إِذَا وَقَعَتِ ٱلۡوَاقِعَةُ ﴿1﴾إِذَا وَقَعَتِ ٱلۡوَاقِعَةُ
Transliteration: Itha waqaAAati alwaqiAAatu
Translation: قِيَامَة ޤާއިމު ވެއްޖެއްޔާ.
إِذَا وَقَعَتِ ٱلۡوَاقِعَةُ ﴿1﴾إِذَا وَقَعَتِ ٱلۡوَاقِعَةُ
Transliteration: Itha waqaAAati alwaqiAAatu
Translation: قِيَامَة ޤާއިމު ވެއްޖެއްޔާ.
لَيۡسَ لِوَقۡعَتِهَا كَاذِبَةٌ ﴿2﴾لَيۡسَ لِوَقۡعَتِهَا كَاذِبَةٌ
Transliteration: Laysa liwaqAAatiha kathibatun
Translation: (ދެންއޭރުން) އެ قِيَامَة ޤާއިމުވުން ދޮގުކުރާނެ އެއްވެސް ނަފުސެއް ނުވެއެވެ.
خَافِضَةٞ رَّافِعَةٌ ﴿3﴾خَافِضَةٞ رَّافِعَةٌ
Transliteration: Khafidatun rafiAAatun
Translation: އެދުވަހުން އެއްބަޔަކު ދެރަވެ ނިމެތިވެގެންވެއެވެ. އަދި އަނެއްބަޔަކު މޮޅުވެ މަތިވެރިވެގެންވެއެވެ. މާތްالله އެދުވަހުން (ނުބައި ނުލަފާމީހުން (ނަރަކަވަންތަވެރިން) ދެރަކުރައްވައި ނިމެތި ކުރައްވާހުއްޓެވެ. އަދި ހެޔޮލަފާ މާތްމީހުން މާތް މާތް الله އެދުވަހުން މާތްކުރައްވައި މަތިވެރިކުރައްވާހުއްޓެވެ.
إِذَا رُجَّتِ ٱلۡأَرۡضُ رَجّٗا ﴿4﴾إِذَا رُجَّتِ ٱلۡأَرۡضُ رَجّٗا
Transliteration: Itha rujjati alardu rajjan
Translation: އެދުވަސް އައުމަށްޓަކައި ބިންގަނޑު ގަދަތެޅިގަތުމަކުން ތެޅިގަންނަ ހުއްޓެވެ.
وَبُسَّتِ ٱلۡجِبَالُ بَسّٗا ﴿5﴾وَبُسَّتِ ٱلۡجِبَالُ بَسّٗا
Transliteration: Wabussati aljibalu bassan
Translation: އަދި ފަރުބަދަތައް ކުދިކުދިވެ ބުރަބުރައިގެން ހިގައިދާހުއްޓެވެ.
فَكَانَتۡ هَبَآءٗ مُّنۢبَثّٗا ﴿6﴾فَكَانَتۡ هَبَآءٗ مُّنۢبَثّٗا
Transliteration: Fakanat habaan munbaththan
Translation: އަދިއެފަރުބަދަތަކުގެހިލަތައް ބުރައިގެންދާ ހިރަފުސްތަކަކަށް ވެދާނެއެވެ.
وَكُنتُمۡ أَزۡوَٰجٗا ثَلَٰثَةٗ ﴿7﴾وَكُنتُمۡ أَزۡوَٰجٗا ثَلَٰثَةٗ
Transliteration: Wakuntum azwajan thalathatan
Translation: އަދި އެދުވަހުން ކަލޭމެންތިބޭނީ ތިންބާވަތަކަށެވެ.
فَأَصۡحَٰبُ ٱلۡمَيۡمَنَةِ مَآ أَصۡحَٰبُ ٱلۡمَيۡمَنَةِ ﴿8﴾فَأَصۡحَٰبُ ٱلۡمَيۡمَنَةِ مَآ أَصۡحَٰبُ ٱلۡمَيۡمَنَةِ
Transliteration: Faashabu almaymanati ma ashabu almaymanati
Translation: (ފުރަތަމަ ބަޔަކީ) ކަނައަތްފަރާތުގެ އެކުވެރިންނެވެ. އެއީ އެބައިމީހުންގެ ޢަމަލުގެފަތް ކަނައަތަށްލިބޭމީހުންނެވެ. ފަހެ ކަނައަތަށް ފަތްލިބޭމީހުންނަކީ ކޮންފަދަ މާތްބައެއްހެއްޔެވެ؟
وَأَصۡحَٰبُ ٱلۡمَشۡـَٔمَةِ مَآ أَصۡحَٰبُ ٱلۡمَشۡـَٔمَةِ ﴿9﴾وَأَصۡحَٰبُ ٱلۡمَشۡـَٔمَةِ مَآ أَصۡحَٰبُ ٱلۡمَشۡـَٔمَةِ
Transliteration: Waashabu almashamati ma ashabu almashamati
Translation: (ދެވަނަބަޔަކީ) ވައަތްފަރާތުގެ އެކުވެރިންނެވެ. އެއީ އެބައިމީހުންގެ ޢަމަލުގެފަތް ވައަތަށް ލިބޭމީހުންނެވެ. އަދި ފުރަގަހުން ފަތްލިބޭމީހުންވެސްވަނީ މިބައިގެތެރޭގައެވެ. އަދި ވައަތްފަރާތުގެ އެކުވެރިންނަކީ ކޮންފަދަ ނުބައި ބަދުނަސީބު ބައެއްހެއްޔެވެ؟
وَٱلسَّـٰبِقُونَ ٱلسَّـٰبِقُونَ ﴿10﴾وَٱلسَّـٰبِقُونَ ٱلسَّـٰبِقُونَ
Transliteration: Waalssabiqoona alssabiqoona
Translation: (ތިންވަނަބަޔަކީ) ހެޔޮކަންތަކުގައި އިސްވެގަތްމީހުންނެވެ. އެއީ އެއްވަނަ ދަރަގައިގެ މީހުންނެވެ. އެއީ އިސްލާމު ކަމުގައި އެންމެ އިސްވެގަތް މީހުންނެވެ. އެއީ ކޮންފަދަމާތްބައެއް ހެއްޔެވެ؟
أُوْلَـٰٓئِكَ ٱلۡمُقَرَّبُونَ ﴿11﴾أُوْلَـٰٓئِكَ ٱلۡمُقَرَّبُونَ
Transliteration: Olaika almuqarraboona
Translation: އެމީހުންނަކީ ﷲ ގެ حَضْرَة އާއި އެންމެ ކުއްތަންވެގެންވާމީހުންނެވެ.
فِي جَنَّـٰتِ ٱلنَّعِيمِ ﴿12﴾فِي جَنَّـٰتِ ٱلنَّعِيمِ
Transliteration: Fee jannati alnnaAAeemi
Translation: އެމީހުންތިބޭނީ ދާއިމީ ނިޢުމަތުގެވެރި މާތް ސުވަރުގެތަކުގައެވެ.
ثُلَّةٞ مِّنَ ٱلۡأَوَّلِينَ ﴿13﴾ثُلَّةٞ مِّنَ ٱلۡأَوَّلِينَ
Transliteration: Thullatun mina alawwaleena
Translation: އިސްލާމުކަމާއި ހެޔޮކަމުގައި އިސްވެގަތްމީހުންނަކީ އިސްވެދިޔަމީސްތަކުންގެތެރެއިން ބައެކެވެ. (އެއީ ސަލާމު ލެއްވި އާދަމުގެފާނުންފެށިގެން އަހުރެމެންގެ ކައު مُحمد ﷺ ރަސޫލުކަމާއިގެންފޮނުއްވުމާއި ދެމެދު އައިސްފައިވާ އުއްމަތްތަކުން ބަޔަކުމީހުންނެވެ.
وَقَلِيلٞ مِّنَ ٱلۡأٓخِرِينَ ﴿14﴾وَقَلِيلٞ مِّنَ ٱلۡأٓخِرِينَ
Transliteration: Waqaleelun mina alakhireena
Translation: އަދި އަނެއްބައިމީހުންގެތެރެއިން މަދުބައެކެވެ. އެބަހީ مُحمد ﷺ ގެ އުއްމަތުން މަދުބައެކެވެ.\nދަންނައެވެ. މިއުއްމަތުން މަދުބަޔަކުކަމުގައިބެލެވެނީ އިސްވެދިޔަ ހުރިހާއުއްމަތަކާއި އަޅާބަލާއިރުއެވެ. އިސްދިޔަ އެންމެހައި އުއްމަތްތަކުގެ އިސްވެގަތް އެންމެން އެއްކޮށްލީމާ އެކަނި މިއުއްމަތަށްވުރެ ގިނައީއެވެ. ކޮންމެ އެއް އުއްމަތަކުން އިސްވެގަތް މީހުންނަށްވުރެ މިއުއްމަތް މަދީއަކީއެއްނޫނެވެ. އެއް އުއްމަތަކާއި އަޅާބަލާއިރު އިސްވެގަތްމީހުންވެސް މިއުއްމަތުގައި މާގިނަކަމުގައިވެއެވެ.
عَلَىٰ سُرُرٖ مَّوۡضُونَةٖ ﴿15﴾عَلَىٰ سُرُرٖ مَّوۡضُونَةٖ
Transliteration: AAala sururin mawdoonatin
Translation: ދެންފަހެ މިއިސްވެގަތްމީހުން ސުވަރުގޭގައިތިބޭނީ ރަނުންނާއި ރަންމުތުން އަދި يَاقُوت ން ހެދިފައިވާ އެދުދާންކޮޅުތަކުގައެވެ.
مُّتَّكِـِٔينَ عَلَيۡهَا مُتَقَٰبِلِينَ ﴿16﴾مُّتَّكِـِٔينَ عَلَيۡهَا مُتَقَٰبِلِينَ
Transliteration: Muttakieena AAalayha mutaqabileena
Translation: އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތިލައި ލެގިލައިގެންވާ ޙާލުގައެވެ. (އެއްބަޔަކުވެސް އަނެއްބަޔަކަށް ފުރަގަސް ނުދޭނެއެވެ.)
يَطُوفُ عَلَيۡهِمۡ وِلۡدَٰنٞ مُّخَلَّدُونَ ﴿17﴾يَطُوفُ عَلَيۡهِمۡ وِلۡدَٰنٞ مُّخَلَّدُونَ
Transliteration: Yatoofu AAalayhim wildanun mukhalladoona
Translation: އެގޮތަށް އެމީހުން ތިބޭއިރު ރަންމުތްތަކެއްފަދަ ޒުވާން ކުދިން އެމީހުންގެ خِدمَة ގައި އެމީހުންގެ ކައިރިން ދައުރުކުރައްވާނެއެވެ.
بِأَكۡوَابٖ وَأَبَارِيقَ وَكَأۡسٖ مِّن مَّعِينٖ ﴿18﴾بِأَكۡوَابٖ وَأَبَارِيقَ وَكَأۡسٖ مِّن مَّعِينٖ
Transliteration: Biakwabin waabareeqa wakasin min maAAeenin
Translation: ރާތަށިތަކާއި ކުރައިތައްހިފައިގެން ޒުވާން ކުދިން އެމީހުންގެ خِدمَة ގައި ދައުރުކުރައްވާނެއެވެ.
لَّا يُصَدَّعُونَ عَنۡهَا وَلَا يُنزِفُونَ ﴿19﴾لَّا يُصَدَّعُونَ عَنۡهَا وَلَا يُنزِفُونَ
Transliteration: La yusaddaAAoona AAanha wala yunzifoona
Translation: އެރާ ބުއިމަކުން (ދުނިޔޭގައި މިހުންނަބަނގުރާ ބުއިމުންވާގޮތަށް) ބޮލުގައިރިހި ހޮޑުލެވި އަދި މަސްތުވާގޮތެއް ނުވާނެއެވެ.
وَفَٰكِهَةٖ مِّمَّا يَتَخَيَّرُونَ ﴿20﴾وَفَٰكِهَةٖ مِّمَّا يَتَخَيَّرُونَ
Transliteration: Wafakihatin mimma yatakhayyaroona
Translation: އަދި އެމީހަކު إخْتِيَارُ ކުރާނެ ވައްތަރެއްގެ މޭވާތަކާއިގެންވެސް އެ ޒުވާން ކުދިން އެމީހުންގެ خِدمَة ގައި ދައުރުކުރައްވާނެއެވެ.
وَلَحۡمِ طَيۡرٖ مِّمَّا يَشۡتَهُونَ ﴿21﴾وَلَحۡمِ طَيۡرٖ مِّمَّا يَشۡتَهُونَ
Transliteration: Walahmi tayrin mimma yashtahoona
Translation: އަދި އެމީހުން ކާހިތްވާޒާތުގެ ދޫނިމަހާއި ވެސް މެއެވެ.
وَحُورٌ عِينٞ ﴿22﴾وَحُورٌ عِينٞ
Transliteration: Wahoorun AAeenun
Translation: އަދި އެމީހުން އެހާ އަރާމުގައި މީރު އެއްޗެތިކައިބޮއި ހެދުމާއިއެކު އެމީހުން މަޖާކުރުމަށްޓަކައި އެމީހުންނަށް މާތްވެގެންވާ حُورَ العِينُ އަންހެންކުދިން އެމީހުންގެ އަނބީންގެގޮތުގައި ދެއްވާފައިވާނެއެވެ. އެކުދިންނަކީ ހުރިހާގޮތަކުން ރީތިހުސްކޮށްފައިވާ ބިކުރުވެރި ލޯބިވެތި މާތް އަންހެންކުދިންނެވެ.
كَأَمۡثَٰلِ ٱللُّؤۡلُوِٕ ٱلۡمَكۡنُونِ ﴿23﴾كَأَمۡثَٰلِ ٱللُّؤۡلُوِٕ ٱلۡمَكۡنُونِ
Transliteration: Kaamthali allului almaknooni
Translation: އެކުދިންހީވާނީ ރައްކާ ކުރެވިފައިތިބި ރަންމުތްތަކެއްހެންނެވެ.
جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ ﴿24﴾جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ
Transliteration: Jazaan bima kanoo yaAAmaloona
Translation: މިހުރިހާ ނިޢުމަތަކީ އެމީހުން ދުނިޔޭގައި ތިބިއިރު ކޮށްފައިވާ ހެޔޮ ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުން އެއްވޭ ދެއްވުންތަކެވެ.
لَا يَسۡمَعُونَ فِيهَا لَغۡوٗا وَلَا تَأۡثِيمًا ﴿25﴾لَا يَسۡمَعُونَ فِيهَا لَغۡوٗا وَلَا تَأۡثِيمًا
Transliteration: La yasmaAAoona feeha laghwan wala tatheeman
Translation: އެމީހުން އެތާގައި އެއްވެސް بَاطِلُ ވާހަކައެއްވިޔަސް އަދި ފާފަވެރިވެވޭ އަޑެއްވިޔަސް ނުއަހާނެއެވެ.
إِلَّا قِيلٗا سَلَٰمٗا سَلَٰمٗا ﴿26﴾إِلَّا قِيلٗا سَلَٰمٗا سَلَٰمٗا
Transliteration: Illa qeelan salaman salaman
Translation: ހަމައެކަނި އެކަކު އަނެކަކަށް ސަލާމު ކުރާ އަޑުމެނުވީއެވެ.
وَأَصۡحَٰبُ ٱلۡيَمِينِ مَآ أَصۡحَٰبُ ٱلۡيَمِينِ ﴿27﴾وَأَصۡحَٰبُ ٱلۡيَمِينِ مَآ أَصۡحَٰبُ ٱلۡيَمِينِ
Transliteration: Waashabu alyameeni ma ashabu alyameeni
Translation: ކަނާތް ފަރާތުމީހުންނަކީ ކޮންފަދަ މާތްބައެއްހެއްޔެވެ؟ (ކަނައަތްފަރާތުމީހުންނޭ އޮތްބަސްފުޅުގެ މުރާދަކީ އެމީހުންގެ ޢަމަލުގެފަތް ކަނާތްފަރާތުން ލިބޭމީހުންނެވެ.)
فِي سِدۡرٖ مَّخۡضُودٖ ﴿28﴾فِي سِدۡرٖ مَّخۡضُودٖ
Transliteration: Fee sidrin makhdoodin
Translation: އެމީހުންވަނީ ސުވަރުގޭގެ ފުރިހަމަ ނިޢުމަތުގައެވެ. ކަށިނެތް ކުންނާރު ގަހުގެ މީރުކުންނާރު ލިބުމުގެ ނިޢުމަތުގައެވެ.
وَطَلۡحٖ مَّنضُودٖ ﴿29﴾وَطَلۡحٖ مَّنضُودٖ
Transliteration: Watalhin mandoodin
Translation: އަދި ތިރިންފަށައިގެން ގޮފިތަކާއިހަމައަށް މޭވާއަޅާ ބަރާވެފައިވާ طلح ގަސްގަހުގެ نِعْمَةُ ގައެވެ. (طلح ގަހަކީ ގިނަ މުފައްސިރުން ވިދާޅުވާގޮތުގައި ދޮންކޭލުގެ ބާވަތެކެވެ.)
وَظِلّٖ مَّمۡدُودٖ ﴿30﴾وَظِلّٖ مَّمۡدُودٖ
Transliteration: Wathillin mamdoodin
Translation: އަދި އެމީހުންވަނީ ދެމިގެންވާ ހިޔަލުގައެވެ.
وَمَآءٖ مَّسۡكُوبٖ ﴿31﴾وَمَآءٖ مَّسۡكُوبٖ
Transliteration: Wamain maskoobin
Translation: އަދިއެމީހުންވަނީ އެމީހުންނަށްޓަކައި އަބަދާ އަބަދު އޮހިއޮހި ހުންނަމީރުފެނުގެ نِعْمَةُ ގައެވެ
وَفَٰكِهَةٖ كَثِيرَةٖ ﴿32﴾وَفَٰكِهَةٖ كَثِيرَةٖ
Transliteration: Wafakihatin katheeratin
Translation: އަދި ގިނަވެގެންވާ މީރުމޭވާތަކުގެ نِعْمَةُ ގައެވެ.
لَّا مَقۡطُوعَةٖ وَلَا مَمۡنُوعَةٖ ﴿33﴾لَّا مَقۡطُوعَةٖ وَلَا مَمۡنُوعَةٖ
Transliteration: La maqtooAAatin wala mamnooAAatin
Translation: އެމޭވާއަށް ކެނޑިދިއުމެއްނުވެއެވެ. އަދި مَنَعَ ވުމެއްނުވެއެވެ. (އެބަހީ ދުނިޔޭގެމޭވާއަށްވަގޮތަށް ވަކިމޫސުމަކަށް ލިބިފައި އަނެއްބައިމޫސުމަށް ނުލިބޭގޮތެއްނުވެއެވެ. އަދި ކިއެއްހެއްޔެވެ؟ ދާއިމީގޮތެއްގައި ލިބޭގޮތަށެވެ.) އަދި މަނާކުރާނެމީހަކު ނުވެއެވެ.
وَفُرُشٖ مَّرۡفُوعَةٍ ﴿34﴾وَفُرُشٖ مَّرۡفُوعَةٍ
Transliteration: Wafurushin marfooAAatin
Translation: އަދިއެމީހުންވަނީ އުފުލިގެންވާ ދާންމަތިކޮޅުތަކުގައި ރިވެތިވެގެންވާ މާތް އަންހެނުންނާއި އެކުގައެވެ.
إِنَّآ أَنشَأۡنَٰهُنَّ إِنشَآءٗ ﴿35﴾إِنَّآ أَنشَأۡنَٰهُنَّ إِنشَآءٗ
Transliteration: Inna anshanahunna inshaan
Translation: އަދި ހަމަކަށަވަރުން އެކަނބަލުން ތިމަންރަސްކަލާނގެ ހައްދަވާފައިވާނީ އާހެއްދެވުމަކުންނެވެ. (މިތާމިސިފަވާ އަންހެނުންނަކީ ދުނިޔޭގައި އުޅުނު އަންހެނުންކުރެ ސުވަރުގެ ވަނުމުގެ ނަސީބުލިބުނު މީހުންކަމުގައި ބުނެވުނެވެ.)
فَجَعَلۡنَٰهُنَّ أَبۡكَارًا ﴿36﴾فَجَعَلۡنَٰهُنَّ أَبۡكَارًا
Transliteration: FajaAAalnahunna abkaran
Translation: އަދި ތިމަންރަސްކަލާނގެ ސުވަރުގެއަށްޓަކައި އެކަނބަލުން ބިކުރުވެރިންކަމުގައި ލެއްވީމެވެ.
عُرُبًا أَتۡرَابٗا ﴿37﴾عُرُبًا أَتۡرَابٗا
Transliteration: AAuruban atraban
Translation: އަދި ފިރިންދެކެ ލޯބިވާގޮތަށް އަދި ފިރިންވެސް އެކަނބަލުންދެކެ ލޯބިވާގޮތަށް އެއް ޢުމުރެއްގެ ނުވަތަ އެއް أخْلآقُ އެއްގެ ބަޔަކު ކަމުގައި ލެއްވީމެވެ. (ބައެއް مُفَسِّرُ ން ވިދާޅުވެއެވެ. އެމީހުންގެ ޢުމުރަކީ 33އަހަރެވެ. = ابْن كَثِير
لِّأَصۡحَٰبِ ٱلۡيَمِينِ ﴿38﴾لِّأَصۡحَٰبِ ٱلۡيَمِينِ
Transliteration: Liashabi alyameeni
Translation: އިސްވެދިޔަ ގިނަ نِعْمِة ތަކަކީ ކަނާތްފަރާތުގެ އެކުވެރިންނަށްޓަކައި ހުރި نِعْمِة ތަކެކެވެ.
ثُلَّةٞ مِّنَ ٱلۡأَوَّلِينَ ﴿39﴾ثُلَّةٞ مِّنَ ٱلۡأَوَّلِينَ
Transliteration: Thullatun mina alawwaleena
Translation: އެއީ އިސްވެދިޔަ އުއްމަތްތަކުގެތެރެއިން ބައެކެވެ.
وَثُلَّةٞ مِّنَ ٱلۡأٓخِرِينَ ﴿40﴾وَثُلَّةٞ مِّنَ ٱلۡأٓخِرِينَ
Transliteration: Wathullatun mina alakhireena
Translation: އަދި ފަހުގެ އުއްމަތުގެތެރެއިންބައެކެވެ.
وَأَصۡحَٰبُ ٱلشِّمَالِ مَآ أَصۡحَٰبُ ٱلشِّمَالِ ﴿41﴾وَأَصۡحَٰبُ ٱلشِّمَالِ مَآ أَصۡحَٰبُ ٱلشِّمَالِ
Transliteration: Waashabu alshshimali ma ashabu alshshimali
Translation: އަދި ވައަތްފަރާތުގެ އެކުވެރިން (ދަންނައެވެ.) ވައަތްފަރާތުގެ އެކުވެރިންނަކީ ކޮންފަދަ ނުބައި ބައެއްހެއްޔެވެ؟
فِي سَمُومٖ وَحَمِيمٖ ﴿42﴾فِي سَمُومٖ وَحَمِيمٖ
Transliteration: Fee samoomin wahameemin
Translation: އެމީހުންވަނީ ނަރަކައިގެ ހޫނުގަދަ ވިހަދުމާއި އެންމެގަދަ ހޫނުފެނުގެ عَذَابُ ގެ ރަހަލިބި ލިބިއެވެ
وَظِلّٖ مِّن يَحۡمُومٖ ﴿43﴾وَظِلّٖ مِّن يَحۡمُومٖ
Transliteration: Wathillin min yahmoomin
Translation: އަދި ނަރަކައިގެ ހޫނުގަދަ އަދި ފިނިކަމެއްނެތް ދުމުގެ ހިޔަލުގައެވެ.
لَّا بَارِدٖ وَلَا كَرِيمٍ ﴿44﴾لَّا بَارِدٖ وَلَا كَرِيمٍ
Transliteration: La baridin wala kareemin
Translation: އޭގައި އެއްވެސް ފިނިކަމެއްނެތް އަދި އެއްވެސް އަރާމެއްވިޔަސްނުވާ ނެއެވެ.
إِنَّهُمۡ كَانُواْ قَبۡلَ ذَٰلِكَ مُتۡرَفِينَ ﴿45﴾إِنَّهُمۡ كَانُواْ قَبۡلَ ذَٰلِكَ مُتۡرَفِينَ
Transliteration: Innahum kanoo qabla thalika mutrafeena
Translation: ހަމަކަށަވަރުން އެމީހުން ވީ އޭގެކުރިން (އެބަހީ ދުނިޔޭގައި އުޅުނުއިރު) = حَلآلُ ނޫންތަކެތީން މަޖާކޮށް ހަދާކަމުގައެވެ.
وَكَانُواْ يُصِرُّونَ عَلَى ٱلۡحِنثِ ٱلۡعَظِيمِ ﴿46﴾وَكَانُواْ يُصِرُّونَ عَلَى ٱلۡحِنثِ ٱلۡعَظِيمِ
Transliteration: Wakanoo yusirroona AAala alhinthi alAAatheemi
Translation: އަދި އެމީހުންވީ އެންމެބޮޑުފާފަކުރުންމަތީ އެބަހީ (ޝިރުކު ކުންމަތީ) ދެމިތިބޭބަޔަކު ކަމުގަ އެވެ.
وَكَانُواْ يَقُولُونَ أَئِذَا مِتۡنَا وَكُنَّا تُرَابٗا وَعِظَٰمًا أَءِنَّا لَمَبۡعُوثُونَ ﴿47﴾وَكَانُواْ يَقُولُونَ أَئِذَا مِتۡنَا وَكُنَّا تُرَابٗا وَعِظَٰمًا أَءِنَّا لَمَبۡعُوثُونَ
Transliteration: Wakanoo yaqooloona aitha mitna wakunna turaban waAAithaman ainna lamabAAoothoona
Translation: އަދި އެމީހުން ބުނާކަމުގައި ވީ އަހުރެމެން މަރުވެއްޖެއްޔާ އަދި އަހުރެމެން ވެއްޔަށްވެ އަދި ކަށިތައްވެސް ފީވެ ވެއްޔަށްވުމަށްފަހު އަހުރެމެން ދިރިގެ ފޮނުވޭނޭހެއްޔެވެ؟
أَوَءَابَآؤُنَا ٱلۡأَوَّلُونَ ﴿48﴾أَوَءَابَآؤُنَا ٱلۡأَوَّلُونَ
Transliteration: Awa abaona alawwaloona
Translation: އަދި އަހުރެމެންގެ އިސްވެދިޔަ ކާބަފައިންވެސް ފޮނުވޭނޭހެއްޔެވެ؟
قُلۡ إِنَّ ٱلۡأَوَّلِينَ وَٱلۡأٓخِرِينَ ﴿49﴾قُلۡ إِنَّ ٱلۡأَوَّلِينَ وَٱلۡأٓخِرِينَ
Transliteration: Qul inna alawwaleena waalakhireena
Translation: (އޭ رَسُول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަނމަކަށަވަރުން އިސްވެދިޔަހާބަޔަކު އަދި ފަހުންއައިހާބަޔަކުވެސްމެއެވެ.
لَمَجۡمُوعُونَ إِلَىٰ مِيقَٰتِ يَوۡمٖ مَّعۡلُومٖ ﴿50﴾لَمَجۡمُوعُونَ إِلَىٰ مِيقَٰتِ يَوۡمٖ مَّعۡلُومٖ
Transliteration: LamajmooAAoona ila meeqati yawmin maAAloomin
Translation: ކަނޑައެޅި އެގިގެންވާ ވަކިދުވަހެއްގެ ވަކިވަގުތަކަށް ކަށަވަރުންވެސް އެއްކުރެވޭހުއްޓެވެ. އެއީ ޤިޔާމަތް ދުވަހެވެ.
ثُمَّ إِنَّكُمۡ أَيُّهَا ٱلضَّآلُّونَ ٱلۡمُكَذِّبُونَ ﴿51﴾ثُمَّ إِنَّكُمۡ أَيُّهَا ٱلضَّآلُّونَ ٱلۡمُكَذِّبُونَ
Transliteration: Thumma innakum ayyuha alddalloona almukaththiboona
Translation: ދެންހަމަކަށަވަރުން ކަލޭމެން އޭމިތިބަ ދޮގުވެރި މަދުފުރެދުނު މީހުންނޭވެ!
لَأٓكِلُونَ مِن شَجَرٖ مِّن زَقُّومٖ ﴿52﴾لَأٓكِلُونَ مِن شَجَرٖ مِّن زَقُّومٖ
Transliteration: Laakiloona min shajarin min zaqqoomin
Translation: ހަމަކަށަވަރުން ކަލޭމެން زَقُّوم ގަހަކުން ކާނެއެވެ. (އެއީ ނަރަކައިގައެވެ.)
فَمَالِـُٔونَ مِنۡهَا ٱلۡبُطُونَ ﴿53﴾فَمَالِـُٔونَ مِنۡهَا ٱلۡبُطُونَ
Transliteration: Famalioona minha albutoona
Translation: އަދި އެއިންކަލޭމެން ކަލޭމެންގެ ބަނޑުތައް ފުރާނެއެވެ.
فَشَٰرِبُونَ عَلَيۡهِ مِنَ ٱلۡحَمِيمِ ﴿54﴾فَشَٰرِبُونَ عَلَيۡهِ مِنَ ٱلۡحَمِيمِ
Transliteration: Fashariboona AAalayhi mina alhameemi
Translation: އަދި އެމީހުން އޭގެމައްޗަށް އެންމެގަދަހޫނު ފެން ބޯނެއެވެ.
فَشَٰرِبُونَ شُرۡبَ ٱلۡهِيمِ ﴿55﴾فَشَٰرِبُونَ شُرۡبَ ٱلۡهِيمِ
Transliteration: Fashariboona shurba alheemi
Translation: ފެންބޮވާ ބަލިޖެހިފައިވާ ޖަމަލުބޯވަރަށް އެމީހުން އޭތިބޯނެއެވެ.
هَٰذَا نُزُلُهُمۡ يَوۡمَ ٱلدِّينِ ﴿56﴾هَٰذَا نُزُلُهُمۡ يَوۡمَ ٱلدِّينِ
Transliteration: Hatha nuzuluhum yawma alddeeni
Translation: މިއީ ހިސާބު ބައްލަވާދުވަހުން އެމީހުންނަށްވާ މެހުމާންދާރީއެވެ.
نَحۡنُ خَلَقۡنَٰكُمۡ فَلَوۡلَا تُصَدِّقُونَ ﴿57﴾نَحۡنُ خَلَقۡنَٰكُمۡ فَلَوۡلَا تُصَدِّقُونَ
Transliteration: Nahnu khalaqnakum falawla tusaddiqoona
Translation: ކަލޭމެން ހެއްދެވީ ތިމަންރަސްކަލާނގެއެވެ. ކަލޭމެން އެކަން ތެދުކުރާނެނަމައެވެ. ކަލޭމެން އެކަން ތެދުނުކުރަނީ ކީތްވެހެއްޔެވެ؟
أَفَرَءَيۡتُم مَّا تُمۡنُونَ ﴿58﴾أَفَرَءَيۡتُم مَّا تُمۡنُونَ
Transliteration: Afaraaytum ma tumnoona
Translation: ކަލޭމެން ތިޔަބޭރުކުރާ މަންޏާއި ބެހޭގޮތުން ކަލޭމެން ނިކަން ޚަބަރުދީބަލާށެވެ. (ދެކިބަލާށެވެ.)
ءَأَنتُمۡ تَخۡلُقُونَهُۥٓ أَمۡ نَحۡنُ ٱلۡخَٰلِقُونَ ﴿59﴾ءَأَنتُمۡ تَخۡلُقُونَهُۥٓ أَمۡ نَحۡنُ ٱلۡخَٰلِقُونَ
Transliteration: Aantum takhluqoonahu am nahnu alkhaliqoona
Translation: އެއިން (مَخْلُوقُ އަކު) ހައްދަވަނީ ކަލޭމެންހެއްޔެވެ؟ ނުވަތަ އެހައްދަވާ ކަލަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟
نَحۡنُ قَدَّرۡنَا بَيۡنَكُمُ ٱلۡمَوۡتَ وَمَا نَحۡنُ بِمَسۡبُوقِينَ ﴿60﴾نَحۡنُ قَدَّرۡنَا بَيۡنَكُمُ ٱلۡمَوۡتَ وَمَا نَحۡنُ بِمَسۡبُوقِينَ
Transliteration: Nahnu qaddarna baynakumu almawta wama nahnu bimasbooqeena
Translation: ،(61) ތިމަންރަސްކަލާނގެ ކަލޭމެންގެމެދުގައި މަރު (މަރުވުން) މިންވަރުކުރެއްވީމެވެ. އަދި ކަލޭމެންގެ ސޫރަތައް ބަދަލުކުރައްވައި އަދި ކަލޭމެނަށް ނޭގޭ ސޫރަތަކަކަށް ތިމަންރަސްކަލާނގެ ކަލޭމެން އުފެއްދެވުމަށް ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވެއެވެ.
عَلَىٰٓ أَن نُّبَدِّلَ أَمۡثَٰلَكُمۡ وَنُنشِئَكُمۡ فِي مَا لَا تَعۡلَمُونَ ﴿61﴾عَلَىٰٓ أَن نُّبَدِّلَ أَمۡثَٰلَكُمۡ وَنُنشِئَكُمۡ فِي مَا لَا تَعۡلَمُونَ
Transliteration: AAala an nubaddila amthalakum wanunshiakum fee ma la taAAlamoona
Translation: ،(61) ތިމަންރަސްކަލާނގެ ކަލޭމެންގެމެދުގައި މަރު (މަރުވުން) މިންވަރުކުރެއްވީމެވެ. އަދި ކަލޭމެންގެ ސޫރަތައް ބަދަލުކުރައްވައި އަދި ކަލޭމެނަށް ނޭގޭ ސޫރަތަކަކަށް ތިމަންރަސްކަލާނގެ ކަލޭމެން އުފެއްދެވުމަށް ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވެއެވެ.
وَلَقَدۡ عَلِمۡتُمُ ٱلنَّشۡأَةَ ٱلۡأُولَىٰ فَلَوۡلَا تَذَكَّرُونَ ﴿62﴾وَلَقَدۡ عَلِمۡتُمُ ٱلنَّشۡأَةَ ٱلۡأُولَىٰ فَلَوۡلَا تَذَكَّرُونَ
Transliteration: Walaqad AAalimtumu alnnashata aloola falawla tathakkaroona
Translation: އަދި ހަމަކަށަވަރުން ކަލޭމެންގެ ފުރަތަމަ ހެއްދެވުން ކަލޭމެންނަށް އެނގޭނެއެވެ. ފަހެ ކަލޭމެން عِبْرَة ލިބި ނުގަންނަނީ ކީއްވެގެން ހެއްޔެވެ؟
أَفَرَءَيۡتُم مَّا تَحۡرُثُونَ ﴿63﴾أَفَرَءَيۡتُم مَّا تَحۡرُثُونَ
Transliteration: Afaraaytum ma tahruthoona
Translation: ކަލޭމެން (އޮށް އިންދައިގެން) ތިޔަކުރާ ދަޑުވެރިކަމާއިމެދު ކަލޭމެން ނިކަން ޚަބަރުދީބަލާށެވެ. (ކަލޭމެންނިކަން ދެކިބަލާށެވެ.)
ءَأَنتُمۡ تَزۡرَعُونَهُۥٓ أَمۡ نَحۡنُ ٱلزَّـٰرِعُونَ ﴿64﴾ءَأَنتُمۡ تَزۡرَعُونَهُۥٓ أَمۡ نَحۡنُ ٱلزَّـٰرِعُونَ
Transliteration: Aantum tazraAAoonahu am nahnu alzzariAAoona
Translation: އެއޮށް ފަޅުވާހައްދަވަނީ ކަލޭމެން ހެއްޔެވެ؟ ނުވަތަ އެއޮށް ފަޅުވާ ގަސްހައްދަވަނީ ތިމަންރަސްކަލާނގެ ހެއްޔެވެ؟
لَوۡ نَشَآءُ لَجَعَلۡنَٰهُ حُطَٰمٗا فَظَلۡتُمۡ تَفَكَّهُونَ ﴿65﴾لَوۡ نَشَآءُ لَجَعَلۡنَٰهُ حُطَٰمٗا فَظَلۡتُمۡ تَفَكَّهُونَ
Transliteration: Law nashao lajaAAalnahu hutaman fathaltum tafakkahoona
Translation: ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާނަމަ ހަމަކަށަވަރުން ހަލާކުވެ ކުދިކުދިވެ ބޭނުން ނުކުރެވޭ ކުނޑިތަކަކަށް ތިމަންރަސްކަލާނގެ އެހައްދަވާފައިހުށީމެވެ. ދެން އޭރުން ކަލޭމެން عَجَائِبُ ވެގެން ބުނާނެއެވެ.
إِنَّا لَمُغۡرَمُونَ ﴿66﴾إِنَّا لَمُغۡرَمُونَ
Transliteration: Inna lamughramoona
Translation: ހަމަކަށަވަރުން އެއްވެސް އެއްޗެއް ނުލިބި އަހުރެމެންނަށް ގެއްލުންވީއެވެ.
بَلۡ نَحۡنُ مَحۡرُومُونَ ﴿67﴾بَلۡ نَحۡنُ مَحۡرُومُونَ
Transliteration: Bal nahnu mahroomoona
Translation: އަދި ކިއެއްހެއްޔެވެ. އަހުރެމެންމިވަނީ (އެދަޑުގެ ބަރަކާތުން) مَحْرُومُ ވެގެންނެވެ.
أَفَرَءَيۡتُمُ ٱلۡمَآءَ ٱلَّذِي تَشۡرَبُونَ ﴿68﴾أَفَرَءَيۡتُمُ ٱلۡمَآءَ ٱلَّذِي تَشۡرَبُونَ
Transliteration: Afaraaytumu almaa allathee tashraboona
Translation: ކަލޭމެން ތިޔަބޯފެނާއިމެދު ކަލޭމެން ނިކަން ނިކަން ޚަބަރުދީބަލާށެވެ. (ދެކިބަލާށެވެ.)
ءَأَنتُمۡ أَنزَلۡتُمُوهُ مِنَ ٱلۡمُزۡنِ أَمۡ نَحۡنُ ٱلۡمُنزِلُونَ ﴿69﴾ءَأَنتُمۡ أَنزَلۡتُمُوهُ مِنَ ٱلۡمُزۡنِ أَمۡ نَحۡنُ ٱلۡمُنزِلُونَ
Transliteration: Aantum anzaltumoohu mina almuzni am nahnu almunziloona
Translation: ވިލާގަޑުން އެފެން ވެއްސަވަނީ ކަލޭމެން ހެއްޔެވެ. ނުވަތަ އެވެއްސާކަލަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟
لَوۡ نَشَآءُ جَعَلۡنَٰهُ أُجَاجٗا فَلَوۡلَا تَشۡكُرُونَ ﴿70﴾لَوۡ نَشَآءُ جَعَلۡنَٰهُ أُجَاجٗا فَلَوۡلَا تَشۡكُرُونَ
Transliteration: Law nashao jaAAalnahu ojajan falawla tashkuroona
Translation: ތިމަންރަސްކަލާނގެ އެދިވޮޑި ގަންނަވާނަމަ ގަދަލޮނު ފެނެއްކަމުގައި އެފެން ތިމަންރަސްކަލާނގެ ލައްވައިފީހެވެ. ކަލޭމެނަ ފަހެ ޝުކުރު ނުކުރާނެހެއްޔެވެ؟
أَفَرَءَيۡتُمُ ٱلنَّارَ ٱلَّتِي تُورُونَ ﴿71﴾أَفَرَءَيۡتُمُ ٱلنَّارَ ٱلَّتِي تُورُونَ
Transliteration: Afaraaytumu alnnara allatee tooroona
Translation: ކަލޭމެން ރޯކޮށްގެން ތިޔައަންދާ އަލިފާނާއިމެދު ކަލޭމެން ނިކަން ޚަބަރުދީބަލާށެވެ. (ދެކިބަލާށެވެ.)
ءَأَنتُمۡ أَنشَأۡتُمۡ شَجَرَتَهَآ أَمۡ نَحۡنُ ٱلۡمُنشِـُٔونَ ﴿72﴾ءَأَنتُمۡ أَنشَأۡتُمۡ شَجَرَتَهَآ أَمۡ نَحۡنُ ٱلۡمُنشِـُٔونَ
Transliteration: Aantum anshatum shajarataha am nahnu almunshioona
Translation: އެގަސްއުފެއްދެވީ ކަލޭމެން ހެއްޔެވެ؟ ނުވަތަ އެގަސް ހައްދަވަނީ ތިމަންރަސްކަލާނގެ ހެއްޔެވެ؟
نَحۡنُ جَعَلۡنَٰهَا تَذۡكِرَةٗ وَمَتَٰعٗا لِّلۡمُقۡوِينَ ﴿73﴾نَحۡنُ جَعَلۡنَٰهَا تَذۡكِرَةٗ وَمَتَٰعٗا لِّلۡمُقۡوِينَ
Transliteration: Nahnu jaAAalnaha tathkiratan wamataAAan lilmuqweena
Translation: (ނަރަކައިގެ އަލިފާނުގެ) ހަނދާނަކަށާއި އަދި ދަތުރުވެރިންނަށާއި ދުރުހިސާބުގައި\nއުޅޭމީހުންނަށް ވެސް ބޭނުންކޮށްލެވޭ އެއްޗެއްކަމުގައި ތިމަންރަސްކަލާނގެ އެ އަލިފާން ލެއްވީމެވެ.
فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِيمِ ﴿74﴾فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِيمِ
Transliteration: Fasabbih biismi rabbika alAAatheemi
Translation: ފަހެ ކަލޭގެފާނުންގެ ބޮޑުވެގެންވާ رَبُّ ނަންފުޅުން. ކަލޭގެފާނު تَسْبِيْح ވިދާޅުވާށެވެ!
فَلَآ أُقۡسِمُ بِمَوَٰقِعِ ٱلنُّجُومِ ﴿75﴾۞فَلَآ أُقۡسِمُ بِمَوَٰقِعِ ٱلنُّجُومِ
Transliteration: Fala oqsimu bimawaqiAAi alnnujoomi
Translation: ފަހެ ތަރިތައް އޮއްސޭ ތަންތަން ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.
وَإِنَّهُۥ لَقَسَمٞ لَّوۡ تَعۡلَمُونَ عَظِيمٌ ﴿76﴾وَإِنَّهُۥ لَقَسَمٞ لَّوۡ تَعۡلَمُونَ عَظِيمٌ
Transliteration: Wainnahu laqasamun law taAAlamoona AAatheemun
Translation: އަދި ހަމަކަށަވަރުންއެއީ ކަލޭމެންނަށް އެނގޭނަމައެއީ ކަނޑައެޅިގެން ބޮޑުވެގެންވާ ހުވައެކެވެ.
إِنَّهُۥ لَقُرۡءَانٞ كَرِيمٞ ﴿77﴾إِنَّهُۥ لَقُرۡءَانٞ كَرِيمٞ
Transliteration: Innahu laquranun kareemun
Translation: ހަމަކަށަވަރުން އެއީ މާތްވެގެންވާ قُرْآن އެއްކަން ކަށަވަރެވެ.
فِي كِتَٰبٖ مَّكۡنُونٖ ﴿78﴾فِي كِتَٰبٖ مَّكۡنُونٖ
Transliteration: Fee kitabin maknoonin
Translation: ރައްކާތެރިވެގެންވާ ފޮތެއްގައިވާ (لَوْحُ المَحْفُوظ ގައިވާ)
لَّا يَمَسُّهُۥٓ إِلَّا ٱلۡمُطَهَّرُونَ ﴿79﴾لَّا يَمَسُّهُۥٓ إِلَّا ٱلۡمُطَهَّرُونَ
Transliteration: La yamassuhu illa almutahharoona
Translation: طَاهِرُ ވެގެންވާ ބޭކަލަކު މެނުވީ (މަލާއިކަތް ބޭކަލަކުމެނުވީ) އެފޮތުގައި ނުބީހެއެވެ.
تَنزِيلٞ مِّن رَّبِّ ٱلۡعَٰلَمِينَ ﴿80﴾تَنزِيلٞ مِّن رَّبِّ ٱلۡعَٰلَمِينَ
Transliteration: Tanzeelun min rabbi alAAalameena
Translation: އެއީ عَالَمُ ތަކުގެވެރި رَبُّ ގެ حَضْرَةُ ން ބާވާތްލައްވާ ބާވާތްލެއްވުމެކެވެ.
أَفَبِهَٰذَا ٱلۡحَدِيثِ أَنتُم مُّدۡهِنُونَ ﴿81﴾أَفَبِهَٰذَا ٱلۡحَدِيثِ أَنتُم مُّدۡهِنُونَ
Transliteration: Afabihatha alhadeethi antum mudhinoona
Translation: ކަލޭމެން އާދައިގެ އެއްޗެއްކަމުގައި ބަލައި ދޮގުކުރަނީ މިވާހަކަ ހެއްޔެވެ؟ (މި قُرْآن ހެއްޔެވެ؟)
وَتَجۡعَلُونَ رِزۡقَكُمۡ أَنَّكُمۡ تُكَذِّبُونَ ﴿82﴾وَتَجۡعَلُونَ رِزۡقَكُمۡ أَنَّكُمۡ تُكَذِّبُونَ
Transliteration: WatajAAaloona rizqakum annakum tukaththiboona
Translation: އަދި ކަލޭމެން ކަލޭމެންގެ ރިޒުޤުގެ ޝުކުރުކުރު ން ހަމަކަށަވަރުން ކަލޭމެން ދޮގުކުރުމެއް ކަމުގައި ލަނީ ހެއްޔެވެ؟ الله ބާވާތްލެއްވި ވާރޭފެން ތަރިއަށް ނިސްބަތްކުރަނީއެވެ.
فَلَوۡلَآ إِذَا بَلَغَتِ ٱلۡحُلۡقُومَ ﴿83﴾فَلَوۡلَآ إِذَا بَلَغَتِ ٱلۡحُلۡقُومَ
Transliteration: Falawla itha balaghati alhulqooma
Translation: (މަރުވާމީހާ) ލަގޮޑިވަޅާއި ހަމައަށް ފުރާނަ އަރައްޖެއްޔާ
وَأَنتُمۡ حِينَئِذٖ تَنظُرُونَ ﴿84﴾وَأَنتُمۡ حِينَئِذٖ تَنظُرُونَ
Transliteration: Waantum heenaithin tanthuroona
Translation: އަދިކަލޭމެން އެހިނދުން އޭނާއަށް ބަލަހައްޓައިގެން ތިބޭނެއެވެ.
وَنَحۡنُ أَقۡرَبُ إِلَيۡهِ مِنكُمۡ وَلَٰكِن لَّا تُبۡصِرُونَ ﴿85﴾وَنَحۡنُ أَقۡرَبُ إِلَيۡهِ مِنكُمۡ وَلَٰكِن لَّا تُبۡصِرُونَ
Transliteration: Wanahnu aqrabu ilayhi minkum walakin la tubsiroona
Translation: އަދި ތިމަންރަސްކަލާނގެ އޭނާއާއި ގާތްކަން ބޮޑެވެ. އަދި އެހެނެއްކަމަކު ކަލޭމެންނަކަށް ނުފެނެއެވެ.
فَلَوۡلَآ إِن كُنتُمۡ غَيۡرَ مَدِينِينَ ﴿86﴾فَلَوۡلَآ إِن كُنتُمۡ غَيۡرَ مَدِينِينَ
Transliteration: Falawla in kuntum ghayra madeeneena
Translation: ،(87) ފަހެ ކަލޭމެން މަރުވުމަށްފަހު ހިސާބުބައްލަވާނެކަމަށް އެއްބަސްނުވަންޏާ ކަލޭމެން އެފުރާނަ އަނބުރާ ރައްދުކުރާހުށި ކަމެވެ. ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާއެވެ.
تَرۡجِعُونَهَآ إِن كُنتُمۡ صَٰدِقِينَ ﴿87﴾تَرۡجِعُونَهَآ إِن كُنتُمۡ صَٰدِقِينَ
Transliteration: TarjiAAoonaha in kuntum sadiqeena
Translation: ،(87) ފަހެ ކަލޭމެން މަރުވުމަށްފަހު ހިސާބުބައްލަވާނެކަމަށް އެއްބަސްނުވަންޏާ ކަލޭމެން އެފުރާނަ އަނބުރާ ރައްދުކުރާހުށި ކަމެވެ. ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާއެވެ.
فَأَمَّآ إِن كَانَ مِنَ ٱلۡمُقَرَّبِينَ ﴿88﴾فَأَمَّآ إِن كَانَ مِنَ ٱلۡمُقَرَّبِينَ
Transliteration: Faamma in kana mina almuqarrabeena
Translation: ފަހެ އޭނާ އެބަހީ (މަރަށް حاضِر ވީ މީހާ) ކުއްތަންވެގެންވާ މީހުންގެތެރެއިން ވަންޏާ.
فَرَوۡحٞ وَرَيۡحَانٞ وَجَنَّتُ نَعِيمٖ ﴿89﴾فَرَوۡحٞ وَرَيۡحَانٞ وَجَنَّتُ نَعِيمٖ
Transliteration: Farawhun warayhanun wajannatu naAAeemin
Translation: ފަހެ އޭނާއަށް ހުރީ ދުނިޔޭގެ އުދަގުލުން އަރާމު ލިބިގަތުމާއި އަދި ސުވަރުގޭގެ ރިޒުޤެވެ. (ނުވަތަމީރުވަސްދުވާ މާމެލާމެއްޔެވެ.) އަދި نِعْمة ތަކުގެވެރި ސުވަރުގެއެވެ.
وَأَمَّآ إِن كَانَ مِنۡ أَصۡحَٰبِ ٱلۡيَمِينِ ﴿90﴾وَأَمَّآ إِن كَانَ مِنۡ أَصۡحَٰبِ ٱلۡيَمِينِ
Transliteration: Waamma in kana min ashabi alyameeni
Translation: އަދި އޭނާކަނާތްފަރާތުގެ އެކުވެރިންގެތެރެއިން ވަންޏާ (މަރަށް حاضِر ވީ މީހާ ކަނާތްފަރާތުގެ އެކުވެރިންގެ ތެރެއިންވަންޏާ އޭނާއަށް ބުނެވޭނެއެވެ.)
فَسَلَٰمٞ لَّكَ مِنۡ أَصۡحَٰبِ ٱلۡيَمِينِ ﴿91﴾فَسَلَٰمٞ لَّكَ مِنۡ أَصۡحَٰبِ ٱلۡيَمِينِ
Transliteration: Fasalamun laka min ashabi alyameeni
Translation: ކަނާތްފަރާތުގެ އެކުވެރިންގެފަރާތުން. ފަހެކަލެއަށް ސަލާމު ހުއްޓެވެ. (އޭނާއަށް އެންގޭނެއެވެ.)
وَأَمَّآ إِن كَانَ مِنَ ٱلۡمُكَذِّبِينَ ٱلضَّآلِّينَ ﴿92﴾وَأَمَّآ إِن كَانَ مِنَ ٱلۡمُكَذِّبِينَ ٱلضَّآلِّينَ
Transliteration: Waamma in kana mina almukaththibeena alddalleena
Translation: އަދި އެމީހާ ދޮގުވެރި މަގުފުރެދުނުމީހުންގެތެރެއިން ވަންޏާ ދަންނައެވެ.
فَنُزُلٞ مِّنۡ حَمِيمٖ ﴿93﴾فَنُزُلٞ مِّنۡ حَمِيمٖ
Transliteration: Fanuzulun min hameemin
Translation: ފަހެ އޭނާހައަށްހުންނަހުށީ އެންމެ ހޫނުފެނުގެ މެހުމާންދާރީ ކަމެވެ.
وَتَصۡلِيَةُ جَحِيمٍ ﴿94﴾وَتَصۡلِيَةُ جَحِيمٍ
Transliteration: Watasliyatu jaheemin
Translation: އަދި ނަރަކައިގެ އަލިފާނުގައި އެނދުމެވެ.
إِنَّ هَٰذَا لَهُوَ حَقُّ ٱلۡيَقِينِ ﴿95﴾إِنَّ هَٰذَا لَهُوَ حَقُّ ٱلۡيَقِينِ
Transliteration: Inna hatha lahuwa haqqu alyaqeeni
Translation: ހަމަކަށަވަރުން މިއީ ކަނޑައެޅިގެން ޔަޤީނުންވެސް حَقُّ އެވެ.
فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِيمِ ﴿96﴾فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِيمِ
Transliteration: Fasabbih biismi rabbika alAAatheemi
Translation: ފަހެ ހައިބަ ބޮޑުވެގެންވާ ކަލޭގެފާނުންގެ رَبُّ ނަންފުޅުން ކަލޭގެފާނު تَسْبِيْح ވިދާޅުވާށެވެ!
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download