82:1إِذَا ٱلسَّمَآءُ ٱنفَطَرَتۡ ﴿1﴾إِذَا ٱلسَّمَآءُ ٱنفَطَرَتۡ
Transliteration: Itha alssamao infatarat
Translation: އުޑު ފަޅަފަޅައިގެން ހިނގައްޖެއްޔާއި (ދަންނައެވެ. މި ސޫރަތުގެ ފުރަތަމަ ހަތަރު އާޔަތުގައި އެ ވާ ހަތަރު ކަންތަކުގެ ޖަވާބު އެ ވަނީ ފަސްވަނަ އާޔަތުގައެވެ.)
82:2وَإِذَا ٱلۡكَوَاكِبُ ٱنتَثَرَتۡ ﴿2﴾وَإِذَا ٱلۡكَوَاكِبُ ٱنتَثَرَتۡ
Transliteration: Waitha alkawakibu intatharat
Translation: އަދި ތަރިތައް، އުޑުމަތީން ވަކިވަކިވެގެން ތިރިޔަށް ވެރިއްޖެއްޔާއި،
82:3وَإِذَا ٱلۡبِحَارُ فُجِّرَتۡ ﴿3﴾وَإِذَا ٱلۡبِحَارُ فُجِّرَتۡ
Transliteration: Waitha albiharu fujjirat
Translation: އަދި ކަނޑުތައް އެއްކަނޑު އަނެއް ކަނޑާ އެކުވެ، އެއްވެއްޖެއްޔާއި، (ލޮނުފެނާއި، މީރުފެންވެސް އެކުވެ، އެކައްޗަކަށް ވާނޭ ކަމުގައި ވެއެވެ.)
82:4وَإِذَا ٱلۡقُبُورُ بُعۡثِرَتۡ ﴿4﴾وَإِذَا ٱلۡقُبُورُ بُعۡثِرَتۡ
Transliteration: Waitha alqubooru buAAthirat
Translation: އަދި ބިމުގެ އަޑީގައި ވަޅުލެވިފައި ވާހައި ބަޔަކު ކަށްވަޅުތަކުން ނެރެވިއްޖެއްޔާއި،\nދަންނައެވެ. މި ހަތަރު ކަމަކީ قيامة ވުމުގެ ކުރީގައި އެކަމާ ގުޅިފައިވާ ހަތަރު ކަމެވެ.
82:5عَلِمَتۡ نَفۡسٞ مَّا قَدَّمَتۡ وَأَخَّرَتۡ ﴿5﴾عَلِمَتۡ نَفۡسٞ مَّا قَدَّمَتۡ وَأَخَّرَتۡ
Transliteration: AAalimat nafsun ma qaddamat waakhkharat
Translation: ދެން އެދުވަހުން ކޮންމެ نفس އަކަށްވެސް (ކޮންމެނަފުސަކަށްވެސް) އެ ނަފްސެއް ކޮށްފައިވާ ކަންތައް ރަނގަޅަށް އެނގޭނެއެވެ. (ފަތްތައް ހުންނާނީ ހާމައަށެވެ.)
82:6يَـٰٓأَيُّهَا ٱلۡإِنسَٰنُ مَا غَرَّكَ بِرَبِّكَ ٱلۡكَرِيمِ ﴿6﴾يَـٰٓأَيُّهَا ٱلۡإِنسَٰنُ مَا غَرَّكَ بِرَبِّكَ ٱلۡكَرِيمِ
Transliteration: Ya ayyuha alinsanu ma gharraka birabbika alkareemi
Translation: އޭ އިންސާނާއެވެ! (އޭ ކާފަރު އިންސާނާއެވެ!) ކަލޭ ހައްދަވައި، ގިނަގުނަ نعمة ދެއްވި މާތްވެގެންވާ ربّ އާމެދު ހެއްލުންތެރިވީ ކޮން ކަމަކާ ހެދި ހެއްޔެވެ؟ (އެކަލާނގެ نعمة އާއި، عفوء ގިނަކަމުން ހެއްޔެވެ؟ އެކަލާނގެ عذاب ވެސް އެހައި ގަދަކަން ހަނދާންކުރާށެވެ!)
82:7ٱلَّذِي خَلَقَكَ فَسَوَّىٰكَ فَعَدَلَكَ ﴿7﴾ٱلَّذِي خَلَقَكَ فَسَوَّىٰكَ فَعَدَلَكَ
Transliteration: Allathee khalaqaka fasawwaka faAAadalaka
Translation: އެ ربّ އަކީ نطفة އަކުން ކަލޭ އުފައްދަވައި، ދެން ބަރާބަރު ފުރިހަމަ އިންސާނަކަށް ހެއްދެވި ކަލާނގެއެވެ. އަދި އެހެން ޖަނަވާރާ خلاف އަށް، ދެފައިމައްޗަށް ކޮޅަށް ހުރެވޭނޭ ގޮތަށްވެސް ހެއްދެވީ ހަމަ އެކަލާނގެއެވެ.
82:8فِيٓ أَيِّ صُورَةٖ مَّا شَآءَ رَكَّبَكَ ﴿8﴾فِيٓ أَيِّ صُورَةٖ مَّا شَآءَ رَكَّبَكَ
Transliteration: Fee ayyi sooratin ma shaa rakkabaka
Translation: އަދި އެކަލާނގެ އެދިވޮޑިގެންނެވި ސިފައަކަށް އެކަލާނގެ ކަލޭ ސޫރަކުރައްވައި، تركيب ކުރައްވައި، ހައްދަވައި ފުރިހަމަކުރެއްވިއެވެ.
82:9كَلَّا بَلۡ تُكَذِّبُونَ بِٱلدِّينِ ﴿9﴾كَلَّا بَلۡ تُكَذِّبُونَ بِٱلدِّينِ
Transliteration: Kalla bal tukaththiboona bialddeeni
Translation: އެއްގޮތަކަށްވެސް އެކަލާނގެ نعمة އާއި، عفوء ގެ ބޮޑުކަމާމެދު ނުހެއްލޭށެވެ. (އެކަލާނގެ عذاب ވެސް އެހައި ގަދައެވެ. ދޮގުވެރި، ކާފަރުންނަށް ގަދަ عذاب ވެސް ދެއްވައެވެ.) އަދި ކިޔެއް ހެއްޔެވެ؟ ތިޔަބައިމީހުން قيامة ދުވަސް ދޮގުކުރަނީއެވެ. ނުވަތަ إسلام دين ދޮގުކުރަނީއެވެ.
82:10وَإِنَّ عَلَيۡكُمۡ لَحَٰفِظِينَ ﴿10﴾وَإِنَّ عَلَيۡكُمۡ لَحَٰفِظِينَ
Transliteration: Wainna AAalaykum lahafitheena
Translation: އަދި ހަމަކަށަވަރުން އެކަލާނގެ ކަލޭމެންގެ މައްޗަށް ކަލޭމެން ބަލަހައްޓަވާ، ކަލޭމެންގެ عمل ތައް ލިޔުއްވާ ބޭކަލުން ލައްވާފައި ވެއެވެ.
82:11كِرَامٗا كَٰتِبِينَ ﴿11﴾كِرَامٗا كَٰتِبِينَ
Transliteration: Kiraman katibeena
Translation: އެއީ މާތްވެގެންވާ ملائكة ބޭކަލުންނެވެ. އެއީ عمل ތައް ލިޔުއްވާ ބޭކަލުންނެވެ. އެއީ (كِرَامًا كَاتِبِينَ ދެބޭކަލުންނެވެ.)
82:12يَعۡلَمُونَ مَا تَفۡعَلُونَ ﴿12﴾يَعۡلَمُونَ مَا تَفۡعَلُونَ
Transliteration: YaAAlamoona ma tafAAaloona
Translation: ތިޔަބައިމީހުން ކުރާހައި ކަމެއް (ހެވަސް، ނުބަޔަސް) އެ ބޭކަލުން ރަނގަޅަށް ދެނެވަޑައިގެން ވެއެވެ. (އަދި ލިޔުއްވާ ހުއްޓެވެ.)
82:13إِنَّ ٱلۡأَبۡرَارَ لَفِي نَعِيمٖ ﴿13﴾إِنَّ ٱلۡأَبۡرَارَ لَفِي نَعِيمٖ
Transliteration: Inna alabrara lafee naAAeemin
Translation: ހަމަކަށަވަރުން މާތްވެގެންވާ ރަނގަޅު تقوى ވެރީން އެދުވަހުން ތިބޭނީ ސުވަރުގޭގައެވެ. އެތާނގެ نعمة ގައެވެ.
82:14وَإِنَّ ٱلۡفُجَّارَ لَفِي جَحِيمٖ ﴿14﴾وَإِنَّ ٱلۡفُجَّارَ لَفِي جَحِيمٖ
Transliteration: Wainna alfujjara lafee jaheemin
Translation: އަދި ހަމަކަށަވަރުން ނުބައި، ނުލަފާ فاجر ން އެދުވަހުން ތިބޭނީ ނަރަކައިގައެވެ. އެތާނގެ ހޫނާއި عذاب ގައެވެ.
82:15يَصۡلَوۡنَهَا يَوۡمَ ٱلدِّينِ ﴿15﴾يَصۡلَوۡنَهَا يَوۡمَ ٱلدِّينِ
Transliteration: Yaslawnaha yawma alddeeni
Translation: އެދުވަހުން އެމީހުން ނަރަކައަށް ވަދެ، އެތާނގެ ގަދަ عذاب ގެ ރަހަ ލިބިގަންނާނެއެވެ.
82:16وَمَا هُمۡ عَنۡهَا بِغَآئِبِينَ ﴿16﴾وَمَا هُمۡ عَنۡهَا بِغَآئِبِينَ
Transliteration: Wama hum AAanha bighaibeena
Translation: އެމީހުން އެ ނަރަކައިން غائب ނުވާނެއެވެ. އެބަހީ އަބަދުވެސް އެތާ ތިބޭނެއެވެ.
82:17وَمَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ ﴿17﴾وَمَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ
Transliteration: Wama adraka ma yawmu alddeeni
Translation: يوم الدّين އަކީ (ހިސާބު ބައްލަވައި، އަދި جزاء ދެއްވާ ދުވަހަކީ) ކޮން ދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮން އެއްޗެއް ތޯއެވެ؟ ކޮން ކަމެއް ހެއްޔެވެ؟
82:18ثُمَّ مَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ ﴿18﴾ثُمَّ مَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ
Transliteration: Thumma ma adraka ma yawmu alddeeni
Translation: ދެން ކަލޭގެފާނަށް يوم الدّين އެވެ ކިޔާ ދުވަހަކީ ކޮން ދުވަހެއްކަން އަންގައިދިނީ ކޮން އެއްޗެއްތޯއެވެ؟ ކޮން ކަމެއް ހެއްޔެވެ؟ (ފަހެ މި آية تكرار ކުރައްވާފައި ވަނީ އެ ދުވަހުގެ مهمّ ކަމާއި، ބިރުވެރިކަމަށް ހުޝިޔާރު ކުރެއްވުމުގެ ގޮތުންނެވެ. والله أعلم)
82:19يَوۡمَ لَا تَمۡلِكُ نَفۡسٞ لِّنَفۡسٖ شَيۡـٔٗاۖ وَٱلۡأَمۡرُ يَوۡمَئِذٖ لِّلَّهِ ﴿19﴾يَوۡمَ لَا تَمۡلِكُ نَفۡسٞ لِّنَفۡسٖ شَيۡـٔٗاۖ وَٱلۡأَمۡرُ يَوۡمَئِذٖ لِّلَّهِ
Transliteration: Yawma la tamliku nafsun linafsin shayan waalamru yawmaithin lillahi
Translation: އެދުވަހަކީ އެއްވެސް މީހަކަށް އަނެއް މީހަކަށްޓަކައި އެއްވެސް ކަމެއް މިލްކުވެގެންވާ ދުވަހެއް ނޫނެވެ. ފުއްދައިދެވޭނޭ ދުވަހެއް ނޫނެވެ. އެދުވަހުގެ ހުރިހައި ކަމެއް خاصّ ވެ، މިލްކުވެގެން ވަނީ ހަމައެކަނި ﷲ އަށެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download