކަމުގައި އަޅަ މެން ވާހުށީމެވެ. (މީގެ جواب ގައި ﷲ وحي ކުރެއްވިއެވެ.)
44:13أَنَّىٰ لَهُمُ ٱلذِّكۡرَىٰ وَقَدۡ جَآءَهُمۡ رَسُولٞ مُّبِينٞ ﴿13﴾أَنَّىٰ لَهُمُ ٱلذِّكۡرَىٰ وَقَدۡ جَآءَهُمۡ رَسُولٞ مُّبِينٞ
Transliteration: Anna lahumu alththikra waqad jaahum rasoolun mubeenun
Translation: އެމީހުން وعظ އާއި، نصيحة ލިބިގަންނާނީ ކޮންފަދައަކުން ހެއްޔެވެ؟ އެމީހުން ގާތަށް حقّ އާއި، باطل އޮޅުންފިލުވައިދޭނޭ، އަދި بيان ކޮށްދެއްވާ رسول ބޭކަލަކު ވަޑައިގެން އެ ހުންނެވީއެވެ. (އެއީ حقّ ތެދު رسول ބޭކަލަކުކަން އެމީހުން ރަނގަޅަށް ދަނެއެވެ.)
44:14ثُمَّ تَوَلَّوۡاْ عَنۡهُ وَقَالُواْ مُعَلَّمٞ مَّجۡنُونٌ ﴿14﴾ثُمَّ تَوَلَّوۡاْ عَنۡهُ وَقَالُواْ مُعَلَّمٞ مَّجۡنُونٌ
Transliteration: Thumma tawallaw AAanhu waqaloo muAAallamun majnoonun
Translation: ދެން އެއަށްފަހު އެމީހުން އެ ރަސޫލާއާއި، އެ رسول އާ ގެންނެވި ތަކެއްޗަށް ފުރަގަސްދިނީއެވެ. އަދި އެމީހުން ބުނީ އެކަލޭގެފާނަކީ އެހެން ءادم ގެ ދަރިޔަކު އެކަލޭގެފާނަށް އުނގަންނައިދީފައިވާ މީހަކު ކަމަށެވެ. އަދި އެއީ މޮޔައެއް ކަމަށެވެ.
44:15إِنَّا كَاشِفُواْ ٱلۡعَذَابِ قَلِيلًاۚ إِنَّكُمۡ عَآئِدُونَ ﴿15﴾إِنَّا كَاشِفُواْ ٱلۡعَذَابِ قَلِيلًاۚ إِنَّكُمۡ عَآئِدُونَ
Transliteration: Inna kashifoo alAAathabi qaleelan innakum AAaidoona
Translation: ދެން ތިމަން ރަސްކަލާނގެ އެމީހުންގެ ކިބައިން އެ عذاب، يعني އެ ތަދުމަޑުކަން ދުވަސްކޮޅަކަށް ނެންގެވީމެވެ. (އެއީ އެމީހުން إيمان ވޭތޯ ބެއްލެވުމަށެވެ.) އެމީހުން އަލުންވެސް އެމީހުން ކުރީން ތިބި ނުކިޔަމަންތެރިކަމަށް رجوع ވީއެވެ. شرك ކުރަން ފެށީއެވެ.
44:16يَوۡمَ نَبۡطِشُ ٱلۡبَطۡشَةَ ٱلۡكُبۡرَىٰٓ إِنَّا مُنتَقِمُونَ ﴿16﴾يَوۡمَ نَبۡطِشُ ٱلۡبَطۡشَةَ ٱلۡكُبۡرَىٰٓ إِنَّا مُنتَقِمُونَ
Transliteration: Yawma nabtishu albatshata alkubra inna muntaqimoona
Translation: ގަދަވެގެންވާ ހިއްޕެވުމަކުން ތިމަން ރަސްކަލާނގެ އެމީހުން ހިއްޕަވާ ދުވަސް (ހަނދުމަފުޅު ކުރައްވާށެވެ.) ހަމަކަށަވަރުން އެމީހުންގެ ކިބައިން ބަދަލުހިއްޕަވާ ހުށީމެވެ.\nދަންނައެވެ. މިއާޔަތުގައި މި ނަންގަނެވޭ ދުވަހަކާމެދު ބަސް ތަފާތެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އެއީ ބަދުރު ހަނގުރާމައިގެ ދުވަސް ކަމަށެވެ. ފަހެ مكّة ގެ قريش ންނަށް ދިމާވެފައި އޮތް ބަނޑުހައިހޫނުކަން ﷲ ލުއިކުރެއްވުމުންވެސް އެމީހުން އީމާން ނުވިއެވެ. ދެން ބަދުރު ހަނގުރާމައިގައި އެމީހުންގެ ތެރެއިން ނަގާކިޔަން އުޅުނު ބޮޑެތި ކާފަރުން ﷲ ހިއްޕަވައި، ދުނިޔޭގައިވެސް ދެރަކަން ދެއްކެވީއެވެ. އަދި آخرة ދުވަހުން ހުރީވެސް އަބަދީ عذاب އެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ މިއާޔަތުގައި މި ذكر ކުރެވޭ ދުވަހަކީ قيامة ދުވަސް ކަމަށެވެ. އެދުވަހުން އެމީހުންނަށް ގަދަވެގެންވާ عذاب ﷲ ދެއްވާ ހުއްޓެވެ. والله أعلم بالصّواب
44:17وَلَقَدۡ فَتَنَّا قَبۡلَهُمۡ قَوۡمَ فِرۡعَوۡنَ وَجَآءَهُمۡ رَسُولٞ كَرِيمٌ ﴿17﴾۞وَلَقَدۡ فَتَنَّا قَبۡلَهُمۡ قَوۡمَ فِرۡعَوۡنَ وَجَآءَهُمۡ رَسُولٞ كَرِيمٌ
Transliteration: Walaqad fatanna qablahum qawma firAAawna wajaahum rasoolun kareemun
Translation: އަދި ހަމަކަށަވަރުން އެމީހުންގެ ކުރީން - އެބަހީ مكّة ގެ قريش ންގެ ކުރީން - ތިމަން ރަސްކަލާނގެ فرعون ގެ قوم ގެ މީހުން إمتحان ކުރީމެވެ. އަދި އެމީހުންގެ ގާތަށް މާތްވެގެންވާ رسول ބޭކަލަކު ވަޑައިގެންނެވިއެވެ. (އެއީ موسى عَلَيْه السلام އެވެ.)
44:18أَنۡ أَدُّوٓاْ إِلَيَّ عِبَادَ ٱللَّهِۖ إِنِّي لَكُمۡ رَسُولٌ أَمِينٞ ﴿18﴾أَنۡ أَدُّوٓاْ إِلَيَّ عِبَادَ ٱللَّهِۖ إِنِّي لَكُمۡ رَسُولٌ أَمِينٞ
Transliteration: An addoo ilayya AAibada Allahi innee lakum rasoolun ameenun
Translation: (އެކަލޭގެފާނު ވިދާޅުވިއެވެ.) ތިމަން ކަލޭގަފާނާއެކު ﷲ ގެ އަޅުތަކުން يعني بني إسرائيل ގެ މީހުން ފޮނުވައިދޭށެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނީ ކަލޭމެންނަށް ވާ أمانة ތެރި رسول އަކީމެވެ. (ތިމަން ކަލޭގެފާނު މި ރިސާލަތުގައި خيانة ތެރި ނުވާހުށީމެވެ.)
44:19وَأَن لَّا تَعۡلُواْ عَلَى ٱللَّهِۖ إِنِّيٓ ءَاتِيكُم بِسُلۡطَٰنٖ مُّبِينٖ ﴿19﴾وَأَن لَّا تَعۡلُواْ عَلَى ٱللَّهِۖ إِنِّيٓ ءَاتِيكُم بِسُلۡطَٰنٖ مُّبِينٖ
Transliteration: Waan la taAAloo AAala Allahi innee ateekum bisultanin mubeenin
Translation: އަދި ތިޔަބައިމީހުން ﷲ ގެ މައްޗަށް ބޮޑާވެ، كبر ވެރިވެނުގަންނާށެވެ. (މަތިހަށި ނަގައި ނުއުޅޭށެވެ.) އެކަލާނގެއަށް ކިޔަމަންތެރި ވާށެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނު ތިޔަބައިމީހުންގެ ގާތަށް بيان ވެގެންވާ دليل ގެނަސްދޭހުށީމެވެ. معجزة ގެނަސްދޭހުށީމެވެ.
44:20وَإِنِّي عُذۡتُ بِرَبِّي وَرَبِّكُمۡ أَن تَرۡجُمُونِ ﴿20﴾وَإِنِّي عُذۡتُ بِرَبِّي وَرَبِّكُمۡ أَن تَرۡجُمُونِ
Transliteration: Wainnee AAuthtu birabbee warabbikum an tarjumooni
Translation: އަދި ހަމަކަށަވަރުން ތިމަން ކަލޭގެފާނު ތިމަންކަލޭގެފާނާއި، އަދި ކަލޭމެންގެވެސް ربّ ގެ حضرة ން ރައްކާތެރިކަމާއި، حماية މި އެދެނީ ކަލޭމެން ތިމަން ކަލޭގެފާނު رجم ކޮށްފާނޭތީއެވެ. ގަލުން ތަޅައި، މަރައިފާނޭތީއެވެ.
44:21وَإِن لَّمۡ تُؤۡمِنُواْ لِي فَٱعۡتَزِلُونِ ﴿21﴾وَإِن لَّمۡ تُؤۡمِنُواْ لِي فَٱعۡتَزِلُونِ
Transliteration: Wain lam tuminoo lee faiAAtazilooni
Translation: އަދި ކަލޭމެން ތިމަން ކަލޭގެފާނަށް إيمان ނުވަންޏާ އަދި ތިމަން ކަލޭގެފާނުންގެ ބަސްފުޅު ތެދުނުކުރަންޏާ ކަލޭމެން ތިމަން ކަލޭގެފާނު ދޫކޮށްލާށެވެ. (ތިމަން ކަލޭގެފާނަށް އަނިޔާކޮށް، އުނދަގޫ ނުކުރާށެވެ.)
44:22فَدَعَا رَبَّهُۥٓ أَنَّ هَـٰٓؤُلَآءِ قَوۡمٞ مُّجۡرِمُونَ ﴿22﴾فَدَعَا رَبَّهُۥٓ أَنَّ هَـٰٓؤُلَآءِ قَوۡمٞ مُّجۡرِمُونَ
Transliteration: FadaAAa rabbahu anna haolai qawmun mujrimoona
Translation: ދެންފަހެ އެކަލޭގެފާނުންގެ ربّ އަށް دعاء ދެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން މިބައިމީހުންނަކީ (يعني فرعون އާއި، އޭނާގެ قوم ގެ މީހުންނަކީ) ހަމަކަށަވަރުންވެސް مجرم ންނެވެ. ކުށްވެރީންނެވެ. ފާފަވެރީންނެވެ.
44:23فَأَسۡرِ بِعِبَادِي لَيۡلًا إِنَّكُم مُّتَّبَعُونَ ﴿23﴾فَأَسۡرِ بِعِبَادِي لَيۡلًا إِنَّكُم مُّتَّبَعُونَ
Transliteration: Faasri biAAibadee laylan innakum muttabaAAoona
Translation: ފަހެ ﷲ އެކަލޭގެފާނުންގެ دعاء އިޖާބަކުރައްވައި وحي ކުރެއްވިއެވެ. (އޭ موسى عَلَيْه السلام އެވެ. ކަލޭގެފާނު ތިމަން ރަސްކަލާނގެ އަޅުތަކުންނާއިގެން، އެބަހީ ބަނީ އިސްރާއީލު މީހުންނާއިގެން އަވަސް އަވަހަށް (مصر ން) ނުކުމެވަޑައިގަންނަވާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަކީ تبع ވެވިގެންވާ ބައެކެވެ. އެބަހީ فرعون އާއި، އޭނާގެ لشكر ތިޔަބައިމީހުންނާ تبع ވެގެން އަންނާނެއެވެ.
44:24وَٱتۡرُكِ ٱلۡبَحۡرَ رَهۡوًاۖ إِنَّهُمۡ جُندٞ مُّغۡرَقُونَ ﴿24﴾وَٱتۡرُكِ ٱلۡبَحۡرَ رَهۡوًاۖ إِنَّهُمۡ جُندٞ مُّغۡرَقُونَ
Transliteration: Waotruki albahra rahwan innahum jundun mughraqoona
Translation: އަދި ކަނޑު ހަމަހިމޭންކޮށް، حركاة އެއް ނުކުރާ ގޮތަށް ދޫކޮށްލާފައި ބަހައްޓާށެވެ. ހަމަކަށަވަރުން އެމީހުންނަކީ - فرعون އާއި، އޭނާގެ لشكر އަކީ - ކަނޑުގައި غرق ވެވޭނޭ ބައެކެވެ. ދަންނައެވެ. މިތަނުން މި އިޝާރަތްވަނީ موسى عَلَيْه السلام ﷲ ގެ أمر ފުޅަށް ކަނޑުގައި އެކަލޭގެފާނުންގެ އަސާކޮޅުން ޖެއްސެވީމާ، ކަނޑުގެ ފެންގަނޑު ބައިބައިވެ، މައްޗަށް އަރައި، ހުއްޓިފައި ހުރިކަމާއި ދެން ކަނޑުގެ އެ މަގުތަކުން بني إسرائيل ގެ މީހުން ކަނޑުގެ އަނެއް ފަރާތަށް އެރީމާވެސް ކަނޑު އެހުރިގޮތަށްموسى عَلَيْه السلام قصد ފުޅުކުރެއްވީ ފަހަތުން فرعون އާއި، އޭނާގެ لشكر އައުމުގެ ކުރީން ކަނޑުގައި ދެވަނަ ފަހަރަށް އަސާކޮޅުން ޖައްސަވައި ކަނޑު އެއްވަރުކުރައްވާށެވެ. އެހެންވެ ﷲ އެންގެވީ ކަނޑު އެގޮތަށް ބެހެއްޓެވުމަށެވެ. އެއީ فرعون އާއި، އޭނާގެ لشكر ކަނޑަށް ވަދެގަންނާނދެނެވެ. ވަދެގަތީމާ، ދެން ކަނޑު އިހު އޮތްގޮތަށް، ﷲ ހެއްދެވުމަށެވެ. ކަން ވީވެސް އެހެންނެވެ. فرعون އާއި، އޭނާގެ لشكر މަރުވީ ކަނޑުގައި غرق ވެގެންނެވެ. އެމީހުން ކަނޑުގެ ތެރެއަށް ވެދެގަތުމުން ހަމަ އާދައިގެ ގޮތަށް ކަނޑު ދިޔައިކުރައްވައި، ކަނޑަކަށް ހެއްދެވީއެވެ.
44:25كَمۡ تَرَكُواْ مِن جَنَّـٰتٖ وَعُيُونٖ ﴿25﴾كَمۡ تَرَكُواْ مِن جَنَّـٰتٖ وَعُيُونٖ
Transliteration: Kam tarakoo min jannatin waAAuyoonin
Translation: އެބައިމީހުން، يعني فرعون އާއި، އޭނާގެ لشكر ގެ މީހުން، ކިހައި ބަގީޗާއަކާއި، ކިހައި ކޯރަކާއި، އަދި
44:26وَزُرُوعٖ وَمَقَامٖ كَرِيمٖ ﴿26﴾وَزُرُوعٖ وَمَقَامٖ كَرِيمٖ
Transliteration: WazurooAAin wamaqamin kareemin
Translation: ކިހައި ދަނޑުބިމަކާއި، އަދި ރަނގަޅުވެގެންވާ ގެތަކާއި، ކިހައިވަރަކަށް ދޫކުރި ހެއްޔެވެ؟ (އެބަހީ އެބާވަތުގެ ވަރަށް ގިނަ އެއްޗެތި އެމީހުން ދޫކުރިއެވެ.)
44:27وَنَعۡمَةٖ كَانُواْ فِيهَا فَٰكِهِينَ ﴿27﴾وَنَعۡمَةٖ كَانُواْ فِيهَا فَٰكِهِينَ
Transliteration: WanaAAmatin kanoo feeha fakiheena
Translation: އަދި މިނޫންވެސް ކިހައި ގިނަ މުދަލާއި، نعمة ގައި އެމީހުން މަޖާނެގި ކަމުގައި ވިހެއްޔެވެ؟ އެބަހީ ވަރަށްގިނަ نعمة އާއި، އަރާމުގައި އެމީހުން މަޖާނެގިއެވެ.
44:28كَذَٰلِكَۖ وَأَوۡرَثۡنَٰهَا قَوۡمًا ءَاخَرِينَ ﴿28﴾كَذَٰلِكَۖ وَأَوۡرَثۡنَٰهَا قَوۡمًا ءَاخَرِينَ
Transliteration: Kathalika waawrathnaha qawman akhareena
Translation: އަދި ހަމަ އެފަދައިން އެ މުދާތަކާއި، އެ ބަގީޗާތަކާއި، ކޯރުތަކާއި، އެ ހުރިހައި ތަކެތި ތިމަން ރަސްކަލާނގެ އެހެން ބަޔަކަށް ވާރުތަކޮށްދެއްވީމެވެ. އެބަޔަކީ އެއީ بني إسرائيل ންނެވެ.
44:29فَمَا بَكَتۡ عَلَيۡهِمُ ٱلسَّمَآءُ وَٱلۡأَرۡضُ وَمَا كَانُواْ مُنظَرِينَ ﴿29﴾فَمَا بَكَتۡ عَلَيۡهِمُ ٱلسَّمَآءُ وَٱلۡأَرۡضُ وَمَا كَانُواْ مُنظَرِينَ
Transliteration: Fama bakat AAalayhimu alssamao waalardu wama kanoo munthareena
Translation: ދެންފަހެ فرعون އާއި، އޭނާގެ لشكر ކަނޑުގައި غرق ވެ، މަރުވެގެން ދިޔައޭ ކިޔާފައި، އުޑާއި، ބިންވެސް އެކަމާ ހިތާމައިން ރޮއިލީއެއްވެސް ނޫނެވެ. (فرعون އަކީ އޭނާ ބުނިގޮތުން ކަލާނގެ ކަމުގައި ވީނަމަ، ކަލާނގެ މަރުވެގެން ރޯންޖެހުނީހެވެ. އެއިންވެސް ސާބިތުވަނީ އޭނާގެ ދޮގުވެރިކަމެވެ. އަދި އެމީހުން މަރުވާން ދިމާވި ވަގުތު އެމީހުންނަށް އެއްވެސް ތަންވަޅެއް، مهلة އެއް، އަދި إنتظار އެއްވެސް ނުލިބުނެވެ.)
44:30وَلَقَدۡ نَجَّيۡنَا بَنِيٓ إِسۡرَـٰٓءِيلَ مِنَ ٱلۡعَذَابِ ٱلۡمُهِينِ ﴿30﴾وَلَقَدۡ نَجَّيۡنَا بَنِيٓ إِسۡرَـٰٓءِيلَ مِنَ ٱلۡعَذَابِ ٱلۡمُهِينِ
Transliteration: Walaqad najjayna banee israeela mina alAAathabi almuheeni
Translation: އަދި ހަމަކަށަވަރުން އިހާނާތްތެރި ވެގެންވާ عذاب ން (ނުބައި އުނދަގުލުން) ތިމަން ރަސްކަލާނގެ بني إسرائيل ގެ މީހުން ސަލާމަތްކުރެއްވީމެވެ.
44:31مِن فِرۡعَوۡنَۚ إِنَّهُۥ كَانَ عَالِيٗا مِّنَ ٱلۡمُسۡرِفِينَ ﴿31﴾مِن فِرۡعَوۡنَۚ إِنَّهُۥ كَانَ عَالِيٗا مِّنَ ٱلۡمُسۡرِفِينَ
Transliteration: Min firAAawna innahu kana AAaliyan mina almusrifeena
Translation: އެއީ فرعون ގެ ކިބައިންނެވެ. (فرعون ގެ ނުބައި އަނިޔާއިންނެވެ.) ހަމަކަށަވަރުން އެ فرعون އަކީ ކާފަރުކަމާއި، އުރެދުމުގައި މަތީ ވަނައެއްގައި ވާ މީހަކު ކަމުގައި ވިއެވެ.
44:32وَلَقَدِ ٱخۡتَرۡنَٰهُمۡ عَلَىٰ عِلۡمٍ عَلَى ٱلۡعَٰلَمِينَ ﴿32﴾وَلَقَدِ ٱخۡتَرۡنَٰهُمۡ عَلَىٰ عِلۡمٍ عَلَى ٱلۡعَٰلَمِينَ
Transliteration: Walaqadi ikhtarnahum AAala AAilmin AAala alAAalameena
Translation: އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެމީހުން، يعني ބަނީ އިސްރާއީލުންގެ މީހުން އޭރު ދުނިޔޭގައި ތިބި އެންމެހައި މީސްތަކުންގެ މައްޗަށް خاصّ ކުރައްވައި، إختيار ކުރެއްވީމެވެ. އެއީ ތިމަން ރަސްކަލާނގެ ފުރިހަމަ ދެނެވޮޑިގަތުމުގެ މަތީންނެވެ. (އެމީހުން إختيار ކުރެއްވީ އެމީހުންގެ ތެރެއިން ގިނަ ރަސޫލު ބޭކަލުން ވަޑައިގަތުމުގެ ސަބަބުންނާއި، އަދި موسى عَليه السلام ގެ އަރިހުގައި އެމީހުން އުފުލި ބުރަތަކާއި، ކެތްތެރިކަމުގެ ސަބަބުންނާވެސް އެކުގައެވެ.)
44:33وَءَاتَيۡنَٰهُم مِّنَ ٱلۡأٓيَٰتِ مَا فِيهِ بَلَـٰٓؤٞاْ مُّبِينٌ ﴿33﴾وَءَاتَيۡنَٰهُم مِّنَ ٱلۡأٓيَٰتِ مَا فِيهِ بَلَـٰٓؤٞاْ مُّبِينٌ
Transliteration: Waataynahum mina alayati ma feehi balaon mubeenun
Translation: އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ބޮޑެތިވެގެންވާ معجزات ތައް އެމީހުންނަށް ދެއްވީމެވެ. އެ ކަންކަމުގައި بيان ވެގެންވާ إمتحان އާއި، ގޮތް ބެއްލެވުންތައް އެކުލެވިގެން ވެއެވެ. (އެމީހުންނަށް ﷲ ދެއްކެވި معجزات ތަކުގެ ތެރޭގައި فرعون ގެ އަތްދަށުން އެމީހުން ސަލާމަތް ކުރެއްވުމާއި، އެމީހުންނަށް ޓަކައި ކަނޑު ފެޅުއްވުމާއި ވިލާގަނޑު ހިޔާއެޅުމާއި، منّ އާއި سلوى ބާވައިލެއްވުމާއި، އަދި މިނޫންވެސް ކަންކަން ވެއެވެ.)
44:34إِنَّ هَـٰٓؤُلَآءِ لَيَقُولُونَ ﴿34﴾إِنَّ هَـٰٓؤُلَآءِ لَيَقُولُونَ
Transliteration: Inna haolai layaqooloona
Translation: ހަމަކަށަވަރުން މިމީހުން يعني مكّة ގެ مشرك ން އެ ބުނަނީއެވެ.
44:35إِنۡ هِيَ إِلَّا مَوۡتَتُنَا ٱلۡأُولَىٰ وَمَا نَحۡنُ بِمُنشَرِينَ ﴿35﴾إِنۡ هِيَ إِلَّا مَوۡتَتُنَا ٱلۡأُولَىٰ وَمَا نَحۡنُ بِمُنشَرِينَ
Transliteration: In hiya illa mawtatuna aloola wama nahnu bimunshareena
Translation: އަހުރެމެން މި ދުނިޔޭގައި މަރުވާ މަރުވުން ނިމުނީމާ ދެން ނިމުނީއެވެ. އޭގެފަހުން ދެން އިތުރު حياة އެއް ނޯންނާނެއެވެ. އަހުރެމެންނަކީ އެއްގޮތަކަށްވެސް ދިރިގެން، ދެވަނަ ފަހަރަށް ފޮނުވޭނޭ ބަޔަކު ކަމުގައި ނުވެއެވެ.
44:36فَأۡتُواْ بِـَٔابَآئِنَآ إِن كُنتُمۡ صَٰدِقِينَ ﴿36﴾فَأۡتُواْ بِـَٔابَآئِنَآ إِن كُنتُمۡ صَٰدِقِينَ
Transliteration: Fatoo biabaina in kuntum sadiqeena
Translation: (އޭ محمّد ގެފާނެވެ.) ތިޔަ ވިދާޅުވަނީ ތެދެއް ކަމުގައި ވަންޏާ، އަހުރެމެންގެ އިސްވެދިޔަ ކާބަފައިން ނިކަން ދިރުވައިގެން ގެނަސްދީބަލާށެވެ. (އެމީހުންގެ މި ބަހަކީ ވަރަށް ދަށުދަރަޖައިގެ ބަހެކެވެ. ދުނިޔޭގައި ދިރުވައިގެން ގެންނާނޭ ވާހަކައެއް އެއްވެސް ބޭކަލަކު ވިދާޅެއް ނުވެއެވެ. ކޮންމެ ބޭކަލަކުވެސް ވިދާޅުވަނީ قيامة ދުވަހުން މީސްތަކުން ދިރުއްވައި، حساب ބައްލަވާނޭ ވާހަކައެވެ. އެހެންވީއިރު، އެމީހުންގެ އެ ދަލީލަކީ، އެ ވާހަކައަކީ އެއްވެސް ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ.)
44:37أَهُمۡ خَيۡرٌ أَمۡ قَوۡمُ تُبَّعٖ وَٱلَّذِينَ مِن قَبۡلِهِمۡ أَهۡلَكۡنَٰهُمۡۚ إِنَّهُمۡ كَانُواْ مُجۡرِمِينَ ﴿37﴾أَهُمۡ خَيۡرٌ أَمۡ قَوۡمُ تُبَّعٖ وَٱلَّذِينَ مِن قَبۡلِهِمۡ أَهۡلَكۡنَٰهُمۡۚ إِنَّهُمۡ كَانُواْ مُجۡرِمِينَ
Transliteration: Ahum khayrun am qawmu tubbaAAin waallatheena min qablihim ahlaknahum innahum kanoo mujrimeena
Translation: يمن ކަރައިގެ حمير ވަންހައިގެ تُبَّع ވަންހައިގެ މީހުންނާއި، ދެންވެސް އޭގެ ކުރީން އިސްވެދިޔަ (نوح قوم - عاد - އަދި ثمود ފަދަ) قوم ތަކަށްވުރެ މިމީހުން، يعني މި قريش ންގެ މީހުން ވަކި ހެވީ ހެއްޔެވެ؟ ބާރު ގަދަވެފައި، މުދާ ގިނައީ ހެއްޔެވެ؟ (އެހެން ނޫނެވެ. އެމީހުން، މުދާ މާ ގިނަވެފައި وصيلة ތައް ގިނައެވެ. މާ ގަދަފަދައެވެ.) ނަމަވެސް އެމީހުންވެސް (ނުކިޔަމަންތެރި ވީހިނދުން) ތިމަން ރަސްކަލާނގެ އެމީހުން ހަލާކު ކުރެއްވީމެވެ. އެމީހުން ވީ ކަނޑައެޅިގެން ނުބައި، ނުލަފާ مجرم ން ކަމުގައެވެ. مشرك ން ކަމުގައެވެ. قريش ންނަށްވެސް ވާނީ ހަމަ އެގޮތެވެ. ނުކިޔަމަންތެރި ވެއްޖެއްޔާ ހަމަ ހަލާކު ކުރައްވާ ހުށީމެވެ.)
44:38وَمَا خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا لَٰعِبِينَ ﴿38﴾وَمَا خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا لَٰعِبِينَ
Transliteration: Wama khalaqna alssamawati waalarda wama baynahuma laAAibeena
Translation: އުޑާއި، ބިމާއި، އަދި އެ ދެމެދުގައި ވާހައި ތަކެއްޗާއި، މިތަކެތި ކުޅިވަރު ގޮތެއްގައި ތިމަން ރަސްކަލާނގެ ނުހައްދަވަމެވެ.
44:39مَا خَلَقۡنَٰهُمَآ إِلَّا بِٱلۡحَقِّ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ﴿39﴾مَا خَلَقۡنَٰهُمَآ إِلَّا بِٱلۡحَقِّ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ
Transliteration: Ma khalaqnahuma illa bialhaqqi walakinna aktharahum la yaAAlamoona
Translation: ހަމަ حقّ ގޮތުގައި މެނުވީ ތިމަން ރަސްކަލާނގެ އެ ތަންތަން، يعني އުޑާއި، ބިން ނުހައްދަވަމެވެ. (އެބަހީ އެ ތަންތަން ހެއްދެވީ ހަމަ حقّ ގޮތުގައެވެ. ބޮޑުވެގެންވާ حكمة އަކަށް ޓަކައެވެ.)
44:40إِنَّ يَوۡمَ ٱلۡفَصۡلِ مِيقَٰتُهُمۡ أَجۡمَعِينَ ﴿40﴾إِنَّ يَوۡمَ ٱلۡفَصۡلِ مِيقَٰتُهُمۡ أَجۡمَعِينَ
Transliteration: Inna yawma alfasli meeqatuhum ajmaAAeena
Translation: ހަމަކަށަވަރުން ހުރިހާ ތަކެތި ވަކިކުރައްވާ، قيامة ދުވަސް އެއީ އެ ހުރިހާ މީހުން جمع ކުރައްވާ ދުވަހެވެ. (ހެޔޮ މީހުންނާއި، ނުބައި މީހުން، ރަނގަޅާއި، ނުބައި، حقّ އާއި، باطل... މި ހުރިހައި ތަކެތި ވަކިކުރައްވައި ފުރިހަމަ ޖަޒާ ދެއްވާނެއެވެ.)
44:41يَوۡمَ لَا يُغۡنِي مَوۡلًى عَن مَّوۡلٗى شَيۡـٔٗا وَلَا هُمۡ يُنصَرُونَ ﴿41﴾يَوۡمَ لَا يُغۡنِي مَوۡلًى عَن مَّوۡلٗى شَيۡـٔٗا وَلَا هُمۡ يُنصَرُونَ
Transliteration: Yawma la yughnee mawlan AAan mawlan shayan wala hum yunsaroona
Translation: އެދުވަހުން އެއްވެސް ގާތްމީހަކަށްވެސް، ގާތް އަނެއް މީހަކަށް އެއްވެސް ކަމެއް (ﷲ ގެ إذن ޔާ ނުލައި) ފުއްދައި ނުދެވޭނެއެވެ. އެކަކުގެ ފާފަ އަނެކަކު ނުއުފުލާނެއެވެ. އަދި އެއްވެސް نصر އެއް ލިބޭނޭ ބަޔަކު ކަމުގައި އެމީހުން ނުވެއެވެ. (އެބަހީ ﷲ ގެ عذاب ކަނޑައެޅިފައި އޮތް މީހަކަށް އެ عذاب ދުރުކޮށްދެނޭ ހަމަ އެކަކުވެސް ﷲ މެނުވީ ނުވެއެވެ.)
44:42إِلَّا مَن رَّحِمَ ٱللَّهُۚ إِنَّهُۥ هُوَ ٱلۡعَزِيزُ ٱلرَّحِيمُ ﴿42﴾إِلَّا مَن رَّحِمَ ٱللَّهُۚ إِنَّهُۥ هُوَ ٱلۡعَزِيزُ ٱلرَّحِيمُ
Transliteration: Illa man rahima Allahu innahu huwa alAAazeezu alrraheemu
Translation: ހަމައެކަނި ﷲ އެމީހަކަށް رحمة ލެއްވި މީހަކު މެނުވީއެވެ. ހަމަކަށަވަރުން އެކަލާނގެއީ عزّة ވަންތަ، އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
44:43إِنَّ شَجَرَتَ ٱلزَّقُّومِ ﴿43﴾إِنَّ شَجَرَتَ ٱلزَّقُّومِ
Transliteration: Inna shajarata alzzaqqoomi
Translation: ހަމަކަށަވަރުން زقّوم ގަސް (ދަންނައެވެ.)
44:44طَعَامُ ٱلۡأَثِيمِ ﴿44﴾طَعَامُ ٱلۡأَثِيمِ
Transliteration: TaAAamu alatheemi
Translation: އެއީ ފާފަވެރީންގެ ކާނާއެވެ.
44:45كَٱلۡمُهۡلِ يَغۡلِي فِي ٱلۡبُطُونِ ﴿45﴾كَٱلۡمُهۡلِ يَغۡلِي فِي ٱلۡبُطُونِ
Transliteration: Kaalmuhli yaghlee fee albutooni
Translation: ތެލުގެ ގަރުގަނޑެއް ފަދައިން، ނުވަތަ ވިރިފައި ހުންނަ ރަންވަންލޯ ފަދައިން ބަނޑުގެ ތެރޭގައި އެތަކެތި ކެކެއެވެ.
44:46كَغَلۡيِ ٱلۡحَمِيمِ ﴿46﴾كَغَلۡيِ ٱلۡحَمِيمِ
Transliteration: Kaghalyi alhameemi
Translation: އެތަކެތި ކެކެނީ އެންމެ ހޫނުގަދަ ފެން ކެކޭފަދައިންނެވެ.
44:47خُذُوهُ فَٱعۡتِلُوهُ إِلَىٰ سَوَآءِ ٱلۡجَحِيمِ ﴿47﴾خُذُوهُ فَٱعۡتِلُوهُ إِلَىٰ سَوَآءِ ٱلۡجَحِيمِ
Transliteration: Khuthoohu faiAAtiloohu ila sawai aljaheemi
Translation: (ނަރަކައިގެ زبانيّة މަލާއިކަތުންނަށް އެންގެވޭނެއެވެ.) ތިޔަ ބޭކަލުން އޭނާ، يعني އެ ކުށްވެރި ފާފަވެރިޔާ ހިފަހައްޓާށެވެ. އަދި ގަދަފަދަކަމާއެކު އޭނާ ދަމާފައި ގެންދާށެވެ. އަދި ނަރަކައިގެ މެދަށް އޭނާ ވައްޓައިލާށެވެ.
44:48ثُمَّ صُبُّواْ فَوۡقَ رَأۡسِهِۦ مِنۡ عَذَابِ ٱلۡحَمِيمِ ﴿48﴾ثُمَّ صُبُّواْ فَوۡقَ رَأۡسِهِۦ مِنۡ عَذَابِ ٱلۡحَمِيمِ
Transliteration: Thumma subboo fawqa rasihi min AAathabi alhameemi
Translation: އަދި އެންމެގަދަ ހޫނު ފެނުގެ ގަދަ عذاب އޭނާގެ ބޮލަށް އޮއްސާށެވެ.
44:49ذُقۡ إِنَّكَ أَنتَ ٱلۡعَزِيزُ ٱلۡكَرِيمُ ﴿49﴾ذُقۡ إِنَّكَ أَنتَ ٱلۡعَزِيزُ ٱلۡكَرِيمُ
Transliteration: Thuq innaka anta alAAazeezu alkareemu
Translation: (އަދި އޭނާއަށް ތިޔަ ބޭކަލުން / އެ ކުށްވެރި ކަލޭގެއަށް ވިދާޅުވާށެވެ.) ކަލޭ މި عذاب ގެ ރަހަ ލިބިގަންނާށެވެ. ކަލެޔަކީ عزّة ތެރި، މާތް މީހާއެވެ. (މިއީ މަލާމާތުގެ ރާގަކަށް ވިދާޅުވާ، ވިދާޅުވުމެކެވެ.) ދަންނައެވެ. މި އާޔަތުގައި އެވާ "ކަލެޔަކީ عزّة ތެރި، މާތް މީހާއެވެ." މިހެން އެވަނީ ނަރަކައިގައި أبو جهل އަށް عذاب ދެއްވޭ ވަގުތު އޭނާޔާ ދިމާއަށް ބުނެވޭ މަލާމާތުގެ ބަސްފުޅެއް ކަމުގައި ވެއެވެ. އެކަން އެހެން ދިމާވި ސަބަބެއް ކަމުގައި ވަނީ رسول الله ﷺ އޭނާއަށް دين ގެ ވާހަކަ ދެއްކެވި ވަގުތެއްގައި އޭނާ ދެންނެވީ "ކަލޭގެފާނަކަށްވެސް، އަދި ކަލޭގެފާނުންގެ ސާހިބާއަކަށްވެސް އަހުރެންނަށް އެއްވެސް ގޮތެއް ނެހެދޭނެއެވެ. އަހުރެންނަކީ މި بطماء ގައިވާ އެންމެ ގަދަފަދަ މީހާއެވެ. އަހުރެންނަކީ العزيز الكريم އެވެ. (يعني އަހުރެންނަކީ عزّة ތެރި، މާތް މީހާއެވެ.) " އެކަމުގެ މުނާސަބަތުގައި ނަރަކައިން عذاب ދެއްވޭ ވަގުތު އެ كلمة އޭނާއަށް ހަނދާންކޮށްދެއްވީއެވެ. والله أعلم.
44:50إِنَّ هَٰذَا مَا كُنتُم بِهِۦ تَمۡتَرُونَ ﴿50﴾إِنَّ هَٰذَا مَا كُنتُم بِهِۦ تَمۡتَرُونَ
Transliteration: Inna hatha ma kuntum bihi tamtaroona
Translation: ހަމަކަށަވަރުން ތިޔަ عذاب އަކީ ތިޔަބައިމީހުން ދުނިޔޭގައި އެޔާމެދު ޝައްކު ކުރަމުންދިޔަ عذاب އެވެ.
44:51إِنَّ ٱلۡمُتَّقِينَ فِي مَقَامٍ أَمِينٖ ﴿51﴾إِنَّ ٱلۡمُتَّقِينَ فِي مَقَامٍ أَمِينٖ
Transliteration: Inna almuttaqeena fee maqamin ameenin
Translation: ހަމަކަށަވަރުން تقوى ވެރީން - އެބަހީ ﷲ އަށް ބިރުވެތިވެ، ކިޔަމަންތެރިވީ މީސްތަކުން - قيامة ދުވަހުން ތިބޭހުށީ އަމާން ވެގެންވާ ތަންތާނގައެވެ. مجلس ތަކުގައެވެ. އެއީ ސުވަރުގޭގައެވެ.
44:52فِي جَنَّـٰتٖ وَعُيُونٖ ﴿52﴾فِي جَنَّـٰتٖ وَعُيُونٖ
Transliteration: Fee jannatin waAAuyoonin
Translation: ސުވަރުގެތަކުގައްޔާއި، އެތާނގެ އެކިއެކި އާރުތަކުގެ نعمة ގައެވެ.
44:53يَلۡبَسُونَ مِن سُندُسٖ وَإِسۡتَبۡرَقٖ مُّتَقَٰبِلِينَ ﴿53﴾يَلۡبَسُونَ مِن سُندُسٖ وَإِسۡتَبۡرَقٖ مُّتَقَٰبِلِينَ
Transliteration: Yalbasoona min sundusin waistabraqin mutaqabileena
Translation: އެމީހުން ސުވަރުގޭގައި ފަށުއި ފޭރާމުގެ ތުނިވައްތަރާއި، އޭގެ ބޯވައްތަރުގެ ފޭރާން ލާނެއެވެ. އެމީހުން އެތާ ތިބޭނީވެސް އެއްބަޔަކު އަނެއް ބަޔަކާ ކުރިމަތިލައިގެންނެވެ. (އެބައިމީހުން ތިބޭ އެނދުދާންކޮޅުތައް ބޭނުން ދިމާލަކަށް އެނބުރޭ ހުއްޓެވެ.)
44:54كَذَٰلِكَ وَزَوَّجۡنَٰهُم بِحُورٍ عِينٖ ﴿54﴾كَذَٰلِكَ وَزَوَّجۡنَٰهُم بِحُورٍ عِينٖ
Transliteration: Kathalika wazawwajnahum bihoorin AAeenin
Translation: (ސުވަރުގޭގައި) ކަންތައް ހުންނާނީ އެފަދައިންނެވެ. އަދި ލޯ ތަނަވަސްވެގެންވާ، ދޮން، ރީތި އަންހެން ކުދީންނާ (حورالعين ންނާ) ތިމަން ރަސްކަލާނގެ އެމީހުންނާ ކާވެނި ކޮށްދެއްވާ ހުށީމެވެ.
44:55يَدۡعُونَ فِيهَا بِكُلِّ فَٰكِهَةٍ ءَامِنِينَ ﴿55﴾يَدۡعُونَ فِيهَا بِكُلِّ فَٰكِهَةٍ ءَامِنِينَ
Transliteration: YadAAoona feeha bikulli fakihatin amineena
Translation: އަދި އެއްވެސް ބާވަތެއްގެ ބިރެއް، އަދި ގެއްލުމެއްނެތް މޭވާގެ ކޮންމެ ބާވަތެއްގެ މޭވާ ގެނައުމަށް ގޮވާނެއެވެ. (ނުވަތަ އެމީހުން އަމާން ވެގެންވާ حال ގައި، ހުރިހައި ބާވަތެއްގެ މޭވާ ގެނައުމަށް، އެތާނގެ خادم ންނަށް ގޮވާނެއެވެ.)
44:56لَا يَذُوقُونَ فِيهَا ٱلۡمَوۡتَ إِلَّا ٱلۡمَوۡتَةَ ٱلۡأُولَىٰۖ وَوَقَىٰهُمۡ عَذَابَ ٱلۡجَحِيمِ ﴿56﴾لَا يَذُوقُونَ فِيهَا ٱلۡمَوۡتَ إِلَّا ٱلۡمَوۡتَةَ ٱلۡأُولَىٰۖ وَوَقَىٰهُمۡ عَذَابَ ٱلۡجَحِيمِ
Transliteration: La yathooqoona feeha almawta illa almawtata aloola wawaqahum AAathaba aljaheemi
Translation: ފުރަތަމަ ފަހަރު (ދުނިޔޭގެ حياة ގެ ނިމުމެއް ކަމުގައިވި) ފުރަތަމަ މަރު ނޫނީ އެމީހުން އެ ސުވަރުގޭގައި މަރުގެ ރަހަ ނުދެކޭނެއެވެ. (ދުވަހަކު މަރުނުވާނެއެވެ. އެފަދަ ބޮޑު نعمة ގައި އެމީހުން ތިބޭނީ އަބަދީ حياة އެއްގައެވެ.) އަދި ނަރަކައިގެ عذاب ން އެކަލާނގެ އެމީހުން ސަލާމަތް ކުރައްވާ ހުއްޓެވެ.
44:57فَضۡلٗا مِّن رَّبِّكَۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ ﴿57﴾فَضۡلٗا مِّن رَّبِّكَۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ
Transliteration: Fadlan min rabbika thalika huwa alfawzu alAAatheemu
Translation: (އޭ رسول الله އެވެ.) އެ ހުރިހައި نعمة އަކީ ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ربّ ގެ حضرة ންވާ فضل ވަންތަވެރި ކަމެއްގެ ގޮތުންނެވެ. إحسان ވަންތަ ކަމެއްގެ ގޮތުންނެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.
44:58فَإِنَّمَا يَسَّرۡنَٰهُ بِلِسَانِكَ لَعَلَّهُمۡ يَتَذَكَّرُونَ ﴿58﴾فَإِنَّمَا يَسَّرۡنَٰهُ بِلِسَانِكَ لَعَلَّهُمۡ يَتَذَكَّرُونَ
Transliteration: Fainnama yassarnahu bilisanika laAAallahum yatathakkaroona
Translation: ފަހެ ތިމަން ރަސްކަލާނގެ އެ قرآن ފަސޭހަކުރެއްވީމެވެ. އެއީ ކަލޭގެފާނުގެ ބަސް ކަމުގައިވާ عرب ބަހުން ބާވައިލެއްވީމައެވެ. އެއީ އެމީހުން وعظ އާއި، نصيحة ލިބިގަނޭތޯއެވެ.
44:59فَٱرۡتَقِبۡ إِنَّهُم مُّرۡتَقِبُونَ ﴿59﴾فَٱرۡتَقِبۡ إِنَّهُم مُّرۡتَقِبُونَ
Transliteration: Fairtaqib innahum murtaqiboona
Translation: ފަހެ ކަލޭގެފާނު إنتظار ކުރައްވާށެވެ. ހަމަކަށަވަރުން އެމީހުންވެސް އެއީ إنتظار ކުރާ ބައެކެވެ. (އެބަހީ، އެމީހުންގެ މައްޗަށް ކަލޭގެފާނަށް ލިބިވަޑައިގަންނަވާނޭ نصر އާއި، كاميابى އަށް ކަލޭގެފާނު إنتظار ކުރައްވާށެވެ. އަދި އެމީހުން އެ إنتظار ކުރަނީ ކަލޭގެފާނަށް ގެއްލުމާއި، ހަލާކު ލިބުމަށެވެ. އަދި ކަލޭގެފާނު އަވަހާރަވުމަށެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download