96:1ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِي خَلَقَ ﴿1﴾ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِي خَلَقَ
Transliteration: Iqra biismi rabbika allathee khalaqa
Translation: އޭ (محمد ގެފާނެވެ.) ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި رب ގެ ނަންފުޅުން ކިޔަވާވިދާޅުވާށެވެ! އެކަލާނގެއީ ހެއްދެވި ކަލާނގެއެވެ. (ހުރިހާ ތަކެއްޗެއް ހެއްދެވި ކަލާނގެއެވެ.)
96:2خَلَقَ ٱلۡإِنسَٰنَ مِنۡ عَلَقٍ ﴿2﴾خَلَقَ ٱلۡإِنسَٰنَ مِنۡ عَلَقٍ
Transliteration: Khalaqa alinsana min AAalaqin
Translation: އެކަލާނގެ އިންސާނާ ހެއްދެވީ ގަނޑު ލޭކޮޅަކުންނެވެ. (އިންސާނާގެ ޖިންސު ހެއްދެވީ ގަނޑު ލޭ ކޮޅަކުންނެވެ.)
96:3ٱقۡرَأۡ وَرَبُّكَ ٱلۡأَكۡرَمُ ﴿3﴾ٱقۡرَأۡ وَرَبُّكَ ٱلۡأَكۡرَمُ
Transliteration: Iqra warabbuka alakramu
Translation: އޭ (محمد ގެފާނެވެ!) ކިޔަވާ ވިދާޅުވާށެވެ! އަދި ކަލޭގެ ފާނުގެ رب އެއީ މާތް މަތިވެރި ކަލާނގެއެވެ. ދީލަތިވަންތަ ކަލާނގެއެވެ. (ކަލޭގެފާނީ أمِّىّ ބޭކަލަކު ނަމަވެސް ކަލޭގެފާނަށް ކިޔަވާ ވިދަޅުވާނެގޮތް ދަސްކޮށް ދެއްވުމަކީ އެކަލާނގެ ދީލަތިވަންތަކަމުގެ ތެރެއިންވާ ކާމެކެވެ.
96:4ٱلَّذِي عَلَّمَ بِٱلۡقَلَمِ ﴿4﴾ٱلَّذِي عَلَّمَ بِٱلۡقَلَمِ
Transliteration: Allathee AAallama bialqalami
Translation: އެކަލާނގެއީ قلم ގެ ذريعة އިން ލިޔެ ކިޔުން އުނގަންނަވައިދެއްވި ކަލާނގެއެވެ.
96:5عَلَّمَ ٱلۡإِنسَٰنَ مَا لَمۡ يَعۡلَمۡ ﴿5﴾عَلَّمَ ٱلۡإِنسَٰنَ مَا لَمۡ يَعۡلَمۡ
Transliteration: AAallama alinsana ma lam yaAAlam
Translation: އެކަލާނގެއީ (قلم ގެ واسط އިން) އިންސާނާއަށް ނޭގޭ ކަންތައްތައް އޭނާއަށް އުނގަންނަވައި ދެއްވި ކަލާނގެއެވެ. قلم އަކީ ﷲ ގެ نعمة ތަކުގެ ތެރެއިން ބޮޑުވެގެންވާ نعمة އެކެވެ. (އެއީ الله އެންމެފުރަތަމަ ހެއްދެވި مخلوق އެވެ.)
96:6كَلَّآ إِنَّ ٱلۡإِنسَٰنَ لَيَطۡغَىٰٓ ﴿6﴾كَلَّآ إِنَّ ٱلۡإِنسَٰنَ لَيَطۡغَىٰٓ
Transliteration: Kalla inna alinsana layatgha
Translation: އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. ﷲ ގެ نعمة އަށް ކާފަރުވާ މީހާއަށް ބިރުވެރިކަން ހުއްޓެވެ. ހަމަކަށަވަރުން ކާފަރު އިންސާނާ (އެއީ أبوجهلކަމުގައި ބުނެވުނެވެ.) ނުކިޔަމަންތެރިކަމުގައި ހައްދުފަހަނައަޅައި ބޮޑާވެގަންނަނީ
96:7أَن رَّءَاهُ ٱسۡتَغۡنَىٰٓ ﴿7﴾أَن رَّءَاهُ ٱسۡتَغۡنَىٰٓ
Transliteration: An raahu istaghna
Translation: އެއީ އޭނާގެ މުދަލާއި ބާރުން އޭނާއަށް ފުދިގެންވާކަމަށް އަދި ފުދޭނެކަމަށް އޭނާއަށް ފެނިގެންނެވެ.
96:8إِنَّ إِلَىٰ رَبِّكَ ٱلرُّجۡعَىٰٓ ﴿8﴾إِنَّ إِلَىٰ رَبِّكَ ٱلرُّجۡعَىٰٓ
Transliteration: Inna ila rabbika alrrujAAa
Translation: (ހަމަކަކަށަވަރުން އޭނާވެސް މަރުވުމަށްފަހު) رجوع ވުން ވަނީ ކަލޭގެފާނުންގެ رب ގެ حَضْرَةُ އަށެވެ.
96:9أَرَءَيۡتَ ٱلَّذِي يَنۡهَىٰ ﴿9﴾أَرَءَيۡتَ ٱلَّذِي يَنۡهَىٰ
Transliteration: Araayta allathee yanha
Translation: ،(10) އަޅަކު އެބަހީ محمد ﷺ ނަމާދުކުރެއްވުމުން މަނާކޮށް ނަހީކުރާ މީހާއާއިމެދު (އެއީ أبوجهلކަމުގައި ބުނެވުނެވެ.) - ކަލޭމެންނިކަން ޚަބަރު ދީ ބަލާށެވެ! (އޭނާގެހުރި ނުބައިކަން ނިކަންދެކޭށެވެ!)
96:10عَبۡدًا إِذَا صَلَّىٰٓ ﴿10﴾عَبۡدًا إِذَا صَلَّىٰٓ
Transliteration: AAabdan itha salla
Translation: ،(10) އަޅަކު އެބަހީ محمد ﷺ ނަމާދުކުރެއްވުމުން މަނާކޮށް ނަހީކުރާ މީހާއާއިމެދު (އެއީ أبوجهلކަމުގައި ބުނެވުނެވެ.) - ކަލޭމެންނިކަން ޚަބަރު ދީ ބަލާށެވެ! (އޭނާގެހުރި ނުބައިކަން ނިކަންދެކޭށެވެ!)
96:11أَرَءَيۡتَ إِن كَانَ عَلَى ٱلۡهُدَىٰٓ ﴿11﴾أَرَءَيۡتَ إِن كَانَ عَلَى ٱلۡهُدَىٰٓ
Transliteration: Araayta in kana AAala alhuda
Translation: އަދި އެ އަޅާ އެބަހީ محمد ﷺ ތެދުމަގުގައިވިޔަސް ހެޔޮހެއްޔެވެ؟ (އެހެން ހަދަންވީ ހެއްޔެވެ؟).
96:12أَوۡ أَمَرَ بِٱلتَّقۡوَىٰٓ ﴿12﴾أَوۡ أَمَرَ بِٱلتَّقۡوَىٰٓ
Transliteration: Aw amara bialttaqwa
Translation: ނުވަތަ އެކަލޭގެފާނު تقوى ވެރި ވުމަށް އަމުރު ކުރެއްވި ނަމަވެސް (ހަމައެހެން މަނާ ކުރަންވީހެއްޔެވެ؟؟)
96:13أَرَءَيۡتَ إِن كَذَّبَ وَتَوَلَّىٰٓ ﴿13﴾أَرَءَيۡتَ إِن كَذَّبَ وَتَوَلَّىٰٓ
Transliteration: Araayta in kaththaba watawalla
Translation: އަދި އެނުބައި ނުލަފާކަލޭގެ (އެއީ أبوجهلކަމުގައި ބުނެވުނެވެ.) محمد ﷺ ގެންނެވި ކަންތައް ދޮގުކޮށް އަދި އީމާންކަމަށްފުރަގަސްދިންކަމުގައި ވަންޏާ ދެން އޭނާޔާމެދު ނިކަން ޚަބަރުދީބަލާށެވެ.
96:14أَلَمۡ يَعۡلَم بِأَنَّ ٱللَّهَ يَرَىٰ ﴿14﴾أَلَمۡ يَعۡلَم بِأَنَّ ٱللَّهَ يَرَىٰ
Transliteration: Alam yaAAlam bianna Allaha yara
Translation: ހަމަކަށަވަރުން އޭނާކުރާހުރިހާކަމެއް ﷲ ދެކެވޮޑިގެންވާކަން އޭނާއަށް ފަހެނޭގެނީބާވައެވެ؟
96:15كَلَّا لَئِن لَّمۡ يَنتَهِ لَنَسۡفَعَۢا بِٱلنَّاصِيَةِ ﴿15﴾كَلَّا لَئِن لَّمۡ يَنتَهِ لَنَسۡفَعَۢا بِٱلنَّاصِيَةِ
Transliteration: Kalla lain lam yantahi lanasfaAAan bialnnasiyati
Translation: އެއްގޮތަކަށްވެސް އެހެންނޫނެވެ. ﷲ ގަންދީ ހުވައިކުރައްވައެވެ. އޭނާއެކުރާ ކަންތަކުން އެނާހުއްޓައިނުލީވިއްޔާ ތިމަންރަސްކަލާނގެ އޭނާގެ ނިތްކުރިމަތީގައިވާ އިސްތަށިގަޑުގައި ހިއްޕަވައި އޭނާގެނަސް ނަރަކައަށް ވައްދާހުށީމެވެ. (އޭނާއެކުރާ ނުބައިކަންތަކުގެ ތެރޭގައި محمد ﷺ ގެފުޅުކައިރީގައި ނަމާދުފުޅު ކުރެއްވުން މަނާކުރުން އޭގެއެންމެ އިސްކަމަކަށްވެއެވެ.)
96:16نَاصِيَةٖ كَٰذِبَةٍ خَاطِئَةٖ ﴿16﴾نَاصِيَةٖ كَٰذِبَةٍ خَاطِئَةٖ
Transliteration: Nasiyatin kathibatin khatiatin
Translation: ދެންފަހެ އޭނައަކީ ދޮގުވެރި އަދި ގިނަގިނައިން ފާފަކުރާ ކުށްވެރިއެކެވެ.
96:17فَلۡيَدۡعُ نَادِيَهُۥ ﴿17﴾فَلۡيَدۡعُ نَادِيَهُۥ
Transliteration: FalyadAAu nadiyahu
Translation: ދެން އެނާޔާއެހީވާން އޭނާގެ ނާދީގެމީހުންނަށް އޭނާގޮވައިބަލާށެވެ.
96:18سَنَدۡعُ ٱلزَّبَانِيَةَ ﴿18﴾سَنَدۡعُ ٱلزَّبَانِيَةَ
Transliteration: SanadAAu alzzabaniyata
Translation: ތިމަންރަސްކަލާނގެ ގެންނަވާނީ ނަރަކައިގެ ޒަބާނިއްޔަ ބޭކަލުންނެވެ.
96:19كَلَّا لَا تُطِعۡهُ وَٱسۡجُدۡۤ وَٱقۡتَرِب۩ ﴿19﴾كَلَّا لَا تُطِعۡهُ وَٱسۡجُدۡۤ وَٱقۡتَرِب۩
Transliteration: Kalla la tutiAAhu waosjud waiqtarib
Translation: އެއްގޮތަކަށްވެސް އޭނާއެހީކުރާ ގޮތެއް ނުވާނެއެވެ. (އޭ ރަސޫލު ﷲ އެވެ!) އެއްގޮތަކަށްވެސް އޭނާޔަށް ކިޔަމަންވެވަޑައި ނުގަންނަވާށެވެ! އަދި ﷲ އަށް ސަޖިދަ ކުރައްވައި ނަމާދުފުޅު ކުރަށްވައި އަޅުކަން ކުރަށްވާށެވެ. އަދި އެކަލާނގެއާއި ކުއްތަންވެވަޑައި ގަންނަވާށެވެ!
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download