88:1هَلۡ أَتَىٰكَ حَدِيثُ ٱلۡغَٰشِيَةِ ﴿1﴾هَلۡ أَتَىٰكَ حَدِيثُ ٱلۡغَٰشِيَةِ
Transliteration: Hal ataka hadeethu alghashiyati
Translation: (އޭ رَسُول الله އެވެ!) غَشِيَة އެވެ ކިޔުނު ޤިޔާމަތްދުވަހުގެ ވާހަކަ ހަމަކަށަވަރުން ކަލޭގެފާނުންގެ އަރިހައް އަތުވެއްޖެއެވެ. (ނުވަތަ އެވާހަކަ އަތުވެއްޖެ ތޯއެވެ؟)
88:2وُجُوهٞ يَوۡمَئِذٍ خَٰشِعَةٌ ﴿2﴾وُجُوهٞ يَوۡمَئِذٍ خَٰشِعَةٌ
Transliteration: Wujoohun yawmaithin khashiAAatun
Translation: އެދުވަހުން ބައެއް މޫނުތަކުގެ ވެރިންވާނީ ދެރަވެ ފެންކަޅިވެގެންނެވެ. ހިތާމައިގައެވެ.
88:3عَامِلَةٞ نَّاصِبَةٞ ﴿3﴾عَامِلَةٞ نَّاصِبَةٞ
Transliteration: AAamilatun nasibatun
Translation: އޭނާ އުފުލަމުންދާ ގިނަ ޗޭނުތަކާއި ކަސްތަޅުތަކުގެ މަސައްކަތުގައި ވަރުބަލިވެފައެވެ. (ނުވަތަ އޭނާ ދުނިޔޭގައި ވަރުބަލި ވާންދެން ކުރި މަސައްކަތުގެ އެއްވެސް ހެޔޮކަމެއް ނެތި ފެންކަޅިވެފައެވެ.) އެއީ ނުބައި ނުލަފާ މީހުންނެވެ.
88:4تَصۡلَىٰ نَارًا حَامِيَةٗ ﴿4﴾تَصۡلَىٰ نَارًا حَامِيَةٗ
Transliteration: Tasla naran hamiyatan
Translation: އޭނާ ހޫނުވެގެންވާ އަލިފާނަކަށް ލެވޭނެއެވެ. އަދި އެޔާއެކު
88:5تُسۡقَىٰ مِنۡ عَيۡنٍ ءَانِيَةٖ ﴿5﴾تُسۡقَىٰ مِنۡ عَيۡنٍ ءَانِيَةٖ
Transliteration: Tusqa min AAaynin aniyatin
Translation: ހޫނުކަން ނިހާޔަތަށް ގޮސްފައިވާ އެންމެ ހޫނު ފެނުގެ ކޯރަކުން އޭނާއަށް ބޯންދެވޭނެއްވެ.
88:6لَّيۡسَ لَهُمۡ طَعَامٌ إِلَّا مِن ضَرِيعٖ ﴿6﴾لَّيۡسَ لَهُمۡ طَعَامٌ إِلَّا مِن ضَرِيعٖ
Transliteration: Laysa lahum taAAamun illa min dareeAAin
Translation: އެމީހުންނަށް ޤިޔާމަތް ދުވަހުން ضَرِيْع ކިޔާ ކަށި މެނުވީ އެހެންކާއެއްޗެއް ނުވެއެވެ. (އެއީ شبرق ކިޔާ ރޯކަށި ހިކުނީމާކިޔާ ނަމެކެވެ.)
88:7لَّا يُسۡمِنُ وَلَا يُغۡنِي مِن جُوعٖ ﴿7﴾لَّا يُسۡمِنُ وَلَا يُغۡنِي مِن جُوعٖ
Transliteration: La yusminu wala yughnee min jooAAin
Translation: (އެކަށި އެމީހުންކާނެއެވެ.) އަދިއެކެއުމަކުން އެމީހުންގެ ހަށިތަކަށްއެއްވެސް ފައިދާއެއްނުކުރާނެއެވެ. އަދި ބަޑުނހައިހޫނުކަމުގެ އެއްވެސްކަމެއް އެއިން ފުއްދައި ނުދެނެއެވެ.
88:8وُجُوهٞ يَوۡمَئِذٖ نَّاعِمَةٞ ﴿8﴾وُجُوهٞ يَوۡمَئِذٖ نَّاعِمَةٞ
Transliteration: Wujoohun yawmaithin naAAimatun
Translation: އަދި ޤިޔާމަތްދުވަހުން އަނެއްބައިމޫނުތަކުގެވެރިން ތިބޭނީ ނިޢްމަތުގެ ގިނަކަމާއި ބޮޑުކަމުން އުފާވެރިވެ މޫނުތައްތާޒާވެފައެވެ.
88:9لِّسَعۡيِهَا رَاضِيَةٞ ﴿9﴾لِّسَعۡيِهَا رَاضِيَةٞ
Transliteration: LisaAAyiha radiyatun
Translation: އެމީހުން ދުނިޔޭގައި ކުރި ހެޔޮ ޢަމަލުތަކަށް ރުހެވިގެންނެވެ. އެބަހީ الله އެމީހުންނަށް ރުހިވޮޑިގަތުމުގެސަބަބުން މޫނުތައް އަލިވެ އުޖާލާވެގެންނެވެ.
88:10فِي جَنَّةٍ عَالِيَةٖ ﴿10﴾فِي جَنَّةٍ عَالِيَةٖ
Transliteration: Fee jannatin AAaliyatin
Translation: އެމީހުން ތިބޭނީ މަތިވެރިވެގެންވާ ސުވަރުގެތަކުގައެވެ.
88:11لَّا تَسۡمَعُ فِيهَا لَٰغِيَةٗ ﴿11﴾لَّا تَسۡمَعُ فِيهَا لَٰغِيَةٗ
Transliteration: La tasmaAAu feeha laghiyatan
Translation: އެތާގައި އެމީހުން އެއްވެސް بَاطِلُ އަދި ބޭކަރުވާހަކައެއްނުއަހާނެއެވެ.
88:12فِيهَا عَيۡنٞ جَارِيَةٞ ﴿12﴾فِيهَا عَيۡنٞ جَارِيَةٞ
Transliteration: Feeha AAaynun jariyatun
Translation: އެސުވަރުގޭގައި ދެމިދެމި އޮންނަ އާރުތަކެއްވެއެވެ.
88:13فِيهَا سُرُرٞ مَّرۡفُوعَةٞ ﴿13﴾فِيهَا سُرُرٞ مَّرۡفُوعَةٞ
Transliteration: Feeha sururun marfooAAatun
Translation: އަދި އެތާ އުސްވެގެންވާ އެދުދާންކޮޅުތައްވެއެވެ. (މާތްވެގެންވާފަށުވީގެ ތަންމަތި ތަކުގައި މާތްވެގެންވާ حُوْرَ العِين އަންހެންކުދިންނާއި އެކުގައެވެ.)
88:14وَأَكۡوَابٞ مَّوۡضُوعَةٞ ﴿14﴾وَأَكۡوَابٞ مَّوۡضُوعَةٞ
Transliteration: Waakwabun mawdooAAatun
Translation: އަދި އެތާގައި ބޭނުންމީހަކު ބުއިމަށް ބެހެއްޓިގެންވާ ތަށިތައްވެއެވެ.
88:15وَنَمَارِقُ مَصۡفُوفَةٞ ﴿15﴾وَنَمَارِقُ مَصۡفُوفَةٞ
Transliteration: Wanamariqu masfoofatun
Translation: އަދި އެސުވަރުގޭގައި ސަފުސަފަށްއެތުރިފައިވާ ބާލީސްތަކާއި ކަންނެއުތައްވެއެވެ
88:16وَزَرَابِيُّ مَبۡثُوثَةٌ ﴿16﴾وَزَرَابِيُّ مَبۡثُوثَةٌ
Transliteration: Wazarabiyyu mabthoothatun
Translation: އަދި މަޚުމާޖެހިދޫލަތައް އެތާ ފެތުރިގެންވެއެވެ.
88:17أَفَلَا يَنظُرُونَ إِلَى ٱلۡإِبِلِ كَيۡفَ خُلِقَتۡ ﴿17﴾أَفَلَا يَنظُرُونَ إِلَى ٱلۡإِبِلِ كَيۡفَ خُلِقَتۡ
Transliteration: Afala yanthuroona ila alibili kayfa khuliqat
Translation: އެކާފަރުންގެމީހުން ޖަމަލުހެއްދެވިފައިވަނީ ކޮންފަދައަކުންތޯބަލައި ފިކުރުކޮށް ނުހަދަނީބާވައެވެ؟ އެޖަމަލު ހެއްދެވި މަތިވެރި މާތްﷲ ގެ ޤުދްރަތްތެރިކަމާއިމެދު ފިކުރުކޮށް އިބްރަތް ޙާސިލު ނުކުރާނެ ބާވައެވެ؟
88:18وَإِلَى ٱلسَّمَآءِ كَيۡفَ رُفِعَتۡ ﴿18﴾وَإِلَى ٱلسَّمَآءِ كَيۡفَ رُفِعَتۡ
Transliteration: Waila alssamai kayfa rufiAAat
Translation: އަދި އުޑަށް އެމީހުން ނުބަލަނީ ކީއްވެގެންބާވައެވެ؟އެއްވެސް ތަބަކާއި ނުލައި އެއުޑު އުފުލިފައި ވާގޮތާއިމެދު ވިސްނާ ފިކުރުނުކުރަނީ ކީއްވެގެންބާވައެވެ؟
88:19وَإِلَى ٱلۡجِبَالِ كَيۡفَ نُصِبَتۡ ﴿19﴾وَإِلَى ٱلۡجِبَالِ كَيۡفَ نُصِبَتۡ
Transliteration: Waila aljibali kayfa nusibat
Translation: އަދި ފަރުބަދަތަކަށް އެމީހުން ނުބަލަނީ ކީއްވެގެންބާވައެވެ؟ އެތަކެތި ބިމުގައި ހަރުކުރެވިފައިވާ ގޮތާއިމެދު އެމީހުން ވިސްނާފިކުރު ނުކުރަނީބާވައެވެ؟
88:20وَإِلَى ٱلۡأَرۡضِ كَيۡفَ سُطِحَتۡ ﴿20﴾وَإِلَى ٱلۡأَرۡضِ كَيۡفَ سُطِحَتۡ
Transliteration: Waila alardi kayfa sutihat
Translation: އަދި ބިމަށް އެމީހުންނުބަލާނެބާވައެވެ؟ އެބިން ފެތުރިފައިވާގޮތާއިމެދު އެމީހުން ވިސްނާ ފިކުރުނުކުރާނެބާވައެވެ؟ ފަހެމިތަކެއްޗަށް އެމީހުން ވިސްނާހަދާނަމަ އެތަކެތި އެހާފުރިހަމަކޮށް ބަރާބަރުކޮށް ހެއްދެވި الله އަށް އެމީހުން މަރުވުމަށްފަހު ދެވަނަފަހަރަށް ދިރުއްވައި مَحْشَرُ އަށްފޮނުއްވަން އުދަގޫނުވާނެކަން ރަނގަޅަށް އެގެންވާނެއެވެ.
88:21فَذَكِّرۡ إِنَّمَآ أَنتَ مُذَكِّرٞ ﴿21﴾فَذَكِّرۡ إِنَّمَآ أَنتَ مُذَكِّرٞ
Transliteration: Fathakkir innama anta muthakkirun
Translation: (އޭ رَسُولُ الله!) ފަހެ ކަލޭގެފާނު އެމީހުންނަށް އާއި وَعْظُ نَصِيْحِة ދެއްވާ ހަދާންކޮށްދެއް ވާށެވެ. ހަމަކަށަވަރުން ކަލެގެފާނީ وَعْظُ نَصِيْحِة ދެއްވާ ހަދާންކޮށްދެއްވާ ހައްދަވާނެ ބޭކަލެކެވެ.
88:22لَّسۡتَ عَلَيۡهِم بِمُصَيۡطِرٍ ﴿22﴾لَّسۡتَ عَلَيۡهِم بِمُصَيۡطِرٍ
Transliteration: Lasta AAalayhim bimusaytirin
Translation: އަދިއެމީހުން އީމާންކުރުވުމުގެ މައްޗަށް މަޖްބޫރު ކުރައްވާނޭބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ.
88:23إِلَّا مَن تَوَلَّىٰ وَكَفَرَ ﴿23﴾إِلَّا مَن تَوَلَّىٰ وَكَفَرَ
Transliteration: Illa man tawalla wakafara
Translation: އެކަމަކު وَعْظُ نَصِيْحِة އަށް ފުރަގަސްދީ ޙައްޤުއަށް ކާފަރުވީމީހަކު މެނުވީއެވެ.
88:24فَيُعَذِّبُهُ ٱللَّهُ ٱلۡعَذَابَ ٱلۡأَكۡبَرَ ﴿24﴾فَيُعَذِّبُهُ ٱللَّهُ ٱلۡعَذَابَ ٱلۡأَكۡبَرَ
Transliteration: FayuAAaththibuhu Allahu alAAathaba alakbara
Translation: ފަހެ އެފަދަމީހުންނަށް ބޮޑުވެގެންވާ އަޒާބު الله ދެއްވާނެއެވެ. އެއީ قِيَامَة ދުވަހުންނެވެ.
88:25إِنَّ إِلَيۡنَآ إِيَابَهُمۡ ﴿25﴾إِنَّ إِلَيۡنَآ إِيَابَهُمۡ
Transliteration: Inna ilayna iyabahum
Translation: ހަމަކަށަވަރުން އެމީހުން އެބުރިއައުންވަނީ ތިމަންރަސްކަލާނގެ حَضْرَةُ އަށެވެ.
88:26ثُمَّ إِنَّ عَلَيۡنَا حِسَابَهُم ﴿26﴾ثُمَّ إِنَّ عَلَيۡنَا حِسَابَهُم
Transliteration: Thumma inna AAalayna hisabahum
Translation: ދެން އަދިއެމީހުންގެ ހިސާބު ބެއްލެވުންވެސް އޮންނާނީ ހަމަތިމަން ރަސްކަލާނގެއަށެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download