102:1أَلۡهَىٰكُمُ ٱلتَّكَاثُرُ ﴿1﴾أَلۡهَىٰكُمُ ٱلتَّكَاثُرُ
Transliteration: Alhakumu alttakathuru
Translation: ،(2) ތިޔަބައިމީހުން (ދުނިޔޭގައި މުދާ ގިނަކުރުމާއި ދަރިންގިނަކުރުމާއި އެކަކު އަނެކަގެ މައްޗަށް ފަޚްރުވެރި ވުމާއި) މިބާވަތުގެ ކަންކަމުގައި މަޝްޣޫލް ވެގެން ތިޔަ ތިބެނީ ތިޔަބައިމީހުން މަޤްބަރާ ތަކަށް ޒިޔާރަތް ކޮށްފުމަށް ދާންދެނެވެ. އެބަހީ މަރު އަތުޖެވެއްޖައުމަށް ދާންދެނެވެ.
102:2حَتَّىٰ زُرۡتُمُ ٱلۡمَقَابِرَ ﴿2﴾حَتَّىٰ زُرۡتُمُ ٱلۡمَقَابِرَ
Transliteration: Hatta zurtumu almaqabira
Translation: ،(2) ތިޔަބައިމީހުން (ދުނިޔޭގައި މުދާ ގިނަކުރުމާއި ދަރިންގިނަކުރުމާއި އެކަކު އަނެކަގެ މައްޗަށް ފަޚްރުވެރި ވުމާއި) މިބާވަތުގެ ކަންކަމުގައި މަޝްޣޫލް ވެގެން ތިޔަ ތިބެނީ ތިޔަބައިމީހުން މަޤްބަރާ ތަކަށް ޒިޔާރަތް ކޮށްފުމަށް ދާންދެނެވެ. އެބަހީ މަރު އަތުޖެވެއްޖައުމަށް ދާންދެނެވެ.
102:3كَلَّا سَوۡفَ تَعۡلَمُونَ ﴿3﴾كَلَّا سَوۡفَ تَعۡلَمُونَ
Transliteration: Kalla sawfa taAAlamoona
Translation: ދެން ހަމައެއްގޮތަކަށްވެސް އެހެނެއްނުވާނެއެވެ. ނިކަންހުރެ އޭގެ (ނުބައިކަން) ތިޔަބައިމީހުންނަށް އެނގިދާނެއެވެ. އެއީ ޤިޔާމަތް ދުވަހުންނެވެ.
102:4ثُمَّ كَلَّا سَوۡفَ تَعۡلَمُونَ ﴿4﴾ثُمَّ كَلَّا سَوۡفَ تَعۡلَمُونَ
Transliteration: Thumma kalla sawfa taAAlamoona
Translation: ދެން ހަމައެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. (އެކަންކަން ނޭގި ނުދާނެއެވެ.) ނިކަންހުރެ ތިޔަބައި މީހުންނަށް އެކަންކަން (އެކަމުގެ ނުބައިކަން އެނގިދާނެއެވެ.)
102:5كَلَّا لَوۡ تَعۡلَمُونَ عِلۡمَ ٱلۡيَقِينِ ﴿5﴾كَلَّا لَوۡ تَعۡلَمُونَ عِلۡمَ ٱلۡيَقِينِ
Transliteration: Kalla law taAAlamoona AAilma alyaqeeni
Translation: އެއްގޮތަކަށްވެސް އެހެން ނޫނެވެ. ތިޔަބައިމީހުންނަށް ޝައްކެއްނެތި ޔަޤީނަށް އެކަމުގެ ނުބައިކަން އެނގޭނަމަ އެހެން ނުހެދީހެވެ. (މުދަލާއި ދަރިން ގިނަކުރުމުގައި ﷲގެ ކިޔަމަންތެރިކަން ދޫކޮށް ޣާފިލު ނުވީހެވެ. މަޝްޣޫލު ނުވީހެވެ.)
102:6لَتَرَوُنَّ ٱلۡجَحِيمَ ﴿6﴾لَتَرَوُنَّ ٱلۡجَحِيمَ
Transliteration: Latarawunna aljaheema
Translation: ހަމަކަށަވަރުން ޤިޔާމަތް ދުވަހުން ތިޔަބައިމީހިން ނަރަކަ ދެކޭނެކަން ކަށަވަރެވެ.
102:7ثُمَّ لَتَرَوُنَّهَا عَيۡنَ ٱلۡيَقِينِ ﴿7﴾ثُمَّ لَتَرَوُنَّهَا عَيۡنَ ٱلۡيَقِينِ
Transliteration: Thumma latarawunnaha AAayna alyaqeeni
Translation: ދެން އެދުވަހުން އެއްވެސް ޝައްކެއްނެތި ޔަޤީންގެ ލޮލަކުން ތިޔަބައިމީހުން އެނަރަކަ ދެކޭނެއެވެ.
102:8ثُمَّ لَتُسۡـَٔلُنَّ يَوۡمَئِذٍ عَنِ ٱلنَّعِيمِ ﴿8﴾ثُمَّ لَتُسۡـَٔلُنَّ يَوۡمَئِذٍ عَنِ ٱلنَّعِيمِ
Transliteration: Thumma latusalunna yawmaithin AAani alnnaAAeemi
Translation: ދެން އަދި އެދުވަހުން ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނުހައި ނިޢްމަތަކާއި މެދު ކަނޑައެޅިގެން ތިޔަބައި މީހުން ނާއި ސުވާލު ވެވޭނެއެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download