78:1عَمَّ يَتَسَآءَلُونَ ﴿1﴾عَمَّ يَتَسَآءَلُونَ
Transliteration: AAamma yatasaaloona
Translation: • ދަންނައެވެ! مُحَمَّدٌ صلّى الله عَلَيْهِ وَسَلَّمَ ނަބީކަމާއިގެން ފޮނުއްވައި އެކަލޭގެފާނު ﷲ ގެ އެއްކައުވަންތަ ކަމާއި ޤިޔާމަތް ދުވަހުގެ ވާހަކައާއި ޤުރްއާން ކިޔަވައި ވިދާޅުވުމާއި ގުޅިގެން އޭރު ތިބި މައްކާގެ މުޝްރިކުން އެއްބަޔަކު އަނެއްބަޔަކާ ސުވާލު ކުރަން ފެށިއެވެ. އެމީހުން ބުނެއެވެ. مُحَمَّد ގެ ފާނަށްވީ ކީއްހެއްޔެވެ؟ އެކަލޭގެފާނު އެ ގެންންނެވީ ކޮންއެއްޗެއް ހެއްޔެވެ؟ އެ ދައްކަވަނީ ކޮން ވާހަކައެއް ހެއްޔެވެ؟ މިބާވަތުގެ ސުވާލު ތަކުގެ ޖަވާބަކަށް މިސޫރަތް ބާވައި ލެއްވިކަމަށް މުފައްސިރުން ވިދާޅު ވިއެވެ. وَ الله أَعْلَم = ذبدة التفسير =\n އެމީހުން އެބަހީ (މުޝްރިކުން) އެއްބަޔަކު އަނެއް ބަޔަކާ ސުވާލުކޮށް އެހަދަނީ ކޮންކަމެއްގެ ވާހަކައިން ހެއްޔެވެ؟
78:2عَنِ ٱلنَّبَإِ ٱلۡعَظِيمِ ﴿2﴾عَنِ ٱلنَّبَإِ ٱلۡعَظِيمِ
Transliteration: AAani alnnabai alAAatheemi
Translation: ،(3) (ﷲ އެ ސުވާލަށް ޖަވާބު ދެއްވަނީއެވެ.) އެއީއެމީހުން އެކަމަކާއިގެން ދެބަސްވޭވޭ އެތިބޭ ބޮޑު خَبَر ގެ ވާހަކައިންނެވެ. (އެ خَبَر އަކީ قِيَامَة ދުވަހުގެ خَبَر ކަމާއި އަދި قُرْآن ގެخَبَرކަމާއި މިކަންކަމާއިމެދު مُفَسِّرُ ންގެބަސް ތަފާތެވެ. އާޔަތުގެ سِيَاقُ އަށްބަލާއިރު ބޮޑަށްގާތީ قِيَامَة ދުވަހުގެވާކަ ކަމަށެވެ. وَاللهُ أعْلَم.
78:3ٱلَّذِي هُمۡ فِيهِ مُخۡتَلِفُونَ ﴿3﴾ٱلَّذِي هُمۡ فِيهِ مُخۡتَلِفُونَ
Transliteration: Allathee hum feehi mukhtalifoona
Translation: ،(3) (ﷲ އެ ސުވާލަށް ޖަވާބު ދެއްވަނީއެވެ.) އެއީއެމީހުން އެކަމަކާއިގެން ދެބަސްވޭވޭ އެތިބޭ ބޮޑު خَبَر ގެ ވާހަކައިންނެވެ. (އެ خَبَر އަކީ قِيَامَة ދުވަހުގެ خَبَر ކަމާއި އަދި قُرْآن ގެخَبَرކަމާއި މިކަންކަމާއިމެދު مُفَسِّرُ ންގެބަސް ތަފާތެވެ. އާޔަތުގެ سِيَاقُ އަށްބަލާއިރު ބޮޑަށްގާތީ قِيَامَة ދުވަހުގެވާކަ ކަމަށެވެ. وَاللهُ أعْلَم.
78:4كَلَّا سَيَعۡلَمُونَ ﴿4﴾كَلَّا سَيَعۡلَمُونَ
Transliteration: Kalla sayaAAlamoona
Translation: އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. (ނޭނގިނުހުންނާނެއެވެ.) ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ.
78:5ثُمَّ كَلَّا سَيَعۡلَمُونَ ﴿5﴾ثُمَّ كَلَّا سَيَعۡلَمُونَ
Transliteration: Thumma kalla sayaAAlamoona
Translation: ދެން އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. ނިކަންހުރެ އެމީހުންނަށްއެކަން އެނގިދާނެއެވެ.
78:6أَلَمۡ نَجۡعَلِ ٱلۡأَرۡضَ مِهَٰدٗا ﴿6﴾أَلَمۡ نَجۡعَلِ ٱلۡأَرۡضَ مِهَٰدٗا
Transliteration: Alam najAAali alarda mihadan
Translation: ތިމަންރަސްކަލާނގެ ބިންގަނޑު ތަންމައްޗެއްކަމުގައި ނުލައްވަންހެއްޔެވެ؟ އެބަހީ ލެއްވީމެވެ. (އެއީ خَلْقُ ތަކުންއޭގެމަތީ އުޅެވޭތަނެއްގެ ގޮތުގައި ލެއްވި ވާހަކައެވެ.)
78:7وَٱلۡجِبَالَ أَوۡتَادٗا ﴿7﴾وَٱلۡجِبَالَ أَوۡتَادٗا
Transliteration: Waaljibala awtadan
Translation: (އަދި ދުނިޔެ ހެލިޙަރަކާތް ނުކުރެވޭނޭގޮތުން) ފަރުބަދަތައް ހަރުނުކުރައްވަންހެއްޔެވެ؟ އެބަހީ ހަރުކުރެއްވީމެވެ.
78:8وَخَلَقۡنَٰكُمۡ أَزۡوَٰجٗا ﴿8﴾وَخَلَقۡنَٰكُمۡ أَزۡوَٰجٗا
Transliteration: Wakhalaqnakum azwajan
Translation: އަދި ތިމަންރަސްކަލާނގެ ކަލޭމެން ޖޯޑު ޖޯޑަށް ހެއްދެވީމެވެ.
78:9وَجَعَلۡنَا نَوۡمَكُمۡ سُبَاتٗا ﴿9﴾وَجَعَلۡنَا نَوۡمَكُمۡ سُبَاتٗا
Transliteration: WajaAAalna nawmakum subatan
Translation: އަދި ކަލޭމެންނަށް އަރާމެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭމެންނަށް ނިދިލެއްވީމެވެ.
78:10وَجَعَلۡنَا ٱلَّيۡلَ لِبَاسٗا ﴿10﴾وَجَعَلۡنَا ٱلَّيۡلَ لِبَاسٗا
Transliteration: WajaAAalna allayla libasan
Translation: އަދި ކަލޭމެން ފޭރާމުން ނިވައިވާފަދައިން ނިވައިވާ އެއްޗެއްކަމުގައި ތިމަންރަސްކަލާނގެ ރޭގަޑު ލެއްވީމެވެ.
78:11وَجَعَلۡنَا ٱلنَّهَارَ مَعَاشٗا ﴿11﴾وَجَعَلۡنَا ٱلنَّهَارَ مَعَاشٗا
Transliteration: WajaAAalna alnnahara maAAashan
Translation: އަދި ދުވާލަކީ ދިރިއުޅުމުގެ މަސައްކަތްކުރާ ވަގުތެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.
78:12وَبَنَيۡنَا فَوۡقَكُمۡ سَبۡعٗا شِدَادٗا ﴿12﴾وَبَنَيۡنَا فَوۡقَكُمۡ سَبۡعٗا شِدَادٗا
Transliteration: Wabanayna fawqakum sabAAan shidadan
Translation: އަދި ކަލޭމެންގެމަތީގައި ގަދަފަދަވެގެންވާ ހަތްއުޑު ތިމަންރަސްކަލާނގެ ހެއްދެވީމެވެ.
78:13وَجَعَلۡنَا سِرَاجٗا وَهَّاجٗا ﴿13﴾وَجَعَلۡنَا سِرَاجٗا وَهَّاجٗا
Transliteration: WajaAAalna sirajan wahhajan
Translation: އަދި މުޅިދުނިޔޭގެ نِظَاَم ފުރިހަމައަށްދެމިހުންނާނޭގޮތުން އަލިކޮށް ހޫނުކޮށްދޭ އެއްޗެއްކަމުގައި ތިމަންރަސްކަލާނގެ އިރުލެއްވީމެވެ. • ދަންނައެވެ. މިފަދަ ކަންތައްތައް މިހާމޮޅަށް ހައްދަވައި ތަރުތީބުކުރައްވައި މިފުރިހަމަ نِظَاَم ގެމަތިން ހިންގަވާ ކަލަކަށް މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި مَحْشَرُ ކުރައްވައި ޢަމަލުތަކަށް ޖަޒާދެއްވުން އުދަގޫވެ ވޮޑިގަންނަވާނެހެއްޔެވެ؟ އުދަގޫވެ ވޮޑިނުގަންނަވާނެކަން ކަށަވަރެވެ.
78:14وَأَنزَلۡنَا مِنَ ٱلۡمُعۡصِرَٰتِ مَآءٗ ثَجَّاجٗا ﴿14﴾وَأَنزَلۡنَا مِنَ ٱلۡمُعۡصِرَٰتِ مَآءٗ ثَجَّاجٗا
Transliteration: Waanzalna mina almuAAsirati maan thajjajan
Translation: އަދި ފެންތައްފެލައިލާ ވިލާގަޑުން ބޯކޮށްވެހިގަންނަ ވާރޭފެން ތިމަން ރަސްކަލާނގެ ވެއްސެވީމެވެ.
78:15لِّنُخۡرِجَ بِهِۦ حَبّٗا وَنَبَاتٗا ﴿15﴾لِّنُخۡرِجَ بِهِۦ حَبّٗا وَنَبَاتٗا
Transliteration: Linukhrija bihi habban wanabatan
Translation: އެއީ އެފެނުގެ ސަބަބުން އޮށްޓަރާއި ފަތްޕިލާވެލި ތިމަންރަސްކަލާނގެ ނެރުއްވުމައްޓަކައެވެ. (އެއީ އިންސާނުންނާއި ޖަނަވާރުންގެ ކާނާއެއްގެ ގޮތުންނެވެ.)
78:16وَجَنَّـٰتٍ أَلۡفَافًا ﴿16﴾وَجَنَّـٰتٍ أَلۡفَافًا
Transliteration: Wajannatin alfafan
Translation: އަދި ގޮތްގޮތަށް ގެތިފައިވާ ފަތްތައްބޯ ބަގީޗާތައް ތިމަންރަސްކަލާނގެ ނެރުއްވުމަށްޓަކައެވެ. (މިފަދަހުރިހާކަމެއް މިހާފުރިހަމަކޮށް ހިންގަވާފަރާތަކަށް ދެވަނަ ފަހަރަށް خَلْقُ ތަކުން ދިރުއްވައި مَحْشَرُ ކުރެއްވުން އުދަގޫވާނީ ކޮންފަދައަކުންތޯއެވެ؟ ނުވާނެކަން ކަށަވަރެވެ.)
78:17إِنَّ يَوۡمَ ٱلۡفَصۡلِ كَانَ مِيقَٰتٗا ﴿17﴾إِنَّ يَوۡمَ ٱلۡفَصۡلِ كَانَ مِيقَٰتٗا
Transliteration: Inna yawma alfasli kana meeqatan
Translation: ހަމަކަށަވަރުން خَلْقُ ތަކުންގެ މެދުގައި ހިސާބުބައްލަވާ فَيْصِلَة ކުރައްވާދުވަސް ވަނީ ވަގުތު ކަނޑައެޅިގެންވާ ދުވަހެއްކަމުގައެވެ. (އެވަގުތުޖެހުމުން އިސްފަސްނުވެ އެކަންކަން ހިގާނެއެވެ.)
78:18يَوۡمَ يُنفَخُ فِي ٱلصُّورِ فَتَأۡتُونَ أَفۡوَاجٗا ﴿18﴾يَوۡمَ يُنفَخُ فِي ٱلصُّورِ فَتَأۡتُونَ أَفۡوَاجٗا
Transliteration: Yawma yunfakhu fee alssoori fatatoona afwajan
Translation: އެދުވަހަކީ ތާޅަފިލި ފުމެލެވޭދުވަހެވެ. އެދުވަހުން مَحْشَرُ ގެ މައިދާނަށް ބައިބަޔަށް އަދި ޖަމާޢަތް ޖަމާޢަތަށް ކަލޭމެން އެއްވެ ޖަމާވާހުއްޓެވެ.
78:19وَفُتِحَتِ ٱلسَّمَآءُ فَكَانَتۡ أَبۡوَٰبٗا ﴿19﴾وَفُتِحَتِ ٱلسَّمَآءُ فَكَانَتۡ أَبۡوَٰبٗا
Transliteration: Wafutihati alssamao fakanat abwaban
Translation: އަދި އެދުވަހުން މަލާއިކަތްބޭކަލުން ފައިބާވަޑައިގަތުމަށް އުޑުހުޅުވި އެ އުޑު ދޮރުތަކަކަށް ވެދާނެއެވެ.
78:20وَسُيِّرَتِ ٱلۡجِبَالُ فَكَانَتۡ سَرَابًا ﴿20﴾وَسُيِّرَتِ ٱلۡجِبَالُ فَكَانَتۡ سَرَابًا
Transliteration: Wasuyyirati aljibalu fakanat saraban
Translation: އަދި ފަރުބަދަތައް ހުރިތަނުންލުހެވި ކުދިކުދިވެ ވަޔަށް ބުރައިގެން ހިނގައިދާނެއެވެ. އަދި އެތަކެތި ކުރީއްސުރެ އެތާނެތްފަދައިންވެ މުޅިން އަވާމެންދުރެއްފަދައިން ވެދާނެއެވެ.
78:21إِنَّ جَهَنَّمَ كَانَتۡ مِرۡصَادٗا ﴿21﴾إِنَّ جَهَنَّمَ كَانَتۡ مِرۡصَادٗا
Transliteration: Inna jahannama kanat mirsadan
Translation: ހަމަކަށަވަރުން އެދުވަހުން ނަރަކަ އޮންނާނީ އިންތިޒާރުކޮށްކޮށް ބަލަބަލައެވެ.
78:22لِّلطَّـٰغِينَ مَـَٔابٗا ﴿22﴾لِّلطَّـٰغِينَ مَـَٔابٗا
Transliteration: Lilttagheena maaban
Translation: އެއީ ނުބަކަމުގައި ހައްދުފަހަނައަޅައިގެން ދިޔަމީހުންގެ ޖާގައެއްގެގޮތުން ބަލަބަލައެވެ.
78:23لَّـٰبِثِينَ فِيهَآ أَحۡقَابٗا ﴿23﴾لَّـٰبِثِينَ فِيهَآ أَحۡقَابٗا
Transliteration: Labitheena feeha ahqaban
Translation: އެމީހުން އެނަރަކައިގާ އެތައްޒަމާންތަކަކުތިބޭނެއެވެ. މަރެއްވެސްނުވާނެއެވެ.
78:24لَّا يَذُوقُونَ فِيهَا بَرۡدٗا وَلَا شَرَابًا ﴿24﴾لَّا يَذُوقُونَ فِيهَا بَرۡدٗا وَلَا شَرَابًا
Transliteration: La yathooqoona feeha bardan wala sharaban
Translation: އެމީހުންނަށް އެތާއެއްވެސް އަރާމެއް އަދިފިނިކަމެއް ނުވާނެއެވެ. އަދިއެއްވެސްބާވަތެއްގެ ބުއިމެއްވެސް ނުލިބޭނެއެވެ.
78:25إِلَّا حَمِيمٗا وَغَسَّاقٗا ﴿25﴾إِلَّا حَمِيمٗا وَغَسَّاقٗا
Transliteration: Illa hameeman waghassaqan
Translation: ލިބޭނެބުއިމަކީ އޭގެހޫނުކަން ނިހާޔަތަށްގޮސްފައިވާ حَمِيْمُ ކިޔާހޫނުފެނާއި غَسَّاقُ އެވެކިޔާ ދިއެކެވެ. އެއީ ނަރަކަވަންތަވެރިންގެ ގައިންއޮހިގެންއަންނަ ދިޔަވަރުބޮނޑިއެވެ.
78:26جَزَآءٗ وِفَاقًا ﴿26﴾جَزَآءٗ وِفَاقًا
Transliteration: Jazaan wifaqan
Translation: އެއީ އެމީހުން (ދުނިޔޭގައި ތިބެގެންކުރި ނުބައިޢަމަލު ތަކުގެ) ފުރިހަމަޖަޒާއެއްގެ ގޮތުންނެވެ.
78:27إِنَّهُمۡ كَانُواْ لَا يَرۡجُونَ حِسَابٗا ﴿27﴾إِنَّهُمۡ كَانُواْ لَا يَرۡجُونَ حِسَابٗا
Transliteration: Innahum kanoo la yarjoona hisaban
Translation: ހަމަކަށަވަރުން އެމީހުންވީ ދުނިޔޭގައި އުޅުނުއިރު قيامة ދުވަހުން ހިސާބު ބެއްލެވުމާއިމެދު ބިރުނުގަންނަބަޔަކު ކަމުގައެވެ. އެކަމަށްނޭދޭ ބަޔަކުކަމުގައެވެ.
78:28وَكَذَّبُواْ بِـَٔايَٰتِنَا كِذَّابٗا ﴿28﴾وَكَذَّبُواْ بِـَٔايَٰتِنَا كِذَّابٗا
Transliteration: Wakaththaboo biayatina kiththaban
Translation: އަދިއެމީހުންވީ ތިމަންރަސްކަލާނގެ އާޔަތްތައް ކަނޑައެޅިގެން ދޮގުކުރިބަޔަކު ކަމުގައެވެ.
78:29وَكُلَّ شَيۡءٍ أَحۡصَيۡنَٰهُ كِتَٰبٗا ﴿29﴾وَكُلَّ شَيۡءٍ أَحۡصَيۡنَٰهُ كِتَٰبٗا
Transliteration: Wakulla shayin ahsaynahu kitaban
Translation: އަދި ކޮންމެކަމެއް އަދި ކޮންމެއެއްޗެއް ތިމަންރަސްކަލާނގެ އެއެއްޗެއް ލިއުއްވައިހިމަނުއްވަމެވެ. (އެއީ އެކަލާނގެ އަޒަލުގެ ދެނެވޮޑިގަތުމުގައިވާގޮތަށެވެ.)
78:30فَذُوقُواْ فَلَن نَّزِيدَكُمۡ إِلَّا عَذَابًا ﴿30﴾فَذُوقُواْ فَلَن نَّزِيدَكُمۡ إِلَّا عَذَابًا
Transliteration: Fathooqoo falan nazeedakum illa AAathaban
Translation: އަދި ނަރަކަވަންތަވެރިންނަށް قيامة ދުވަނުހް ނަރަކައިގެ عذاب ލިބެމުންދާހިދު އެމީހުންނަށް އެންގޭނެއެވެ. ކަލޭމެން عذاب ގެރަހަލިބިގަންނާށެވެ. عذاب ގެމައްޗަށް عذاب މެނުވީ ކަލޭމެނަށް ތިމަންރަސްކަލާނގެ އިތުރު ނުކުރައްވާހުށީމެވެ.
78:31إِنَّ لِلۡمُتَّقِينَ مَفَازًا ﴿31﴾إِنَّ لِلۡمُتَّقِينَ مَفَازًا
Transliteration: Inna lilmuttaqeena mafazan
Translation: ހަމަކަށަވަރުން تَقوَى ވެރިންނަށް އެދެވޭ ނަސީބާއި ކާމިޔާބު ވެއެވެ.
78:32حَدَآئِقَ وَأَعۡنَٰبٗا ﴿32﴾حَدَآئِقَ وَأَعۡنَٰبٗا
Transliteration: Hadaiqa waaAAnaban
Translation: އެއީ ބަގީޗާ ތަކާއި އަދި މޭބިސް ކަދުރެވެ. (ސުވަރުގެ ތަކާއި އެތަންތާގެ ޢަދަދު ނުކުރެވޭ ނިޢްމަތެވެ.)
78:33وَكَوَاعِبَ أَتۡرَابٗا ﴿33﴾وَكَوَاعِبَ أَتۡرَابٗا
Transliteration: WakawaAAiba atraban
Translation: އަދި ރީތި ވަރަށް އުރަމަތި އުފުލިފައިވާ އެއް ޢުމުރެއްގެ ރީތި އަންހެން ކުދިންނެވެ.
78:34وَكَأۡسٗا دِهَاقٗا ﴿34﴾وَكَأۡسٗا دِهَاقٗا
Transliteration: Wakasan dihaqan
Translation: އަދި ފުރިފައިވާ ރަލުގެ ތަށިތަކެވެ. (ނުވަތަ ވިދިވިދިގެން އަންނަ ރާތަށިތަކެވެ.)
78:35لَّا يَسۡمَعُونَ فِيهَا لَغۡوٗا وَلَا كِذَّـٰبٗا ﴿35﴾لَّا يَسۡمَعُونَ فِيهَا لَغۡوٗا وَلَا كِذَّـٰبٗا
Transliteration: La yasmaAAoona feeha laghwan wala kiththaban
Translation: އެމީހުން އެސުވަރުގޭގައި ތިބޭއިރު އެވެސް بَاطِل ވާހަކައެއް ނާހާނެއެވެ. އަދިއެއްވެސް ދޮގެއްވިޔަސް ނުއަހާނެއެވެ.
78:36جَزَآءٗ مِّن رَّبِّكَ عَطَآءً حِسَابٗا ﴿36﴾جَزَآءٗ مِّن رَّبِّكَ عَطَآءً حِسَابٗا
Transliteration: Jazaan min rabbika AAataan hisaban
Translation: (އޭ رَسُول الله އެވެ!) އެއީ ކަލޭގެ ފާނުންގެ رَبُّ ގެ حَضْرَةُ ން އެމީހުންނަށް ދެއްވާ ދަރުމައެއްގެ ގޮތުން ދެއްވާ ދެއްވުމެކެވެ. ފުދޭވަރު ހަދިޔާއެއްގެ ގޮތުން ދެއްވާ ޢިނާމެކެވެ.
78:37رَّبِّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا ٱلرَّحۡمَٰنِۖ لَا يَمۡلِكُونَ مِنۡهُ خِطَابٗا ﴿37﴾رَّبِّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا ٱلرَّحۡمَٰنِۖ لَا يَمۡلِكُونَ مِنۡهُ خِطَابٗا
Transliteration: Rabbi alssamawati waalardi wama baynahuma alrrahmani la yamlikoona minhu khitaban
Translation: އެކަލާނގެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެތީގެ رَبُّ އެވެ. އެއީ އެންމެހައި ޚަލްޤު ތަކުންނަށް އެކަލާނގެ ރަޙްމަތް ޢާއްމުވެގެންވާ رَحْمَن ވަންތަ ކަލާނގެއެވެ. (އެކަލާނގެ އިޒުނަފުޅު ނެތިސް) އެކަލާނގެއަށް ބަސްފުޅެއް ދަންނަވައި ވާހަކައެއް ދެއްކެވުމުގެ ހުއްދައެއް ހަމަ އެކަކަށްވެސް އެދުވަހުން މިލްކުވެގެން ނުވެއެވެ.
78:38يَوۡمَ يَقُومُ ٱلرُّوحُ وَٱلۡمَلَـٰٓئِكَةُ صَفّٗاۖ لَّا يَتَكَلَّمُونَ إِلَّا مَنۡ أَذِنَ لَهُ ٱلرَّحۡمَٰنُ وَقَالَ صَوَابٗا ﴿38﴾يَوۡمَ يَقُومُ ٱلرُّوحُ وَٱلۡمَلَـٰٓئِكَةُ صَفّٗاۖ لَّا يَتَكَلَّمُونَ إِلَّا مَنۡ أَذِنَ لَهُ ٱلرَّحۡمَٰنُ وَقَالَ صَوَابٗا
Transliteration: Yawma yaqoomu alrroohu waalmalaikatu saffan la yatakallamoona illa man athina lahu alrrahmanu waqala sawaban
Translation: އެދުވަހަކީ- އެބަހީ قياَمة ދުވަހަކީ رُوح އާއި މަލާއިކަތް ބޭކަލުން ސަފަކަށް ތެދުވެވަޑައިގަންނަވާނެ ދުވަހެވެ. އެދުވަހުން އެމީހަކު ވާހަކަދެއްކުމަށް، ބަހެއްދެންނެވުމަށް، (އެބަހީ (شَفَاعَة ތެރިވެވަޑައިގަތުމަށް) رَحمن ވަންތަ ކަލާނގެ އިޒުނަ ދެއްވި މީހަކު މެނުވީ އެކަކުވެސް ބަހެއް ބުނެ ވާހަކަދައްކާ ނުހަދާނެއެވެ. އަދި އެ އިޒުނަ ދެއްވޭމީހަކީ އެމީހާ ދުނިޔޭގައި އުޅުނުއިރު ސީދާ ބަސްބުނިމީހަކުކަމުގައިވާނެއެވެ. އެބަހީ تَوحيد އަށް ހެކިވިމީހަކު ކަމުގައި ވާނެއެވެ. (އެނޫން މީހަކަށް شَفَاعَة ތެރިވެވަޑައިގަތުމުގެ އިޒުނަ އެދުވަހުންނޯންނާނެއެވެ.)\nދަންނައެވެ. މިއާޔަތުގައި ބަޔާންވެގެންމިވާ رُوح އަކާއިމެދު مُفَسِّر ންގެ ބަސް ތަފާތުވެގެންވެއެވެ. އެއީ ހައިބަބޮޑު މަލާއިކަތް ބޭކަލަކުކަމުގައި ބުނެވެއެވެ. އަދި އެއީ جِبريل ކަމުގައި ބުނެވެއެވެ. އަދި އެއީ آدم ގެ ދަރިންގެ ފުރާނަތަށް ކަމުގައި ބުނެވެއެވެ. ވީމާ މިވާހަކަ ހަނދާންކޮށްދިނީއެވެ.
78:39ذَٰلِكَ ٱلۡيَوۡمُ ٱلۡحَقُّۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا ﴿39﴾ذَٰلِكَ ٱلۡيَوۡمُ ٱلۡحَقُّۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا
Transliteration: Thalika alyawmu alhaqqu faman shaa ittakhatha ila rabbihi maaban
Translation: އެދުވަހަކީ ޙައްޤު ވެގެންވާ ދުވަހެވެ. ދެންފަހެ އެމީހާގެ رَبُّ ގެ حَضْرَة އަށް ދިއުމަށް އަދި އެކަލާނގެ حَضْرَة ން ރަނގަޅު ޖާގައެއް ހޯދަންއެދޭމީހާ (صالح عمل ކޮށްގެން) އެ މަޤާމު ހޯދާ ހުށިކަމެވެ.
78:40إِنَّآ أَنذَرۡنَٰكُمۡ عَذَابٗا قَرِيبٗا يَوۡمَ يَنظُرُ ٱلۡمَرۡءُ مَا قَدَّمَتۡ يَدَاهُ وَيَقُولُ ٱلۡكَافِرُ يَٰلَيۡتَنِي كُنتُ تُرَٰبَۢا ﴿40﴾إِنَّآ أَنذَرۡنَٰكُمۡ عَذَابٗا قَرِيبٗا يَوۡمَ يَنظُرُ ٱلۡمَرۡءُ مَا قَدَّمَتۡ يَدَاهُ وَيَقُولُ ٱلۡكَافِرُ يَٰلَيۡتَنِي كُنتُ تُرَٰبَۢا
Transliteration: Inna antharnakum AAathaban qareeban yawma yanthuru almaro ma qaddamat yadahu wayaqoolu alkafiru ya laytanee kuntu turaban
Translation: ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް اِنذار ކޮށް މިބިރުގަންނަވަނީ ދާދިގާތުގައިވާ عذاب އެއްގެ ވާހަކައިންނެވެ. (އެ عذاب ގައި ނުޖެހުމަށްޓަކައެވެ. ކޮންމެ މީހަކުވެސް މަރުވުމުން އެކަން ފެށުނީއެވެ. އެހެންޏާ عذاب އެވެ. އެހެންޏާ އަރާމެވެ.) ފަހެ އެ قياَمة ދުވަހަކީ ކޮންމެ އިންސާނަކަށްވެސް އެމީހާ ދެއަތް އިސްކުރިކަމެއް (އެބަހީ އެމީހާ ކޮށްފައިވާ عملއެއް ހެވަސް ނުބަޔަސް) އެމީހާގެ ކުރިމަށްޗަށް އަންނާނޭދުވަހެވެ. އެ عمل ތަކަށް އޭނާ ބަލާނެއެވެ. އަދި ކާފަރުމީހާ އޭނާއަށް ހުރި عذاب އާއި ނުރައްކާ ބޮޑުކަމުން އޭނާ ބުނާނެއެވެ. އަހުރެން ވެއްޔަށް ވީނަމަ ކިހާރަނގަޅު ހެއްޔެވެ. އަހުރެން ވެއްޔަށް ވާނެނަމައެވެ.\nދަންނައެވެ. قياَمة ދުވަހުން ﷲ تَعالى އެންމެހާ ޖަނަވާރު ތަކެއްގެ މެދުގައިވެސް عدل އަށް ނިޔާކުރައްވައި އެސޮރުމެން ވެއްޔަށް ހައްދަވާނެކަމުގައި ވެއެވެ. އެތަންދެކެފައި ކާފަރު މީހާވެސް ވެއްޔަށް ވާން އެދޭނެކަމުގައި ވެއެވެ. وَاللهُ أعْلَم.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download