quranm◉

Surah Al-Mursalat transliteration

◉ ސޫރަ · ∞

77:1

وَٱلۡمُرۡسَلَٰتِ عُرۡفٗا ﴿1﴾

Transliteration: Waalmursalati AAurfan

Translation: ހޭއަރުވައިލުމެއްދަންނައެވެ. މިސޫރަތުގެ ކުރީކޮޅުގެ ހައާޔަތުގެ ތަފުސީރާއިމެދު ތަފުސީރު ޢިލްމުވެރިންގެ މެދުގައި ބަސްތަފާތު ވެފައިވެއެވެ. އޭގެތެރެއިންބައެއްބޭކަލުން ވިދާޅުވަނީ - وَالْمُرْسَلات - وَالْعَصِفَات - وَالنَّاشِرَات - فَالْفَارِقَات - فَالْمُاالقِيَات - މި ލަފުޒުތަކުގެ މާނައަކީ ވައިގެ އެކިވައްތަރުކަމަށެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ މަލާއިކަތްބޭކަލުން ކަމަށެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވާގޮތުގައި ފުރަތަމަ ތިން ލަފުޒު އެއީ ވަޔަށް ކިޔާ ތިންނަންކަމަށެވެ. އަނެއްދެ ލަފުޒު އެއީ މަލާއިކަތްބޭކަލުންނަށް ކިޔާ ދެނަންކަމަށެވެ.\nދެންފަހެ މިބޭކަލުންގެ މިހުރިހާ ވާހަކައެއްގެ ޚުލާސާއެއްގެގޮތުން އެންމެ مُعْتبر تَفْسِير ފޮތުގެ مُؤَلِّف إبْن جَرِير الطبري ވިދާޅުވީ އެތަނުން ވަކިމާނައެއް އިސްކުރެވޭނެ ދަލީލެއްނެތެވެ. ދެމާނަވެސް ދޭހަވެއެވެ. ވީމާ އެތަނުން ކޮންމެ މާނައެއްވެސް ރަނގަޅެވެ. وَالله أَعْلَم. މިފޮތުގައި ލިޔެފައިމިވަނީ މީގެތެރެއިން އެއްގޮތެވެ. ވިދިވިދިގެން ޖެހޭ ރަނގަޅުވައި ގަންދެއްވައި ﷲ ހުވައިވަޙީ ކުރައްވައެވެ.

77:2

فَٱلۡعَٰصِفَٰتِ عَصۡفٗا ﴿2﴾

Transliteration: FaalAAasifati AAasfan

Translation: އަދި ތަކެތި ހަލާކުވާފަދަ ގަދަވައި ގަންދެއްވައި ﷲ ހުވައި ވަޙީކުރައްވައެވެ.

77:3

وَٱلنَّـٰشِرَٰتِ نَشۡرٗا ﴿3﴾

Transliteration: Waalnnashirati nashran

Translation: އަދި ވާރޭވިލާތައް (ފެންވެހޭ ވިލާތައް) އުޑުގައި ފަތުރާލާ ވިލާތައް ގަންދެއްވައި ﷲ ހުވައި ވަޙީކުރައްވައެވެ.

77:4

فَٱلۡفَٰرِقَٰتِ فَرۡقٗا ﴿4﴾

Transliteration: Faalfariqati farqan

Translation: ފަހެ ކަނޑައެޅިގެން ޙައްޤުއާއި ބާޠިލު އަދި ޙަލާލާއި ޙަރާމް ފަރަޤުކުރައްވާ މަލާއިކަތްބޭކަލުން ގަންދެއްވައި ﷲ ހުވައި ވަޙީކުރައްވައެވެ.

77:5

فَٱلۡمُلۡقِيَٰتِ ذِكۡرًا ﴿5﴾

Transliteration: Faalmulqiyati thikran

Translation: އަދި ވަޢުޡާއި ނަޞޭހަތް އަދި އިންޒާރާއިގެން ވަޑައިގަންނަވާ މަލާއިކަތްބޭކަލުން ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.

77:6

عُذۡرًا أَوۡ نُذۡرًا ﴿6﴾

Transliteration: AAuthran aw nuthran

Translation: އަދި އެބޭބޭކަލުން އެވަޑައިގަންނަވަނީ ﷲ ގެ ޙަޟްރަތުން ޢުޒުރާއި އަދި އިންޒާރު ގެ ގޮތުންނެވެ. މިހުރިހާ އެއްޗެއް ގަންދެއްވައި ﷲ ހުވައި ވަޙީކުރައްވަނީ ބޮޑުކަމެއްގެ މައްޗަށެވެ. އެކަމަކީ

77:7

إِنَّمَا تُوعَدُونَ لَوَٰقِعٞ ﴿7﴾

Transliteration: Innama tooAAadoona lawaqiAAun

Translation: ހަމަކަށަވަރުން ތިޔަބައިމީހުންނަށް ވަޢުދު ވެވިގެންވާ ކަންތައްތައް ހަމަކަށަވަރުން ވާޤިޢު ވާނެއެވެ. ދިމާވާނެކަން ކަށަވަރެވެ. އެއީ ޤިޔާމަތް ދުވަހުން ހެޔޮކަމާއި ނުބައިކަން ބެލިވި އެއަށް ޖަޒާލިބުމެވެ. އެއީ ނުވެ ނުދާނެކަމެކެވެ.

77:8

فَإِذَا ٱلنُّجُومُ طُمِسَتۡ ﴿8﴾

Transliteration: Faitha alnnujoomu tumisat

Translation: (އެފަދަ ކަންތައް ހިނގާނީ؛) ތަރިތަކުގެ ނޫރު ފިލައިގޮސް އަނދިރިވެއްޖެއްޔާއެވެ.

77:9

وَإِذَا ٱلسَّمَآءُ فُرِجَتۡ ﴿9﴾

Transliteration: Waitha alssamao furijat

Translation: އަދި އުޑުފަޅައިގެންގޮސް ދުރުވެ ފޭވެއްޖެއްޔާއެވެ.

77:10

وَإِذَا ٱلۡجِبَالُ نُسِفَتۡ ﴿10﴾

Transliteration: Waitha aljibalu nusifat

Translation: އަދި ފަރުބަދަތައް އޭގެ މަކާނުން ލުހެވި ކުދިކުދިވެ ބުރަބުރައިގެން ހިނގައްޖެއްޔާއެވެ.

77:11

وَإِذَا ٱلرُّسُلُ أُقِّتَتۡ ﴿11﴾

Transliteration: Waitha alrrusulu oqqitat

Translation: އަދި ރަސޫލު ބޭކަލުންނަށް (އެބޭކަލުންނާއި އެބޭކަލުންގެ އުންމަތްތަކާދެމެދު فَيْصِلَة ކުރުމަށް) ވަގުތު ކަނޑައެޅިއްޖެއްޔާއެވެ.

77:12

لِأَيِّ يَوۡمٍ أُجِّلَتۡ ﴿12﴾

Transliteration: Liayyi yawmin ojjilat

Translation: އެބޭބޭކަލުން ފަސްކުރެވުނީ ކޮންދުވަހަކަށްޓަކައިހެއްޔެވެ؟

77:13

لِيَوۡمِ ٱلۡفَصۡلِ ﴿13﴾

Transliteration: Liyawmi alfasli

Translation: އެބޭބޭކަލުން ފަސްކުރެވުނީ (އެބަހީ ދުނިޔޭގައި އެބޭކަލުންނާއި އުންމަތްތަކާއިމެދު فَيْصِلَة ނުކުރެވި ލަސްކުރެވުނީ) ކަންތައްތަކަކަށް فَيْصِلَة ކުރައްވައި ހިސާބުބައްލަވާ ދުވަހަކަށެވެ.

77:14

وَمَآ أَدۡرَىٰكَ مَا يَوۡمُ ٱلۡفَصۡلِ ﴿14﴾

Transliteration: Wama adraka ma yawmu alfasli

Translation: އަދި އެފަދަ فَيْصِلَة ކުރައްވާ ދުވަހަކީ ކޮން ދުވަހެއްކަން ކަލޭގެފާނަށް އަންގަވައިދެއްވަނީ ކޮންކަމެއްތޯއެވެ؟ (ފަހެ މިފަދަ ސުވާލަކީ އެކަމުގެ މުހިންމުކަމާއި ސީރިއަސްކަން ހާމަކުރެއްވުމަށް ހުންނަ ސުވާލެވެ.)

77:15

وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ﴿15﴾

Transliteration: Waylun yawmaithin lilmukaththibeena

Translation: އަދި ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (وَيْلُ އަކީ ގަދަ ޢަޒާބެވެ. ނުވަތަ ނަރަކައިގެ ވަކި وَادِي އެކެވެ.) ނުވަތަ وَيْلُ އަކީ ހަލާކަށްކިޔާ ނަމެކެވެ. އެބަހީ ދޮގުވެރިންނަށް އެދުވަހުން ހަލާކު ހުއްޓެވެ. މިއެވެ.

77:16

أَلَمۡ نُهۡلِكِ ٱلۡأَوَّلِينَ ﴿16﴾

Transliteration: Alam nuhliki alawwaleena

Translation: އިސްވެދިޔަ މީސްތަކުން ތިމަންރަސްކަލާނގެ ހަލާކު ނުކުރަންހެއްޔެވެ؟ (އިސްވެދިޔަ މީހުންނެވެ އެންގެވި ބަސްފުޅުގެ މުރާދަކީ آدَم ގެފާނުއްސުރެ مُحَمَّدُ صَلَّي الله عَلَيه وَسَلَّم އާއި ހަމައަށް އައި އުންމަތުގައި އުޅުނު ރަސޫލު ބޭކަލުން ދޮގުކުރި މީހުންނެވެ. އެމީހުން ހަލާކު ކުރައްވައި މެރުއްވިއެވެ.)

77:17

ثُمَّ نُتۡبِعُهُمُ ٱلۡأٓخِرِينَ ﴿17﴾

Transliteration: Thumma nutbiAAuhumu alakhireena

Translation: ދެންފަހުގެމީހުން އެމީހުންނާއި تَبَعَ ކުރައްވާ ހުށީމެވެ. (އެބަހީ ފަހުގެމީހުންވެސް ރަސޫލާ ދޮގުކޮށްފިއްޔާ އެމީހުންނެކޭ އެއްގޮތަށް ހަލާކު ކުރައްވާހުރީމެވެ. ފަހުގެމީހުންނޭ އެންގެވި ބަސްފުޅުގެމުރާދަކީ مُحمَّد صَلّى الله علَيْه وَسلم ރަސޫކަމާއިގެން ފޮނުއްވިފަހުން ދެންއަންނާނެހާބައެކެވެ. އެމީހުންކުރެ ރަސޫލުދޮގުކުރި މީހުންނެވެ. އޭގެ އެންމެފުރަތަމަބަޔަކީ މައްކާގެ މުޝްރިކުންނެވެ. ދެންވެސް އެފަދަމީހުންނެވެ.)

77:18

كَذَٰلِكَ نَفۡعَلُ بِٱلۡمُجۡرِمِينَ ﴿18﴾

Transliteration: Kathalika nafAAalu bialmujrimeena

Translation: މުޖްރިމުންނާއިމެދު ތިމަންރަސްކަލާނގެ ކަންތައްކުރައްވަނީ އެފަދައިންނެވެ.

77:19

وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ﴿19﴾

Transliteration: Waylun yawmaithin lilmukaththibeena

Translation: ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)

77:20

أَلَمۡ نَخۡلُقكُّم مِّن مَّآءٖ مَّهِينٖ ﴿20﴾

Transliteration: Alam nakhluqkum min main maheenin

Translation: އަދި ނިކަމެތިވެގެންވާ ދެރަފެންފޮދަކުން އެބަހީ نُطْفَة އަކުން ތިމަންރަސްކަލާނގެ ކަލޭމެން ނުހައްދަވަމުހެއްޔެވެ؟ އެބަހީ ކަލޭމެންހެއްދެވީ ދެރަފެންފޮދަކުންނެވެ.

77:21

فَجَعَلۡنَٰهُ فِي قَرَارٖ مَّكِينٍ ﴿21﴾

Transliteration: FajaAAalnahu fee qararin makeenin

Translation: ދެން އެ نُطْفَة قرار ވެގެން ރައްކާތެރި ތަނަކަށް ތިމަންރަސްކަލާނގެ ލެއްވީމެވެ. (އެއީ އަންހެންމީހާ رَحِم‘ ގެތެރެއަށެވެ.)

77:22

إِلَىٰ قَدَرٖ مَّعۡلُومٖ ﴿22﴾

Transliteration: Ila qadarin maAAloomin

Translation: އެއީ ކަނޑައެޅި عَين ވެގެންވާ مدت އަކަށެވެ. (އެއީބަލިވެއިނދެ ދުވަސް ފުރެންދެނެވެ.)

77:23

فَقَدَرۡنَا فَنِعۡمَ ٱلۡقَٰدِرُونَ ﴿23﴾

Transliteration: Faqadarna faniAAma alqadiroona

Translation: ދެން ތިމަންރަސްކަލާނގެ އެ نُطْفَة މިންވަރުކުރެއްވީމެވެ. (އެބަހީ ގުނަވަންތަކާއި ސިފަތަށް ބަރާބަރުކޮށް ފުރިހަމަ އިންސާނަކަށް މިންވަރުކުރެއްވީމެވެ.) ތިމަންރަސްކަލާނގެއީ މޮޅަށް މިންވަރުކުރަށްވާ ރަސްކަލާނގެއެވެ.

77:24

وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ﴿24﴾

Transliteration: Waylun yawmaithin lilmukaththibeena

Translation: ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)

77:25

أَلَمۡ نَجۡعَلِ ٱلۡأَرۡضَ كِفَاتًا ﴿25﴾

Transliteration: Alam najAAali alarda kifatan

Translation: ،(26)،(27) ދިރޭތަކެއްޗާއި މަރުވާތަކެތި ޖަމާކޮށް އެއްކުރާތަނެއްކަމުގައި ތިމަންރަސްކަލާނގެ ބިންގަނޑު ނުލައްވަންހެއްޔެވެ؟ (އެބަހީ އެދެވައްތަރު ޖަމާކޮށް އެއްކުރާ ތަނެއްކަމުގައި ތިމަންރަސްކަލާނގެ ބިންގަނޑު ލެއްވީމެވެ. އެއީ ދިރޭ އެންމެހާ ތަކެތި ބިންގަނޑުމަތީގައި އަދި މަރުވާތަކެތި ބިމުގެ ބަނޑުގައި (ބިމުގެ ތެރޭގައި) ޖަމާކުރެއްވީމެވެ.) އަދި އެބިމުގައި އުސް ފަރުބަދަތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި މީރުފެން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބޯންދެއްވަމެވެ.

77:26

أَحۡيَآءٗ وَأَمۡوَٰتٗا ﴿26﴾

Transliteration: Ahyaan waamwatan

Translation: ،(26)،(27) ދިރޭތަކެއްޗާއި މަރުވާތަކެތި ޖަމާކޮށް އެއްކުރާތަނެއްކަމުގައި ތިމަންރަސްކަލާނގެ ބިންގަނޑު ނުލައްވަންހެއްޔެވެ؟ (އެބަހީ އެދެވައްތަރު ޖަމާކޮށް އެއްކުރާ ތަނެއްކަމުގައި ތިމަންރަސްކަލާނގެ ބިންގަނޑު ލެއްވީމެވެ. އެއީ ދިރޭ އެންމެހާ ތަކެތި ބިންގަނޑުމަތީގައި އަދި މަރުވާތަކެތި ބިމުގެ ބަނޑުގައި (ބިމުގެ ތެރޭގައި) ޖަމާކުރެއްވީމެވެ.) އަދި އެބިމުގައި އުސް ފަރުބަދަތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި މީރުފެން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބޯންދެއްވަމެވެ.

77:27

وَجَعَلۡنَا فِيهَا رَوَٰسِيَ شَٰمِخَٰتٖ وَأَسۡقَيۡنَٰكُم مَّآءٗ فُرَاتٗا ﴿27﴾

Transliteration: WajaAAalna feeha rawasiya shamikhatin waasqaynakum maan furatan

Translation: ،(26)،(27) ދިރޭތަކެއްޗާއި މަރުވާތަކެތި ޖަމާކޮށް އެއްކުރާތަނެއްކަމުގައި ތިމަންރަސްކަލާނގެ ބިންގަނޑު ނުލައްވަންހެއްޔެވެ؟ (އެބަހީ އެދެވައްތަރު ޖަމާކޮށް އެއްކުރާ ތަނެއްކަމުގައި ތިމަންރަސްކަލާނގެ ބިންގަނޑު ލެއްވީމެވެ. އެއީ ދިރޭ އެންމެހާ ތަކެތި ބިންގަނޑުމަތީގައި އަދި މަރުވާތަކެތި ބިމުގެ ބަނޑުގައި (ބިމުގެ ތެރޭގައި) ޖަމާކުރެއްވީމެވެ.) އަދި އެބިމުގައި އުސް ފަރުބަދަތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި މީރުފެން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބޯންދެއްވަމެވެ.

77:28

وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ﴿28﴾

Transliteration: Waylun yawmaithin lilmukaththibeena

Translation: ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)

77:29

ٱنطَلِقُوٓاْ إِلَىٰ مَا كُنتُم بِهِۦ تُكَذِّبُونَ ﴿29﴾

Transliteration: Intaliqoo ila ma kuntum bihi tukaththiboona

Translation: (مَحْشَر ގެ މައިދާނުގައި قِيَامة ދުވަހާއި ނަރަކަ ދޮގުކުރި މީހުންނަށް އެންގޭނެއެވެ.) ތިޔަބައިމީހުން (ދުނިޔޭގައި ތިބިއިރު) އެއެއްޗެއް ދޮގުކުރި އެއްޗާއި ދިމާއަށް ތިޔަބައިމީހުން ދާށެވެ.

77:30

ٱنطَلِقُوٓاْ إِلَىٰ ظِلّٖ ذِي ثَلَٰثِ شُعَبٖ ﴿30﴾

Transliteration: Intaliqoo ila thillin thee thalathi shuAAabin

Translation: ނަރަކައިގެ ތިންބަޔަކަށް ބެހިފައިވާ ދުންގަނޑުގެ ހިޔަލަށް ކަލޭމެންދާށެވެ.

77:31

لَّا ظَلِيلٖ وَلَا يُغۡنِي مِنَ ٱللَّهَبِ ﴿31﴾

Transliteration: La thaleelin wala yughnee mina allahabi

Translation: އެހިޔަލުގައި އެއްވެސް ފިނިކަމެއް އަދި ނަރަކައިން އަރާ ހޫނު އަލިފާންގަޑުން ލުއިކަމެއް ފުއްދައިދިނުމެއްނުވެއެވެ.

77:32

إِنَّهَا تَرۡمِي بِشَرَرٖ كَٱلۡقَصۡرِ ﴿32﴾

Transliteration: Innaha tarmee bishararin kaalqasri

Translation: ހަމަކަށަވަރުން އެނަރަކަ ބޮޑެތި ބިލްޑިންގުވަރުގެ ކަނި (ހުޅުގަނޑު) އުކާނެއެވެ.

77:33

كَأَنَّهُۥ جِمَٰلَتٞ صُفۡرٞ ﴿33﴾

Transliteration: Kaannahu jimalatun sufrun

Translation: އެވައްތަރުވާނީ ކަޅު ނުވަތަ ކަޅުކުލައިގެ ޖަމަލުތަކަކާއެވެ.

77:34

وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ﴿34﴾

Transliteration: Waylun yawmaithin lilmukaththibeena

Translation: ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.) ދަންނައެވެ. ތެއްތިރީސްވަނަ އާޔަތުގައިވާ جِمَا لَتٌ صُفْرٌމިދެކަލިމައިން ކުރެ صُفْرٌ މިކަލިމަޔާމެދު ތަފްސީރު ޢިލްމުވެރިންގެ މެދުގައި ބަސްތަފާތުވެފައިވެއެވެ. އެއީ ކަޅުކުލަޔާ ދޮންކުލަޔާމެދުގައެވެ. ބައެއްބޭކަލުން ވިދާޅުވަނީ އެއީ ކަޅުކުލަ ކަމަށެވެ. އަނެއްބައިބޭކަލުން ވިދާޅުވަނީ އެއި ދޮން ކުލަ ކަމަށެވެ. ވީމާ މި ބަޙުޘް ހިނގާފައިވާވާހަކަ ހަނދާންކޮށްލަމެވެ.

77:35

هَٰذَا يَوۡمُ لَا يَنطِقُونَ ﴿35﴾

Transliteration: Hatha yawmu la yantiqoona

Translation: މިއަދު މިޤިޔާމަތްދުވަހަކީ އެމީހުން އެބަހީ ނަރަކަވަންތަވެރިން ވާހަކަނުދައްކާނެދުވަހެވެ. ބަސްނުބުނާނެއެވެ. އެމީހުން ވާހަކަދައްކާކަށް ކުޅަދާނަނުވާނެއެވެ. އަގަތަކުގައިވާނީ ސިއްކަޖެހެވި ބަންދުކުރެވިފައެވެ. އަދި އޭރު ހިސާބު ބައްލަވާނިމިގެން ނަރަކައަށްވައްދަވަނީއެވެ.

77:36

وَلَا يُؤۡذَنُ لَهُمۡ فَيَعۡتَذِرُونَ ﴿36﴾

Transliteration: Wala yuthanu lahum fayaAAtathiroona

Translation: އަދި އެމީހުން ބަހަނާދައްކާ ޢުޒުރުވެރިވާކަށް އިޒުނަ ނުލިބޭނެއެވެ. ޢުޒުރުވެރިވެވޭނީވެސް އެހެންނަމަތާއެވެ.

77:37

وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ﴿37﴾

Transliteration: Waylun yawmaithin lilmukaththibeena

Translation: ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)

77:38

هَٰذَا يَوۡمُ ٱلۡفَصۡلِۖ جَمَعۡنَٰكُمۡ وَٱلۡأَوَّلِينَ ﴿38﴾

Transliteration: Hatha yawmu alfasli jamaAAnakum waalawwaleena

Translation: (އެދުވަހު ނަރަކަވަންތަވެރި ދޮގުވެރިންނަށް އެންގޭނެއެވެ.) މިއަދަކީ މިއީ فَيْصِلَة ކުރާ ދުވަހެވެ. ކަލޭމެންނާއި އެބަހީ مُحَمد صَل الله عَلَيه وَسَلمَ އުއްމަތުގެ މީހުންނާއި އަދި އިސްވެދިޔަ أمة ތަކުގައިވެސް ތިބިއެންމެހާ ދޮގުވެރިން ތިމަންރަސްކަލާނގެ ޖަމާކުރައްވާދުވަހެވެ.

77:39

فَإِن كَانَ لَكُمۡ كَيۡدٞ فَكِيدُونِ ﴿39﴾

Transliteration: Fain kana lakum kaydun fakeedooni

Translation: ދެން ފަހެ ތިމަންރަސްކަލާނގެ އަތްދަށުން މިއަދު عَذابُ އާއި ހަލާކުން ކަލޭމެން ފިލައިގެންދިއުމަށް ކަލޭމެން ހަދާނެމަކަރެއް އަދި ހީލަތެއްއޮތިއްޔާ ނިކަންހަދައިބަލާށެވެ. (އެއްވެސް މަކަރެއް ހީލަތެއް ނުހެދޭނެއެވެ.)

77:40

وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ﴿40﴾

Transliteration: Waylun yawmaithin lilmukaththibeena

Translation: ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)

77:41

إِنَّ ٱلۡمُتَّقِينَ فِي ظِلَٰلٖ وَعُيُونٖ ﴿41﴾

Transliteration: Inna almuttaqeena fee thilalin waAAuyoonin

Translation: ހަމަކަށަވަރުން تَقْوَى ވެރިން އެދުވަހުން ތިބޭނީ ބޮޑެތިގަސްގަހާއި ގަޑުވަރުތަކުގައި ހިޔަލުގައެވެ، އެކިޒާތް ޒާތުގެ މީރު ބުއިމުގެ އާރުތަކުން ބުއިމާ މަޖާނެގުމުގައެވެ.

77:42

وَفَوَٰكِهَ مِمَّا يَشۡتَهُونَ ﴿42﴾

Transliteration: Wafawakiha mimma yashtahoona

Translation: އެމީހުން ހިތްއެދޭވައްތަރެއްގެ ކެއުމާއި އުފާކުރުމުގައެވެ.

77:43

كُلُواْ وَٱشۡرَبُواْ هَنِيٓـَٔۢا بِمَا كُنتُمۡ تَعۡمَلُونَ ﴿43﴾

Transliteration: Kuloo waishraboo haneean bima kuntum taAAmaloona

Translation: (އެދުވަހުން އެމީހުންނަށް ނިދާއިއްވެވޭނެއެވެ.) ކަލޭމެން ދުނިޔޭގައިކުރި ހެޔޮޢަމަލުގެ ސަބަބުން މިއަދު ހިތްފަސެހަކަމާއިއެކު ކައިބޮއިހަދާށެވެ.

77:44

إِنَّا كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ ﴿44﴾

Transliteration: Inna kathalika najzee almuhsineena

Translation: ހަމަކަށަވަރުން އިޙްސާން ތެރިން ނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ.

77:45

وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ﴿45﴾

Transliteration: Waylun yawmaithin lilmukaththibeena

Translation: ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)

77:46

كُلُواْ وَتَمَتَّعُواْ قَلِيلًا إِنَّكُم مُّجۡرِمُونَ ﴿46﴾

Transliteration: Kuloo watamattaAAoo qaleelan innakum mujrimoona

Translation: (އެ މުޝްރިކުންނަށް މިދުނިޔޭގައި އެންގޭނެއެވެ.) ކަލޭމެން ކުޑަކޮށް ކައިބޮއިހަދާ އަރާމުކޮށް ހަދާށެވެ. ހަމަކަށަވަރުން ކަލޭމެންނަކީ ކުށްވެރިންނެވެ. (އިސްވެދިޔަ عِبَارة އަކީ އަމުރެއް ގޮތަށް އޮތް عِبَارة އެއްނަމަވެސް އެއިން މުރާދު ކުރެވެނީ ބިރުވެރިކަމާ އިންޒާރެވެ.)

77:47

وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ﴿47﴾

Transliteration: Waylun yawmaithin lilmukaththibeena

Translation: ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)

77:48

وَإِذَا قِيلَ لَهُمُ ٱرۡكَعُواْ لَا يَرۡكَعُونَ ﴿48﴾

Transliteration: Waitha qeela lahumu irkaAAoo la yarkaAAoona

Translation: ކަލޭމެން رُكُوعُ ކުރާށޭ - އެބަހީ ނަމާދުކުރާށޭ - އެމީހުންނަށް ބުނެވިއްޖެއްޔާ އެމީހުން ނަމާދުކުރާނެއެވެ. رُكُوعُ ނުކުރާނެއެވެ.

77:49

وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ﴿49﴾

Transliteration: Waylun yawmaithin lilmukaththibeena

Translation: ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)

77:50

فَبِأَيِّ حَدِيثِۭ بَعۡدَهُۥ يُؤۡمِنُونَ ﴿50﴾

Transliteration: Fabiayyi hadeethin baAAdahu yuminoona

Translation: ފަހެ އެމީހުން މި قُرْآن ތެދުނުކޮށްފާ ދެން ތެދުކުރާނީ ކޮންވާހަކައެއް ބާވައެވެ؟

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download