quranm◉

Surah Az-Zalzalah transliteration

◉ ސޫރަ · ∞

99:1

إِذَا زُلۡزِلَتِ ٱلۡأَرۡضُ زِلۡزَالَهَا ﴿1﴾

Transliteration: Itha zulzilati alardu zilzalaha

Translation: ބިންގަނޑު އޭގެ ތެޅިގަތުމުން ތެޅިގަނެ ބިންހެލުން އަތުވެއްޖެއްޔާއި (އެއީ ޤިޔާމަތްވުމަށްޓަކައި ފުރަތަމަ ތާޅަފިލީގެ އަޑަށް އަންނަ ޒަލްޒަލާއެވެ. ބިންހެލުމެވެ.)

99:2

وَأَخۡرَجَتِ ٱلۡأَرۡضُ أَثۡقَالَهَا ﴿2﴾

Transliteration: Waakhrajati alardu athqalaha

Translation: އަދި ބިންގަނޑު އޭގެ ބަނޑުގައި ވާހާތަކެތި (ބިމުގެ އެތެރޭގައިވާހާތަކެތި) ނެރެލައިފިއްޔާ (އެއީ ދެވަނަ ތާޅަފިލީގެ އަޑަށް މީސްތަކުން ކަށްވަޅުތަކުން ނުކުތުމަށެވެ.) ބިމުގައި މަރުވެ ވަޅުލެވިފައިވީ އެންމެންވެސް ދެވަނަފަހަރަށް ދިރިގެން ނިކުންނާނެއެވެ.

99:3

وَقَالَ ٱلۡإِنسَٰنُ مَا لَهَا ﴿3﴾

Transliteration: Waqala alinsanu ma laha

Translation: (ދެންފަހެ ބިންގަނޑު އެވަރަށް ތެޅިގަނެ ޙަރަކާތްވުމުން) އިންސާނާ ބުނާނެއެވެ. އެބިމަށް އެވަނީ ކިހިނެއްބާވައެވެ؟

99:4

يَوۡمَئِذٖ تُحَدِّثُ أَخۡبَارَهَا ﴿4﴾

Transliteration: Yawmaithin tuhaddithu akhbaraha

Translation: އެދުވަހުން- (ޤިޔާމަތްދުވަހުން-) އެބިން އެބިމުގެ ހުރިހާ ޚަބަރެއްގެ ވާހަކަ ކިޔާނެއެވެ. (ބިމުގައި ކުރި އެނމެހައި ހެޔޮކަމެއްގެ ވާހަކަ ކިޔައިދޭނެއެވެ. އަދި އެންމެހައި ނުބައި ކަމެއްގެ ވާހަކަވެސް ކިޔައިދޭނެއެވެ.

99:5

بِأَنَّ رَبَّكَ أَوۡحَىٰ لَهَا ﴿5﴾

Transliteration: Bianna rabbaka awha laha

Translation: އެއީ ހަމަކަށަވަރުން ކަލޭގެފާނުންގެ رب އެބިމަށް وحي ކުރަށްވައި އިޒުނަ ދެއްވީމައެވެ. އެދުވަހުން އެސޮރު އެހުރިހާ ވާހަކަ ބަޔާންކުރާނެއެވެ.

99:6

يَوۡمَئِذٖ يَصۡدُرُ ٱلنَّاسُ أَشۡتَاتٗا لِّيُرَوۡاْ أَعۡمَٰلَهُمۡ ﴿6﴾

Transliteration: Yawmaithin yasduru alnnasu ashtatan liyuraw aAAmalahum

Translation: މީސްތަކުން އެދުވަހުން (ޤަބުރުތަކުން) ބައިބައަށް ވަކިވަކިންނުކުންނާނެއެވެ. އެއީ އެމީހުން ދުނިޔޭގައި ކޮށްފައިވާހާ ޢަމަލު ދުށުމަށްޓަކައެވެ. (الله އެމީހުންނަށް އެތަކެތި ދައްކަވާނެއެވެ.)

99:7

فَمَن يَعۡمَلۡ مِثۡقَالَ ذَرَّةٍ خَيۡرٗا يَرَهُۥ ﴿7﴾

Transliteration: Faman yaAAmal mithqala tharratin khayran yarahu

Translation: ފަހެ ހެޔޮކަމުގެތެރެއިން ޛައްރެއްގެ މިންވަރުގެ ކުޑަ ޢަމަލެއްކޮށްފަވާ މީހަކުވެސް އެ ހެޔޮކަންދެކޭނެއެވެ. އޭގެ ޘަވާބު ލިބޭނެއެވެ.

99:8

وَمَن يَعۡمَلۡ مِثۡقَالَ ذَرَّةٖ شَرّٗا يَرَهُۥ ﴿8﴾

Transliteration: Waman yaAAmal mithqala tharratin sharran yarahu

Translation: އަދި ނުބައިކަމުގެ ތެރެއިން ޛައްރެއްގެ މިންވަރުގެ ކުޑަ ޢަމަލެއްކޮށްފަވާ މީހަކުވެސް އެކަން ދެކޭނެއެވެ. (އެއަށް އޭނާ މަސްއޫލު ވާންޖެހޭނެއެވެ.)

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download