quranm◉

Surah Al-Balad transliteration

◉ ސޫރަ · ∞

90:1

لَآ أُقۡسِمُ بِهَٰذَا ٱلۡبَلَدِ ﴿1﴾

Transliteration: La oqsimu bihatha albaladi

Translation: މި މައްކާ ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރަށްވަމެވެ.

90:2

وَأَنتَ حِلُّۢ بِهَٰذَا ٱلۡبَلَدِ ﴿2﴾

Transliteration: Waanta hillun bihatha albaladi

Translation: (އޭ رَسُولُ الله!) ކަލޭގެ ފާނަށް އެރަށް ޙަލާލު ވެގެންވެއެވެ. (އެބަހީ الله ހުއްދަ ކޮށްދެއްވި ކުޑަވަގުތު ކޮޅެއްގައި ހަނގުރާމަކޮށް ޤަތުލުކުރުން ކަލޭގެފާނަށް ޙަލާލު ވެގެންވެއެވެ. އެއީ މައްކާ ފަތަޙަ ކުރެއްވިދުވަހު ހުއްދަވި ކުޑަވަގުތު ކޮޅެއްކަމުގައި ވާރިދުވެގެން އައިސްފައިވެއެވެ. ދެން އޭގެފަހުގައި އަލުންވެސް ކުރިން އޮތްފަދައިން حُرْمَة ތެރި ރަށެއްކަމުގައި އެރަށް ވެއްޖެއެވެ. وَالله أعلم)

90:3

وَوَالِدٖ وَمَا وَلَدَ ﴿3﴾

Transliteration: Wawalidin wama walada

Translation: އަދި އާދަމްގެ ދަރިންކުރެ ކޮންމެ ބައްޕަޔަކާއި އަދި އޭނާޔަށް ލިބުނު ދަރިން ގަންދެއްވައި ހުވައި وحي ކުރަށްވަމެވެ. މި ދެހުވައިގެ ޖަވާބަކީ

90:4

لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِي كَبَدٍ ﴿4﴾

Transliteration: Laqad khalaqna alinsana fee kabadin

Translation: ހަމަކަށަވަރުން އިންސާނާ ތިމަންރަސްކަލާނގެ ހެއްދެވީ އުނދަގުލާއި ބުރަ އުފުލާ މީހެއްގެ ގޮތުގައެވެ.

90:5

أَيَحۡسَبُ أَن لَّن يَقۡدِرَ عَلَيۡهِ أَحَدٞ ﴿5﴾

Transliteration: Ayahsabu an lan yaqdira AAalayhi ahadun

Translation: އަދި އެއްވެސް މީހަކު އޭނާގެ މައްޗަށް ކުޅަދާނަ ނުވާނެކަމަށް އެއިންސާނާ ހީކުރަނީހެއްޔެވެ؟ (އެބަހީ އޭނާ ކިތަންމެ ފާފައެއް ކޮށް އުޅޭނެގޮތަކަށް އުޅުނަސް އޭނާޔަށް ޢަޒާބެއްދީ ބަދަލު ހިފޭނެމީހަކު ނެތްކަމަށް އޭނާ ހީކުރަނީހެއްޔެވެ؟)

90:6

يَقُولُ أَهۡلَكۡتُ مَالٗا لُّبَدًا ﴿6﴾

Transliteration: Yaqoolu ahlaktu malan lubadan

Translation: އަދި އޭނާ ބުނެއެވެ. (އިސްލާމްދީނާއި رسول ﷺ އާއި ޢަދާވާތް ތެރި ވުމުގައި) އަހުރެން އެތައްބައިވަރު ގިނަ ޢަދަދެއްގެ މުދާ ހޭދަކޮށް ހަލާކު ކޮށްފީމެވެ.

90:7

أَيَحۡسَبُ أَن لَّمۡ يَرَهُۥٓ أَحَدٌ ﴿7﴾

Transliteration: Ayahsabu an lam yarahu ahadun

Translation: އަޅެފަހެ އޭނާޔާއި އޭނާ ކުރާ ކަންތައް އެކަކުވެސް ނުދެކޭނެކަމަށް އޭނާ ހީކުރަނީހެއްޔެވެ؟ (އެހެންނުވާނެއެވެ. ﷲ އޭނާގެ ހުރިހާކަމެއް ދެނެވޮޑިގެންވެއެވެ.)

90:8

أَلَمۡ نَجۡعَل لَّهُۥ عَيۡنَيۡنِ ﴿8﴾

Transliteration: Alam najAAal lahu AAaynayni

Translation: ފަހެ އޭނާޔަށް ތިމަންރަސްކަލާނގެ ދެލޯ ނުދެއްވަންހެއްޔެވެ؟ (އެބަހީ ދެއްވީމެވެ.)

90:9

وَلِسَانٗا وَشَفَتَيۡنِ ﴿9﴾

Transliteration: Walisanan washafatayni

Translation: އަދި ދުލަކާއި ދެ ތުންފަތްވެސް ނުދެއްވަންހެއްޔެވެ؟ (އެބަހީ ދެއްވީމެވެ.)

90:10

وَهَدَيۡنَٰهُ ٱلنَّجۡدَيۡنِ ﴿10﴾

Transliteration: Wahadaynahu alnnajdayni

Translation: އަދި ތިމަންރަސްކަލާނގެ އޭނައަށް ދެމަގު ދެއްކެވީމެވެ. އެއީ ހެޔޮމަގާއި ނުބައި މަގެވެ. އޭނާ ބޭނުންމަގެއް އިޚްތިޔަރު ކުރާށެވެ.\nދަންނައެވެ. މިތާ މި ސިފަވެގެންދާ މީހަކީ أَبُو الأَشدين ކިޔާ ކާފަރެއް ކަމުގައި ވެއެވެ. އެއީ އިސްލާމްދީނަށާއި رسول ﷺ އަށް ވަރަށް ޢަދާވަތްތެރި މީހެއްކަމުގައި ވިއެވެ. އެ ޢަދާވަތްތެރި ކަން ގަދަކުރުމަށް ގިނަ މުދާތައްވެސް އޭނާ ހޭދަކުރި ކަމުގައި ވެއެވެ. تفسير (أيسر التفاسير)

90:11

فَلَا ٱقۡتَحَمَ ٱلۡعَقَبَةَ ﴿11﴾

Transliteration: Fala iqtahama alAAaqabata

Translation: ފަހެ އޭނާ عَقَبة ފަހަނައަޅައި ނުދެއެވެ. ނުވަތަ އެނާ عقبة ފަހަނައަޅައިދާނެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ. (އެބަހީ އޭނާގެ އެ ގިނަ މުދަލުން ހޭދަކޮށްގެން عقبة ފަހަނައަޅައި ދިޔަނަމަ ކިހާ ރަނގަޅުހެއްޔެވެ؟ އެ أبو الأَشدين އެހުރިހާ މުދާ عقبة ފަހަނައަޅައި ދިއުމަށް ބޭނުންކުރިނަމަ ކިހާ ރަނގަޅު ހެއްޔެވެ؟

90:12

وَمَآ أَدۡرَىٰكَ مَا ٱلۡعَقَبَةُ ﴿12﴾

Transliteration: Wama adraka ma alAAaqabatu

Translation: އަދި عقبة އެއީ ކޮން އެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއް ހެއްޔެވެ؟

90:13

فَكُّ رَقَبَةٍ ﴿13﴾

Transliteration: Fakku raqabatin

Translation: އެއީ އަޅުން މިނިވަންކުރުމެވެ.

90:14

أَوۡ إِطۡعَٰمٞ فِي يَوۡمٖ ذِي مَسۡغَبَةٖ ﴿14﴾

Transliteration: Aw itAAamun fee yawmin thee masghabatin

Translation: ނުވަތަ ބަނޑުހައި ހޫނުކަމުގައި ވާމީހާއަށް ކާއެތިކޮޅު ފޯރުކޮށްދިނުމެވެ. ކާން ދިނުމެވެ.

90:15

يَتِيمٗا ذَا مَقۡرَبَةٍ ﴿15﴾

Transliteration: Yateeman tha maqrabatin

Translation: އެބަހީ ގާތްތިމާގެ ޔަތީމްއަށް (ކާއެތިކޮޅު ދިނުމެވެ.)

90:16

أَوۡ مِسۡكِينٗا ذَا مَتۡرَبَةٖ ﴿16﴾

Transliteration: Aw miskeenan tha matrabatin

Translation: ނުވަތަ ވެލީގެވެރި މިސްކީނަކަށް ކާއެތިކޮޅު ދިނުމެވެ. (އެބަހީ ފަޤީރުކަމުން ވެލިނޫން އެހެންއެއްޗެއްނެތް ނުވަތަ ބިންމަތީ އޮށޯވެ އޮތުމުގެ ސަބަބުން ވެލި ހޭކިފައިވާ ގެއެއްދޮރެއް ކާއެތިކޮޅެއް ފޭރާމެއް ނެތް މިސްކީނަކަށް ކާއެތިކޮޅު ދިނުމެވެ.) (عَقبة އަކީ މިކަންކަމެވެ.)

90:17

ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُواْ وَتَوَاصَوۡاْ بِٱلصَّبۡرِ وَتَوَاصَوۡاْ بِٱلۡمَرۡحَمَةِ ﴿17﴾

Transliteration: Thumma kana mina allatheena amanoo watawasaw bialssabri watawasaw bialmarhamati

Translation: އަދި އެފަދަ ހެޔޮކަންތައްކުރާމީހާ އީމާންވެގެންވާ މީހުންގެތެރެއިން ވުމާއެކު ކެއްތެރި ވުމުގެ މައްޗަށް އެކަކު އަނެކަކަށް ވަޞިތްޔަ ކޮށް ހެދި މީހަކު ކަމުގައި ވެއެވެ. އަދި އެކަކު އަނެކަކުގެ މައްޗަށް ރަޙްމަތް ބެހެއްޓުމަށްވެސް ވަޞިތްޔަތް ކުރާމީހަކު ކަމުގައި އޭނާވެއެވެ.

90:18

أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡمَيۡمَنَةِ ﴿18﴾

Transliteration: Olaika ashabu almaymanati

Translation: އެފަދަ އެފަދަ މީހުން ދަންނައެވެ. އެމީހުންނަކީ ކަނާތްފަރާތުގެ އެކުވެރިންނެވެ. ނުވަތަ އެމީހުންނީ ޤިޔާމަތް ދުވަހުން އެމީހުންގެ ޢަމަލުގެ ފަތް ކަނާތައްލިބޭނެ ރަނގަޅު މީހުންނެވެ.

90:19

وَٱلَّذِينَ كَفَرُواْ بِـَٔايَٰتِنَا هُمۡ أَصۡحَٰبُ ٱلۡمَشۡـَٔمَةِ ﴿19﴾

Transliteration: Waallatheena kafaroo biayatina hum ashabu almashamati

Translation: އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފަރުވީ މީސްތަކުން ދަންނައެވެ. އެމީހުންނަކީ ވައަތްފަރާތުގެ އެކުވެރިންނެވެ. ނުވަތަ އެމީހުންނީ ޤިޔާމަތް ދުވަހުން އެމީހުންގެ ޢަމަލުގެ ފަތް ވައަތްފަރާތުން ލިބޭނެ މީހުންވެ.

90:20

عَلَيۡهِمۡ نَارٞ مُّؤۡصَدَةُۢ ﴿20﴾

Transliteration: AAalayhim narun musadatun

Translation: އެމީހުންނަށް ހުންނަހުށީ ބަންދުވެ ތަޅުލެވިގެންވާ ޢަޒާބެވެ. (އެފަދަ ކޮންމެ މީހަކު ޖަހަންނަމައިގެ ވަކިތާކަށްލެވި ވަކިން ބަންދު ކުރެވޭނެކަމުގައި ރިވާވެގެން ވެއެވެ.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download