84:1إِذَا ٱلسَّمَآءُ ٱنشَقَّتۡ ﴿1﴾إِذَا ٱلسَّمَآءُ ٱنشَقَّتۡ
Transliteration: Itha alssamao inshaqqat
Translation: އުޑު ފަޅަފަޅައިގެންގޮސް ކުދި ކުދި ވެއްޖެއްޔާ، (މިއީ ޤިޔާމަތް ވުމާއި ގުޅިގެންނެވެ. މިޝަރުތުގެ ޖަވާބު ވަނީ حَذف ވެގެންނެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އޭގެ ޖަވާބު އަކީ فَمُلاَقِيَة ކަމަށެވެ. އެބަހީ ޤިޔާމަތް ވެއްޖެއްޔާ އިންސާނާ އޭނާކުރި ޢަމަލު އޭނާޔާ ބައްދަލުވާނެ ކަމަށެވެ. އަދި އެހެން ގޮތްގޮތަށްވެސް ކިއިފައިވެއެވެ.) وَالله أَعْلَمُ
84:2وَأَذِنَتۡ لِرَبِّهَا وَحُقَّتۡ ﴿2﴾وَأَذِنَتۡ لِرَبِّهَا وَحُقَّتۡ
Transliteration: Waathinat lirabbiha wahuqqat
Translation: އަދި އެ އުޑު އެ އުޑުގެވެރި رَبُّ ގެ އަމުރުފުޅު އަހައި ކިޔަމަންތެރި ވެއްޖެއެވެ. އަދި ކިޔަމަންތެރިވުން އުޑަށް ޙައްޤުވެއްޖެއެވެ.
84:3وَإِذَا ٱلۡأَرۡضُ مُدَّتۡ ﴿3﴾وَإِذَا ٱلۡأَرۡضُ مُدَّتۡ
Transliteration: Waitha alardu muddat
Translation: އަދި ބިންގަނޑު ފެތުރި ދެމެވެއްޖެއްޔާ (މި ޝަރުތުގެ ޖަވާބަކީވެސް فَمُلاَقِيَة އެވެ. އެބަހީ ޤިޔާމަތް ވެއްޖެއްޔާ އިންސާނާ ކުރި ޢަމަލު އޭނާއި ބައްދަލުވާނެއެވެ.)
84:4وَأَلۡقَتۡ مَا فِيهَا وَتَخَلَّتۡ ﴿4﴾وَأَلۡقَتۡ مَا فِيهَا وَتَخَلَّتۡ
Transliteration: Waalqat ma feeha watakhallat
Translation: އަދި ބިމުގެ ތެރޭގައިވާހާ އެއްޗެއް ނެރެ އެބިން އުކައިލައިފިއްޔާ
84:5وَأَذِنَتۡ لِرَبِّهَا وَحُقَّتۡ ﴿5﴾وَأَذِنَتۡ لِرَبِّهَا وَحُقَّتۡ
Transliteration: Waathinat lirabbiha wahuqqat
Translation: އަދި އެބިން އެ ބިމުގެވެރި رَبُّ ގެ އަމުރުފުޅު އަހައި ކިޔަމަންތެރި ވެއްޖެއެވެ. އަދި އެކަލާނގެ ބަސްފުޅު އަހައި ކިޔަމަންތެރިވުން އެބިމަށް ޙައްޤު ވެގެންވެއެވެ.
84:6يَـٰٓأَيُّهَا ٱلۡإِنسَٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدۡحٗا فَمُلَٰقِيهِ ﴿6﴾يَـٰٓأَيُّهَا ٱلۡإِنسَٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدۡحٗا فَمُلَٰقِيهِ
Transliteration: Ya ayyuha alinsanu innaka kadihun ila rabbika kadhan famulaqeehi
Translation: އޭ އިންސާނާއެވެ. ހަމަކަށަވަރުން ކަލޭ ކަލޭގެ رَبُّ ގެ ޙަޟްރަތަށް ދިއުމަށް މަސައްކަތްކޮށް ވަރުބަލިވަމުމުއެވެ. ދެންފަހެ ކަލޭ ދުނިޔޭގައި ކޮށްފައިވާހާ ޢަމަލެއް ކަލެޔާ ބައްދަލުވާހުއްޓެވެ.
84:7فَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِيَمِينِهِۦ ﴿7﴾فَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِيَمِينِهِۦ
Transliteration: Faama man ootiya kitabahu biyameenihi
Translation: ދެންފަހެ އެމީހާގެ ޢަމަލުގެ ފަތް އެމީހާގެ ކަނާތަށް ދެވިއްޖެ މީހާ ދަންނާށެވެ.
84:8فَسَوۡفَ يُحَاسَبُ حِسَابٗا يَسِيرٗا ﴿8﴾فَسَوۡفَ يُحَاسَبُ حِسَابٗا يَسِيرٗا
Transliteration: Fasawfa yuhasabu hisaban yaseeran
Translation: ފަހެ އޭނާޔާމެދު ދާދި ފަސޭހަ ލުއި ގޮތަކަށް ހިސާބު ބެއްލެވޭނެވެ.
84:9وَيَنقَلِبُ إِلَىٰٓ أَهۡلِهِۦ مَسۡرُورٗا ﴿9﴾وَيَنقَلِبُ إِلَىٰٓ أَهۡلِهِۦ مَسۡرُورٗا
Transliteration: Wayanqalibu ila ahlihi masrooran
Translation: އަދި (ސުވަރުގޭގައި ތިބި) އޭނާގެ އަހުލުވެރިންގެ ގާތަށް އޭނާ އެނބުރި ދާނީ އުފާ ފާގަތިވެގެންނެވެ.
84:10وَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ وَرَآءَ ظَهۡرِهِۦ ﴿10﴾وَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ وَرَآءَ ظَهۡرِهِۦ
Transliteration: Waamma man ootiya kitabahu waraa thahrihi
Translation: އަދި އެމީހެއްގެ ފަތް އެމީހެއްގެ ބުރަކަށި ފަރާތުން ދެވިއްޖެމީހާ ދަންނައެވެ.
84:11فَسَوۡفَ يَدۡعُواْ ثُبُورٗا ﴿11﴾فَسَوۡفَ يَدۡعُواْ ثُبُورٗا
Transliteration: Fasawfa yadAAoo thubooran
Translation: ފަހެ ނިކަންހުރެ އޭނާގޮވާނެއެވެ. އޭހުރި ހަލާކެއްގެ ބޮޑުކަމާއެވެ.
84:12وَيَصۡلَىٰ سَعِيرًا ﴿12﴾وَيَصۡلَىٰ سَعِيرًا
Transliteration: Wayasla saAAeeran
Translation: އަދި އޭނާ ނަރަކަޔަށް ލެވޭނެއެވެ. އަދި އެތާގެ ގަދަ ޢަޒާބުގެ ރަހަ ލިބިގަންނާނެއެވެ.
84:13إِنَّهُۥ كَانَ فِيٓ أَهۡلِهِۦ مَسۡرُورًا ﴿13﴾إِنَّهُۥ كَانَ فِيٓ أَهۡلِهِۦ مَسۡرُورًا
Transliteration: Innahu kana fee ahlihi masrooran
Translation: ހަމަކަށަވަރުން ދުނިޔޭގައި އުޅުނުއިރު އޭނާގެ އަހުލުވެރިންނާއިއެކު އޭނާ އުޅުނީ ވަރަށް އުފާވެރިކަމާއި މަޖާނެގުމުގައެވެ. (އާޚިރަތްދުވަސް އައުމުގެ އެއްވެސް ޚިޔާލެއްނުކުރެއެވެ.)
84:14إِنَّهُۥ ظَنَّ أَن لَّن يَحُورَ ﴿14﴾إِنَّهُۥ ظَنَّ أَن لَّن يَحُورَ
Transliteration: Innahu thanna an lan yahoora
Translation: ހަމަކަށަވަރުން އޭނާހީކުރީ (ﷲ ގެ حَضْرَةُއަށް) އޭނާ އެނބުރި ނުދާނޭކަމަށެވެ. އޭނާ مَحْشَرُ އަށް ނުފޮނުއްވާނޭކަމަށެވެ.
84:15بَلَىٰٓۚ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرٗا ﴿15﴾بَلَىٰٓۚ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرٗا
Transliteration: Bala inna rabbahu kana bihi baseeran
Translation: އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އޭނާވެސް مَحْشَرُ ކުރެވޭނެއެވެ. ހަމަކަށަވަރުން އޭނާހައްދަވާ ބޮޑުކުރެއްވި رَبُّ އޭނާގެއެންމެހައި ޢަމަލުތަކާއި ޙާލުތައް ދެނެވޮޑިގެންވާކަމުގައި ވިއެވެ.
84:16فَلَآ أُقۡسِمُ بِٱلشَّفَقِ ﴿16﴾فَلَآ أُقۡسِمُ بِٱلشَّفَقِ
Transliteration: Fala oqsimu bialshshafaqi
Translation: ރަތްވިލާ ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.
84:17وَٱلَّيۡلِ وَمَا وَسَقَ ﴿17﴾وَٱلَّيۡلِ وَمَا وَسَقَ
Transliteration: Waallayli wama wasaqa
Translation: އަދި ރޭގަޑާއި ރޭގަދު ޖަމާކުރިހާއެއްޗަކާއި (ދުވާލު ނުކުމެއުޅުނު ހުރިހާދިރޭތަކެތި ރޭގަޑުވުމުން އެސޮރުމެން އެސޮރުމެންގެ ޖަގަހައަށް ޖަމާވާނެއެވެ.)
84:18وَٱلۡقَمَرِ إِذَا ٱتَّسَقَ ﴿18﴾وَٱلۡقَمَرِ إِذَا ٱتَّسَقَ
Transliteration: Waalqamari itha ittasaqa
Translation: އަދި ހަދުފުރިހަމަވެއްޖެއްޔާ (ވަށްވެއްޖެއްޔާ) މިތިންއެތި ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.
84:19لَتَرۡكَبُنَّ طَبَقًا عَن طَبَقٖ ﴿19﴾لَتَرۡكَبُنَّ طَبَقًا عَن طَبَقٖ
Transliteration: Latarkabunna tabaqan AAan tabaqin
Translation: ހަމަކަށަވަރުން ކަލޭމެން އެއްޙާލަތަކުން އަނެއްޙާލަތަކަށް ބަދަލުވާނެއެވެ. (ދިރިއުޅުމަށްފަހު މަރުވުމަށް ދެން ކަށްވަޅަށް ދެން مَحْشَرُ އަށް ދެންސުވަރުގެއަށް ނުވަތަ ނަރަކައަށް ދެންމިހެން......) އަދިމިނޫން ގޮތްގޮތަށްވެސް مُفِسِّرُ ން ވިދާޅުވެއެވެ.
84:20فَمَا لَهُمۡ لَا يُؤۡمِنُونَ ﴿20﴾فَمَا لَهُمۡ لَا يُؤۡمِنُونَ
Transliteration: Fama lahum la yuminoona
Translation: މިހެންވީއިރު އެމީހުން އީމާން ނުވަނީ އަދިނުވާންވީ ކީއްބާވައެވެ؟
84:21وَإِذَا قُرِئَ عَلَيۡهِمُ ٱلۡقُرۡءَانُ لَا يَسۡجُدُونَۤ۩ ﴿21﴾وَإِذَا قُرِئَ عَلَيۡهِمُ ٱلۡقُرۡءَانُ لَا يَسۡجُدُونَۤ۩
Transliteration: Waitha quria AAalayhimu alquranu la yasjudoona
Translation: އަދިއެމީހުންގެމައްޗަށް قُرْآن ކިޔެވިއްޖެއްޔާ އެމީހުން ސަޖިދަނުކުރެއެވެ. ބިރުވެތިނުވެއެވެ.
84:22بَلِ ٱلَّذِينَ كَفَرُواْ يُكَذِّبُونَ ﴿22﴾بَلِ ٱلَّذِينَ كَفَرُواْ يُكَذِّبُونَ
Transliteration: Bali allatheena kafaroo yukaththiboona
Translation: އަދި ކިއެއްހެއްޔެވެ. ކާފަރުންގެމީހުން (قُرْآن އާއި ރަސޫލު) ދޮގުކުރަނީއެވެ.
84:23وَٱللَّهُ أَعۡلَمُ بِمَا يُوعُونَ ﴿23﴾وَٱللَّهُ أَعۡلَمُ بِمَا يُوعُونَ
Transliteration: WaAllahu aAAlamu bima yooAAoona
Translation: އަދިއެމީހުންގެ ހިތުގެތެރޭގައި ވަންހަނާކޮށްފައިވާތަކެއްޗާއި ކަންތައްތައް الله ދެނެވޮޑިގަތުންބޮޑެވެ
84:24فَبَشِّرۡهُم بِعَذَابٍ أَلِيمٍ ﴿24﴾فَبَشِّرۡهُم بِعَذَابٍ أَلِيمٍ
Transliteration: Fabashshirhum biAAathabin aleemin
Translation: ފަހެއެމީހުންނަށް ވޭންދެނިވި عَذَابُ އެއްހުރިކަމުގެ خَبَرُ ކަލޭގެފާނު އެމީހުންނަށް ދެއްވާށެވެ!
84:25إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَهُمۡ أَجۡرٌ غَيۡرُ مَمۡنُونِۭ ﴿25﴾إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَهُمۡ أَجۡرٌ غَيۡرُ مَمۡنُونِۭ
Transliteration: Illa allatheena amanoo waAAamiloo alssalihati lahum ajrun ghayru mamnoonin
Translation: އެމީހުންގެތެރެއިން އީމާންވެގެން صَالِحُ عَمَلُ ކުރިމީހުނަށްމެނުވީ އެވެ. ފަހެ އެފެދަ صَالِحُ عَمَلُ ކުރިމީހުނަށްހުރީ މަދުވުމެއް ނެތް ކެޑިދިއުމެއްނެތް ދަރުމައާއި ثَوَابُ އެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download