quranm◉

Surah Al-'Adiyat transliteration

◉ ސޫރަ · ∞

100:1

وَٱلۡعَٰدِيَٰتِ ضَبۡحٗا ﴿1﴾

Transliteration: WaalAAadiyati dabhan

Translation: ނޭވައިގެ އަޑު ގޮށްވާލާފައި ބާރަށް ދުވެފައިދާ (ހަނގުރާމަ މަތީ) އަސް ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.

100:2

فَٱلۡمُورِيَٰتِ قَدۡحٗا ﴿2﴾

Transliteration: Faalmooriyati qadhan

Translation: އަދި މޮއްގަނޑުތައް ހިލަ ބިމުގައި ކޭތިލާވަގުތު ރޭގަނޑަށް އެމޮއްގަނޑުތަކުން އަލިފާން އަޅަމުންދާ (ހަނގުރާމަމަތީ) އަސް ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.

100:3

فَٱلۡمُغِيرَٰتِ صُبۡحٗا ﴿3﴾

Transliteration: Faalmugheerati subhan

Translation: އަދި ފަތިސް ވަގުތުން (ޢަދުއްވުންގެ ތެރެއަށްވަދެ) غَارت ކުރާ އަސް ގަންދެއްވައި الله ހުވައި ވަޙީ ކުރައްވައެވެ.

100:4

فَأَثَرۡنَ بِهِۦ نَقۡعٗا ﴿4﴾

Transliteration: Faatharna bihi naqAAan

Translation: ،(5) އަދި (ކާފަރުން ޖަމާޢަތުގެ) މެދައްވަދެގަންނަ (ހަނގުރާމަމަތީ) އަސް ގަންދެއްވައި الله ހުވައި ވަޙީ ކުރައްވައެވެ. (މިބޮޑު ހުވައިގެ ޖަވާބަކީ....)

100:5

فَوَسَطۡنَ بِهِۦ جَمۡعًا ﴿5﴾

Transliteration: Fawasatna bihi jamAAan

Translation: ،(5) އަދި (ކާފަރުން ޖަމާޢަތުގެ) މެދައްވަދެގަންނަ (ހަނގުރާމަމަތީ) އަސް ގަންދެއްވައި الله ހުވައި ވަޙީ ކުރައްވައެވެ. (މިބޮޑު ހުވައިގެ ޖަވާބަކީ....)

100:6

إِنَّ ٱلۡإِنسَٰنَ لِرَبِّهِۦ لَكَنُودٞ ﴿6﴾

Transliteration: Inna alinsana lirabbihi lakanoodun

Translation: ހަމަކަށަވަރުން އިންސާނާ އޭނާ ހެއްދެވި رب އަށް ކާފަރުވުން ބޮޑުވެގެންވެއެވެ. އޭނާ ހެއްދެވި رب ގެ ނިޢްމަތް ތަކަށް ކާފަރުވުން ބޮޑުވެގެންވެއެވެ. (އެއީ ކާފަރު އިންސާނާގެ އާދައެވެ.)

100:7

وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدٞ ﴿7﴾

Transliteration: Wainnahu AAala thalika lashaheedun

Translation: އަދި ހަމަކަށަވަރުން އެކަމުގެ މައްޗަށް އޭނާ ހެކި ދެއެވެ. (އެބަހީ އޭނާގެ ދުލުން ނާއި ޢަމަލުތަކުން އެކަމަށް ހެކިދެއެވެ. ނުވަތަ އެކަމަށް ﷲ ހެކިވެ ވޮޑިގެން ވެއެވެ.)

100:8

وَإِنَّهُۥ لِحُبِّ ٱلۡخَيۡرِ لَشَدِيدٌ ﴿8﴾

Transliteration: Wainnahu lihubbi alkhayri lashadeedun

Translation: އަދި ހަމަކަށަވަރުން މުދަލުގެ މައްޗަށް އޭނާގެ ލޯބި ގަދަވެގެންވެއެވެ.

100:9

أَفَلَا يَعۡلَمُ إِذَا بُعۡثِرَ مَا فِي ٱلۡقُبُورِ ﴿9﴾

Transliteration: Afala yaAAlamu itha buAAthira ma fee alquboori

Translation: ފަހެ ކަށްވަޅުތަކުގައިވާހާ ބަޔަކު (ހިސާބު ބެއްލެވުމަށް) ނެރެވި ހާމަވެއްޖެއްޔާއިވެސް އޭނާއަށް ނޭގޭނެ ބާވައެވެ.

100:10

وَحُصِّلَ مَا فِي ٱلصُّدُورِ ﴿10﴾

Transliteration: Wahussila ma fee alssudoori

Translation: އަދި ހިތްތަކުގައި ފޮރުވިފައިވާހާތަކެތި އެބަހީ (އީމާންކަމާއި ކާފަރުކަމުގެ ގޮތުން) ނެރެވި ހާމަވެއްޖެއްޔާވެސް އޭނާއަށް ނޭގޭނެ ބާވައެވެ.

100:11

إِنَّ رَبَّهُم بِهِمۡ يَوۡمَئِذٖ لَّخَبِيرُۢ ﴿11﴾

Transliteration: Inna rabbahum bihim yawmaithin lakhabeerun

Translation: ހަމަކަށަވަރުން އެބައި މީހުންގެ رب އެދުވަހުން އެބައިމީހުންނާއިމެދު މޮޅަށް ދެނެވޮޑިގެން ވެއެވެ. އަދި ކުރިންވެސް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ. އެދުވަހުން ހުރިހާ ޚަބަރެއް އިންސާނާއަށް އެކަލާނގެއަންގަވާނެއެވެ. والله أعلم.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download