وَٱلۡفَجۡرِ ﴿1﴾وَٱلۡفَجۡرِ
Transliteration: Waalfajri
Translation: ފަތިސްވަގުތު ގަންދެއްވައި الله ހުވައި وَحيކުރައްވައެވެ.
وَٱلۡفَجۡرِ ﴿1﴾وَٱلۡفَجۡرِ
Transliteration: Waalfajri
Translation: ފަތިސްވަގުތު ގަންދެއްވައި الله ހުވައި وَحيކުރައްވައެވެ.
وَلَيَالٍ عَشۡرٖ ﴿2﴾وَلَيَالٍ عَشۡرٖ
Transliteration: Walayalin AAashrin
Translation: حَجُّ މަހުގެފުރަތަމަ ދިހަރޭ ގަންދެއްވައި الله ހުވައި وَحيކުރައްވައެވެ.
وَٱلشَّفۡعِ وَٱلۡوَتۡرِ ﴿3﴾وَٱلشَّفۡعِ وَٱلۡوَتۡرِ
Transliteration: WaalshshafAAi waalwatri
Translation: ޖޯޑުޖޯޑަށްވާ ކޮންމެއެއްޗަކާއި އަދި ބިޖޯޑަށްވާކޮންމެއެއްޗަކާއި ގަންދެއްވައި الله ހުވައި وَحيކުރައްވައެވެ
وَٱلَّيۡلِ إِذَا يَسۡرِ ﴿4﴾وَٱلَّيۡلِ إِذَا يَسۡرِ
Transliteration: Waallayli itha yasri
Translation: އަދި ވޭތިވެގެންދާ ރޭގަނޑު ގަންދެއްވައި الله ހުވައި وَحيކުރައްވައެވެ.
هَلۡ فِي ذَٰلِكَ قَسَمٞ لِّذِي حِجۡرٍ ﴿5﴾هَلۡ فِي ذَٰلِكَ قَسَمٞ لِّذِي حِجۡرٍ
Transliteration: Hal fee thalika qasamun lithee hijrin
Translation: ފަހެ މިކަންކަމުގައި ބުއްދީގެ ވެރިއަކަށް ބޮޑުވެގެންވާ ހުވައެއް ނުވޭބާވައެވެ. (ވާކަން ކަށަވަރެވެ.)\n• ދަންނައެވެ. މިސޫރަތުގެ ކުރީ ހަތަރު އާޔަތުގަގައި އެވާ ހަތަރު އެއްޗަކާއިމެދު مُفَسِّرُ ންގެ ބަސްތަފާތުވެގެންވެއެވެ. އަޅުގަޑުލިޔެފައި އެވަނީ އެންމެ މަސްހޫރު ހަތަރުމާނައެވެ. وَالله أعلم.
أَلَمۡ تَرَ كَيۡفَ فَعَلَ رَبُّكَ بِعَادٍ ﴿6﴾أَلَمۡ تَرَ كَيۡفَ فَعَلَ رَبُّكَ بِعَادٍ
Transliteration: Alam tara kayfa faAAala rabbuka biAAadin
Translation: ފަހެ عَادُ ބާގައިގެ މީހުންނާއިމެދު ކަލޭގެފާނުންގެ رَبُّ ކަންތައްކުރެއްވީ ކޮންފަދައަކުންކަން ކަލޭގެފާނު ވިސްނާ ފިކުރު ނުކުރައްވަންތޯއެވެ؟ (އެމީހުން ނުކިޔަމަންތެރިވީ ހިދުން އެކަލާނގެ އެމީހުން ހަލާކު ކުރެއްވީއެވެ.) عَادُ ބާގައިގެމީހުންނަކީ ސަލާމު ލެއްވި هُودُ ގެފާނުންގެ ޤައުމުގެމީހުންނެވެ.
إِرَمَ ذَاتِ ٱلۡعِمَادِ ﴿7﴾إِرَمَ ذَاتِ ٱلۡعِمَادِ
Transliteration: Irama thati alAAimadi
Translation: އެމީހުން އުޅުނުތަނަށް ކިޔަނީ إرَمُ އެވެ. އެއީ ބޮޑެތި ތަނބު ތަނބު ޖަހައިގެން ގެއެޅިބައެކެވެ. (ނުވަތަ އެއިން މީހެއްގެ އިސްކޮޅު ތަނބެއްފަދައެވެ. އެއިން މީހެއްގައި ބާރަމުށް ހުންނަކަމުގައި ވިއެވެ.
ٱلَّتِي لَمۡ يُخۡلَقۡ مِثۡلُهَا فِي ٱلۡبِلَٰدِ ﴿8﴾ٱلَّتِي لَمۡ يُخۡلَقۡ مِثۡلُهَا فِي ٱلۡبِلَٰدِ
Transliteration: Allatee lam yukhlaq mithluha fee albiladi
Translation: އެފަދަވަރުގަދަ ރަށެއް އެޒަމާނުގައި އެހެންތާކު ނެތްކަމުގައި ވިއެވެ. އެފަދަމިސާލެއް އެހެން ރަށަކު ނެތްކަމުގައި ވިއެވެ. ދެންފަހެ އެމީހުންވެސް ނުކިޔަމަންތެރިވީހިދުން ﷲ އެމީހުންވެސް ހަލާކު ކުރެއްވީއެވެ. ގަދަވައެއްފޮނުއްވައި އެމީހުން ހަލާކު ކުރެއްވީއެވެ. މަރުވެދިޔައީއެވެ. އެވައި އައިސް ކޮންމެމީހަކު އެތައް އިސްކޮޅަކަށް އުފުލައި އުގުރުވަތަށް ބިމަށް ޖަހާކަމުގައި ވިއެވެ. ދެންއޮންނަނީ ކަނދުރާބިދި މަރުވެފައެވެ. والعياذ بالله.....
وَثَمُودَ ٱلَّذِينَ جَابُواْ ٱلصَّخۡرَ بِٱلۡوَادِ ﴿9﴾وَثَمُودَ ٱلَّذِينَ جَابُواْ ٱلصَّخۡرَ بِٱلۡوَادِ
Transliteration: Wathamooda allatheena jaboo alssakhra bialwadi
Translation: އަދި ثَمُودُ ބާގައިގެމީހުންނަށް ކަލޭގެފާނުންގެ رَبُّ ކަންތަށް ކުރެއްވި ގޮތާއިމެދު ވިސްނާ ފިކުރު ކޮށް ޢިބްރަތް ހާސިލު ނުކުރައްވާނޭ ތޯއެވެ؟ ثَمُودُ ބާގައިގެ މީހުންނަކީ سَلام ލެއްވި صَالح ގެ ފާނުންގެ ޤައުމުގެ މީހުންނެވެ. އެމީހުންނަކީ ފަރުބަދަ ކޮނެ ފޮފަ ނަގައިގެން ފަރުބަދައެއީ ގެދޮރު ކަމުގައި ހެދި މީހުންނެވެ. ހިލަ ކޮށައި ހެދިމީހުންނެވެ. އެއީ مَدَائن ކިޔާ ތަނެކެވެ. ގަދަފަދަ ބާރުގަދަ ބައެކެވެ. މިމީހުންވެސް ނުކިޔަމަންތެރި ވީހިދުން ﷲ ހަލާކު ކުރެއްވީއެވެ. އެމީހުންނަށް ފޮނުއްވީ ގަދަ އަޑުފަށެކެވެ. އެއަޑު ފަށްގަދަކަމުން ފިއްކެނޑިގެންގޮސް މަރުވެ ތަންޑާވީއެވެ.
وَفِرۡعَوۡنَ ذِي ٱلۡأَوۡتَادِ ﴿10﴾وَفِرۡعَوۡنَ ذِي ٱلۡأَوۡتَادِ
Transliteration: WafirAAawna thee alawtadi
Translation: އަދި ކަޑަތަކުގެ ވެރި فِرْعَون އާއި މެދު ﷲ ކަންތަށްކުރެއްވި ގޮތް ނުބަލަނީތޯއެވެ؟ އެޔާމެދު ފިކުރުކޮށް ޢިބުރަތް ޙާޞިލް ނުކުރަނީބާވައެވެ. فِرْعَون އަށް ކަޑަތަކުގެ ވެރި فِرْعَون އޭ ކިޔުނީ އޭނާ މީހުންމަރާއިރު ހަތަރު ކަޑަ ގެންގުޅޭކަމުގައި ވެއެވެ. ހަތަރު ކަޑަޖަހައި ހަތަރެސްފައި ހަތަރު ކަޑައަށް އައްސައި މޭމައްޗަށް ބަރު ހިލައަރުވައި މީހުންމަރާކަމުގައިވިއެވެ. އަދި އެހެން ގޮތްގޮތައްވެސް ކިޔޭކަމުގައި ވިއެވެ.
ٱلَّذِينَ طَغَوۡاْ فِي ٱلۡبِلَٰدِ ﴿11﴾ٱلَّذِينَ طَغَوۡاْ فِي ٱلۡبِلَٰدِ
Transliteration: Allatheena taghaw fee albiladi
Translation: މިބަޔާންވެދިޔަ މީސްމީހުންނާއި ޤައުމު ތަކަކީ (عَادُ ބާގައިގެ މީހުންނާއި ثَمُودُ ބާގައިގެ މީހުންނާއި فِرْعَون އާއި އޭނާގެ ޤައުމު) މިމީހުންނަކީ އެމީހުންއުޅުނު ތަންތަން ފަސާދަކޮށް ނުކިޔަމަންތެރިކަމާއި ބޮޑާކަމުގައި ހައްދު ފަހަނަޅައިގެން ދިޔަބަޔެކެވެ.
فَأَكۡثَرُواْ فِيهَا ٱلۡفَسَادَ ﴿12﴾فَأَكۡثَرُواْ فِيهَا ٱلۡفَسَادَ
Transliteration: Faaktharoo feeha alfasada
Translation: އެމީސްމީހުން އެރަށްރަށުގައި ނުލަފާކަންތަކާއި ފަސާދަކުރުންތައް ގިނަ ކުރީއެވެ.
فَصَبَّ عَلَيۡهِمۡ رَبُّكَ سَوۡطَ عَذَابٍ ﴿13﴾فَصَبَّ عَلَيۡهِمۡ رَبُّكَ سَوۡطَ عَذَابٍ
Transliteration: Fasabba AAalayhim rabbuka sawta AAathabin
Translation: ދެންފަހެ ކަލޭގެފާނުންގެ رَبُّ އެމީހުންނަށް ގަދަވެގެންވާ عَذَابُ ދެއްކެވިއެވެ.
إِنَّ رَبَّكَ لَبِٱلۡمِرۡصَادِ ﴿14﴾إِنَّ رَبَّكَ لَبِٱلۡمِرۡصَادِ
Transliteration: Inna rabbaka labialmirsadi
Translation: ދެންފަހެ ކަލޭގެފާނުންގެ رَبُّ ވަނީ ކޮންމެ މީހަކު ކުރާކަމަކަށް ރަނގަޅަށް ބައްލަވާ ވޮޑިގަތުން މަތީގައެވެ. (އޭ މިތިބަ ޤުރައިޝުންނޭވެ. (މިހާރުތިބި މީސްތަކުންނޭވެ!) ބަސްނޭހީވިއްޔާ ކަލޭމެނައްވެސް ހަމަ އެފަދަގޮތެއްވެދާނެއެވެ.)
فَأَمَّا ٱلۡإِنسَٰنُ إِذَا مَا ٱبۡتَلَىٰهُ رَبُّهُۥ فَأَكۡرَمَهُۥ وَنَعَّمَهُۥ فَيَقُولُ رَبِّيٓ أَكۡرَمَنِ ﴿15﴾فَأَمَّا ٱلۡإِنسَٰنُ إِذَا مَا ٱبۡتَلَىٰهُ رَبُّهُۥ فَأَكۡرَمَهُۥ وَنَعَّمَهُۥ فَيَقُولُ رَبِّيٓ أَكۡرَمَنِ
Transliteration: Faamma alinsanu itha ma ibtalahu rabbuhu faakramahu wanaAAAAamahu fayaqoolu rabbee akramani
Translation: އިންސާނާގެ ޙާލުދަންނައެވެ. އޭނާގެ رب އޭނާ إمْتِحَانُ ކުރެއްވުމައްޓަކައި އޭނާއަށްމާތްކޮށް ހިއްތަވައި އަދި نِعْمَة ދެއްވައިފިއްޔާ އޭނާބުނާނެއެވެ. އަހުރެންގެ رب އަހުރެންނަށް މާތްކޮށް ހިއްތަވައިފިއެވެ. ދެންވަރަށް ގަޔާވާނެއެވެ. • އޭނާ ހީކުރާނީ އެނާގެ ރަނގަޅުކަމުން الله އޭނާއަށް كَرَامَة ދެއްވަނީ ކަމަށެވެ. މުދަލަށްވެސް އޭނާ ޙައްޤުވާތީ އޭނައަށް ގިނަމުދަލާއި نِعْمَة ދެއްވަނީ ކަމަށެވެ. ނަމަވެސް އެއީ އެއްގޮތަކަށްވެސް އެހެންވާކަމެއްނޫނެވެ. އެއީ ހަމަ إمْتِحَانُ އެވެ. ދެންއެވަގުތު އޭނާ الله އަށް ޝުކުރު ކުރަން ހަދާންނެތިއްޖެނަމަ އޭނާފެއިލްވާނެއެވެ.
وَأَمَّآ إِذَا مَا ٱبۡتَلَىٰهُ فَقَدَرَ عَلَيۡهِ رِزۡقَهُۥ فَيَقُولُ رَبِّيٓ أَهَٰنَنِ ﴿16﴾وَأَمَّآ إِذَا مَا ٱبۡتَلَىٰهُ فَقَدَرَ عَلَيۡهِ رِزۡقَهُۥ فَيَقُولُ رَبِّيٓ أَهَٰنَنِ
Transliteration: Waamma itha ma ibtalahu faqadara AAalayhi rizqahu fayaqoolu rabbee ahanani
Translation: އަދި ދަންނައެވެ. އެއިންސާނާ إمْتِحَانُ ކުރެއްވުމަށްޓަކައި އޭނާގެ رب އޭނާގެ ރިޒުޤު މަދުކުރައްވައި ދަތިކުރައްވައި ދެރަކުރައްވައިފިއްޔާ އެނާބުނާނެއެވެ. އަހުރެންގެ رب އަހުރެންނަށް އިހާނެތިކޮށް ހިއްތަވައިފިއެވެ. މިއެވެ. • ދަންނައެވެ. މިފަދަމީހުންނަކީ ތިމާމެންގެ އީމާންކަން ފުރިހަމަނޫންމީހުންނެވެ. މިހެނީ ދުނިޔޭގައި އުޅުންފަސޭހަވެ އަތްމަތި ތަނަވަސްވުމަކީ ﷲ ގެ كَرَامَة ހުރިކަމުގެދަލީލެއްނޫނެވެ. އަދި އަތްމަތިދަތިވެ ފަގީރުވުމަކީ ﷲގެ ކޯފާޔާއި ޢަޒާބުގެ ދަލީލެއް ނޫނެވެ. އެއީ ހަމައެކަނި މުއްސަނދި މީހާ ޝުކުރު ކުރޭތޯ ބެއްލެވުމާއި ފަގީރުމީހާ ކެއްތެރިވޭތޯ ބެއްލެވުމެކެވެ. އަދިވެސް އެކަލާނގެ ދެނެވޮޑިގެންވާ ކަންތައްތަކެއްވެއެވެ.
كَلَّاۖ بَل لَّا تُكۡرِمُونَ ٱلۡيَتِيمَ ﴿17﴾كَلَّاۖ بَل لَّا تُكۡرِمُونَ ٱلۡيَتِيمَ
Transliteration: Kalla bal la tukrimoona alyateema
Translation: އިންސާނާ އެ ދެ ހާލުގައިވެސް (އެބަހީ ފަސޭހަކަމާއި އަތްމަތި ދަތިކަމުގައިވެސް) އެފަދައިން ނުބުނާ ހުށި ކަމެވެ. ކޮންމެ ޙާލަތަކީވެސް ﷲ އޭނާ ކުރަށްވާ އިމްތިޙާން އެކެވެ. އަދި ކިއެއްހެއްޔެވެ. މުދާ ގިނައިން ދެވުނު މީހުންވެސް އޭގެ ޙައްޤު ފުރިހަމައަށް އަދާ ނުކުރާ ކިތައްމެ ބައެކެވެ. މުދާދެވުނުމީހުން ޔަތިމުންނަށް ކާއެތިކޮޅު ނުދިނީމުއެވެ.
وَلَا تَحَـٰٓضُّونَ عَلَىٰ طَعَامِ ٱلۡمِسۡكِينِ ﴿18﴾وَلَا تَحَـٰٓضُّونَ عَلَىٰ طَعَامِ ٱلۡمِسۡكِينِ
Transliteration: Wala tahaddoona AAala taAAami almiskeeni
Translation: އަދި ކާއެތިކޮޅު ދިނުމަށް މީސްތަކުންނަށް ހިއްވަރު ނުދެމުއެވެ. ތިމާމެން އަމިއްލައައްވެސް އެކަމަށް އެދުންވެރިކަމެއް ނެތީމުއެވެ.
وَتَأۡكُلُونَ ٱلتُّرَاثَ أَكۡلٗا لَّمّٗا ﴿19﴾وَتَأۡكُلُونَ ٱلتُّرَاثَ أَكۡلٗا لَّمّٗا
Transliteration: Watakuloona altturatha aklan lamman
Translation: ތިޔަބައި މީހުން ވާރުތަމުދާތައް އަތުވިގޮތަކުން ކަނީއެވެ. ކުޑަކުދިންނާ އަންހެނުންގެ މުދާވެސް އެމީހުންނަށް ނުދީ ކަނީއެވެ. ޔަތީމުންނާއި ނިކަމެތިންގެ މުދާވެސް ކަނީއެވެ. މިއީ އިސްލާމްދީން އައުމުގެ ކުރިން ކަންތައް ކުރަމުން އައި ގޮތެވެ. ކުޑަކުދިންނަށް ޔަތީމުންނަށް އަންހެނުންނަށް ވާރުތަވުމެއް ނޯވެއެވެ. އެހުރިހާ މުދާކައިހަދިނީ ބޮޑެތި ފިރިހެނުންނެވެ.
وَتُحِبُّونَ ٱلۡمَالَ حُبّٗا جَمّٗا ﴿20﴾وَتُحِبُّونَ ٱلۡمَالَ حُبّٗا جَمّٗا
Transliteration: Watuhibboona almala hubban jamman
Translation: އަދި ތިޔަބައިމީހުން މުދަލަށް ލޯބިކުރަނީ މާ ބޮޑަށެވެ.
كَلَّآۖ إِذَا دُكَّتِ ٱلۡأَرۡضُ دَكّٗا دَكّٗا ﴿21﴾كَلَّآۖ إِذَا دُكَّتِ ٱلۡأَرۡضُ دَكّٗا دَكّٗا
Transliteration: Kalla itha dukkati alardu dakkan dakkan
Translation: އެއްގޮތަކަށްވެސް އެފަދައިން ލޯބިކުރުން އެކަށީގެން ނުވެއެވެ. (ޤިޔާމަތްވުމަށް) ބިންގަނޑު ތެޅިގަނެ ޒަލްޒަލާ އައިސް ގަދަވެގެންވާ ޙަރަކާތަކުން ބިންގަނޑު ޙަރަކާތްކޮށް
وَجَآءَ رَبُّكَ وَٱلۡمَلَكُ صَفّٗا صَفّٗا ﴿22﴾وَجَآءَ رَبُّكَ وَٱلۡمَلَكُ صَفّٗا صَفّٗا
Transliteration: Wajaa rabbuka waalmalaku saffan saffan
Translation: އަދި ކަލޭފާނު ހައްދަވާ ބޮޑުކުރެއްވި رب (އަޅުތަކުންގެ މެދުގައި ފައިސަލާ ކުރެއްވުމަށް ވޮޑިގަންނަވައި އަދި މަލާއިކަތްބޭކަލުން ސަފުސަފަށް (ސަފަކަށްފަހު ސަފެއް) ވަޑައިގެން މިކަންކަން ޤިޔާމަތް ދުވަހުންވާނެއެވެ. (އެދުވަހަށް ވިސްނާށެވެ.)
وَجِاْيٓءَ يَوۡمَئِذِۭ بِجَهَنَّمَۚ يَوۡمَئِذٖ يَتَذَكَّرُ ٱلۡإِنسَٰنُ وَأَنَّىٰ لَهُ ٱلذِّكۡرَىٰ ﴿23﴾وَجِاْيٓءَ يَوۡمَئِذِۭ بِجَهَنَّمَۚ يَوۡمَئِذٖ يَتَذَكَّرُ ٱلۡإِنسَٰنُ وَأَنَّىٰ لَهُ ٱلذِّكۡرَىٰ
Transliteration: Wajeea yawmaithin bijahannama yawmaithin yatathakkaru alinsanu waanna lahu alththikra
Translation: ނަރަކަ އެދުވަހުން ގެނެވޭނެއެވެ. ދެން އެދުވަހުން އިންސާނާ- އެބަހީ ކާފަރު އިންސާނާ ހަނދާން ކުރާނެއެވެ. އޭނާ ދުނިޔޭގައި ކުރި ނުލަފާކަންތައްތައް ހަނދާންވާނެއެވެ. އެކަމަކު ދެން މިއަދު އެކަންކަން ހަނދާންވުމުން އޮތީ ކޮން ފައިދާއެއްހެއްޔެވެ؟ ކުރިމަތީގައި އޮތީ ގަދަ ޢަޒާބެވެ.
يَقُولُ يَٰلَيۡتَنِي قَدَّمۡتُ لِحَيَاتِي ﴿24﴾يَقُولُ يَٰلَيۡتَنِي قَدَّمۡتُ لِحَيَاتِي
Transliteration: Yaqoolu ya laytanee qaddamtu lihayatee
Translation: އަދި އެހިނދު އޭނާ ބުނާނެއެވެ. އަހުރެންގެ މިޙަޔާތަށް ހެޔޮ ޢަމަލު އިސްކުރެވުނުނަމަ ކޮންފަދަ ރަނގަޅު ހެއްޔެވެ. (އެކަމަކު ދެން ހަމަ ހުސް ނަމަ އެވެ.)
فَيَوۡمَئِذٖ لَّا يُعَذِّبُ عَذَابَهُۥٓ أَحَدٞ ﴿25﴾فَيَوۡمَئِذٖ لَّا يُعَذِّبُ عَذَابَهُۥٓ أَحَدٞ
Transliteration: Fayawmaithin la yuAAaththibu AAathabahu ahadun
Translation: ފަހެއެދުވަހުން އެކަލާނގެ ޢަޒާބު ދެއްވާވަރަށް ހަމައެކަކަށްވެސް ޢަޒާބު ނުދެއްވޭނެއެވެ. ޢަޒާބު އެހާ ގަދަވާނެއެވެ
وَلَا يُوثِقُ وَثَاقَهُۥٓ أَحَدٞ ﴿26﴾وَلَا يُوثِقُ وَثَاقَهُۥٓ أَحَدٞ
Transliteration: Wala yoothiqu wathaqahu ahadun
Translation: (އަދި ޗޭނުންނާއި ހިލިހިލާއިން ކާފަރުންތައް) އެކަލާނގެ ބަންނަވާ ވަރަކަށް ހަމައެކަކަށްވެސް ނުބަނދެވޭނެއެވެ. (އެވަރަށް ބަންނަވާނެއެވެ.)
يَـٰٓأَيَّتُهَا ٱلنَّفۡسُ ٱلۡمُطۡمَئِنَّةُ ﴿27﴾يَـٰٓأَيَّتُهَا ٱلنَّفۡسُ ٱلۡمُطۡمَئِنَّةُ
Transliteration: Ya ayyatuha alnnafsu almutmainnatu
Translation: ،(28) މާތްވެގެންވާމުއުމިނުންނަށް قِيَامَة ދުވަހުން ނިދާއިއްވޭނެއެވެ. އީމާންކަމާއި تَوْحِيْد ގެނޫރުން އަލިވެ އުޖާލާވެގެންވާ ނަފުސުގެ ވެރިޔާއެވެ. ﷲ ދެއްވި ގިނަގުނަ ސަވާބާއި ދަރުމަ އަށް ރުހިގެންވާ ޙާލު އަދި އެކަލާނގެ ތިބާއަށް ރުހިވޮޑިގެންވާ ޙާލު ތިބާގެ رب ގެ حَضرَة އަށް އެނބުރި އަންނާށެވެ.
ٱرۡجِعِيٓ إِلَىٰ رَبِّكِ رَاضِيَةٗ مَّرۡضِيَّةٗ ﴿28﴾ٱرۡجِعِيٓ إِلَىٰ رَبِّكِ رَاضِيَةٗ مَّرۡضِيَّةٗ
Transliteration: IrjiAAee ila rabbiki radiyatan mardiyyatan
Translation: ،(28) މާތްވެގެންވާމުއުމިނުންނަށް قِيَامَة ދުވަހުން ނިދާއިއްވޭނެއެވެ. އީމާންކަމާއި تَوْحِيْد ގެނޫރުން އަލިވެ އުޖާލާވެގެންވާ ނަފުސުގެ ވެރިޔާއެވެ. ﷲ ދެއްވި ގިނަގުނަ ސަވާބާއި ދަރުމަ އަށް ރުހިގެންވާ ޙާލު އަދި އެކަލާނގެ ތިބާއަށް ރުހިވޮޑިގެންވާ ޙާލު ތިބާގެ رب ގެ حَضرَة އަށް އެނބުރި އަންނާށެވެ.
فَٱدۡخُلِي فِي عِبَٰدِي ﴿29﴾فَٱدۡخُلِي فِي عِبَٰدِي
Transliteration: Faodkhulee fee AAibadee
Translation: (އަދިވެސް އެކަލާނގެ އަންގަވާނެއެވެ.) ތިމަންރަސްކަލާނގެ صَالِحُ تَقْوَى ވެރި އަޅުންގެތެރެއަށް ވަންނާށެވެ.
وَٱدۡخُلِي جَنَّتِي ﴿30﴾وَٱدۡخُلِي جَنَّتِي
Transliteration: Waodkhulee jannatee
Translation: އަދި ތިމަންރަސްކަލާނގެ ސުވަރުގެއަށް ވަންނާށެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download