وَٱلسَّمَآءِ وَٱلطَّارِقِ ﴿1﴾وَٱلسَّمَآءِ وَٱلطَّارِقِ
Transliteration: Waalssamai waalttariqi
Translation: އުޑާއި އަދި طَارِقُ ގަންދެއްވައި الله [ހުވައި وَحِي ކުރައްވައެވެ.]
وَٱلسَّمَآءِ وَٱلطَّارِقِ ﴿1﴾وَٱلسَّمَآءِ وَٱلطَّارِقِ
Transliteration: Waalssamai waalttariqi
Translation: އުޑާއި އަދި طَارِقُ ގަންދެއްވައި الله [ހުވައި وَحِي ކުރައްވައެވެ.]
وَمَآ أَدۡرَىٰكَ مَا ٱلطَّارِقُ ﴿2﴾وَمَآ أَدۡرَىٰكَ مَا ٱلطَّارِقُ
Transliteration: Wama adraka ma alttariqu
Translation: އަދި طَارِقُ އެއީ ކޮންއެޗެއްކަން ކަލޭގެ ފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
ٱلنَّجۡمُ ٱلثَّاقِبُ ﴿3﴾ٱلنَّجۡمُ ٱلثَّاقِبُ
Transliteration: Alnnajmu alththaqibu
Translation: އެއީ އަލިކުރާތަރިއެވެ. ނުވަތަ شَيْطَان ންނާއިދިމާއަށް އެއްލީމާ އެސޮރުމެންގެ ގައިގާ ލޯވަޅު އަޅާފޫވައްޓައިލާ ތަރިއެވެ. އެތަކެތި ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.
إِن كُلُّ نَفۡسٖ لَّمَّا عَلَيۡهَا حَافِظٞ ﴿4﴾إِن كُلُّ نَفۡسٖ لَّمَّا عَلَيۡهَا حَافِظٞ
Transliteration: In kullu nafsin lamma AAalayha hafithun
Translation: އެއްވެސް ނަފުސެއް އެނަފުސެއް ރައްކާތެރިކުރައްވާނޭ މަލާއިކަތްބޭކަލުން ނުލައްވާ އެއްވެސް ނަފުސެއްނުވެއެވެ. (އެބަހީ ކޮންމެ ނަފުސަކަށް ވެސް އެނަފުސެއްކުރާކަންތަކާ ދައްކާވާހަކަ އަދި އެނޫންވެސް އެނަފުސަކާބެހޭ އެންމެހައިކަމެއް ލިއުއްވާ ބަލަހައްޓަވާނޭ ބޭކަލުން ލައްވާފައިވެއެވެ.)
فَلۡيَنظُرِ ٱلۡإِنسَٰنُ مِمَّ خُلِقَ ﴿5﴾فَلۡيَنظُرِ ٱلۡإِنسَٰنُ مِمَّ خُلِقَ
Transliteration: Falyanthuri alinsanu mimma khuliqa
Translation: ފަހެ އިންސާނާ އެނާ ހެއްދެވިފައިވާ އެއްޗަކާއިމެދު ވިސްނާ ފިކުރު ކުރާހުށިކަމެވެ.
خُلِقَ مِن مَّآءٖ دَافِقٖ ﴿6﴾خُلِقَ مِن مَّآءٖ دَافِقٖ
Transliteration: Khuliqa min main dafiqin
Translation: އޭނާ ހެއްދެވިފައިވަނީ ފޮދު ފޮދު ވަރަށް އަންނަފެންފޮދަކުންނެވެ. (މަނިފޮދަކުންނެވެ.)
يَخۡرُجُ مِنۢ بَيۡنِ ٱلصُّلۡبِ وَٱلتَّرَآئِبِ ﴿7﴾يَخۡرُجُ مِنۢ بَيۡنِ ٱلصُّلۡبِ وَٱلتَّرَآئِبِ
Transliteration: Yakhruju min bayni alssulbi waalttaraibi
Translation: އެފެންފޮދު އުފެދިގެން އަންނަނީ ފިރިހެނާގެ ބުރަކަށީގެ ކަށިތަކުގެ ތެރެއިންނާއި އަންހެނާގެ މޭކަށިގަޑައި ދެމެދުންނެވެ. ދަރި އުފެދެނީ އެދެފެން އެކުވެގެންނެވެ.
إِنَّهُۥ عَلَىٰ رَجۡعِهِۦ لَقَادِرٞ ﴿8﴾إِنَّهُۥ عَلَىٰ رَجۡعِهِۦ لَقَادِرٞ
Transliteration: Innahu AAala rajAAihi laqadirun
Translation: އަދި ހަމަކަށަވަރުން އެކަލާނގެއީ އެއިންސާނާ މަރުވުމަށްފަހު އަލުން ދެވެވަނަފަހަރަށްވެސް ދިރުއްވައި مَحْشَرُ ކުރެއްވުމަށްވެސް ކުޅަދުންވަންތަވެވޮޑިގެންވާ ކަލާނގެއެވެ. ނުވަތަ އެމަނިފޮދުއަޔަނުދީ އަބުނރާ ރައްދުކުރެއްވުމަށްވެސް ކުޅަދުންވަންތަ ކަލާނގެއެވެ.
يَوۡمَ تُبۡلَى ٱلسَّرَآئِرُ ﴿9﴾يَوۡمَ تُبۡلَى ٱلسَّرَآئِرُ
Transliteration: Yawma tubla alssarairu
Translation: އެއިންސާނާ އަލުންދިރުއްވައި ފޮނުއްވާނީ ހިތުގެ އެންމެހައި ސިއްރުތައް -އެބަހީ -އެންމެހައި عَقِيْدَة ތަކާއި ނިޔަތްތަކެއް އިމްތިޙާނު ކުރައްވައި خَبَرُ ބައްލަވާދުވަހުންނެވެ.
فَمَا لَهُۥ مِن قُوَّةٖ وَلَا نَاصِرٖ ﴿10﴾فَمَا لَهُۥ مِن قُوَّةٖ وَلَا نَاصِرٖ
Transliteration: Fama lahu min quwwatin wala nasirin
Translation: އެދުވަހުން އޭނާއަށް ގަދަދެއްކޭނޭ އެއްވެސްބާރެއް އަދި ނަސްރުދޭނެ ނަސްރުވެރިއަކު ނުވާނެއެވެ. ހަމައެކަނި އެދުވަހުގެ ވެރިއަކީ الله އެވެ.
وَٱلسَّمَآءِ ذَاتِ ٱلرَّجۡعِ ﴿11﴾وَٱلسَّمَآءِ ذَاتِ ٱلرَّجۡعِ
Transliteration: Waalssamai thati alrrajAAi
Translation: ވާރޭވިލާގަޑުގެވެރި އުޑު ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.
وَٱلۡأَرۡضِ ذَاتِ ٱلصَّدۡعِ ﴿12﴾وَٱلۡأَرۡضِ ذَاتِ ٱلصَّدۡعِ
Transliteration: Waalardi thati alssadAAi
Translation: (ގަސްނުކުތުމަށްޓަކައި) ފަޅަފަޅައިގެންދާ / ނުވަތަ ގަސްގަހާގެހީގެވެރި ބިން ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.
إِنَّهُۥ لَقَوۡلٞ فَصۡلٞ ﴿13﴾إِنَّهُۥ لَقَوۡلٞ فَصۡلٞ
Transliteration: Innahu laqawlun faslun
Translation: ހަމަކަށަވަރުން އެއީ އެބަހީ އެ قُرْآن އެއީ ކަނޑައެޅިގެން ޙައްޤުއާއި بَاطِلُ ވަކިކޮށްދޭ ބަހެވެ. ފޮތެވެ.
وَمَا هُوَ بِٱلۡهَزۡلِ ﴿14﴾وَمَا هُوَ بِٱلۡهَزۡلِ
Transliteration: Wama huwa bialhazli
Translation: އަދިއެއީ ބޭކާރު އަދި ކުޅިވަރު އެއްޗެއްކަމުގައިނުވެއެވެ.
إِنَّهُمۡ يَكِيدُونَ كَيۡدٗا ﴿15﴾إِنَّهُمۡ يَكِيدُونَ كَيۡدٗا
Transliteration: Innahum yakeedoona kaydan
Translation: ހަމަކަށަވަރުން އެކާފަރުންގެމީހުން قُرْآن بَاطِلُ ކޮށް رَسُولُ الله ﷺ ގެންނެވި حَقُّ دِيْن ނެތިކޮށްލެވޭތޯ ޒާތްޒާތުގެ މަކަރުހަދާ ރޭވުންތައް ރާވަނީއެވެ.
وَأَكِيدُ كَيۡدٗا ﴿16﴾وَأَكِيدُ كَيۡدٗا
Transliteration: Waakeedu kaydan
Translation: އަދި ތިމަންރަސްކަލާނގެވެސް އެމީހުންނަށް ނޭގޭނެގޮތުން އެމީހުންނާއި އިދިކޮޅަށް ރޭވުންތައް ރާވަމެވެ.
فَمَهِّلِ ٱلۡكَٰفِرِينَ أَمۡهِلۡهُمۡ رُوَيۡدَۢا ﴿17﴾فَمَهِّلِ ٱلۡكَٰفِرِينَ أَمۡهِلۡهُمۡ رُوَيۡدَۢا
Transliteration: Famahhili alkafireena amhilhum ruwaydan
Translation: (އޭ رَسُولُ الله އެވެ.) ކާފަރުންތައް ހަލާކު ކުރެއްވުމަށް އެދިވަޑައިގަތުން އަވަސްނުކުރައްވާށެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުންނަށް މުހުލަތުދެއްވާށެވެ. ތަންވަޅުދެއްވައި ލަސްކުރައްވާށެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download