quranm◉

Surah An-Najm transliteration

◉ ސޫރަ · ∞

53:1

وَٱلنَّجۡمِ إِذَا هَوَىٰ ﴿1﴾

Transliteration: Waalnnajmi itha hawa

Translation: ތަރި އުދަރެހުގައި غائب ވެއްޖެއްޔާ އެ ތަރި ގަންދެއްވައި الله تعالى ހުވައި وحِى ކުރައްވައެވެ. (ދަންނައެވެ. النجم މި لفظ ގެ ތަރުޖަމާއަކާމެދު مفسّر ންގެ ބަސް ތަފާތެވެ. އަދި خاصّ ކޮށް قرآن ގައި މި لفظ ގެންނަވާފައިވާ مراد އަކާމެދު إختلاف ތައް އައިސްފައި އެބަ ހުއްޓެވެ. އެތަނުން ބައެއް މާނަ މިތާ ނަކަލުކޮށްލަމެވެ. النجم އަކީ ތަރިއެވެ. އެއިން މުރާދުކުރެވެނީ ކެތި، މި ނަކަތެވެ. ނުވަތަ އެއިން މުރާދުކުރެވެނީ زُهرة ކިޔާ ތަރިއެކެވެ. النجم ގެ އަނެއް މާނައަކީ ގަސްގަނޑު ނުހުންނަ ފަތްޕިލާވެއްޔެވެ. (ވެލުގެ މާނައިގައެވެ.) النجم ގެ މުރާދަކީ މި ސޫރަތުގައި قرآن އެވެ. النجم ގެ މުރާދަކީ މި ސޫރަތުގައި محمّد އެވެ. ދެންފަހެ هوٰى މި لفظ ގެ މާނައަކީ ވެއްޓުމެވެ. ނުވަތަ غائب ވުމެވެ. ނުވަތަ ނިވައިވުމެވެ. ނުވަތަ އޮއްސުމެވެ. މި ހުރިހާ މާނައެއްގައި މި لفظ ތައް ބޭނުންކުރެވިފައި އެބަ ހުއްޓެވެ. ވީމާ އަޅުގަނޑު މިތާ މި ލިޔަނީ އެންމެ ފުރަތަމަ މާނައެވެ. އެއީ: ތަރި ނުވަތަ ކެތި އޮއްސިއްޖެއްޔާ ނުވަތަ غائب ވެއްޖެއްޔާ އެ ކެތި ގަންދެއްވައި الله تعالى ހުވައި وحِى ކުރައްވައެވެ. މިއެވެ.

53:2

مَا ضَلَّ صَاحِبُكُمۡ وَمَا غَوَىٰ ﴿2﴾

Transliteration: Ma dalla sahibukum wama ghawa

Translation: (މި ހުވައިގެ جواب އަކީ) ކަލޭމެންގެ އެކުވެރިޔާ (އެބަހީ محمّد ﷺ) މަގުފުރެދިވަޑައިގެން ނުވެއެވެ. އަދި އެކަލޭގެފާނު ގެއްލި ހަލާކުވެގެން ނުދެއެވެ. ނޯޓު: މިތާ محمّد ﷺ އާމެދު قريش ންގެ އެކުވެރިޔާއެވެ. وحِى ކުރެއްވީ އެކަލޭގެފާނު އެންމެ ޅައިރުއްސުރެ ފަށައިގެން نبي ކަމާ ހަމައަށް ދާނދެންވެސް އެމީހުންގެ ތެރޭ މެދުނުކެނޑި އުޅުއްވި ކަމުގައި ވީތީއެވެ. އަދި އެކަލޭގެފާނު މަގުނުފުރެދޭ ކަމާއި، އެކަލޭގެފާނު ގެއްލި ހަލާކުވެގެން ނުވާކަން އެންމެ ބޮޑަށް ދަންނަން ވާނީ އެމީހުންނެވެ. އެއީ އެމީހުންގެ އެކުވެރިޔާއެވެ. އެމީހުންގެ އަމީނެވެ.

53:3

وَمَا يَنطِقُ عَنِ ٱلۡهَوَىٰٓ ﴿3﴾

Transliteration: Wama yantiqu AAani alhawa

Translation: އަދި އެކަލޭގެފާނު هوٰى نفس އެދޭ ގޮތަށް ބޭނުންހާ ވާހަކައެއް ނުދައްކަވައެވެ.

53:4

إِنۡ هُوَ إِلَّا وَحۡيٞ يُوحَىٰ ﴿4﴾

Transliteration: In huwa illa wahyun yooha

Translation: އެކަލޭގެފާނުންގެ ބަސްފުޅު އެއީ ހަމަ ބާވައިލެއްވޭ وحِى ކަމުގައި މެނުވީ ނުވެއެވެ.

53:5

عَلَّمَهُۥ شَدِيدُ ٱلۡقُوَىٰ ﴿5﴾

Transliteration: AAallamahu shadeedu alquwa

Translation: އެކަލޭގެފާނަށް އެ وحِى އުނގަންނަވައިދެއްވީ ބާރުގަދަވެގެންވާ ކަލޭގެފާނެވެ. އެބަހީ جبريل الأمين އެވެ.

53:6

ذُو مِرَّةٖ فَٱسۡتَوَىٰ ﴿6﴾

Transliteration: Thoo mirratin faistawa

Translation: އެކަލޭގެފާނަކީ ބާރުފުޅު ގަދަ ނުވަތަ ވިސްނުންފުޅާއި، ބުއްދިފުޅު ގަދަ އަދި ރިވެތިވެގެންވާ ކަލޭގެފާނެވެ. އުޑުގައި އެކަލޭގެފާނު إستوٰى ވެވަޑައިގެންނެވިއެވެ. އެބަހީ މަތިވެރި ވެވަޑައިގެންނެވިއެވެ.

53:7

وَهُوَ بِٱلۡأُفُقِ ٱلۡأَعۡلَىٰ ﴿7﴾

Transliteration: Wahuwa bialofuqi alaAAla

Translation: އޭރު އެކަލޭގެފާނު (އެބަހީ جبريل عَلَيه السلام) ހުންނެވީ މަތިވެރިވެގެންވާ އުދަރެހުގައެވެ. (އެބަހީ އެކަލޭގެފާނުންގެ أصل صورة ފުޅުގައި އިރުމަތީ ފަރާތު އުދަރެހުގައި އެކަލޭގެފާނު ފައުޅުވެވަޑައިގެންނެވިއެވެ. رسول الله ﷺ އެކަލޭގެފާނުންގެ أصل ސޫރަފުޅުގައި ދެކެވަޑައިގެންނެވިއެވެ. އިރުމަތީ ފަރާތު އުދަރެހުން مغرب ފަރާތާ ހަމައަށް މުޅިން ބައްދާލާފައި ވެއެވެ. އެހާވެސް އެކަލޭގެފާނު ބޮޑެވެ.

53:8

ثُمَّ دَنَا فَتَدَلَّىٰ ﴿8﴾

Transliteration: Thumma dana fatadalla

Translation: ދެން އެކަލޭގެފާނު (އެބަހީ جبريل عَلَيه السلام) محمّد ﷺ އާ ވަރަށް ބޮޑަށް ގާތްވެވަޑައިގެންނެވިއެވެ.

53:9

فَكَانَ قَابَ قَوۡسَيۡنِ أَوۡ أَدۡنَىٰ ﴿9﴾

Transliteration: Fakana qaba qawsayni aw adna

Translation: އެ ދެބޭކަލުންގެ ދެމެދު ދުންޏެއްގެ މިންވަރަށް ނުވަތަ ދެމުށުގެ މިންވަރަށް ގާތްވެވަޑައިގެންނެވި ކަމުގައި ވެއެވެ. (ނުވަތަ معراج ގެ ރޭގައި محمّد ﷺ އާއި އެކަލޭގެފާނުންގެ ربّ އާ ދެމެދު އެވަރަށް ގާތްވިއެވެ.) ނުވަތަ އެއަށްވުރެވެސް ބޮޑަށް ގާތްވި ކަމުގައި ވިއެވެ. والله أعلم.

53:10

فَأَوۡحَىٰٓ إِلَىٰ عَبۡدِهِۦ مَآ أَوۡحَىٰ ﴿10﴾

Transliteration: Faawha ila AAabdihi ma awha

Translation: ދެންފަހެ الله تعالى އެކަލާނގެ އަޅާ محمّد ﷺ އަށް އެ وحِى ކުރެއްވި އެއްޗެއް جبريل عَلَيه السلام މެދުވެރި ކުރައްވައި وحِى ކުރެއްވިއެވެ. (ނުވަތަ މާތް الله އެކަލާނގެ އަޅާ محمّد ﷺ އަށް އެ وحِى ކުރެއްވި އެއްޗެއް وحِى ކުރައްވައިފިއެވެ. (މިމައްސަލައިގާ ވަރަށް إخْتِلآفُ ވެއެވެ.)

53:11

مَا كَذَبَ ٱلۡفُؤَادُ مَا رَأَىٰٓ ﴿11﴾

Transliteration: Ma kathaba alfuadu ma raa

Translation: އަދި އެކަލޭގެފާނުންގެ (އެބަހީ محمّد ﷺ ގެ) ހިތްޕުޅު އެކަލޭގެފާނަށް އެ ފެނިވަޑައިގެންނެވިއެއްޗެއް ދޮގެއް ނުކުރައްވައެވެ. (އެބަހީ معراج ގެ ރޭގައި އެކަލޭގެފާނު އެ ދެކެވަޑައިގަތް އެއްވެސް އެއްޗެއް އެކަލޭގެފާނުންގެ ހިތްޕުޅު ދޮގު ނުކުރައްވައެވެ.

53:12

أَفَتُمَٰرُونَهُۥ عَلَىٰ مَا يَرَىٰ ﴿12﴾

Transliteration: Afatumaroonahu AAala ma yara

Translation: ކަލޭމެން ފަހެ އެކަލޭގެފާނުން އެ ދެކެވަޑައިގެންނެވި އެއްޗަކާމެދު އެކަލޭގެފާނާ جدل ކުރަނީ ހެއްޔެވެ؟

53:13

وَلَقَدۡ رَءَاهُ نَزۡلَةً أُخۡرَىٰ ﴿13﴾

Transliteration: Walaqad raahu nazlatan okhra

Translation: އަދި ހަމަކަށަވަރުން رسول الله ﷺ އަދިއެހެންފަހަރަކުވެސް جِبْرِيْلُ عَلَيه السلام ދެކެވަޑައިގެންނެވިއެވެ. (އެބަހީ އެކަލޭގެފާނު ހެއްދެވުނު أصل صورة ފުޅުގައި އެހެން ފަހަރަކުވެސް ދެކެވަޑައިގަތެވެ.)

53:14

عِندَ سِدۡرَةِ ٱلۡمُنتَهَىٰ ﴿14﴾

Transliteration: AAinda sidrati almuntaha

Translation: އެއީ سدرةالمنتهى ގެ ކައިރިން معراج ގެ ރޭގައެވެ.

53:15

عِندَهَا جَنَّةُ ٱلۡمَأۡوَىٰٓ ﴿15﴾

Transliteration: AAindaha jannatu almawa

Translation: جنّة المأوٰى އެވެ ކިއުނު ސުވަރުގެ ވަނީ އެތާނގައެވެ. (އެބަހީ އެ ސުވަރުގެ ވަނީ سدرةالمنتهى ގެ ކައިރީގައި عرشى ގެ ކަނާތް ފަރާތުގައެވެ. والله أعلم)

53:16

إِذۡ يَغۡشَى ٱلسِّدۡرَةَ مَا يَغۡشَىٰ ﴿16﴾

Transliteration: Ith yaghsha alssidrata ma yaghsha

Translation: އެ ގަސް (އެބަހީ سدرةالمنتهى އެވެ ކިޔުނު ގަސް) ނިވައިކޮށްލާ އެއްޗެއް ނިވައިކޮށްލައެވެ. (ރަނުގެ ގޮއްފުޅަނގިތައް އެ ގަސް ނިވައިކޮށްލައެވެ.)\n• ދަންނައެވެ. سدرة އަކީ ކުންނާރު ގަހަށް ކިޔާ ނަމެކެވެ. منتهى އަކީ ގޮސް ހަމަވާ ތަނެވެ. سدرةالمنتهى އަކީ ހަވަނަ އުޑުގައި ނުވަތަ ހަތްވަނަ އުޑުގައިވާ ގަހަކަށް (ކުންނާރު) ގަހަކަށް ކިޔާ ނަމެކެވެ. އެއީ ކުންނާރު ގަހެކޭ لُغَوِى ގޮތުން ކިޔާފައި އޮތަސް އޭގެ خاصّيّة އާއި، ތާސީރު ހަމައެކަނި الله އަށް މެނުވީ އެނގިގެން ނުވެއެވެ. جنّةالمأوٰى އެވެ ކިޔުނު ސުވަރުގެ ވަނީ އެތާނގައެވެ. އެ ގަހަށް އެކި އިރަށް އެކި ކުލަ އަރާ ކަމުގައި ވެއެވެ. ރީތިކަމުން بيان ކުރަން ނޭނގޭހާ ރީތި ގޮތްތައް އެ ގަހަށް ވާކަމުގައި ވެއެވެ. ރަނުގެ ގޮއްފުޅަނގިތަކުން އެ ގަސްނިވާކޮށްލާ ކަމުގައި ވެއެވެ. އެގަހުގެ ފަތް އެހާ ބޮޑެތިވެފައި، މޭވާވެސް އެހާ ބޮޑު ކަމުގައި ވެއެވެ. އެ ގަހަށް سدرةالمنتهى އެވެ ކިއުނީ އެންމެހައި خلق ތަކުންގެ علم އެ ހިސާބަށް ނިމޭތީ ކަމުގައި ބުނެވުނެވެ. އޭގެ އެކޮޅު އެއްވެސް مخلوق އަކަށް އެނގިގެން ނުވެއެވެ. އަދި ބުނެވުނެވެ. ބިމުގެ އެންމެހާ ކަމެއް އަރައިގެން ގޮސް ނިމެނީ އެ ހިސާބަށެވެ. އަދި ބުނެވުނެވެ. އެންމެހައި شهيد ންގެ ފުރާނަތައް ގޮސް ނިމެނީ އެ ހިސާބަށެވެ. ملائكة ބޭކަލަކުވެސް އޭގެ އެކޮޅަކަށް ވަޑައި ނުގަންނަވައެވެ. އަދި މިނޫން ގޮތްގޮތަށްވެސް ކިޔައިފައި ވެއެވެ. والله أعلم بالصّواب

53:17

مَا زَاغَ ٱلۡبَصَرُ وَمَا طَغَىٰ ﴿17﴾

Transliteration: Ma zagha albasaru wama tagha

Translation: އަދި އެކަލޭގެފާނުންގެ (އެބަހީ محمّد ގެފާނުންގެ) ލޯފުޅު އެހެން ފަރާތަކަށް ލެނބިނުލައެވެ. (އެބަހީ އެކަލޭގެފާނުންގެ ލޯފުޅު ކަނާތް ފަރާތަށް، އަދި ވާތް ފަރާތަށް، އަދި މައްޗަށް ތިރިއަށް އަނބުރުއްވައި، ފަރާތްފަރާތަށް ބައްލަވާ ނަހައްދަވައެވެ. ކަނޑައެޅުއްވިފައިވާ حدّ ފަހަނަޅައި ނުދެއެވެ.

53:18

لَقَدۡ رَأَىٰ مِنۡ ءَايَٰتِ رَبِّهِ ٱلۡكُبۡرَىٰٓ ﴿18﴾

Transliteration: Laqad raa min ayati rabbihi alkubra

Translation: ހަމަކަށަވަރުން އެރޭ (އެބަހީ معراج ގެ ރޭގައި) އެކަލޭގެފާނުންގެ ربّ ގެ ބޮޑެތިބޮޑެތިވެގެންވާ عجائب ތަކާއި، އެކަލާނގެ قدرة ތެރިކަމާއި، އެއްކައުވަންތަކަމުގެ ގިނަގުނަ ވެގެންވާ دليل ތައް އެކަލޭގެފާނު އެތަނުން ދެކެވަޑައިގެންނެވިއެވެ.

53:19

أَفَرَءَيۡتُمُ ٱللَّـٰتَ وَٱلۡعُزَّىٰ ﴿19﴾

Transliteration: Afaraaytumu allata waalAAuzza

Translation: (އޭ މިތިބަ مشرك ންނޭވެ.) لات އާއި، عُزَّى (މި ދެ ބުދާމެދު) ކަލޭމެން ނިކަން ތިމަން ކަލޭގެފާނަށް خبر ދީބަލާށެވެ.

53:20

وَمَنَوٰةَ ٱلثَّالِثَةَ ٱلۡأُخۡرَىٰٓ ﴿20﴾

Transliteration: Wamanata alththalithata alokhra

Translation: އަދި ތިންވަނައަށް އެހެރަ ބުދު مناة އާމެދު ވެސް ކަލޭމެން خبر ދީބަލާށެވެ. ކަލޭމެން ނިކަން ބުނެބަލާށެވެ. އެތަކެތީންކަލޭމެނަށްވަނީ ކޮންފައިދާއެއްހެއްޔެވެ.

53:21

أَلَكُمُ ٱلذَّكَرُ وَلَهُ ٱلۡأُنثَىٰ ﴿21﴾

Transliteration: Alakumu alththakaru walahu alontha

Translation: އަދި ކަލޭމެން ތިޔަ ބުނަނީ ކަލޭމެންނަށް ފިރިހެން ދަރީން، އެބަހީ ފިރިހެން جنس خاصّ ވެގެން ވާކަމަށެވެ. އަދި އެކަލާނގެއަށް خاصّ ވެގެން ވަނީ އަންހެން جنس ކަމަށެވެ.

53:22

تِلۡكَ إِذٗا قِسۡمَةٞ ضِيزَىٰٓ ﴿22﴾

Transliteration: Tilka ithan qismatun deeza

Translation: އެހެންކަމަށް ވަންޏާ އެއީ ވަރަށްވެސް އަނިޔާވެރި ބޭއިންސާފު ބެހުމެކެވެ.

53:23

إِنۡ هِيَ إِلَّآ أَسۡمَآءٞ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلۡطَٰنٍۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَمَا تَهۡوَى ٱلۡأَنفُسُۖ وَلَقَدۡ جَآءَهُم مِّن رَّبِّهِمُ ٱلۡهُدَىٰٓ ﴿23﴾

Transliteration: In hiya illa asmaon sammaytumooha antum waabaokum ma anzala Allahu biha min sultanin in yattabiAAoona illa alththanna wama tahwa alanfusu walaqad jaahum min rabbihimu alhuda

Translation: (އެތަކެއްޗަކީ (އެބަހީ އެ ބުދުތަކަކީ) ކަލޭމެންނާއި، ކަލޭމެންގެ ކާބަފައިން ކިޔާފައިވާ ހުސް ނަންތަކެކެވެ. الله އެތަކެއްޗަށް އެއްވެސް ބާރެއް، އަދި އެއްވެސް دليل އެއް حجّة އެއް ބާވައި ނުލައްވައެވެ. (އެބަހީ އެ ތަކެއްޗަށް އަޅުކަން ކުރުން ހުއްދަވާނޭ އެއްވެސް دليل އެއް حجّة އެއް الله ބާވައިލައްވާފައި ނުވެއެވެ.) އެމީހުން، އެބަހީ އެ ބުދަށް އަޅުކަންކުރާ މީހުން، ހަމައެކަނި ހީއެއްގެ މައްޗަށް ނޫނީ تبع ވާކަމުގައި ނުވެއެވެ. އަދި އެމީހުންގެ هوٰى نفس އެމީހުންނަށް ދައްކައިދޭ އެއްޗަކަށް މެނުވީ އެމީހުން تبع ވާކަމުގައި ނުވެއެވެ. އަދި ހަމަކަށަވަރުން އެމީހުންނަށް އެމީހުންގެ ربّ ގެ حضرة ން ތެދުމަގު އަތުވެއްޖެއެވެ. (އެހެންވީއިރު އެމީހުން އެ ބުދުތަކަށް އަޅުކަން ކުރުން ދެން ހުއްދަވާނީ ކޮންފަދައަކުން ހެއްޔެވެ؟)

53:24

أَمۡ لِلۡإِنسَٰنِ مَا تَمَنَّىٰ ﴿24﴾

Transliteration: Am lilinsani ma tamanna

Translation: ނުވަތަ އަދި ކިޔެއް ހެއްޔެވެ؟ އިންސާނާއަށް އޭނާ އެދޭހައި ކަމެއް ލިބިގެންވޭ ހެއްޔެވެ؟

53:25

فَلِلَّهِ ٱلۡأٓخِرَةُ وَٱلۡأُولَىٰ ﴿25﴾

Transliteration: Falillahi alakhiratu waaloola

Translation: ފަހެ آخرة ގެ އެންމެހައި ކަންތަކާއި، ދުނިޔޭގެ އެންމެހާ ކަންތަކެއްވެސް ملك ވެ خاصّ ވެގެން ވަނީ ހަމަ الله އަށެވެ. (އެމީހުންނަށް، އެބަހީ އިންސާނުންނަށް އެއިން އެއްވެސް ކަމެއްގެ حقّ އެއް ނެތެވެ.)

53:26

وَكَم مِّن مَّلَكٖ فِي ٱلسَّمَٰوَٰتِ لَا تُغۡنِي شَفَٰعَتُهُمۡ شَيۡـًٔا إِلَّا مِنۢ بَعۡدِ أَن يَأۡذَنَ ٱللَّهُ لِمَن يَشَآءُ وَيَرۡضَىٰٓ ﴿26﴾

Transliteration: Wakam min malakin fee alssamawati la tughnee shafaAAatuhum shayan illa min baAAdi an yathana Allahu liman yashao wayarda

Translation: އުޑުގައިވާ ملائكة ބޭކަލުންނަށް ވެސް، الله އެ ފަރާތަކަށް شفاعة ތެރިވުމަށް إِذْنَ ދެއްވާ އަދި ރުހިވޮޑިގަތުމަށްފަހުގައި މެނުވީ އެއިން ބޭކަލެއްގެ شفاعة ން އެއްވެސް منفع އެއް ނުކުރާނޭ ކިތަންމެ ملائكة ބޭކަލުންނެއް އެ އުޑުތަކުގައި ވެއެވެ. (މި ވާހަކައިގެ خلاصة އަކީ ملائكة ބޭކަލުންގެ އެހާ ބޮޑު އަޅުވެތިކަމާއި، ﷲ ގެ حضرة އަށް އެ ބޭކަލުންގެ ހުންނަ ކިޔަމަންތެރިކަމާއި، އުރެދިވަޑައިގަތުމެއް ނެތުމާއެކުވެސް އެމީހަކަށް شفاعة ތެރިވުމަށް الله އިރާދަކުރައްވައި، އެބޭކަލުންނަށް އެ شفاعة ތެރިވުމުގެ إِذْنَ ދެއްވައި، އަދި އެމީހަކަށް الله ރުހިވޮޑިގަތުމަށް ފަހުގައި މެނުވީ ملائكة ބޭކަލުންނަށްވެސް އެއްވެސް މީހަކަށް شفاعة ތެރިވުމުގެ حقّ ލިބިވަޑައިގެން ނުވެއެވެ. (އެހެންވީއިރު އެއިން ބޭކަލަކަށްވެސް އަޅުކަންކުރުން ހުއްދަވާނެ ދަލީލެއްނެތެވެ.

53:27

إِنَّ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ لَيُسَمُّونَ ٱلۡمَلَـٰٓئِكَةَ تَسۡمِيَةَ ٱلۡأُنثَىٰ ﴿27﴾

Transliteration: Inna allatheena la yuminoona bialakhirati layusammoona almalaikata tasmiyata alontha

Translation: آخرة އަށް އިންކާރުކުރާ މީހުން - އެމީހުން ކަނޑައެޅިގެން ملائكة ބޭކަލުންނަށް އަންހެނުންގެ ނަމުން ނަން ކިޔަނީއެވެ. (އެބަހީ މަލާއިކަތް ބޭކަލުންނަކީ ﷲ ގެ އަންހެން ދަރީން ކަމުގައި އެމީހުން ބުނަނީއެވެ. الله ހުސް طاهر ވަންތައެވެ. ދަރިކަލަކު ހިއްޕެވުމަކީ އެއްގޮތަކަށްވެސް އެކަލާނގެއަށް އެކަށީގެންވާ ކަމެއް ނޫނެވެ.

53:28

وَمَا لَهُم بِهِۦ مِنۡ عِلۡمٍۖ إِن يَتَّبِعُونَ إِلَّا ٱلظَّنَّۖ وَإِنَّ ٱلظَّنَّ لَا يُغۡنِي مِنَ ٱلۡحَقِّ شَيۡـٔٗا ﴿28﴾

Transliteration: Wama lahum bihi min AAilmin in yattabiAAoona illa alththanna wainna alththanna la yughnee mina alhaqqi shayan

Translation: އެމީހުންނަށް އެކަމުގައި (އެބަހީ ملائكة ބޭކަލުންނީ ﷲ ގެ އަންހެން ދަރީން ކަމުގައި ބުނާކަށް) އެމީހުންނަށް އެއްވެސް علم އެއް ނުވެއެވެ. އެއީ އެކައްޗެއްވެސް އެނގިގެން ކިޔާ އެއްޗެއް ނޫނެވެ. އެއީ ހަމަ އެމީހުން ހީކުރާ ހުސް ހީއަކަށް تبع ވެގެން އެމީހުން ބުނާ އެއްޗެއް ކަމުގައި މެނުވީ ނުވެއެވެ. އަދި ކަނޑައެޅިގެން ހީއަކީ އެއްވެސް حال އެއްގައި حقّ މައްސަލައެއްގައި حقّ އާއި އިދިކޮޅަށް އެއްވެސް ކަމެއް ފުއްދައިދެވޭނޭ އެއްޗެއް ނޫނެވެ.

53:29

فَأَعۡرِضۡ عَن مَّن تَوَلَّىٰ عَن ذِكۡرِنَا وَلَمۡ يُرِدۡ إِلَّا ٱلۡحَيَوٰةَ ٱلدُّنۡيَا ﴿29﴾

Transliteration: FaaAArid AAan man tawalla AAan thikrina walam yurid illa alhayata alddunya

Translation: (އޭ رسول الله އެވެ!) ތިމަން ރަސްކަލާނގެ ذكر ން - އެބަހީ ކީރިތި قرآن ންނާއި، އޭގެ هداية ން - މޫނު އަނބުރައިލާ إيمان ނުވި މީސްތަކުންގެ ފަރާތުން ކަލޭގެފާނު ދުރުވެވަޑައިގަންނަވާށެވެ. އެމީހުންގެ ކައިރިން އެނބުރި ފުރަގަސް ދެއްވާށެވެ. އެމީހުން ހަމައެކަނި ދުނިޔޭގެ حياة މެނުވީ ނޭދެއެވެ. آخرة އަކަށް އެއްވެސް خيال އެއް އަދި އެނގުމެއް ނެތެވެ.

53:30

ذَٰلِكَ مَبۡلَغُهُم مِّنَ ٱلۡعِلۡمِۚ إِنَّ رَبَّكَ هُوَ أَعۡلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعۡلَمُ بِمَنِ ٱهۡتَدَىٰ ﴿30﴾

Transliteration: Thalika mablaghuhum mina alAAilmi inna rabbaka huwa aAAlamu biman dalla AAan sabeelihi wahuwa aAAlamu bimani ihtada

Translation: އެމީހުންގެ علم އާއި، އެނގުން ހުރި ވަރަކީ އެއީއެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ، އެކަލާނގެ ސީދާ ތެދުމަގުން ކަހައިލައި، މަގުފުރެދިގެންވާ މީހުން ދެނެވޮޑިގަތުން ބޮޑެވެ. އަދި ސީދާ ތެދުމަގު ލިބުނު މީހުންވެސް ދެނެވޮޑިގެން ވަނީ ހަމަ އެކަލާނގެއެވެ. (أزل ގައި އެކަން އޮތް ގޮތް ދެނެވޮޑިގެން ވަނީ ހަމަ އެކަލާނގެއެވެ.)

53:31

وَلِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ لِيَجۡزِيَ ٱلَّذِينَ أَسَـٰٓـُٔواْ بِمَا عَمِلُواْ وَيَجۡزِيَ ٱلَّذِينَ أَحۡسَنُواْ بِٱلۡحُسۡنَى ﴿31﴾

Transliteration: Walillahi ma fee alssamawati wama fee alardi liyajziya allatheena asaoo bima AAamiloo wayajziya allatheena ahsanoo bialhusna

Translation: އަދި އުޑުތަކާއި، ބިމުގައި ވާހައި ތަކެތި ملك ވެ خاصّ ވެގެންވަނީ ހަމައެކަނި الله އަށެވެ. (އެއީ އެކަލާނގެ ތަކެއްޗެވެ. އެތާނގައިވާ މަގުފުރެދުނު މީހުންނާއި، ތެދުމަގުގައި ތިބި މީހުންވެސް ދެނެވޮޑިގެން ވަނީ ހަމަ އެކަލާނގެއެވެ. އެފަދައިން އެކަލާނެ ކަންތައް ގެންދަވަނީ) ތިމާމެން ދުނިޔޭގައި ތިބެގެން ނުބައި عمل ތައް ކުރި މީހުންނަށް ނުބައި جزاء ދެއްވުމަށާއި، އަދި ރަނގަޅު ހެޔޮ عمل ކުރި މީސްތަކުންނަށް ރަނގަޅު ހެޔޮ جزاء ދެއްވުމަށެވެ. (ނުބައި ޖަޒާއަކީ قيامة ދުވަހުން ﷲ ގެ ކޯފާއާއި، ނަރަކައިގެ عذاب އެވެ. ހެޔޮ جزاء އަކީ قيامة ދުވަހުން ﷲ ގެ ރުއްސެވުމާއި، ސުވަރުގޭގެ ގިނަގުނަ نعمة އެވެ.)

53:32

ٱلَّذِينَ يَجۡتَنِبُونَ كَبَـٰٓئِرَ ٱلۡإِثۡمِ وَٱلۡفَوَٰحِشَ إِلَّا ٱللَّمَمَۚ إِنَّ رَبَّكَ وَٰسِعُ ٱلۡمَغۡفِرَةِۚ هُوَ أَعۡلَمُ بِكُمۡ إِذۡ أَنشَأَكُم مِّنَ ٱلۡأَرۡضِ وَإِذۡ أَنتُمۡ أَجِنَّةٞ فِي بُطُونِ أُمَّهَٰتِكُمۡۖ فَلَا تُزَكُّوٓاْ أَنفُسَكُمۡۖ هُوَ أَعۡلَمُ بِمَنِ ٱتَّقَىٰٓ ﴿32﴾

Transliteration: Allatheena yajtaniboona kabaira alithmi waalfawahisha illa allamama inna rabbaka wasiAAu almaghfirati huwa aAAlamu bikum ith anshaakum mina alardi waith antum ajinnatun fee butooni ommahatikum fala tuzakkoo anfusakum huwa aAAlamu bimani ittaqa

Translation: އެމީހުންނަކީ އެބަހީ ރަނގަޅު ހެޔޮ عمل ކުރި ރަނގަޅު މީހުންނަކީ ތިމާމެންގެ ފަރާތުން ވެވޭ ކުދިކުދި ފާފަ (لَمَمُ) މެނުވީ ނުކުރާ މީހުންނެވެ. ބޮޑެތި ފާފަޔާއި، فاحش ކަންތަކަށް އަރައިނުގަންނަ މީހުންނެވެ. އެކަންކަމާ ދުރުވެގެންވާ މީހުންނެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެއީ ފާފަ ފުއްސެވުން ތަނަވަސް ވެގެންވާ ކަލާނގެއެވެ. އެބަހީ އެންމެހައި ފާފަވެސް ފުއްސަވާ ކަލާނގެއެވެ. އަދި ކަލޭމެންގެ އެންމެހާ حال ތަކެއް ދެނެވޮޑިގެން ވަނީ ހަމަ އެކަލާނގެއެވެ. އެކަލާނގެ ކަލޭމެން ބިމުން ހެއްދެވިހިނދުވެސް (އެބަހީ ކަލޭމެންގެ ބައްޕަ ءادم ގެފާނު ހެއްދެވިހިނދު ވެސް) އަދި ކަލޭމެން ކަލޭމެންގެ މައިންގެ ބަނޑުގައިވާ حال ވެސް ކަލޭމެންގެ ހުރިހާ حال ތަކެއް ދެނެވޮޑިގެން ވަނީ ހަމަ އެކަލާނގެއެވެ. ފަހެ އެހެންވެ ކަލޭމެން އަމިއްލައަށް ކަލޭމެންގެ نفس ތައް طاهر ނުކުރާށެވެ. (އެބަހީ ކަލޭމެންނަކީ ފާފައެއް ނެތް ރަނގަޅު ބަޔަކު ކަމުގައި ކަލޭމެން އަމިއްލައަށް ބުނެ ނަހަދާށެވެ.) ހަމަކަށަވަރުން تقوٰى ވެރި މާތް طاهر ބަޔަކީ ކޮން ބަޔަކުކަން ވެސް އެކަލާނގެ މާ ރަނގަޅަށް ދެނެވޮޑިގެން ވެއެވެ.

53:33

أَفَرَءَيۡتَ ٱلَّذِي تَوَلَّىٰ ﴿33﴾

Transliteration: Afaraayta allathee tawalla

Translation: ،(34) (އޭ رسول الله އާއެވެ!) إسلام دين ން މޫނު އަނބުރާލައިފުރަގަސްދިންމީހާއަށްކަލޭގެފާނުނުބައްލަވަމުތޯއެވެ؟\nދަންނައެވެ. މި އާޔަތާއި، އަދި މީގެ ފަހަތަށް މިވާ ދެތިން އާޔަތުން މި ސިފަވެގެން ދަނީ قريش ވަންހައިގެ الوليد بن المغيرة ގެ ވާހަކައެވެ. ފަހެ އޭނާ قرآن އަހައި إسلام ވާން ކައިރި ވިއެވެ. ނުވަތަ إسلام ވިއެވެ. އެ ވާހަކަ قريش ގެ مشرك ންކުރެ މީހަކަށް އިވިގެން އައިސް އޭނާއަށް ވަރަށް عيب ކިޔައި މަލާމާތް ކުރީމާ وليد ބުނިކަމަށް ވަނީ ﷲ ގެ عذاب އަށް ބިރުގަންނަ ކަމުގައެވެ. ދެންފަހެ އެމީހާ ބުންޏެވެ. ކަލޭ ތިޔަ ބިރުގަންނަ عذاب އަހުރެން އުފުލައިފާނަމެވެ. އަހުރެންނަށް ކޮންމެ މަހަކު ކަލޭގެ މުދަލުން ކޮންމެވެސް ވަރެއް ދޭށެވެ. އަދި ކަލޭގެ ތިޔަ ދީން ދޫކޮށް ކާބަފައިންގެ دين އަށް އަލުންވެސް رجوع ވާށެވެ. ދެން މި وليد އޭނާއަށް އެބުނި ގޮތުގެ މަތިން ކޮންމެ މަހަކު ނުވަތަ ކޮންމެ ހަފުތާއަކު ނުވަތަ ކޮންމެ އަހަރަކު ކުޑަކޮށް ދީދީފައި ދެން ނުދީ އެކަން ހުއްޓައިލިއެވެ.

53:34

وَأَعۡطَىٰ قَلِيلٗا وَأَكۡدَىٰٓ ﴿34﴾

Transliteration: WaaAAta qaleelan waakda

Translation: ،(34) (އޭ رسول الله އާއެވެ!) إسلام دين ން މޫނު އަނބުރާލައިފުރަގަސްދިންމީހާއަށްކަލޭގެފާނުނުބައްލަވަމުތޯއެވެ؟\nދަންނައެވެ. މި އާޔަތާއި، އަދި މީގެ ފަހަތަށް މިވާ ދެތިން އާޔަތުން މި ސިފަވެގެން ދަނީ قريش ވަންހައިގެ الوليد بن المغيرة ގެ ވާހަކައެވެ. ފަހެ އޭނާ قرآن އަހައި إسلام ވާން ކައިރި ވިއެވެ. ނުވަތަ إسلام ވިއެވެ. އެ ވާހަކަ قريش ގެ مشرك ންކުރެ މީހަކަށް އިވިގެން އައިސް އޭނާއަށް ވަރަށް عيب ކިޔައި މަލާމާތް ކުރީމާ وليد ބުނިކަމަށް ވަނީ ﷲ ގެ عذاب އަށް ބިރުގަންނަ ކަމުގައެވެ. ދެންފަހެ އެމީހާ ބުންޏެވެ. ކަލޭ ތިޔަ ބިރުގަންނަ عذاب އަހުރެން އުފުލައިފާނަމެވެ. އަހުރެންނަށް ކޮންމެ މަހަކު ކަލޭގެ މުދަލުން ކޮންމެވެސް ވަރެއް ދޭށެވެ. އަދި ކަލޭގެ ތިޔަ ދީން ދޫކޮށް ކާބަފައިންގެ دين އަށް އަލުންވެސް رجوع ވާށެވެ. ދެން މި وليد އޭނާއަށް އެބުނި ގޮތުގެ މަތިން ކޮންމެ މަހަކު ނުވަތަ ކޮންމެ ހަފުތާއަކު ނުވަތަ ކޮންމެ އަހަރަކު ކުޑަކޮށް ދީދީފައި ދެން ނުދީ އެކަން ހުއްޓައިލިއެވެ.

53:35

أَعِندَهُۥ عِلۡمُ ٱلۡغَيۡبِ فَهُوَ يَرَىٰٓ ﴿35﴾

Transliteration: aAAindahu AAilmu alghaybi fahuwa yara

Translation: ނުވަތަ އޭނާގެ އަތުގައި غيب ގެ علم ވަނީ ހެއްޔެވެ؟ އޭނާ އޭގައިވާ ގޮތެއް ބަލާ ހަދާނީ އެހެންނަމަ ތާއެވެ. (އެކަހަލަ އެއްވެސް ކަމެއްވެސް އޮތީއެއް ނޫނެވެ.)

53:36

أَمۡ لَمۡ يُنَبَّأۡ بِمَا فِي صُحُفِ مُوسَىٰ ﴿36﴾

Transliteration: Am lam yunabba bima fee suhufi moosa

Translation: ނުވަތަ އޭނާއަށް ފަހެ موسٰى عَلَيْه السلام ނަށް ބާވައިލެއްވި صحف ތަކުގައިވާ خبر ތަކާއި، معلومات ތަކުގެ خبر ނެތީ ބާވައެވެ؟

53:37

وَإِبۡرَٰهِيمَ ٱلَّذِي وَفَّىٰٓ ﴿37﴾

Transliteration: Waibraheema allathee waffa

Translation: އަދި އެކަލޭގެފާނަށް އެންގެވުނު އެންމެހައި ކަންތައްތައް ބަރާބަރުކުރެއްވި إبراهيم عَلَيْه السلام ގެ صحف ގައިވާ ތަކެތީގެ خبر ވެސް އޭނާއަށް ނޭނގެނީ ބާވައެވެ؟

53:38

أَلَّا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰ ﴿38﴾

Transliteration: Alla taziru waziratun wizra okhra

Translation: (އެ صحف ތަކުގައި އަންނަނިވި خبر ތައް ވެއެވެ.) ފާފަވެރި އެއްވެސް نفس އެއްގެ ފާފަޔާއި، ބުރަކަން (قيامة ދުވަހުން) އަނެއް نفس އެއް ނުއުފުލާނެއެވެ. އެބަހީ އެމީހަކު ކުރި ފާފައެއްގެ جزاءއަކާއި، ބުރަކަމެއްއުފުލަން ޖެހޭނީ ހަމަ އެ نفس އެކެވެ.

53:39

وَأَن لَّيۡسَ لِلۡإِنسَٰنِ إِلَّا مَا سَعَىٰ ﴿39﴾

Transliteration: Waan laysa lilinsani illa ma saAAa

Translation: އަދި ހަމަކަށަވަރުން، އިންސާނާއަށް އޭނާ ކުރި عمل އެއްގެ جزاء މެނުވީ ނުވެއެވެ.

53:40

وَأَنَّ سَعۡيَهُۥ سَوۡفَ يُرَىٰ ﴿40﴾

Transliteration: Waanna saAAyahu sawfa yura

Translation: އަދި ހަމަކަށަވަރުން އޭނާ ކުރި ކަމެއް އޭނާ (قيامة ދުވަހުން) ދެކޭނެއެވެ.

53:41

ثُمَّ يُجۡزَىٰهُ ٱلۡجَزَآءَ ٱلۡأَوۡفَىٰ ﴿41﴾

Transliteration: Thumma yujzahu aljazaa alawfa

Translation: ދެން އެ عمل އަށް އޭނާއަށް ހަމަ ބަރާބަރު ފުރިހަމަ ޖަޒާ ދެއްވޭނެއެވެ. (ހެޔޮ عمل އަކަށް ވިއްޔާ ހެޔޮ جزاء އެވެ. ނުބައި عمل އަކަށް ވިއްޔާ ނުބައި ޖަޒާއެވެ. އަދި ﷲ އޭނާއަށް عفوء ކުރައްވަން އެދިވޮޑިގަތް އެއްޗެއް عفوء ވެސް ކުރައްވާނެއެވެ.)

53:42

وَأَنَّ إِلَىٰ رَبِّكَ ٱلۡمُنتَهَىٰ ﴿42﴾

Transliteration: Waanna ila rabbika almuntaha

Translation: (އަދި އޭ رسول الله އެވެ!) މަރުވުމަށްފަހު ވެސް ﷲ ގެ އަޅުތަކުންގެ އެންމެހައި ކަމެއް رجوع ވާނީ ﷲ ގެ حضرة އަށެވެ. ކަލޭގެފާނުންގެ ربّ ގެ حضرة އަށެވެ.

53:43

وَأَنَّهُۥ هُوَ أَضۡحَكَ وَأَبۡكَىٰ ﴿43﴾

Transliteration: Waannahu huwa adhaka waabka

Translation: (އަދި ހަމަކަށަވަރުން އެކަލާނގެ އެދިވޮޑިގެންނެވި އަޅަކު އުފާވާނޭ ގޮތް މެދުވެރި ކުރައްވައި ހައްދަވައެވެ.) އަދި އެކަލާނގެ އެދިވޮޑިގަތް އަޅަކު ރޮއްވައެވެ. ދެރަވެ ހިތާމަވާނޭ ގޮތް ހައްދަވައެވެ. ނުވަތަ قيامة ދުވަހުން ސުވަރުގޭގެ އަހުލުވެރީން އުފާކުރައްވާ ހެއްވައެވެ. އަދި ނަރަކައިގެ أهل ވެރީން ހިތާމަވެރިކުރައްވާ ރޮއްވައެވެ.

53:44

وَأَنَّهُۥ هُوَ أَمَاتَ وَأَحۡيَا ﴿44﴾

Transliteration: Waannahu huwa amata waahya

Translation: އަދި ތަކެތި މަރުއްވާ އަދި ދިރުއްވަނީވެސް ހަމަ އެކަލާނގެއެވެ.

53:45

وَأَنَّهُۥ خَلَقَ ٱلزَّوۡجَيۡنِ ٱلذَّكَرَ وَٱلۡأُنثَىٰ ﴿45﴾

Transliteration: Waannahu khalaqa alzzawjayni alththakara waalontha

Translation: އަދި ހަމަކަށަވަރުން ކޮންމެ އެއްޗެއްވެސް ކޮންމެ ބާވަތެއްވެސް އަންހެން ފިރިހެން ޖޯޑު ހަމަވާ ގޮތަށް ހެއްދެވީވެސް ހަމަ އެކަލާނގެއެވެ.

53:46

مِن نُّطۡفَةٍ إِذَا تُمۡنَىٰ ﴿46﴾

Transliteration: Min nutfatin itha tumna

Translation: އެކަލާނގެ އެތަކެތި ހައްދަވަނީ އަންހެން އެތީގެ رحِم ގެ ތެރެއަށް އޮހިގެންދާ މަނި ފޮދުވަރަކުންނެވެ. (އެއީ عامّ ކޮށް ހައްދަވާ ގޮތެވެ. އަދި އެނޫން ގޮތްގޮތަށް ހެއްދެވި ބައެއް ތަކެތިވެސް ވެއެވެ. والله أعلم)

53:47

وَأَنَّ عَلَيۡهِ ٱلنَّشۡأَةَ ٱلۡأُخۡرَىٰ ﴿47﴾

Transliteration: Waanna AAalayhi alnnashata alokhra

Translation: އަދި ހަމަކަށަވަރުން (قيامة ދުވަހަށް) އަނެއްފަހަރުވެސް އެންމެހާ ތަކެތި އުފައްދަވާނީ ހަމަ އެކަލާނގެއެވެ.

53:48

وَأَنَّهُۥ هُوَ أَغۡنَىٰ وَأَقۡنَىٰ ﴿48﴾

Transliteration: Waannahu huwa aghna waaqna

Translation: އަދި ހަމަކަށަވަރުން މުއްސަނދި ކުރައްވާ، އަދި فقير ކުރައްވަނީވެސް ހަމަ އެކަލާނގެއެވެ.

53:49

وَأَنَّهُۥ هُوَ رَبُّ ٱلشِّعۡرَىٰ ﴿49﴾

Transliteration: Waannahu huwa rabbu alshshiAAra

Translation: އަދި ހަމަކަށާވަރުން شِعْرٰى އެވެ ކިޔޭ ތަރީގެ ربّ އަކީވެސް ހަމަ އެކަލާނގެއެވެ. (އެއީ خُزَاعَةُ ވަހައިގެމީހުން އަޅުކަންކުރާ ތަރިއެކެވެ.)

53:50

وَأَنَّهُۥٓ أَهۡلَكَ عَادًا ٱلۡأُولَىٰ ﴿50﴾

Transliteration: Waannahu ahlaka AAadan aloola

Translation: އަދި ހަމަކަށަވަރުން ފުރަތަމަ عاد (އެބަހީ عاد ބާގައިގެ މީހުން) ހަލާކު ކުރެއްވީވެސް ހަމަ އެކަލާނގެއެވެ.

53:51

وَثَمُودَاْ فَمَآ أَبۡقَىٰ ﴿51﴾

Transliteration: Wathamooda fama abqa

Translation: އަދި ثمود ބާގައިގެ މީހުން ހަލާކު ކުރެއްވީވެސް ހަމަ އެކަލާނގެއެވެ. އޭގެ އެކަކުވެސް ބާކީވެ ނުހުރެ ހަމަ އެންމެން މަރުވެ ދިޔައީއެވެ.

53:52

وَقَوۡمَ نُوحٖ مِّن قَبۡلُۖ إِنَّهُمۡ كَانُواْ هُمۡ أَظۡلَمَ وَأَطۡغَىٰ ﴿52﴾

Transliteration: Waqawma noohin min qablu innahum kanoo hum athlama waatgha

Translation: އަދި އޭގެ ކުރީން نوح قوم ވެސް ހަލާކު ކުރެއްވީ ހަމަ އެކަލާނގެއެވެ. އެމީހުން ވީ އަނިޔާވެރިކަން މާބޮޑު އަދި މާ ނުކިޔަމަންތެރި ބަޔަކު ކަމުގައެވެ.

53:53

وَٱلۡمُؤۡتَفِكَةَ أَهۡوَىٰ ﴿53﴾

Transliteration: Waalmutafikata ahwa

Translation: އަދި مؤتفكة މީހުން - އެބަހީ لوط قوم ގެ މީހުން ވެސް ހަމަ ހަލާކު ކުރެއްވީ އެކަލާނގެ އެވެ. އެ قوم މަތީން ތިރިޔަށް ވައްޓަވާލެއްވީއެވެ.

53:54

فَغَشَّىٰهَا مَا غَشَّىٰ ﴿54﴾

Transliteration: Faghashshaha ma ghashsha

Translation: ދެން އެ قوم އެ ނިވައިކުރި އެއްޗެއް ނިވައިކުރީއެވެ. (އެބަހީ އެ قوم ގެ މައްޗަށް އައި عذاب އާއި، ހަލާކުގެ ހިލަ ވާރޭއިން އެތަން ވަނީ މުޅީން ނިވައިވެގެންނެވެ.)

53:55

فَبِأَيِّ ءَالَآءِ رَبِّكَ تَتَمَارَىٰ ﴿55﴾

Transliteration: Fabiayyi alai rabbika tatamara

Translation: ފަހެ ކަލޭގެފާނުގެ ربّ ގެ نعمة އާއި، عذاب ގެ ތެރެއިންކަލޭގެފާނު ޝައްކުކުރައްވައި ދޮގުކުރަނީ އަދި ދޮގުކުރެވޭނީ ކޮން އެއްޗެއް ހެއްޔެވެ؟ ޝައްކުކޮށް ދޮގުކުރެވޭނޭ އެއްވެސްކަމެއް ނެތެވެ.)

53:56

هَٰذَا نَذِيرٞ مِّنَ ٱلنُّذُرِ ٱلۡأُولَىٰٓ ﴿56﴾

Transliteration: Hatha natheerun mina alnnuthuri aloola

Translation: މި محمّد ގެފާނަކީ الله ފޮނުއްވި رسول އާއެވެ. އެއީ ހަމަ އިސްވެދިޔަ رسول ބޭކަލުންފަދަ رسول ބޭކަލެކެވެ. އިސްވެދިޔަ ބޭކަލުންވެސް އެބޭކަލުންގެ قوم އަށް إنذار ކުރެއްވިއެވެ. މިކަލޭގެފާނުވެސް މިއީ ހަމަ إنذار ކުރައްވާ نذير އެކެވެ. އެރޮނގުން ތަފާތެއް ނެތެވެ.

53:57

أَزِفَتِ ٱلۡأٓزِفَةُ ﴿57﴾

Transliteration: Azifati alazifatu

Translation: قيامة ވުން ގާތް ވެއްޖެއެވެ.

53:58

لَيۡسَ لَهَا مِن دُونِ ٱللَّهِ كَاشِفَةٌ ﴿58﴾

Transliteration: Laysa laha min dooni Allahi kashifatun

Translation: އަދި الله سبحانه وتعالى މެނުވީ އެ قيامة ވާނޭ وقت އެއް އެނގޭނޭ ހަމަ އެކަކުވެސް ނުވެއެވެ. އެދުވަހާ ބެހޭ އެއްވެސް ކަމެއް ހާމަކޮށްލެވޭނޭ އަދި كشف ކޮށްލެވޭނޭ އެކަކުވެސް ނުވެއެވެ.

53:59

أَفَمِنۡ هَٰذَا ٱلۡحَدِيثِ تَعۡجَبُونَ ﴿59﴾

Transliteration: Afamin hatha alhadeethi taAAjaboona

Translation: އަދި (އޭ مشرك ންނޭވެ!) ކަލޭމެން عجائب ވޭވެފައި މަލާމާތުގެ ގޮތުން ހީހީފައި ތިޔަ އުޅެނީ މި قر آن އާ މެދުގައި ހެއްޔެވެ؟

53:60

وَتَضۡحَكُونَ وَلَا تَبۡكُونَ ﴿60﴾

Transliteration: Watadhakoona wala tabkoona

Translation: އަދި އެ ފޮތުގައި ހުރި ބިރުވެރި خبر ތަކަށް އެއްވެސް ބިރެއްނެތި ރުއިމެއް ނެތި ތިޔަ އުޅެނީ ހެއްޔެވެ؟ އެއީ އެއްގޮތަކަށްވެސް މަލާމާތްކޮށް ހަދާ عجائب ވާންވީ ވާހަކައެއް ނޫނެވެ.

53:61

وَأَنتُمۡ سَٰمِدُونَ ﴿61﴾

Transliteration: Waantum samidoona

Translation: އެއީ ހަމަ ތެދު حقيقى ވާހަކަތަކެވެ. އަދި ކަލޭމެން ތިޔަ ތިބީ އެ ފޮތާމެދު غافل ވެގެންނެވެ. ނުވަތަ ކަލޭމެންގެ ބޮޑާކަމާއި، كبر ވެރިކަމުން ނުބަލާށެވެ.

53:62

فَٱسۡجُدُواْۤ لِلَّهِۤ وَٱعۡبُدُواْ۩ ﴿62﴾

Transliteration: Faosjudoo lillahi waoAAbudoo

Translation: (އޭ مؤمن ންނޭވެ! ކާފަރުންނާއި، مشرك ން އެހެން އުޅުނަސް) ކަލޭމެން ﷲ އަށް سجدة ކުރާށެވެ! އަދި އެކަލާނގެއަށް އަޅުކަން ކުރާށެވެ!

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download