quranm◉

Surah Al-Layl transliteration

◉ ސޫރަ · ∞

92:1

وَٱلَّيۡلِ إِذَا يَغۡشَىٰ ﴿1﴾

Transliteration: Waallayli itha yaghsha

Translation: ރޭގަނޑު އަނދިރިވެއްޖެއްޔާ ރޭގަނޑު ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.

92:2

وَٱلنَّهَارِ إِذَا تَجَلَّىٰ ﴿2﴾

Transliteration: Waalnnahari itha tajalla

Translation: ދުވާލު އަލިވެ އުޖާލާ ވެއްޖެއްޔާ ދުވާލުގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.

92:3

وَمَا خَلَقَ ٱلذَّكَرَ وَٱلۡأُنثَىٰٓ ﴿3﴾

Transliteration: Wama khalaqa alththakara waalontha

Translation: އަދި ފިރިހެން އަންހެން ދެޖިންސު ހެއްދެވި ޛާތުފުޅު އެބަހީ ﷲ ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ. ނުވަ އަންހެން ފިރިހެން ދެޖިންސު ގަންދެއްވައިﷲ ހުވައި ވަޙީ ކުރައްވައެވެ. އެހުވައިގެ ޖަވާބަކީ:-

92:4

إِنَّ سَعۡيَكُمۡ لَشَتَّىٰ ﴿4﴾

Transliteration: Inna saAAyakum lashatta

Translation: ހަމަކަށަވަރުން ތިޔަބައިމީހުންގެ ޢަމަލުތައް ތަފާތުވެގެންވެއެވެ. ސުވަރުގެ ވަންތަވެރި ޢަމަލާއި ނަރަކަވަންތަވެރިކަމުގެ ޢަމަލާއެވެ.

92:5

فَأَمَّا مَنۡ أَعۡطَىٰ وَٱتَّقَىٰ ﴿5﴾

Transliteration: Faamma man aAAta waittaqa

Translation: ފަހެ ތިމާގެ މުދާ ހެޔޮގޮތުގައި ހޭދަކޮށް ޞަދަޤާތް ކޮށް އަދި އެޔާއެކު އޭނާ تَقْوَى ވެރިވެ.

92:6

وَصَدَّقَ بِٱلۡحُسۡنَىٰ ﴿6﴾

Transliteration: Wasaddaqa bialhusna

Translation: އަދި އޭނާއެހޭދަކުރި މުދަލުގެ ސަވާބު الله ދެއްވާނެކަމަށް ތެދުކޮށް ޔަޤީން ކޮށް ނުވަތަ لاإلَه إلاَّ الله ތެދުކޮށް ނުވަތަ ސުވަރުގެ ދެއްވާނެކަމުގައި ތެދުކޮށް ހެދިމީހާ ދަންނައެވެ،

92:7

فَسَنُيَسِّرُهُۥ لِلۡيُسۡرَىٰ ﴿7﴾

Transliteration: Fasanuyassiruhu lilyusra

Translation: ހަމަކަށަވަރުން ތިމަންރަސްކަލާނގެ އޭނާ އަށް އިސްލާމުދީންނަށް އުޅުން ފަސޭހަކޮށްދެއްވާހުށީމެވެ. ނުވަތަ ސުވަރުގެއަށް ދެވޭނެގޮތް ފަސޭކޮށްދެއްވާހުށީމެވެ.

92:8

وَأَمَّا مَنۢ بَخِلَ وَٱسۡتَغۡنَىٰ ﴿8﴾

Transliteration: Waamma man bakhila waistaghna

Translation: އަދި ތިމާ މުދަލަށް ދަހިވެތިވެ ހެޔޮގޮތުގައި މުދާހޭދަނުކޮށް بَخِيْلُ ވެ އަދި آخِرَة ގެ ދަރުމަޔާއި ސަވާބު ފިޔަވައި ދުނިޔޭގެ އަރާމާއި މަޖަލަށް ފުދިގެންފިމީހާ

92:9

وَكَذَّبَ بِٱلۡحُسۡنَىٰ ﴿9﴾

Transliteration: Wakaththaba bialhusna

Translation: އަދިއޭނާގެމުދާ ހެޔޮގޮތުގައި ހޭދަކުރީމާ އޭގެދަރުމަޔާއި ސަވާބުދެއްވާނެކަމަށް ތެދުނުކޮށް އެކަންދޮގުކޮށް ނުވަތަ لاإلَه إلاَّ الله ތެދުނުކޮށް ނުވަތަ ސުވަރުގެ ދެއްވާނެކަމުގައި ތެދުކޮށް ނުހެދިމީހާ ދަންނައެވެ،

92:10

فَسَنُيَسِّرُهُۥ لِلۡعُسۡرَىٰ ﴿10﴾

Transliteration: Fasanuyassiruhu lilAAusra

Translation: ހަމަކަށަވަރުން ތިމަންރަސްކަލާނގެ އޭނާއަށް ހެޔޮކަންތައްކުރުމުގެ މަގުދަތިކޮށް އުދަގޫކޮށްލާ ހުށީމެވެ.

92:11

وَمَا يُغۡنِي عَنۡهُ مَالُهُۥٓ إِذَا تَرَدَّىٰٓ ﴿11﴾

Transliteration: Wama yughnee AAanhu maluhu itha taradda

Translation: އަދި އެފަދަ ނުލަފާމީހުން ހަލާކުގެތެރެއަށް ވެއްޓިއްޖެއްޔާ އެބަހީ އޭނާ ނަރަކައަށް ލެވިއްޖެއްޔާ އެނާގެމުދާ އޭނާއަށް އެއްވެސްކަމެއް ފުއްދައެއްނުދޭނެއެވެ. އޭނާގެ މުދަލުގެ އެއްވެސް ފައިދާއެއް އޭނާއަކަށް ނުކުރާނެއެވެ.

92:12

إِنَّ عَلَيۡنَا لَلۡهُدَىٰ ﴿12﴾

Transliteration: Inna AAalayna lalhuda

Translation: ހަމަކަށަވަރުން ތެދުމަގު ބަޔާންކޮށްދެއްވުމަކީ ތިމަންރަސްކަލާންގެއަށް އޮތްކަމެކެވެ. (އެބަހީ ހެޔޮމަގާއި ނުބައިމަގު ބަޔާންކޮށްދިނުމަކީ ތިމަންރަސްކަލާނގެ ކަމެކެވެ.

92:13

وَإِنَّ لَنَا لَلۡأٓخِرَةَ وَٱلۡأُولَىٰ ﴿13﴾

Transliteration: Wainna lana lalakhirata waaloola

Translation: އަދި ހަމަކަށަވަރުން ދުނިޔެއާއި آخِرَة خَاصَّ ވެގެންވަނީ ތިމަންރަސްކަލާނގެއަށެވެ. އެދެތާގައިވެސް ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަކަށް ކަންތައްގެއްދަވަމެވެ.

92:14

فَأَنذَرۡتُكُمۡ نَارٗا تَلَظَّىٰ ﴿14﴾

Transliteration: Faanthartukum naran talaththa

Translation: ފަހެ قِيَامَة ދުވަހުން އަދަނއަދާނުރި ގަދަ އަލިފާނެއް ހުރިކަމުގެ ބިރުވެރި خَبَرُ ތިމަންރަސްކަލާނގެ ކަލޭމެންނަށް ދެމެވެ.

92:15

لَا يَصۡلَىٰهَآ إِلَّا ٱلۡأَشۡقَى ﴿15﴾

Transliteration: La yaslaha illa alashqa

Translation: އަބާއްޖަވެރިއަކުމެނުވީ އެއަލިފާނަށް ނުވަންނަހުއްޓެވެ.

92:16

ٱلَّذِي كَذَّبَ وَتَوَلَّىٰ ﴿16﴾

Transliteration: Allathee kaththaba watawalla

Translation: އެމީހުންނީ ޙައްޤު ދޮގުކޮށް އީމާންކަމާއި ކިޔަމަންތެރިކަމަށް ފުރަގަސްދިންމީހުންނެވެ.

92:17

وَسَيُجَنَّبُهَا ٱلۡأَتۡقَى ﴿17﴾

Transliteration: Wasayujannabuha alatqa

Translation: އަދި تَقْوَى ވެރިމާތް މީހުން އެއަލިފާނާއި ދުރުކުރެވޭނެއެވެ. އެފަދަމީހުން އެއަލިފާނާއި ގާތްނުވާނެއެވެ.

92:18

ٱلَّذِي يُؤۡتِي مَالَهُۥ يَتَزَكَّىٰ ﴿18﴾

Transliteration: Allathee yutee malahu yatazakka

Translation: އެ تَقْوَى ވެރިމާތް މީހަކީ ތިމާގެމުދާ ހެޔޮގޮތުގައި الله މަގުގައި ހޭދަކޮށް އަދި ޝިރުކާއި އެހެނިހެންވެސް ފާފައިން طَاهِرُ ވެގެންވާ މީހެކެވެ.

92:19

وَمَا لِأَحَدٍ عِندَهُۥ مِن نِّعۡمَةٖ تُجۡزَىٰٓ ﴿19﴾

Transliteration: Wama liahadin AAindahu min niAAmatin tujza

Translation: އަދި އެއްވެސްމީހަކަށް އެމީހާކޮށްދޭ ހޭދަޔާއި صَدَقَة ގެ مُقَابِلُ ގައި އެއްވެސް ބަދަލަކަށް ނުއެދޭމީހެކެވެ.

92:20

إِلَّا ٱبۡتِغَآءَ وَجۡهِ رَبِّهِ ٱلۡأَعۡلَىٰ ﴿20﴾

Transliteration: Illa ibtighaa wajhi rabbihi alaAAla

Translation: ހަމައެކަނި صَدَقَة ގެ مُقَابِلُ ގައި އެމީހާ އެދޭހާވެސްކަމަކީ އެމީހާ ހައްދަވާ ބޮޑުކުރައްވާ މަތިވެރިމާތް رَبُّ ގެ وَجْهُ ފުޅެވެ. އެކަލާނގެ ރުހިވޮޑިގަތުމެވެ.

92:21

وَلَسَوۡفَ يَرۡضَىٰ ﴿21﴾

Transliteration: Walasawfa yarda

Translation: ދެންފަހެ އެމީހާގެ މަތިވެރިވެގެންވާ رَبُّ ގެ وَجْهُ ފުޅު އެދިގެން صَدَقَة ކުރިމީހާ އޭނާ ރުހޭވަރުގެ ސަވާބާއި ކަރާމާތް ނިކަންހުރެ އޭނާދެކޭނެއެވެ.\nނޯޓު: މިއާޔަތް ތަކުންސިފަވެގެންމިދާ تَقْوَى ވެރިމާތް މީހަކީ أبُو بَكْر الصِّدِّيْقُ رَضِيَ الله عَنْهُ ކަމުގައި ގިނަމުފައްސިރުން ވިދާޅުވެއެވެ. ފަހެ އެކަލޭގެފާނުންގެ މުދަލުން އެތަކެއް އަޅުންމިނިވަން ކުރައްވައި ﷲ ގެ وَجْهُ ފުޅައްޓަކައި ދޫކުރެއްވިއެވެ. ދުންޔަވީ އެއްވެސް ބޭނުންފުޅެއް އޮވެގެންނެއްނޫނެވެ. އަދި އިސްލާމީ ތާރީޚުގައި އެކަލޭގެފާނުންގެ އެބާވަތުގެ ޚިދްމަތްތަކަކީ މަޝްހޫރު އެއްޗެކެވެ. رَضِيَ الله عَنْهُ.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download