quranm◉

Surah Al-Falaq transliteration

◉ ސޫރަ · ∞

113:1

قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ ﴿1﴾

Transliteration: Qul aAAoothu birabbi alfalaqi

Translation: (އޭ رَسُول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރި رَبُّ ގެ ޙަޟްރަތުން ތިމަންކަލޭގެފާނު ސަލާމަތާއި ޙިމާޔަތާއި ރައްކާތެރިކަން ލިބިގަންނަމެވެ.

113:2

مِن شَرِّ مَا خَلَقَ ﴿2﴾

Transliteration: Min sharri ma khalaqa

Translation: އެއީ އެކަލާނގެ ހެއްދެވި ތަކެތީގެ ނުބައިކަމުންނެވެ. (އެބަހީ ނުބައި ކަމެއް އެއެއްޗެއްގައިވާ ކޮންމެ އެއްޗަކުންނެވެ.)

113:3

وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿3﴾

Transliteration: Wamin sharri ghasiqin itha waqaba

Translation: އަދި (ރޭގަނޑުގެ) އަނދިރިކަން އައިސް އަނދިރިކަން ފެތުރިގަނެއްޖެއްޔާ އެއަނދިރިކަމުންވެސް ރައްކާތެރިވެ ސަލާމަތްވުމަށް ފަތިހުގެ ވެރި رَبُّ ޙަޟްރަތުން އެދެމެވެ.

113:4

وَمِن شَرِّ ٱلنَّفَّـٰثَٰتِ فِي ٱلۡعُقَدِ ﴿4﴾

Transliteration: Wamin sharri alnnaffathati fee alAAuqadi

Translation: އަދި سِحْر ހަދާފައި ގޮށްޖަހައި އެގޮށަށް ފުމޭ އަންހެނުންގެ ނުބައި ކަމުންވެސް ޙިމާޔަތް ލިބިގަންނަނީ ފަތިހުގެ ވެރި رَبُّ ގެ ޙަޟްރަތުންނެވެ.\nދަންނައެވެ. سِحْر ހެދުމުގައި އަންހެނުންނަކީ ބޮޑުބައެއް ކުޅޭ ބައެއް ކަމުގައި ވީތީ އަންހެނުންގެ ނަން އައިސްފައިވަނީ ކަމުގައި ފެނެއެވެ. والله أعلم.

113:5

وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿5﴾

Transliteration: Wamin sharri hasidin itha hasada

Translation: އަދި حَسَد ވެރިން ލާ حَسَد ގެ ނުބައިކަމުންވެސް ސަލާމަތް ކޮށްދެއްވައި ރައްކާތެރިކަމަށްވެސް ފަތިހުގެ ވެރި رَبُّ ގެ ޙިމާޔަތާއި ސަލާމަތް ލިބިގަންނަމެވެ.\nމިހުރިހައި ނުބަޔަކުން ސަލާމަތްވެ ރައްކާތެރި ވުމަށް ފަތިހުގެވެރި رَبُّ ގެ ޙިމާޔަތާއި ސަލާމަތަކަން ލިބިގަންނަމެވެ.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download