quranm◉

Surah Adh-Dhariyat transliteration

◉ ސޫރަ · ∞

51:1

وَٱلذَّـٰرِيَٰتِ ذَرۡوٗا ﴿1﴾

Transliteration: Waalththariyati tharwan

Translation: ވެއްޔާއި، ހިރަފުހާއި، އެބާވަތުގެ ލުއި ތަކެތި ބުރުއްސައިލާ ވައި ގަންދެއްވައި الله تعالى ހުވައި وحِى ކުރައްވައެވެ.

51:2

فَٱلۡحَٰمِلَٰتِ وِقۡرٗا ﴿2﴾

Transliteration: Faalhamilati wiqran

Translation: އަދި ފެނުން ބަރުވެގެންވާ ވިލާތައް ގަންދެއްވައި الله تعالى ހުވައި وحِى ކުރައްވައެވެ.

51:3

فَٱلۡجَٰرِيَٰتِ يُسۡرٗا ﴿3﴾

Transliteration: Faaljariyati yusran

Translation: އަދި ކަނޑުމަތީގައި ފަސޭހަކަމާއެކު ދުވެފައިދާ ނައުދޯގު (އުޅަނދު) ގަންދެއްވައި الله تعالى ހުވައި وحِى ކުރައްވައެވެ.

51:4

فَٱلۡمُقَسِّمَٰتِ أَمۡرًا ﴿4﴾

Transliteration: Faalmuqassimati amran

Translation: އަދި އެބޭކަލުންގެ رَبّ ގެ أمر ފުޅަށް رزق އާއި، ވާރެޔާއި، އަދިވެސް ތަކެތި ކަނޑައެޅިފައިވާ ގޮތަކަށް ބައްސަވާ ملائكة ބޭކަލުން ގަންދެއްވައި الله تعالى ހުވައި وحِى ކުރައްވައެވެ.

51:5

إِنَّمَا تُوعَدُونَ لَصَادِقٞ ﴿5﴾

Transliteration: Innama tooAAadoona lasadiqun

Translation: އޭ މީސްތަކުންނޭވެ. ކަލޭމެންނަށް وعد ވެވިގެންވާ ކަންކަމަކީ ހަމަ ތެދު وعد ފުޅު ތަކެކެވެ އެކެވެ. އެބަހީ މަރުވުމަށްފަހު محشر ކުރެއްވުމާއި، عمل ތަކަށް ހިސާބު ބެއްލެވުމާއި، ސުވަރުގެޔާއި، އެތާނގެ نعمة ތަކާއި، ނަރަކައާއި، އެތާނގެ عذاب ތަކާއި، މި ހުރިހާ ކަންކަމަކީ ހަމަ ކަނޑައެޅިގެން ސީދާކޮށް އޭގެ ވަގުތުތަކުގައި ހުންނާނޭ ކަންކަމެވެ. އެއީ ހަމަ ކަނޑައެޅިގެން ތެދު ވާހަކަތަކެވެ.

51:6

وَإِنَّ ٱلدِّينَ لَوَٰقِعٞ ﴿6﴾

Transliteration: Wainna alddeena lawaqiAAun

Translation: އަދި ހަމަ ކަށަވަރުން قيامة ދުވަހުން عدل ވެރި ޖަޒާ ދެއްވާނޭ ކަމީ އެއްވެސް ޝައްކެއްނެތި ކަނޑައެޅިގެން އޮންނާނޭ ކަމެކެވެ.

51:7

وَٱلسَّمَآءِ ذَاتِ ٱلۡحُبُكِ ﴿7﴾

Transliteration: Waalssamai thati alhubuki

Translation: އަދި ދުނިޔޭގެ ބިންމަތީގައި މި ހުންނަ ކަހަލަ ވެލީގެ މަގުގެ ވެރި އުޑު ގަންދެއްވައި الله تعالى وحِى ކުރައްވައެވެ.

51:8

إِنَّكُمۡ لَفِي قَوۡلٖ مُّخۡتَلِفٖ ﴿8﴾

Transliteration: Innakum lafee qawlin mukhtalifin

Translation: ހަމަ ކަށަވަރުން ކަލޭމެން ތިޔަ ވަނީ (محمد ގެފާނާ މެދު) ކަނޑައެޅިގެން ތަފާތު ވާހަކަތަކެއްގައެވެ. ކަލޭމެންގެ ތެރޭގައި محمد ގެފާނަކީ سحر ވެރިއެކޭ ބުނާ މީހުން ވެއެވެ. އަދި އެއީ ދޮގުވެރިޔެކޭ ބުނާ މީހުން އެބަ ތިއްބެވެ. އަދި އެއީ كاهن އެކޭ ބުނާ މީހުންވެސް އެބަ ތިއްބެވެ. އަދި قرآن އަކީ سحر އެކޭ ނުވަތަ ދޮގު باطل ވާހަކަތަކެކޭ ނުވަތަ އެއީ كَهانَة އެކޭ ބުނާ މީހުންވެސް އެބަ ތިއްބެވެ. މިހެންގޮސް ތަފާތު ވާހަކަތަކެއްގައެވެ.

51:9

يُؤۡفَكُ عَنۡهُ مَنۡ أُفِكَ ﴿9﴾

Transliteration: Yufaku AAanhu man ofika

Translation: އެކަލޭގެފާނާމެދު ނުވަތަ قرآن އާމެދު ނުވަތަ އެ ދެފަރާތް ދޮގުކޮށް އެ ދެފަރާތުން މޫނު އަނބުރާލެވުނު ބަޔަކު މޫނު އަނބުރައިލެވުނެވެ.

51:10

قُتِلَ ٱلۡخَرَّـٰصُونَ ﴿10﴾

Transliteration: Qutila alkharrasoona

Translation: އެކި ބާވަތް ބާވަތުގެ ދޮގު ހީތައްކުރި ދޮގުވެރީންނަށް لعنة ލެވިއްޖެއެވެ. އެމީހުން ހަލާކުވެއްޖެއެވެ.

51:11

ٱلَّذِينَ هُمۡ فِي غَمۡرَةٖ سَاهُونَ ﴿11﴾

Transliteration: Allatheena hum fee ghamratin sahoona

Translation: އެމީހުންނަކީ ޖާހިލުކަމާއި، ނޭގުމުގެ ތެރެއަށް ވަދެ غافل ވެގެންވާ ބައެކެވެ.

51:12

يَسۡـَٔلُونَ أَيَّانَ يَوۡمُ ٱلدِّينِ ﴿12﴾

Transliteration: Yasaloona ayyana yawmu alddeeni

Translation: އަދި މަލާމާތުގެ ގޮތުން، އެމީހުން ސުއާލުކޮށް ހަދައެވެ. "ތިޔަބުނާ قيامة ދުވަހެއް (ހިސާބު ބައްލަވާ ޖަޒާދެއްވާ ދުވަހެއް) ދެން އަންނާނީ ކޮން އިރަކުން ހެއްޔެވެ؟" (އޭގެ ޖަވާބުގައި الله وَحِي ކުރައްވަނީ)

51:13

يَوۡمَ هُمۡ عَلَى ٱلنَّارِ يُفۡتَنُونَ ﴿13﴾

Transliteration: Yawma hum AAala alnnari yuftanoona

Translation: އެ ދުވަހަކީ އެމީހުންނަށް ނަރަކައިގެ عذاب ދެއްވޭ ދުވަހެވެ.

51:14

ذُوقُواْ فِتۡنَتَكُمۡ هَٰذَا ٱلَّذِي كُنتُم بِهِۦ تَسۡتَعۡجِلُونَ ﴿14﴾

Transliteration: Thooqoo fitnatakum hatha allathee kuntum bihi tastaAAjiloona

Translation: އެ ދުވަހުން އެމީހުންނަށް ބުނެވޭނެއެވެ. "ކަލޭމެން މި عذاب ގެ ރަހަ ލިބިގަންނާށެވެ. މި عذاب އަކީ ކަލޭމެން ދުނިޔޭގައި އެ عذاب އައުމަށް އަވަސް ވޭވޭ، އަވަހަށް އެދިއެދި ތިބި عذاب އެވެ." މިއެވެ.

51:15

إِنَّ ٱلۡمُتَّقِينَ فِي جَنَّـٰتٖ وَعُيُونٍ ﴿15﴾

Transliteration: Inna almuttaqeena fee jannatin waAAuyoonin

Translation: ހަމަކަށަވަރުން تقوى ވެރީން ވަނީ ބަގީޗާތަކެއްގައެވެ. (ސުވަރުގެ ތަކުގައެވެ.) އެތާނގެ ދަށުގައި އެކި ޒާތްޒާތުގެ އާރުތައް ވެއެވެ.

51:16

ءَاخِذِينَ مَآ ءَاتَىٰهُمۡ رَبُّهُمۡۚ إِنَّهُمۡ كَانُواْ قَبۡلَ ذَٰلِكَ مُحۡسِنِينَ ﴿16﴾

Transliteration: Akhitheena ma atahum rabbuhum innahum kanoo qabla thalika muhsineena

Translation: އެމީހުން އެތަންތާ ތިބޭނީ އެމީހުން ހައްދަވާ ބޮޑުކުރެއްވި ربّ އެމީހުންނަށް ދެއްވި ތަކެތީގައި ހިފަހިފައެވެ. (އެބަހީ އެކަލާނގެ ދެއްވާ ގިނަގުނަ ثواب އާއި، ދަރުމަޔާއި، ސުވަރުގޭގެ عدد ނުކުރެވޭހާ ގިނަގުނަ نعمة ތައް އެމީހުން ލިބިގަންނަ حال ގައެވެ.) އޭގެ ކުރީގައި އެމީހުން ވީ إحسان ތެރީން ކަމުގައެވެ. (އެބަހީ އެމީހުން ދުނިޔޭގައި އުޅުނުއިރު އެމީހުން ވީ އެމީހުންގެ نية ތައް إخلاص ތެރި އަދި عمل ތައް صالح ބަޔަކު ކަމުގައެވެ. الله އަށާއި، އެކަލާނގެ އަޅުތަކުންނަށް إحسان ތެރި، މާތް ބަޔަކު ކަމުގައެވެ.)

51:17

كَانُواْ قَلِيلٗا مِّنَ ٱلَّيۡلِ مَا يَهۡجَعُونَ ﴿17﴾

Transliteration: Kanoo qaleelan mina allayli ma yahjaAAoona

Translation: އަދި އެމީހުން ވީ މަދުމަދުން ނޫނީ ރޭގަނޑު ނުނިދާ ކަމުގައެވެ. އަދި ރޭގަނޑު ދަންވަރު

51:18

وَبِٱلۡأَسۡحَارِ هُمۡ يَسۡتَغۡفِرُونَ ﴿18﴾

Transliteration: Wabialashari hum yastaghfiroona

Translation: ހާރުދަމުގެ ވަގުތު އެމީހުން ނަމާދުކޮށް أستغفار ކުރާ ކަމުގައި ވިއެވެ. (އެބަހީ އެބައިމީހުން ރޭގަނޑުގެ ގިނަ ވަގުތު ﷲ އަށް އަޅުކަންކޮށް، أستغفار ކޮށްހަދާ ކަމުގައި ވެއެވެ. އެމީހުން އޮށޯވެ ނިދާހަދަނީ މަދުންނެވެ. (ރޭގަނޑު ދަންވަރު ޓީވީބަލާ، އޮރިޔާން ފިލްމުބަލާ، ވޮލްޑް ކަޕް ބަލަން، އަދި ނުވަތަ ކުޅިވަރު ކުޅޭން ހޭލައި ތިބީއެއް ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ الله އަށް ذكر ކުރުމާއި، ނަމާދުކުރުމާއި، أستغفار ކުރުމުގައި ގިނަ ވަގުތުތައް ހޭދަކުރެއްވީއެވެ.)

51:19

وَفِيٓ أَمۡوَٰلِهِمۡ حَقّٞ لِّلسَّآئِلِ وَٱلۡمَحۡرُومِ ﴿19﴾

Transliteration: Wafee amwalihim haqqun lilssaili waalmahroomi

Translation: އަދި އެމީހުންނަކީ އެމީހުންގެ މުދަލުގައި ސަލާމްޖަހާ މީހުންނަށާއި، محروم ވެފައި ތިބި މީހުންނަށް އޮތް حقّ އެއް ވާކަން ހަނދާންކޮށް އެ حقّ އަދާކުރި ބައެކެވެ.\nދަންނައެވެ. މިތާ މިވާ حقّ ގެ މާނައީ މުދަލުން އަދާކުރަންޖެހޭ فرض زكاة ފިޔަވައި ދެންހުރި އެކި ބާވަތުގެ سنّة ހޭދަކުރުންތަކުގެ މާނައެވެ. އެބަހީ އެބައިމީހުން އެބައިމީހުންނަށް فرض ވެގެންވާ ޒަކާތް قواعد ން އަދާކޮށް، އަދި އޭގެ އިތުރު صدقة ތައްވެސް ދެމުން ގެންދެއެވެ. محروم ވެފައި ތިބޭ މީހުންނަކީ ތިމާމެންގެ عِفّة ތެރިކަމުން ސަލާމްޖަހަން ނުކެރި، އެކަމަކު އަތުގައި އެއްވެސް ފަދައެއް ނެތް މީހުންނެވެ. އެހެން މީހުންނަށް ހީވާނީ އެއީ ހަމަ ފޯރާ ރަނގަޅު މީހުން ކަމަށެވެ. އެކަމަކު އެއީ ހަމަ ހުރިހާ ގޮތަކުންވެސް މުދަލުން محروم ވެގެންވާ ބައެކެވެ. والله أعلم.

51:20

وَفِي ٱلۡأَرۡضِ ءَايَٰتٞ لِّلۡمُوقِنِينَ ﴿20﴾

Transliteration: Wafee alardi ayatun lilmooqineena

Translation: އަދި يقين ކުރާ ބަޔަކަށް ބިމުގައި ދަލީލުތަކާއި، حُجّة ތައް ވެއެވެ. (އެބަހީ ﷲ تعالى ބިންމަތީގައި ލައްވާފައިވާ އެކިއެކި حيوان ތަކާއި، ގަސްގަހާގެއްސާއި، ފަރުބަދަތަކާއި، ކަނޑުތަކާއި، އަދި މިނޫންވެސް އެންމެހާ ތަކެތީގައި ﷲ ގެ ކުޅަދުންވަންތަ ކަމާއި، އެކަލާނގެ އެއްކައުވަންތަ ކަމުގެ މައްޗަށް دليل ކުރާ ގިނަގުނަ دليل ތަކާއި حُجّة ތައް ވެއެވެ. ﷲ ގެ ކުޅަދުންވަންތަ ކަމާއި، އެއްކައުވަންތަ ކަމާއި، އެކަލާނގެ ދެނެވޮޑިގަތުމާއި، އެކަލާނގެ حكمة ވަންތަކަމާއި، އަޅުތަކުންނަށް الله ދެއްވާ ދަރުމަކުރައްވާފައިވާ ގިނަގުނަ رحمة، (يقين ކޮށް،) އަދި إيمان ވާ ބަޔަކަށް ފުދޭހައި ވެއެވެ.)

51:21

وَفِيٓ أَنفُسِكُمۡۚ أَفَلَا تُبۡصِرُونَ ﴿21﴾

Transliteration: Wafee anfusikum afala tubsiroona

Translation: އަދި ކަލޭމެންގެ نفس ތަކުގައިވެސް ވެއެވެ. ފަހެ ކަލޭމެން ވިސްނާ ބަލާ ނުހަދާނޭ ހެއްޔެވެ؟ (އެބަހީ، ﷲ ގެ ކުޅަދުންވަންތަކަމާއި، އެއްކައުވަންތަކަމާއި، އެކަލާނގެ ދެނެވޮޑިގަތުމާއި، އެކަލާނގެ حكمة ވަންތަކަމާއި، އެކަލާނގެ ތަކެތި ހެއްދެވުމުގައި ހުރި ފަށުވިކަމާއި، ހިމުންކަން، ރީތިކަމާއި، ފުރިހަމަކަން، މި ކަންކަމުގެ މައްޗަށް دليل ކުރާ ގިނަގުނަ دليل ތަކާއި، علامة ތައް ކަލޭމެންގެ نفس ތަކުގައިވެސް އެކަލާނގެ ލައްވާފައި ވާނެއެވެ. ކަލޭމެން ފަހެ އެކަންކަމަށް ބަލައި، ވިސްނާ ނަހަދާ ހެއްޔެވެ؟\nފަހެ އިންސާނާގެ ހަށިގަނޑަކީ ﷲ ގެ قدرة ވަންތަ ކަމާއި، އެއްކައުވަންތަ ކަމާއި حكمة ވަންތަ ކަމާއި، ދެނެވޮޑިގަތުމާއި، މި ކަންކަމުގެ ފުރިހަމަ ނަމޫނާއެކެވެ. ކޮންމެ ގުނަވަނެއް ހައްދަވާފައިވާ ރީތިކަމާއި، ކަމަށް މުނާސަބުކަމާއި، عمل ގެ މޮޅުކަމާއި، ހިމުންކަމާއި، ހަށިގަނޑުގެ އެކިއެކި ސިސްޓަމްތައް ހިންގުމުގައި ލައްވާފައިވާ ބަރާބަރުކަމާއި، وظيفة ތައް އަދާކުރުމުގައި ހުރި ކުޅަދާނަކަން މިޒަމާނުގެ އެންމެ ކުރިއަރާފައިވާ ސައިންސްވެސް އެވަނީ ނުކުޅައްދާފައެވެ. މިހާތަނަށް ދުނިޔެ ترقّى ވީއިރުވެސް އަދިވެސް تحقيق ނުކުރެވޭ ކިތަންމެ ސިއްރެއް ހަށިގަނޑުގައި ވާކަމަށް އެކަމުގެ އެންމެ މަތީ މާހިރުންވެސް ލަދުވެތިކަމާއި، ކިޔަމަންތެރިކަމާއެކު އެތިބަ أعتراف ވަނީއެވެ. فَسُبْحانَ مَنْ خَلَقَ الْخَلْقَ وَ أتْقَنَهَا.....

51:22

وَفِي ٱلسَّمَآءِ رِزۡقُكُمۡ وَمَا تُوعَدُونَ ﴿22﴾

Transliteration: Wafee alssamai rizqukum wama tooAAadoona

Translation: އަދި ކަލޭމެންގެ ރިޒުގު ވަނީ ހަމަ އުޑުގައެވެ. އަދި ކަލޭމެންނަށް وعد ކުރެވިގެންވާ ތަކެތިވެސް ވަނީ އުޑުގައެވެ. (އެބަހީ ކަލޭމެންގެ ރިޒުގުގެ ސަބަބެއް ކަމުގައިވާ ފެން، ވާރޭފެން އެވަނީ މަތީގައެވެ. އެ ފެން ވެހެނީ މަތީންނެވެ. ނުވަތަ ކަލޭމެންގެ ރިޒުގު تقدير ކުރައްވާ، މިންވަރު ކުރެއްވުން ވަނީ މަތީގައެވެ. އަދި ކަލޭމެންނަށް وعد ކުރެވިގެންވާ ثواب އާއި، عذاب ވެސް ނުވަތަ އެތަކެތި މިންވަރުކުރައްވާ، ނިޔާކުރެއްވުމުގެ ހުރިހާ ކަމެއްވެސް ވަނީ މަތީގައެވެ. އުޑުގައެވެ.)

51:23

فَوَرَبِّ ٱلسَّمَآءِ وَٱلۡأَرۡضِ إِنَّهُۥ لَحَقّٞ مِّثۡلَ مَآ أَنَّكُمۡ تَنطِقُونَ ﴿23﴾

Transliteration: Fawarabbi alssamai waalardi innahu lahaqqun mithla ma annakum tantiqoona

Translation: ފަހެ އެ އުޑާއި، ބިމުގެ ވެރި ربّ ގަންދެއްވައި ހުވައި وحِى ކުރައްވައެވެ. އެކަންތައްތަކަކީ ހަމަ ކަނޑައެޅިގެން حقّ އެވެ. އެއްވެސް ޝައްކެއް ނެތެވެ. ކަލޭމެން އަނގައިން ބުނާ كلمة އާއި، لفظ ފަދައިން ފާޅުކޮށް އެނގޭ حقّ އެކެވެ.) (އެބަހީ އިސްވެދިޔަހާ އާޔަތްތަކުގައި އަންގަވާފައިވާ خبر ތަކާއި، ވާހަކަތަކަކީ އެއްވެސް އޮޅުމެއް، ދޮގެއްނެތް حقّ ވާހަކަތަކެކެވެ. އޭގެތެރޭގައި، މަރުވުމަށްފަހު محشر އަށް ފޮނުއްވޭނޭ ކަމާއި، ހިސާބު ބައްލަވާނޭ ކަމާއި، ސުވަރުގޭގެ نعمة ތަކާއި، ނަރަކައިގެ عذاب ތަކާއި، އެކަންކަމުގެ حقّ ވެރީންނަށް ބަރާބަރަށް އެކަންކަން ހުންނާނޭ ކަމީ ކަނޑައެޅިގެން ވާحقّ ވާހަކަ ތަކެކެވެ.

51:24

هَلۡ أَتَىٰكَ حَدِيثُ ضَيۡفِ إِبۡرَٰهِيمَ ٱلۡمُكۡرَمِينَ ﴿24﴾

Transliteration: Hal ataka hadeethu dayfi ibraheema almukrameena

Translation: އޭ (رسول الله އެވެ!) إبراهيم عَلَيْه السلام ގެ އަރިހަށް ވަޑައިގެންނެވި މާތްވެގެންވާ މެހުމާނުންގެ ވާހަކަ ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެތޯއެވެ. (ނުވަތަ އެ މެހުމާނުންގެ ވާހަކަ ހަމަކަށަވަރުން ކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެއެވެ. އެ މެހުމާނުންނަކީ މާތްވެގެންވާ ملائكة ބޭކަލުންގެ جماعة އެކެވެ. އެ جماعة އެކުލެވިގެންވަނީ جِبْريل - ميكائيل إسْرَافِيْل عَلَيْهم السلام މި ބޭކަލުންގެ މައްޗަށެވެ.) އެބޭކަލުން ވަޑައިގެންނެވީ ރީތި ފިރިހެނުންތަކެއްގެ ސިފައިގައެވެ.

51:25

إِذۡ دَخَلُواْ عَلَيۡهِ فَقَالُواْ سَلَٰمٗاۖ قَالَ سَلَٰمٞ قَوۡمٞ مُّنكَرُونَ ﴿25﴾

Transliteration: Ith dakhaloo AAalayhi faqaloo salaman qala salamun qawmun munkaroona

Translation: إبراهيم عَلَيْه السلام ގެ އަރިހަށް އެބޭކަލުން ވެދެވަޑައިގެންނެވި ހިނދުން، ދެން ކަންތައް ވީގޮތް ހަނދުމަފުޅު ކުރައްވާށެވެ. އެބޭކަލުން ވެދެވަޑައިގެންފައި، އެކަލޭގެފާނަށް سلام ކުރެއްވިއެވެ. އަދި އެކަލޭގެފާނުންވެސް سلام ވިދާޅުވިއެވެ. އަދި އަމިއްލަފުޅަށް ވިދާޅުވިއެވެ. "މިއީ ނުދަންނަ ބައެކެވެ." ނުވަތަ އެބޭކަލުންނާ مخاطب ކުރައްވައި ވިދާޅުވިއެވެ. "ތިޔަ ބޭކަލުންނަކީ އަދި ތިމަން ކަލޭގެފާނަށް މިހާތަނަށް އެގިވަޑައި ނުގަންނަވާ ބޭކަލުން ތަކެކެވެ."

51:26

فَرَاغَ إِلَىٰٓ أَهۡلِهِۦ فَجَآءَ بِعِجۡلٖ سَمِينٖ ﴿26﴾

Transliteration: Faragha ila ahlihi fajaa biAAijlin sameenin

Translation: ދެން އެކަލޭގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުން އަރިހަށް ވަޑައިގެން އެބޭކަލުން ފަރީއްކުޅުއްވުމަށް ޅަވަރެއްގެ ރޫފަ ރަނގަޅު ގެރިއެއް (ފިއްސަވައިގެން) ގެންނަވައިފިއެވެ.

51:27

فَقَرَّبَهُۥٓ إِلَيۡهِمۡ قَالَ أَلَا تَأۡكُلُونَ ﴿27﴾

Transliteration: Faqarrabahu ilayhim qala ala takuloona

Translation: އަދި އެ ގެރި ގެންނަވައި އެބޭކަލުންގެ އަރިހަށް އިސްކުރައްވައި، ފަރީއްކުޅުއްވުމަށް ވިދާޅުވިއެވެ. (ދެންފަހެ އެބޭކަލުން ފަރީއް ނުކުޅުއްވީމާ) ވިދާޅުވިއެވެ. "އަޅެ ފަހެ ތިޔަބޭކަލުން ފަރީއް ނުކުޅުއްވާނޭ ތޯއެވެ؟"

51:28

فَأَوۡجَسَ مِنۡهُمۡ خِيفَةٗۖ قَالُواْ لَا تَخَفۡۖ وَبَشَّرُوهُ بِغُلَٰمٍ عَلِيمٖ ﴿28﴾

Transliteration: Faawjasa minhum kheefatan qaloo la takhaf wabashsharoohu bighulamin AAaleemin

Translation: (ދެންފަހެ އެބޭކަލުން ފަރީއް ނުކުޅުއްވުމުން) އެކަލޭގެފާނަށް ބިރުފުޅުގެންވަޑައިގަތުމެއް إحساس ކުރެވިއްޖެއެވެ. (އެގޮތަކީ އާދަމުގެ ދަރީންގެ މެދުގައި އާދަވެފައި ވަނީ ތިމާ ތައްޔާރުކުރި ކާނާ ނުކެއި ބަޔަކީ ހެވަކާއިގެން އައި ބައެއް ނޫންކަމާއި، އަދި ކޮންމެވެސް ބޮނޑިއެއް ދޭން އައި ބައެއް ކަމަށެވެ. އެހެންވެ، ބިރުފުޅުގެންވަޑައިގެންނެވީ އެވެ. ނުވަތަ އެއީ ملائكة ބޭކަލުން ކަމުގައި ހީފުޅުވެގެން ބިރުފުޅުގެންވަޑައިގެންނެވީ އެވެ.) އަދި އެބޭކަލުން ވިދާޅުވިއެވެ. "ކަލޭގެފާނު ބިރުފުޅުގެންވަޑައި ނުގަންނަވާށެވެ." އަދި އެބޭކަލުން އެކަލޭގެފާނަށް علم ވެރި ދަރިކަލަކު ލިބިވަޑައިގެންފާނޭ ކަމުގެ އުފާވެރި خبر ދެއްވިއެވެ. އެހިނދު އެބޭކަލުންނީ ملائكة ބޭކަލުންކަން އެނގިވަޑައިގެންފިއެވެ.

51:29

فَأَقۡبَلَتِ ٱمۡرَأَتُهُۥ فِي صَرَّةٖ فَصَكَّتۡ وَجۡهَهَا وَقَالَتۡ عَجُوزٌ عَقِيمٞ ﴿29﴾

Transliteration: Faaqbalati imraatuhu fee sarratin fasakkat wajhaha waqalat AAajoozun AAaqeemun

Translation: އަދި އެކަލޭގެފާނުންގެ އަނބިކަނބަލުން (ގޭތެރޭގައި) ބަޔަކު މީހުންގެ جماعة އެއްގައި އިންނެވިއެވެ. ނުވަތަ ހަޅޭފުޅުލައްވައި އެކަމަނާގެ މޫނުފުޅުގައި އަތްތިލަފުޅުން ޖައްސަވާލައްވާފައި ވިދާޅުވިއެވެ. " (އަހުރެން ވިހާނީ ކިހިނަކުންތޯއެވެ؟) އަހުރެންނަކީ ދުވަސްވެ، މުސްކުޅިވެފައިވާ އަންހެނެކެވެ. عجوز އެކެވެ. އަދި އަހުރެންނަކީ ދަރީން ނުލިބޭ މީހެކެވެ."

51:30

قَالُواْ كَذَٰلِكِ قَالَ رَبُّكِۖ إِنَّهُۥ هُوَ ٱلۡحَكِيمُ ٱلۡعَلِيمُ ﴿30﴾

Transliteration: Qaloo kathaliki qala rabbuki innahu huwa alhakeemu alAAaleemu

Translation: އެބޭކަލުން ވިދާޅުވިއެވެ. "ކަމަނާގެ ربّ وحِى ކުރެއްވީ އެފަދައިންނެވެ. ހަމަކަށަވަރުން އެކަލާނގެއީ حكمة ވަންތަ، ދެނެވޮޑިގެންވާ ކަލާނގެއެވެ."\nދަންނައެވެ. تفسير علم ވެރީން ވިދާޅުވެފައި ވެއެވެ. އޭރު އެކަމަނާގެ عمر ފުޅުން ނުވަދިހަ-ނުވަ އަހަރު ވެއްޖެއެވެ. އަދި إبراهيم عَلَيْه السلام ސަތޭކަ އަހަރުފުޅެވެ. والله أعلم.

51:31

قَالَ فَمَا خَطۡبُكُمۡ أَيُّهَا ٱلۡمُرۡسَلُونَ ﴿31﴾

Transliteration: Qala fama khatbukum ayyuha almursaloona

Translation: (إبراهيم عَلَيْه السلام ملائكة ބޭކަލުންނަށް ވިދާޅުވިއެވެ.) "ތިޔަ ބޭކަލުން ވަޑައިގެންނެވުމުގެ مقصد އަކީ ކޮބައިތޯއެވެ؟"

51:32

قَالُوٓاْ إِنَّآ أُرۡسِلۡنَآ إِلَىٰ قَوۡمٖ مُّجۡرِمِينَ ﴿32﴾

Transliteration: Qaloo inna orsilna ila qawmin mujrimeena

Translation: އެބޭކަލުން ވިދާޅުވިއެވެ"ތިމަން ބޭކަލުން ފޮނުއްވިގެން މިވަނީ ނުބައިވެގެންވާ ކުށްވެރި قوم އަކަށެވެ. (އެއީ لوط قوم އެވެ.)

51:33

لِنُرۡسِلَ عَلَيۡهِمۡ حِجَارَةٗ مِّن طِينٖ ﴿33﴾

Transliteration: Linursila AAalayhim hijaratan min teenin

Translation: "އެއީ އެބައިމީހުންގެ މައްޗަށް އަލިފާނުން ކެކި ރަތްވެފައިވާ ހިލައިގެ عذاب ދެއްވުމަށެވެ.

51:34

مُّسَوَّمَةً عِندَ رَبِّكَ لِلۡمُسۡرِفِينَ ﴿34﴾

Transliteration: Musawwamatan AAinda rabbika lilmusrifeena

Translation: އެ ހިލަ ވަނީ ކަލޭގެފާނުންގެ ربّ ގެ حضرة ގައި ފާހަގަލެވިގެންނެވެ. އެބަހީ ކޮންމެ ހިލައެއްވެސް، އެ ހިލައަކުން ޖެހޭންވީ މީހާގެ ނަން ލިޔެވި، ފާހަގަލެވިގެންނެވެ. އެއީ ފާފަކުރުމާއި، فاحش ކަމުގައި ހައްދު ފަހަނަޅާ މީސްތަކުންނަށް ތައްޔާރުކުރެވިގެންވާ އެއްޗެކެވެ.

51:35

فَأَخۡرَجۡنَا مَن كَانَ فِيهَا مِنَ ٱلۡمُؤۡمِنِينَ ﴿35﴾

Transliteration: Faakhrajna man kana feeha mina almumineena

Translation: އަދި އެރަށުގައިވާ އެންމެހާ مؤمن ން ތިމަން ބޭކަލުން ނެރުއްވާ ހުށީމެވެ.

51:36

فَمَا وَجَدۡنَا فِيهَا غَيۡرَ بَيۡتٖ مِّنَ ٱلۡمُسۡلِمِينَ ﴿36﴾

Transliteration: Fama wajadna feeha ghayra baytin mina almuslimeena

Translation: އަދި ކިޔަމަންތެރި ވެގެންވާ مؤمن ން އެރަށުގެ އެންމެ ގެއަކުން މެނުވީ ތިމަން ބޭކަލުންނަކަށް ނުފެނުނެވެ." (އެއީ لوط عَلَيْه السلام ގެ ގެއެވެ.).

51:37

وَتَرَكۡنَا فِيهَآ ءَايَةٗ لِّلَّذِينَ يَخَافُونَ ٱلۡعَذَابَ ٱلۡأَلِيمَ ﴿37﴾

Transliteration: Watarakna feeha ayatan lillatheena yakhafoona alAAathaba alaleema

Translation: "އަދި ވޭންދެނިވި عذاب އަށް ބިރުވެތިވާ ބަޔަކަށް (عبرة އެއްގެ ގޮތުން) އެރަށުގައި ތިމަން ރަސްކަލާނގެ علامة އެއް ދޫކުރައްވާފައި ވާނެއެވެ. އެއިން އެމީހުންނަށް ލިބުނު عذاب ގެ މައްޗަށް دليل ކުރާނެއެވެ." (އެ علامة ކަމުގައި ބައެއް مفسّر ން ލިޔުއްވާފައި ވަނީ: އެމީހުންނަށް އުކެވުނު ހިލަތައް އެތާ ވާ ކަމެވެ. ނުވަތަ އެރަށް ބަންޑުން ޖައްސަވައި، އެތަން ކަނޑަކަށް ހައްދަވައި އެތާނގެ ފެނުގެ ލޮނު ރަހަ ގަދަވެ، ނުބައިވަސް ދުވާ، އަދިއަދަށް ދާނދެންވެސް އެތާ ދިރޭ އެއްޗެއް ނޫޅޭކަމަށް ވެއެވެ. بحر الميّت ގެ ނަމުން އެތަނަށް ނަން ދެވިފައި ވެއެވެ. މިކަންކަން ވެއެވެ. والله أعلم بالصّواب)

51:38

وَفِي مُوسَىٰٓ إِذۡ أَرۡسَلۡنَٰهُ إِلَىٰ فِرۡعَوۡنَ بِسُلۡطَٰنٖ مُّبِينٖ ﴿38﴾

Transliteration: Wafee moosa ith arsalnahu ila firAAawna bisultanin mubeenin

Translation: އަދި موسى عَلَيْه السلام ގެ ވާހަކައިގައިވެސް ތިމަން ރަސްކަލާނގެ دليل އެއް ދޫކުރައްވާފައި ވާނެއެވެ. އެއީ ބަޔާންވެ ފައުޅުވެގެންވާ معجزة އަކާއިގެން فرعون ގެ ގާތަށް ތިމަން ރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވި ހިނދުގައެވެ.

51:39

فَتَوَلَّىٰ بِرُكۡنِهِۦ وَقَالَ سَٰحِرٌ أَوۡ مَجۡنُونٞ ﴿39﴾

Transliteration: Fatawalla biruknihi waqala sahirun aw majnoonun

Translation: (ފަހެ موسى عَليه السلام) އޭނާއަށް دين އަށް ގޮވާލެއްވުމުން) އޭނާ އޭނާގެ ސިފައިންނާއިގެން އެނބުރި ފުރަގަސްދީފިއެވެ. (އޭނާ إيمان އެއް ނުވިއެވެ.) އަދި އޭނާ ބުނީ موسى (عَليه السلام) އަކީ سحر ވެރިއެކެވެ. ނުވަތަ ދުނިޔޭންމޮޔަވެފައިވާ މީހެކެވެ. مجنون އެކެވެ.

51:40

فَأَخَذۡنَٰهُ وَجُنُودَهُۥ فَنَبَذۡنَٰهُمۡ فِي ٱلۡيَمِّ وَهُوَ مُلِيمٞ ﴿40﴾

Transliteration: Faakhathnahu wajunoodahu fanabathnahum fee alyammi wahuwa muleemun

Translation: ދެންފަހެ ތިމަން ރަސްކަލާނގެ އޭނާޔާއި، އޭނާގެ ސިފައިންތައް ކަނޑަށް އުކައިލެއްވީމެވެ. އެމީހުންނާއި އެންމެ އެކަށީގެންވާ މުނާސަބު ގޮތަކީ އެއީއެވެ. (އެއީ އެމީހުން ނުކިޔަމަންތެރި ކަމާއި، ކާފަރުކަމާއި، ބޮޑާކަމުގައި ހައްދުފަހަނަޅައިގެން ދިއުމުގެ ނަތީޖާއެވެ. އަދި فِرْعونُ އަކީ ކަލާނގެ ކަމަށް دعوى ކުރި މީހެކެވެ. އަދި الله އަށް كافر ވީ މީހެކެވެ. އަދި އުރެދުމާއި، ނުކިޔަމަންތެރިކަމުގައި ހައްދުފަހަނަޅައިގަތް މީހެކެވެ. އެހެންވެ، އޭނާޔާ މުނާސަބު، އަދި އެންމެ لائق ވެގެންވާ ގޮތަކި އޭނާޔާއި، އޭނާގެ ސިފައިން ކަނޑުގައި غرق ކުރެއްވުން ކަމުގައި އަންގަވައި، وحِى ކުރެއްވީއެވެ. މިހާރު ދެން އޭނާޔަކީ ربّ ނޫންކަން އެންމެންނަށް އެނގެން ވާނެއެވެ.)

51:41

وَفِي عَادٍ إِذۡ أَرۡسَلۡنَا عَلَيۡهِمُ ٱلرِّيحَ ٱلۡعَقِيمَ ﴿41﴾

Transliteration: Wafee AAadin ith arsalna AAalayhimu alrreeha alAAaqeema

Translation: އަދި عاد ބާގައިގެ މީހުންގެ ވާހަކައިގައިވެސް (ތިމަން ރަސްކަލާނގެ دليل އެއް ލައްވާފައި ވާނެއެވެ.) އެއީ އެބައިމީހުންގެ މައްޗަށް އެއްވެސް ހެޔޮކަމެއް، އަދި بركاة އެއް ނެތް ގަދަ ވަޔެއް ތިމަން ރަސްކަލާނގެ ފޮނުއްވި ހިނދުންނެވެ. (އެ ވައިގައި ވާރޭފެންފޮދެއްވެސް ނުވެއެވެ. އަދި ގަހެއް تلقيح ކޮއްދިނުމެއްވެސް ނުވެއެވެ.)

51:42

مَا تَذَرُ مِن شَيۡءٍ أَتَتۡ عَلَيۡهِ إِلَّا جَعَلَتۡهُ كَٱلرَّمِيمِ ﴿42﴾

Transliteration: Ma tatharu min shayin atat AAalayhi illa jaAAalathu kaalrrameemi

Translation: އެވައި ޖެހުނު ކޮންމެ އެއްޗެއް ފީވެ، އަޅިޔަށް ވެފައިވާ ކަށި ފަދައިން ކުދިކުދިވެ، ވަޔަށް ބުރައިގެންދާ ފަދައިން ހަދައިލައިފައި ނޫނީ ނުދޫކުރެއެވެ. (މީސްތަކުންގެ ހަށިތަކާއި، ސޫފިތަކާއި، އެންމެހައި މުދާތަކާއި، އަދި އެންމެހާ ތަކެތި ފީވެ، ކުދިކުދިވެގެން ދިޔައީއެވެ.)

51:43

وَفِي ثَمُودَ إِذۡ قِيلَ لَهُمۡ تَمَتَّعُواْ حَتَّىٰ حِينٖ ﴿43﴾

Transliteration: Wafee thamooda ith qeela lahum tamattaAAoo hatta heenin

Translation: އަދި ثمود ބާގައިގެ މީހުންގެ ވާހަކައިގައިވެސް ތިމަން ރަސްކަލާނގެ ބަޔާންވެގެންވާ حُجّة އެއް ދޫކުރައްވާފައި ވާނެއެވެ. ކަނޑައެޅިގެންވާ مدة އަށް ކަލޭމެންގެ ގެތަކުގައި އަރާމުކުރާށޭ އެބައިމީހުންނަށް އެންގެވި ހިނދު ކަންވީގޮތް ބަލާށެވެ.

51:44

فَعَتَوۡاْ عَنۡ أَمۡرِ رَبِّهِمۡ فَأَخَذَتۡهُمُ ٱلصَّـٰعِقَةُ وَهُمۡ يَنظُرُونَ ﴿44﴾

Transliteration: FaAAataw AAan amri rabbihim faakhathathumu alssaAAiqatu wahum yanthuroona

Translation: އެމީހުން އެމީހުން ހައްދަވާ ބޮޑުކުރެއްވި ربّ އަށް އުރެދި ނުކިޔަމަންތެރިވެ ބޮޑާވެގެންފިއެވެ. ފަހެ އެމީހުންނަށް ގަދަވެގެންވާ عذاب އައިސް ޖެހުނީއެވެ. އެމީހުން ބަލަބަލާ ތިއްބައި އެމީހުން ހަލާކުވެގެން ދިޔައީއެވެ.

51:45

فَمَا ٱسۡتَطَٰعُواْ مِن قِيَامٖ وَمَا كَانُواْ مُنتَصِرِينَ ﴿45﴾

Transliteration: Fama istataAAoo min qiyamin wama kanoo muntasireena

Translation: އަދި އެމީހުން ތިބި ތަނުން ތެދުވުމަކަށްވެސް އެމީހުންނަށް ކުޅަދާނަވެގެން ނުވިއެވެ. އަދި އެމީހުންނަކީ نصر ލިބުނު ބަޔަކު ކަމުގައިވެސް ނުވިއެވެ.

51:46

وَقَوۡمَ نُوحٖ مِّن قَبۡلُۖ إِنَّهُمۡ كَانُواْ قَوۡمٗا فَٰسِقِينَ ﴿46﴾

Transliteration: Waqawma noohin min qablu innahum kanoo qawman fasiqeena

Translation: އަދި އޭގެ ކުރީން نوح عَليه السلام ގެ قوم ހަލާކު ކުރެއްވީމެވެ. އަދި އެ ވާހަކައިގައިވެސް الله އަށް ބިރުވެތިވާ ބަޔަކަށް عبرة އަކަށް ވާވަރުގެ ދަލީލު ލައްވާފައި ވާނެއެވެ. އަދި ހަމަކަށަވަރުން އެމީހުން ވީ فاسق ވެގެންވާ ބަޔަކު ކަމުގައެވެ. އެބަހީ ސީދާވެގެންވާ حقّ މަގުން ނުކުމެގެންވާ ބަޔަކު ކަމުގައެވެ.

51:47

وَٱلسَّمَآءَ بَنَيۡنَٰهَا بِأَيۡيْدٖ وَإِنَّا لَمُوسِعُونَ ﴿47﴾

Transliteration: Waalssamaa banaynaha biaydin wainna lamoosiAAoona

Translation: ތިމަން ރަސްކަލާނގެ އުޑު ހެއްދެވީ ތިމަން ރަސްކަލާނގެ قدرة ވަންތަކަމުންނެވެ. ކުޅަދުންވަންތަކަމުންނެވެ. އަދި ހެއްދެވުމުގައި ތަނަވަސް ކުރައްވާ ކަލަކު ކަމުގައި ތިމަން ރަސްކަލާނގެ ވޮޑިގެން ވެއެވެ. އެކަމަށް ނުކުޅެދި ވޮޑިގެން ނުވެއެވެ.

51:48

وَٱلۡأَرۡضَ فَرَشۡنَٰهَا فَنِعۡمَ ٱلۡمَٰهِدُونَ ﴿48﴾

Transliteration: Waalarda farashnaha faniAAma almahidoona

Translation: އަދި ތިމަން ރަސްކަލާނގެ ބިންގަނޑު ފެތުރުއްވީމެވެ. އަދި އެހާ ފުރިހަމަކޮށް އެހާ މޮޅުކޮށް ހެއްދެވީ ހަމަ ތިމަން ރަސްކަލާނގެއެވެ.

51:49

وَمِن كُلِّ شَيۡءٍ خَلَقۡنَا زَوۡجَيۡنِ لَعَلَّكُمۡ تَذَكَّرُونَ ﴿49﴾

Transliteration: Wamin kulli shayin khalaqna zawjayni laAAallakum tathakkaroona

Translation: އަދި ތިމަން ރަސްކަލާނގެ ކޮންމެ ބާވަތެއްގެ އެއްޗެއްވެސް ހެއްދެވީ ޖޯޑުޖޯޑަށެވެ. އަންހެން ފިރިހެން ކޮށެވެ. ކޮންމެ ބާވަތެއްވެސް ހުރީ އެހެންނެވެ. ޖޯޑު ހަމަކޮށެވެ. އެގޮތަށް އެތަކެތި ހައްދަވާފައި ވަނީ ތިޔަބައިމީހުން نصيحة ލިބިގަނޭތޯއެވެ. وعظ ލިބިގަނޭތޯއެވެ. އެތަކެތި ހެއްދެވި ފަރާތުގެ ކުޅަދުންވަންތަ ކަމާއި، އެއްކައުވަންތަކަން ދެނެގަނެ އެފަރާތަށް ކުރިމަތިލުމަށެވެ. އެފަރާތް ދެނެގަތުމަށެވެ. އެފަރާތުގެ އަމުރުތަކަށް ކިޔަމަން ވުމަށެވެ.

51:50

فَفِرُّوٓاْ إِلَى ٱللَّهِۖ إِنِّي لَكُم مِّنۡهُ نَذِيرٞ مُّبِينٞ ﴿50﴾

Transliteration: Fafirroo ila Allahi innee lakum minhu natheerun mubeenun

Translation: (އޭ رسول الله އެވެ! ކަލޭގެފާނު ވިދާޅުވާށެވެ.) ކަލޭމެން ސަލާމަތްވުމަށް الله އަށް ފިލާން ދާށެވެ. އެބަހީ އެކަލާނގެ އަށް ކާފަރުކަމާއި، އުރެދުންތައް ދޫކޮށް އެކަލާނގެ حضرة އަށް رجوع ވާށެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނީ އެކަލާނގެ حضرة ން ކަލޭމެން ކައިރިއަށް އައިސް ހުރި منذر އެކެވެ. އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންނުވާ މީހުންނަށް އެކަލާނގެ ކޯފާއާއި، ނަރަކައިގެ عذاب ހުރިކަމުގެ إنذار ކުރުމަށް އައި މީހަކީމެވެ.

51:51

وَلَا تَجۡعَلُواْ مَعَ ٱللَّهِ إِلَٰهًا ءَاخَرَۖ إِنِّي لَكُم مِّنۡهُ نَذِيرٞ مُّبِينٞ ﴿51﴾

Transliteration: Wala tajAAaloo maAAa Allahi ilahan akhara innee lakum minhu natheerun mubeenun

Translation: އަދި ކަލޭމެން الله އާއެކު އެހެން إلٰه އެއް إختيار ނުކުރާށެވެ. އެކަލާނގެއަށް شريك ނުކުރާށެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނީ ކަލޭމެންގެ ގާތަށް އައިސް ހުރި نذير އަކީމެވެ. އެބަހީ ކަލޭމެން الله އާއެކު އެހެން ފަރާތެއް ބައިވެރިކޮށް شريك ކޮށްފިނަމަ އެކަމާމެދު ހުރި عذاب އާއި، އެކަލާނގެ ކޯފާގެ ވާހަކައިން ބިރުގެންނެވުމަށް އައިސްހުރި މީހަކީމެވެ. بيان ވެގެންވާ دليل އާއި، حُجّة އާއިގެންނެވެ.

51:52

كَذَٰلِكَ مَآ أَتَى ٱلَّذِينَ مِن قَبۡلِهِم مِّن رَّسُولٍ إِلَّا قَالُواْ سَاحِرٌ أَوۡ مَجۡنُونٌ ﴿52﴾

Transliteration: Kathalika ma ata allatheena min qablihim min rasoolin illa qaloo sahirun aw majnoonun

Translation: ކަންތައް މިހުރީ ހަމަ އެފަދައިންނެވެ. އެބަހީ މިބައިމީހުންގެ ތެރޭގައިވެސް ކަންތައް މިހުރީ މީގެ ކުރީގެ قوم ތަކުގައިވެސް ކަންތައް ހުރި ގޮތަށެވެ. އެހެނީ މި މީހުންގެ ކުރީގެ ކޮންމެ قوم އަކަށް رسول ބޭކަލުން ވަޑައިގަތީމާވެސް އެ قوم އެއްގެ ބަޔަކު އެ رسول ބޭކަލަކު ދޮގުކޮށް އެ ބޭކަލަކީ سحر ވެރިޔެކޭ ނުވަތަ މޮޔަވެފައިވާ މީހެކޭ ބުނެއެވެ. އެފަދައިން ކަންތައް ނުކުރާ އެއްވެސް قوم އެއް ނާދެއެވެ.

51:53

أَتَوَاصَوۡاْ بِهِۦۚ بَلۡ هُمۡ قَوۡمٞ طَاغُونَ ﴿53﴾

Transliteration: Atawasaw bihi bal hum qawmun taghoona

Translation: އަޅެ ފަހެ އެބައިމީހުން އެތިބީ އެގޮތަށް ހަދަން އެއްބަޔަކު އަނެއް ބަޔަކަށް وصيّة ކޮށްގެން ހެއްޔެވެ؟ (އެބަހީ އެންމެ ފުރަތަމަ نوح ގެފާނުންގެ قوم ން ފެށިގެން محمد ގެފާނާ ދެމެދު ވޭތިވެގެން ދިޔަ ހުރިހާ قوم އެއް އެވަނީ رسول ބޭކަލަކު ވަޑައިގެންފިއްޔާ އެ ބޭކަލަކު ދޮގުކޮށް، އެއީ سحر ވެރިޔެކޭ ނުވަތަ މޮޔައެކޭ ނުވަތަ ދެންވެސް އެ ބަޔަކަށް ފެނުނު އެއްޗެއް ކިޔައި އެ ބޭކަލަކު ދޮގުކޮށް އެ ބޭކަލަކަށް إيمان ނުވުމަށް އެއްބަޔަކު އަނެއް ބަޔަކަށް وصيّة ކޮށްގެން އެގޮތަށް ނިންމައިގެން ހެއްޔެވެ؟) އެހެންނަކުން ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެމީހުންނަކީ ހަމަ ކާފަރުކަމާއި، ނުކިޔަމަންތެރިކަމުގައި ހައްދުފަހަނަޅާފައި ތިބި ބަޔެކެވެ.

51:54

فَتَوَلَّ عَنۡهُمۡ فَمَآ أَنتَ بِمَلُومٖ ﴿54﴾

Transliteration: Fatawalla AAanhum fama anta bimaloomin

Translation: (އޭ رسول الله އެވެ!) ކަލޭގެފާނުން އެމީހުންނާ ދުރަށް އެނބުރިވަޑައިގަންނަވާށެވެ! ކަލޭގެފާނަކީ އެއްގޮތަކަށްވެސް އޭގެ މަލާމާތް ލިބިވަޑައިގަންނަވާނޭ ބޭކަލެއް ނޫނެވެ. އެމީހުން إيمان ނުވިޔަސް އޭގެ އެއްވެސް ހުތުރެއް ﷲ ގެ حضرة ގައި ކަލޭގެފާނަކަށް ނެތެވެ.

51:55

وَذَكِّرۡ فَإِنَّ ٱلذِّكۡرَىٰ تَنفَعُ ٱلۡمُؤۡمِنِينَ ﴿55﴾

Transliteration: Wathakkir fainna alththikra tanfaAAu almumineena

Translation: ނަސޭހަތް ދެއްވާ، ހަނދާންކޮށްދެއްވާ وعظ ދެއްވާ ހައްދަވާށެވެ. ފަހެ ހަނދާންކޮށް، وعظ نصيحة ދީ ހެދުމަކީ مؤمن ންނަށް منفع ކުރާނޭ ކަމެކެވެ.

51:56

وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِيَعۡبُدُونِ ﴿56﴾

Transliteration: Wama khalaqtu aljinna waalinsa illa liyaAAbudooni

Translation: އަދި ތިމަން ރަސްކަލާނގެ ޖިންނީންނާއި އިންސާނުން ހެއްދެވީ އެމީހުން ތިމަން ރަސްކަލާނގެއަށް އެކަނި އަޅުކަން ކުރުމަށެވެ. (އެހެންވެ އަޅުކަމުގެ ވައްތަރުތަކުގެ ތެރެއިން އެއްވެސް ވައްތަރެއްގެ އަޅުކަމެއް الله ނޫން ފަރާތަކަށް ކޮށްފި މީހާއީ ކަނޑައެޅިގެން مشرك އެކެވެ.)

51:57

مَآ أُرِيدُ مِنۡهُم مِّن رِّزۡقٖ وَمَآ أُرِيدُ أَن يُطۡعِمُونِ ﴿57﴾

Transliteration: Ma oreedu minhum min rizqin wama oreedu an yutAAimooni

Translation: އެބައިމީހުންގެ ކިބައިން އެއްވެސް رزق އަކަށް - އެއްވެސް منفع އަކަށް - ތިމަން ރަސްކަލާނގެ ނޭދެމެވެ. އަދި ތިމަން ރަސްކަލާނގެއަށް ކާންދޭކަށްވެސް އެމީހުންގެ ކިބައިން ތިމަން ރަސްކަލާނގެ ނޭދެމެވެ. (މިއާޔަތުގެ އެއް މުރާދަކީ ދުނިޔޭގައި އަޅުން ގެންގުޅޭ ސާހިބުން އެމީހުންގެ އަޅުންގެ ކިބައިން منفع ތައް އެދޭ ފަދައިން ތިމަން ރަސްކަލާނގެ އެމީހުންގެ ކިބައިން އެއްވެސް منفع އަކަށް ނޭދެމެވެ. މިއެވެ.)

51:58

إِنَّ ٱللَّهَ هُوَ ٱلرَّزَّاقُ ذُو ٱلۡقُوَّةِ ٱلۡمَتِينُ ﴿58﴾

Transliteration: Inna Allaha huwa alrrazzaqu thoo alquwwati almateenu

Translation: ހަމަކަށަވަރުން الله އީ ގިނަގިނައިން ރިޒުގުދެއްވާ ގަދަފަދަވަންތަ އަދި ބާރުގެ ވެރި ކަލާނގެއެވެ. (އެއްވެސް ކަމަކަށް ނުކުޅެދިވޮޑިގެން ނުވެއެވެ.)

51:59

فَإِنَّ لِلَّذِينَ ظَلَمُواْ ذَنُوبٗا مِّثۡلَ ذَنُوبِ أَصۡحَٰبِهِمۡ فَلَا يَسۡتَعۡجِلُونِ ﴿59﴾

Transliteration: Fainna lillatheena thalamoo thanooban mithla thanoobi ashabihim fala yastaAAjiloona

Translation: ފަހެ އަނިޔާވެރިވީ މީސްތަކުންނަށް عذاب އާއި عقوبات ގެ ގޮތުން އިސްވެދިޔަ އެބާވަތުގެ މީހުންނަށް ހުރިވަރު عذاب އާއި عقوبات ހުއްޓެވެ. އެމީހުންނަށް އޮތް ބާލިދީއަކަށް މިމީހުންނަށްވެސް ހަމަ ބާލިދީއެއް ވެއެވެ. (އިސްވެދިޔަ ކާފަރުންނަށް ހުރި ވަރުގެ ބައެއް މި މީހުންނަށްވެސް ހަމަ ހުންނަ ހުއްޓެވެ.) އެމީހުން ފަހެ އެ عذاب އައުމަށް ތިމަން ރަސްކަލާނގެ حضرة ގައި އަވަސްވެ ނުގަންނަހުރިކަމެވެ. އޭގެ ވަގުތުގައި އެ عذاب އަންނާނެއެވެ. އިސްފަސް ނުވާނެއެވެ.

51:60

فَوَيۡلٞ لِّلَّذِينَ كَفَرُواْ مِن يَوۡمِهِمُ ٱلَّذِي يُوعَدُونَ ﴿60﴾

Transliteration: Fawaylun lillatheena kafaroo min yawmihimu allathee yooAAadoona

Translation: ފަހެ ކާފަރުވީ މީސްތަކުންނަށް އެމީހުންގެ ދުވަހުން، (قيامة ދުވަހުން) އެމީހުންނަށް وعد ވެވިގެންވާ وَيْلُ ހުންނަ ހުއްޓެވެ. ނަރަކައިގެ عذاب ހުންނަ ހުއްޓެވެ. ދަންނައެވެ. وَيْلُ އަކީ ނަރަކައިގެ ހޫނުކަން ގަދަވެގެންވާ ވާދީއެއް ކަމަށް ރިވާވެގެން ވެއެވެ. އެތާ ވަނީ ނަރަކަވަންތަ ވެރީން ގައިން ފައިބާ ދޮހާއި، ލެޔާއި، ފާދިޔަޔާއި، އަދިވެސް.......

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download