69:1ٱلۡحَآقَّةُ ﴿1﴾ٱلۡحَآقَّةُ
Transliteration: Alhaqqatu
Translation: الْحَاقَّةُ މި لَفْظُ ގެމާނަ އަކީ قِيَامَة ދުވަހެވެ. قِيَامَة ދުވަހަށް ގިނަމާނަވެއެވެ. އެއީ އެދުވަހުގެ އެކިއެކި وَاقِعَة ތަކާއި ގުޅިގެން ކިއިފައިވާ މާނަތަކެކެވެ. الْحَاقَّةُ ގެ އެއްމާނައަކީ އައުން حَقُّ ވެގެންވާ قِيَامَة ދުވަހެވެ. އަނެއްމާނައަކީ ﷲ ގެ ދީނާއި އިދިކޮޅަށް بَاطِلُ އަރައިރުންތައްވާމީހުންގެ މައްޗަށް ގަދަވެގަންނަދުވަހެވެ. އަދި މިނޫން މާނަތައްވެސް عِلْمُ ވެރިން ލިއުއްވާފައި ވެއެވެ.
69:2مَا ٱلۡحَآقَّةُ ﴿2﴾مَا ٱلۡحَآقَّةُ
Transliteration: Ma alhaqqatu
Translation: الْحَاقَّةُ އެއީ ކޮންއެއްޗެއްތޯއެވެ.
69:3وَمَآ أَدۡرَىٰكَ مَا ٱلۡحَآقَّةُ ﴿3﴾وَمَآ أَدۡرَىٰكَ مَا ٱلۡحَآقَّةُ
Transliteration: Wama adraka ma alhaqqatu
Translation: އަދި الْحَاقَّةُ އެވެ. ނަންކިއުނު قِيَامَة ދުވަސް އެއީ ކޮން އެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
69:4كَذَّبَتۡ ثَمُودُ وَعَادُۢ بِٱلۡقَارِعَةِ ﴿4﴾كَذَّبَتۡ ثَمُودُ وَعَادُۢ بِٱلۡقَارِعَةِ
Transliteration: Kaththabat thamoodu waAAadun bialqariAAati
Translation: ثَمُوْدُ ބާގައިގެމީހުންނާއި عَادُ ބާގައިގެމީހުން قَارِعَة އެވެ ކިއުނު قِيَامَة ދުވަސް ދޮގުކޮށްފިއެވެ. (قَارِعَة އަކީ ބިރުން ތުރުތުރު އަޅުވައިލާއެއްޗެވެ.) ثَمُوْدُ ބާގައިގެމީހުންނަކީ އެބައެއްގެ ގާތައް މާތް الله ސަލާމު ލެއްވި صَالِحُ ގެފާނު ރަސޫލުކަމާއިގެންފޮނުއްވުނުމިހުންނެވެ. އަދި عَادُ ބާގައިގެމީހުންނަކީ އެބައެއްގެ ގާތައް މާތް الله ސަލާމު ލެއްވި هُوْد ގެފާނު ރަސޫގުކަމާއިގެން ފޮނުއްވުނުމީހުންނެވެ. قَارِعَة އަކީ ފިއްކަޑައިގެންދާފަދަ ބިރުވެރި قِيَامَة ދުވަހެވެ. ކުރީ އެބުނެވުނު ދެޤައުމުގެ މީހުންވެސް އެދުވަސް ދޮގުކުރީއެވެ.
69:5فَأَمَّا ثَمُودُ فَأُهۡلِكُواْ بِٱلطَّاغِيَةِ ﴿5﴾فَأَمَّا ثَمُودُ فَأُهۡلِكُواْ بِٱلطَّاغِيَةِ
Transliteration: Faamma thamoodu faohlikoo bialttaghiyati
Translation: ފަހެ ثَمُوْدُ ބާގައިގެމީހުން އަޑުގަދަކަމުން ހައްދު ފަހަނަޅައިގެންދާ ގަދަ އަޑުފަށްގަޑަކުން ހަލާކުވެގެން ދިޔައީއެވެ.
69:6وَأَمَّا عَادٞ فَأُهۡلِكُواْ بِرِيحٖ صَرۡصَرٍ عَاتِيَةٖ ﴿6﴾وَأَمَّا عَادٞ فَأُهۡلِكُواْ بِرِيحٖ صَرۡصَرٍ عَاتِيَةٖ
Transliteration: Waamma AAadun faohlikoo bireehin sarsarin AAatiyatin
Translation: އަދި عَادُ ބާގައިގެމީހުން ދަންނައެވެ. ފިނިކަންގަދަވަޔަކުން ނުވަތަ އަޑުކިޔާ ފައި އައި ވަޔަކުން އެމީހުން ހަލާކުވެވުނެވެ.
69:7سَخَّرَهَا عَلَيۡهِمۡ سَبۡعَ لَيَالٖ وَثَمَٰنِيَةَ أَيَّامٍ حُسُومٗاۖ فَتَرَى ٱلۡقَوۡمَ فِيهَا صَرۡعَىٰ كَأَنَّهُمۡ أَعۡجَازُ نَخۡلٍ خَاوِيَةٖ ﴿7﴾سَخَّرَهَا عَلَيۡهِمۡ سَبۡعَ لَيَالٖ وَثَمَٰنِيَةَ أَيَّامٍ حُسُومٗاۖ فَتَرَى ٱلۡقَوۡمَ فِيهَا صَرۡعَىٰ كَأَنَّهُمۡ أَعۡجَازُ نَخۡلٍ خَاوِيَةٖ
Transliteration: Sakhkharaha AAalayhim sabAAa layalin wathamaniyata ayyamin husooman fatara alqawma feeha sarAAa kaannahum aAAjazu nakhlin khawiyatun
Translation: މެދުނުކެޑި ވިދިވިދިގެން ހަތްރެޔާ އަށްދުވަސްވާދެން އެމީހުންގެމައްޗަށް އެވައިދެމިހުއްޓެވެ. ކަލޭގެފާނު އެމީހުން ދެކެވަޑައި ގަންނަވާނީ މަރުވެ ތަންޑާވެގެންވަނިކޮށެވެ. އެމީހުން ކޮންފަދަހެއްޔެވެ؟ އެމީހުން ކަދުރު ރުކުގެ ފީވެފައިވާ ބުޑުތަކެއްފަދައެވެ.
69:8فَهَلۡ تَرَىٰ لَهُم مِّنۢ بَاقِيَةٖ ﴿8﴾فَهَلۡ تَرَىٰ لَهُم مِّنۢ بَاقِيَةٖ
Transliteration: Fahal tara lahum min baqiyatin
Translation: ފަހެ (މަރުނުވެ) ބާކީހުރި އެކަކުވެސް އެމީހުންގެތެރެއިން ކަލޭގެފާނަށް ފެނިވަޑައިގަންނަވައިތޯއެވެ؟ އެބަހީ ފެނިވަޑައި ނުގަންނަވާނެއެވެ. އެންމެން މަރުވެތަންޑާވީއެވެ.
69:9وَجَآءَ فِرۡعَوۡنُ وَمَن قَبۡلَهُۥ وَٱلۡمُؤۡتَفِكَٰتُ بِٱلۡخَاطِئَةِ ﴿9﴾وَجَآءَ فِرۡعَوۡنُ وَمَن قَبۡلَهُۥ وَٱلۡمُؤۡتَفِكَٰتُ بِٱلۡخَاطِئَةِ
Transliteration: Wajaa firAAawnu waman qablahu waalmutafikatu bialkhatiati
Translation: އަދި فِرْعَوْنُ އާއި އަދި އޭގެ ކުރީގެމީހުންނާއި އަދި لُوْطُ قَوْمُ ގެމީހުންނާއި މިމީސްމީހުން އުރެދުންތަކާއިގެންއައެވެ. އެބަހީ އެމީހުންވެސް الله އަށް އުރެދިގަތީއެވެ.
69:10فَعَصَوۡاْ رَسُولَ رَبِّهِمۡ فَأَخَذَهُمۡ أَخۡذَةٗ رَّابِيَةً ﴿10﴾فَعَصَوۡاْ رَسُولَ رَبِّهِمۡ فَأَخَذَهُمۡ أَخۡذَةٗ رَّابِيَةً
Transliteration: FaAAasaw rasoola rabbihim faakhathahum akhthatan rabiyatan
Translation: ފަހެ އެ އެންމެންވެސް އެމީހުންގެ رَبُّ ގެ ރަސޫލާއަށް އުރެދުނީއެވެ. ނުކިޔަމަންތެރިވެ ހަރުކަށިވީއެވެ. ދެންފަހެ ގަދަފަދަވެގެންވާ އިތުރު ހިތްޕެވުމަކުން އެކަލާނގެ އެމީހުން ހިތްޕަވައިފިއެވެ. ހަލާކު ކުރައްވައިފިއެވެ.
69:11إِنَّا لَمَّا طَغَا ٱلۡمَآءُ حَمَلۡنَٰكُمۡ فِي ٱلۡجَارِيَةِ ﴿11﴾إِنَّا لَمَّا طَغَا ٱلۡمَآءُ حَمَلۡنَٰكُمۡ فِي ٱلۡجَارِيَةِ
Transliteration: Inna lamma tagha almao hamalnakum fee aljariyati
Translation: އަދި ފެންގަޑު ބޮޑުވެ އުފުލިގަތްހިދުން ފެންމަތީ ދުވާއެތީގައި (ނައުކޮޅުގައި) ހަމަކަށަވަރުންތިމަންރަސްކަލާނގެ ކަލޭމެން އުފުއްލެވީމެވެ. އެބަހީ ކަލޭމެންގެ ކާބަފައިން ކަމުގައިވި އެންމެން ތިމަންރަސްކަލާނގެ އެނައުކޮޅަށް ލައްވައި ސަލާމަތްކުރެއްވީމެވެ. އަދި ދެންތިބިކާފަރުން غَرَقُ ކުރައްވައި ހަލާކު ކުރެއްވީމެވެ.
69:12لِنَجۡعَلَهَا لَكُمۡ تَذۡكِرَةٗ وَتَعِيَهَآ أُذُنٞ وَٰعِيَةٞ ﴿12﴾لِنَجۡعَلَهَا لَكُمۡ تَذۡكِرَةٗ وَتَعِيَهَآ أُذُنٞ وَٰعِيَةٞ
Transliteration: LinajAAalaha lakum tathkiratan wataAAiyaha othunun waAAiyatun
Translation: އެކަންތައްތައް ތިމަންރަސްކަލާނގެ ލެއްވީ ކަލޭމެންނަށްވާ وَعْظُ نَصِيْحِة އަކަށާއި ހަދާންކޮށްދިނުމަކަށެވެ. އަދި ދަސްކޮށް ރައްކާތެރިކުރާ ކަންފަތްތަކަކުން އަހައި ދަސްކޮށް ރައްކާތެރި ކުރުމަށްޓަކައެވެ.
69:13فَإِذَا نُفِخَ فِي ٱلصُّورِ نَفۡخَةٞ وَٰحِدَةٞ ﴿13﴾فَإِذَا نُفِخَ فِي ٱلصُّورِ نَفۡخَةٞ وَٰحِدَةٞ
Transliteration: Faitha nufikha fee alssoori nafkhatun wahidatun
Translation: އަދި ތާޅަފިލި އެއްފަހަރު ފުމެލެވިއްޖެއްޔާ
69:14وَحُمِلَتِ ٱلۡأَرۡضُ وَٱلۡجِبَالُ فَدُكَّتَا دَكَّةٗ وَٰحِدَةٗ ﴿14﴾وَحُمِلَتِ ٱلۡأَرۡضُ وَٱلۡجِبَالُ فَدُكَّتَا دَكَّةٗ وَٰحِدَةٗ
Transliteration: Wahumilati alardu waaljibalu fadukkata dakkatan wahidatan
Translation: އަދި ބިންގަނޑާއި ފަރުބަދަތަށް އޭގެ ޖާގަ ތަކުން ލުހެވި އުފުލި އެދޭތި އެކަތި އަނެކެއްޗަށް ޖެހި ކުދިކުދިވެ ހަލާކުވެ ބުރަބުރައިގެން ދާދުވަހުން (ދަންނައެވެ.)
69:15فَيَوۡمَئِذٖ وَقَعَتِ ٱلۡوَاقِعَةُ ﴿15﴾فَيَوۡمَئِذٖ وَقَعَتِ ٱلۡوَاقِعَةُ
Transliteration: Fayawmaithin waqaAAati alwaqiAAatu
Translation: އެދުވަހުން ދެން قِيَامَة ޤާއިމުވީއެވެ.
69:16وَٱنشَقَّتِ ٱلسَّمَآءُ فَهِيَ يَوۡمَئِذٖ وَاهِيَةٞ ﴿16﴾وَٱنشَقَّتِ ٱلسَّمَآءُ فَهِيَ يَوۡمَئِذٖ وَاهِيَةٞ
Transliteration: Wainshaqqati alssamao fahiya yawmaithin wahiyatun
Translation: އަދި އުޑު ފަޅަފަޅައިގެންގޮސް (މަލާއިކަތް ބޭކަލުން ފައިބާވަޑައިގަތުމައްޓަކައި) އުޑުގެ އެތަންމިތަން ހުޅުވިދާނެއެވެ. އަދި އެދުވަހުން އެއުޑުވާނީ ބަލިކަށި ދެރަ ضَعِيف އެއްޗަކަށެވެ.
69:17وَٱلۡمَلَكُ عَلَىٰٓ أَرۡجَآئِهَاۚ وَيَحۡمِلُ عَرۡشَ رَبِّكَ فَوۡقَهُمۡ يَوۡمَئِذٖ ثَمَٰنِيَةٞ ﴿17﴾وَٱلۡمَلَكُ عَلَىٰٓ أَرۡجَآئِهَاۚ وَيَحۡمِلُ عَرۡشَ رَبِّكَ فَوۡقَهُمۡ يَوۡمَئِذٖ ثَمَٰنِيَةٞ
Transliteration: Waalmalaku AAala arjaiha wayahmilu AAarsha rabbika fawqahum yawmaithin thamaniyatun
Translation: އަދި މަލާއިކަތް ބޭކަލުން އުޑުގެ އެކިއެކިފަރާތްފަރާތުގައި ތަންތަންކޮޅުގައި (ﷲ ގެ އަމުރު ފުޅުގެ އިންތިޒާރުގައި) ތިއްބަވާނެއެވެ. އަދި އެދުވަހުން ކަލޭގެފާނުންގެ رَبُّ ގެ عَرْشِ ފުޅު އުފުއްލަވާނީ މަލާއިކަތް ބޭކަލުން ކުރެ އަށް ބޭކަލެކެވެ. ނުވަތަ މަލާއިކަތްބޭކަލުންގެ އަށް ސަފެވެ.
69:18يَوۡمَئِذٖ تُعۡرَضُونَ لَا تَخۡفَىٰ مِنكُمۡ خَافِيَةٞ ﴿18﴾يَوۡمَئِذٖ تُعۡرَضُونَ لَا تَخۡفَىٰ مِنكُمۡ خَافِيَةٞ
Transliteration: Yawmaithin tuAAradoona la takhfa minkum khafiyatun
Translation: އަދި އެދުވަހުން ތިޔަބައިމީހުންގެ ހިސާބުބެއްލެވުމައްޓަކައި ﷲ ގެ ޙަޟްރަތަށް ތިޔަބައިމީހުން ހުށަހެޅޭނެއެވެ. ތިޔަބައިމީހުންގެ އެއްވެސް ނަފްސެއް އެނަފްސެއްއެކުރި ޢަމަލެއްގެ އެއްވެސް މިންވަރެއް އެކަލާނގެއަށް ވަންހަނާވެގެންނުވެއެވެ.
69:19فَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِيَمِينِهِۦ فَيَقُولُ هَآؤُمُ ٱقۡرَءُواْ كِتَٰبِيَهۡ ﴿19﴾فَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِيَمِينِهِۦ فَيَقُولُ هَآؤُمُ ٱقۡرَءُواْ كِتَٰبِيَهۡ
Transliteration: Faamma man ootiya kitabahu biyameenihi fayaqoolu haomu iqraoo kitabiyah
Translation: ފަހެ އެމީހެއްގެ ޢަމަލުގެފަތް އެމީހެއްގެ ކަނާތްފަރާތަށް ދެވިއްޖެމީހާ ދަންނައެވެ. އޭނާ އެނާ ދަންނަހާ ބަޔަކަށް ގޮވާހަދާނެއެވެ. އޭނާ ބުނާނެއެވެ. ކަލޭމެން މިފަތް ހިފައި ކިޔައިލަބަލާށެވެ. (އަދި އެނާ ބުނާނެއެވެ.)
69:20إِنِّي ظَنَنتُ أَنِّي مُلَٰقٍ حِسَابِيَهۡ ﴿20﴾إِنِّي ظَنَنتُ أَنِّي مُلَٰقٍ حِسَابِيَهۡ
Transliteration: Innee thanantu annee mulaqin hisabiyah
Translation: (ދުނިޔޭގައި އަހުރެން އުޅުނުއިރު) އަހުރެންގެ ޢަމަލުތަކުގެ ހިސާބާއި قِيَامَة ދުވަހުން އަހުރެންނާ ބައްދަލުވާނެކަމުގައި އަހުރެން ޔަޤީން ކުރީމެވެ.
69:21فَهُوَ فِي عِيشَةٖ رَّاضِيَةٖ ﴿21﴾فَهُوَ فِي عِيشَةٖ رَّاضِيَةٖ
Transliteration: Fahuwa fee AAeeshatin radiyatin
Translation: ފަހެ އެދުވަހުން އޭނާވާނި އުފާވެ އަދި ރުހެވިގެންވާ ދިރިއުޅުމެއްގައެވެ. މަޖަލުގައެވެ.
69:22فِي جَنَّةٍ عَالِيَةٖ ﴿22﴾فِي جَنَّةٍ عَالِيَةٖ
Transliteration: Fee jannatin AAaliyatin
Translation: އޭނާވާނީ މަތިވެރިވެގެންވާ ސުވަރުގޭގައެވެ.
69:23قُطُوفُهَا دَانِيَةٞ ﴿23﴾قُطُوفُهَا دَانِيَةٞ
Transliteration: Qutoofuha daniyatun
Translation: އެތާގެ މޭވަތައް ލިބިގަންނަން ފަސޭހަވަނޭގޮތުން ގާތްވެގެންވެއެވެ.
69:24كُلُواْ وَٱشۡرَبُواْ هَنِيٓـَٔۢا بِمَآ أَسۡلَفۡتُمۡ فِي ٱلۡأَيَّامِ ٱلۡخَالِيَةِ ﴿24﴾كُلُواْ وَٱشۡرَبُواْ هَنِيٓـَٔۢا بِمَآ أَسۡلَفۡتُمۡ فِي ٱلۡأَيَّامِ ٱلۡخَالِيَةِ
Transliteration: Kuloo waishraboo haneean bima aslaftum fee alayyami alkhaliyati
Translation: (އަދި އެމީހުންނަށް ނިދާއިއްވެވޭނެއެވެ.) ކަލޭމެން ދުނިޔޭގައި ކުރިހެޔޮ عَمَلُ ތަކުގެބަދަލުގައި ގިނަގިނައިން ކައިބޮއި ހަދާށެވެ.
69:25وَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِشِمَالِهِۦ فَيَقُولُ يَٰلَيۡتَنِي لَمۡ أُوتَ كِتَٰبِيَهۡ ﴿25﴾وَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِشِمَالِهِۦ فَيَقُولُ يَٰلَيۡتَنِي لَمۡ أُوتَ كِتَٰبِيَهۡ
Transliteration: Waamma man ootiya kitabahu bishimalihi fayaqoolu ya laytanee lam oota kitabiyah
Translation: އަދިއެމީހެއްގެ عَمَلُ ގެފަތް އެމީހެއްގެ ވައަތްފަރާތުން ލިބިއްޖެމީހާ ދަންނައެވެ. ފަހެ އޭނާ ހަޅޭލަވަމުން ގޮވާނެއެވެ. އަހުރެންގެފަތް އަހުރެންނަށް ނުލިބުނުނަމަ ކިހާރަނގަޅުވީސްހެއްޔެވެ.
69:26وَلَمۡ أَدۡرِ مَا حِسَابِيَهۡ ﴿26﴾وَلَمۡ أَدۡرِ مَا حِسَابِيَهۡ
Transliteration: Walam adri ma hisabiyah
Translation: އަދި އަހުރެންނަށް އަހުރެންގެ ހިސާބު ނޭގުނުނަމަ ކޮންފަދަރަނގަޅުހެއްޔެވެ؟
69:27يَٰلَيۡتَهَا كَانَتِ ٱلۡقَاضِيَةَ ﴿27﴾يَٰلَيۡتَهَا كَانَتِ ٱلۡقَاضِيَةَ
Transliteration: Ya laytaha kanati alqadiyatu
Translation: އަދި ދުނިޔޭގައި އެވީ މަރުއެއީ އަހުރެންގެ އެންމެފަހުގެ ނިމުމެއްކަމުގައި ވެގެންދިޔަނަމައެވެ. (ދެންހަމަ ހުސްނަމައެވެ.)
69:28مَآ أَغۡنَىٰ عَنِّي مَالِيَهۡۜ ﴿28﴾مَآ أَغۡنَىٰ عَنِّي مَالِيَهۡۜ
Transliteration: Ma aghna AAannee maliyah
Translation: އަދި އަހުރެންގެމުދާ އަހުރެންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ.
69:29هَلَكَ عَنِّي سُلۡطَٰنِيَهۡ ﴿29﴾هَلَكَ عَنِّي سُلۡطَٰنِيَهۡ
Transliteration: Halaka AAannee sultaniyah
Translation: އަހުރެންގެ ކިބައިން އެންމެހައި ދަލީލާއި حُجَّة ކެޑިގެން ހިގައްޖެއެވެ. (އަދި އެންމެހައި ގުނަވަންތަކެއްވެސް އަހުރެންނާއި އިދިކޮޅަށް ހެކިދީފިއެވެ.)
69:30خُذُوهُ فَغُلُّوهُ ﴿30﴾خُذُوهُ فَغُلُّوهُ
Transliteration: Khuthoohu faghulloohu
Translation: (އަދިނަރަކައިގެ ޒަބާނިއްޔަ މަލާއިކަތްބޭކަލުންނަށް އެންގޭނެއެވެ.) ތިޔަބޭކަލުން އޭނާ ހިފައިގަންނާށެވެ. އަދި އޭނާކަސްތޮޅު އަޅާށެވެ.
69:31ثُمَّ ٱلۡجَحِيمَ صَلُّوهُ ﴿31﴾ثُمَّ ٱلۡجَحِيمَ صَلُّوهُ
Transliteration: Thumma aljaheema salloohu
Translation: ދެންސީދާ جَحِيْمُ (ގަދަޔަށް އަދާ އަލިފާނަށް އޭނާވައްދާށެވެ.) އޭނާވައްދައި އަންދާށެވެ.
69:32ثُمَّ فِي سِلۡسِلَةٖ ذَرۡعُهَا سَبۡعُونَ ذِرَاعٗا فَٱسۡلُكُوهُ ﴿32﴾ثُمَّ فِي سِلۡسِلَةٖ ذَرۡعُهَا سَبۡعُونَ ذِرَاعٗا فَٱسۡلُكُوهُ
Transliteration: Thumma fee silsilatin tharAAuha sabAAoona thiraAAan faoslukoohu
Translation: ދެން އަދި އޭގެދިގުމިން ހަތްދިހަމުށްހުރި ހިލިހިލާގަޑެއްގައި އޭނާ ބަންނާށެވެ.
69:33إِنَّهُۥ كَانَ لَا يُؤۡمِنُ بِٱللَّهِ ٱلۡعَظِيمِ ﴿33﴾إِنَّهُۥ كَانَ لَا يُؤۡمِنُ بِٱللَّهِ ٱلۡعَظِيمِ
Transliteration: Innahu kana la yuminu biAllahi alAAatheemi
Translation: ހަމަކަށަވަރުން އޭނާވީ ހައިބަވަންތަ މަތިވެރިމާތް الله އަށް އީމާން ނުވާމީހަކު ކަމުގައެވެ.
69:34وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ ﴿34﴾وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ
Transliteration: Wala yahuddu AAala taAAami almiskeeni
Translation: އަދި އޭނާވީ މިސްކީނުންނަށް ކާއެތިކޮޅު ނުދޭ އަދި އެކަމަށް އެއްވެސް ހިތްވަރެއްނުދޭމީހަކު ކަމުގައެވެ.
69:35فَلَيۡسَ لَهُ ٱلۡيَوۡمَ هَٰهُنَا حَمِيمٞ ﴿35﴾فَلَيۡسَ لَهُ ٱلۡيَوۡمَ هَٰهُنَا حَمِيمٞ
Transliteration: Falaysa lahu alyawma hahuna hameemun
Translation: ފަހެ އެނާއަކަށް މިއަދު އެއްވެސް ރައްޓެހި އެހީތެރިއަކު ނުވެއެވެ.
69:36وَلَا طَعَامٌ إِلَّا مِنۡ غِسۡلِينٖ ﴿36﴾وَلَا طَعَامٌ إِلَّا مِنۡ غِسۡلِينٖ
Transliteration: Wala taAAamun illa min ghisleenin
Translation: އަދި غِسَلِيْنُ ނޫން އެހެން އެއްވެސް ކާބޯއެއްޗެއް އޭނާއަކަށް ނުވެއެވެ. (غِسَلِيْنُ އަކީ ނަރަކަވަންތަވެރިންގެ ގައިން އޮހިގެންދާ ނުބައި ދިޔަވަރުބޮޑިއެވެ.)
69:37لَّا يَأۡكُلُهُۥٓ إِلَّا ٱلۡخَٰطِـُٔونَ ﴿37﴾لَّا يَأۡكُلُهُۥٓ إِلَّا ٱلۡخَٰطِـُٔونَ
Transliteration: La yakuluhu illa alkhatioona
Translation: ސީދާ ފާފަވެރި ކުށްވެރިންމެނުވީ އެތަކެތިނުބޯނެއެވެ.
69:38فَلَآ أُقۡسِمُ بِمَا تُبۡصِرُونَ ﴿38﴾فَلَآ أُقۡسِمُ بِمَا تُبۡصِرُونَ
Transliteration: Fala oqsimu bima tubsiroona
Translation: ،(39) (ކަންތައްތައްހުރީ ކަލޭމެން ތިޔަބުނާގޮތަކަށް ނޫނެވެ.) ކަލޭމެންގެ ލޮލަށް ފެންނަތަކެއްޗާއި އަދި ކަލޭމެންގެ ލޮލަށް ނުފެންނަތަކެތި ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.
69:39وَمَا لَا تُبۡصِرُونَ ﴿39﴾وَمَا لَا تُبۡصِرُونَ
Transliteration: Wama la tubsiroona
Translation: ،(39) (ކަންތައްތައްހުރީ ކަލޭމެން ތިޔަބުނާގޮތަކަށް ނޫނެވެ.) ކަލޭމެންގެ ލޮލަށް ފެންނަތަކެއްޗާއި އަދި ކަލޭމެންގެ ލޮލަށް ނުފެންނަތަކެތި ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.
69:40إِنَّهُۥ لَقَوۡلُ رَسُولٖ كَرِيمٖ ﴿40﴾إِنَّهُۥ لَقَوۡلُ رَسُولٖ كَرِيمٖ
Transliteration: Innahu laqawlu rasoolin kareemin
Translation: ހަމަކަށަވަރުން އެ قُرْآن އެއީ މާތްވެގެންވާ ރަސޫލެއްގެ ކިޔަވާ ވިދާޅު ވުމުގެ ބަސްފުޅެވެ. (އެއީ مُحَمَّد ﷺ ގެ ކިޔަވާ ވިދާޅުވުމެވެ. ނުވަތަ އެކަލޭގެފާނުންގެ تَبْلِيْغُ އެވެ. ނުވަތަ އެއީ جِبْرِيْل عَلَيْهِ السلام ގެ ކިޔަވާ ވިދާޅުވުމެކެވެ.
69:41وَمَا هُوَ بِقَوۡلِ شَاعِرٖۚ قَلِيلٗا مَّا تُؤۡمِنُونَ ﴿41﴾وَمَا هُوَ بِقَوۡلِ شَاعِرٖۚ قَلِيلٗا مَّا تُؤۡمِنُونَ
Transliteration: Wama huwa biqawli shaAAirin qaleelan ma tuminoona
Translation: އަދި އެ قُرْآنއެއީ ޅެންވެރިއެއްގެ ބަސްކަމުގައި ނުވެއެވެ. ކަލޭމެން ތެދުކޮށް އީމާންވަނީ ދާދިމަދުންނެވެ.
69:42وَلَا بِقَوۡلِ كَاهِنٖۚ قَلِيلٗا مَّا تَذَكَّرُونَ ﴿42﴾وَلَا بِقَوۡلِ كَاهِنٖۚ قَلِيلٗا مَّا تَذَكَّرُونَ
Transliteration: Wala biqawli kahinin qaleelan ma tathakkaroona
Translation: އަދި އެ قُرْآنއެއީ ކަހީނެއްގެ ބަސްކަމުގައިވެސް ނުވެއެވެ. ކަލޭމެން ހަދާންކޮށް ނަސޭހަތާއި وَعْظُ ލިބިގަންނަނީ ހާދަހާވެސް މަދުންނެވެ.
69:43تَنزِيلٞ مِّن رَّبِّ ٱلۡعَٰلَمِينَ ﴿43﴾تَنزِيلٞ مِّن رَّبِّ ٱلۡعَٰلَمِينَ
Transliteration: Tanzeelun min rabbi alAAalameena
Translation: އެ قُرْآنއެއީ عَالَمُ ތަކުގެވެރި رَبُّ ގެ حَضْرَةُ ންވާ ބާވާތްލެއްވުމެކެވެ. (އެހެން އެއްވެސްމީހެއްގެ ބަހެއްނޫނެވެ. ހަމައެކަނި އެކަލާނގެ ބަސްފުވެ.)
69:44وَلَوۡ تَقَوَّلَ عَلَيۡنَا بَعۡضَ ٱلۡأَقَاوِيلِ ﴿44﴾وَلَوۡ تَقَوَّلَ عَلَيۡنَا بَعۡضَ ٱلۡأَقَاوِيلِ
Transliteration: Walaw taqawwala AAalayna baAAda alaqaweeli
Translation: އަދިތިމަން ރަސްކަލާނގެ ރަސްކަންފުޅުގެމައްޗަށް އެކަލޭގެފާނު އަމިއްލަފުޅަށް (قُرْآن ގެތެރެއަށް ބައެއްބަސް) ބަސްފުޅެއް ގެނެސްގެންފިނަމަ
69:45لَأَخَذۡنَا مِنۡهُ بِٱلۡيَمِينِ ﴿45﴾لَأَخَذۡنَا مِنۡهُ بِٱلۡيَمِينِ
Transliteration: Laakhathna minhu bialyameeni
Translation: ކަނައަތްޕުޅުން އެކެލޭގެފާނުންގެ ގައިކޮޅުގައި ހިތްޕަވާހުށީމެވެ.
69:46ثُمَّ لَقَطَعۡنَا مِنۡهُ ٱلۡوَتِينَ ﴿46﴾ثُمَّ لَقَطَعۡنَا مِنۡهُ ٱلۡوَتِينَ
Transliteration: Thumma laqataAAna minhu alwateena
Translation: އަދި ބުރަކަށީންފެށިގެން ހިތާއިގުޅިފައިވާ އެންމެފަލަ ނާރު ކަޑުއްވަލައްވާ ހުށީމެވެ. އޭގެމުރާދަކީ އެކަލޭގެފާނުން ހަލާކު ކޮށްލައްވާ ހުށީމެވެ.
69:47فَمَا مِنكُم مِّنۡ أَحَدٍ عَنۡهُ حَٰجِزِينَ ﴿47﴾فَمَا مِنكُم مِّنۡ أَحَدٍ عَنۡهُ حَٰجِزِينَ
Transliteration: Fama minkum min ahadin AAanhu hajizeena
Translation: އަދި ކަލޭމެންކުރެ އެކަކުވެސް އެކަންމަނާކޮށް ހިފެހެއްޓޭނެ ކަމުގައި ނުވެއެވެ.
69:48وَإِنَّهُۥ لَتَذۡكِرَةٞ لِّلۡمُتَّقِينَ ﴿48﴾وَإِنَّهُۥ لَتَذۡكِرَةٞ لِّلۡمُتَّقِينَ
Transliteration: Wainnahu latathkiratun lilmuttaqeena
Translation: އަދި އެ قُرْآن އެއީ تَقْوَى ވެރިނނަށްވާ وَعْظُ نَصِيْحَة އެކެކެވެ. އަދި ހަދާންކޮށް ދިނުމެކެވެ.
69:49وَإِنَّا لَنَعۡلَمُ أَنَّ مِنكُم مُّكَذِّبِينَ ﴿49﴾وَإِنَّا لَنَعۡلَمُ أَنَّ مِنكُم مُّكَذِّبِينَ
Transliteration: Wainna lanaAAlamu anna minkum mukaththibeena
Translation: އަދި ހަމަކަށަވަރުން ކަލޭމެންގެތެރޭގައި قُرْآن ދޮގުކުރާ މީހުންވާކަން ތިމަންރަސްކަލާނގެ ރަނގަޅަށް ދެނެވޮޑިގެންވަމެވެ. (އެމީހުންނަށްއެކަމުގެ ފުރިހަމަ ޖަޒާދެއްވާ ހުށީމެވެ.)
69:50وَإِنَّهُۥ لَحَسۡرَةٌ عَلَى ٱلۡكَٰفِرِينَ ﴿50﴾وَإِنَّهُۥ لَحَسۡرَةٌ عَلَى ٱلۡكَٰفِرِينَ
Transliteration: Wainnahu lahasratun AAala alkafireena
Translation: އަދި އެ قُرْآن އެއީ ކަނޑައެޅިގެން ކާފަރުންގެމައްޗަށްވާ ބޮޑު ހިތާމައެކެވެ.
69:51وَإِنَّهُۥ لَحَقُّ ٱلۡيَقِينِ ﴿51﴾وَإِنَّهُۥ لَحَقُّ ٱلۡيَقِينِ
Transliteration: Wainnahu lahaqqu alyaqeeni
Translation: އަދި ހަމަކަ ށަވަރުން އެ قُرْآن އެއީ ކަޑައެޅިގެން ޔަޤީނުންވެސް ޙައްޤު ތެދުފޮތެވެ.
69:52فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِيمِ ﴿52﴾فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِيمِ
Transliteration: Fasabbih biismi rabbika alAAatheemi
Translation: ފަހެ ކަލޭގެފާނުންގެ ހައިބަވަންތަ رَبُّ އަށް اللهއަށް تَسْبِيْح ވިދާޅުވާށެވެ. އެކަލާނގެ ހުސް طَاهِرُ ވަންތަ ކުރައްވާށެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download