107:1أَرَءَيۡتَ ٱلَّذِي يُكَذِّبُ بِٱلدِّينِ ﴿1﴾أَرَءَيۡتَ ٱلَّذِي يُكَذِّبُ بِٱلدِّينِ
Transliteration: Araayta allathee yukaththibu bialddeeni
Translation: (އޭމަތްވެގެންވާ ރަސޫލާއެވެ!) ހިސާބު ބެއްލެވުމާއި ޖަޒާދެއްވުން ދޮގުކުރާމީހާއަށް ކަލޭގެފާނު ބެއްލެވީމުތޯއެވެ؟ އެމީހާގެ ޚަބަރު ނިކަން ދެއްވައި ބައްލަވާށެވެ. (އެމީހަކީ العَاصُ بْنُ وَائِلُ السّهمى ކަމުގައި ބުނެވުނެވެ. އަދިއެއީ الوَلِيْد بْنُ المُغِيْرَة ކަމުގައި ބުނެވުނެވެ. ނުވަތަ މުނާފިޤުން ކުރެކޮންމެވެސް މީހަކު ކަމުގައި ބުނެވުނެވެ. والله أعلم.
107:2فَذَٰلِكَ ٱلَّذِي يَدُعُّ ٱلۡيَتِيمَ ﴿2﴾فَذَٰلِكَ ٱلَّذِي يَدُعُّ ٱلۡيَتِيمَ
Transliteration: Fathalika allathee yaduAAAAu alyateema
Translation: ފަހެ އެމީހާއަކީ ޔަތީމު ކުދިންނަށް އެކުދިންގެ حَقُّނުދީ ދުރުކުރާމީހާއެވެ. އެކުދިންނަށް އަނިޔާކުރާމީހާއެވެ.
107:3وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ ﴿3﴾وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ
Transliteration: Wala yahuddu AAala taAAami almiskeeni
Translation: އަދި މިސްކީނުންނަށް ތިމާއަމިއްލައަށްވެސް ކާއެތިކޮޅު ނުދީ އަދި އެކަމަށް އެހެންމީހުންނަށްވެސް ހިތްވަރު ނުދޭމީހެކެވެ.
107:4فَوَيۡلٞ لِّلۡمُصَلِّينَ ﴿4﴾فَوَيۡلٞ لِّلۡمُصَلِّينَ
Transliteration: Fawaylun lilmusalleena
Translation: ފަހެ ނަމާދުކުރާމީހުންނަށް ނަރަކައިގެ ގަދަ ޢަޒާބު ހުންނަހުއްޓެވެ.
107:5ٱلَّذِينَ هُمۡ عَن صَلَاتِهِمۡ سَاهُونَ ﴿5﴾ٱلَّذِينَ هُمۡ عَن صَلَاتِهِمۡ سَاهُونَ
Transliteration: Allatheena hum AAan salatihim sahoona
Translation: އެމީހުންނަކީ ނަމާދުގެމަތީން ހަދާންނެތި އަދި غَافِلُ ވެގެންތިބެފައި ގޮސް ނަމާދުކުރާމީހުންނެވެ. (އެއީ شَرْعِى ޢުޒުރެއްނެތި ވަގުތު ލަސްކޮށްފައިގޮސް ނަމާދު ކުރާމީހުން ކަމުގައި ބެލެވެއެވެ.) ނުވަތަ އެއީ މުނާފިޤުން ކުރާގޮތަށް ނަމާދުކުރާމީހުންނެވެ. އެއީ މީހުން ބަލަންތިބިއްޔާ ގޮސް ނަމާދު ކޮށްފައި މީހުން ބަލަންނެތިއްޔާ ނަމާދު ނުކުރާމީހުން ކަމުގައި ބުނެވުނެވެ.
107:6ٱلَّذِينَ هُمۡ يُرَآءُونَ ﴿6﴾ٱلَّذِينَ هُمۡ يُرَآءُونَ
Transliteration: Allatheena hum yuraoona
Translation: އެމީހުންނަކީ ދެއްކުމަށް (އަޅުކަން) ކުރާމީހުންނެވެ.
107:7وَيَمۡنَعُونَ ٱلۡمَاعُونَ ﴿7﴾وَيَمۡنَعُونَ ٱلۡمَاعُونَ
Transliteration: WayamnaAAoona almaAAoona
Translation: އަދިއެމީހުންނަކީ الْمَاعُونَ މަނާކުރާމީހުންނެވެ. (އެއީ ވަޅި ފުރޯ އުދަލި ފަދަ އަދިމިނޫންވެސް ގެވެހިކަންވާރެވެ. އެއީ ވަގުތީގޮތަށް ބޭނުންކޮލާފައި ގެނައުމަށް ގެންދެވޭ ތަކެއްޗެވެ.) އެފަދަތަކެތި އެގޮތުގެމަތީންދިނުމަކީ އެދެވޭކަމެކެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download