أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ ﴿1﴾أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ
Transliteration: Alam nashrah laka sadraka
Translation: ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ މޭމަތިފުޅު ތަނަވަސް ކޮށް ނުދެއްވަންތޯއެވެ؟ އެބަހީ ތަނަވަސްކޮށްދެއްވީމެވެ.
أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ ﴿1﴾أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ
Transliteration: Alam nashrah laka sadraka
Translation: ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ މޭމަތިފުޅު ތަނަވަސް ކޮށް ނުދެއްވަންތޯއެވެ؟ އެބަހީ ތަނަވަސްކޮށްދެއްވީމެވެ.
وَوَضَعۡنَا عَنكَ وِزۡرَكَ ﴿2﴾وَوَضَعۡنَا عَنكَ وِزۡرَكَ
Transliteration: WawadaAAna AAanka wizraka
Translation: އަދި ތިމަންރަސްކަލާނގެ ކަލޭގެފާނުންގެކިބައިން ކަލޭގެފާނުގެ ކުށްފާފަތައް ދުރުކުރެއްވީމެވެ. (އެބަހީ ޖާހިލިއްޔަ ޒަމާނުގައި ފާފައެއްވެފައިވާނަމަވެސް އެފާފައެއްވެސް ނަންގަވާ ދުރުކުރެއްވީމެވެ.)
ٱلَّذِيٓ أَنقَضَ ظَهۡرَكَ ﴿3﴾ٱلَّذِيٓ أَنقَضَ ظَهۡرَكَ
Transliteration: Allathee anqada thahraka
Translation: އެފާފަތަކަކީ ކަލޭގެފާނުންގެ ބުރަކަށިފުޅަށް ބުރަވެފައިވާ ފާފަތަކެވެ.
وَرَفَعۡنَا لَكَ ذِكۡرَكَ ﴿4﴾وَرَفَعۡنَا لَكَ ذِكۡرَكَ
Transliteration: WarafaAAna laka thikraka
Translation: އަދި ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ ނަންފުޅު އުފުއްލަވައި މަތިވެރި ކުރެއްވީމެވެ. (ފަހެ އެކަލާނގެ ނަންފުޅާއި ގުޅިގެން އަބަދާއި އަބަދު އިސްލާމުން ނަށް ކިޔޭނެގޮތަށް އެކަލޭގެފާނުންގެ ނަންފުޅު އެކަލާނގެ ލެއްވިއެވެ. ކޮންމެ ވަގުތަކު ބަންގި ގޮވާއިރުވެސް އެކަލޭގެފާނުންގެ ނަންފުޅު ކިޔޭގޮތަށް ލެއްވިއެވެ. އަދި މިނޫން ގޮތްގޮތަށްވެސް އުޑާއި ބިމުގައި އެކަލޭގެފާނުންގެ ނަންފުޅު މަތިވެރި ކުރެއްވިއެވެ.)
فَإِنَّ مَعَ ٱلۡعُسۡرِ يُسۡرًا ﴿5﴾فَإِنَّ مَعَ ٱلۡعُسۡرِ يُسۡرًا
Transliteration: Fainna maAAa alAAusri yusran
Translation: ހަމަކަށަވަރުން އުދަގުލާއި ދައްޗައްފަހު ފަސޭހައެކެވެ.
إِنَّ مَعَ ٱلۡعُسۡرِ يُسۡرٗا ﴿6﴾إِنَّ مَعَ ٱلۡعُسۡرِ يُسۡرٗا
Transliteration: Inna maAAa alAAusri yusran
Translation: އަދި ހަމަކަށަވަރުން އުދަގުލާއި ދައްޗައްފަހު ފަސޭހައެކެވެ. (އެބަހީ ބަލިމަޑުކަމަށްފަހު ބަލިން ފަސޭހަ ވުމެވެ. ތަދުމަޑުކަމަށްފަހު ތިޔާގެ ކަމެވެ. ބިރުވެރިކަމަކަށްފަހު އަމާންކަމެވެ. ދެން މިހެންނެވެ... ދެއުދަގޫ ވިދިވިގެން ނުވެއެވެ. އެކަމަކު ދެފަސޭހަ އެއްފަހަރާ ވެއެވެ.)
فَإِذَا فَرَغۡتَ فَٱنصَبۡ ﴿7﴾فَإِذَا فَرَغۡتَ فَٱنصَبۡ
Transliteration: Faitha faraghta fainsab
Translation: (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ދުންޔަވީ މަސައްކަތްޕުޅުން ނިމިވާޑައިގެންފިއްޔާ ނުވަތަ ހަނގުރާމައިން ނިމިވަޑައި ގެންފިއްޔާ ނުވަތަ تَبْلِيْغُ ކުރެއްވުމުން ނިމިވަޑައި ގެންފިއްޔާ ދެން ނަމާދުފުޅަށް ތެދުވެ ވަޑައިގަންނަވަށެވެ. ނުވަތަ އަޅުކަން ކުރެއްވުމަށް ތެދުވެ ވަޑައިގަންނަވާށެވެ.
وَإِلَىٰ رَبِّكَ فَٱرۡغَب ﴿8﴾وَإِلَىٰ رَبِّكَ فَٱرۡغَب
Transliteration: Waila rabbika fairghab
Translation: އަދި ހަމަސީދާ ކަލޭގެފާނުންގެ رَبُّ ގެ حَضْرَةُ ން އެދިވަޑައިގަންނަވަށެވެ. ނުވަތަ އަބަދުވެސް ކަލޭގެފާނުންގެ رَبُّ އެދިވަޑައިގަންނަވާށެވެ. އެފަރާތަށް އެދުންފުޅު ބަހައްޓަވާށެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download