يَـٰٓأَيُّهَا ٱلۡمُدَّثِّرُ ﴿1﴾يَـٰٓأَيُّهَا ٱلۡمُدَّثِّرُ
Transliteration: Ya ayyuha almuddaththiru
Translation: އޭ ފޮތި ތަކުން ނިވައިވެގެންވާ ކަލޭގެފާނެވެ. (އޭ محمد ގެފާނެވެ.)
يَـٰٓأَيُّهَا ٱلۡمُدَّثِّرُ ﴿1﴾يَـٰٓأَيُّهَا ٱلۡمُدَّثِّرُ
Transliteration: Ya ayyuha almuddaththiru
Translation: އޭ ފޮތި ތަކުން ނިވައިވެގެންވާ ކަލޭގެފާނެވެ. (އޭ محمد ގެފާނެވެ.)
قُمۡ فَأَنذِرۡ ﴿2﴾قُمۡ فَأَنذِرۡ
Transliteration: Qum faanthir
Translation: ތެދުވެވަޑައިގެން إنذار ކުރައްވާށެވެ. (مكة ގެ މީހުން إسلام ނުވިނަމަ ހުރި عذاب ގެ ވާހަކައިން އެމީހުން ބިރުގަންނަވައި އިންޒާރުކުރައްވާށެވެ.)
وَرَبَّكَ فَكَبِّرۡ ﴿3﴾وَرَبَّكَ فَكَبِّرۡ
Transliteration: Warabbaka fakabbir
Translation: އަދި ކަލޭގެފާނުންގެ ربّ ގެ މާތްކަމާއި كِبْرِيَا ވަންތަކަމާއި ހައިބަވަންތަކަން ދެނެވަޑައިގެން އެކަލާނގެ މާތްކުރައްވާ شرك ން طاهر ވެ ވޮޑިގެންވާކަން ބަޔާންކުރައްވާށެވެ.
وَثِيَابَكَ فَطَهِّرۡ ﴿4﴾وَثِيَابَكَ فَطَهِّرۡ
Transliteration: Wathiyabaka fatahhir
Translation: އަދި ކަލޭގެފާނުންގެ ފޭރާންކޮޅު ރަނގަޅަށް طاهر ކުރައްވާށެވެ.
وَٱلرُّجۡزَ فَٱهۡجُرۡ ﴿5﴾وَٱلرُّجۡزَ فَٱهۡجُرۡ
Transliteration: Waalrrujza faohjur
Translation: އަދި ބުދަށް އަޅުކަން ކުރެއްވުމުން ދުރުވެވަޑައިގަންނަވާށެވެ. ބުދުތަކާ ގާތްވެވަޑައިނުގަންނަވާށެވެ. ނުވަތަ ފާފަތަކާއި މުޅިން ދުރުވެވަޑައިގަންނަވާށެވެ.
وَلَا تَمۡنُن تَسۡتَكۡثِرُ ﴿6﴾وَلَا تَمۡنُن تَسۡتَكۡثِرُ
Transliteration: Wala tamnun tastakthiru
Translation: އަދި ކަލޭގެފާނުގެ ربّ އަށް ކުރެވޭ އަޅުކަމާއި ކިޔަމަންތެރިކަން އެއްގޮތަކަށްވެސް ގިނަކަމުގައި ދެކެވަޑައި ނުގަންނަވާށެވެ
وَلِرَبِّكَ فَٱصۡبِرۡ ﴿7﴾وَلِرَبِّكَ فَٱصۡبِرۡ
Transliteration: Walirabbika faisbir
Translation: އަދި ކަލޭގެފާނުންގެ ربّ އަށްޓަކައި، އަދި އެކަލާނގެ حضرة ގައިވާ ثوابއާއި ދަރުމައަށްޓަކައި ކެތްތެރިވެވަޑައިގަންނަވާށެވެ.
فَإِذَا نُقِرَ فِي ٱلنَّاقُورِ ﴿8﴾فَإِذَا نُقِرَ فِي ٱلنَّاقُورِ
Transliteration: Faitha nuqira fee alnnaqoori
Translation: ދެންފަހެ ތާޅަފިލި ފުމެލެވިއްޖެއްޔާ (ދެންވާގޮތް ބައްލަވާށެވެ.)
فَذَٰلِكَ يَوۡمَئِذٖ يَوۡمٌ عَسِيرٌ ﴿9﴾فَذَٰلِكَ يَوۡمَئِذٖ يَوۡمٌ عَسِيرٌ
Transliteration: Fathalika yawmaithin yawmun AAaseerun
Translation: ފަހެ އެދުވަހަކީ ދަތި އަދި އުދަގޫވެގެންވާ ދުވަހެކެވެ.
عَلَى ٱلۡكَٰفِرِينَ غَيۡرُ يَسِيرٖ ﴿10﴾عَلَى ٱلۡكَٰفِرِينَ غَيۡرُ يَسِيرٖ
Transliteration: AAala alkafireena ghayru yaseerin
Translation: ކާފަރުވެއްޖެ މީސްތަކުންނަށް ފަސޭހަނޫން ދުވަހެކެވެ.
ذَرۡنِي وَمَنۡ خَلَقۡتُ وَحِيدٗا ﴿11﴾ذَرۡنِي وَمَنۡ خَلَقۡتُ وَحِيدٗا
Transliteration: Tharnee waman khalaqtu waheedan
Translation: (އެއްވެސް މުދަލެއް ދަރިއެއް އަދި އެކެއްޗެއްވެސް ނުވާހާލު) ހަމަ އެކަނި فَرْد އެއް ކަމުގައިވާ حال ތިމަން ރަސްކަލާނގެ އެހެއްދެވި މީހާ ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ. (ކަލޭގެފާނުންގެ ފަރާތުން އޭނާގެ ކަންތައް ތިމަންރަސްކަލާނގެ ނިންމާ ހުށީމެވެ.)
وَجَعَلۡتُ لَهُۥ مَالٗا مَّمۡدُودٗا ﴿12﴾وَجَعَلۡتُ لَهُۥ مَالٗا مَّمۡدُودٗا
Transliteration: WajaAAaltu lahu malan mamdoodan
Translation: (އަދި އޭނާ ހަމަ އެކަނިމާއެކަނި حال ގައި ހެއްދެވުމަށްފަހު) ދެން ތިމަންރަސްކަލާނގެ އޭނާއަށް ކެޑިގެން ނުދާނެ ގިނަ މުދާ ލެއްވީމެވެ.
وَبَنِينَ شُهُودٗا ﴿13﴾وَبَنِينَ شُهُودٗا
Transliteration: Wabaneena shuhoodan
Translation: އަދި ކައިރީގައި حَاضِرُ ވެތިބޭނޭދަރިންތަކެއްވެސް ދެއްވީމެވެ.
وَمَهَّدتُّ لَهُۥ تَمۡهِيدٗا ﴿14﴾وَمَهَّدتُّ لَهُۥ تَمۡهِيدٗا
Transliteration: Wamahhadtu lahu tamheedan
Translation: އަދި ތިމަންރަސްކަލާނގެ އެނާއަށް ތަނަވަސް ދިރިއުޅުމާއި ރިޔާސަތު ފަހިކޮށްދެއްވީމެވެ.
ثُمَّ يَطۡمَعُ أَنۡ أَزِيدَ ﴿15﴾ثُمَّ يَطۡمَعُ أَنۡ أَزِيدَ
Transliteration: Thumma yatmaAAu an azeeda
Translation: ދެން އަދިވެސް އޭނާ އެ ދަހިވެތިވަނީ އެތަކެތި އިތުރުކޮށް ދެއްވުމަށެވެ. ދަންނައެވެ. މިއާޔަތްތަކުގައި މިބަޔާންކުރައްވަނީ އޭރު މައްކާގައި ނަގާކިޔަންއުޅޭ ބޮޑެތިމީހުންގެތެރެއިން އެކަކު ކަމުގައިވާ الوَلِيْدُ بنُ المُغِيرَة ކަމުގައި ވިއެވެ. والله أعلم.
كَلَّآۖ إِنَّهُۥ كَانَ لِأٓيَٰتِنَا عَنِيدٗا ﴿16﴾كَلَّآۖ إِنَّهُۥ كَانَ لِأٓيَٰتِنَا عَنِيدٗا
Transliteration: Kalla innahu kana liayatina AAaneedan
Translation: އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. (އޭނާއަށް ތިމަންރަސްކަލާނގެ އިތުރުނުކޮށްދޭހުރީމެވެ.) ހަމަކަށަވަރުން އެނާވީ ތިމަންރަސްކަލާނގެ އާޔަތްތަކަށް ދިމާ އިދިކޮޅު މީހަކުކަމުގައެވެ.
سَأُرۡهِقُهُۥ صَعُودًا ﴿17﴾سَأُرۡهِقُهُۥ صَعُودًا
Transliteration: Saorhiquhu saAAoodan
Translation: ނިކަންހުރެ ތިމަންރަސްކަލާނގެ އެނާއަށްބުރަޢަޒާބެއް ޖައްސަވާހުރީމެވެ. އެއީ ނަރަކައިގާވާ އޮމާންފަރުބަދައަކަށް އެރުމުގެޢަޒާބެވެ.
إِنَّهُۥ فَكَّرَ وَقَدَّرَ ﴿18﴾إِنَّهُۥ فَكَّرَ وَقَدَّرَ
Transliteration: Innahu fakkara waqaddara
Translation: ހަމަކަށަވަރުން رَسُولُ الله ﷺ އާއީ އެކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗާއިމެދު އައިބުކިޔާ ފާޑުކިއުމަށް އެނާ ވިސްނިއެވެ. އަދިބުނާނެ އެއްޗަކާއިމެދު ރާވައި ހެދިއެވެ.
فَقُتِلَ كَيۡفَ قَدَّرَ ﴿19﴾فَقُتِلَ كَيۡفَ قَدَّرَ
Transliteration: Faqutila kayfa qaddara
Translation: ދެންފަހެ އޭނާއަށް لَعْنَة ލެއްވިއްޖެއެވެ. އޭނާ މިންވަރުކޮށް ރާވާހަދަނީ ކޮންފަދައަކުން ހެއްޔެވެ.
ثُمَّ قُتِلَ كَيۡفَ قَدَّرَ ﴿20﴾ثُمَّ قُتِلَ كَيۡفَ قَدَّرَ
Transliteration: Thumma qutila kayfa qaddara
Translation: ދެންވެސް އޭނާއަށް لَعْنَة ލެއްވިއްޖެއެވެ. އޭނާ މިންވަރުކޮށް ރާވާހަދަނީ ކޮންފަދައަކުން ހެއްޔެވެ؟
ثُمَّ نَظَرَ ﴿21﴾ثُمَّ نَظَرَ
Transliteration: Thumma nathara
Translation: ދެންއޭނާ قُرَآنُ ގެ އިދިކޮޅުގައި ބުނާނެއެއްޗަކާއިމެދު ވިސްނާ ފިކުރުކޮށް ހެދިއެވެ.
ثُمَّ عَبَسَ وَبَسَرَ ﴿22﴾ثُمَّ عَبَسَ وَبَسَرَ
Transliteration: Thumma AAabasa wabasara
Translation: އަދި އެނާމޫނު ހުތުރުކޮށް މޫނަށްރޫއަރުވައި މޫނު ހަޑިކޮށްހެދިއެވެ. (އެއީ قُرَآنُ އާއިމެދު ބުނާނެއެއްޗެއް ނުވިސްނުނީމާ އެކަމާ ރުޅިއައިސްގެންނެވެ.)
ثُمَّ أَدۡبَرَ وَٱسۡتَكۡبَرَ ﴿23﴾ثُمَّ أَدۡبَرَ وَٱسۡتَكۡبَرَ
Transliteration: Thumma adbara waistakbara
Translation: ދެން އޭނާ حَقُّ އަށްފުރަގަސްދީ ބޮޑާވެގަތެވެ. އަދި އޭނާ އޭނާގެ އަންހެނުންގާތަށް ބޮޑާވެގެން ދިޔައެވެ.
فَقَالَ إِنۡ هَٰذَآ إِلَّا سِحۡرٞ يُؤۡثَرُ ﴿24﴾فَقَالَ إِنۡ هَٰذَآ إِلَّا سِحۡرٞ يُؤۡثَرُ
Transliteration: Faqala in hatha illa sihrun yutharu
Translation: ދެން އޭނާބުނީ މި قُرَآنُ އަކީ އިހުގެމީހުންގެ ފަރާތުން ނަޤުލުވެގެން އައިސްފައިވާ ސިޙުރެއްކަމުގައެވެ.
إِنۡ هَٰذَآ إِلَّا قَوۡلُ ٱلۡبَشَرِ ﴿25﴾إِنۡ هَٰذَآ إِلَّا قَوۡلُ ٱلۡبَشَرِ
Transliteration: In hatha illa qawlu albashari
Translation: އަދި އޭނާބުނީ މި قُرَآنُ އަކީ އާދަމުގެދަރިއެއްގެ ބަސްކަމުގައިމެނުވީ ނުވެއެވެ. އަދި މިއީ ﷲ ބާވާތްލެއްވި އެއްޗެއްކަމުގައި ނުވެއެވެ.
سَأُصۡلِيهِ سَقَرَ ﴿26﴾سَأُصۡلِيهِ سَقَرَ
Transliteration: Saosleehi saqara
Translation: ﷲ އެއަންގަވަނީ، ނިކަންހުރެ سَقَرُ އެވެ ކިއުނުނަރަކައަށް ތިމަންރަސްކަލާނގެ އޭނާ ވައްދާހުރީމެވެ.
وَمَآ أَدۡرَىٰكَ مَا سَقَرُ ﴿27﴾وَمَآ أَدۡرَىٰكَ مَا سَقَرُ
Transliteration: Wama adraka ma saqaru
Translation: އަދި سَقَرُ އެވެ ކިއުނުނަރަކަ އަކީ ކޮންފަދަބިރުހުރި ތަނެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
لَا تُبۡقِي وَلَا تَذَرُ ﴿28﴾لَا تُبۡقِي وَلَا تَذَرُ
Transliteration: La tubqee wala tatharu
Translation: އެއީ ހަށިގަޑުގެއެންމެހައި ހަމާއި މަހާއި އަދި ކަށިވެސްދޫނުކޮށް އަންދާ ހަލާކުކޮށްލާ ނަރަކައެވެ.
لَوَّاحَةٞ لِّلۡبَشَرِ ﴿29﴾لَوَّاحَةٞ لِّلۡبَشَرِ
Transliteration: Lawwahatun lilbashari
Translation: އަދިމުޅި ހަށިގަޑު އަންދާކަޅުކޮ تَغَيَّرُ ކޮށްލާތަނެކެވެ. އަދި ޢަޒާބު އިތުރު ކުރެއްވުމަށްޓަކައި އަލުންވެސް ހަމާއިމަހާ ކައްޓާލެވި އަލުންވެސް އަންދައިލައެވެ. މިހެންވަމުންދާތަނެކެވެ. ޢަޒާބުގެ ކޮޅެއްނެތެވެ. މަރުވުމެއްނެތެވެ. ﷲ އަޅަމެން ނަރަކައިން ސަލާމަތްކުރައްވާށިއެވެ. އާމީން.....
عَلَيۡهَا تِسۡعَةَ عَشَرَ ﴿30﴾عَلَيۡهَا تِسۡعَةَ عَشَرَ
Transliteration: AAalayha tisAAata AAashara
Translation: އެތަން ބަލަހައްޓަވަން ގަދަފަދަމަލާއިކަތްބޭކަލުންގެ އޮނަވިހިބޭކަލުން ލައްވާފައިވެއެވެ.
وَمَا جَعَلۡنَآ أَصۡحَٰبَ ٱلنَّارِ إِلَّا مَلَـٰٓئِكَةٗۖ وَمَا جَعَلۡنَا عِدَّتَهُمۡ إِلَّا فِتۡنَةٗ لِّلَّذِينَ كَفَرُواْ لِيَسۡتَيۡقِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَيَزۡدَادَ ٱلَّذِينَ ءَامَنُوٓاْ إِيمَٰنٗا وَلَا يَرۡتَابَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَٱلۡمُؤۡمِنُونَ وَلِيَقُولَ ٱلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡكَٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلٗاۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَمَا يَعۡلَمُ جُنُودَ رَبِّكَ إِلَّا هُوَۚ وَمَا هِيَ إِلَّا ذِكۡرَىٰ لِلۡبَشَرِ ﴿31﴾وَمَا جَعَلۡنَآ أَصۡحَٰبَ ٱلنَّارِ إِلَّا مَلَـٰٓئِكَةٗۖ وَمَا جَعَلۡنَا عِدَّتَهُمۡ إِلَّا فِتۡنَةٗ لِّلَّذِينَ كَفَرُواْ لِيَسۡتَيۡقِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَيَزۡدَادَ ٱلَّذِينَ ءَامَنُوٓاْ إِيمَٰنٗا وَلَا يَرۡتَابَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَٱلۡمُؤۡمِنُونَ وَلِيَقُولَ ٱلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡكَٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلٗاۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَمَا يَعۡلَمُ جُنُودَ رَبِّكَ إِلَّا هُوَۚ وَمَا هِيَ إِلَّا ذِكۡرَىٰ لِلۡبَشَرِ
Transliteration: Wama jaAAalna ashaba alnnari illa malaikatan wama jaAAalna AAiddatahum illa fitnatan lillatheena kafaroo liyastayqina allatheena ootoo alkitaba wayazdada allatheena amanoo eemanan wala yartaba allatheena ootoo alkitaba waalmuminoona waliyaqoola allatheena fee quloobihim maradun waalkafiroona matha arada Allahu bihatha mathalan kathalika yudillu Allahu man yashao wayahdee man yashao wama yaAAlamu junooda rabbika illa huwa wama hiya illa thikra lilbashari
Translation: އަދިނަރަކަ ބަލަހައްޓަވާ ބޭކަލުންނަކީ މަލާއިކަތުންކަމުގައި މެނުވީ ތިމަންރަސްކަލާނގެ ނުލައްވަމެވެ. (އެބަހީ އެތަންބަލަހައްޓަވާ އަދި މީސްތަކުންނަށް ޢަޒާބުދެއްވުމަށް ތިމަންރަސްކަލާނގެ ހަމަޖެއްސެވީ މަލާއިކަތްބޭކަލުންނެވެ.) އަދި އެބޭކަލުންގެ ޢަދަދު އެއީ ވަކި ޢަދަދެއްކަމުގައި ތިމަންރަސްކަލާނގެ ކަނޑައަޅުއްވާފައިއެވަނީ ކާފަރުވީ މީސްތަކުންނަށް ފިތުނައެއްކަމުގައި ނުވަތަ މަގުފުރެދުމެއްކަމުގައި ނުވަތަ ޢަޒާބެއްކަމުގައްޔާއި އަދިއެއީ يَهُودِي އިންނާއި نَصَارَى އިން (مُحَمَّد ގެފާނުންގެ ނަބީކަން ތެދުކަމާއިމެދު ޔަޤީންކުމަށްޓަކައެވެ. މިހެނީ މަލާއިކަތްބޭކަލުންގެ ޢަދަދު އެމީހުންގެފޮތުގައިވެސްވަނީ ހަމަ قُرَآنُ ގައިވާ ވަރަށެވެ. އަދި އީމާންވީމީހުންގެ އީމާންކަން އިތުރުވުމަށްޓަކައެވެ. މިހެނީ އެބޭކަލުންގެ ޢަދަދު އެމީހުންގެފޮތާއި قُرَآنُ އާއި އެއްގޮތްވުމުން އީމާންވާމީހުންގެ އީމާންކަން އިތުރުވާނެއެވެ. އަދިއެގޮތަށް އެކަންލެއްވީ يَهُودِي އިންނާއި نَصَارَى އިންނާއި އަދިމުއުމިނުން އެކަމާއިމެދު ޝައްކު ނުކުރުމަށްޓަކައެވެ. އަދިއެއީ ކާފަރުންނާއި އަދި އެމީހުންގެ ހިތްތަކުގައި ޝައްކާ ނިފާޤު ކަމުގެ ބަލިހުރިމީހުން މިފަދައިން ބުނުމަށްޓަކައެވެ. " މިޢަދަދުން ނުވަތަ މިވާހަކައިން ﷲ އެދިވޮޑިގަންނަވަނީ ދެން ކޮންކަމެއްބާވައެވެ. ކޮން މުރާދެއްބާވައެވެ؟ " މިފަދައިން އެމީހުން ބުނުމަށްޓަކައެވެ. ދަންނައެވެ. ﷲ އެމީހަކު މަގުފުރެއްދެވުމަށް އެދިވޮޑިގެންނެވި އަޅަކު އެކަލާނގެ އެއަޅަކު މަގުފުރައްދަވައެވެ. އަދި ތެދުމަގުދެއްކެވުމަށް އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ ތެދުމަގު ދައްކަވަނީއެފަދައިންނެވެ. (އޭ رَسُولُ الله އެވެ!) ކަލޭގެފާނުންގެ رَبُّ ގެސިފައިންގެ ޢަދަދު ނުވަތަ އެކަލާނގެ ޚަލްޤުތަކުންގެ ޢަދަދު ނުވަތަ ނަރަކައިގެ ކަންތަކާއި ޙަވާލުކުރައްވާފައިވާބޭކަލުންގެ ޢަދަދު ހަމައެކަނި އެކަލާނގެއަށްމެނުވީ އެގިގެންނުވެއެވެ. އަދި އެނަރަކައިގެވާހަކަ އަކީ އާދަމުގެދަރިންނަށްވާ نَصِيْحَةއާއި وَعْظُ އެއްގެ ގޮތުންކަމުގައި މެނުވީނުވެއެވެ. އެއީ އެއިން އެމީހުން عِبْرَة حَاصِلُ ކުރުމަށްޓަކައެވެ.
كَلَّا وَٱلۡقَمَرِ ﴿32﴾كَلَّا وَٱلۡقَمَرِ
Transliteration: Kalla waalqamari
Translation: އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. ހަނދު ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.
وَٱلَّيۡلِ إِذۡ أَدۡبَرَ ﴿33﴾وَٱلَّيۡلِ إِذۡ أَدۡبَرَ
Transliteration: Waallayli ith adbara
Translation: އަދި ފުރަގަސްދޭ ރޭގަޑު ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.
وَٱلصُّبۡحِ إِذَآ أَسۡفَرَ ﴿34﴾وَٱلصُّبۡحِ إِذَآ أَسۡفَرَ
Transliteration: Waalssubhi itha asfara
Translation: އަދިފަތިސް އަލިވެ ސާފުވެއްޖެއްޔާ ފަތިސްގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.
إِنَّهَا لَإِحۡدَى ٱلۡكُبَرِ ﴿35﴾إِنَّهَا لَإِحۡدَى ٱلۡكُبَرِ
Transliteration: Innaha laihda alkubari
Translation: ހަމަކަށަވަރުން ސަޤަރު އެވެކިއުނު ނަރަކައަކީ ބޮޑުވެގެންވާ ބަލާ مُصِيْبَة ގެތެރެއިންވާބޮޑު ބަލާ مُصِيْبَة އެކެވެ. (ކާފަރުން އެހީކުރާފަދައަކުން ނުވެއެވެ.)
نَذِيرٗا لِّلۡبَشَرِ ﴿36﴾نَذِيرٗا لِّلۡبَشَرِ
Transliteration: Natheeran lilbashari
Translation: އެނަރަކައިގެ عَذَابُ އަކީ އާދަމުގެދަރިންނަށްވާބޮޑުބިރުވެރިކަމެކެވެ.
لِمَن شَآءَ مِنكُمۡ أَن يَتَقَدَّمَ أَوۡ يَتَأَخَّرَ ﴿37﴾لِمَن شَآءَ مِنكُمۡ أَن يَتَقَدَّمَ أَوۡ يَتَأَخَّرَ
Transliteration: Liman shaa minkum an yataqaddama aw yataakhkhara
Translation: އެއީ ކަލޭމެންގެތެރެއިން ކިޔަމަންތެރިކަމުގައި ކުރިއަރައިދާންއެދޭމީހާ ކުރިއަރައި ދިއުމަށާއި އަދި ނުވަތަ ކާފަރުވެގެން ކިޔަމަންތެރިކަމުގައި ފަސްޖެހެން ޚިޔާލުކުރާމީހަކު ފަސްޖެހުމަށެވެ.
كُلُّ نَفۡسِۭ بِمَا كَسَبَتۡ رَهِينَةٌ ﴿38﴾كُلُّ نَفۡسِۭ بِمَا كَسَبَتۡ رَهِينَةٌ
Transliteration: Kullu nafsin bima kasabat raheenatun
Translation: ކޮންމެނަފުސެއްވެސް قِيَامَة ދުވަހުންވާނީ އެނަފުސެއްކުރި ޢަމަލަކާއި އެކުގައެވެ. އެޢަމަލަކުން އެމީހަކު ހިފެވިގެންނެވެ.
إِلَّآ أَصۡحَٰبَ ٱلۡيَمِينِ ﴿39﴾إِلَّآ أَصۡحَٰبَ ٱلۡيَمِينِ
Transliteration: Illa ashaba alyameeni
Translation: ކަނާއަތް ފަރާތުގެ އެކުވެރިން މެނުވީއެވެ. (އެމީހުންކުރި ހެޔޮ ޢަމަލުގެ ސަބަބުން ވާނީ ދޫކޮށްލެވިފައެވެ.)
فِي جَنَّـٰتٖ يَتَسَآءَلُونَ ﴿40﴾فِي جَنَّـٰتٖ يَتَسَآءَلُونَ
Transliteration: Fee jannatin yatasaaloona
Translation: އެމީހުން ސުވަރުގޭގައި ތިބެގެން ސުވާލުކުރާނެއެވެ.
عَنِ ٱلۡمُجۡرِمِينَ ﴿41﴾عَنِ ٱلۡمُجۡرِمِينَ
Transliteration: AAani almujrimeena
Translation: އެމީހުން ސުވަރުގޭގައި ތިބެގެން مُجْرِم ންނާ މެދު ސުވާލުކުރާނެއެވެ. އެމީހުންނާ މުޚާތަބުކޮށް އަހާނެއެވެ.
مَا سَلَكَكُمۡ فِي سَقَرَ ﴿42﴾مَا سَلَكَكُمۡ فِي سَقَرَ
Transliteration: Ma salakakum fee saqara
Translation: ކަލޭމެން ނަރަކައަށް ވަންނަންޖެހުނީ ކޮންކަމަކާ ހުރެހެއްޔެވެ؟
قَالُواْ لَمۡ نَكُ مِنَ ٱلۡمُصَلِّينَ ﴿43﴾قَالُواْ لَمۡ نَكُ مِنَ ٱلۡمُصَلِّينَ
Transliteration: Qaloo lam naku mina almusalleena
Translation: އެމީހުން ބުނާނެއެވެ. އަހުރެމެން ނަމާދު ކުރި މީހުންގެ ތެރެއިން ނުވީމުއެވެ.
وَلَمۡ نَكُ نُطۡعِمُ ٱلۡمِسۡكِينَ ﴿44﴾وَلَمۡ نَكُ نُطۡعِمُ ٱلۡمِسۡكِينَ
Transliteration: Walam naku nutAAimu almiskeena
Translation: އަދި މިސްކީނުންނަށް ކާންދިންމީހުންގެ ތެރެއިންވެސް އަހުރެމެން ނުވީމުއެވެ. އެބަހީ زَكَاة ދީ صَدَقَاة ދީ ހެދި މީހުންގެ ތެރެއިން ނުވީމުއެވެ.
وَكُنَّا نَخُوضُ مَعَ ٱلۡخَآئِضِينَ ﴿45﴾وَكُنَّا نَخُوضُ مَعَ ٱلۡخَآئِضِينَ
Transliteration: Wakunna nakhoodu maAAa alkhaideena
Translation: އަދި އަހުރެމެން އުޅުނީ بَاطِل ކަންތައްތަށް ކުރާމީހުންގެ ތެރެއަށް ވަދެ އެމީހުންނާ އެކުގައެވެ.
وَكُنَّا نُكَذِّبُ بِيَوۡمِ ٱلدِّينِ ﴿46﴾وَكُنَّا نُكَذِّبُ بِيَوۡمِ ٱلدِّينِ
Transliteration: Wakunna nukaththibu biyawmi alddeeni
Translation: އަދި އަހުރެންވީ މި ޙިސާބު ބައްލަވާ ޖަޒާދެއްވާ މި ޤިޔާމަތްދުވަސް ދޮގުކުރާމީހުން ކަމުގައެވެ.
حَتَّىٰٓ أَتَىٰنَا ٱلۡيَقِينُ ﴿47﴾حَتَّىٰٓ أَتَىٰنَا ٱلۡيَقِينُ
Transliteration: Hatta atana alyaqeenu
Translation: އަހުރެމެން މަރުވެއްޖެއުމަށް ދާންދެންވެސް އުޅެވުނުކަމުގައިވީ އެގޮތަށެވެ.
فَمَا تَنفَعُهُمۡ شَفَٰعَةُ ٱلشَّـٰفِعِينَ ﴿48﴾فَمَا تَنفَعُهُمۡ شَفَٰعَةُ ٱلشَّـٰفِعِينَ
Transliteration: Fama tanfaAAuhum shafaAAatu alshshafiAAeena
Translation: شَفَاعَة ތެރިވާމީހުންގެ شَفَاعَة އަކުން އެމީހުންނަކަށް އެއްވެސް منفع އެއް ނުކުރާނެއެވެ. (އެމީހުންނަކީ އެކަމުގެ أهل ވެރިންކަމުގައިނުވެއެވެ.)
فَمَا لَهُمۡ عَنِ ٱلتَّذۡكِرَةِ مُعۡرِضِينَ ﴿49﴾فَمَا لَهُمۡ عَنِ ٱلتَّذۡكِرَةِ مُعۡرِضِينَ
Transliteration: Fama lahum AAani alttathkirati muAArideena
Translation: އަދި އެމީހުން قرآنގެ (وعظ އާއި نصيحةން) އެނބުރި އެއަށް ފުރަގަސް ދޭންވީ ކީއްވެގެނެހެއްޔެވެ؟
كَأَنَّهُمۡ حُمُرٞ مُّسۡتَنفِرَةٞ ﴿50﴾كَأَنَّهُمۡ حُمُرٞ مُّسۡتَنفِرَةٞ
Transliteration: Kaannahum humurun mustanfiratun
Translation: އެމީހުން ކޮންފަދަ ހެއްޔެވެ؟ ސިހިގެން ފިލައިގެންދާ وحشى حمار ތަކެއް ފަދައެވެ. (قرآن ގެ އަޑު އިވުނީމާ އެމީހުން އެއަށްނުރުހި ރުޅިއަރައިގަނެގެން ފުރަގަސް ދެނީއެފަދައިންނެވެ.
فَرَّتۡ مِن قَسۡوَرَةِۭ ﴿51﴾فَرَّتۡ مِن قَسۡوَرَةِۭ
Transliteration: Farrat min qaswaratin
Translation: ފުރަގަސް ދީފައި ދާއިރު وحشى حمار ތަކެއް ދުނިޖަހާ މީހަކު ދެކެފައި ނުވަތަ ސިންގާއެއް ފެނުނީމާ ބިރުންދާ ފަދައިން ދުވެ ރައްކާވެދެއެފަދައިންނެވެ.
بَلۡ يُرِيدُ كُلُّ ٱمۡرِيٕٖ مِّنۡهُمۡ أَن يُؤۡتَىٰ صُحُفٗا مُّنَشَّرَةٗ ﴿52﴾بَلۡ يُرِيدُ كُلُّ ٱمۡرِيٕٖ مِّنۡهُمۡ أَن يُؤۡتَىٰ صُحُفٗا مُّنَشَّرَةٗ
Transliteration: Bal yureedu kullu imriin minhum an yuta suhufan munashsharatan
Translation: އަދި ކިއެއްހެއްޔެވެ؟ އެމީހުންކުރެ ކޮންމެ މީހަކުވެސް އެދެނީ ހުޅުވާލެވި ފެތުރިފައިވާ ފަތްފުށްތަކެއް އެއިން ކޮންމެ މީހަކަށް ވެސްދެވުމަށެވެ. (رَسُولُ الله ﷺ އެއިން ކޮންމީހަކަށް ﷲ ގެ حَضْرَة ން ވަކިފޮތެއް ގެނަސްދެއްވުމަށެވެ.)
كَلَّاۖ بَل لَّا يَخَافُونَ ٱلۡأٓخِرَةَ ﴿53﴾كَلَّاۖ بَل لَّا يَخَافُونَ ٱلۡأٓخِرَةَ
Transliteration: Kalla bal la yakhafoona alakhirata
Translation: އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުން އާޚިރަތްދުވަހަށް ބިރުވެތި ނުވަނީއެވެ.
كَلَّآ إِنَّهُۥ تَذۡكِرَةٞ ﴿54﴾كَلَّآ إِنَّهُۥ تَذۡكِرَةٞ
Transliteration: Kalla innahu tathkiratun
Translation: އެ قرآن އެއީ އެއްގޮތަކަށްވެސް އެމީހުން އެހީކުރާކަހަލަ ސިޙުރެއް - ފުލޯކުވާހަކައެއް - ޅެމެއް - ކަހީނުންގެ ވާހަކައެއް - އަދި ދޮގެއްވެސް ނޫނެވެ. އަދި ކިއެއް ހެއްޔެވެ؟ އެއީ وعظ އާއި نصيحة އެކެވެ. އިރުޝާދާއި ތެދުމަގެވެ.
فَمَن شَآءَ ذَكَرَهُۥ ﴿55﴾فَمَن شَآءَ ذَكَرَهُۥ
Transliteration: Faman shaa thakarahu
Translation: ފަހެ އެދޭ މީހަކު އެ قرآن ން وعظ އާއި نصيحة އާއި އިރުޝާދާއި ތެދުމަގު ލިބިގަންނާށެވެ.
وَمَا يَذۡكُرُونَ إِلَّآ أَن يَشَآءَ ٱللَّهُۚ هُوَ أَهۡلُ ٱلتَّقۡوَىٰ وَأَهۡلُ ٱلۡمَغۡفِرَةِ ﴿56﴾وَمَا يَذۡكُرُونَ إِلَّآ أَن يَشَآءَ ٱللَّهُۚ هُوَ أَهۡلُ ٱلتَّقۡوَىٰ وَأَهۡلُ ٱلۡمَغۡفِرَةِ
Transliteration: Wama yathkuroona illa an yashaa Allahu huwa ahlu alttaqwa waahlu almaghfirati
Translation: އަދި الله އިރާދަކުރެއްވިއްޔާމެނުވީ އެ قرآن ން وعظ އާއި نصيحة އާއި އިރުޝާދާއި ތެދުމަގު ލިބިނުގަންނާނެއެވެ. އެކަލާނގެއީ އެފަރާތަށް تَقْوَى ވެރިވާންވީ ފަރާތެވެ. އެކަމުގެ އަހުލުވެރި ފަރާތެވެ. އަދި ފާފަފުއްސަވައިދެއްވުމުގެވެސް އަހުލުވެރާފަރާތެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download