quranm◉

Surah An-Nas transliteration

◉ ސޫރަ · ∞

114:1

قُلۡ أَعُوذُ بِرَبِّ ٱلنَّاسِ ﴿1﴾

Transliteration: Qul aAAoothu birabbi alnnasi

Translation: (رَسُول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެ! އެންމެހައި މީސްތަކުން ހައްދަވައި ތަރުބިއްޔަތުކުރައްވައި އެއްމެހައި މީސްތަކުންވެރި رَبُّ

114:2

مَلِكِ ٱلنَّاسِ ﴿2﴾

Transliteration: Maliki alnnasi

Translation: އަދި އެންމެހަމީސްތަކުންގެ ވެރި

114:3

إِلَٰهِ ٱلنَّاسِ ﴿3﴾

Transliteration: Ilahi alnnasi

Translation: އަދި އެންމެހައިމީސްތަކުންގެ إِلَهُ (މީސްތަކުން އެފަރާތަށް އަޅުކަން ކުރުން حَقُّ ވެގެންވާ إِلَهُ) ކަމުގައިވާ ކަލާނގެ حَضْرَةُ ން މިއަޅާ ސަލާމަތާއި ރައްކާތެރިކަމާއި އަދި حِمَايَةُ ލިބިގަންނަނީ

114:4

مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ ﴿4﴾

Transliteration: Min sharri alwaswasi alkhannasi

Translation: خَنَّاسُ އެކިއުނު އިބްލީހުގެވަސްތަކުން ސަލާމަތްވެ ރައްކާތެރި ވުމަށެވެ. خَنَّاسُ އަކީ ނިވައިވެ ވަންހަނާވެ ފަހަތަށް ޖެހޭ އެއްޗެވެ. ފަހެ ﷲގެ އަޅާ އެކަލާނގެ އަށް ذِكْرُ ކޮށް އެކަލާނގެ ހަދާންކުރުމުން އެއިބްލީސް ނިވައިވެ ވަންހަނާވެ ފަހަތަށް ޖެހެއެވެ. އަދި ﷲގެ އަޅާ އެކަލާނގެ އަށް ذِكْرُ ނުކޮށް އެކަލާނގެ މަތިން ހަދާން ނެތިއްޖެއްޔާ އެއިބްލީސް ފާޅުވެ ވަސްވާސްދޭންފަށައެވެ.\nވަސްވާހަކީ އަޑަކާއި ނުލައި ހިތަށްވައްދާ ވާހަކަތަކާއި ޚިޔާލު ތަކެވެ.

114:5

ٱلَّذِي يُوَسۡوِسُ فِي صُدُورِ ٱلنَّاسِ ﴿5﴾

Transliteration: Allathee yuwaswisu fee sudoori alnnasi

Translation: خَنَّاسُ އެވެކިޔޭ އިބްލީސް މީސްތަކުންގެ ހިތްތަކަށް ވަސްވާސްކުރެއެވެ.

114:6

مِنَ ٱلۡجِنَّةِ وَٱلنَّاسِ ﴿6﴾

Transliteration: Mina aljinnati wa alnnasm

Translation: ޖިންނީންގެތެރޭގައްޔާއި އަދި އިންސާނުންގެތެރޭގައިވެސް މި خَنَّاسُ އުޅެއެވެ. ޖިންނީންގެ خَنَّاسُ އިންސާނުންނަށް ވަސްވާސްކުރެއެވެ. އަދި އިންސާނުންގެ خَنَّاسُ ޖިންނިންނަށް ވަސްވާސް ކުރެއެވެ. މިއީ އާޔަތުގެ އެއްތަރުޖަމާއެވެ. އަނެއްތަރުޖަމާއަކީ؛ خَنَّاسُ އެވެކިއުނު އިބްލީސް އިންސާނުންނަށާއި އަދި ޖިންނީންނަށްވެސް ވަސްވާސްކުރެއެވެ. މިއެވެ. މިދެގޮތަށް ތަރުޖަމާވެއެވެ. والله أعلم.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download