quranm◉

Surah Al-Kawthar transliteration

◉ ސޫރަ · ∞

108:1

إِنَّآ أَعۡطَيۡنَٰكَ ٱلۡكَوۡثَرَ ﴿1﴾

Transliteration: Inna aAAtaynaka alkawthara

Translation: (އޭ رَسُولُ الله އެވެ!) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް كَوْثَرُ އެވެކިއުނު އާރު ދެއްވީމެވެ. (كَوْثَرُ އަކީ ސުވަރުގޭގައިވާ އާރެކެވެ. އެއީ رَسُولُ الله ﷺ އަށާއި އެކަލޭގެފާނުންގެ އުއްމަތަށް الله ދެއްވާފައިވާ خَاصَّ كَرَامَة އެކެވެ. މާތްކަމެކެވެ. އެއާރުން ބޯންގެންގުޅޭނެ ތަށިތައް އުޑުގެ ތަރިހާގިނަވާނެއެވެ. އެއާރުން ބޯނީ އީމާންތެރިމާތްމީހުންނެވެ. بِدْعَة ވެރިންނަށް އެއާރުން ނުބޮވޭނެއެވެ. އެމީހުން އެތަނުން ދުރުކުރެވޭނެއެވެ.)

108:2

فَصَلِّ لِرَبِّكَ وَٱنۡحَرۡ ﴿2﴾

Transliteration: Fasalli lirabbika wainhar

Translation: ފަހެ ކަލޭގެފާނުންގެ رب އަށް ކަލޭގެފާނުން ނަމާދުފުޅު ކުރަށްވާށެވެ. އަދި قُرْبَان ކުރައްވާށެވެ.

108:3

إِنَّ شَانِئَكَ هُوَ ٱلۡأَبۡتَرُ ﴿3﴾

Transliteration: Inna shaniaka huwa alabtaru

Translation: ހަމަކަށަވަރުން ކަލޭގެފާނު ރުޅިއަރުވާމީހާއީ ދުނިޔެއާއި آخِرَةُ ގެ އެންމެހައި ހެވަކުން ކެނޑިގެންވާ މީހެކެވެ. (ނުވަތަ ދަރިންގެ އެހީ ނެތްމީހަކީ އެއީއެވެ.)

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download