quranm◉

Surah Al-Mutaffifin transliteration

◉ ސޫރަ · ∞

83:1

وَيۡلٞ لِّلۡمُطَفِّفِينَ ﴿1﴾

Transliteration: Waylun lilmutaffifeena

Translation: މިނެކިރުމުގައި އުނިކޮށްމަދުކުރާމީހުންނަށް وَيْلُ ހުއްޓެވެ. (وَيْلُ އަކީ ގަދަ عَذَابُ އެވެ. ނުވަތަނަރަކައިގެ ވަކިވާދީ އެކެވެ. އެއީ ނަރަކަވަންތަވެރިންގެ ގައިން ފައިބާ ކުނިދިޔައިގެ ވާދިއެއްކަމަށް ބުނެވެއެވެ.) والله أعلم.

83:2

ٱلَّذِينَ إِذَا ٱكۡتَالُواْ عَلَى ٱلنَّاسِ يَسۡتَوۡفُونَ ﴿2﴾

Transliteration: Allatheena itha iktaloo AAala alnnasi yastawfoona

Translation: އެމީހުންނަކީ އެބަހީ އުނިކުރާމީހުންނަކީ އެމީހުން އެހެންމީހުންގެ އަތުން މިނެގެން ނުވަތަ ކިރައިގެން ގެންނަންޏާ ބަރާބަރަށް ހަމަކުރަން އެދޭމީހުންނެވެ. ހަމަކުރާމީހުންނެވެ.

83:3

وَإِذَا كَالُوهُمۡ أَو وَّزَنُوهُمۡ يُخۡسِرُونَ ﴿3﴾

Transliteration: Waitha kaloohum aw wazanoohum yukhsiroona

Translation: އަދި އެމީހުން އެހެންމިހުންނަށް މިނެދީ ކިރައިދީ ހަދަންޏާ އުނިކޮށް އަދި މަދުކުރެއެވެ. އެހެންމީހުންގެ حَقُّ މަދުކުރާމީހުންނެވެ.

83:4

أَلَا يَظُنُّ أُوْلَـٰٓئِكَ أَنَّهُم مَّبۡعُوثُونَ ﴿4﴾

Transliteration: Ala yathunnu olaika annahum mabAAoothoona

Translation: އެމީހުން ފަހެ (މަރުވުމަށްފަހު އަލުންދިރުއްވައި مَحْشَرُ ކުރައްވައި ހިސާބު ބައްލަވައި ޖަޒާދެއްވުމަށް ފޮނުއްވާނޭކަމަށް ހީނުކުރަނީ ބާވައެވެ؟

83:5

لِيَوۡمٍ عَظِيمٖ ﴿5﴾

Transliteration: Liyawmin AAatheemin

Translation: އެދުވަހަކީ އެދުވަހުގެ އުދަނގޫތަކާއި މައްސަލަތައް ކުށްވެރިންނަށް ބޮޑުވެގެންވާނެ ދުވަހެވެ.

83:6

يَوۡمَ يَقُومُ ٱلنَّاسُ لِرَبِّ ٱلۡعَٰلَمِينَ ﴿6﴾

Transliteration: Yawma yaqoomu alnnasu lirabbi alAAalameena

Translation: އެއީ މީސްތަކުން އެމީހުންގެ ކަށްވަޅުތަކުން ނުކުމެގެން عَالَم ތަކުގެވެރި رَبُّ ގެ حَضْرَةُ ގައި قَائِم ވާނޭދުވަހެވެ.

83:7

كَلَّآ إِنَّ كِتَٰبَ ٱلۡفُجَّارِ لَفِي سِجِّينٖ ﴿7﴾

Transliteration: Kalla inna kitaba alfujjari lafee sijjeenin

Translation: އެއްގޮތަކަށްވެސް އެމީހުން އެހީކުރާގޮތަކަށް ނުވާނެއެވެ. އެބަހީ މިނެކިރުމުގައި މީސްތަކުންނަށް މަދުކޮށް އުނިކުރާމީހުން އެހީކުރާގޮތަކަށް ނުވާނެއެވެ. އެމީހުންނަކީ ނުބައިނުލަފާ މުޖްރިމުންނެވެ. ހަމަކަށަވަރުން ނުބައިނުލަފާ މުޖްރިމުންގެ ޢަމަލުގެފަތްވާނީ سِجِّيْنُ އެވެކިޔާތާގައެވެ. (سِجِّيْنُ އަކީ ނަރަކަވަންތަވެރިންގެލިސްޓެވެ.)

83:8

وَمَآ أَدۡرَىٰكَ مَا سِجِّينٞ ﴿8﴾

Transliteration: Wama adraka ma sijjeenun

Translation: އަދި سِجِّيْنُ އަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

83:9

كِتَٰبٞ مَّرۡقُومٞ ﴿9﴾

Transliteration: Kitabun marqoomun

Translation: އެއީ ލިޔެވި ރަޖިސްޓްރީވެގެންވާފޮތެކެވެ.

83:10

وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ﴿10﴾

Transliteration: Waylun yawmaithin lilmukaththibeena

Translation: އެދުވަހުން އެބަހީ قِيَامة ދުވަހުން ދޮގުކުރިމީހުންނަށް ގަދަ عَذَابُ ހުއްޓެވެ. (سِجِّيْنُ އަކީ الله އާއި އެކަލާނގެ އާޔަތްތަކާއި قِيَامة ދުވަހާއި އެދުވަހާއި ގުޅިފައިވާ ހިސާބާއި ޖަޒާ ދޮގުކުރާމީހުންނަށް ނަރަކައިގެ ވައިލެވެކިޔާ ގަދަޢަޒާބުދެއްވާނެކަމަށް ލިޔެވިފައިވާ ފޮތެވެ.) والله أعلم.

83:11

ٱلَّذِينَ يُكَذِّبُونَ بِيَوۡمِ ٱلدِّينِ ﴿11﴾

Transliteration: Allatheena yukaththiboona biyawmi alddeeni

Translation: މިބުނާދޮގުކުރިމީހުން ދަންނައެވެ. އެމީހުންނަކީ ހިސާބުބައްލަވާ އަދިޖަޒާދެއްވާ قِيَامَة ދުވަސް ދޮގުކުރާމީހުންނެވެ.

83:12

وَمَا يُكَذِّبُ بِهِۦٓ إِلَّا كُلُّ مُعۡتَدٍ أَثِيمٍ ﴿12﴾

Transliteration: Wama yukaththibu bihi illa kullu muAAtadin atheemin

Translation: އަދި ގިނައިން ފާފަކުރާ ކޮންމެ އަނިޔާވެރިއަކުމެނުވީ އެދުވަސް ދޮގުނުކުރާނެއެވެ.

83:13

إِذَا تُتۡلَىٰ عَلَيۡهِ ءَايَٰتُنَا قَالَ أَسَٰطِيرُ ٱلۡأَوَّلِينَ ﴿13﴾

Transliteration: Itha tutla AAalayhi ayatuna qala asateeru alawwaleena

Translation: އެފަދަމީހާގެ މައްޗަށް ތިމަންރަސްކަލާނގެ އާޔަތްތައް ކިޔެވިއްޖެއްޔާވެސް އެމީހާބުނާނީ ތިޔައީ އިސްވެދިމީސްތަކުން ދައްކާފައިވާ بَاطِلُ އަދި ދޮގު ވާހަކަތަކެއްކަމުގައެވެ. (އޭގެޖަވާބުގައި الله އެއަންގަވަނީ)

83:14

كَلَّاۖ بَلۡۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُواْ يَكۡسِبُونَ ﴿14﴾

Transliteration: Kalla bal rana AAala quloobihim ma kanoo yaksiboona

Translation: އެއްގޮތަކަށްވެސް އެހެންނޫނެވެ. އެއީ ދޮގުއަދި بَاطِلُ ވާހަކައެއްނޫނެވެ. އަދިކިއެއްހެއްޔެވެ؟ އެމީހުންގެ ހިތްތަކުގެމަތީގައި އެވަނީ ފާފަތައްކުރުމުގެސަބަބުން رَانَ އެޅިފައެވެ. އެއީ ގިނައިން ފާފަކުރުމުގެ ސަބަބުން ހިތުގެމަތީގައި އެޅޭ ކަޅު ހުރަހެކެވެ. ދަބަރެވެ. އެހެންވެއްޖެއްޔާދެން ތެދުމަގު ގަބޫލުކުރުން އުނދަގޫވާނެއެވެ. އެފަދަމީހުންނަށް طَبَعَ اللهُ عَلَى قُلُوبِهِمْ މިފަދަ ޢިބާރާތް ގެންނަވައެވެ. ދެން އެއަށްވުރެމައްޗަށްދިޔައީމާ ތަޅުލައްވައެވެ. (أَمْ عَلَى قُلُوْبٍ أَقْفَالُهَا) މިފަދައިން އަންގަވައެވެ.

83:15

كَلَّآ إِنَّهُمۡ عَن رَّبِّهِمۡ يَوۡمَئِذٖ لَّمَحۡجُوبُونَ ﴿15﴾

Transliteration: Kalla innahum AAan rabbihim yawmaithin lamahjooboona

Translation: އެއްގޮތަކަށްވެސް އެފަދަމީހުންނަށް اللهُ ނުފެނުމީ حَقّ އެކެވެ. ހަމަކަށަވަރުން އެދުވަހުން އެމީހުންނާއި އެމީހުންގެ رَبُّ އާއިދެމެދު ފަރުދާކުރެވި ނިވައިވެގެންވެއެވެ. އެމީހުންނަށް އެކަލާނގެ ނުފެންނާނެއެވެ.

83:16

ثُمَّ إِنَّهُمۡ لَصَالُواْ ٱلۡجَحِيمِ ﴿16﴾

Transliteration: Thumma innahum lasaloo aljaheemi

Translation: ދެން ހަމަކަށަވަރުން އެމީހުން ނަރަކައަށްވަންނާނެއެވެ. (އެތާގެ ގަދަ ޢަޒާބާއި ހޫނުގެރަހަ ލިބިގަންނާނެއެވެ.)

83:17

ثُمَّ يُقَالُ هَٰذَا ٱلَّذِي كُنتُم بِهِۦ تُكَذِّبُونَ ﴿17﴾

Transliteration: Thumma yuqalu hatha allathee kuntum bihi tukaththiboona

Translation: ދެންއެމީހުންނަށް އެންގޭނެއެވެ. މިޢަޒާބަކީ ކަލޭމެން ދުނިޔޭގައި އުޅުނުއިރު އެއެއްޗެއްކަލޭމެން ދޮގުކުރި ނަރަކައެވެ. އޭގެ ޢަޒާބެވެ. (އޭގެރަހަލިބިގަންނާށެވެ.)

83:18

كَلَّآ إِنَّ كِتَٰبَ ٱلۡأَبۡرَارِ لَفِي عِلِّيِّينَ ﴿18﴾

Transliteration: Kalla inna kitaba alabrari lafee AAilliyyeena

Translation: އެއްގޮތަކަށްވެސް އެކާފަރުން އެހީކުރާ ގޮތަކަށް ނުވާނެއެވެ. ހަމަކަށަވަރުން ކިޔަމަންތެރި މާތްމީހުންގެ ޢަމަލުގެ ފަތްވާނީ عِلِّيُّونُ ގައެވެ.

83:19

وَمَآ أَدۡرَىٰكَ مَا عِلِّيُّونَ ﴿19﴾

Transliteration: Wama adraka ma AAilliyyoona

Translation: އަދި عِلِّيُّونُ އެއީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

83:20

كِتَٰبٞ مَّرۡقُومٞ ﴿20﴾

Transliteration: Kitabun marqoomun

Translation: އެއީ މާތްމީހުންގެ ނަންތައްލިޔެވި ރަޖިސްޓަރީވެގެންވާފަތެވެ. (ފައިލެވެ.)

83:21

يَشۡهَدُهُ ٱلۡمُقَرَّبُونَ ﴿21﴾

Transliteration: Yashhaduhu almuqarraboona

Translation: މާތްވެގެންވާ މަލާއިކަތްބޭކަލުން حَاضِرُ ވެވަޑައިގެން އެފަތަށް ހެކިދެއްވާނެއެވެ. ދަންނައެވެ. عِلِّيُّونُ އަކީ ސުވަރުގެއެވެ. ނުވަތަ ސުވަރުގޭގައިވާ ވަކިތަނެކެވެ. ނުވަތައެއީ ހަތްވަނައުޑުގައިވާ خَاصَّ ތަނެކެވެ. ނުވަތައެއީ سِدْرَةُ المُنْتَهَى އެވެ. އެއީ ހެޔޮ عَمَلُ ތައްލިޔެވޭ ދީވާނެވެ. އަދި މިނޫން ގޮތް ގޮތަށްވެސް ކިޔައިފާ ވެއެވެ. والله أعلم.

83:22

إِنَّ ٱلۡأَبۡرَارَ لَفِي نَعِيمٍ ﴿22﴾

Transliteration: Inna alabrara lafee naAAeemin

Translation: ހަމަކަށަވަރުން މާތްވެގެންވާ ކިޔަމަންތެރިން ވަނީ ކަނޑައެޅިގެން ސުވަރު ގެޔާއެތާގެ نِعْمَةُ ގައެވެ.

83:23

عَلَى ٱلۡأَرَآئِكِ يَنظُرُونَ ﴿23﴾

Transliteration: AAala alaraiki yanthuroona

Translation: މާތްވެގެންވާ ސޯފާތަކުގައި އެމީހުންބަލަބަލައި ތިބޭނެއެވެ. (الله އަށާއި އެކަލާނގެ އެމީހުންނަށްދެއްވިގިނަގުނަ نِعْمَةُ ތަކަށް އެމީހުން ބަލަބަލައި ތިބޭނެއެވެ.)

83:24

تَعۡرِفُ فِي وُجُوهِهِمۡ نَضۡرَةَ ٱلنَّعِيمِ ﴿24﴾

Transliteration: TaAArifu fee wujoohihim nadrata alnnaAAeemi

Translation: އެމީހުންގެ މޫނުމަތީން نِعْمَةُ ގެބޮޑުކަމުން އުފާވެރިކަމާއި ތާޒާކަން ވިދަވިދައި ހުންނާނެއެވެ.

83:25

يُسۡقَوۡنَ مِن رَّحِيقٖ مَّخۡتُومٍ ﴿25﴾

Transliteration: Yusqawna min raheeqin makhtoomin

Translation: އަދި އެމީހުންނަށް رَحِيْقُ އެވެ ކިޔާމީރު طَاهِرُ ރަލެއްބޯންދެވޭނެއެވެ. އޭގެ ކަންވާރު ހުންނާނީ ސިއްކަގެހިފައެވެ. އޭ ގެ حَقُّ ވެރިއަކުނޫނީ އޭގެ ސިލް ކަނޑައިނުލާނެއެވެ. އަދިއެރާހުންނާނީ ބޮއިނިމޭއިރު ގޮމަކަސްތޫރީގެމީރުރަހައަށް ނިމޭގޮތަށެވެ.

83:26

خِتَٰمُهُۥ مِسۡكٞۚ وَفِي ذَٰلِكَ فَلۡيَتَنَافَسِ ٱلۡمُتَنَٰفِسُونَ ﴿26﴾

Transliteration: Khitamuhu miskun wafee thalika falyatanafasi almutanafisoona

Translation: ފަހެ އެފަދަ އެފަދަ نِعْمَةُ ހޯދައިގަތުމަށް ވާދަކުރާމީހުން ވާދަކޮށް ކުރިއަރައިދާހުށިކަމެވެ. (އެކަން ހޯދައިގަނެވޭނީ ދުނިޔޭގައިތިބެ ހެޔޮ عَمَلُ ކޮށްގެންނެވެ.)

83:27

وَمِزَاجُهُۥ مِن تَسۡنِيمٍ ﴿27﴾

Transliteration: Wamizajuhu min tasneemin

Translation: އަދިމިބުނި ރަލާއި އެކުވެފައިވަނީ تَسْنِيْم ކިޔާއެއްޗެކެވެ. އެއީ ސުވަރުގޭގެ އަހުލުވެރިންނަށް ދެވޭ އެންމެ މާތްބުއިމެވެ. އެމީހުންނަށް އެ تَسْنِيْم އޮހޭނީ އެމީހުންގެ މަތީންނެވެ.

83:28

عَيۡنٗا يَشۡرَبُ بِهَا ٱلۡمُقَرَّبُونَ ﴿28﴾

Transliteration: AAaynan yashrabu biha almuqarraboona

Translation: އެ تَسْنِيْم އަކީ ﷲ ގެ އެންމެމާތް އަޅުންނަށް ބޯންދެއްވާ އާރެކެވެ.

83:29

إِنَّ ٱلَّذِينَ أَجۡرَمُواْ كَانُواْ مِنَ ٱلَّذِينَ ءَامَنُواْ يَضۡحَكُونَ ﴿29﴾

Transliteration: Inna allatheena ajramoo kanoo mina allatheena amanoo yadhakoona

Translation: ހަމަކަށަވަރުން ނުލަފާކަންތައްތައްކުރާ ބޮޑެތިފާފަވެރިން خَاصّ ކޮށް (رَسُولُ الله صَلّى الله عَلَيه وَسَلم ގެޒަމާނުގައި އަދި عَامُّ ކޮށް ހުރިހާޒަމާނެއްގައިވެސް އީމާންވެގެންވާ މީސްތަކުންނަށް މަލާމާތްކޮށް ހީ ހަދާކަމުގައި ވެއެވެ.

83:30

وَإِذَا مَرُّواْ بِهِمۡ يَتَغَامَزُونَ ﴿30﴾

Transliteration: Waitha marroo bihim yataghamazoona

Translation: އަދި މުއުމިނުންގެމީހުން އެކާފަރުންގެ ގާތުން ދަންޏާ އެކާފަރުން މުއުމިނުންނާއި ދިމާލަށް ލޮލުންނާއި ބުމައިން ވައްތަރުޖައްސާ އިޝާރާތްކޮށް ހަދައެވެ.

83:31

وَإِذَا ٱنقَلَبُوٓاْ إِلَىٰٓ أَهۡلِهِمُ ٱنقَلَبُواْ فَكِهِينَ ﴿31﴾

Transliteration: Waitha inqalaboo ila ahlihimu inqalaboo fakiheena

Translation: އަދިއެކާފަރުންގެމީހުން އެމީހުންގެ އަހުލުވެރިންގެ ގާތަށް (އެމީހުން ކަހަލަ އެހެންކާފަރުންގާތަށް) ހިނގައްޖެއްޔާ އެމީހުންނަށް ލިބިފައިވާ نِعْمَةُގެ ގިނަކަމުގެސަބަބުން މަޖާނެގުމާއިއެކު މުއުމިނުންނަށް މަލާމާތްކޮށް ހަދައެވެ.

83:32

وَإِذَا رَأَوۡهُمۡ قَالُوٓاْ إِنَّ هَـٰٓؤُلَآءِ لَضَآلُّونَ ﴿32﴾

Transliteration: Waitha raawhum qaloo inna haolai ladalloona

Translation: އަދިއެކާފަރުންގެމީހުންނަށް މުއުމިނުން ފެނިއްޖެއްޔާބުނެއެވެ. ހަމަކަށަވަރުން މިބައިމީހުންނަކީ މަގުފުރެދިގެންވާ ބައެކެވެ. (މިބަހުގެ ޖަވާބުގައި އަންގަވައެވެ.

83:33

وَمَآ أُرۡسِلُواْ عَلَيۡهِمۡ حَٰفِظِينَ ﴿33﴾

Transliteration: Wama orsiloo AAalayhim hafitheena

Translation: މުއުމިނުންކުރާ ކަންތަކުން އެމީހުންވަނީ މަގުފުރެދިފައިތޯ ނުވަތަނޫންތޯ ބަލާކަށް އެކާފަރުން ފޮނުވިގެންނުވެއެވެ.

83:34

فَٱلۡيَوۡمَ ٱلَّذِينَ ءَامَنُواْ مِنَ ٱلۡكُفَّارِ يَضۡحَكُونَ ﴿34﴾

Transliteration: Faalyawma allatheena amanoo mina alkuffari yadhakoona

Translation: ފަހެ މިއަދު އެބަހީ قِيَامَة ދުވަހު އީމާންވެގެންވާ މީސްތަކުން ކާފަރުންނާއިމެދު މަލާމާތްކޮށް ހީހަދާނެއެވެ.

83:35

عَلَى ٱلۡأَرَآئِكِ يَنظُرُونَ ﴿35﴾

Transliteration: AAala alaraiki yanthuroona

Translation: ކާފަރުންނަށް ނަރަކައިގެ عَذَابُ ލިބޭތަން ދެކެން ރީތިސޯފާ އެދުތައްމަތީ عِزَّة ތެރިކަމާއެކު މުއުމިނުން ތިބޭނެއެވެ.

83:36

هَلۡ ثُوِّبَ ٱلۡكُفَّارُ مَا كَانُواْ يَفۡعَلُونَ ﴿36﴾

Transliteration: Hal thuwwiba alkuffaru ma kanoo yafAAaloona

Translation: ހަމަކަށަވަރުން ކާފަރުން ދުނިޔޭގައި ތިބެގެން ކުރާކަމުގައިވީ ނުބައިކަންތައްތަކުގެ ސަބަބުން މެނުވީ އެމީހުންނަށް ޖަޒާދެއްވޭ ކަމުގައިނުވެއެވެ.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download