quranm◉

Surah Al-Humazah transliteration

◉ ސޫރަ · ∞

104:1

وَيۡلٞ لِّكُلِّ هُمَزَةٖ لُّمَزَةٍ ﴿1﴾

Transliteration: Waylun likulli humazatin lumazatin

Translation: މީހުނގެ މޫނުމަތީގައްޔާއި ކުރިމަތީގައްޔާ އަދި ފުރަގަހުން މީހުންނަށް غِيْبَ ކިޔާ ކޮންމެމީހަކަށް وَيْلُ ހުއްޓެވެ. އެއީގަދަވެގެންވާ ޢަޒާބެވެ. ނަރަކައިގެ ވަކިވާދީއެކެވެ.

104:2

ٱلَّذِي جَمَعَ مَالٗا وَعَدَّدَهُۥ ﴿2﴾

Transliteration: Allathee jamaAAa malan waAAaddadahu

Translation: އެމީހާމުދާ ޖަމާކޮށް ޢަދަދުކޮށް ހަދައެވެ.

104:3

يَحۡسَبُ أَنَّ مَالَهُۥٓ أَخۡلَدَهُۥ ﴿3﴾

Transliteration: Yahsabu anna malahu akhladahu

Translation: އަދިއޭނާ ހީކުރަނީ އެމުދާ އޭނަމަރުވިޔަނުދީ ދުނިޔޭގައި ދާއިމީގޮތެއްގައި ބަހައްޓާނެކަމަށެވެ. (އެފަދަމީހުން މީހުންނަށް މަލާމާތްކޮށް غِيْبَ ކިޔައި ހަދަނީ މުދާގިކަމުން އެކަމުގެ فَخْرُ ގައެވެ. އޭނާހީކުރަނީ މުދާ އެނާ ހިފަހައްޓާނެކަމަށެވެ. މިއީ މިބާވަތުގެ ކޮމެމީހެއްގެ ލަފައެވެ.)

104:4

كَلَّاۖ لَيُنۢبَذَنَّ فِي ٱلۡحُطَمَةِ ﴿4﴾

Transliteration: Kalla layunbathanna fee alhutamati

Translation: އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. ޤިޔާމަތްދުވަހުން އެފަދަމީހުން حُطَمةَ އެވެކިޔޭ ނަރަކައަށް އެއްލައިލެވޭނެއެވެ. (حُطَمةَ އަކީ އެތާގެހޫނުގަދަކަމުން އެއަށްލެވޭކޮންމެއެއްޗެއް ހަލާކުކޮށް ކުދިކުދި ކޮށްލާތަނެކެވެ)

104:5

وَمَآ أَدۡرَىٰكَ مَا ٱلۡحُطَمَةُ ﴿5﴾

Transliteration: Wama adraka ma alhutamatu

Translation: އަދި حُطَمةَ އެއީ ކޮންއެއްޗެއްކަން ކަލޭގެފާށް އަންގައިދިނީ ކޮން އެއްޗެއްތޯއެވެ؟ އެއީ ކޮންފަދަ ނުރައްކާ ތަނެއްހެއްޔެވެ؟

104:6

نَارُ ٱللَّهِ ٱلۡمُوقَدَةُ ﴿6﴾

Transliteration: Naru Allahi almooqadatu

Translation: އެއީ ﷲ ގެ އަލިފާނެވެ. - (ﷲ އަށް އެއަލިފާން ނިސްބަތްކުރުމަކީ އޭގައިހޫނުގަދަވާނެކަމުގެ ދަލީލެވެ.)

104:7

ٱلَّتِي تَطَّلِعُ عَلَى ٱلۡأَفۡـِٔدَةِ ﴿7﴾

Transliteration: Allatee tattaliAAu AAala alafidati

Translation: އެއަލިފާން ހިތްތަކަށްފޯރާނެއެވެ. (އޭރުން އޭގެވޭނާއި ކެކުޅުން ޙިޔާލުވެސް ނުކުރެވޭހާ ގަދަވާނެއެވެ.)

104:8

إِنَّهَا عَلَيۡهِم مُّؤۡصَدَةٞ ﴿8﴾

Transliteration: lnnaha AAalayhim musadatun

Translation: އެމީހުން އެތަނުން ނުނުކުމެވޭގޮތަށް އެތަން ބަންދު ކުރެވިގެންވެއެވެ.

104:9

فِي عَمَدٖ مُّمَدَّدَةِۭ ﴿9﴾

Transliteration: Fee AAamadin mumaddadatin

Translation: ދެމިގެންވާ ތަނބުތަކެއްގައި ވަރުގަދައަކަށް އެމީހުން ބަނދެވިގެންވާނެއެވެ.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download