إِذَا ٱلشَّمۡسُ كُوِّرَتۡ ﴿1﴾إِذَا ٱلشَّمۡسُ كُوِّرَتۡ
Transliteration: Itha alshshamsu kuwwirat
Translation: ބޮލުގައި ފަގުޑި އޮޅާލާފަދައިން އިރު އޮޅާލެވިއްޖެއްޔާއި ނުވަތަ އޮޅާފައި އެއްލާލެވިއްޖެއެއްޔާއި
إِذَا ٱلشَّمۡسُ كُوِّرَتۡ ﴿1﴾إِذَا ٱلشَّمۡسُ كُوِّرَتۡ
Transliteration: Itha alshshamsu kuwwirat
Translation: ބޮލުގައި ފަގުޑި އޮޅާލާފަދައިން އިރު އޮޅާލެވިއްޖެއްޔާއި ނުވަތަ އޮޅާފައި އެއްލާލެވިއްޖެއެއްޔާއި
وَإِذَا ٱلنُّجُومُ ٱنكَدَرَتۡ ﴿2﴾وَإِذَا ٱلنُّجُومُ ٱنكَدَرَتۡ
Transliteration: Waitha alnnujoomu inkadarat
Translation: އަދި ތަރިތަކުގެ އަލިކަން ހިނގައްޖެއްޔާ / ނުވަތަ ވެރިއްޖެއްޔާ
وَإِذَا ٱلۡجِبَالُ سُيِّرَتۡ ﴿3﴾وَإِذَا ٱلۡجِبَالُ سُيِّرَتۡ
Transliteration: Waitha aljibalu suyyirat
Translation: އަދި ފަރުބަދަ ހުރިތަނުން ލުހި ވަޔަށް ބުރައިގެން ހިނގައްޖެއްޔާ
وَإِذَا ٱلۡعِشَارُ عُطِّلَتۡ ﴿4﴾وَإِذَا ٱلۡعِشَارُ عُطِّلَتۡ
Transliteration: Waitha alAAisharu AAuttilat
Translation: އަދި މާބަނޑު ޖަމަލު ބަލާނެ މީހަކު ނެތި ދޫކޮށް ލެވިއްޖެއްޔާ
وَإِذَا ٱلۡوُحُوشُ حُشِرَتۡ ﴿5﴾وَإِذَا ٱلۡوُحُوشُ حُشِرَتۡ
Transliteration: Waitha alwuhooshu hushirat
Translation: އަދި ވަޙްޝީ ޖަނަވާރުތައް އެއްކުރެވިއްޖެއްޔާ
وَإِذَا ٱلۡبِحَارُ سُجِّرَتۡ ﴿6﴾وَإِذَا ٱلۡبِحَارُ سُجِّرَتۡ
Transliteration: Waitha albiharu sujjirat
Translation: އަދި ކަނޑުގައި ގަދަޔަށް އަލިފާން ރޯ ވެއްޖެއްޔާ
وَإِذَا ٱلنُّفُوسُ زُوِّجَتۡ ﴿7﴾وَإِذَا ٱلنُّفُوسُ زُوِّجَتۡ
Transliteration: Waitha alnnufoosu zuwwijat
Translation: އަދި (މުއްމިނުންގެ) ނަފްސުތައް (حُوْرَالْعِيْنُ ނާއި) ކައިވެނި ކުރެވިއްޖެއްޔާ (ނުވަތަ ނަފުސުތައް ފުރާނަތަކާއި ކައިރި ކުރެވިއްޖެއްޔާ)
وَإِذَا ٱلۡمَوۡءُۥدَةُ سُئِلَتۡ ﴿8﴾وَإِذَا ٱلۡمَوۡءُۥدَةُ سُئِلَتۡ
Transliteration: Waitha almawoodatu suilat
Translation: އަދި ދިރިހުއްޓާ ވަޅުލެވުނު ކުޑަ އަންހެން ކުއްޖާޔާއި ސުވާލުކުރެވިއްޖެއްޔާ
بِأَيِّ ذَنۢبٖ قُتِلَتۡ ﴿9﴾بِأَيِّ ذَنۢبٖ قُتِلَتۡ
Transliteration: Biayyi thanbin qutilat
Translation: އޭނާ މަރައިލެވުނީ ކޮންފާފައެއްގެ ސަބަބުންތޯ
وَإِذَا ٱلصُّحُفُ نُشِرَتۡ ﴿10﴾وَإِذَا ٱلصُّحُفُ نُشِرَتۡ
Transliteration: Waitha alssuhufu nushirat
Translation: އަދި (ޢަމަލުގެ) ފަތްތައް ފަތުރައި ލެވިއްޖެއްޔާ
وَإِذَا ٱلسَّمَآءُ كُشِطَتۡ ﴿11﴾وَإِذَا ٱلسَّمَآءُ كُشِطَتۡ
Transliteration: Waitha alssamao kushitat
Translation: އަދި އުޑު އެއޮތްތަނުން ނިގުޅައި ގަނެވިކުދިކުދި ވެއްޖެއްޔާ
وَإِذَا ٱلۡجَحِيمُ سُعِّرَتۡ ﴿12﴾وَإِذَا ٱلۡجَحِيمُ سُعِّرَتۡ
Transliteration: Waitha aljaheemu suAAAAirat
Translation: އަދި ނަރަކައިގާ އަޑު ކިޔާވަރަށް އަލިފާން ރޯވެއްޖެއްޔާ
وَإِذَا ٱلۡجَنَّةُ أُزۡلِفَتۡ ﴿13﴾وَإِذَا ٱلۡجَنَّةُ أُزۡلِفَتۡ
Transliteration: Waitha aljannatu ozlifat
Translation: އަދި ސުވަރުގެ އޭގެ އަހުލުވެރިންނަށް ގާތް ކުރެވިއްޖެއްޔާ ދަންނައެވެ. މިތޭރަ شَرْطُ ގެ ޖަވާބު އެވަނީ ސާދަވަނަ އާޔަތުގައެވެ.
عَلِمَتۡ نَفۡسٞ مَّآ أَحۡضَرَتۡ ﴿14﴾عَلِمَتۡ نَفۡسٞ مَّآ أَحۡضَرَتۡ
Transliteration: AAalimat nafsun ma ahdarat
Translation: ކޮންމެ ނަފްސަކަށް އެ ނަފްސެއް (ދުނިޔޭގައި) ކުރި ހުރިހާ ކަމެއް އެނގޭނެއެވެ. އަދި އިސްވެއެދިޔަ އެންމެހައި ކަންކަމަކީ قِيَامَة ވުމާއި ގުޅިފައިހުރި ކަންކަމެވެ.
فَلَآ أُقۡسِمُ بِٱلۡخُنَّسِ ﴿15﴾فَلَآ أُقۡسِمُ بِٱلۡخُنَّسِ
Transliteration: Fala oqsimu bialkhunnasi
Translation: އަދި خُنَّس އެވެ ކިޔާ ތަރިތައްގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ. (އެތަރިތަކަކީ شَمْسُ - زُهْرَة - عَطَارِدُ -قَمَرُ - زُحَلُ -مِرِّيْخُ - مُشْتَرِى) މިއެވެ.
ٱلۡجَوَارِ ٱلۡكُنَّسِ ﴿16﴾ٱلۡجَوَارِ ٱلۡكُنَّسِ
Transliteration: Aljawari alkunnasi
Translation: އެތަރިތައްދަތުރުކުރާ އަދި ދުވާލު ނިވައިވެފައި ރޭގަޑު ފައުޅުވެއެވެ.
وَٱلَّيۡلِ إِذَا عَسۡعَسَ ﴿17﴾وَٱلَّيۡلِ إِذَا عَسۡعَسَ
Transliteration: Waallayli itha AAasAAasa
Translation: ،(18) އަދި ރޭގަޑު އޭގެ އަދިރިކަމާއިގެން ކުރިމަތިލައި އަތުވެއްޖެއްޔާ އަދި އަލިކަމާއިގެން ފަތިސްކުރިމަތިލައި އަތުވެއްޖެއްޔާއި މިކަންކަން ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.
وَٱلصُّبۡحِ إِذَا تَنَفَّسَ ﴿18﴾وَٱلصُّبۡحِ إِذَا تَنَفَّسَ
Transliteration: Waalssubhi itha tanaffasa
Translation: ،(18) އަދި ރޭގަޑު އޭގެ އަދިރިކަމާއިގެން ކުރިމަތިލައި އަތުވެއްޖެއްޔާ އަދި އަލިކަމާއިގެން ފަތިސްކުރިމަތިލައި އަތުވެއްޖެއްޔާއި މިކަންކަން ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.
إِنَّهُۥ لَقَوۡلُ رَسُولٖ كَرِيمٖ ﴿19﴾إِنَّهُۥ لَقَوۡلُ رَسُولٖ كَرِيمٖ
Transliteration: Innahu laqawlu rasoolin kareemin
Translation: ހަމަކަށަވަރުން އެ قُرْآن އަކީ މާތްވެގެންވާ جِبْرِيْلُ عَلَيْهِ السَّلآم الله حَضْرَةُ ންގެންނެވި ބަސްފުޅެކެވެ.
ذِي قُوَّةٍ عِندَ ذِي ٱلۡعَرۡشِ مَكِينٖ ﴿20﴾ذِي قُوَّةٍ عِندَ ذِي ٱلۡعَرۡشِ مَكِينٖ
Transliteration: Thee quwwatin AAinda thee alAAarshi makeenin
Translation: جِبْرِيْلُ عَلَيْهِ السَّلآم އަކީ عَرْشِ ގެވެރިކަލާނގެ حَضْرَةُ ގައި އެބަހީ ﷲ ގެ حَضْرَةُ ގައި ދަރަޖަފުޅު އުފުލިގެންވާ މަތީ ދަރަޖައެއްގެ ވެރި މާތްބޭކަލެކެވެ.
مُّطَاعٖ ثَمَّ أَمِينٖ ﴿21﴾مُّطَاعٖ ثَمَّ أَمِينٖ
Transliteration: MutaAAin thamma ameenin
Translation: އަދިއެކަލޭގެފާނަކީ އުޑުގެމަލާއިކަތްބޭކަލުން އެކަލޭގެފާނަށް ކިޔަމަންތެރިވެވަޑައި ގަންނަވާމާތް އަދި عِزَّة ތެރިބޭކަލެކެވެ. އެންމެހައިމަލާއިކަތްބޭކަލުން އެކަލޭގެފާނަށް ކިޔަމަންތެރިވެވަޑައިގަންނަވާ އަމާނާތްތެރި ބޭކަލެކެވެ.
وَمَا صَاحِبُكُم بِمَجۡنُونٖ ﴿22﴾وَمَا صَاحِبُكُم بِمَجۡنُونٖ
Transliteration: Wama sahibukum bimajnoonin
Translation: އޭ (އޭ قُرَيْشންނޭވެ) ކަލޭމެންގެ އެކުވެރިޔާ مُحَمَّد ﷺ އަކީ މޮޔަވެފައިވާ ބޭކަލަކު ކަމުގައި ނުވެއެވެ.
وَلَقَدۡ رَءَاهُ بِٱلۡأُفُقِ ٱلۡمُبِينِ ﴿23﴾وَلَقَدۡ رَءَاهُ بِٱلۡأُفُقِ ٱلۡمُبِينِ
Transliteration: Walaqad raahu bialofuqi almubeeni
Translation: އަދި ހަމަކަށަވަރުން ބަޔާވެގެންވާ އުދަރެހުގައި جِبْرِيْلُ عَلَيْهِ السَّلآم ވަނިކޮށް مُحَمَّد ﷺ ދެކެވަޑައިގެންނެވިއެވެ. އެއީ މައްކާގެ (جِيَادُ) ކިޔާފަރާތުންނެވެ. އިރު މަތިފަރާތެވެ. އަދިއެއީ ނަބީކަމުގެ ކުރީކޮޅެވެ. އެދުވަހު އެކަލޭގެފާނު ދެކެވަޑައިގެންނެވީ އެކަލޭގެފާނުންގެ އަސްލު ސޫރަފުޅުގައި ވަނިކޮށެވެ. އެފަރާތުގެ މުޅި އުދަރެސްވީ ފުރާލައިފައެވެ. އެކަލޭގެފާނަށް ހަތްސަތޭކަ ފިޔަފުޅުވެއެވެ. އެއިން ކޮންމެފިޔަފުޅެއް مَشْرِقُ އާއި مَغْرِبُ އާއި ދެމެދުގެ ރާސްތާވާކަމުގައި ވިއެވެ.
وَمَا هُوَ عَلَى ٱلۡغَيۡبِ بِضَنِينٖ ﴿24﴾وَمَا هُوَ عَلَى ٱلۡغَيۡبِ بِضَنِينٖ
Transliteration: Wama huwa AAala alghaybi bidaneenin
Translation: އަދި مُحَمَّد ﷺ އަކީ غَيْبُ ގެ خَبَرُ އާއިމެދު އެބަހީ އުޑުގެ خَبَرُ އާއިމެދު ޝައްކު ކުރައްވާބޭކަލަކު ނޫނެވެ.
وَمَا هُوَ بِقَوۡلِ شَيۡطَٰنٖ رَّجِيمٖ ﴿25﴾وَمَا هُوَ بِقَوۡلِ شَيۡطَٰنٖ رَّجِيمٖ
Transliteration: Wama huwa biqawli shaytanin rajeemin
Translation: އަދިއެ قُرْآن އެއީ އެހުމުން ވައްކަންކުރާ شَيْطَانُ އެއްގެ ބަސްކަމުގައިނުވެއެވެ. އެއީ عَالَم ތަކުގެވެރި رَبُّ ގެބާވާތްލެއްވުމެކެވެ.
فَأَيۡنَ تَذۡهَبُونَ ﴿26﴾فَأَيۡنَ تَذۡهَبُونَ
Transliteration: Faayna tathhaboona
Translation: قُرْآن އަށް ފުރަގަސްދީފައި ދެންކަލޭމެން ދާނީ ކޮންތާކަށް ހެއްޔެވެ؟ އަދި ނުވަތަ ކަލޭމެނަށް އޮތީ އެއަށްވުރެ ރަނގަޅު ކޮންމަގެއްހެއްޔެވެ؟
إِنۡ هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ ﴿27﴾إِنۡ هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ
Transliteration: In huwa illa thikrun lilAAalameena
Translation: އަދި އެ قُرْآن އެއީ عَالَم ތަކުގެވެރި رَبُّ ގެ حَضْرَةُ ން ބާވާތްލައްވާފައިވާ ذِكْرُ އެއްކަމުގައި މެނުވީ ނުވެއެވެ.
لِمَن شَآءَ مِنكُمۡ أَن يَسۡتَقِيمَ ﴿28﴾لِمَن شَآءَ مِنكُمۡ أَن يَسۡتَقِيمَ
Transliteration: Liman shaa minkum an yastaqeema
Translation: ކަލޭމެންކުރެން އެދޭމީހަކަށް އީމާންކަމާއި ޙައްޤުމަގަށް ކިޔަމަންތެރިވުމުގެ ސީދާމަގުވެއެވެ.
وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ ﴿29﴾وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ
Transliteration: Wama tashaoona illa an yashaa Allahu rabbu alAAalameena
Translation: އަދި الله އިރާދަކުރެއްވިއްޔާމެނުވީ ކަލޭމެނަށް ކަމެއްކުރުމަށް ގަސްދުވެސްނުކުރެވޭނެއެވެ. އެކަލާނގެ އެއީ عَالَم ތަކުގެވެރި رَبُّ އެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download