quranm◉

Surah Al-Qiyamah transliteration

◉ ސޫރަ · ∞

75:1

لَآ أُقۡسِمُ بِيَوۡمِ ٱلۡقِيَٰمَةِ ﴿1﴾

Transliteration: La oqsimu biyawmi alqiyamati

Translation: قِيَامة ދުވަސް ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި ވަޙީ ކުރައްވައެވެ.

75:2

وَلَآ أُقۡسِمُ بِٱلنَّفۡسِ ٱللَّوَّامَةِ ﴿2﴾

Transliteration: Wala oqsimu bialnnafsi allawwamati

Translation: އަދި މަލާމާތްކުރާ (ނުވަތަ މަލާމާތް ލިބިގެންވާ) ނަފްސު ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި ވަޙީ ކުރައްވަމެވެ.

75:3

أَيَحۡسَبُ ٱلۡإِنسَٰنُ أَلَّن نَّجۡمَعَ عِظَامَهُۥ ﴿3﴾

Transliteration: Ayahsabu alinsanu allan najmaAAa AAithamahu

Translation: އިންސާނާގެ ކަށިތަށް ތިމަންރަސްކަލާނގެ (ޤިޔާމަތް ދުވަހުން) ޖަމަޢަ ނުކުރައްވާނޭކަމަށް އޭނާ ހީކުރަނީ ހެއްޔެވެ؟ (ނުވަތަ އެކަށިތަށް ޖަމަޢަ ކުރަން ތިމަންރަސްކަލާނގެއަށް ކުޅަދާނަ ވެގެން ނުވާނޭ ކަމަށް އޭނާ ހީކުރަނީ ހެއްޔެވެ؟)

75:4

بَلَىٰ قَٰدِرِينَ عَلَىٰٓ أَن نُّسَوِّيَ بَنَانَهُۥ ﴿4﴾

Transliteration: Bala qadireena AAala an nusawwiya bananahu

Translation: އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އަދި ކިޔެއްހެއްޔެވެ؟ އޭނާގެ އިނގިލިތައް ޖަމަލާއި ޙިމާރުގެ މޮށްގަނޑު ފަދައިން އިނގިލިތައް ވަކިނުވާގޮތަށް އެކަތިގަނޑަކަށް ހައްދަވައިލުމަށްވެސް ތިމަންރަސްކަލާނގެއަށް ކުޅަދާނަވެގެންވެއެވެ. (އަދި އެހެން ހެއްދެވިނަމަ އިނގިލިތަކުން ކުރާ ކުދިކަވިމަސައްކަތްތައް ނުކުރެވުނީހެވެ.) އަދިކިއެއްތޯއެވެ؟ އޭނާގެ އިނގިލިތަކުގެ ކޮޅުތައްވެސް ބަރާބަރުކޮށް ހަމަހަމަކޮށްލުމަށްވެސް ކުޅަދުންވަންތަވެވޮޑިގެންވަމެވެ. ފަހެ އިސްވެދިޔައެއްވެސް މިސާލަކާއިނުލައި އެހާފުރިހަމަކޮށް އެހާރީތިކޮށް އިނގިލިތައްވެސް ހެއްދެވި ﷲ އަށް ދެވަނަފަހަރު އެކަށިކޮޅުތައް އަނބުރާ އިޢާދަ ކުރެއްވުން ދަތި ނުވާނޭކަން ސަލާމަތުންހުރި ކޮންމެ ބުއްދިއަކަށް އެނގޭނެއެވެ.

75:5

بَلۡ يُرِيدُ ٱلۡإِنسَٰنُ لِيَفۡجُرَ أَمَامَهُۥ ﴿5﴾

Transliteration: Bal yureedu alinsanu liyafjura amamahu

Translation: އަދިކިއެއްތޯއެވެ؟ އިންސާނާއެދެނީ އޭނާގެ ޢުމުރުގައި ބާކީއޮތްތާގައިވެސް ފާފަކުރުމަށެވެ. ތައުބާވުން ލަސްކުރުމަށެވެ.

75:6

يَسۡـَٔلُ أَيَّانَ يَوۡمُ ٱلۡقِيَٰمَةِ ﴿6﴾

Transliteration: Yasalu ayyana yawmu alqiyamati

Translation: އަދިމަލާމާތުގެގޮތުން އޭނާއަހައި ސުވާލުކުރެއެވެ. ޤިޔާމަތްދުވަސްދެން އަންނާނީ ކޮންއިރަކުން ހެއްޔެވެ؟ (މިސުވާލުގެ ޖަވާބު އެކަލާނގެ ދެއްވަނީ މިފަދައިންނެވެ.)

75:7

فَإِذَا بَرِقَ ٱلۡبَصَرُ ﴿7﴾

Transliteration: Faitha bariqa albasaru

Translation: އެއީ ސިހިގެންގޮސް ކަންބޮޑުވެ ލޯތައް ޙައިރާން ވެއްޖެއްޔާއެވެ.

75:8

وَخَسَفَ ٱلۡقَمَرُ ﴿8﴾

Transliteration: Wakhasafa alqamaru

Translation: އަދި ހަނދުގެ އަލިކަންގޮސް ކޭތަހިފައިފިއްޔާއެވެ.

75:9

وَجُمِعَ ٱلشَّمۡسُ وَٱلۡقَمَرُ ﴿9﴾

Transliteration: WajumiAAa alshshamsu waalqamaru

Translation: އަދި އިރާއި ހަނދު އެއްވެ ޖަމާވެއްޖެއްޔާއެވެ.

75:10

يَقُولُ ٱلۡإِنسَٰنُ يَوۡمَئِذٍ أَيۡنَ ٱلۡمَفَرُّ ﴿10﴾

Transliteration: Yaqoolu alinsanu yawmaithin ayna almafarru

Translation: އަދި އިންސާނާ އެދުވަހުންބުނާނެއެވެ. ސަލާމަތްވާން ފިލަންދާނެ ތަނަކީ ކޮބައިބާވައެވެ؟ (ދަންނައެވެ. މިއީ ހައްތާވެސް ޤިޔާމަތްވާވަޤުތު ހާމަވާނެ އެކިއެކި ކަންކަމެވެ.)

75:11

كَلَّا لَا وَزَرَ ﴿11﴾

Transliteration: Kalla la wazara

Translation: އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އެދުވަހުން އޭނާ ސަލާމަތްވާންދާނެ އެއްވެސްއެހެންތަނެއްނުވާވާނެއެވެ.

75:12

إِلَىٰ رَبِّكَ يَوۡمَئِذٍ ٱلۡمُسۡتَقَرُّ ﴿12﴾

Transliteration: Ila rabbika yawmaithin almustaqarru

Translation: ހަމައެކަނި ޤަރާރުވެ ހަމަޖެހޭނެތަނަކީ ކަލޭގެފާނުންގެ رَبُّ ގެ حَضْرَة އެވެ. އެހެންތަނެއް އެދުވަހަކުންނުވެއެވެ.

75:13

يُنَبَّؤُاْ ٱلۡإِنسَٰنُ يَوۡمَئِذِۭ بِمَا قَدَّمَ وَأَخَّرَ ﴿13﴾

Transliteration: Yunabbao alinsanu yawmaithin bima qaddama waakhkhara

Translation: އަދި އެދުވަހުން އެއިންސާނާއަށް އޭނާ އިސްކުރި ކަމަކާއި ފަސްކުރި ކަމެއްގެ خبر އެންގޭނެއެވެ. އޭނާ ކުރި ހެޔޮ ކަމަކާއި އަދި ކުރި ނުބައި ކަމެއް ސާފުކޮށް އެންގެވޭނެއެވެ.

75:14

بَلِ ٱلۡإِنسَٰنُ عَلَىٰ نَفۡسِهِۦ بَصِيرَةٞ ﴿14﴾

Transliteration: Bali alinsanu AAala nafsihi baseeratun

Translation: އަދި ކިއެއްހެއްޔެވެ؟ خُود އިންސާނާއީ އޭނާގެ نفس ގެމައްޗަށްވާ ދަލީލެކެވެ. ހެކިދޭނޭހެކިވެރިއެކެވެ. (އެބަހީ އިންސާނާގެ ހަށިގަނޑުގެ ގުނަވަންތައް އެދުވަހުން އޭނާ إقرار ވިޔަސް އަދި ނުވަތަ ނުވިޔަސް ހުރިހާ ކަމަކަށް ސާފުކޮށް ހެކިދޭނެއެވެ.)

75:15

وَلَوۡ أَلۡقَىٰ مَعَاذِيرَهُۥ ﴿15﴾

Transliteration: Walaw alqa maAAatheerahu

Translation: އަދި (އެކަމާމެދު) އޭނާ ކިތައްމެ عذر ދެއްކިނަމަވެސްމެއެވެ. (އެބަހީ އެއިންސާނާ ކިތައްމެ ވަރަކަށް އިންކާރުކޮށް عذر ތައްދެއްކި ނަމަވެސް އޭނާގެ ހަށިގަނޑުގެ ގުނަވަންތައް އޭނާ ކުރި عمل ތަކަށް ހެކިދޭނެއެވެ.)

75:16

لَا تُحَرِّكۡ بِهِۦ لِسَانَكَ لِتَعۡجَلَ بِهِۦٓ ﴿16﴾

Transliteration: La tuharrik bihi lisanaka litaAAjala bihi

Translation: (އޭ رسول الله އެވެ!) ވަޙީ ބާވާތް ލެއްވޭވަޤުތު ހަނދުމަފުޅު ނެތިދާނެކަމަށް (އަވަސް އަވަހަށް ދަސްފުޅުކުރެއްވުމަށް) ކަލޭގެފާނުންގެ ދޫފުޅު ޙަރަކާތް ނުކުރައްވާށެވެ!

75:17

إِنَّ عَلَيۡنَا جَمۡعَهُۥ وَقُرۡءَانَهُۥ ﴿17﴾

Transliteration: Inna AAalayna jamAAahu waquranahu

Translation: ހަމަކަށަވަރުން ކަލޭގެފާނުންގެ ހިތްޕުޅުގައި އެ قُرْآن ޖަމާކޮށްދެއްވުމާއި އަދިކަލޭގެފާނުންގެ ހިތްޕުޅުގައި قُرْآن ސާބިތު ކޮށްދެއްވުމަކީ ތިމަންރަސްކަލާނގެއަށް އޮތްކަމެކެވެ.

75:18

فَإِذَا قَرَأۡنَٰهُ فَٱتَّبِعۡ قُرۡءَانَهُۥ ﴿18﴾

Transliteration: Faitha qaranahu faittabiAA quranahu

Translation: ފަހެ جِبْرِيْل عليه السلام ގެދޫފުޅުން ތިމަންރަސްކަލާނގެ قُرْآن ގެބަސްފުޅު ބާވައިލައްވައިފިއްޔާ ފަހެ އެ قُرْآن އާއި ތަބަޢަ ވެވަޑައިގަންނަވާށެވެ. (އެގޮތަށް ކިޔަވާ ވިދާޅުވާށެވެ.)

75:19

ثُمَّ إِنَّ عَلَيۡنَا بَيَانَهُۥ ﴿19﴾

Transliteration: Thumma inna AAalayna bayanahu

Translation: ދެން އެ قُرْآن شَرَح ކޮށްދެއްވައި تَفْسِيْرُ ކޮށްދެއްވުމަކީ ހަމަ ތިމަންރަސްކަލާނގެއަށް އޮތްކަމެކެވެ.

75:20

كَلَّا بَلۡ تُحِبُّونَ ٱلۡعَاجِلَةَ ﴿20﴾

Transliteration: Kalla bal tuhibboona alAAajilata

Translation: ކަންތައްހުރީ ކަލޭމެން ތިޔަހީކުރާގޮތަކަށްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެން މިއަވަސްވެގެންވާ ދުނިޔެއަށް ލޯބިކުރަނީއެވެ.

75:21

وَتَذَرُونَ ٱلۡأٓخِرَةَ ﴿21﴾

Transliteration: Watatharoona alakhirata

Translation: އަދި ކަލޭމެން آخِرَة ދޫކުރަނީއެވެ.

75:22

وُجُوهٞ يَوۡمَئِذٖ نَّاضِرَةٌ ﴿22﴾

Transliteration: Wujoohun yawmaithin nadiratun

Translation: އަދި އެދުވަހުން ބައެއް މޫނުވާހުށީ އަލިވެ އުޖާލާވެ ތާޒާވެގެންނެވެ. (އެއީ މުއުމިނުންގެ މޫނުތަކެވެ.)

75:23

إِلَىٰ رَبِّهَا نَاظِرَةٞ ﴿23﴾

Transliteration: Ila rabbiha nathiratun

Translation: އަދި އެމޫނުތަކުގެވެރިން ތިބޭނީ އެބައިމީހުންގެ رَبُّ ގެމާތް وَجْهُ ފުޅަށް ބަލަބަލައެވެ.

75:24

وَوُجُوهٞ يَوۡمَئِذِۭ بَاسِرَةٞ ﴿24﴾

Transliteration: Wawujoohun yawmaithin basiratun

Translation: އަދި އެދުވަހުން ބައެއްމޫނުތައް ވާހުށީ ހަޑިވެ ހުތުރުވެގެންނެވެ.

75:25

تَظُنُّ أَن يُفۡعَلَ بِهَا فَاقِرَةٞ ﴿25﴾

Transliteration: Tathunnu an yufAAala biha faqiratun

Translation: އަދި އެމޫނުތަކުގެ ވެރިންނަށް ތިމާމެން ނަރަކައަށް ދާންޖެހޭނެކަން ޔަޤީންވާނެއެވެ. އަދި ބުރިކަށިތައް ބިދޭވަރުގެ ބުރަ އެބަހީ ކެތްނުކުރެވޭފަދަ ކެކުޅުމާ ކުރިމަތިލާންޖެހޭނެކަން އެނގޭނެއެވެ.

75:26

كَلَّآ إِذَا بَلَغَتِ ٱلتَّرَاقِيَ ﴿26﴾

Transliteration: Kalla itha balaghati alttaraqiya

Translation: އެއްގޮތަކަށްވެސް އެކާފަރު އިންސާނާ ހީކުރާގޮތަކަށް ނުވާނެއެވެ. މަރުވުމަށްފަހު مَحْشَرُ އަށްފޮނުވޭނެއެވެ. ޙިސާބު ބެއްލެވޭނެއެވެ. ފުރިހަމަ ޖަޒާދެއްވޭނެއެވެ. ފުރާނަ ނުވަތަ ނަފުސު ލަގޮނޑިވަޅުގެ ކަށިގަނޑާއި ހަމައަށް އަރައްޖެއްޔާއި އެބަހީ މަރަށްތައްޔާރުވެ ފުރާނަ ނުކުންނަން ގާތްވެއްޖެއްޔާ ދެންބުނެވޭނެއެވެ.

75:27

وَقِيلَ مَنۡۜ رَاقٖ ﴿27﴾

Transliteration: Waqeela man raqin

Translation: އެވަގުތު މަރަށް حَاضِرُ ވިމީހާގެ ކައިރީގައި ތިބިމީހުންކުރެ މީހަކުބުނާނެއެވެ. ފަންޑިތައެއްހަދާނީ ކާކުބާވައެވެ؟

75:28

وَظَنَّ أَنَّهُ ٱلۡفِرَاقُ ﴿28﴾

Transliteration: Wathanna annahu alfiraqu

Translation: އަދި އެވަގުތު މަރަށް حَاضِرُ ވިމީހާއަށް ތިމާދެން ދުނިޔެއިން ވަކިވަނީކަން ޔަޤީންވާނެއެވެ.

75:29

وَٱلۡتَفَّتِ ٱلسَّاقُ بِٱلسَّاقِ ﴿29﴾

Transliteration: Wailtaffati alssaqu bialssaqi

Translation: އަދި އޭނާގެ އެއްކަށިމަތި އަނެއްކަށިމަތީ ގައި ކާތާނެއެވެ. ނުވަތަ ދުނިޔޭގެ ޙަޔާތާއި ވަކިވެ آخِرَةُ ގެ އުދަގޫތަކާއި ކުރިމަތި ލައިފާނެއެވެ. ނޯޓު: މިއާޔަތްތަކުގެ މާނަތައް އެތައް ގޮތްގޮތްކަށް ލިޔެވިގެންވެއެވެ. އަޅުގަޑު ލިޔެފައިމިވަނީ އޭގެތެރެއިން އެއްގޮތެވެ.

75:30

إِلَىٰ رَبِّكَ يَوۡمَئِذٍ ٱلۡمَسَاقُ ﴿30﴾

Transliteration: Ila rabbika yawmaithin almasaqu

Translation: (އޭ رَسُولُ الله އެވެ!) قِيَامَة ދުވަހުން ފުރާނަތައް ގެންދެވުންވަނީ ކަލޭގެފާނުންގެ رَبُّ ގެ حَضْرَةُ އަށެވެ.

75:31

فَلَا صَدَّقَ وَلَا صَلَّىٰ ﴿31﴾

Transliteration: Fala saddaqa wala salla

Translation: ފަހެ އޭނާ އެބަހީ -ކާފަރު އިންސާނާ- އީމާނެއްނުވެއެވެ. އަދި އޭނާ ނަމާދެއްނުކުރެއެވެ.

75:32

وَلَٰكِن كَذَّبَ وَتَوَلَّىٰ ﴿32﴾

Transliteration: Walakin kaththaba watawalla

Translation: އަދި ކިއެއްހެއްޔެވެ؟ އޭނާ قُرْآن ދޮގުކުރީއެވެ. އަދި އެނާ އީމާންކަމަށް ފުރަގަސް ދިނީއެވެ.

75:33

ثُمَّ ذَهَبَ إِلَىٰٓ أَهۡلِهِۦ يَتَمَطَّىٰٓ ﴿33﴾

Transliteration: Thumma thahaba ila ahlihi yatamatta

Translation: ދެން އަދި އޭނާ އޭނަގެ އަހުލުވެރިންގެގާތަށް ދިޔައީ ބޮޑާވެ ކިބުރުވެރިވެގެންނެވެ. فَخْرُ ވެރިވެ މަތިހަށިނަގައިގެންވާ ޙާލުގައެވެ. (އޭނާއަށް ބުނެވޭނެއެވެ.)

75:34

أَوۡلَىٰ لَكَ فَأَوۡلَىٰ ﴿34﴾

Transliteration: Awla laka faawla

Translation: ކަލެއަށް ހަލާކު ހުއްޓެވެ. ފަހެ ހަލާކު ހުއްޓެވެ.

75:35

ثُمَّ أَوۡلَىٰ لَكَ فَأَوۡلَىٰٓ ﴿35﴾

Transliteration: Thumma awla laka faawla

Translation: ދެންވެސް ކަލެއަށް ހަލާކު ހުއްޓެވެ. ފަހެ ހަލާކު ހުއްޓެވެ.

75:36

أَيَحۡسَبُ ٱلۡإِنسَٰنُ أَن يُتۡرَكَ سُدًى ﴿36﴾

Transliteration: Ayahsabu alinsanu an yutraka sudan

Translation: އަދިއެއިންސާނާ ހީކުރަނީ (އޭނާއަށް އެއްވެސް އަމުރެއްނުވެވި ނަހީއެއްނުވެވި ހިސާބެއްނުބެލެވި އަދި ޖަޒާއެއްވެސް ނުދެވި) ހަމަސޮކަށް އޭނާ ދޫކޮށްލެވިފައިވަނީ ކަމަށް ހެއްޔެވެ؟ (އެހެންނުވާނެއެވެ. ހިސާބުބެއްލެވޭނެއެވެ. ޖަޒާވެސް ދެއްވޭނެއެވެ.) ދަންނައެވެ. މިއާޔަތްތަކުގައި ސިފަވެގެންމިދާމީހަކީ أَبُو جَهْل ކަމުގައި تَفْسِيْرُ عِلم ގެ أَهْلُ ވެރިންކުރެ ބައެއްބޭކަލުން ވިދާޅުވެފައިވެއެވެ. ނުވަތައެއީ އެބާވަތުގެ ކޮންމެމީހެކެވެ.

75:37

أَلَمۡ يَكُ نُطۡفَةٗ مِّن مَّنِيّٖ يُمۡنَىٰ ﴿37﴾

Transliteration: Alam yaku nutfatan min manayyin yumna

Translation: އޭނާ އެއީ އޮހިގެންއައި نُطْفَة އެއްކަމުގައި ނުވޭހެއްޔެވެ؟

75:38

ثُمَّ كَانَ عَلَقَةٗ فَخَلَقَ فَسَوَّىٰ ﴿38﴾

Transliteration: Thumma kana AAalaqatan fakhalaqa fasawwa

Translation: ދެން އޭނާވީ ގަނޑުލެއިކޮޅެއްކަމުގައެވެ. ދެން އެކަލާނގެ އޭނާ ހައްދަވައި ފުރިހަމަކުރެއްވިއެވެ.

75:39

فَجَعَلَ مِنۡهُ ٱلزَّوۡجَيۡنِ ٱلذَّكَرَ وَٱلۡأُنثَىٰٓ ﴿39﴾

Transliteration: FajaAAala minhu alzzawjayni alththakara waalontha

Translation: އަދި އެއިންސާނާގެ ކިބައިން ފިރިހެން އަންހެންޖޯޑު އެކަލާނގެ ލެއްވިއެވެ.

75:40

أَلَيۡسَ ذَٰلِكَ بِقَٰدِرٍ عَلَىٰٓ أَن يُحۡـِۧيَ ٱلۡمَوۡتَىٰ ﴿40﴾

Transliteration: Alaysa thalika biqadirin AAala an yuhyiya almawta

Translation: މިއެންމެހައި ކަންތައްތައްމިހާފުރިހަމަކޮށް ހައްދަވާ މަތިވެރި ﷲ އަށް މީސްތަކުންނާއި އަދި މަރުވެގޮސްފައިވާތަކެތި އަލުންހެއްދެވުމަށް ކުޅަދުންވަންތަވެވޮޑިގެންވާކަލަކު ކަމުގައި ނުވާނޭހެއްޔެވެ؟؟؟ (ވާނެކަން ކަށަވަރެވެ.)

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download