وَٱلضُّحَىٰ ﴿1﴾وَٱلضُّحَىٰ
Transliteration: Waaldduha
Translation: ضُحَى ވަގުތު ނުވަތަ މުޅި ދުވާލު ގަންދެއްވައި الله ހުވައި ވަޙީ ކުރައްވައެވެ.
وَٱلضُّحَىٰ ﴿1﴾وَٱلضُّحَىٰ
Transliteration: Waaldduha
Translation: ضُحَى ވަގުތު ނުވަތަ މުޅި ދުވާލު ގަންދެއްވައި الله ހުވައި ވަޙީ ކުރައްވައެވެ.
وَٱلَّيۡلِ إِذَا سَجَىٰ ﴿2﴾وَٱلَّيۡلِ إِذَا سَجَىٰ
Transliteration: Waallayli itha saja
Translation: އަދި ރޭގަނޑު އޭގެ އަނދިރިކަމުން އެންމެހައި ތަކެތި އަދިރިކޮށް ނިވައިކޮށް ފިއްޔާ އެރޭގަނޑު ގަންދެއްވައި الله ހުވައި ވަޙީ ކުރައްވައެވެ.
مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ ﴿3﴾مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ
Transliteration: Ma waddaAAaka rabbuka wama qala
Translation: (އޭރަސޫލު الله އެވެ.) ކަލޭގެފާނުންގެ رب ކަލޭގެފާނު ދޫކޮށްނުލައްވައެވެ. އަދި ކޯފާވެވޮޑި ނުގަންނަވައެވެ.
وَلَلۡأٓخِرَةُ خَيۡرٞ لَّكَ مِنَ ٱلۡأُولَىٰ ﴿4﴾وَلَلۡأٓخِرَةُ خَيۡرٞ لَّكَ مِنَ ٱلۡأُولَىٰ
Transliteration: Walalakhiratu khayrun laka mina aloola
Translation: އަދި ހަމަކަށަވަރުން آخِرة އެބަހީ ސުވަރުގެޔާއި އެތާނގެ ނިޢްމަތް ދުނިޔެއަށްވުރެ ކަލޭގެފާނަށް ހެޔޮވެގެންވެއެވެ.
وَلَسَوۡفَ يُعۡطِيكَ رَبُّكَ فَتَرۡضَىٰٓ ﴿5﴾وَلَسَوۡفَ يُعۡطِيكَ رَبُّكَ فَتَرۡضَىٰٓ
Transliteration: Walasawfa yuAAteeka rabbuka fatarda
Translation: އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ رب ކަލޭގެފާނު ރުހިވަޑައިގަންނަވާވަރަށް (ދުނިޔޭގެ فتح އާއި آخرة ގެ ثواب) ކަލޭގެފާނަށް ނިކަންހުރެ ދެއްވާނެއެވެ. އޭރުން ދެން ކަލޭގެފާނު ރުހި ވަޑައި ގަންނަވާނެއެވެ.
أَلَمۡ يَجِدۡكَ يَتِيمٗا فَـَٔاوَىٰ ﴿6﴾أَلَمۡ يَجِدۡكَ يَتِيمٗا فَـَٔاوَىٰ
Transliteration: Alam yajidka yateeman faawa
Translation: ކަލޭގެފާނީ ޔަތީމަކު ކަމުގައި އެކަލާނގެ ދެކެވޮޑިގެންނެވިއެވެ. ދެންކަލޭގެ ފާނަށް ގެދޮރާއި އުޅެވޭނެ ގޮތް އެކަލާނގެ ހައްދަވައި ދެއްވިއެވެ.
وَوَجَدَكَ ضَآلّٗا فَهَدَىٰ ﴿7﴾وَوَجَدَكَ ضَآلّٗا فَهَدَىٰ
Transliteration: Wawajadaka dallan fahada
Translation: އަދި ކަލޭގެ ފާނީ ފުރިހަމަތެދުމަގެއް ނެތި غَافِل ވެ ވަޑައިގެންވާ ބޭކަލަކު ކަމުގައި އެކަލާނގެ ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނަށް ތެދުމަގު ދެއްކެވިއެވެ.
وَوَجَدَكَ عَآئِلٗا فَأَغۡنَىٰ ﴿8﴾وَوَجَدَكَ عَآئِلٗا فَأَغۡنَىٰ
Transliteration: Wawajadaka AAailan faaghna
Translation: އަދި ކަލޭގެ ފާނީ ފަޤީރު އަދި ދަރިން ގިނަ ބޭކަލަކު ކަމުގައި އެކަލާގެ ދެކެވޮޑިގެންނެވިއެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަދި ކުރެއްވިއެވެ. (ކަލޭގެފާނުންގެ ނަފުސުފުޅު މުއްސަދި ކުރައްވައި ކަލޭގެފާނު ރުހިވަޑައިގަންނަވާނެގޮތް ހައްދަވައިދެއްވިއެވެ.)
فَأَمَّا ٱلۡيَتِيمَ فَلَا تَقۡهَرۡ ﴿9﴾فَأَمَّا ٱلۡيَتِيمَ فَلَا تَقۡهَرۡ
Transliteration: Faamma alyateema fala taqhar
Translation: ފަހެ ޔަތީމު ކުދިންގެ މައްޗަށް ގަދަހައްދަވައި ހަރުކަށިވެ ވަޑައި ނުގަންނަވާށެވެ!
وَأَمَّا ٱلسَّآئِلَ فَلَا تَنۡهَرۡ ﴿10﴾وَأَمَّا ٱلسَّآئِلَ فَلَا تَنۡهَرۡ
Transliteration: Waamma alssaila fala tanhar
Translation: އަދި ސަލާމުޖަހާ ނިކަމެތިންނަށް އެއްޗެތިގޮވައި އެމީހުން ފައްސައި ނުހައްދަވާށެވެ!
وَأَمَّا بِنِعۡمَةِ رَبِّكَ فَحَدِّثۡ ﴿11﴾وَأَمَّا بِنِعۡمَةِ رَبِّكَ فَحَدِّثۡ
Transliteration: Waamma biniAAmati rabbika fahaddith
Translation: އަދި ކަލޭގެފާނުންގެ رب ކަލޭގެފާނަށް ދެއްވި نِعْمَة ތަކުގެ ވާހަކަފުޅު ދައްކަވައި އެކަން މީސްތަކުންނަށް ފާޅުކުރައްވާށެވެ! ދަންނައެވެ. نِعْمَة އަކީ ހުރިހާ نِعْمَة އެކެވެ. ނަމަވެސް އޭގެތެރެއިން އެންމެ مُقَدَّ سُ نِعْمَة އަކީ قُرْآن އެވެ، قُرْآن ކިޔަވާ ވިދާޅުވާށެވެ. ނުވަތައެ نِعْمَة އަކީ ނަބީކަމެވެ. والله أعلم.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download