37:1وَٱلصَّـٰٓفَّـٰتِ صَفّٗا ﴿1﴾وَٱلصَّـٰٓفَّـٰتِ صَفّٗا
Transliteration: Waalssaffati saffan
Translation: ދުނިޔޭގެ خلق ތަކުން ނަމާދަށް ސަފުހަދާލާފަދައަކުން އުޑުގައި ސަފުހައްދަވާ މަލާއިކަތްބޭކަލުން ނުވަތަ ﷲ ގެ أمر ފުޅުގެ إنتظار ގައި ފިޔަފުޅުތައް ފަތުރުއްވާ މަލާއިކަތްބޭކަލުން ގަންދެއްވައި ﷲ ހުވައި وحي ކުރައްވައެވެ. (މި ދެތަރުޖަމާވެސްވެއެވެ.)
37:2فَٱلزَّـٰجِرَٰتِ زَجۡرٗا ﴿2﴾فَٱلزَّـٰجِرَٰتِ زَجۡرٗا
Transliteration: Faalzzajirati zajran
Translation: ފަހެ އެކިއެކި ފަރާތަފަރާތަށް ވިލާތައް ބަދަލުކުރައްވާ މަލާއިކަތް ބޭކަލުން ގަންދެއްވައި ކަނޑައެޅިގެން ﷲ ހުވައި وحي ކުރައްވައެވެ.
37:3فَٱلتَّـٰلِيَٰتِ ذِكۡرًا ﴿3﴾فَٱلتَّـٰلِيَٰتِ ذِكۡرًا
Transliteration: Faalttaliyati thikran
Translation: ފަހެ قرآن ކިޔަވާ ވިދާޅުވާ މަލާއިކަތްބޭކަލުން ގަންދެއްވައި ﷲ ހުވައި وحي ކުރައްވައެވެ.
37:4إِنَّ إِلَٰهَكُمۡ لَوَٰحِدٞ ﴿4﴾إِنَّ إِلَٰهَكُمۡ لَوَٰحِدٞ
Transliteration: Inna ilahakum lawahidun
Translation: ހަމަކަށަވަރުން ކަލޭމެންގެ إله އަކީ معبود އަކީ ހަމަ އެންމެ إله އެކެވެ. (އެކަލާނގެއަށް شريك އަކު ނުވެއެވެ.)
37:5رَّبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا وَرَبُّ ٱلۡمَشَٰرِقِ ﴿5﴾رَّبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا وَرَبُّ ٱلۡمَشَٰرِقِ
Transliteration: Rabbu alssamawati waalardi wama baynahuma warabbu almashariqi
Translation: އެއީ އުޑުތަކާއި ބިން ހައްދަވައި އެތަކެތިބަލަހައްޓަވާ އެތަކެތީގެ ވެރި رب އެވެ. (ޝައްކެއްވެސް ނެތްގޮތުގައި މިބޮޑެތި مخلوق ތައް މިހާ ފުރިހަމަ ގޮތަކަށް ފުރިހަމަ نظام އެއްގެ މަތީ ހައްދަވާފައިވާ ވުން دليل ކޮށްދެނީ އެތަކެއްޗަށް ކުޅާދުންވަންތަ އެއްކައުވަންތަ رب އެއްވާކަމެވެ. އެއީ ހުރިހާ ތަކެތީގެ خالق އެވެ. އެއީ ﷲ އެވެ.)
37:6إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنۡيَا بِزِينَةٍ ٱلۡكَوَاكِبِ ﴿6﴾إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنۡيَا بِزِينَةٍ ٱلۡكَوَاكِبِ
Transliteration: Inna zayyanna alssamaa alddunya bizeenatin alkawakibi
Translation: ހަމަކަށަވަރުން ތަރިތަކުގެ زينة ތެރިކަމުން ދުނިޔެއާއި އެންމެ ގާތުގައިވާ ދުނިޔޭގެއުޑު ތިމަންރަސްކަލާނގެ ޒީނަތްތެރިކުރެއްވީމެވެ.
37:7وَحِفۡظٗا مِّن كُلِّ شَيۡطَٰنٖ مَّارِدٖ ﴿7﴾وَحِفۡظٗا مِّن كُلِّ شَيۡطَٰنٖ مَّارِدٖ
Transliteration: Wahifthan min kulli shaytanin maridin
Translation: އަދި އެތަރިތައް ލެއްވި (އަނެއްކަމަކަށް) އުޑު ރައްކާތެރިކުރެއްވުންވެއެވެ. ތިމަންރަސްކަލާނގެ އެއުޑު ރައްކާތެރިކުރެއްވީމެވެ. އެއީ ނުކިޔަމަންތެރި ކޮންމެ شيطان އަކާއި ދިމާލަށް އެތަރިއެއް އެއްލައި އެސޮރު ފަހައިލެއްވުމަށެވެ. ނުވަތަ އެއިން ޖެހި އެސޮރު މަރައިލެއްވުމަށެވެ.
37:8لَّا يَسَّمَّعُونَ إِلَى ٱلۡمَلَإِ ٱلۡأَعۡلَىٰ وَيُقۡذَفُونَ مِن كُلِّ جَانِبٖ ﴿8﴾لَّا يَسَّمَّعُونَ إِلَى ٱلۡمَلَإِ ٱلۡأَعۡلَىٰ وَيُقۡذَفُونَ مِن كُلِّ جَانِبٖ
Transliteration: La yassammaAAoona ila almalai alaAAla wayuqthafoona min kulli janibin
Translation: އެ شيطان ތަކަކަށް އުޑުގެ أهل ވެރިންގެ އަޑު ނުއެހެއެވެ. އަޑުއެހުމަށްދާ ކޮންމެ شيطان އަކާ ދިމާލަށް ހުރިހާ ފަރާތަކުން ގިނިހިލަ އުކެއެވެ.
37:9دُحُورٗاۖ وَلَهُمۡ عَذَابٞ وَاصِبٌ ﴿9﴾دُحُورٗاۖ وَلَهُمۡ عَذَابٞ وَاصِبٌ
Transliteration: Duhooran walahum AAathabun wasibun
Translation: އެއީ އެސޮރުމެން ބިރުގަންނަވައި އެސޮރުމެން ދުރުކުރުމަށެވެ. އަދި آخرة ގައި އެމީހުންނަށް ހުރީ ދާއިމީ عذاب އެކެވެ.
37:10إِلَّا مَنۡ خَطِفَ ٱلۡخَطۡفَةَ فَأَتۡبَعَهُۥ شِهَابٞ ثَاقِبٞ ﴿10﴾إِلَّا مَنۡ خَطِفَ ٱلۡخَطۡفَةَ فَأَتۡبَعَهُۥ شِهَابٞ ثَاقِبٞ
Transliteration: Illa man khatifa alkhatfata faatbaAAahu shihabun thaqibun
Translation: (މަލާއިކަތްބޭކަލުންގެ އަޑު ދަށުން) ބަސްޖަހައިގަންނަ شيطان ބައެއްފަހަރަށް ބަސްޖަހައިގަނެއެވެ. އެޔާވިދިގެން އެސޮރާދިމާއަށް ލޯވަޅުތޮރުފައިލާ ކަހަލަ އަލިކުރާ ތަރިއެއް ފޮނުވައިލައެވެ. (ބައެއްފަހަރު އެތަރިންޖެހި އެސޮރު ހަލާކުވެއެވެ. އަނެއްބައިފަހަރު ހިލައައުމުގެ ކުރިން އެސޮރު ބަޗައިގަނެއެވެ.)
37:11فَٱسۡتَفۡتِهِمۡ أَهُمۡ أَشَدُّ خَلۡقًا أَم مَّنۡ خَلَقۡنَآۚ إِنَّا خَلَقۡنَٰهُم مِّن طِينٖ لَّازِبِۭ ﴿11﴾فَٱسۡتَفۡتِهِمۡ أَهُمۡ أَشَدُّ خَلۡقًا أَم مَّنۡ خَلَقۡنَآۚ إِنَّا خَلَقۡنَٰهُم مِّن طِينٖ لَّازِبِۭ
Transliteration: Faistaftihim ahum ashaddu khalqan am man khalaqna inna khalaqnahum min teenin lazibin
Translation: (އޭ رسول الله އެވެ!) ކަލޭގެފާނު ނިކަން އެބައިމީހުން ކުރެން فتوى އައްސަވައިބައްލަވާށެވެ! ތިމަންރަސްކަލާނގެ ހެއްދެވި އުޑުތަކާއި ބިމާއި މަލާއިކަތްބޭކަލުންނާއި މިފަދަ މިފަދަ خلق ތަކުންތޯ ހެއްދެވުން އުދަގޫ ވެފައިގަދައީ ނުވަތަ އެމީހުންގެ نفس ތައްތޯ ނިކަން އެމީހުންކުރެން އައްސަވައި ބައްލަވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުން ހައްދަވާފައިވާނީ އަތްލީމާ އަތުގައި ތަތްލާކަހަލަ ތަތްމަށިންނެވެ.
37:12بَلۡ عَجِبۡتَ وَيَسۡخَرُونَ ﴿12﴾بَلۡ عَجِبۡتَ وَيَسۡخَرُونَ
Transliteration: Bal AAajibta wayaskharoona
Translation: (އޭ ﷲ ގެ رسول އާއެވެ!) ކަލޭގެފާނު ﷲ ގެ قدرة ތެރިކަމާއިމެދު عجائب ވެވަޑައިގަންނަވަނީއެވެ. އަދި قيامة އަށް އިންކާރުކުރާ މީހުން ހީހީފައި މަލާމަތް ކުރަނީއެވެ. (މިހުރީ ދެފަރާތުގެ ތަފާތެވެ.)
37:13وَإِذَا ذُكِّرُواْ لَا يَذۡكُرُونَ ﴿13﴾وَإِذَا ذُكِّرُواْ لَا يَذۡكُرُونَ
Transliteration: Waitha thukkiroo la yathkuroona
Translation: އަދި އެމީހުންނަށް وعظ އާއި نصيحة ދެވިއްޖެއްޔާވެސް އެމީހުން وعظ އާއި نصيحة ލިބި ނުގަނެއެވެ.
37:14وَإِذَا رَأَوۡاْ ءَايَةٗ يَسۡتَسۡخِرُونَ ﴿14﴾وَإِذَا رَأَوۡاْ ءَايَةٗ يَسۡتَسۡخِرُونَ
Transliteration: Waitha raaw ayatan yastaskhiroona
Translation: އަދި رسول الله ﷺ ގެ معجزة ތަކުގެ ތެރެއިން معجزة އެއް އެމީހުންނަށް ފެނިއްޖެއްޔާވެސް އެމީހުން މަލާމަތްކޮށް ފުރައްސާރަކުރަނީއެވެ.
37:15وَقَالُوٓاْ إِنۡ هَٰذَآ إِلَّا سِحۡرٞ مُّبِينٌ ﴿15﴾وَقَالُوٓاْ إِنۡ هَٰذَآ إِلَّا سِحۡرٞ مُّبِينٌ
Transliteration: Waqaloo in hatha illa sihrun mubeenun
Translation: އަދި އެމީހުން ބުނެއެވެ. މިއީ ރަނގަޅަށް بيان ވެފައުޅުވެގެންވާ سحر އެއްކަމުގައި މެނުވީ ނުވެއެވެ.
37:16أَءِذَا مِتۡنَا وَكُنَّا تُرَابٗا وَعِظَٰمًا أَءِنَّا لَمَبۡعُوثُونَ ﴿16﴾أَءِذَا مِتۡنَا وَكُنَّا تُرَابٗا وَعِظَٰمًا أَءِنَّا لَمَبۡعُوثُونَ
Transliteration: Aitha mitna wakunna turaban waAAithaman ainna lamabAAoothoona
Translation: އަދި އެމީހުން- يعني قيامة قبول ނުކުރާ މީހުން- ބުނެއެވެ. "އަހުރެމެން މަރުވެ ވެއްޔައްވެ ކަށިތައްވެސް ފީވެ ދިއުމަށްފަހު އަލުން ދިރިގެން އަހުރެމެން ފޮނުވޭނެ ހެއްޔެވެ؟
37:17أَوَءَابَآؤُنَا ٱلۡأَوَّلُونَ ﴿17﴾أَوَءَابَآؤُنَا ٱلۡأَوَّلُونَ
Transliteration: Awaabaona alawwaloona
Translation: "އަދި އަހުރެމެންގެ އިސްވެދިޔަ ކާބަފައިންވެސް ހަމަފޮނުވޭނެހެއްޔެވެ؟ (ތިޔައީ ވާނޭ ކަމެއްނޫނެވެ.) "
37:18قُلۡ نَعَمۡ وَأَنتُمۡ دَٰخِرُونَ ﴿18﴾قُلۡ نَعَمۡ وَأَنتُمۡ دَٰخِرُونَ
Transliteration: Qul naAAam waantum dakhiroona
Translation: ކަލޭގެފާނު ވިދާޅުވާށެވެ. އާއެކެވެ. ފޮނުވޭނެއެވެ. އަދި ކަލޭމެން ފޮނުވޭނީ ދެރަކުރެވި ނިކަމެތި ކުރެވިގެންވާ حال ގައެވެ.
37:19فَإِنَّمَا هِيَ زَجۡرَةٞ وَٰحِدَةٞ فَإِذَا هُمۡ يَنظُرُونَ ﴿19﴾فَإِنَّمَا هِيَ زَجۡرَةٞ وَٰحِدَةٞ فَإِذَا هُمۡ يَنظُرُونَ
Transliteration: Fainnama hiya zajratun wahidatun faitha hum yanthuroona
Translation: އެކަން ވާކަންކަށަވަރީ- އެބަހީ ދިރިގެން محشر އަށް ފޮނުއްވޭނެކަން ކަށަވަރީ- ހަމަ އެންމެ އަޑު ފަށަކުންނެވެ. (އެއީ إسرافيل ގެފާނު ތާޅަފިލި ފުންމަވައި ލެއްވުމުންނެވެ.) އެހައިރުން އެންމެން ކަށްވަޅުތަކުން ތެދުވެބަލަބަލާ ތިބޭނެއެވެ.
37:20وَقَالُواْ يَٰوَيۡلَنَا هَٰذَا يَوۡمُ ٱلدِّينِ ﴿20﴾وَقَالُواْ يَٰوَيۡلَنَا هَٰذَا يَوۡمُ ٱلدِّينِ
Transliteration: Waqaloo ya waylana hatha yawmu alddeeni
Translation: އަދި އެމީހުން يعني قيامة قبول ނުކުރާ މީހުން- ބުނާނެއެވެ. އޭއަހުރެމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. މިއީ عمل ތަކަށް ޖަޒާ ދެއްވާނޭ ދުވަހެވެ. (މަލާއިކަތް ބޭކަލުން ވިދާޅުވާނެއެވެ.)
37:21هَٰذَا يَوۡمُ ٱلۡفَصۡلِ ٱلَّذِي كُنتُم بِهِۦ تُكَذِّبُونَ ﴿21﴾هَٰذَا يَوۡمُ ٱلۡفَصۡلِ ٱلَّذِي كُنتُم بِهِۦ تُكَذِّبُونَ
Transliteration: Hatha yawmu alfasli allathee kuntum bihi tukaththiboona
Translation: "އާއެކެވެ. މިއީ ޙުކުމްކުރެވި ނިޔާ ކުރެވޭނެ ދުވަހެވެ. މިއީ عمل ތަކަށް ޖަޒާ ދެއްވާ ދުވަހެވެ. އަދި މިއަދަކީ (ދުނިޔޭގައި ކަލޭމެން ތިބިއިރު) އެދުވަސް ދޮގުކުރާ ކަމުގައި ވީދުވަހެވެ."
37:22ٱحۡشُرُواْ ٱلَّذِينَ ظَلَمُواْ وَأَزۡوَٰجَهُمۡ وَمَا كَانُواْ يَعۡبُدُونَ ﴿22﴾۞ٱحۡشُرُواْ ٱلَّذِينَ ظَلَمُواْ وَأَزۡوَٰجَهُمۡ وَمَا كَانُواْ يَعۡبُدُونَ
Transliteration: Ohshuroo allatheena thalamoo waazwajahum wama kanoo yaAAbudoona
Translation: (ﷲ تَعَالى މަލާއިކަތް ބޭކަލުންނަށް އަންގަވާނެއެވެ.) ތިޔަބޭކަލުން އަނިޔާވެރިވި މީހުން ހިފަހައްޓަވައި އެއްކުރައްވާށެވެ. އަދި شَيْطَان ންގެ ތެރެއިންވެސް އެބާވަތުގެ މީހުން އެއްކުރައްވާށެވެ. އަދި އެޔާއެކު އެމީހުން އަޅުކަންކުރި ތަކެތިވެސް (އެމީހުންނާއެކު) އެއްކުރައްވާށެވެ.
37:23مِن دُونِ ٱللَّهِ فَٱهۡدُوهُمۡ إِلَىٰ صِرَٰطِ ٱلۡجَحِيمِ ﴿23﴾مِن دُونِ ٱللَّهِ فَٱهۡدُوهُمۡ إِلَىٰ صِرَٰطِ ٱلۡجَحِيمِ
Transliteration: Min dooni Allahi faihdoohum ila sirati aljaheemi
Translation: އެއީ ﷲ ފިޔަވައި އެމީހުން އަޅުކަންކުރި ތަކެއްޗެވެ. އަދި އެބައިމީހުންނަށް ނަރަކައިގެ މަގަށް މަގުދައްކާނެއެވެ.
37:24وَقِفُوهُمۡۖ إِنَّهُم مَّسۡـُٔولُونَ ﴿24﴾وَقِفُوهُمۡۖ إِنَّهُم مَّسۡـُٔولُونَ
Transliteration: Waqifoohum innahum masooloona
Translation: އަދި އެމީހުން ހުއްޓުވާށެވެ. އެމީހުންނަކީ ސުވާލު ވެވޭނެ ބަޔެކެވެ. އެމީހުން ނަރަކައަށް ގެންދާނީ ހިސާބު ބެއްލެވުމަށް ފަހުގައެވެ.
37:25مَا لَكُمۡ لَا تَنَاصَرُونَ ﴿25﴾مَا لَكُمۡ لَا تَنَاصَرُونَ
Transliteration: Ma lakum la tanasaroona
Translation: (އަދި އެމީހުންނަށް ބުނެވޭނެއެވެ.) ކަލޭމެން ދުނިޔޭގައި އެކަކު އަނެކަކަށް ނަޞްރުދިން ފަދައިން މިއަދު އެކަކު އަނެކަކަށް ނަޞްރުނުދެނީ ކީއްވެގެންހެއްޔެވެ؟
37:26بَلۡ هُمُ ٱلۡيَوۡمَ مُسۡتَسۡلِمُونَ ﴿26﴾بَلۡ هُمُ ٱلۡيَوۡمَ مُسۡتَسۡلِمُونَ
Transliteration: Bal humu alyawma mustaslimoona
Translation: އަދި ކިޔެއް ހެއްޔެވެ؟ މިއަދު އެމީހުން އެވަނީ ދެރަވެ ކިޔަމަން ކުރެވިގެންނެވެ.
37:27وَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٖ يَتَسَآءَلُونَ ﴿27﴾وَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٖ يَتَسَآءَلُونَ
Transliteration: Waaqbala baAAduhum AAala baAAdin yatasaaloona
Translation: އަދި އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތި ލައިގެން ތިބެ (ރުޅިއައިސްގެން އަރައިރުން ވުމުގެ) ސުވާލުތައްކުރާނެއެވެ.
37:28قَالُوٓاْ إِنَّكُمۡ كُنتُمۡ تَأۡتُونَنَا عَنِ ٱلۡيَمِينِ ﴿28﴾قَالُوٓاْ إِنَّكُمۡ كُنتُمۡ تَأۡتُونَنَا عَنِ ٱلۡيَمِينِ
Transliteration: Qaloo innakum kuntum tatoonana AAani alyameeni
Translation: އެމީހުން ބުނާނެއެވެ. އެބަހީ ތަބަޢަވީ މީހުން ތަބަޢަ ވެވުނު މީހުންނަށް ބުނާނެއެވެ. ހަމަކަށަވަރުން ކަލޭމެން އަހުރެމެންނަށް ޙައްޤު ފިޔަވައި ވަސްވާސްތައް ދިނީއެވެ.
37:29قَالُواْ بَل لَّمۡ تَكُونُواْ مُؤۡمِنِينَ ﴿29﴾قَالُواْ بَل لَّمۡ تَكُونُواْ مُؤۡمِنِينَ
Transliteration: Qaloo bal lam takoonoo mumineena
Translation: އަނެއްބައި މީހުން ބުންޏެވެ. (އެބަހީ ތަބަޢަވެވުނު ބޮޑެތި މީހުން ތަބަޢަވީ މީހުންނާ ދިމާއަށް ބުނާނެއެވެ.) އެހެން ވީއެއްނޫނެވެ. ކަލޭމެން ހަމަ މުއުމިނުން ކަމުގައި ނުވަނީ އެވެ. ކަލޭމެންގެ ހިތްތައްވީ ކާފަރުކަމަށް ލެނބިގެންނެވެ.
37:30وَمَا كَانَ لَنَا عَلَيۡكُم مِّن سُلۡطَٰنِۭۖ بَلۡ كُنتُمۡ قَوۡمٗا طَٰغِينَ ﴿30﴾وَمَا كَانَ لَنَا عَلَيۡكُم مِّن سُلۡطَٰنِۭۖ بَلۡ كُنتُمۡ قَوۡمٗا طَٰغِينَ
Transliteration: Wama kana lana AAalaykum min sultanin bal kuntum qawman tagheena
Translation: (އަދި مجرم ންގެ މީހުންގެ ތެރެއިން تبع ވެވުނު ބޮޑެތި މީހުން ދެރަމީހުންނާ ދިމާއަށް ބުނެއެވެ.) ކަލޭމެންގެ މައްޗަކަށް އަހުރެމެންނަކަށް އެއްވެސް ބާރެއްލިބިގެންނުވެއެވެ. އަދި ކިޔެއްހެއްޔެވެ؟ އެހެންނަކުން ނޫނެވެ. ކަލޭމެންނަކީ ހަމަ (ކާފަރުކަމާއި މަގުފުރެދުމުގައި) ހައްދުފަހަނަޅާފައިވާ ބައެކެވެ. ނުކިޔަމަންތެރި ބައެކެވެ.
37:31فَحَقَّ عَلَيۡنَا قَوۡلُ رَبِّنَآۖ إِنَّا لَذَآئِقُونَ ﴿31﴾فَحَقَّ عَلَيۡنَا قَوۡلُ رَبِّنَآۖ إِنَّا لَذَآئِقُونَ
Transliteration: Fahaqqa AAalayna qawlu rabbina inna lathaiqoona
Translation: "އަހުރެމެން ދެބައި މީހުންގެ މައްޗަށްވެސް އަހުރެމެންގެ ربّ ގެ (عذاب ގެ) ބަސްފުޅު حق ވީއެވެ. ހަމަކަވަރުން އަހުރެމެންނަކީ އޭގެ ރަހަ ލިބޭނެ ބައެކެވެ."
37:32فَأَغۡوَيۡنَٰكُمۡ إِنَّا كُنَّا غَٰوِينَ ﴿32﴾فَأَغۡوَيۡنَٰكُمۡ إِنَّا كُنَّا غَٰوِينَ
Transliteration: Faaghwaynakum inna kunna ghaweena
Translation: "ފަހެ އަހުރެމެން ކަލޭމެން މަގުފުރެއްދީމެވެ. (އެބަހީ އަހުރެމެން ތިބިގޮތަށް ކަލޭމެންނަށްވެސް ގޮވީމެވެ. ދެން ކަލޭމެންވެސް އަހުރެމެންނާ އެއްގޮތަށް ހެދީއެވެ.) އަހުރެމެންނީ މަގުފުރައްދާ މީހުންނެވެ."
37:33فَإِنَّهُمۡ يَوۡمَئِذٖ فِي ٱلۡعَذَابِ مُشۡتَرِكُونَ ﴿33﴾فَإِنَّهُمۡ يَوۡمَئِذٖ فِي ٱلۡعَذَابِ مُشۡتَرِكُونَ
Transliteration: Fainnahum yawmaithin fee alAAathabi mushtarikoona
Translation: ފަހެ ހަމަކަށަވަރުން އެމީހުން އެދުވަހުން عذاب ގައި ބައިވެރިވާނެއެވެ. (އެބަހީ تبع ވީ މީހުންނާއި އަދި تبع ވެވުނު ބޮޑެތި މީހުންނާއި عذاب ގައި ބައިވެރިވާނެއެވެ.
37:34إِنَّا كَذَٰلِكَ نَفۡعَلُ بِٱلۡمُجۡرِمِينَ ﴿34﴾إِنَّا كَذَٰلِكَ نَفۡعَلُ بِٱلۡمُجۡرِمِينَ
Transliteration: Inna kathalika nafAAalu bialmujrimeena
Translation: އަދި ހަމަކަށަވަރުން مجرم ންނާއިމެދު އެބަހީ ކުށްވެރިންނާއި މެދު ތިމަންރަސްކަލާނގެ ކަންތައްކުރައްވަނީ އެފަދައިންނެވެ. (އެބަހީ ކޮންމެ ވައްތަރެއްގެ ކުށުގެ ވެރިން އެބާވަތުގެ ކުށުގެ ވެރިންނާއި އެކުގައެވެ. ޒިނޭކުރި މީހުން ޒިނޭކުރި މީހުންނާއި އެކުގައެވެ. މީހުންމެރި މީހުން އެފަދަ މީހުންނާއިއެކުގައެވެ. ދެން އެގޮތަށެވެ....
37:35إِنَّهُمۡ كَانُوٓاْ إِذَا قِيلَ لَهُمۡ لَآ إِلَٰهَ إِلَّا ٱللَّهُ يَسۡتَكۡبِرُونَ ﴿35﴾إِنَّهُمۡ كَانُوٓاْ إِذَا قِيلَ لَهُمۡ لَآ إِلَٰهَ إِلَّا ٱللَّهُ يَسۡتَكۡبِرُونَ
Transliteration: Innahum kanoo itha qeela lahum la ilaha illa Allahu yastakbiroona
Translation: ހަމަކަށަވަރުން އެމީހުންވީ لاَ إلَهَ إلاَّ الله ކިޔާށޭ އެމީހުންނަށް ބުނެވިއްޖެއްޔާ އެމީހުން ބޮޑާވެ އެބަސްފުޅު ނުކިޔައި އެއިން މޫނު އަނބުރައިލާ މީހުންކަމުގައެވެ.
37:36وَيَقُولُونَ أَئِنَّا لَتَارِكُوٓاْ ءَالِهَتِنَا لِشَاعِرٖ مَّجۡنُونِۭ ﴿36﴾وَيَقُولُونَ أَئِنَّا لَتَارِكُوٓاْ ءَالِهَتِنَا لِشَاعِرٖ مَّجۡنُونِۭ
Transliteration: Wayaqooloona ainna latarikoo alihatina lishaAAirin majnoonin
Translation: އަދި އެމީހުން ބުނެއެވެ. "މޮޔަވެފައިވާ ޅެންވެރިއެއްގެ ބަހަށް (رسول الله ﷺ ގެ ބަހަށް) އަހަރެމެންގެ إله ންތައް އަހަރެމެން ހަމަ ދޫކޮށްލަންވީ ހެއްޔެވެ؟ އެހެން ދޫނުކޮށްލެވޭނެއެވެ."
37:37بَلۡ جَآءَ بِٱلۡحَقِّ وَصَدَّقَ ٱلۡمُرۡسَلِينَ ﴿37﴾بَلۡ جَآءَ بِٱلۡحَقِّ وَصَدَّقَ ٱلۡمُرۡسَلِينَ
Transliteration: Bal jaa bialhaqqi wasaddaqa almursaleena
Translation: އަދި ކިޔެއް ހެއްޔެވެ؟ އެއްގޮތަކަށްވެސް އެހެންނަކުން ނޫނެވެ. އެކަލޭގެފާނު ވަޑައިގެންނެވީ حق ކަމުގައިވާ ކީރިތި قرآن އާއިގެންނެވެ. އަދި އެއީ އެކަލޭގެފާނުންގެ ކުރީގެ رسول ބޭކަލުންވެސް ވިދާޅުވި حق ތެދު ބަހެވެ. އެބަހީ އެބޭކަލުންވެސް ވިދާޅުވީ ﷲ ގެ އެއްކައުވަންތަކަމުގެ ވާހަކައާއި قيامة ވާނެކަމާއި ނުކިޔަމަންތެރިންނަށް عذاب ހުރި ވާހަކައާއި މިބާވަތުގެ ވާހަކައެވެ. އެކަލޭގެފާނުވެސް ހަމަ އެއްވާހަކައެވެ.
37:38إِنَّكُمۡ لَذَآئِقُواْ ٱلۡعَذَابِ ٱلۡأَلِيمِ ﴿38﴾إِنَّكُمۡ لَذَآئِقُواْ ٱلۡعَذَابِ ٱلۡأَلِيمِ
Transliteration: Innakum lathaiqoo alAAathabi alaleemi
Translation: އަދި ހަމަކަށަވަރުން ކަލޭމެންނަކީ ވޭންދެނިވި عذاب ގެ ރަހަ ލިބިގަންނާނޭ ބަޔެކެވެ. (މިއީ مجرم ން ނަރަކައަށް ވައްދަން ގެންދެވޭއިރު އެމީހުންނަށް އިއްވޭ އިއްވުމެކެވެ.)
37:39وَمَا تُجۡزَوۡنَ إِلَّا مَا كُنتُمۡ تَعۡمَلُونَ ﴿39﴾وَمَا تُجۡزَوۡنَ إِلَّا مَا كُنتُمۡ تَعۡمَلُونَ
Transliteration: Wama tujzawna illa ma kuntum taAAmaloona
Translation: އަދި ކަލޭމެން ދުނިޔޭގައި ކުރި ކަމަކަށްމެނުވީ ކަލޭމެންނަށް جزاء ނުލިބޭނެއެވެ.
37:40إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ ﴿40﴾إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ
Transliteration: Illa AAibada Allahi almukhlaseena
Translation: އެކަމަކު ﷲ ގެ إخلاص ތެރި އަޅުން މެނުވީއެވެ. އެމީހުންނަކަށް عذاب ގެ ރަހައެއްނުލިބޭނެއެވެ.
37:41أُوْلَـٰٓئِكَ لَهُمۡ رِزۡقٞ مَّعۡلُومٞ ﴿41﴾أُوْلَـٰٓئِكَ لَهُمۡ رِزۡقٞ مَّعۡلُومٞ
Transliteration: Olaika lahum rizqun maAAloomun
Translation: އެބައި މީހުންނަށް - އެބަހީ ﷲ ގެ އިޚްލާސްތެރި އަޅުންނަށް - ކަނޑައެޅިގެންވާ ރިޒުޤުވެއެވެ. ސުވަރުގޭގައެވެ. (ރަހައިގެ ރަނގަޅުކަމާއި ކެނޑިދިއުމެއް ނެތްކަމާއި ބޭނުން ވަގުތަކު ލިބޭ ކަމާއި މިހުރިހާ ކަމެއް އެނގި ބާޔާންވެގެންވާ ރިޒުޤެވެ.)
37:42فَوَٰكِهُ وَهُم مُّكۡرَمُونَ ﴿42﴾فَوَٰكِهُ وَهُم مُّكۡرَمُونَ
Transliteration: Fawakihu wahum mukramoona
Translation: އެއީ މޭވާގެ ބާވަތްތަކެވެ. (ދުލުން ބުނަން ނޭނގޭ ހިތްތަކަށް ތަޞައްވަރު ނުކުރެވޭހާ މީރު މޭވާތަކެވެ.) އަދި އެމީހުން ސުވަރުގޭގައި ވަނީ މާތްކުރެވިގެންނެވެ. (ﷲ އާއި ބައްދަލުވުމުގެ މާތްކަމެވެ. އެކަލާނގެ ބަސްފުޅު އެހުމުގެ މާތްކަމެވެ. އެކަލާނގެ ރުއްސެވުމުގެ މާތްކަމުގައެވެ. ސުވަރުގޭގެ ގިނަ ނިޢުމަތުގެ މާތްކަމުގައެވެ.)
37:43فِي جَنَّـٰتِ ٱلنَّعِيمِ ﴿43﴾فِي جَنَّـٰتِ ٱلنَّعِيمِ
Transliteration: Fee jannati alnnaAAeemi
Translation: އެމީހުން ތިބޭނީނިޢުމަތްތަކުގެ ވެރި ސުވަރުގެ ތަކުގައެވެ.
37:44عَلَىٰ سُرُرٖ مُّتَقَٰبِلِينَ ﴿44﴾عَلَىٰ سُرُرٖ مُّتَقَٰبِلِينَ
Transliteration: AAala sururin mutaqabileena
Translation: އެއްބަޔަކު އަނެއްބަޔަކަށް ކުރިމަތިވާގޮތަށް އެނދުދާންކޮޅު ތަކުގައެވެ.
37:45يُطَافُ عَلَيۡهِم بِكَأۡسٖ مِّن مَّعِينِۭ ﴿45﴾يُطَافُ عَلَيۡهِم بِكَأۡسٖ مِّن مَّعِينِۭ
Transliteration: Yutafu AAalayhim bikasin min maAAeenin
Translation: އެމީހުން އެނިޢުމަތުގައި ތިބޭއިރު ރަހަ މީރު ރާތަށިތަށް އެމީހުންގެ ކައިރީގައި ދައުރުކުރެވޭނެއެވެ.
37:46بَيۡضَآءَ لَذَّةٖ لِّلشَّـٰرِبِينَ ﴿46﴾بَيۡضَآءَ لَذَّةٖ لِّلشَّـٰرِبِينَ
Transliteration: Baydaa laththatin lilshsharibeena
Translation: އެ ރާ ސާފުވެ ހުދުވެގެންވެއެވެ. (ސާފު ރިހި ފަދައެވެ.) ބޯމީހުންނަށް ރަހަމީރު ލައްޒަތު ހުރި ރަލެކެވެ.
37:47لَا فِيهَا غَوۡلٞ وَلَا هُمۡ عَنۡهَا يُنزَفُونَ ﴿47﴾لَا فِيهَا غَوۡلٞ وَلَا هُمۡ عَنۡهَا يُنزَفُونَ
Transliteration: La feeha ghawlun wala hum AAanha yunzafoona
Translation: އޭގެ ސަބަބުން ބަނޑުގައި ރިހުމެއް ބޮލުގައި ރިހުމެއް ނުވެއެވެ. އަދި (ދުނިޔޭގެ ރާބުއިމާވާގޮތަށް) އެރާބުއިމުން އެމީހުން މަސްތުނުވާނެއެވެ.
37:48وَعِندَهُمۡ قَٰصِرَٰتُ ٱلطَّرۡفِ عِينٞ ﴿48﴾وَعِندَهُمۡ قَٰصِرَٰتُ ٱلطَّرۡفِ عِينٞ
Transliteration: WaAAindahum qasiratu alttarfi AAeenun
Translation: އަދި އެމީހުންނަށް މާތްވެގެންވާ حُوْرُ العِينُ އަންހެން ކުދިންވެއެވެ. އެކަނބަލުންގެ ލޯތަށް ހުއްޓިގެންވާނީ ހަމައެކަނި އެކަނބަލުންގެ ފިރިންނާ ދިމާއަށެވެ. އެކަނބަލުންގެ ލޯތައް ތަނަވަސްވެ ރީތި ވެގެންވެއެވެ.
37:49كَأَنَّهُنَّ بَيۡضٞ مَّكۡنُونٞ ﴿49﴾كَأَنَّهُنَّ بَيۡضٞ مَّكۡنُونٞ
Transliteration: Kaannahunna baydun maknoonun
Translation: އެކަނބަލުންގެ ރީތިކަން ކޮންފަދަ ހެއްޔެވެ؟ ރީތިކޮށް ރައްކާކުރެވިގެންވާ (نعام ދޫނީގެ) ބިހެއް ފަދައެވެ. (މިމިސާލަކީ އަންހެނުންގެ ދޮންކަމާއި ސާފުކަމާއި ލޫޅާފަތިކަމާއި ޗާލުކަމާއި އަދި ރީތިކަން ސިފަކުރުމަށް عرب ން ޖަހައި އުޅޭ މިސާލެކެވެ.)
37:50فَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٖ يَتَسَآءَلُونَ ﴿50﴾فَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٖ يَتَسَآءَلُونَ
Transliteration: Faaqbala baAAduhum AAala baAAdin yatasaaloona
Translation: އަދި އޭގެ އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތިލައިގެން ތިބެ (ދުނިޔޭގެ އެކި އެކި حال ތަކާއި މެދު) ސުވާލުކުރާނެއެވެ. މަޖާ ނަގާ ހަދާނެއެވެ.
37:51قَالَ قَآئِلٞ مِّنۡهُمۡ إِنِّي كَانَ لِي قَرِينٞ ﴿51﴾قَالَ قَآئِلٞ مِّنۡهُمۡ إِنِّي كَانَ لِي قَرِينٞ
Transliteration: Qala qailun minhum innee kana lee qareenun
Translation: އަދި އޭގެތެރެއިން ބުނާ މީހަކު ބުނާނެއެވެ. ހަމަކަށަވަރުން (قيامة قبول ނުކުރާ ކާފަރު) رحمة ތެރިއަކު އަހުރެންނަށް ދުނިޔޭގައި ވިއެވެ.
37:52يَقُولُ أَءِنَّكَ لَمِنَ ٱلۡمُصَدِّقِينَ ﴿52﴾يَقُولُ أَءِنَّكَ لَمِنَ ٱلۡمُصَدِّقِينَ
Transliteration: Yaqoolu ainnaka lamina almusaddiqeena
Translation: މަލާމާތުގެ ގޮތުން އޭނާ އަހުރެންނަށް ބުނެއެވެ. ކަލޭވެސް ތިޔައީ (قيامة) ތެދުކޮށް قبول ކުރާ މީހުން ކުރެ މީހަކު ހެއްޔެވެ؟
37:53أَءِذَا مِتۡنَا وَكُنَّا تُرَابٗا وَعِظَٰمًا أَءِنَّا لَمَدِينُونَ ﴿53﴾أَءِذَا مِتۡنَا وَكُنَّا تُرَابٗا وَعِظَٰمًا أَءِنَّا لَمَدِينُونَ
Transliteration: Aitha mitna wakunna turaban waAAithaman ainna lamadeenoona
Translation: "އަހުރެމެން މަރުވެ މަސްތައް ފީވެގޮސް ކަށްޓައްވެ ކަށި ފީވެ ވެއްޔަށްވުމަށް ފަހު (އަލުން ދިރުވިގެން) عمل ތަކަށް ހިސާބު ބައްލަވާ ޖަޒާދެއްވާނެހެއްޔެވެ؟" (އެއީ ވާނެ ކަމެއްނޫނެވެ.)
37:54قَالَ هَلۡ أَنتُم مُّطَّلِعُونَ ﴿54﴾قَالَ هَلۡ أَنتُم مُّطَّلِعُونَ
Transliteration: Qala hal antum muttaliAAoona
Translation: އަދި އޭނާގެ جليس ންނަށް އެ مؤمن މީހާ ބުނާނެއެވެ. "ކަލޭމެން އަހުރެންނާއެކު އޭނާ ކޮބައިތޯ ނަރަކަ ބަލައިލަން އައިސް ބަލާށެވެ. އައިސްފާނުހެއްޔެވެ؟"
37:55فَٱطَّلَعَ فَرَءَاهُ فِي سَوَآءِ ٱلۡجَحِيمِ ﴿55﴾فَٱطَّلَعَ فَرَءَاهُ فِي سَوَآءِ ٱلۡجَحِيمِ
Transliteration: FaittalaAAa faraahu fee sawai aljaheemi
Translation: ދެންފަހެ އެމީހުން ގޮސް ނަރަކަ ބަލާއިރު އޭނާ ފެންނާނީ ނަރަކައިގެ މެދުގައި ވަނިކޮށެވެ.
37:56قَالَ تَٱللَّهِ إِن كِدتَّ لَتُرۡدِينِ ﴿56﴾قَالَ تَٱللَّهِ إِن كِدتَّ لَتُرۡدِينِ
Transliteration: Qala taAllahi in kidta laturdeeni
Translation: ދެން އެ مؤمن މީހާ ކާފަރުމީހާއާއި ދިމާލަށް ބުނާނެއެވެ. "ﷲ ގަންދީ ބުނަމެވެ. ކަލޭ އަހުރެންނަށް ވަސްވާސްދީ އަހަރެންވެސް ތިޔަ ނަރަކައަށް ވައްޓައިލުމަށް ގާތްވެގެންވިއެވެ.
37:57وَلَوۡلَا نِعۡمَةُ رَبِّي لَكُنتُ مِنَ ٱلۡمُحۡضَرِينَ ﴿57﴾وَلَوۡلَا نِعۡمَةُ رَبِّي لَكُنتُ مِنَ ٱلۡمُحۡضَرِينَ
Transliteration: Walawla niAAmatu rabbee lakuntu mina almuhdareena
Translation: އަހުރެންގެ رب ގެ نعمة އަހުރެންނަށް ނުވިނަމަ ހަމަކަށަވަރުން އަހުރެންވެސް ކަލޭއާއެކު ތިޔަ ނަރަކައަށް حاضر ވީ މީހުންގެ ތެރެއިން ވީހެވެ."
37:58أَفَمَا نَحۡنُ بِمَيِّتِينَ ﴿58﴾أَفَمَا نَحۡنُ بِمَيِّتِينَ
Transliteration: Afama nahnu bimayyiteena
Translation: އެ مؤمن މީހާ (މަޖާވެގެން އޭނާގެ ސުވަރުގޭގެ އެކުވެރިންނަށް) ބުނާނެއެވެ. އަހުރެމެން ދެން ހަމަ މަރުނުވާނެހެއްޔެ؟
37:59إِلَّا مَوۡتَتَنَا ٱلۡأُولَىٰ وَمَا نَحۡنُ بِمُعَذَّبِينَ ﴿59﴾إِلَّا مَوۡتَتَنَا ٱلۡأُولَىٰ وَمَا نَحۡنُ بِمُعَذَّبِينَ
Transliteration: Illa mawtatana aloola wama nahnu bimuAAaththabeena
Translation: އަހުރެމެން (ދުނިޔޭގެ حياة ގައި އުޅެނިކޮށް) އެވީ ފުރަތަމަ މަރު މެނުވީ ދެން މަރު ނުވާނެއެވެ. އަދި عذاب ދެއްވޭ މީހުންގެ ތެރެއިން އަހުރެމެން ނުވިއެވެ.
37:60إِنَّ هَٰذَا لَهُوَ ٱلۡفَوۡزُ ٱلۡعَظِيمُ ﴿60﴾إِنَّ هَٰذَا لَهُوَ ٱلۡفَوۡزُ ٱلۡعَظِيمُ
Transliteration: Inna hatha lahuwa alfawzu alAAatheemu
Translation: ހަމަކަށަވަރުން މިއީ ބޮޑުވެގެންވާ ނަސީބެވެ.
37:61لِمِثۡلِ هَٰذَا فَلۡيَعۡمَلِ ٱلۡعَٰمِلُونَ ﴿61﴾لِمِثۡلِ هَٰذَا فَلۡيَعۡمَلِ ٱلۡعَٰمِلُونَ
Transliteration: Limithli hatha falyaAAmali alAAamiloona
Translation: "މިފަދަ ނަސީބަށްޓަކައި عمل ކުރާ މީހުން عمل ކުރާ ހުށިކަމެވެ. ހެޔޮ عمل ކުރާ ހުށިކަމެވެ."
37:62أَذَٰلِكَ خَيۡرٞ نُّزُلًا أَمۡ شَجَرَةُ ٱلزَّقُّومِ ﴿62﴾أَذَٰلِكَ خَيۡرٞ نُّزُلًا أَمۡ شَجَرَةُ ٱلزَّقُّومِ
Transliteration: Athalika khayrun nuzulan am shajaratu alzzaqqoomi
Translation: މެހުމާނުން ފައިބާތިބޭ ގޮތަށް ފައިބާތިބޭން ހެޔޮވެގެންވަނީ އިސްވެދިޔަފަދަ ސިފަހުރި ސުވަރުގެ ހެއްޔެވެ؟ ނުވަތަ ނުބައިވެގެންވާ زَقُّوم ގަސްހެއްޔެވެ؟
37:63إِنَّا جَعَلۡنَٰهَا فِتۡنَةٗ لِّلظَّـٰلِمِينَ ﴿63﴾إِنَّا جَعَلۡنَٰهَا فِتۡنَةٗ لِّلظَّـٰلِمِينَ
Transliteration: Inna jaAAalnaha fitnatan lilththalimeena
Translation: ތިމަންރަސްކަލާނގެ އެގަސް ލެއްވީ އަނިޔާވެރިންނަށްވާ ފިތުނައެއްގެ ގޮތުގައެވެ. (އެބަހީ ނަރަކައިގާ ގަހެއް ނުހުންނަ ވާހަކަ އެންގެވީމާ ކާފަރުންގެ މީހުން ޤަބޫލުނުކުރިއެވެ. އެހެނީ އަލިފާނަކީ ގަސްއަންދާ އެއްޗެކެވެ. އެމީހުންބުނީ އަލިފާނުގައި ގަސްހުންނާނީ ކޮންފަދައަކުން ހެއްޔެވެ؟
37:64إِنَّهَا شَجَرَةٞ تَخۡرُجُ فِيٓ أَصۡلِ ٱلۡجَحِيمِ ﴿64﴾إِنَّهَا شَجَرَةٞ تَخۡرُجُ فِيٓ أَصۡلِ ٱلۡجَحِيمِ
Transliteration: Innaha shajaratun takhruju fee asli aljaheemi
Translation: ހަމަކަށަވަރުން އެގަސްފަޅާފައިވަނީ ނަރަކައިގެ އެންމެ އަޑިންނެވެ. (އޭގެ ގޮފިތަށް ނަރަކައިގެ އެންމެހާ ތަނަކަށް ފެތިރުފައިވާނެއެވެ.)
37:65طَلۡعُهَا كَأَنَّهُۥ رُءُوسُ ٱلشَّيَٰطِينِ ﴿65﴾طَلۡعُهَا كَأَنَّهُۥ رُءُوسُ ٱلشَّيَٰطِينِ
Transliteration: TalAAuha kaannahu ruoosu alshshayateeni
Translation: އަދި އެއިން ނުކުންނަ މޭވާ ނުވަތަ މޭވާގެ ނަމުގައި ނުކުންނަ އެތި ކޮންފަދަ ހެއްޔެވެ؟ އެތަކެތި ހީވަނީ ސައިތާނުންގެ ބޯތަކެއް ހެންނެވެ. (އެހާވަސްނުބައިވެފައި ހަޑިވެފައި ހިތިވާނެއެވެ.)
37:66فَإِنَّهُمۡ لَأٓكِلُونَ مِنۡهَا فَمَالِـُٔونَ مِنۡهَا ٱلۡبُطُونَ ﴿66﴾فَإِنَّهُمۡ لَأٓكِلُونَ مِنۡهَا فَمَالِـُٔونَ مِنۡهَا ٱلۡبُطُونَ
Transliteration: Fainnahum laakiloona minha famalioona minha albutoona
Translation: ފަހެ ހަމަކަށަވަރުން ނަރަކައިގެ އަހުލު ވެރިން އެގަހުން ނުވަތަ އެގަހުގެ މޭވާއިން ކާނެއެވެ. އެމީހުންގެ ބަނޑުތައް އެއިން ފުރާނެއެވެ.
37:67ثُمَّ إِنَّ لَهُمۡ عَلَيۡهَا لَشَوۡبٗا مِّنۡ حَمِيمٖ ﴿67﴾ثُمَّ إِنَّ لَهُمۡ عَلَيۡهَا لَشَوۡبٗا مِّنۡ حَمِيمٖ
Transliteration: Thumma inna lahum AAalayha lashawban min hameemin
Translation: ފަހެ ހަމަކަށަވަރުން އެމީހުން އޭގެ މައްޗަށް ބުއިމެއް ބޯނެއެވެ. އެއީ ހޫނުކަން ގަދަވެގެންގޮސް ދެން އެހެން ދަރަޖައެއްނުވާ حَمِيم އެވެ ކިޔާ ފެނެކެވެ.
37:68ثُمَّ إِنَّ مَرۡجِعَهُمۡ لَإِلَى ٱلۡجَحِيمِ ﴿68﴾ثُمَّ إِنَّ مَرۡجِعَهُمۡ لَإِلَى ٱلۡجَحِيمِ
Transliteration: Thumma inna marjiAAahum laila aljaheemi
Translation: ދެން އަލުންވެސް އެމީހުންގެ ތަނަކީ ހަމަ ނަރަކައެވެ.
37:69إِنَّهُمۡ أَلۡفَوۡاْ ءَابَآءَهُمۡ ضَآلِّينَ ﴿69﴾إِنَّهُمۡ أَلۡفَوۡاْ ءَابَآءَهُمۡ ضَآلِّينَ
Transliteration: Innahum alfaw abaahum dalleena
Translation: ހަމަކަށަވަރުން އެމީހުން (ދުނިޔޭގައި އުޅުނު އިރު) އެމީހުން ދުށީ އެމީހުންގެ މަގުފުރެދުނު އިސްވެ ދިޔަ ކާބަފައިންނެވެ.
37:70فَهُمۡ عَلَىٰٓ ءَاثَٰرِهِمۡ يُهۡرَعُونَ ﴿70﴾فَهُمۡ عَلَىٰٓ ءَاثَٰرِهِمۡ يُهۡرَعُونَ
Transliteration: Fahum AAala atharihim yuhraAAoona
Translation: ދެން މި މީހުންވެސް އެކާބަފައިންގެ އަސަރުގެ މަތީގައި އަވަސްވެ ގަތީއެވެ. ކާބަފައިން ހެދިގޮތަށް ހެދީއެވެ.
37:71وَلَقَدۡ ضَلَّ قَبۡلَهُمۡ أَكۡثَرُ ٱلۡأَوَّلِينَ ﴿71﴾وَلَقَدۡ ضَلَّ قَبۡلَهُمۡ أَكۡثَرُ ٱلۡأَوَّلِينَ
Transliteration: Walaqad dalla qablahum aktharu alawwaleena
Translation: އަދި ހަމަކަށަވަރުން މި މީހުންގެ ކުރިން (މައްކާގެ މުޝްރިކުންގެ ކުރިން) އެތަށްގިނަ ބަޔަކު މަގުފުރެދިގެންގޮސްފައި ވެއެވެ. (އެއީ އިސްވެދިޔަ އުއްމަތްތަކެވެ.)
37:72وَلَقَدۡ أَرۡسَلۡنَا فِيهِم مُّنذِرِينَ ﴿72﴾وَلَقَدۡ أَرۡسَلۡنَا فِيهِم مُّنذِرِينَ
Transliteration: Walaqad arsalna feehim munthireena
Translation: އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ ތެރެއަށް އިންޒާރު ދެއްވާނޭ ރަސޫލު ބޭކަލަކު ފޮނުއްވީމެވެ.
37:73فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُنذَرِينَ ﴿73﴾فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُنذَرِينَ
Transliteration: Faonthur kayfa kana AAaqibatu almunthareena
Translation: ދެންފަހެ އިންޒާރު ކުރެވުނު ޤައުމުތަކުގެ ފަހުކޮޅު އެމީހުންގެ ނިމުން ދިޔައީ ކިހިނަކުންތޯ ނިކަންބަލައިބަލާށެވެ. (ހަލާކުވެ ބަރުބާދު ވެގެން ދިޔައީއެވެ.)
37:74إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ ﴿74﴾إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ
Transliteration: Illa AAibada Allahi almukhlaseena
Translation: ހަމައެކަނި ސަލާމަތްވަނީ (އީމާންކަމާއި تَوْحِيد ގެ މަގަށް تَوْفِيق ދެއްވުނު) ﷲ ގެ އިޚްލާސްތެރި އަޅުންނެވެ. މާތް މުއުމިނުންނެވެ.
37:75وَلَقَدۡ نَادَىٰنَا نُوحٞ فَلَنِعۡمَ ٱلۡمُجِيبُونَ ﴿75﴾وَلَقَدۡ نَادَىٰنَا نُوحٞ فَلَنِعۡمَ ٱلۡمُجِيبُونَ
Transliteration: Walaqad nadana noohun falaniAAma almujeeboona
Translation: އަދި ހަމަކަށަވަރުން نوح عليه السلام ތިމަންރަސްކަލާނގެއަށް ދުޢާކުރައްވައި މުނާޖާ ދެންނެވިއެވެ. ފަހެ ތިމަންރަސްކަލާނގެއީ ޖަވާބު ދެއްވުމުގައި ހެޔޮވެގެންވާ ފަރާތެވެ.
37:76وَنَجَّيۡنَٰهُ وَأَهۡلَهُۥ مِنَ ٱلۡكَرۡبِ ٱلۡعَظِيمِ ﴿76﴾وَنَجَّيۡنَٰهُ وَأَهۡلَهُۥ مِنَ ٱلۡكَرۡبِ ٱلۡعَظِيمِ
Transliteration: Wanajjaynahu waahlahu mina alkarbi alAAatheemi
Translation: އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި އެކަލޭގެފާނުންގެ (ދީނީގޮތުން) އަހުލުވެރިން ބޮޑުވެގެންވާ ހިތާމައިން ސަލާމަތްކުރެއްވީމެވެ. އެއީ طُوْفَانُ ންނެވެ.
37:77وَجَعَلۡنَا ذُرِّيَّتَهُۥ هُمُ ٱلۡبَاقِينَ ﴿77﴾وَجَعَلۡنَا ذُرِّيَّتَهُۥ هُمُ ٱلۡبَاقِينَ
Transliteration: WajaAAalna thurriyyatahu humu albaqeena
Translation: އަދި އެކަލޭގެފާނުންގެ ދަރިފަސްކޮޅު ޒަމާނަށް ދެމިއޮންނަ އެއްޗެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. * ދަންނައެވެ. نوح عليه السلام ގެ ތޫފާނުގައި އެންމެހައި ކާފަރުން ދުނިޔެއިން މަރުވެގެންދިޔައީއެވެ. ނާކޮޅުގައި ހަމައެކަނި ތިބީ މުއުމިނުންނެވެ. އެމީހުން ފަހުން ދަރިފަސްކޮޅުނެތި މަރުވެދިޔައީއެވެ. ހަމައެކަނި ދެމިއޮތީ نوح عليه السلام ގެ ދަރިކޮޅެވެ. وَالله أَعْلَم. = زبدة التفثير =
37:78وَتَرَكۡنَا عَلَيۡهِ فِي ٱلۡأٓخِرِينَ ﴿78﴾وَتَرَكۡنَا عَلَيۡهِ فِي ٱلۡأٓخِرِينَ
Transliteration: Watarakna AAalayhi fee alakhireena
Translation: އަދި އެކަލޭގެފާނަށްޓަކައި ފަހުން އަންނަ މީހުން ކިޔޭ ގޮތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ.
37:79سَلَٰمٌ عَلَىٰ نُوحٖ فِي ٱلۡعَٰلَمِينَ ﴿79﴾سَلَٰمٌ عَلَىٰ نُوحٖ فِي ٱلۡعَٰلَمِينَ
Transliteration: Salamun AAala noohin fee alAAalameena
Translation: سَلاَمٌ عَلَى نُوحٍ (يعني نوح عليه السلام ގެ މައްޗަށް سلام ހުއްޓޭ) އެންމެންގެ ތެރޭގައި އަބަދުގެ އަބަދަށް އެހެން ކިޔޭ ގޮތް ލެއްވީމެވެ.
37:80إِنَّا كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ ﴿80﴾إِنَّا كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ
Transliteration: Inna kathalika najzee almuhsineena
Translation: ހަމަކަށަވަރުން إحسان ތެރިންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.
37:81إِنَّهُۥ مِنۡ عِبَادِنَا ٱلۡمُؤۡمِنِينَ ﴿81﴾إِنَّهُۥ مِنۡ عِبَادِنَا ٱلۡمُؤۡمِنِينَ
Transliteration: Innahu min AAibadina almumineena
Translation: ހަމަކަށަވަރުން އެކަލޭގެފާނުވަނީ ތިމަންރަސްކަލާނގެ مؤمن އަޅުތަކުންގެ ތެރެއިންނެވެ.
37:82ثُمَّ أَغۡرَقۡنَا ٱلۡأٓخَرِينَ ﴿82﴾ثُمَّ أَغۡرَقۡنَا ٱلۡأٓخَرِينَ
Transliteration: Thumma aghraqna alakhareena
Translation: ދެން (ނާކޮޅުގައި ތިބިމީހުން ފިޔަވައި) ބާކީ ތިބިއެންމެން ތިމަންރަސްކަލާނގެ غرق ކުރެއްވީމެވެ.
37:83وَإِنَّ مِن شِيعَتِهِۦ لَإِبۡرَٰهِيمَ ﴿83﴾۞وَإِنَّ مِن شِيعَتِهِۦ لَإِبۡرَٰهِيمَ
Transliteration: Wainna min sheeAAatihi laibraheema
Translation: އަދި ހަމަކަށަވަރުން إبراهيم عليه السلام ވަނީ އެކަލޭގެފާނުގެ- އެބަހީ نوح عليه السلام ގެ جماعة ގެ ތެރެއިންނެވެ.
37:84إِذۡ جَآءَ رَبَّهُۥ بِقَلۡبٖ سَلِيمٍ ﴿84﴾إِذۡ جَآءَ رَبَّهُۥ بِقَلۡبٖ سَلِيمٍ
Transliteration: Ith jaa rabbahu biqalbin saleemin
Translation: އެއީ އެކަލޭގެފާނުގެ އެބަހީ إبراهيم عليه السلام އެކަލޭގެފާނުންގެ رب ގެ حضرة އަށް إخلاص ތެރިވެގެންވާ- އަދި شرك ން ސަލާމަތްވެގެންވާ ސާފު ހިތްޕުޅަކާއިގެން ވަޑައިގެންނެވި ހިނދުންނެވެ. (އެބަހީ އެކަލޭގެފާނު ﷲ އަށް إخلاص ތެރިވެވަޑައިގެން إيمان ވެވެޑައިގެންނެވިއެވެ.)
37:85إِذۡ قَالَ لِأَبِيهِ وَقَوۡمِهِۦ مَاذَا تَعۡبُدُونَ ﴿85﴾إِذۡ قَالَ لِأَبِيهِ وَقَوۡمِهِۦ مَاذَا تَعۡبُدُونَ
Transliteration: Ith qala liabeehi waqawmihi matha taAAbudoona
Translation: ފަހެ އެކަލޭގެފާނު އެކަލޭގެފާނުންގެ ބައްޕައަށާއި އަދި قوم އަށް ވިދާޅުވިއެވެ. ކަލޭމެން ތިޔަ އަޅުކަން ކުރަނީ ކޮން އެއްޗަކަށް ހެއްޔެވެ؟
37:86أَئِفۡكًا ءَالِهَةٗ دُونَ ٱللَّهِ تُرِيدُونَ ﴿86﴾أَئِفۡكًا ءَالِهَةٗ دُونَ ٱللَّهِ تُرِيدُونَ
Transliteration: Aifkan alihatan doona Allahi tureedoona
Translation: ﷲ ފިޔަވައި މުޅިން ދޮގު إله ންތަކަކަށް އަޅުކަން ކުރަނީ ހެއްޔެވެ؟ (إله އެއްކަމުގައި ނުވާ ފަރާތްތަކަށް إله ންކަމުގައި ހަދައި އަޅުކަން ކުރުމީ އެންމެ ބޮޑު ދޮގެވެ.)
37:87فَمَا ظَنُّكُم بِرَبِّ ٱلۡعَٰلَمِينَ ﴿87﴾فَمَا ظَنُّكُم بِرَبِّ ٱلۡعَٰلَمِينَ
Transliteration: Fama thannukum birabbi alAAalameena
Translation: "ފަހެ عالم ތައް ހައްދަވާ ބޮޑުކުރައްވާ رب އާއި މެދު ކަލޭމެން ހީކުރަނީ ކީކޭހެއްޔެވެ؟ (އެހެން ފަރާތްތަކަކަށް އަޅުކަން ކޮށްފައި ދެން އެކަލާނގެއާއި ބައްދަލުވީމާ ދެންވާނޭކަމަށް ލަފާ ކުރަނީ ކިހިނެއްހެއްޔެވެ؟) "
37:88فَنَظَرَ نَظۡرَةٗ فِي ٱلنُّجُومِ ﴿88﴾فَنَظَرَ نَظۡرَةٗ فِي ٱلنُّجُومِ
Transliteration: Fanathara nathratan fee alnnujoomi
Translation: ދެންފަހެ އެކަލޭގެފާނު ތަރިތަކަށް ބެއްލެވިއެވެ.
37:89فَقَالَ إِنِّي سَقِيمٞ ﴿89﴾فَقَالَ إِنِّي سَقِيمٞ
Transliteration: Faqala innee saqeemun
Translation: އަދި ވިދާޅުވިއެވެ. އަހުރެން ބައްޔެވެ. * ދަންނައެވެ. އެރަށުގެ މީހުންނަކީ ތަރިތަކަށްވެސް އަޅުކަން ކުރާބައެކެވެ. نجومى علم އަށް މާބޮޑަށް އިތުބާރުކުރާ ބައެކެވެ. إبراهيم عليه السلام ތަރިތަކަށް ބައްލަވާފައި ތިމަންނާ ބައްޔޭ ވިދާޅުވީމާ އެމީހުން އެކަން قبول ކުރިއެވެ. އެމީހުންނާއިއެކު عيد ކުޅިވަރަށް ނުނުކުތުމުގެ عذر އެއްކަމުގައި އެމީހުން قبول ކުރިއެވެ. އެމީހުން އެކަލޭގެފާނުގެ ކިބައިން އެދުނީ އެމީހުންނާއިއެކު عيد ގެ ކުޅިވަރަށް ނުކުތުމަށެވެ. އެހިނދު އެކަލޭގެފާނު ތަރިތަކަށް ބައްލަވާފައި ބައްޔޭ ވިދާޅުވީމާ އެމީހުންނަށް ހީވީ އެކަލޭގެފާނަށް نجومى ގޮތުން ފެނިވަޑައިގެންނެވި އެއްޗެއްކަމަށެވެ. އެހެންވެ އެކަލޭގެފާނުންގެ އެ عذر އެމީހުން قبول ކުރީއެވެ.
37:90فَتَوَلَّوۡاْ عَنۡهُ مُدۡبِرِينَ ﴿90﴾فَتَوَلَّوۡاْ عَنۡهُ مُدۡبِرِينَ
Transliteration: Fatawallaw AAanhu mudbireena
Translation: ދެން އެކަލޭގެފާނު ދޫކޮށްލާފައި އެމީހުން ދިޔައީއެވެ.
37:91فَرَاغَ إِلَىٰٓ ءَالِهَتِهِمۡ فَقَالَ أَلَا تَأۡكُلُونَ ﴿91﴾فَرَاغَ إِلَىٰٓ ءَالِهَتِهِمۡ فَقَالَ أَلَا تَأۡكُلُونَ
Transliteration: Faragha ila alihatihim faqala ala takuloona
Translation: (ދެން އެކަލޭގެފާނު އެކަނިވުމުން) އެމީހުންގެ ބުދުތަކާވީ ފަރާތަށް އެނބުރިވަޑައިގެންފިއެވެ. (އަދި އެތަކެއްޗާ مخاطب ކުރައްވައި ވިދާޅުވިއެވެ.) "ކަލޭމެން ނުކާނޭ ހެއްޔެވެ؟ (އޭރު އެމީހުން ބުދަށް އެޅިކާނާވެސް އެތާ ހުއްޓެވެ.) "
37:92مَا لَكُمۡ لَا تَنطِقُونَ ﴿92﴾مَا لَكُمۡ لَا تَنطِقُونَ
Transliteration: Ma lakum la tantiqoona
Translation: އަދި ވިދާޅުވިއެވެ. "ކަލޭމެން ވާހަކަ ނުދައްކައި ބަހެއްނުބުނެ ތިޔަތިބީކީއްވެފައި ހެއްޔެވެ؟ކަލޭމެންނަށްވީ ކީއްހެއްޔެވެ؟" (އެއީ ހިލަތަކެއްކަމާއި އެތަކެތި ވާހަކަ ނުދައްކާނެކަންވެސް އެގިވަޑައިގަންނަވައެވެ.)
37:93فَرَاغَ عَلَيۡهِمۡ ضَرۡبَۢا بِٱلۡيَمِينِ ﴿93﴾فَرَاغَ عَلَيۡهِمۡ ضَرۡبَۢا بِٱلۡيَمِينِ
Transliteration: Faragha AAalayhim darban bialyameeni
Translation: އަދި އެތަކެއްޗާއި ދިމާއަށް ލެބިވަޑައިގެން ކަނާތްޕުޅުން އެތަކެތީގައި ތަޅާންފަށައިފިއެވެ. ތަޅާ ކުދިކުދި ކުރައްވައިފިއެވެ.
37:94فَأَقۡبَلُوٓاْ إِلَيۡهِ يَزِفُّونَ ﴿94﴾فَأَقۡبَلُوٓاْ إِلَيۡهِ يَزِفُّونَ
Transliteration: Faaqbaloo ilayhi yaziffoona
Translation: ދެން އެމީހުން (އެބަހީ އެއަށް އަޅުކަން ކުރާމީހުން އެތަނަށް ވަންއިރު އެތަކެއްޗަށްވެފައި ހުރިގޮތް ދެކެފައި އެއީ إبراهيم ގެ ކަމެއްކަން އެނގިގެން) އެކަލޭގެފާނާއި ދިމާއަށް އަވަސްވެގެންފިއެވެ.
37:95قَالَ أَتَعۡبُدُونَ مَا تَنۡحِتُونَ ﴿95﴾قَالَ أَتَعۡبُدُونَ مَا تَنۡحِتُونَ
Transliteration: Qala ataAAbudoona ma tanhitoona
Translation: އެކަލޭގެފާނު އެމީހުންނާއި ދިމާއަށް ވިދާޅުވިއެވެ. "ކަލޭމެން އަތުން ކޮށައިގެން ހަދާ ބުދުތަކަށް ކަލޭމެން އަޅުކަން ކުރަނީހެއްޔެވެ؟ (ތިޔައީ ކިހާ ދެއުޅިއެއްނުވާ ކަމެއްހެއްޔެވެ.) "
37:96وَٱللَّهُ خَلَقَكُمۡ وَمَا تَعۡمَلُونَ ﴿96﴾وَٱللَّهُ خَلَقَكُمۡ وَمَا تَعۡمَلُونَ
Transliteration: WaAllahu khalaqakum wama taAAmaloona
Translation: ކަލޭމެންނާއި އަދި ކަލޭމެން ކުރާކަންތައްތައްވެސް ހެއްދެވީ ﷲ އެވެ. (އެބަހީ ކަލޭމެންނާއި ކަލޭމެން އަތުން ތިޔަ ހަދާ ބުދުތައްވެސް ހެއްދެވީ ހަމަ ﷲ އެވެ.
37:97قَالُواْ ٱبۡنُواْ لَهُۥ بُنۡيَٰنٗا فَأَلۡقُوهُ فِي ٱلۡجَحِيمِ ﴿97﴾قَالُواْ ٱبۡنُواْ لَهُۥ بُنۡيَٰنٗا فَأَلۡقُوهُ فِي ٱلۡجَحِيمِ
Transliteration: Qaloo ibnoo lahu bunyanan faalqoohu fee aljaheemi
Translation: ދެން އެމީހުން (އެއްބަޔަކު އަނެއްބަކަށް ބުންޏެވެ. "ކަލޭމެން އޭނާ ލާނެ ބިނާއެއްހަދާށެވެ. (ތަނެއްހަދައި އެތަނަށް ދަރު އަޅައި އެތަން ރޯކޮށް އެތަނަށް) އޭނާ އެއްލައިލާށެވެ."
37:98فَأَرَادُواْ بِهِۦ كَيۡدٗا فَجَعَلۡنَٰهُمُ ٱلۡأَسۡفَلِينَ ﴿98﴾فَأَرَادُواْ بِهِۦ كَيۡدٗا فَجَعَلۡنَٰهُمُ ٱلۡأَسۡفَلِينَ
Transliteration: Faaradoo bihi kaydan fajaAAalnahumu alasfaleena
Translation: ފަހެ އެމީހުން އެކަލޭގެފާނާއިމެދު ނުބައި ގޮތްތަކެއް ރޭވީއެވެ. ދެން ފަހެ ތިމަންރަސްކަލާނގެ އެމީހުން ލެއްވީ ނިކަމެތި ދަށްބަޔަކުކަމުގައެވެ.\nފަހެ އެމީހުން އެކަލޭގެފާނު އަލިފާންގަޑައްލައި ހެދިއެވެ. އެކަމަކު އޭގެ ތެރެއިން ﷲ އެކަލޭގެފާނު ސަލާމަތް ކުރެއްވީއެވެ. އެވާހަކަ ބައެއް ސޫރަތް ސޫރަތުގައި ދިގުކޮށް ހުންނާނެއެވެ. މިތާމިވަނީ ހަމައެކަނި އިޝާރާތެވެ.
37:99وَقَالَ إِنِّي ذَاهِبٌ إِلَىٰ رَبِّي سَيَهۡدِينِ ﴿99﴾وَقَالَ إِنِّي ذَاهِبٌ إِلَىٰ رَبِّي سَيَهۡدِينِ
Transliteration: Waqala innee thahibun ila rabbee sayahdeeni
Translation: އަދި إبراهيم ގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން އަހުރެން އަހުރެންގެ رب ގެ އެންގެވުމަށް (هجرة އަށް) ދަނީއެވެ. އެކަލާނގެ ނިކަންހުރެ އަހުރެންނަށް މަގު ދައްކަވާނެއެވެ.
37:100رَبِّ هَبۡ لِي مِنَ ٱلصَّـٰلِحِينَ ﴿100﴾رَبِّ هَبۡ لِي مِنَ ٱلصَّـٰلِحِينَ
Transliteration: Rabbi hab lee mina alssaliheena
Translation: (އަދި އެކަލޭގެފާނު ﷲ އަށް دعاء ދެންނެވިއެވެ.) "އޭ އަޅުގެ رب އެވެ! މިއަޅާއަށް صالح ންގެތެރެއިން ދަރިން ދެއްވާދޭވެ!"
37:101فَبَشَّرۡنَٰهُ بِغُلَٰمٍ حَلِيمٖ ﴿101﴾فَبَشَّرۡنَٰهُ بِغُلَٰمٍ حَلِيمٖ
Transliteration: Fabashsharnahu bighulamin haleemin
Translation: ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް حلم ވެރި ދަރިކަލަކު ދެއްވާނެކަމުގެ އުފާވެރިކަމުގެ خبر ދެއްވީމެވެ.
37:102فَلَمَّا بَلَغَ مَعَهُ ٱلسَّعۡيَ قَالَ يَٰبُنَيَّ إِنِّيٓ أَرَىٰ فِي ٱلۡمَنَامِ أَنِّيٓ أَذۡبَحُكَ فَٱنظُرۡ مَاذَا تَرَىٰۚ قَالَ يَـٰٓأَبَتِ ٱفۡعَلۡ مَا تُؤۡمَرُۖ سَتَجِدُنِيٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰبِرِينَ ﴿102﴾فَلَمَّا بَلَغَ مَعَهُ ٱلسَّعۡيَ قَالَ يَٰبُنَيَّ إِنِّيٓ أَرَىٰ فِي ٱلۡمَنَامِ أَنِّيٓ أَذۡبَحُكَ فَٱنظُرۡ مَاذَا تَرَىٰۚ قَالَ يَـٰٓأَبَتِ ٱفۡعَلۡ مَا تُؤۡمَرُۖ سَتَجِدُنِيٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰبِرِينَ
Transliteration: Falamma balagha maAAahu alssaAAya qala ya bunayya innee ara fee almanami annee athbahuka faonthur matha tara qala ya abati ifAAal ma tumaru satajidunee in shaa Allahu mina alssabireena
Translation: (ދެން ފަހެ އެކަލޭގެފާނަށް އެދަރިކަލުން ލިބިވަޑައިގެން ބޮޑުފުޅުވަމުން ގޮސް) إبراهيم عليه السلام ގެ އަރިހުގައި ހިންގަވާ ކުޑަކޮށް މަސައްކަތްކުރެއްވޭވަރަށް ބޮޑުފުޅުވުމުން - އެކަލޭގެފާނު އެދަރިކަލުންނަށް - ޔަޢުނީ، إِسْمَاعِيل (عليه السلام،) އަށް ވިދާޅުވިއެވެ. (އޭރު އެދަރިކަލުންގެ އުމުރުފުޅުން ތޭރަ އަހަރު ކަމުގައި ބައެއް މުފައްސިރުން ލިޔުއްވިއެވެ.) إبراهيم عليه السلام، إِسْمَاعِيل عليه السلام، އަށް ވިދާޅުވިއެވެ. "އޭ އަހުރެންގެ ދަރިފުޅާއެވެ. ހަމަކަށަވަރުން ކަލޭ ކަތިލާތީ (އެބަހީ ذبح ކުރާތީ) އަހުރެންނަށް ހުވަފެނުން ފެނިއްޖެއެވެ. ނަބީބޭކަލުންގެ ހުވަފެނަކީ ހަމަ ޙަޤީޤަތެކެވެ. އެވެވުނު އަމުރުފުޅަކީ ހަމަ ޙަޤީޤީ ޢަމުރުފުޅެކެވެ. ދަރިފުޅަށް މިކަމާމެދު ފެންނަނީ ކިހިނަކުން ހެއްޔެވެ؟ ފެންނަ އެއްޗެއް ބުނެބަލާށެވެ." ދަރިކަލުން ދެންނެވިއެވެ." އޭ ބައްޕާއެވެ. ބައްޕައަށް އަމުރުވެވުނު ގޮތަކަށް ކަންތައް ކުރައްވާށާވެ. ﷲ އިރާދަ ކުރެއްވިއްޔާ އަހުރެންނަކީ ކެތްތެރިއެއްކަމުގައި ބައްޕަ ދެކެވަޑައިގަންނަވާނެއެވެ."
37:103فَلَمَّآ أَسۡلَمَا وَتَلَّهُۥ لِلۡجَبِينِ ﴿103﴾فَلَمَّآ أَسۡلَمَا وَتَلَّهُۥ لِلۡجَبِينِ
Transliteration: Falamma aslama watallahu liljabeeni
Translation: ދެންފަހެ ދެބަފައިކަލުން ﷲ ގެ އަމުރުފުޅަށް ކިޔަމަންތެރިވެވަޑައިގެން އެކަން ތަންފީޒުކުރުމަށް ކުރިމަތި ލެއްވިހިނދުން އެކުޑަކުޑަދަރިކަލުންގެ ނިތްކުރިފުޅު ބަންޑުންވާ ގޮތަށް ބާއްވައި އެދަރިކަލުން ذبح ކުރެއްވުމަށް إبراهيم عليه السلام ޤަޞްދުކުރައްވައިފިއެވެ.
37:104وَنَٰدَيۡنَٰهُ أَن يَـٰٓإِبۡرَٰهِيمُ ﴿104﴾وَنَٰدَيۡنَٰهُ أَن يَـٰٓإِبۡرَٰهِيمُ
Transliteration: Wanadaynahu an ya ibraheemu
Translation: އަދި އެވަގުތު ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. ގޮވާލެއްވީމެވެ. "އޭ إبراهيم އެވެ.
37:105قَدۡ صَدَّقۡتَ ٱلرُّءۡيَآۚ إِنَّا كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ ﴿105﴾قَدۡ صَدَّقۡتَ ٱلرُّءۡيَآۚ إِنَّا كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ
Transliteration: Qad saddaqta alrruya inna kathalika najzee almuhsineena
Translation: ހަމަކަށަވަރުން ކަލޭގެފާނު ކަލޭގެފާނުންގެ ހުވަފެން ތެދުކުރައްވައިފީމުއެވެ." (އެކުޑަ ކުޑަ ދަރިކަލުން ذبح ނުވެވުނަސް އެކަމަށް ޢަޒުމްކުރައްވައި ހުރިހާގޮތަކުން ތައްޔާރުވެވަޑައިގަތުމުން އެކަން ކުރެއްވީކަމުގައި ނިންމެވީއެވެ. ހަމަކަށަވަރުން އިޙްސާންތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
37:106إِنَّ هَٰذَا لَهُوَ ٱلۡبَلَـٰٓؤُاْ ٱلۡمُبِينُ ﴿106﴾إِنَّ هَٰذَا لَهُوَ ٱلۡبَلَـٰٓؤُاْ ٱلۡمُبِينُ
Transliteration: Inna hatha lahuwa albalao almubeenu
Translation: ހަމަކަށަވަރުން ތިޔައީ ބޮޑުވެގެންވާ އަދި ބަޔާންވެގެންވާ އިމްތިހާނެއްކަން ޔަޤީނެވެ.
37:107وَفَدَيۡنَٰهُ بِذِبۡحٍ عَظِيمٖ ﴿107﴾وَفَدَيۡنَٰهُ بِذِبۡحٍ عَظِيمٖ
Transliteration: Wafadaynahu bithibhin AAatheemin
Translation: އަދި ހަމަކަށަވަރުން ބޮޑުވެގެންވާ ذبح އަކުން އެބަހީ ބޮޑުވެގެންވާ كَبش ބަކަށްޓަކުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ފިދުޔައެއްދެއްވީމެވެ.
37:108وَتَرَكۡنَا عَلَيۡهِ فِي ٱلۡأٓخِرِينَ ﴿108﴾وَتَرَكۡنَا عَلَيۡهِ فِي ٱلۡأٓخِرِينَ
Transliteration: Watarakna AAalayhi fee alakhireena
Translation: އަދި އެކަލޭގެފާނަށްޓަކައި ފަހުން އަންނަމީހުން ކިޔާގޮތަށް ތިމަންރަސްކަލާނގެ ދޫކުރެއްވީމެވެ.
37:109سَلَٰمٌ عَلَىٰٓ إِبۡرَٰهِيمَ ﴿109﴾سَلَٰمٌ عَلَىٰٓ إِبۡرَٰهِيمَ
Transliteration: Salamun AAala ibraheema
Translation: إبراهيم ގެ މައްޗަށް السلام ހުއްޓެވެ. (އެބަހީ ފަހުން އަންނަމީހުން إبراهيم عليه السلام ކިޔޭ ގޮތަށް އެކަލޭގެފާނަށް ޘަނާ އާއި ތަޢްރީފު ލެއްވީމެވެ.)
37:110كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ ﴿110﴾كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ
Transliteration: Kathalika najzee almuhsineena
Translation: އިޙްސާންތެރިންނަށް ތިމަންރަސްކަލާނގެ ހެޔޮ ޖަޒާ ދެއްވަނީ އެފަދައިންނެވެ.
37:111إِنَّهُۥ مِنۡ عِبَادِنَا ٱلۡمُؤۡمِنِينَ ﴿111﴾إِنَّهُۥ مِنۡ عِبَادِنَا ٱلۡمُؤۡمِنِينَ
Transliteration: Innahu min AAibadina almumineena
Translation: ހަމަކަށަވަރުން އެކަލޭގެފާނު ވަނީ ތިމަންރަސްކަލާނގެ މުއުމިނު އަޅުންގެ ތެރެއިންނެވެ.
37:112وَبَشَّرۡنَٰهُ بِإِسۡحَٰقَ نَبِيّٗا مِّنَ ٱلصَّـٰلِحِينَ ﴿112﴾وَبَشَّرۡنَٰهُ بِإِسۡحَٰقَ نَبِيّٗا مِّنَ ٱلصَّـٰلِحِينَ
Transliteration: Wabashsharnahu biishaqa nabiyyan mina alssaliheena
Translation: إبراهيم عليه السلام އަށް إسحاق ގެފާނު ލިބިވަޑައިގަންނަވާނޭ ކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ.
37:113وَبَٰرَكۡنَا عَلَيۡهِ وَعَلَىٰٓ إِسۡحَٰقَۚ وَمِن ذُرِّيَّتِهِمَا مُحۡسِنٞ وَظَالِمٞ لِّنَفۡسِهِۦ مُبِينٞ ﴿113﴾وَبَٰرَكۡنَا عَلَيۡهِ وَعَلَىٰٓ إِسۡحَٰقَۚ وَمِن ذُرِّيَّتِهِمَا مُحۡسِنٞ وَظَالِمٞ لِّنَفۡسِهِۦ مُبِينٞ
Transliteration: Wabarakna AAalayhi waAAala ishaqa wamin thurriyyatihima muhsinun wathalimun linafsihi mubeenun
Translation: އަދި އެކަލޭގެފާނަށާއި يعني إبراهيم عليه السلام އަށާއި އަދި إسحاق عليه السلام އަށްތިމަންރަސްކަލާނގެ ބަރަކާތްލެއްވީމެވެ. އަދި އެދެބޭކަލުންގެ ދަރިފަސްކޮޅުގައި إحسان ތެރި ރަނގަޅު މީހުންނާއި، އަދި އެމީހުންގެ އަމިއްލަ ނަފްސަށް އަނިޔާވެރިވާ މީހުން - يعني مشركން ތިމަންރަސްކަލާނގެ ލެއްވީމެވެ.
37:114وَلَقَدۡ مَنَنَّا عَلَىٰ مُوسَىٰ وَهَٰرُونَ ﴿114﴾وَلَقَدۡ مَنَنَّا عَلَىٰ مُوسَىٰ وَهَٰرُونَ
Transliteration: Walaqad mananna AAala moosa waharoona
Translation: އަދި ހަމަކަށަވަރުން سلام ލެއްވި موسى ގެފާނަށާއި سلام ލެއްވި هارون އާއި ދެބޭކަލުންނަށް ތިމަންރަސްކަލާނގެ نبي ކަން ދެއްވައި ދަރުމަކުރެއްވީމެވެ.
37:115وَنَجَّيۡنَٰهُمَا وَقَوۡمَهُمَا مِنَ ٱلۡكَرۡبِ ٱلۡعَظِيمِ ﴿115﴾وَنَجَّيۡنَٰهُمَا وَقَوۡمَهُمَا مِنَ ٱلۡكَرۡبِ ٱلۡعَظِيمِ
Transliteration: Wanajjaynahuma waqawmahuma mina alkarbi alAAatheemi
Translation: އަދި އެދެބޭކަލުންނާއި އެދެބޭކަލުންގެ ޤައުމުގެ މީހުން (ފިރުޢައުނުގެ ކިބައިން ނުވަތަ ޣަރަޤުވުމުން) ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. ޔަޢުނީ ބޮޑުވެގެންވާ ހިތާމައިން ސަލާމަތްކޮށްދެއްވީމެވެ.
37:116وَنَصَرۡنَٰهُمۡ فَكَانُواْ هُمُ ٱلۡغَٰلِبِينَ ﴿116﴾وَنَصَرۡنَٰهُمۡ فَكَانُواْ هُمُ ٱلۡغَٰلِبِينَ
Transliteration: Wanasarnahum fakanoo humu alghalibeena
Translation: އަދި ތިމަންރަސްކަލާނގެ އެދެބޭކަލުންނަށް ނަޞްރުދެއްވީމެވެ. އެބޭކަލުންވީ ގަދަވީ މީހުންގެ ތެރެއިންނެވެ.
37:117وَءَاتَيۡنَٰهُمَا ٱلۡكِتَٰبَ ٱلۡمُسۡتَبِينَ ﴿117﴾وَءَاتَيۡنَٰهُمَا ٱلۡكِتَٰبَ ٱلۡمُسۡتَبِينَ
Transliteration: Waataynahuma alkitaba almustabeena
Translation: އަދި ބަޔާންވެ ފައުޅުވެގެންވާ ފޮތް (تَوْرَات) ތިމަންރަސްކަލާނގެ އެދެބޭކަލުންނަށް ދެއްވީމެވެ.
37:118وَهَدَيۡنَٰهُمَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ ﴿118﴾وَهَدَيۡنَٰهُمَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ
Transliteration: Wahadaynahuma alssirata almustaqeema
Translation: އަދި ސީދާވެގެންވާ ތެދުމަގު ތިމަންރަސްކަލާނގެ އެދެބޭކަލުންނަށް ދެއްކެވީމެވެ.
37:119وَتَرَكۡنَا عَلَيۡهِمَا فِي ٱلۡأٓخِرِينَ ﴿119﴾وَتَرَكۡنَا عَلَيۡهِمَا فِي ٱلۡأٓخِرِينَ
Transliteration: Watarakna AAalayhima fee alakhireena
Translation: އަދި ފަހުން އަންނަ މީހުން ކިޔާގޮތަށް އެދެބޭކަލުންނަށްޓަކައި ތިމަންރަސްކަލާނގެ ދޫކުރެއްވީމުއެވެ.
37:120سَلَٰمٌ عَلَىٰ مُوسَىٰ وَهَٰرُونَ ﴿120﴾سَلَٰمٌ عَلَىٰ مُوسَىٰ وَهَٰرُونَ
Transliteration: Salamun AAala moosa waharoona
Translation: موسى ގެފާނާއި هارون ގެފާނާއި ދެބޭކަލުންގެ މައްޗަށް سلام ހުއްޓެވެ. (އެބަހީ އެބޭކަލުންނަށް موسى عليه السلام ކިޔާގޮތަށާއި هارون عليه السلام ކިޔާގޮތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ.)
37:121إِنَّا كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ ﴿121﴾إِنَّا كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ
Transliteration: Inna kathalika najzee almuhsineena
Translation: އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.
37:122إِنَّهُمَا مِنۡ عِبَادِنَا ٱلۡمُؤۡمِنِينَ ﴿122﴾إِنَّهُمَا مِنۡ عِبَادِنَا ٱلۡمُؤۡمِنِينَ
Transliteration: Innahuma min AAibadina almumineena
Translation: އަދި ހަމަކަށަވަރުން އެދެބޭކަލުން ވަނީ ތިމަންރަސްކަލާނގެ مؤمن އަޅުންގެ ތެރެއިންނެވެ.
37:123وَإِنَّ إِلۡيَاسَ لَمِنَ ٱلۡمُرۡسَلِينَ ﴿123﴾وَإِنَّ إِلۡيَاسَ لَمِنَ ٱلۡمُرۡسَلِينَ
Transliteration: Wainna ilyasa lamina almursaleena
Translation: އަދި ހަމަކަށަވަރުން إلياس عليه السلام ވަނީ ފޮނުއްވިގެންވާ رسول ބޭކަލުންގެ ތެރެއިންނެވެ.
37:124إِذۡ قَالَ لِقَوۡمِهِۦٓ أَلَا تَتَّقُونَ ﴿124﴾إِذۡ قَالَ لِقَوۡمِهِۦٓ أَلَا تَتَّقُونَ
Transliteration: Ith qala liqawmihi ala tattaqoona
Translation: އެކަލޭގެފާނު އެކަލޭގެފާނުންގެ قوم ގެ މީހުންނަށް ވިދާޅުވި ހިނދު ހަދުމަފުޅުކުރައްވާށެވެ. އެކަލޭގެފާނު قوم ގެ މީހުންނަށް ވިދާޅުވިއެވެ. ކަލޭމެން ފަހެ تقوى ވެރި ނުވާނެހެއްޔެވެ؟ (ﷲ އަށް ބިރުވެތި ނުވާނެހެއްޔެވެ؟)
37:125أَتَدۡعُونَ بَعۡلٗا وَتَذَرُونَ أَحۡسَنَ ٱلۡخَٰلِقِينَ ﴿125﴾أَتَدۡعُونَ بَعۡلٗا وَتَذَرُونَ أَحۡسَنَ ٱلۡخَٰلِقِينَ
Transliteration: AtadAAoona baAAlan watatharoona ahsana alkhaliqeena
Translation: "ކަލޭމެން ހައްދަވާ ސޫރަ ރީތި ކުރެއްވި ކަލާނގެ ދޫކޮށް ކަލޭމެން بعل އެވެ ކިޔާ ބުދަށް އަޅުކަން ކޮށް ގޮވާ ހަދަނީ ހެއްޔެވެ؟
37:126ٱللَّهَ رَبَّكُمۡ وَرَبَّ ءَابَآئِكُمُ ٱلۡأَوَّلِينَ ﴿126﴾ٱللَّهَ رَبَّكُمۡ وَرَبَّ ءَابَآئِكُمُ ٱلۡأَوَّلِينَ
Transliteration: Allaha rabbakum warabba abaikumu alawwaleena
Translation: ﷲ އެއީ ކަލޭމެންނާއި އަދި ކަލޭމެންގެ އިސްވެދިޔަ ކާބަފައިންގެވެސް رب އެވެ."
37:127فَكَذَّبُوهُ فَإِنَّهُمۡ لَمُحۡضَرُونَ ﴿127﴾فَكَذَّبُوهُ فَإِنَّهُمۡ لَمُحۡضَرُونَ
Transliteration: Fakaththaboohu fainnahum lamuhdaroona
Translation: ފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެންފަހެ އެމީހުންވީ عذاب އަށް حاضر ވެވިގެންވާ ބަޔަކުކަމުގައެވެ.
37:128إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ ﴿128﴾إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ
Transliteration: Illa AAibada Allahi almukhlaseena
Translation: އޭގެތެރެއިން ﷲ ގެ إخلاصތެރި އަޅުން މެނުވީއެވެ.
37:129وَتَرَكۡنَا عَلَيۡهِ فِي ٱلۡأٓخِرِينَ ﴿129﴾وَتَرَكۡنَا عَلَيۡهِ فِي ٱلۡأٓخِرِينَ
Transliteration: Watarakna AAalayhi fee alakhireena
Translation: އަދި ފަހުން އަންނަ މީހުން ކިޔާގޮތަށް އެކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ ދޫކުރެއްވީމެވެ.
37:130سَلَٰمٌ عَلَىٰٓ إِلۡ يَاسِينَ ﴿130﴾سَلَٰمٌ عَلَىٰٓ إِلۡ يَاسِينَ
Transliteration: Salamun AAala il yaseena
Translation: إلياس ގެ ފާނުންގެ މައްޗަށް سلام ހުއްޓެވެ. (އެބަހީ ފަހުން އަންނަ މީހުން إلياس عليه السلام ކިޔާ ގޮތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ.)
37:131إِنَّا كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ ﴿131﴾إِنَّا كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ
Transliteration: Inna kathalika najzee almuhsineena
Translation: ހަމަކަށަވަރުން إحسان ތެރިންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.
37:132إِنَّهُۥ مِنۡ عِبَادِنَا ٱلۡمُؤۡمِنِينَ ﴿132﴾إِنَّهُۥ مِنۡ عِبَادِنَا ٱلۡمُؤۡمِنِينَ
Transliteration: Innahu min AAibadina almumineena
Translation: އަދި ހަމަކަށަވަރުން އެކަލޭގެފާނު ވަނީ ތިމަންރަސްކަލާނގެ مؤمن އަޅުންގެ ތެރެއިންނެވެ.
37:133وَإِنَّ لُوطٗا لَّمِنَ ٱلۡمُرۡسَلِينَ ﴿133﴾وَإِنَّ لُوطٗا لَّمِنَ ٱلۡمُرۡسَلِينَ
Transliteration: Wainna lootan lamina almursaleena
Translation: އަދި لُوْط عَلَيْهِ السَّلاَم ވަނީ ފޮނުއްވިގެންވާ رسول ބޭކަލުންގެ ތެރެއިންނެވެ.
37:134إِذۡ نَجَّيۡنَٰهُ وَأَهۡلَهُۥٓ أَجۡمَعِينَ ﴿134﴾إِذۡ نَجَّيۡنَٰهُ وَأَهۡلَهُۥٓ أَجۡمَعِينَ
Transliteration: Ith najjaynahu waahlahu ajmaAAeena
Translation: އެއީ އެކަލޭގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން عذاب ން ސަލާމަތް ކުރެއްވިހިނދުންނެވެ.
37:135إِلَّا عَجُوزٗا فِي ٱلۡغَٰبِرِينَ ﴿135﴾إِلَّا عَجُوزٗا فِي ٱلۡغَٰبِرِينَ
Transliteration: Illa AAajoozan fee alghabireena
Translation: އެންމެ عجوز އެއް މެނުވީއެވެ. އެބަހީ އެންމެ އަންހެނެއް މެނުވީއެވެ. އެއީ لوط ގެފާނުގެ އަނބިކަނބަލުންނެވެ. ފަހެ އެކަމަނާވީ عذاب ގައި ހަލާކުވި މީހުންގެ ތެރެއިންނެވެ.
37:136ثُمَّ دَمَّرۡنَا ٱلۡأٓخَرِينَ ﴿136﴾ثُمَّ دَمَّرۡنَا ٱلۡأٓخَرِينَ
Transliteration: Thumma dammarna alakhareena
Translation: ދެން އީމާންނުވާ އެންމެން ތިމަންރަސްކަލާނގެ ހަލާކުކުރައްވައި ބަރުބާދު ކުރެއްވީމެވެ.
37:137وَإِنَّكُمۡ لَتَمُرُّونَ عَلَيۡهِم مُّصۡبِحِينَ ﴿137﴾وَإِنَّكُمۡ لَتَمُرُّونَ عَلَيۡهِم مُّصۡبِحِينَ
Transliteration: Wainnakum latamurroona AAalayhim musbiheena
Translation: (އޭ عربى ންގެ قريش ންނޭވެ. ކަލޭމެން شام ކަރައަށް ގޮސް އައިސްވާ މަގުމަތީގައި) ކަލޭމެން އެމީހުންގެ ގޯތިގެދޮރުތަކުން ލައިފާ (އެމީހުން އުޅުނު ތަނުން ލައިފައި) ފަތިސްވަގުތުގައްޔާއި.
37:138وَبِٱلَّيۡلِۚ أَفَلَا تَعۡقِلُونَ ﴿138﴾وَبِٱلَّيۡلِۚ أَفَلَا تَعۡقِلُونَ
Transliteration: Wabiallayli afala taAAqiloona
Translation: އަދި ރޭގަނޑު ވަގުތު ގޮސް އައިސްވަމުއެވެ. ކަލޭމެންފަހެ އެއްޗެއްވިސްނާ ބުއްދިކޮށް عبرة حاصل ނުކުރަމުހެއްޔެވެ؟
37:139وَإِنَّ يُونُسَ لَمِنَ ٱلۡمُرۡسَلِينَ ﴿139﴾وَإِنَّ يُونُسَ لَمِنَ ٱلۡمُرۡسَلِينَ
Transliteration: Wainna yoonusa lamina almursaleena
Translation: އަދި ހަމަކަށަވަރުން يونس عليه السلام ވަނީ ފޮނުއްވިގެންވާ رسول ބޭކަލުންގެ ތެރެއިންނެވެ.
37:140إِذۡ أَبَقَ إِلَى ٱلۡفُلۡكِ ٱلۡمَشۡحُونِ ﴿140﴾إِذۡ أَبَقَ إِلَى ٱلۡفُلۡكِ ٱلۡمَشۡحُونِ
Transliteration: Ith abaqa ila alfulki almashhooni
Translation: އެކަލޭގެފާނު (އެކަލޭގެފާނުންގެ قوم ގެ މީހުންގެ ކިބައިން) ފިއްލަވައިގެން ވަޑައިގެންނެވި ހިނދުން ބަރާވެފައިވާ ނަވަކަށް އަރާ ވަޑައިގެންނެވިއެވެ.
37:141فَسَاهَمَ فَكَانَ مِنَ ٱلۡمُدۡحَضِينَ ﴿141﴾فَسَاهَمَ فَكَانَ مِنَ ٱلۡمُدۡحَضِينَ
Transliteration: Fasahama fakana mina almudhadeena
Translation: ދެން ފަހެ (ނަވުގައި މީހުން ގިނަވެ ނައު ލުއިކުރަން މީހުން މަދުކުރުމަށް) އެމީހުން ޤުރުއަތު ލިއެވެ. ފަހެ އެކަލޭގެފާނުވީ އެޤުރުއަތުން ދިމާވެގެން މޫދަށް ފުންމައިލި މީހުންގެ ތެރެއިންނެވެ.
37:142فَٱلۡتَقَمَهُ ٱلۡحُوتُ وَهُوَ مُلِيمٞ ﴿142﴾فَٱلۡتَقَمَهُ ٱلۡحُوتُ وَهُوَ مُلِيمٞ
Transliteration: Failtaqamahu alhootu wahuwa muleemun
Translation: ފަހެ (އެކަލޭގެފާނު ފުންމައިލެއްވުމުން) މަސް އައިސް އެކަލޭގެފާނު ދިރުވައިލައިފިއެވެ. އެއީ އެކަލޭގެފާނަށް މަލާމަތްލިބިވަޑައިގަންނަވާ ޙާލުކޮޅުގައެވެ. (ދެން އެކަލޭގެފާނު އެމަހުގެ ބަނޑުގައި އޮންނަވައިގެން تَسْبِيح ވިދާޅުވިއެވެ. ދުޢާކުރެއްވިއެވެ.)
37:143فَلَوۡلَآ أَنَّهُۥ كَانَ مِنَ ٱلۡمُسَبِّحِينَ ﴿143﴾فَلَوۡلَآ أَنَّهُۥ كَانَ مِنَ ٱلۡمُسَبِّحِينَ
Transliteration: Falawla annahu kana mina almusabbiheena
Translation: ،(144) ފަހެ އެކަލޭގެފާނު تَسْبِيح ކީ މީހުންގެ ތެރެއިން / ނުވަތަ ذِكْر ކޮށް ދުޢާ ކުރެއްވި ބޭކަލުންގެ ތެރެއިން ނުވިނަމަ ޤިޔާމަތްދުވަހަށް ދާންދެން އެމަހުގެ ބަނޑުގައި އޮންނަވައިފީހެވެ.
37:144لَلَبِثَ فِي بَطۡنِهِۦٓ إِلَىٰ يَوۡمِ يُبۡعَثُونَ ﴿144﴾لَلَبِثَ فِي بَطۡنِهِۦٓ إِلَىٰ يَوۡمِ يُبۡعَثُونَ
Transliteration: Lalabitha fee batnihi ila yawmi yubAAathoona
Translation: ،(144) ފަހެ އެކަލޭގެފާނު تَسْبِيح ކީ މީހުންގެ ތެރެއިން / ނުވަތަ ذِكْر ކޮށް ދުޢާ ކުރެއްވި ބޭކަލުންގެ ތެރެއިން ނުވިނަމަ ޤިޔާމަތްދުވަހަށް ދާންދެން އެމަހުގެ ބަނޑުގައި އޮންނަވައިފީހެވެ.
37:145فَنَبَذۡنَٰهُ بِٱلۡعَرَآءِ وَهُوَ سَقِيمٞ ﴿145﴾۞فَنَبَذۡنَٰهُ بِٱلۡعَرَآءِ وَهُوَ سَقِيمٞ
Transliteration: Fanabathnahu bialAAarai wahuwa saqeemun
Translation: ދެން ތިމަންރަސްކަލާނގެ (މަހު ބަނޑުން ނެރުއްވައި) ހުސްބިމަކަށް އެކަލޭގެފާނު ލެއްވީމެވެ. އޭރު އެކަލޭގެފާނު ވަނީ އާލާސްކަންފުޅާއެވެ. (މަސްގަނޑާ ހަންގަނޑަށް ގެއްލުންވެވަޑައިގެންފައެވެ.)
37:146وَأَنۢبَتۡنَا عَلَيۡهِ شَجَرَةٗ مِّن يَقۡطِينٖ ﴿146﴾وَأَنۢبَتۡنَا عَلَيۡهِ شَجَرَةٗ مِّن يَقۡطِينٖ
Transliteration: Waanbatna AAalayhi shajaratan min yaqteenin
Translation: އަދި އެކަލޭގެފާނަށް ތިމަންރަސްކަލާނގެ يَقْطِيْن ގަހެއް ފަޅުއްވައި ދެއްވީމެވެ. (އެއީ ބަރަބޮލެވެ. ނުވަތަ ފުފުލެވެ. ނުވަތަ އެބާވަތުގެ ކޮންމެވެސް އެއްޗެކެވެ. އެއީ އެގަހުގެ ހިޔަލުގައި އޮންނެވުމަށާއި ފަރީއްކުޅުވުމަށެވެ.)
37:147وَأَرۡسَلۡنَٰهُ إِلَىٰ مِاْئَةِ أَلۡفٍ أَوۡ يَزِيدُونَ ﴿147﴾وَأَرۡسَلۡنَٰهُ إِلَىٰ مِاْئَةِ أَلۡفٍ أَوۡ يَزِيدُونَ
Transliteration: Waarsalnahu ila miati alfin aw yazeedoona
Translation: ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނު، ސަތޭކަހާހަށް ވުރެ ކުޑަކޮށް ގިނަ ޢަދަދަކަށް މީހުން ތިބިރަށަކަށް رَسُول ކަމާއިގެން ފޮނުއްވީމެވެ. (އެރަށަކީ އެކަލޭގެފާނު ކުރިންވެސް ދީނަށް ގޮވައިލެއްވެވި نَيْنَوَى ކަމުގައި ބުނެވުނެވެ. ނުވަތަ އެހެންރަށެއް ކަމުގައިވެސް ބުނެވުނެވެ. وَالله أَعْلَم.)
37:148فَـَٔامَنُواْ فَمَتَّعۡنَٰهُمۡ إِلَىٰ حِينٖ ﴿148﴾فَـَٔامَنُواْ فَمَتَّعۡنَٰهُمۡ إِلَىٰ حِينٖ
Transliteration: Faamanoo famattaAAnahum ila heenin
Translation: ދެންފަހެ އެބައިމިހުން އީމާންވިއެވެ. އަދި އެމީހުންގެ މަރުގެ އަޖަލު ހަމަވަންދެން ތިމަންރަސްކަލާނގެ އެމީހުންނަށް مُهلة. ދެއްވީމެވެ. ދުނިޔޭގައި މަޖާކޮށް އަރާމުކޮށް އުޅުމުގެ ފުރުސަތު ދެއްވީމެވެ.
37:149فَٱسۡتَفۡتِهِمۡ أَلِرَبِّكَ ٱلۡبَنَاتُ وَلَهُمُ ٱلۡبَنُونَ ﴿149﴾فَٱسۡتَفۡتِهِمۡ أَلِرَبِّكَ ٱلۡبَنَاتُ وَلَهُمُ ٱلۡبَنُونَ
Transliteration: Faistaftihim alirabbika albanatu walahumu albanoona
Translation: (އޭ رَسُوْلُ الله އެވެ!) އެމީހުންކުރެ - އެބަހީ ކާފިރުންކުރެން ނިކަން ފަތުވާ އައްސަވައިބަލާށެވެ! ކަލޭގެފާނުންގެ رَبُّ އަށް (ދެރަ އަދި ނިކަމެތި ޖިންސުކަމުގައިވާ) އަންހެން ދަރިންހެއްޔެވެ؟ އަދި އެމީހުންނަށް (ރަނގަޅު އަދި މަތިވެރި ޖިންސުކަމުގައިވާ) ފިރިހެން ޖިންސުހެއްޔެވެ؟ (އެއީ ކިހާ ނުބައި ބެހުމެއްހެއްޔެވެ؟ އަދި މިއީ ހައްތަހާވެސް ބޭކާރު ވާހަކަތަކެކެވެ. ﷲ އަށް ދަރިން ނިސްބަތްކުރުމަކީ ހެޔޮނުވާނެކަމެކެވެ. އެފަދަކަންކަމުން އެކަލާނގެ ހުސް طَاهِر ވަންތަވެވޮޑިގެންވިއެވެ.)
37:150أَمۡ خَلَقۡنَا ٱلۡمَلَـٰٓئِكَةَ إِنَٰثٗا وَهُمۡ شَٰهِدُونَ ﴿150﴾أَمۡ خَلَقۡنَا ٱلۡمَلَـٰٓئِكَةَ إِنَٰثٗا وَهُمۡ شَٰهِدُونَ
Transliteration: Am khalaqna almalaikata inathan wahum shahidoona
Translation: ނުވަތަ ތިމަންރަސްކަލާނގެ މަލާއިކަތްބޭކަލުން ހެއްދެވީ އަންހެން ޖިންސުންކަމުގައި ބުނަނީ ފަހެ މަލާއިކަތް ބޭކަލުން ހެއްދެވިތާ އެމީހުންއެތާ ތިބީހެއްޔެވެ؟ (އެހެންވެސް ވީއެއްނޫނެވެ.)
37:151أَلَآ إِنَّهُم مِّنۡ إِفۡكِهِمۡ لَيَقُولُونَ ﴿151﴾أَلَآ إِنَّهُم مِّنۡ إِفۡكِهِمۡ لَيَقُولُونَ
Transliteration: Ala innahum min ifkihim layaqooloona
Translation: ދަންނާށެވެ. އެމީހުން ބޮޑުދޮގުހަދައިގެން ހަމަކަށަވަރުން އެމީހުން އެބުނަނީ.
37:152وَلَدَ ٱللَّهُ وَإِنَّهُمۡ لَكَٰذِبُونَ ﴿152﴾وَلَدَ ٱللَّهُ وَإِنَّهُمۡ لَكَٰذِبُونَ
Transliteration: Walada Allahu wainnahum lakathiboona
Translation: ﷲ ދަރިކަލަކު އިޚްތިޔާރުކުރެއްވިކަމުގައެވެ. އަދި ހަމަކަށަވަރުން އެމީހުންއެއީ ދޮގުވެރިންނެވެ.
37:153أَصۡطَفَى ٱلۡبَنَاتِ عَلَى ٱلۡبَنِينَ ﴿153﴾أَصۡطَفَى ٱلۡبَنَاتِ عَلَى ٱلۡبَنِينَ
Transliteration: Astafa albanati AAala albaneena
Translation: އެކަލާނގެ ފަހެ ފިރިހެން ދަރިންގެ މައްޗަށް އަންހެން ދަރިން މާތްކުރައްވައި ޚާއްޞަކުރެއްވީހެއްޔެވެ؟
37:154مَا لَكُمۡ كَيۡفَ تَحۡكُمُونَ ﴿154﴾مَا لَكُمۡ كَيۡفَ تَحۡكُمُونَ
Transliteration: Ma lakum kayfa tahkumoona
Translation: ކަލޭމެނަށް ފަހެ ތިޔަތިބީ ކީއްވެފައިހެއްޔެވެ؟ ކަލޭމެން ތިޔަކުރަނީ ކޮންކަހަލަ ޙުކުމެއްހެއްޔެވެ؟
37:155أَفَلَا تَذَكَّرُونَ ﴿155﴾أَفَلَا تَذَكَّرُونَ
Transliteration: Afala tathakkaroona
Translation: ކަލޭމެން ފަހެ އެއްވެސް އެއްޗެއް ވިސްނައި ނަޞީޙަތެއް ޢިބްރަތެއް ލިބިނުގަންނާނެހެއްޔެވެ؟
37:156أَمۡ لَكُمۡ سُلۡطَٰنٞ مُّبِينٞ ﴿156﴾أَمۡ لَكُمۡ سُلۡطَٰنٞ مُّبِينٞ
Transliteration: Am lakum sultanun mubeenun
Translation: ނުވަތަކަލޭމެނަށް (އެހެންބުނަން ޙައްޤު ވާފަދަ) ސާފުސާފު އަދި ބަޔާން ވެގެންވާ ދަލީލާއި ޙުއްޖަތްވަނީ ހެއްޔެވެ؟
37:157فَأۡتُواْ بِكِتَٰبِكُمۡ إِن كُنتُمۡ صَٰدِقِينَ ﴿157﴾فَأۡتُواْ بِكِتَٰبِكُمۡ إِن كُنتُمۡ صَٰدِقِينَ
Transliteration: Fatoo bikitabikum in kuntum sadiqeena
Translation: އަދި ކަލޭމެންގެ ބަހުގައި ކަލޭމެނަކީ ތެދުވެރިންކަމުގައި ވަންޏާ އެފަދަ ވާހަކައެއްއޮތް ފޮތެއްއޮތިއްޔާ ނިކަން ގެނެސްދީބަލާށެވެ.
37:158وَجَعَلُواْ بَيۡنَهُۥ وَبَيۡنَ ٱلۡجِنَّةِ نَسَبٗاۚ وَلَقَدۡ عَلِمَتِ ٱلۡجِنَّةُ إِنَّهُمۡ لَمُحۡضَرُونَ ﴿158﴾وَجَعَلُواْ بَيۡنَهُۥ وَبَيۡنَ ٱلۡجِنَّةِ نَسَبٗاۚ وَلَقَدۡ عَلِمَتِ ٱلۡجِنَّةُ إِنَّهُمۡ لَمُحۡضَرُونَ
Transliteration: WajaAAaloo baynahu wabayna aljinnati nasaban walaqad AAalimati aljinnatu innahum lamuhdaroona
Translation: އަދި އެމީހުން (އެބަހީ އެނުބައި ޔަހޫދީން ނުވަތަ މައްކާގެ ކާފިރުން) ﷲ އާއި ޖިންނީންނާދެމެދު ނަސަބުގެ ގުޅުންވާކަމުގައި ބުނެހަދައިލިއެވެ. އެފަދަ ހުރިހާ ކަމަކުން ﷲ ހުސް طَاهِر ވަންތަވެވޮޑިގެންވެއެވެ.) އަދި ޖިންނީންނަކީވެސް ޤިޔާމަތްދުވަހުން ޢަޛާބަށް ޙާޟިރު ކުރެވޭނެ ބައެއްކަން ހަމަކަށަވަރުން ޖިންނީން ދަނެއެވެ. އަދި ދަންނައެވެ. މިއާޔަތުގެ ތަރުޖަމާ އަދި އެހެންގޮތްގޮތަށް ވެސްވެއެވެ. އެހެންވެ އެވާހަކަ ހަނދާންކޮށްލަމެވެ.
37:159سُبۡحَٰنَ ٱللَّهِ عَمَّا يَصِفُونَ ﴿159﴾سُبۡحَٰنَ ٱللَّهِ عَمَّا يَصِفُونَ
Transliteration: Subhana Allahi AAamma yasifoona
Translation: އެމީހުން އެސިފަކުރާ ކަންކަމުން އެކަލާނގެ ހުސް طَاهِر ވަންތަވެވޮޑިގެންވެއެވެ.
37:160إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ ﴿160﴾إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ
Transliteration: Illa AAibada Allahi almukhlaseena
Translation: އެމީހުން އެ ސިފަކުރާ ސިފަކުރުންތަކުން އަދި އެކަންކަމުން ﷲ ގެ އިޚްލާޞްތެރި އަޅުން ބަރީއަވެގެންވެއެވެ.
37:161فَإِنَّكُمۡ وَمَا تَعۡبُدُونَ ﴿161﴾فَإِنَّكُمۡ وَمَا تَعۡبُدُونَ
Transliteration: Fainnakum wama taAAbudoona
Translation: ،(162) އަދި ހަމަކަށަވަރުން ކަލޭމެންނާއި އަދި ކަލޭމެން އަޅުކަންކުރާ ތަކެއްޗަށްވެސް، އެމީހަކު ނަރަކައަށް ވަނުމަށް ﷲ ނިޔާ ކުރައްވާމިންވަރު ކުރައްވާފައިވާ އަޅަކުމެނުވީ މަގުފުރައްދައި ނުލެވޭނެއެވެ.
37:162مَآ أَنتُمۡ عَلَيۡهِ بِفَٰتِنِينَ ﴿162﴾مَآ أَنتُمۡ عَلَيۡهِ بِفَٰتِنِينَ
Transliteration: Ma antum AAalayhi bifatineena
Translation: ،(162) އަދި ހަމަކަށަވަރުން ކަލޭމެންނާއި އަދި ކަލޭމެން އަޅުކަންކުރާ ތަކެއްޗަށްވެސް، އެމީހަކު ނަރަކައަށް ވަނުމަށް ﷲ ނިޔާ ކުރައްވާމިންވަރު ކުރައްވާފައިވާ އަޅަކުމެނުވީ މަގުފުރައްދައި ނުލެވޭނެއެވެ.
37:163إِلَّا مَنۡ هُوَ صَالِ ٱلۡجَحِيمِ ﴿163﴾إِلَّا مَنۡ هُوَ صَالِ ٱلۡجَحِيمِ
Transliteration: Illa man huwa sali aljaheemi
Translation: [ ނަރަކައަށް ވަނުމަށް (ﷲ ގެ ނިޔާގައި) ނިމިފައިވާ މީހަކު މެނުވީ.]
37:164وَمَامِنَّآ إِلَّا لَهُۥ مَقَامٞ مَّعۡلُومٞ ﴿164﴾وَمَامِنَّآ إِلَّا لَهُۥ مَقَامٞ مَّعۡلُومٞ
Transliteration: Wama minna illa lahu maqamun maAAloomun
Translation: (މަލާއިކަތްބޭކަލުން ވިދާޅުވާކަމަށް ﷲ އަންގަވައެވެ.) އެބޭކަލުން އަޅުކަން ކުރެއްވުމަށް އުޑުން ވަކިތަނެއް ކަނޑައެޅި عين ވެގެންނުވާ އެއްވެސް ބޭކަލެއް ތިމަންބޭކަލުން ތެރޭ ނުވެއެވެ. (އެބަހީ ކޮންމެ ބޭކަލަކަށްވެސް ތަނެއްކަނޑައެޅިގެންވެއެވެ.)
37:165وَإِنَّا لَنَحۡنُ ٱلصَّآفُّونَ ﴿165﴾وَإِنَّا لَنَحۡنُ ٱلصَّآفُّونَ
Transliteration: Wainna lanahnu alssaffoona
Translation: އަދި ހަމަކަށަވަރުން ތިމަން ބޭކަލުންނީ (ކިޔަމަންތެރިކަމާއި އަޅުވެތިކަމުގައި) ސަފުތައް ހައްދަވައިގެންވާ ބޭކަލުންނެވެ.
37:166وَإِنَّا لَنَحۡنُ ٱلۡمُسَبِّحُونَ ﴿166﴾وَإِنَّا لَنَحۡنُ ٱلۡمُسَبِّحُونَ
Transliteration: Wainna lanahnu almusabbihoona
Translation: "އަދި ހަމަކަށަވަރުން ތިމަން ބޭކަލުންނީ (ﷲ އާއި އެކަށީގެންނުވާ ކޮންމެ އުނިސިފައަކުން) އެކަލާނގެ ހުސް طاهر ވަންތަ ކޮށް تقديس ކުރާ ބޭކަލުންނީމުއެވެ. تسبيح ކިޔާ ބޭކަލުންނީމުއެވެ."
37:167وَإِن كَانُواْ لَيَقُولُونَ ﴿167﴾وَإِن كَانُواْ لَيَقُولُونَ
Transliteration: Wain kanoo layaqooloona
Translation: އަދި އެމީހުން- އެބަހީ مكة ގެ ކާފަރުން ބުނާކަމުގައި ވިޔަސްމެއެވެ. (އެމީހުން ބުނެއެވެ.)
37:168لَوۡ أَنَّ عِندَنَا ذِكۡرٗا مِّنَ ٱلۡأَوَّلِينَ ﴿168﴾لَوۡ أَنَّ عِندَنَا ذِكۡرٗا مِّنَ ٱلۡأَوَّلِينَ
Transliteration: Law anna AAindana thikran mina alawwaleena
Translation: އިސްވެދިޔަ ފޮތްތައްފަދަ ފޮތެއް (توراة ފަދަ إنجيل ފަދަ ފޮތެއް) އަހުރެމެންގެ އަތުގައިވީނަމަ
37:169لَكُنَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ ﴿169﴾لَكُنَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ
Transliteration: Lakunna AAibada Allahi almukhlaseena
Translation: "ހަމަކަށަވަރުން އަހަރެމެންވެސް ﷲ އަށް إخلاص ތެރި އަޅުންކަމުގައިވީހެވެ." (ނަމަވެސް އެމީހުންގާތަށް ﷲ ފޮތް ކީރިތި قرآن އައި ހިނދު އެއަށް އެމީހުންވީ ކާފަރެވެ. އެހެންވެ ﷲ އެއަންގަވަނީ މިފަދައިންނެވެ.
37:170فَكَفَرُواْ بِهِۦۖ فَسَوۡفَ يَعۡلَمُونَ ﴿170﴾فَكَفَرُواْ بِهِۦۖ فَسَوۡفَ يَعۡلَمُونَ
Transliteration: Fakafaroo bihi fasawfa yaAAlamoona
Translation: ފަހެ އެމީހުން އެފޮތަށް ކާފަރުވީއެވެ. އަދި ނިކަންހުރެ (އެމީހުންގެ އެކާފަރުކަމުގެ ފަހުކޮޅު އެކަމުގެ ނަތީޖާ) އެމީހުން ދެކޭނެއެވެ.
37:171وَلَقَدۡ سَبَقَتۡ كَلِمَتُنَا لِعِبَادِنَا ٱلۡمُرۡسَلِينَ ﴿171﴾وَلَقَدۡ سَبَقَتۡ كَلِمَتُنَا لِعِبَادِنَا ٱلۡمُرۡسَلِينَ
Transliteration: Walaqad sabaqat kalimatuna liAAibadina almursaleena
Translation: އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލިމަ ފުޅު ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިންވާ ރަސޫލު ބޭކަލުންނަށް އިސްވެގޮސްފައިވެއެވެ. (އެކަލިމަ ފުޅަކީ لأغْلِبَنَّ أَنَ وَرُسُلِى، މި ކަލިމަފުޅެވެ. އޭގެ މާނައަކީ ހަމަކަށަވަރުން ގަދަވެގަތުންވަނީ ތިމަންރަސްކަލާނގެއަށާއި އަދި ތިމަންރަސްކަލާނގެ ރަސޫލުންނަށެވެ. މިއެވެ.)
37:172إِنَّهُمۡ لَهُمُ ٱلۡمَنصُورُونَ ﴿172﴾إِنَّهُمۡ لَهُمُ ٱلۡمَنصُورُونَ
Transliteration: Innahum lahumu almansooroona
Translation: ހަމަކަށަވަރުން އެބޭކަލުންއެއީ ކަނޑައެޅިގެން ނަޞްރު ލިބިގެންވާނޭ ބޭކަލުންނެވެ.
37:173وَإِنَّ جُندَنَا لَهُمُ ٱلۡغَٰلِبُونَ ﴿173﴾وَإِنَّ جُندَنَا لَهُمُ ٱلۡغَٰلِبُونَ
Transliteration: Wainna jundana lahumu alghaliboona
Translation: އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ލަޝްކަރު (އެއީ رَسُوْلُ ބޭކަލުންނާއި އެބޭކަލުންނާއި ތަބަޢަވީމީހުންނެވެ.) އެއީ ގަދަވާނޭ މީހުންނެވެ.
37:174فَتَوَلَّ عَنۡهُمۡ حَتَّىٰ حِينٖ ﴿174﴾فَتَوَلَّ عَنۡهُمۡ حَتَّىٰ حِينٖ
Transliteration: Fatawalla AAanhum hatta heenin
Translation: (އޭ ރަސޫލު ﷲ އެވެ!) އެމީހުން ފިޔަވައި ކަލޭގެފާނު އެނބުރިވަޑައިގަންނަވާށެވެ. އެމީހުންނާ ދިމާނުކުރައްވާށެވެ. ވަކިމުއްދަތެއް އަތުވެއްޖެއުމަށް ދާންދެނެވެ. (އެއީ ހަނގުރާމަ ކުރެއްވުމުގެ އަމުރުފުޅު އަންނަންދެނެވެ.)
37:175وَأَبۡصِرۡهُمۡ فَسَوۡفَ يُبۡصِرُونَ ﴿175﴾وَأَبۡصِرۡهُمۡ فَسَوۡفَ يُبۡصِرُونَ
Transliteration: Waabsirhum fasawfa yubsiroona
Translation: އަދި (އެމީހުންނަށް عذاب އައިމާ) ކަލޭގެފާނު އެމީހުންނަށް ބައްލަވާށެވެ. ފަހެ ނިކަންހުރެ އެމީހުން ދެކޭނެއެވެ.
37:176أَفَبِعَذَابِنَا يَسۡتَعۡجِلُونَ ﴿176﴾أَفَبِعَذَابِنَا يَسۡتَعۡجِلُونَ
Transliteration: AfabiAAathabina yastaAAjiloona
Translation: އެމީހުން ފަހެ އެއެދެނީ ތިމަންރަސްކަލާނގެ عذاب އަވަސް ވުމަށް ހެއްޔެވެ؟
37:177فَإِذَا نَزَلَ بِسَاحَتِهِمۡ فَسَآءَ صَبَاحُ ٱلۡمُنذَرِينَ ﴿177﴾فَإِذَا نَزَلَ بِسَاحَتِهِمۡ فَسَآءَ صَبَاحُ ٱلۡمُنذَرِينَ
Transliteration: Faitha nazala bisahatihim fasaa sabahu almunthareena
Translation: ފަހެ އެމީހުންގެ ގޯތިގެދޮރަށް عذاب އަތުވެއްޖެއްޔާ ނުވަތަ رسول الله ﷺ، مكة فتح ކުރެއްވުމަށް ވަޑައިގަތީމާ ދެން އޭރުން إنذار ކުރެވުނު މީހުންގެ ފަތިސް ނުބައިވެގެންވެއެވެ.
37:178وَتَوَلَّ عَنۡهُمۡ حَتَّىٰ حِينٖ ﴿178﴾وَتَوَلَّ عَنۡهُمۡ حَتَّىٰ حِينٖ
Transliteration: Watawalla AAanhum hatta heenin
Translation: ފަހެ ކަލޭގެފާނު އެމީހުން ފިޔަވައި މުއްދަތަކަށް އެނބުރިވަޑައިގަންނަވާށެވެ.
37:179وَأَبۡصِرۡ فَسَوۡفَ يُبۡصِرُونَ ﴿179﴾وَأَبۡصِرۡ فَسَوۡفَ يُبۡصِرُونَ
Transliteration: Waabsir fasawfa yubsiroona
Translation: އަދި ކަލޭގެފާނު އެމީހުންނަށް ބައްލަވާށެވެ. ނިކަންހުރެ އެމީހުންވެސް ދެކޭނެއެވެ.
37:180سُبۡحَٰنَ رَبِّكَ رَبِّ ٱلۡعِزَّةِ عَمَّا يَصِفُونَ ﴿180﴾سُبۡحَٰنَ رَبِّكَ رَبِّ ٱلۡعِزَّةِ عَمَّا يَصِفُونَ
Transliteration: Subhana rabbika rabbi alAAizzati AAamma yasifoona
Translation: ކަލޭގެފާނުގެ رَب އެއީ عزة ވަންތަ رَب އެވެ. އެމީހުން އެސިފަކުރާ ސިފަކުރުން ތަކުން އެކަލާނގެ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ.
37:181وَسَلَٰمٌ عَلَى ٱلۡمُرۡسَلِينَ ﴿181﴾وَسَلَٰمٌ عَلَى ٱلۡمُرۡسَلِينَ
Transliteration: Wasalamun AAala almursaleena
Translation: އަދި ސަލާމާއި އަމާންކަން ހުރީ رسول ބޭކަލުންނަށެވެ.
37:182وَٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ ﴿182﴾وَٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ
Transliteration: Waalhamdu lillahi rabbi alAAalameena
Translation: އަދި އެންމެހައި حمد އާއި تعريف އެއްހުރީ عالم ތަކުގެވެރި رب، ﷲ އަށެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download